Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ދެވަނަ ބައި )

Ushe Level 110 Stories
August 2, 2017 3 Mins Read
9 Comments

ރޯ ހައުސްގެ މަތީބުރީގައި ހުންނަ ނިދާ ކޮޓަރީގައި ހުރި އެނދުގައި ރިޒުވީން އިށީނދެލައިގެން އިނެވެ. އެނދު ކައިރީގައި ކުޑަ ދޮރެއް ހުރެއެވެ. އެ ކުޑަ ދޮރުން ބޭރު ފެނެއެވެ. ރިޒުވީން އިނީ އެ ކުޑަ ދޮރުން ބޭރު ބަލާށެވެ. ގުގުރާ ވިދަމުން ދިޔުމާއެކު ނަގާފައިވާ ކަޅު ވިލާތަކާއެކު ދުނިޔެމަތި ވަނީ ވިއްސާރަ ހަދާފައެވެ. ރަށު ތެރެއިން ފެންނަ މަދު ގަސްތައް ވެސް ވައިގެ ރޯޅިއާއެކު ދެންމެދެންމެ ލުހިގެން ދާން އުޅޭހެން ހީވެއެވެ. އެދުވަހުގެ މޫސުން ވެސް އޭނާއާ އެކުގައިވާ ކަހަލައެވެ. ހީވަނީ އޭނާގެ ހިތާމައިގައި މޫސުން ވެސް ރޯ ހެންނެވެ. އެ ގަދަ ވިއްސާރައިގައި މީހުންތައް މަގުމަތީގައި އުޅޭގޮތް ބަލަން ރިޒުވީނަށް އިނދެވުނެވެ.

އިރުކޮޅެއް ފަހުން ގަމީހުގެ މަތިން ވާރޭ ކޯޓެއް ލައިގެން ރިޒުވީން ބޭރަށް ނުކުތެވެ. ކެމްޕަހަށް ދާންޖެހޭ ދުވަހަކަށްވީ ނަމަވެސް ރިޒުވީން އެތަނަކަށް ދާހިތެއް ނުވިއެވެ. އޭގެ ބަދަލުގައި ރިޒުވީން ދިޔައީ އޭނާގެ ބޮޑުބޭބެ އަލިބެ ހިންގި ބޭކަރީއަށެވެ. އަލިބެ ދުނިޔޭގައި ނެތުމުން މިހާރު އެ ތަނުގެ ވެރިޔަކީ ރިޒުވީނެވެ. އެ ތަނުގެ ކަންކަން ރަނގަޅަށް ދޭތޯ ބަލަން ރިޒުވީން ބޭނުންވާތީވެ، އެ ދުވަހުގެ ހަތަރުދަމު ރިޒުވީން ހޭދަކުރީ ބޭކަރީގައެވެ. އެ ތަނުގެ މެނޭޖަރު ސޯފީގެ ހިންގުންތެރިކަން ރަނގަޅު ވީތީވެ ރިޒުވީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

އިރުގެ ވާޖިބު އަދާކޮށް ނިމެންގާތްވެ، އިރު އޮއްސެމުން ދިޔަ ހިނދެވެ. އިރުގެ ދަޅައިގެ ސަބަބުން އުދަރެހުގައި ރަތްކުލަ ފެތުރިފައުވާއިރު، އެ ރަތް ކުލަ މުޅި މޫދަށް ވެސް ފޭދިފައިވެއެވެ. ދޮންވެލި ގޮނޑުދޮށް ކައިރިން އެ މަންޒަރު ނުހަނު ރީއްޗެވެ. ޤުދުރަތުގެ މި ރީތިކަން ބަލަން ރަށުގެ ‘ސަންސެޓް ޕޮއިންޓް’ ގައި ހުރި ބެންޗެއްގައި ރިޒުވީން އިށީނދެލައިގެން އިނެވެ. އިމާރާތްތަކުން ފުރި ބާރުވެފައިވާ އެމެރިކާގެ ބޮޑު ސިކާގޯ ސިޓީގައި އުޅެ ބޮޑުވެފައިވާ ރިޒުވީނަށް އަބަދުވެސް ޤުދުރަތީ ރީތިކަން މާ ކަމުދެއެވެ. ކުއްލިގޮތަކަށް މޫސުން ގޯސްކޮށްލައިފިއެވެ. ވާރޭ ވެހެން ފަށައިފިއެވެ. އަތުގައި އޮތް ވާރޭ ކޯޓު ލުމަށް ފަހުގައި ރިޒުވީން ދުއްވައިގަތީ މިސްކިތަށް ދިއުމަށެވެ. މިސްކިތަށް އަރައި ވުޟޫކޮށް މަޣްރިބް ނަމާދު ކުރިއެވެ. ދެން އަލިބެއަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކޮށްދެއްވުމަށާ ރިޒުވީނަށް ދުނިޔެމަތީގައި އިތުރު ހިތްވަރު ދިނުމަށް އެދި ރިޒުވީން ދުޢާ ކުރިއެވެ. އެއަށް ފަހުގައި އިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިނެވެ. އިޝާ ނަމާދު ވަގުތު ޖެހުމުން އިމާމް މީހާގެ ފަހަތުގައި މަދު މީސްކޮޅުންގެ ޖަމާޢަތުގައި އިޝާ ނަމާދު ކުރިއެވެ.

ރިޒުވީނަށް ގެއަށް އާދެވުނުއިރު، އޭނާގެ ގެ ކައިރީގައި ނަބީހު ހުއްޓެވެ. ދަބަސްތަކެއް ހިފައިގެންނެވެ. “އަހަރެން ހިތަށް އެރީ ރިޒުވީ މިހާރު ވަރަށް އެކަނިވާނޭ.. އެހެންވެ ބޭބެއާއި ފަހަރީގެ ވެސް އެދުމުގެ މަތިން އަދި އަހަރެން ވެސް ބޭނުމީ ދެން ރިޒުވީއާއެކު މިގޭގައި އުޅެން..” ނަބީހު ބުންޏެވެ. “ނަބީމެން ކަހަލަ ރައްޓެހިން އުޅޭހާ ހިނދަކު އަހަރެން އެކަންޏެއް ނުވާނެ..” ނަބީހު އެ ގޭގައި ހުންނަން ބޭނުންވުމުން އެ ކަމާ ރިޒުވީން އުފާކުރިއެވެ.

އަނެއް ދުވަހު ފަތިސްވުމާއެކު ދެ ކުދިން ހޭލިއެވެ. ފެންވަރާ ގައިން ތާހިރުވުމަށް ފަހު ފަތިސް ނަމާދުކުރިއެވެ. ދުވަހަކީ ހުކުރު ދުވަހަށް ވުމުން ކެމްޕަހުގައި ކިޔެވުމެއް ނެތެވެ. ނަމަވެސް އެ ރަށުގެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ ‘ކުޅުދުއްފުށި އިންޓަރ ކޮލެޖް ބާސްކެޓް ޗެމްޕިއަންޝިޕް’ އަންނަ މަހު ފެށޭތީވެ ޖަލާލުއްދީން ކެމްޕަސް ޓީމުގެ ފަރިތަކުރުންތައް އެ ދުވަހުގެ ހެނދުނު އެ ކެމްޕަހުގެ ބާސްކެޓް ކޯޓުގައި އޮތެވެ. ރިޒުވީނަކީ ބާސްކެޓް ކުޅުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ސައިންސާއި އިންޖީނިއަރިންގްއަށް ފަހު ރިޒުވީންގެ ހިތްހަމަޖެހުމާއި ލޯތްބަކީ ބާސްކެޓެވެ. އެންމެ މޮޅު ނޫން ނަމަވެސް ވަރަށް ހުނަރުވެރި ކުއްޖެކެވެ. އެމެރިކާގައި އުޅުނުއިރު މަޝްހޫރު ސްޓީފަން ކަރީގެ އެކަޑަމީން ތަމްރީނާއި ހުނަރު ލިބިގެން ރާއްޖެ އައިސް ހުރި ކުއްޖެކެވެ. އެހެން ވީތީ ކަންނޭނގެއެވެ. އޭނާގެ ކޮލެޖް ޓީމްގެ ގިނަ ކުދިން އޭނާދެކެ ވަރަށް ފޫހިވެއެވެ. ނަމަވެސް ކޯޗަށް އޭނާ ވަރަށް ކަމުދެއެވެ. އެ ދުވަހުގެ ފަރިތަކުރުންތަކުގައި ވެސް ރިޒުވީން ބައިވެރިވިއެވެ. އެންމެން ވެސް ވަރަށް އެކުގައި ކުޅެމުން ދިޔައެވެ. އެހެން ކުޅެނިކޮށް ކުޅެމުން ދިޔަ ކުއްޖަކު ހަމަ ގަސްތުގައި ރިޒުވީން ކޮށްޕާލިއެވެ. ރިޒުވީން ވެއްޓުމާއިއެކު ފަޔަށް ތަދުވިއެވެ. ފަޔަށް ތަދުވެފައި ހުރި ވަރުން ތެދުވެ ހިނގާލެވޭ ވަރެއް ވެސް ރިޒުވީނަކަށް ނުވިއެވެ. ހަށިގަނޑު ބަލިކަމުން ވެސް ރިޒުވީން ކުޅޭއިރު ވަރަށް ގިނައިން އަނިޔާ ލިބެއެވެ.

ސައިކަލުގައި ނަބީހު ރިޒުވީން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެއީ ކޯޗުގެ ސައިކަލެކެވެ. ހޮސްޕިޓަލުން ރިޒުވީންގެ ފަޔަށް ބޭސް އަޅައިދީ ނިމުމުން ނަބީހާއި ރިޒުވީން ގެއަށް އައީއެވެ. “އަދިވެސް އެމީހުންނާއެކީ ކުޅެން ދާތި… އެ މީހުން ބޭނުމެއް ނުވެޔޭ ރިޒުވީ މުބާރާތުގައި ކުޅޭކަށް… އެހެންވެ ކޮންމެ ފަހަރަކު ވެސް މުބާރާތުގައި ނުކުޅެވޭ ވަރަށް ޕްރެކްޓިހުގައި އަނިޔާ ތި ލިބެނީ…” ގެއަށް ވަނުމަށް ފަހު ރިޒުވީން ސޯފާގައި ބާއްވަމުން ނަބީހު ބުންޏެވެ. “އެޔެއް ނޫން ވާގޮތަކީ… އަހަރެން ހަމަ ފިޒިކަލީ ގޮތުން ވީކް ކުޅުންތެރިޔަކީ… ހަށިގަނޑު މާ ބަލިކަށިކޮށް ހުންނާތީ ފަސޭހައިން އަނިޔާ ލިބެނީ…” ރިޒުވީން ވާހަކަ ހަމަޖައްސައިލިއެވެ. މިދިޔަ ދެ ފަހަރު ވެސް ކަންވީ މިހެންނެވެ. މުބާރާތް ނުކުޅެ ރިޒުވީން މުބާރާތް ނިންމާލަން ޖެހުނީ ބެންޗުގައެވެ. “ހޫނ… އަހަރެން މި ދަނީ ފެންވަރާލަން… އިރު ކޮޅަކުން ހުކުރު ބަންގި ގޮވާނެ…” ހުކުރު ގަޑި ގާތްވިކަން ނަބީހަށް ވިސްނާލެވުނެވެ. ދެން ފެންވަރައިގެން ނަ‌ބީހު ހުކުރު ނަމާދުކުރަން އެ ރަށުގެ ބޮޑު މިސްކިތަށް ދިޔައީއެވެ. އެހެން ނަމާދުތަކާއި ޚިލާފަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ގޮސް ތިބެއެވެ. ރިޒުވީންގެ ފަޔަށް ތަދުވެފައި ވާތީ ގޮނޑިއެއްގައި އިށީނދެލައިގެން ގޭގައި މެންދުރުނަމާދު ކުރީއެވެ. ނަމާދު ކުރުމަށް ފަހު އަރާމުކޮށްލަން އެނދުގައި ޖައްސާލިއެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ރިޒުވީނަށް ނިދުނެވެ.

ރިޒުވީނަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. އެއީ ދުވަހަކު ވެސް ރިޒުވީން ދިޔަ ތަނެއް ނޫންކަން އޭނާއަށް ޔަގީނެވެ. އެ ތަނުގައި ރިޒުވާނަށް ފުރަގަސް ދީގެން މީހަކު ހުއްޓެވެ. “އަލިބެތަ..؟” ރިޒުވީނަށް މިހެން އަހާލެވުމުން އެ މީހާ އޭނާގެ ކުރިމައްޗަށް އެނބުރުނެވެ. އެއީ ހަމަ އަލިބެއެވެ. ނަމަވެސް އެހެން ވާންވީ ކީއްވެ ކަމެއް ރިޒުވީނަކަށް ނުވިސްނުނެވެ. އަލިބެގެ ހަށިގަނޑު ސަންދޯކަށްލާ ވަޅުލީ ހަމަ އޭނާގެ ދެ އަތުން ވިއްޔާއެވެ. “ރިޒުވީން ތިއީ އަހަރެމެންގެ ހުރިހާ ވެސް މީހަކީ… ރިޒުވީން ތިއީ ތަފާތު ކުއްޖެއް… މޮޅަށް ކުޅޭ މޮޅަށް ކިޔަވާ ކުއްޖެއް… ރިޒުވީންގެ ބައްޕަހެން ރިޒުވީން ވެސް ޤައުމުގެ ޚިދުމަތްތެރިޔަކަށް ވާނެ…” އަލިބެ ޢާއްމުކޮށް ރިޒުވީނަށް ކުރާ ތަޢުރީފުތައް ކުރަން ފެށިއެވެ. “އަލިބެ ތި ހީކުރާހާ މޮޅު މީހެއްނޫން މީ…” ރިޒުވީނަށް މިފަހަރަކު އެކަމަކާ އެއްބަހެއް ނުވެވުނެވެ. “ނޫން..! ރިޒުވީން އެހެން ކުދިންނާ ތަފާތީ ރިޒުވީން އުއްމީދު ނަގައިނުލާތީ… އަބަދު ވެސް އުއްމީދު އާ ކުރާތީ… މިއަދު އެ އުއްމީދު ދޫކޮށްނުލާ…” އަލިބެ ރިޒުވީނަށް ހިތްވަރު ދިނެވެ. އިރުކޮޅެއް ފަހުން އެ ތަނަށް ދެ މީހަކު އައިސްފިއެވެ. އެ މީހުން ތިބީ ކަޅު ކުލައިގެ އެއްޗެއް ލައިގެންނެވެ. މޫނު ވެސް ނިވާކޮށްގެންނެވެ. ދެ މީހުން ދެ ކޮޅުން އައިސް އަލިބެގެ ދެއަތުގައި ހިފައިގަނެގެން އޭނާ ގެންދަން ފެށިއެވެ. އެ މީހުން އަލިބެ ގޮވައިގެން އެ ގެންދަނީ ކޮން ތާކަށް ކަމެއް ވެސް ނޭނގެއެވެ. “ތިއީ ކޮން ބައެއް..؟ އަލިބެ ގޮވައިގެން ތި ދަނީ ކޮންތާކަށް..؟ އަލިބެ ނުގެންދޭ..! އަލިބޭ..!” ރިޒުވީނަށް ހަޅޭއްލަވައިގަނެވުނެވެ.

ދޮރުގައި މީހަކު ތަޅާ އަޑަށް ރިޒުވީން ސިއްސައިގެން ގޮސް ހޭލެވުނެވެ. ރިޒުވީނަށް ފެނުނީ ހުވަފެނެކެވެ. “ރިޒުވީ ދޮރު ހުޅުވަބަލަ…” ދޮރުގައި ތަޅަމުން ދިޔައީ ނަބީހެވެ. އެ ވަގުތަށް ރިޒުވީނަށް ކަމެއް ހަނދާންވިއެވެ. އެއީ އަލިބެގެ ރަހުމަތްތެރިޔާ ދިން ސިޓީއުރަ މަތިންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

އައިކާ (2)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަވަނަ ބައި)

Next
August 2, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަވަނަ ބައި)

Previews
August 2, 2017

އައިކާ (2)

9 Comments!

  1. Mai says:
    August 2, 2017 at 11:15 am

    V NICE.WAITING FOR NEXT PART?(*_*)

  2. Ushe says:
    August 2, 2017 at 1:20 pm

    Readers. Kuriah oi thin vana bain sitee uraigaivaa kanthah engigendhaane. ?

  3. Adha? says:
    August 2, 2017 at 2:03 pm

    Waiting sitee ga oiy ehcheh balaalaa hithun? btw varah reethi mi part ves❤❤❤❤

  4. kud says:
    August 2, 2017 at 2:05 pm

    waiting to knw wat is there in tht sitee.. vrh rythi.. keep it up

  5. HGF says:
    August 2, 2017 at 2:46 pm

    Nice Ushe 🙂

  6. Maany says:
    August 2, 2017 at 6:18 pm

    i am frm kfushi too.. mi aharu male aee… spent 2 weeks in JS… lol

  7. enaash says:
    August 2, 2017 at 10:21 pm

    THIS PART IS REALLY NICE. GOOD LUCK FOR THIS STORY’ NEXT PART

  8. Ushe says:
    August 3, 2017 at 1:06 am

    Thanks everyone for sweet compliments. Your support is my progress ?

  9. aana says:
    August 3, 2017 at 8:16 am

    its really nice.
    flawless writing ..superb .. love the idea.. keep up the good work. 😀
    all the best

Comments are closed.

Next Episodeދިހައެއް ( ތިންވަނަ ބައި )←


All Right Reserved!