ހަވީރުގެ ވަގުތެވެ. އައިކާ އިނީ އަތިރިމަތީގައި އޮތް ރުއްބުޑެއްގައި އިށީނދެލައިގެން ފުން ވިސްނުމެއްގައެވެ. އޭނާއަށް މިހާރަކަށް އައިސް ޔޫޝައުއާ ދޭތެރޭގައި ވިސްނެނީ މާވަރަކަށެވެ. މިއީކީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ޔޫޝައުއަކީ ބީރައްޓެއްސެކެވެ. ކޮންކަހަލަ މީހެއްކަމެއްވެސް ނޭނގެއެވެ. ޗުއްޓީއަކަށް އައިސް ހުރި މީހަކަށްވާނަމަ މިހާރު ދާހާ ދުވަސް ވެއްޖެއެވެ. ޔޫޝައު އައިފަހުން މިހާރު ތިންމަސް ވަނީއެވެ. ޔަޤީނެވެ. އޭނާ އެވަނީ ކޮންމެވެސް ކުށެއްގައި އަރުވާލާފައެވެ. އެކަން ސިއްރުކުރަންވެގެން ޗުއްޓީއެއް ހަދާލަން އައީކަމަށް އަޑު ފެތުރީއެވެ. އައިކާގެ ވިސްނުން […]
ކައިލްއާއި ނަކީލްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ބަލައި ލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އެއާއި އެކު ދެމީހުންގެ މޫނު މަތިން ހާސްކަން ވެރިވެގެން ދިޔައީ ވެއްޓިފައި އޮތް ކިޔާރާ ފެނިފައެވެ. ކޮފީ މަގު ވެއްޓިފައިވީ އިރު އޭގެއިން ބިއްލޫރިކޮޅެއް ވަނީ ނިތުގެ ކަނައަތްފަރާތަށް ހެރިފައެވެ. އެތަނުން ލޭއަންނަމުން ދިޔައިރު ކިޔާރާގެ ހެއެއްވެސް ނެތެވެ. ދެމީހުންނަށްވެސް އެދިމާލަށް ދެވުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. ނަކީލްއަށްވުރެ ކުރިން ކިޔާރާ އަތްމައްޗަށް އުފުލާލަމުން ދުވެފައި ގޮސްވަނީ ކިޔާރާގެ ކޮޓަރިއަށެވެ. ނަކީލް […]
ލިޔުނީ: މަރިޔަމް ރައުހާ (ފުރަތަމަ ބައި…) ވެހެމުންދިޔަ ހިމަފޮދު ވާރެއިން ތެއްމަމުން ދިޔަނަމަވެސް ވާރެއިން ސަލާމަތްވާން ބަލްޚާ އެއްވެސް މަސައްކަތެއް ނުކުރެއެެވެ. ވާރޭ ފެންފޮދެއްގައި ޖެހިދާނެކަމަށް ބިރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަސްކަނިތަކުގެ ހިމާޔަތް ހޯދި މީހުން ގިނަކަމުން ބަލްޚާއަށް މަގުމަތިވަނީ “ހިތަކަށް” ލިބިފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް އެއްވަރުކޮށްލަމުން ބަލްޚާ ފަހަތް ބަލައިލިއެވެ. ހުދު ޔުނީ ފޯމްގެ ދިގުއަތް އޮޅާލައި ބޮލުމެދުން ފަހަތަށް އައްސާލެވިފައިވާ ފަން ދިގު އިސްތަށިގަނޑު، ވޫލްކޮޅުގެ ޤައިދުން ވަކިކުރެވި މިނިވަންކަމަށް ދޫކޮށްލިއެވެ. […]
ވަރުބަލިކަމާއެކު ސޯފާގައި އޮށޯވެ އޮތް ރިޒުވީން ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ތެދުވުމަށް ފަހު، ފައި ތަޅަންގަނޑު މަތީގައި މަޑުމަޑުންް ޖައްސައިލިއެވެ. ފައިގެ ރިހުން ކުރިއަށްވުރެ މަޑެވެ. ކޮޅަށް ތެދުވެ ހިނގައިގަނެވޭތޯ މަސައްކަތްކުރިއެވެ. މަޑުމަޑުން ހިނގާލައިފައި ރިޒުވީނަށް ދޮރާ ހަމައަށް އާދެވުނެވެ. ދޮރު ހުޅުވައިލިއިރު ނަބީހު ބޭރުގައި ހުއްޓެވެ. “ސޮރީ ރިޒުވީ… އަހަރެން ހަނދާން ވެސް ނެތް ބޭރަށް ދަމުން ތަޅުދަނޑި ގެންދާކަށް…” ރިޒުވީންމެންގެ ރޯ ހައުސްގެ މައިދޮރުގެ ތަޅަކީ ލައްޕާލުމާއެކު އެތެރެއިން އަމިއްލައަށް ތަޅުލެވޭ ގޮތަށް ހަދާފައިހުރި ތަޅެކެވެ. […]
ވާހަކަ ނުގެނެސްދެވި ލަސްވާތީވެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑު އަތުގައި އަމިއްލަ ލެޕެއް ނުހުންނާތީވެ ވާހަކަ ލިޔަނީ އޮފީހުގައި އިނދެގެން ކަމުން ވާހަކަ ނުގެނެސްދެވެނީ މިދުވަސްކޮޅަކީ އޮފީހުގައި ވަރަށް ބުރަ ދުވަސްކޮޅަކަށް ވާތީއެވެ. އެހެން ކަމުން މިކަން ހުރިހާ ކިޔުންތެރިންވެސް ގަބޫލުކޮށް އަޅގަނޑާ ދޭތެރެ ހިތްސާފުކޮށްދެވުން އެދެމެވެ. އަދި އިންޝާﷲ ވަރަށް އަވަހަށް ވާހަކަ ގެނެސްދޭނެ ވާހަކަވެސް މައުލޫމާތަށްޓަކާ ބުނެލީމެވެ. -އައްޒަ-
“ކޮއްކޯ ފަހުދު. މީތިހޯދަން އައިސް އުޅޭ ގޮއްޔެ އަކީ…” އެހެން ބުނެފައި އެތާގައި ކުރުނބާބޯން އިން ޅަފުރައިގެ ފިރިހެން ކުއްޖަކާ ދިމާއަށް ބަލާލިއެވެ. އެ ސޮރު ވަގުތުން ފުންމަގެން ތެދުވިއެވެ. މުޅިމީހާ އާނގަމަ އަރާފައި ހުންނަހެން ސަލްމާއަށް ކަޅި ޖަހާ ނުލާ ބަލަމުން ދަނީ ސަލްމާ ރަކިވާ ވަރަށެވެ. މިއޮއް އެންމެން ތެރޭގައި ބީރައްޓެއްސެއް މިހެންބަލާތީ ސަލްމާ ލަދުން ހަލާކުވެއްޖެއެވެ. ސަލާމަތް ވާނެ ގޮތެއްވެސް ނޭނގި ހުއްޓާ ސުލައިމާނު ސަލްމާގެ ކަންފަތް ދަށަށް ގުދުވެލާފައި ބުނެލިއެވެ. “މީ […]
ތެޅިތެޅި އޮތް ހިތަކާއެކު އައިކާއާއި ލީން ސްކޫލްތެރެއަށް ވަދެގެން ދިޔައިރު ދެމީހުންވެސް އަތުގުޅާލައިގެން ތިބީ ނުތަނަވަސްކަން ކަނޑުވާލެވޭތޯއެވެ. ދެމީހުންވެސް އޮފީސް ތެރެއަށް ވަނުމުގެ ކުރިން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސަލާމް ގޮވާލިއެވެ. އޮފީސް ކައުންޓަރުގައި އިން ލީޒާ، ސަލާމް ބަލައިގަތުމާއެކު އެމީހުން އައީ ނަތީޖާ ބަލައިކަމަށް ބުނެލިއެވެ. ލީޒާ ހިނިތުންވެލަމުން އައިކާއާއި ލީންގެ ނަތީޖާ ހަވާލުކުރިއެވެ. ލީޒާއަށް ޝުކުރު އަދާކުރަމުން ދެމީހުން ސްކޫލުން ނުކުތެވެ. އައިކާއަށް ސްކޫލުން ނުކުމެވެންދެން ކެތްކޮށްލެވުނީ ކިރިޔާއެވެ. ސްކޫލުން ނުކުމެވުމާއެކު އައިކާ ސިޓީ […]
“އައްސަލާމް އަލައިކުމް އައްސަލާމް އަލައިކުމް” މަލަކާ ދޮރުމަތީ ހުރެ ސަލާމް ގޮވައިލިއެވެ.” ވައައިލައިކު މުއްސަލާމް ކޮންކުއްޖެށް؟! ކާކު ހޯދަން އައި ކުއްޖެ، ވަދޭ އެތެރެއަށް” ރާބިއާ ސަލާމް ބަލައި ގަންނަމުން ސުވާލު ބޮނޑިއެއް އުމުނާލިއެވެ. ” އަހަ މަލަކާ ހާދަ ދުވަހެއް ކޮއްލައިފަ ތިއައީ،ކިހިނެއްތަ ހާލުއަހުވާލު؟” އަމީނާ އަތުގެ އިޝާރަތުން އިޝީނުމަށް ބުނެ މަލަކާޔާ ވާހަކަ ދެއްކިއެވެ.”އަޅުގަނޑު ރަނގަޅު، ދައްތަ ކިހިނެއްތޯ؟” މަލަކާ ހާލު އޮޅުން ފިލުވަދީ އަމީނާގެ ހާލު އަހައިލިއެވެ.”އިރާދަ ކުރެއްވީތީ ދައްތަގެ ހާލުވެސް ރަގަޅު”އަމީނާ […]
ހިފަހަށްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނީ ރަނގަބީލު ޖެއްސުމުންނެވެ. ސާޔާ އަވަސް ފިޔަވަޅުތަކެއްގައި ސިޑި ގިރާ ކުރުމަށްފަހު ހަލުވި ދުވެއްޔެއްގައި އޭނާގެ ކުލާހަށް ދިޔައެވެ. މިއަދު ސާޔާމެން މީޓިންގް އެއް އޮތުމުން އަވަހަށް ގެއަށްދެވޭގޮތެއް ނުވިއެވެ.މީޓިންއަށް އޭލެވެލް ކުދިން ދާން ޖެހެއެވެ. ލޯ އެ ސޫރައެއް ދެކުމަށް ‘ބޭގަރާރު’ ވާ ހިތްއެދޭ ސޫރަ ފެންނާނެތާއެވެ. ޒޫހާއާއި ދެކުދިން ގަޑިއަށް މީޓިންގް ރޫމް އަށް ދާން އަވަސްވެގަތެވެ. “އޭ ޒޫ.. ބަލާބަ އަޅެ ރުޔާން ފެނޭތޯ..” ވައިއަޑަކުން ސާޔާ […]