“މިފަހަރު މިއީ އަހަރުމެންގެ ފަހަރު ޓު ޓޭކް ރިވެންޖް.އީޝް ބުނާ ގޮތް ހަދާނަން ދޯ.” ވިހަ ހިނިތުންވުމަކާއެކު އާޝާން އަށް ދޯ ދިނީ ރަޔާން ބަރުބާދު ކޮށްލާނެ މޮޅު ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ.

ރަޔާން އެރޭ ގެއަށް ދެވުނު އިރު އިރުއޮއްސިޖެއެވެ. ޒާއިޤު ގާތުގައި އިން ގަޑީ ފޯނު ނިވުނު ގޮތަށް ޗާޖު ކުރާކަށްވެސް ރަޔާން ހަނދާން ނެތުނެވެ. ފޯނު ޗާޖަށް ޖަހާލުމަށްފަހު ރަޔާން ދިޔައީ ފެންވަރާލާށެވެ. މުޅި ދުވަހު ސިކުނޑި ބަރުވެފައި ހުރި ރަޔާންއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ ހަށިގަނޑަށް އޮހެމުން ދިޔަ ފެންތިކި ތަކުންނެވެ. އެކަމުންވެސް އެންމެ އެދެވޭ ތަސައްލީއެއް އެ ހިތަކަށް ނުލިބުނެވެ. އާޝާންގެ މާފު ނުލިބޭހާ ހިނދަކު ރަޔާންގެ ހިތަށް އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫންކަން ރަޔާން ޤަބޫލުކުރެއެވެ. ޚިޔާލްތަކަށް ގެއްލިފައި ހުރި ރަޔާން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގް ވަމުން ދިޔަ އަޑަށެވެ. ވަރަށް އަވަސް ކޮށްލައިގެން ނުކުތް އިރު މަންމަ އާއި ދޮންބެެގެ މިސްޑް ކޯލްތައް ހުއްޓެވެ. އެހާ ވަރަށް ގުޅާފަ ހުރުމުން ބައްޕަ އަށް ކަމެއް ވީ ހިތައި ރަޔާން އަވަހަށް ގުޅާލިއެވެ. ” ދަރިފުޅާ ރަޔާން. ފޯނު ނިއްވާލައިގެން ކީއް ކުރަނީތަ؟ ކިހާ ވަރަކަށް މަންމަ އަށް ގުޅުނު.” ފޯނު ނެގުމާއެކު އެންމެ ފުރަތަމަ ވެސް މަރީނާ ކޮށްލީ ޝަކުވާއެވެ. ” ޗާޖު ހުސްވެގެން ނިވިފަ އޮތީ. އޮފީސް ނިންމާލާފަ އިރުކޮޅެއް މިވީ ގެއަށް އައިތާ. ބައްޕަ ކިހިނެއްތަ؟” މަރީނާގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ރަޔާން އޭނާގެ ބައްޕަގެ ހާލު ބަލާލިއެވެ. ” ބައްޕަގެ ވާހަކަ ދައްކަންވެގެން މަންމަމެން އެހާވަރަށް ގުޅީ.” މަންމަ ދައްކަން އުޅޭ ވާހަކަ ނޭގޭތީ ރަޔާން ހުރީ ހާސްވެފައެވެ. ” ބައްޕަ މިހާރު ކޯމާއިން ބޭރުވެއްޖެ. އިރާދަކުރެއްވީތީ ބައްޕަގެ ހާލު ވަރަށް ރަނގަޅު.” މަންމމަގެ ވާހަކައިން މަންމަ އުފާވެފައި ހުރި ރަޔާންއަށް އިހުސާސްވިއެވެ. ” ހަފްތާއެއްގެ ތެރޭ ދޫކޮށްލާނެ ވާހަކަ ޑޮކްޓަރު ބުނީ.” ބައްޕަ ހެޔޮހާލުގައި ވީތީ ރަޔާން ވެސް ހުރީ ހިތްހަމަޖެހިފައެވެ. “ދަރިފުޅު ފަހުން ގުޅާ އިގޭ. ދޮންބެ ވެސް މިވަގުތު ބިޒީ.” އޯކޭ އޭ ބުނެލަމުން ރަޔާން ފޯނު ކަނޑާލިއެވެ. ހުރެވުނީ ފާޚާނާއިން ނުކުތް ގޮތަށް ކަމުން ސޯޓަކާއި ޓީޝާޓެއް ލައިގެން ރަޔާން އެދުމަތީގައި އޮށޯތެވެ. ރަޔާންގެ ސިކުނޑީގައި ރާވަމުން ދިޔައީ އާޝާންގެ ކިބައިން މާފަށް އެދޭނެ ގޮތަކާމެދުގައެވެ. ނަމަވެސް މާޒީގެ ކަންތައްތައް ހަނދާން ވަމުން ދާތީ ހައްތަހާވެސް ރަޔާން ފަސްޖެހެވެނީއެވެ.

*********************************************************************************

އާޝާން އާއި އެކު އެހާ ގާތްވެވުމުން އަނެއްކާވެސް އެކަމަށް ރަޔާން ބޭނުންވަމުން ދިޔައެވެ. އާހިލް އާއި އާރިމް އާއި ދެމީހުންނަށްވެސް ރަޔާން މިކަން ސިއްރު ކުރިއެވެ. އެދެމީހުން އާޝާން އާއި ގާތްވާކަށް ރަޔާންގެ ހިތެއް ނުރުހެއެވެ. ނަމަވެސް އެންމެ އަންހެންކުއްޖަކަށްޓަކާ ރަޔާންގެ އުޅުން ބަދަލު ކުރާކަށް ރަޔާންއެއް ނުވިސްނައެވެ. ކުރިއެކޭ އެއްގޮތަށް ރަޔާން އުޅުނީ އާހިލްމެންވެސް އުޅުނު މަސައްކަތުގައެވެ. ” ޔާން އެއީ ރަނގަޅު ގޮތެއް ނޫނެއް ނު. އާޝާ ވެސް ދެރަވޭ މިހާރު އެހެން އުޅެވުނީމަ. އަދި ޔާން ކައިރީ ބުނަން ޖެހޭ ބޮޑު ވާހަކައެއްވެސް އެބަ އޮތް” ރަޔާން އަނެއްކާވެސް ދިމާކުރަން ބުނުމުން  ކުރީ ދުވަހުގެ ހަނދާންތައް އާވުމުން އާޝާން ދެކޮޅުހެދިއެވެ. “ކަމޯން އޭޝް އެކަކަށްވެސް ނޭގެ އެންނު. ދެޓްސް އަ ސީކްރެޓް ބިޓްވީން އަސް. އައި ލަވް ޔޫ ސޯ މަޗް އޭޝް. އޭޝް އަށް ދެރަގޮތެއް ނުވާނެ އޭ. އައި ޕޮރޮމިސް.” ރަޔާން އެކި ގޮތް ގޮތަށް އާޝާންގެ ވިސްނުން ބަދަލުކުރަން ވާހަކަ ދައްކަމުން ދިޔައެވެ. އެންމެފަހުން އެކަން ކާމިޔާބު ކުރިވެސް މެއެވެ. އަންނަ ހުކުރު ދުވަހު ދިމާވާން ރަޔާން އާޝާން އެއްބަސްކުރުވިއެވެ. އެންމެނަށް ސިއްރުން ރަޔާން ދިޔައީ އާޝާން އާއި ބައްދަލު ކުރަމުންނެވެ. ރަޔާން އެމީހުންނަށް ކަމެއް ސިއްރު ކުރާކަން އާހިލް އަށް ޝައްކު ވާތާ ދުވަސްކޮޅއެ ވެއްޖެއެވެ. އާހިލް ދިޔައީ ރަޔާން އަށް ފާރަލަމުންނެވެ. އާހިލް އަށް އެކަން ކާމިޔާބު ވީ އޭގެ ތިން ހަފްތާ ފަހުންނެވެ. އެއީ އެންމެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ދުވަހެކެވެ. ރަޔާން ގެ ފޯނުން އާޝާން އާއި ދެމީހުން ދައްކާފައި ހުރި ވާހަކަތައް ރަޔާން އަށް ފެނުނު ވަގުތުން ފެށިގެން އާހިލް އިންތިޒާރު ކުރަމުން ދިޔައީ ހަވީރު ވާނެ ވަގުތަކަށެވެ. އާރިމް މެން ގޭގައި ދިމާކުރާނެ ވާހަކަ އޮތުމުން އާހިލް ހުރީ އެގޭގައި އެއްވެސް މީހަކަށް ނޭގޭނެހެން ފިލައިގެންނެވެ. އާރިމް ދިޔައީ އެދުވަހު ހުޅުމާލެއަށެވެ. ރަޔާން އާޝާން ގޮވައިގެން އެ ގެއަށް ދިޔައިރު އާހިލް ހުރީ އިންތިޒާރުގައެވެ. އޭރުވެސް އާހިލް ހުރީ ހަމައިގައެއް ނޫނެވެ. އާހިލް އާޝާން ބޭނުންވެގެން އުޅޭތާ ކޮންދުުވަހެއް ހެއްޔެެވެ. އާޝާން އާއި ރަޔާންގެ ހުރިހާ ކަމެއް އާހިލް ދިޔައީ ވީޑިއޯ ކުރަމުންނެވެ. ” ވާއު.ވާއު ” އަތްތިލަބަޑި ޖަހަމުން އާހިލް އެންމެ ފަހުން ރަޔާން މެންނަށް ފެންނަހެން ނުކުމެ ވާހަކަ ދައްކަން ފެށިއެވެ. އާހިލްގެ އަޑަށް ރަޔާން މެން ދިޔައީ ސިއްސައިގެންނެވެ. އާޝާން ބިރުން ހުރެ ރަޖާ އިން ހަށިގަނޑު ފޮރުވަމުން ދިޔައެވެ. ” ވަޓް ދަ ހެލް އާހިލް. ކައެ މިތާ ކީއްކުރަނީ.” ހިތްހަމަނުޖެހިފައި ހުރެ ރަޔާން ވާހަކަދެއްކިއެވެ. ” ކަލޭ ވަރަށް އެ މަންޖެ ވަރަށް ފޮރުވައިގެން ގެންގުޅެފީމެންނު. އަދި އެވެސް އަހަރުމެންގެ އުސޫލުތަކާއި ޚިލާފަށް.” އާޝާން އަށް ބަލާލަމުން އާހިލް ބުންޏެވެ. އާޝާން އިނީ ބިރުން ހަލާކުވާ ވަރު ވެފައެވެ. ” ލުކް މޭން. މިއީ މަގޭ އަމިއްލަ ކަމެއް ކަލޭ މެން ދުރުގަ އުޅޭ.” އާހިލް ފަހަތަށް ކޮށްޕާލަމުން ރަޔާން ބުނެލިއެވެ. ” ކުރިންވެސް އަހަރުމެން ޝެއަރ ކޮށްގެން ނު އުޅެނީ. މިހާރު ކީއްވެ ވަކި؟؟ އަނެއްކާ މާ ރީތި ކުއްޖެއް ތަ؟” އާހިލް އާޝާން ބޭނުންވެފައި ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. އާޝާން އިނީ އާހިލް ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވ. ރަޔާން އަކީ އެކަހަލަ މީހެއް ހެއްޔެވެ. މިހުރިހާ ދުވަހު އާޝާން އާއި އެކު އުޅުނީ ލޯބިވާތީ ނޫންހެއްޔެވެ. އާޝާން ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ” ޝަޓްއަޕް. ހަމަ މިހާރު ނުކުމޭ މިތަނުން .” ރަޔާން ރުޅި އައިސްގެން ހީވަނީ ދެންމެ ދެންމެ އާހިލް ގައިގަ ޖަހާފާނެ ހެންނެވެ. ” ވަރަށް ރީއްޗަށް މިކަން ނިންމާލަން ހިގާ ދޯ. އެމަންޖެ އެކީ މަށަށް ޓައިމް ދީފަ ރަޔާން ބޭރަށް ދާންވީ އޯ މި ވީޑިޔޯ ކޮޅު ފޮނުވާލާނީ.” އަތުގަ އޮތް ފޯނުން ދެންމެ ކުރި ވީޑިޔޯ ޕްލޭ ކުރަމުން އާހިލް ވާހަކަ ދެއްކިއެވެ. އާޝާން ބިރުން ނޫނެކޭ ބުނެ ރޮއެގަތެވެ. ރަޔާން ހުރީ ސިކުނޑި ސުމަކަށް ގޮއްސައެވެ. އާހިލް ކިހެން ކަންތައް ކުރާނެ ކަމަކަށް ރަޔާން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ރަޔާން ބަލާކަށް ނުހުރެ އާހިލް ގައިގައި ތަޅައިގަތެެވެ. އެވަގުތު އާހިލް އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ. ވަގުތު ބަލާފައި ރަޔާން ފޯނު ނަގައިން އެ ވީޑިޔޯ ޑިލިޓް ކޮށްލިއެވެ. “ހެހެ ޓޫ ލޭޓް ބްރޯ. އައި ހޭވް އޯލްރެޑީ ސެންޓް އިޓް.” ވިހަ ހިނިތުންވުމަކާއެކު އެހެން ބުނެލުމަށްފަހު ރަޔާން ގައިގައި ތަޅައިގަތެވެ. އާހިލް ރަޔާން ދުރަށް ކޮށްޕާލި ވަގުތު މޭޒުގައި ބޯ ޖެހި ރަޔާން ގެ ޚަބަރު ހުސްވެެގެން ދިޔައެވެ. މަންޒަރު ބަލަން އިން އާޝާން އިނީ ރޮއެ ރޮއެ ހަލާކުވާ ވަރު ވެފައެވެ. އާހިލް އާޝާ އާއި ގާތްވަމުން ދިޔަ ވަރަކަށް އާޝާން ނޫން ނޫން އޭ ބުނެ ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް އެ އަޑުތައް އިވުމަށް ވުރެ އާހިލް ހުރީ ހަމައިން ނެއްޓިފައެވެ. އާޝާންގެ ދޮން ހަށިގަނޑު ނޫން އެހެން އެއްޗެއް އާހިލް އަކަށް ނުފެނެއެވެ. އެންމެފަހުން އާހިލް ހިތްހަމަޖެހޭވަރު ވުމުން އެތަނުން ނުކުމެގެން ދިޔައީ އާޝާން އާއި ރަޔާން އެތިބި ހާލަށް ދޫކޮށްލާފައެވެ. އަމިއްލައަށް މަރުވެދާނަމޭ ހާސް ފަހަރު އާޝާން ހިތަށް އެރިއެވެ. ރޮއެ ރޮއެ އެންމެ ފަހުން މީހާ ހަލާކު ވާ ވަރު ވުމުން އާޝާން ހިތްވަރު ކޮށްފައި ތެދުވެ ރެޑީ ވެލިއެވެ. ރަޔާން އަށް ގޮވާކަށް އާޝާންގެ ހިތް އެއްބަސް ނުވިއެވެ. އެ ފަދަ މީހެއްގެ މަޅީގައި ޖެހުނީތީ އާޝާން އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ. ރަޔާންގެ ބެވަފާތެރިކަން ހިތަށް އެރުމުން އެހިތަށް ތަދުވަމުން ދިޔައެވެ. އެވަގުތަކީ ރަޔާންއަށް ވެސް ހޭލެވުނު ވަގުތެވެ. އަވަހަށް ތެދުވެ އާޝާން ވިސްނަދޭން މަސައްކަތް ކުރަމުން ދިޔައެވެ. ” ޑޯންޓް ޓަަަަަޗް މީ. އޭޝް ރަޔާން އަށް ނުކުރަނީ ކޮން އިތުބާރެއް. ބުނިހާ އެއްޗެއް ޤަބޫލު ކޮށްގެން އޭޝް ހުރީ. އެކަމް ރަޔާން ބޭނުން ވީ އެހެން ކަމެއް. އެވެސް އޭޝް އެކަންޏެއް ނޫން އެހެން ކުދިންނާ ވެސް އެއްކޮށް.”އާޝާން އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކުނެވެ. ރަޔާން އަށް ދައްކާނެ ވާހަކައެއްވެސް ނޭގުނެވެ. ފުރަތަމަ ފަހަރަށް އާޝާން ގެ ފެންކަޅިވެފައިވާ ލޯ ފެނުމުން ރަޔާން ގެ ހިތަށް ނޭގޭ ގޮތެއް ވެގެން ދިޔައެވެ. ” އާޝާން ޕްލީޒް ލިސެން ޓު މީ. އެއީ އެހެން ވި ކަމެއް ނޫނޭ. އާހިލް ދޮގު ހެދީ .’ ރަޔާން އަށް އޭނާގެ ދިފާއުގައި ދައްކާނެ ވާހަކައެއް ނޭގުމުން ދޮގު ހެދީ އާޝާން ގެއްލެން ބޭނުން ނުވާތީއެވެ. “އިތުރަށް ދޮގު ހަދާނެ ކަމެއް އައި ވޯންޓް ބިލީވް ޔޫ. ރަޔާންގެ ރައްޓެހި ރަހުމަތްތެރިޔާ އަހަރެންނާއެކު އަހަރެންގެ ނުރުހުމުގަ އެވައްތަރަް އުޅުނު އިރު ކިހިނެތް އަހަރެން ޤަބޫލު ކުރާނީ ރަޔާން ތި ދައްކާ ވާހަކަ ތައް. ” އާޝާން ރޮމުން ދިޔައެވެ. ” އަހަރެން މިއުޅެނީ ކިޔަވަން ފުރަންވެގެން. ދުވަހަކުވެސް ތި ރަޔާންގެ ސޫރައެއް ދެކޭކަށް ބޭނުމެއް ނޫން. އަހަރެންގެ ވީޑިޔޯ އެ ފޮނުވި މީހަކަށް ފޮނުވާފަ ޔޫ ރުއިންޑް މައި ލައިފް. އެންޑް ވަން ޑޭ އައި ވިލް ރުއިން ޔުއާރސް.” އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނެތުމުން އާޝާން ދަބަސް ހިފައިގެން ނުކުމެގެން ދިޔައެވެ. އެއްވެސް ބަހެއް ނުބުނެ ރަޔާން ހުރީ ހިމޭނުންނެވެ. އާޝާން ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ.

************************************************************************************************************************

 

1

11 Comments

  1. AKI

    August 2, 2017 at 6:17 am

    varah furihama ekamu thankolhe kuree mi part

  2. G

    August 2, 2017 at 6:24 am

    maashaa allah vvv reethi. adhives dhigukohlan feney. waiting next part

  3. Xxxx

    August 2, 2017 at 6:37 am

    Wooooww..nice dear

  4. siya

    August 2, 2017 at 7:25 am

    I know mi part kurukan sorry for that.. Varah busy koh ulheythee and these days I did not have internet connection ehnve laswee sorry for that .. Hope all will like it ?

  5. ???

    August 2, 2017 at 8:12 am

    Vv rythi ekam maakuriii ☺

  6. azeen

    August 2, 2017 at 9:13 am

    wowwww salhi story eh mee avahah up kohladhehchey

  7. Xaan

    August 2, 2017 at 9:13 am

    Haadha inthizaareh kurevijjeyey? v salhi vaahaka❤?

  8. Ash ?

    August 2, 2017 at 8:08 pm

    V.reethi ?

  9. na

    August 17, 2017 at 12:55 pm

    alhey… dhen mi vaahaka up nukurany tha

  10. Aki

    September 14, 2017 at 8:14 am

    mivaahaka genes dheebaa avahah pls pls

  11. Is

    October 21, 2017 at 12:49 pm

    Mivaahaka nugenesdheny kyhvetha mihaaru?alhe avahah genesdhyba.v kiyaahithun

Comments are closed.