ބީހުން…(5)
“އައްސަލާމް އަލައިކުމް އައްސަލާމް އަލައިކުމް” މަލަކާ ދޮރުމަތީ ހުރެ ސަލާމް ގޮވައިލިއެވެ.” ވައައިލައިކު މުއްސަލާމް ކޮންކުއްޖެށް؟! ކާކު ހޯދަން އައި ކުއްޖެ، ވަދޭ އެތެރެއަށް” ރާބިއާ ސަލާމް ބަލައި ގަންނަމުން ސުވާލު ބޮނޑިއެއް އުމުނާލިއެވެ. ” އަހަ މަލަކާ ހާދަ ދުވަހެއް ކޮއްލައިފަ ތިއައީ،ކިހިނެއްތަ ހާލުއަހުވާލު؟” އަމީނާ އަތުގެ އިޝާރަތުން އިޝީނުމަށް ބުނެ މަލަކާޔާ ވާހަކަ ދެއްކިއެވެ.”އަޅުގަނޑު ރަނގަޅު، ދައްތަ ކިހިނެއްތޯ؟” މަލަކާ ހާލު އޮޅުން ފިލުވަދީ އަމީނާގެ ހާލު އަހައިލިއެވެ.”އިރާދަ ކުރެއްވީތީ ދައްތަގެ ހާލުވެސް ރަގަޅު”އަމީނާ ހީލައިފާ ބުނެލިއެވެ. ގިނަ ދުވަސް ކޮއްފަ މަލަކާ އެގެއަށް އައުމުން އަމީނާ ހުރީ ހެވި ދިލިފައެވެ.” ރާބީއާއަށް އިނގޭތަ؟ މީ ޒޫމީގެ ބެސްޓު ފުރެންޑު މަލަކާއޭ، މިދެކުދިން ކުޑައިރު އުޅުނީ ވަރަށް އެއްކޮށް، ކިޔަވާ ނިމިގެން ދިޔަ ގޮތަށް އެއައީ ޑޮކުޓަރަކަށް ވެގެން” އަމީނާ ރާބިއާޔަށް މަލަކާ ތައާރަފް ކޮއްދިނިވެ. “އަދި މަލަކާ އަށް ވެސް ރާބިއަށްތަ އަކީ ކާކުކަން ވެސް އެގެން ވާނެންނޫންދޯ،ރާބިއަށްތަ އަކީ ޒޫމީ މެރީ ކުރަން އުޅޭ އީތަންގެ މަންމަ، މަލަކާއަށް އިގޭންނޫން އީތަން؟” އަމީނާ މަލަކާއަށް އެއްފަހަރާ ދެކަން އޮޅުން ފިލުވާދިނެވެ. ” އެހެންތަވަނީ؟ ކޮބައިތަ ޒޫމީ؟ ނުވެސް ބުނޭ ތިވާހަކައެއް ހާދަ ގޯހޭ ޒޫމީ” މަލަކާ އަމީނާ އެބުނި އެއްޗަކުން ހައިރާންވެ އަންތަރީސްވެގެން އަހައިލިއެވެ މަލަކާ އަށް ހީވީ ފައިދަށުން ބިންގަޑު ހެލުނު ހެންނެވެ.”ޒޫމީ އަށް އެގިގެން ނޫންތަ އޭނަޔަށް ބުނެވޭނީ، އޭނަ ކައިރީގަ ވެސް ބުނީ އީތަން އާ އޭނަޔާ އެއްރެޔަކު ކައިވެނި ކުރާ ވާހަކަ އެދެމީހުންނަކައް ވެސް ނޭގޭނެ އެދެމީހުން ކަމެށް ކައިވެނި ކުރަން ޖެހެނީ، ފަހުން ބުނަން ވެގެން އަދިނުބުނެ މިހިރީ، ދައްތަމެން ރޭގައޭ ޒޫމި ކައިރީގަ އެވާހަކަ ދެއްކީވެސް، އަދި ނެތެންނޫން މަލަކާ ކައިރީގަ ނުބުނެވިފަ، މަލަކާވެސް ނުބުނާތި އެމީހުން ކައިރީގަ” އަމީނާ ފަތިވަރެށްހެން އަމުނާލި އިރު މަލަކާ ހުރީ ބަސް ހުއްޓި ދެން ހަދާނެ ގޮތެއް ނޭގިފައެވެ.”އޯކޭ ދައްތާ އަޅުގަނޑު ނުބުނާނަން ދެން ގޮސްލީއޭ، ޒޫމީ ކައިރީގަ ބުނާތި އަޅުގަނޑު އައި ވާހަކަ، އެވަރުން އައި އިރުގަވެސް ނެތް ވިއްޔާ ގޭގަ!” މަލަކާ ހުރީ އެތަނުން ނުނުކުމެވި ފައެވެ. އަމީނާ އެދިން ހަބަރަކީ މަލަކާ އަށް އުފާ ވެރި ހަބަރެށް ނޫން ވިއްޔާއެވެ. މަލަކާ ދިޔަގޮތަށް ނުކުމެގެން ދިޔައެވެ.
މަލަކާއަށް ގެއަށް ގޮސް ދިޔަތަނާ ބަޑި ދިޔައީ ފަޅައިގެންނެވެ.”>އަހަރެން އެންމެ ފުރަތަމަ ހިތް ކީ މީހާ އެ ޖަހައިގަތީ ޒޫމީ، އެއީ ކޮންކަހަލަ އެކުވެރިޔެއް، ދެން އަހަރެން ކިހިނެއް ހަދާނީ؟ ކީއްވެތަ އަހަރެންނަށް އީތަންގާތު އެވާހަކަ ބުނަން ނުކެރުނީ؟ އެހެންނޫންނަމަ މި ދުވަހެއް ނާންނާނެ އޭރު ބުނެވުނު ނަމަ، ނޫން ޒޫމީ އަކީ އެހާ ނުބާ މީހެއް ނޫން ހަމަ ޔަޤީން އަހަރެން އީތަން ދެކެ ލޯބި ވާކަން އެނގުނުނަމަ ޒޫމީ އެކަމެއް ނުކުރާނެ” މަލަކާ އިނީ ބޯފަޅައިގެން ދާވަރު ވެފައެވެ. އެރޭ ހަތަރުދަމު މަލަކާއައް އެފިކުރުގައި ނުވެސް ނިދުނެވެ.
“މަސީހު ކީއްވެތަ މާ އެމަޖެންސީކޮށް ޗުއްޓީއެއް ނަގަން ތިއުޅެނީ؟ ކަމެއް ގޯސް ވީތަ؟” ސަލީމު އަހާލިއެވެ. “ސަރ އަޅުގަނޑުގެ ދަރިފުލު އުޅެނީ ވަރަށް ބަލިވެ ވިހީއްސުރެ ނުފިލާ ހުމެއް ހުންނަނީ، މިކޮޅަށް ދައްކާދައްކާ ރަނގަޅު ނުވެގެން އިންޑިއާއަށް ގޮސްލަންކަމަށް!” މަސީހު އޭނަ ޗުއްޓީ ބޭނުންވާ ސަބަބު ކިޔައިދިނެވެ. “އެހެންތަ..! ތިއީ ވަރަށް ދެރަ ޚަބަރެއް އިރާދު ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، މިއަދު ޗުއްޓީގެ ކަންތައްތައް ހަމަޖައްސަ ދޭނަން، ދުންޔާ މަސީހުގެ ޗުއްޓީ ވީހާވެސް އަވަހަށް ހަމަ ޖައްސަދީ” ސަލީމު މަސީހުގެ ވާހަކައަށް ޖަވާބުދީފަ އޭނާގެ އެސިސްޓެންޓު ދުންޔާގާތު ބުންޏެވެ. ލައްބަ ސަރ އޭ ކިޔާފަ ދުންޔާ އުޅެގަތީ އޭނާއާ ހަވަާލުކުރި މަސައްކަތާއެވެ. “މަސީހު ފުރުމުގެ ކުރިން ސަރ އާ ބައްދަލު ކޮށްލައްޗޭ! ” ސަލީމު އެހެން ބުނުމުން ލައްބަ ސަރ އޭ ބުނެފަ މަސީހު ދިޔައީ އަވަހަށް އަރޫޝާގާތު ޗުއްޓީ ލިބުނު ވާހަކަ ބުނާށެވެ.
“ކޮބާ ދަރިފުޅާ ކައިވެނީގެ ދުވަސް ކައިރި ވަނީއެއްނޫން! ވެޑިން ޑްރެސްއާ އެއްޗެހި އަދި ނުފެހޭއެއްނޫން އެކަމާ އުޅެން ދަރިފުޅު ޗުއްޓީއެއް ނަގަންވީހެން މަންމައަށް ހީވަނީ” އަމީނާ އަގައަށް ފޯއްކޮޅެއް ލަމުން ބުނެލިއެވެ. “މަންމާ ޗުއްޓީ ނުނެގިއަސް ވެޑިންޑްރެސް ފެހި ދާނެއެއްނޫން! އެހެން ނޫނަސް އަޅުގަނޑު ކައިވެނި ކުރަން އުޅޭ ޕްރިންސް ހެދުންފެހި ކަމެއްވެސް ނޭގެ؟” ޒޫމީ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “މަންމައަށްވެސް އިނގެޔޭ ޗުއްޓީ ނުނެގިއަސް އެކަން ވާނެކަން ބައްޕަ ބުނުއްވީ މެލޭ އިންނޭ ހެނދުން ފަހާނީ، އެހެންވެ މަންމަ އެހެން ބުނީ” އަމީނާ ދުފަމުން ބުނެލިއެވެ. “އެހެންތަވަނީ މަންމާ! އެކަމަކު މިހާރު މާލޭގަވެސް ނުލާހިކު ރީތިކޮށް ވެޑިން ޑްރެސް ފަހާ މީހުންތިބެޔޭ، ދެން ކީކްކުރަންތަ މެލޭއަށް ދާންވީ؟ އެހެންނޫނަސް އަހަރެން ބުރުގާ އަޅާއިރު މިކޮޅުން ފެހީމަ މާރަނގަޅުވާނެ ” ޒޫމީ އަމީނާގެ މޫނަށް ބަލަމުން ބުނެލިއެވެ. “އޯކޭ އޯކޭ… މަންމަގެ ޒޫމީވެސް މިހާރު ލައްކަ ބޮޑު ވާހަކަ ދައްކައޭ ދޯ!” އަމީނާ ހެމުންބުނެލިއެވެ. “ބޮޑު ވާހަކައެކޭ! ކޮން ވާހަކައެއް ބޮޑު ވާހަކައަކަށް ދެއްކީ” ސަލީމު އެތެރެއަށް ވަންނަމުން ހިނިގަނޑެއް ޖަހާލިއެވެ. “މި ދައްކަނީ ވެޑިން ޑްރެސް ފަހާ ވާހަކަ ޒޫމީ ބުނީމި ކޮޅުންނޯ ފަހާނީ” އަމީނާ ސަލީމުވަންތަން ބަލަމުން ބުނެލިއެވެ. “އެއީ ތެދެއްތަ ދަރިފުޅާ؟ ދަރިފުޅަށް ފެނުނުގޮތަކަށް ކަންކުރީމަ އިންނާނީ ރަނގަޅަށް” ސަލީމު ޒޫމީގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ. ދަތުރު ކުރަން ނުޖެހުމުން ޒޫމީ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.
ގަދަނިދީގަ އޮއް ޒޫމީއަށް މިރޭވެސް ހޭލެވުނީ ގައިގަ އަށްލާހެން ހީވެގެންނެވެ.” ކާކު؟ ތީކާކު.؟! ކީވެ ކޮންމެރެއަކު މަށަށް އުދަގޫ ތިކުރަނީ؟” ޒޫމީ ބެޑު ކައިރީގަ ހުރި ލައިޓު ޖައްސަމުން ބުނެލިއެވެ. އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް ޒޫމީ އަކަށް އެއްވެސް މީހަކު ނުފެނުނެވެ. ކުރިން ރޭތަކެކޭ ފަދައިން ކުޑަ ދޮރު ކައިރީގައި ހުރި ފޮތިގަނޑު ހުރީ ބާރަށް ހެލި ހެލިއެވެ. ޒޫމީގެ ކައިވެނީގެ ވާހަކަ ދެއްކި ރެއިން ފެށިގެން އެފަކީރުގެ ހާލަކީ މީއެވެ. ޒޫމީ އެތަށް ފަހަރަކު މަތިނަް އަމީނާ ކައިރީގަ މިވާހަކަ ދެއްކުމުން ވެސް އަމީނާ ކިޔަނީ ކިޔާއެކައްޗެކެވެ. ކުރުސި ނުކިޔާ ނިދާތީ ވާގޮތެއް ކަމަށެވެ. އަމީނާ ކުޑަކޮށްވެސް މީގެ ދިހަވަރަކަށް އަހަރު ކުރިން ފުވަށްމުލަކަށް ކުރި ދަތުރު މަތިން ހަނދާން ނެތީ ހެއްޔެވެ؟.
“އޭމަލާ ކޮންތާކު ތިއުޅެނީ ؟ކީއްވެތަ؟ މަގުޅީމަ ފޯނުނުނަގަނީ ބިޒީތަ؟، ނޫނީ ގަސްތުގަ ނުނަގަނީތަ؟” ޒޫމީ އެއްފަހަރާ އެތައް ޝަކުވާތަކެއް މަލަކާފޯނު ނެގުމުން އޮއްސާލިއެވެ.” ކީއްވެތަ؟ މަ ޒޫދެކެ ރުޅި އަންނަންވީ، މަހަމަ ބިޒީކަމުންނޭ ނުގުޅެނީ” މަލަކާ ފާޑަކަށް ހުރެ ގަސްތުގަ ދޮގު ހަދާލިއެވެ.” އެކަމަކު އަހަރެން ކިތަށް ފަހަރު ގުޅިން ކިތަށް މެސެޖު ކުރިން؟،އެޓުލީސްޓު މަލާ ކިތަންމެ ބިޒީ އަސް ރިޕްލައި ކޮއްލެވޭނެދޯ؟!” ޒޫމީ ދެރަވެގެން ބުނެލިއެވެ. މަލަކާ އިތުރަކަށް އެއްޗެއް ނުބުނެއެވެ.”ދެން އޯކޭ މަލާ ބިޒީއީ ،އެކަމަކު މަށާއެއްކޮއް ޝޮޕިން ކޮއްލަން ދެވިދާނެތަ؟،ނެކްސްޓު ވީކުގަ މެރީ ކުރަނީ ގަންނަންޖެހޭ ބައިވަރު އެއްޗެހި އެބަހުރި” ޒޫމީ ކިތަންމެ ދެރަވެފަ ހުއްޓަސް ބުނެލިއެވެ.”އޯކޭ ކޮންއިރަކުދާނީ، މިރޭފުރީ ވެވިދާނެ” މަލަކާ ކިތައްމެ ދާހިތް ނުވިޔަސް އިތުރު ގޮތެއް ނެތުމުން ޒޫމީއާ އެއްކޮއް ދާން އެއްބަސް ވިއެވެ.” މިރޭ ނައިންހާ އިރު ދާނީ، އެގަޑި އޯކޭދޯ؟” ޒޫމީ ދާންވީ ގަޑި ބުނެލިއެވެ.ދެމީހުން ވެސް އެގަޑި އަށް ރެޑީވާން ބުނެފަ ފޯނު ކަނޑާލިއެވެ. މަލަކާ ފޯނުބޭއްވި ގޮތަށް ދަތްކުނި ވިކާގަތެވެ.”މަކޮންމެހެން މީނަޔާ އެއްކޮއް ދާންޖެހޭތަ؟މަށައް ކީއްތަ މީނަ ޝޮޕިން ނުކުރިޔަސް،ތި ކައިވެންނަކައް އެއްވެސް ބަރަކާތެއް ނުލަށްވާނެ،” މަލަކާ އައިއްސަ ހުރީ ރުޅީގައި ހިތާހިތުން ޒޫމީއަށް ބަދުދުވާ ކޮއްލިއެވެ. މަލަކާ އީތަން ދެކެވީ ލޯބިން ވަނީ ޒޫމީ ދެކެ ހަސަދަ ވެރިވެފައެވެ. ވާނީ އެހެންތާއެވެ. މަލަކާ ކާކުކަން ނޭގޭގޮތަށް އީތަން އަށް ލޯބި ހުށައަޅާތާ ކިތައްމެ ދުވަހެއް ވީވިއްޔާއެވެ.. އެރެޭ ނުވެއެއް ޖެހިއިރަށް ޒޫމީ ރެޑީވެގެން ނުކުތެވެ.އޭރު މަލަކާވެސް އެގޭ ދޮރުމައްޗާ އަރާ ހަމަވީއެވެ. ޒޫމީމެން ދިޔަގޮތަށް ދިޔައީއެވެ.”މަލާ ކައިރީގަ ވާހަކައެއް އަހަންތަ؟” ޒޫމީ މަލާކާ ކައިރީގަ އަހާލިއެވެ . ” ކީއްވެ؟މަލާ ތިހާ ޗޭންޖީ މިހާރު؟” ޒޫމީ އަހައިލިއެވެ.” ޗޭންޖެއް ނޫން ތީ ޒޫ އަށް ހީވާއެއްޗެއް” މަލަކާ ހަގީގަތާ ކުރިމަތި ލާން ނުކެރިގެން ބުނެލިއެވެ.” އޯކޭ އެންމެ ރަގަޅު ގަބޫލް ކޮއްފިން” ޒޫމީ ގަބޫލް ކުރީ މަލަކާ އެބުނީ ތެދެއް ކަމަށެވެ.ހަގީގަތުގަ މަލަކާ ހިތްހެޔު ކަން ބޭރުން ދައްކާގެން ހުއްޓަސް އެތެރޭގަ އޮތީ ހަސަދަޔާ ނަފުރަތެވެ.
“މަސީހު ހާދަ ދެރަވެފަ! އަނެއްކާ ކަމެއް ގޯހީތަ؟ ކިހިނެއްތަވީ؟”ދުންޔާ މަސީހުކުރެން އަހާލިއެވެ. އާ..ދެން ކަމެއް ގޯސް ވާނީ މިހާވަރަށް” މަސީހު ބުނެލިއެވެ. “އެހެންތަ! ކިހިނެއްތަވީ؟”ދުންޔާއަހައިލިއެވެ.. “ދަރިފުޅު ވަރަށްބަލި، އެކޮޅުން ބުނީ ކެންސަރޯ!” މަސީހު ވަރަށް ދެރަވެފަ ހުރެ ބުނެލިއެވެ. “ހުވާތަ! ދެންކިހިނެއް ހަދާނީ؟ ތިވާހަކަ ސަލީމު ކައިރި ބުނިންތަ؟” ދުންޔާ އަހާލިއެވެ. “އުހު..އަދި ނުބުނަން އެހެންނޫނަސް އެންމެ ފަހުންފަހަރު ދިޔައިރުވެސް އެއްހާސް ޑޮލަރު ދިން، އެހެންވެ އަސްލު ބުނަންނުކެރިގެން މިއުޅެނީ! އަސްލު ސަލީމު ކިހާ ރަނގަޅު ދޯ އެވަރުގެ ރަނގަޅު ބޮސްއެއް ނުލިބޭނެ” މަސީހު އެހެން ބުނުމުން ދުންޔާ އާދޯއޭ ކިޔާ ބޯޖަހައިލިއެވެ. “ޚްޚް…ބޮސްއޭ ކިޔާފަކީކޭތަ ތިކިޔަނީ؟” ސަލީމު ކަރުކަހަމުން އެތެރެއަށް ވަދެ އަހާލިއެވެ. “މާބޮޑު ވާހަކައެއްނޫން” މަސީހު ނޫންކަމަށް ހަދާފަ ބުނެލިއެވެ. “އެއީ ދޮގެއް ސާރ މަސީހުގެ ދަރިފުޅު އަދިވެސް އުޅެނީ ވަރަށް ބަލިވެ، މަސީހު ބުނީ އެކޮޅުން ބުންޏޯ ކެންސަރޯ!” ދުންޔާއަކީ އެހެންމީހުންނަށް އަބަދުވެސް ހެޔޮ އެދޭ ކުއްޖަކަށް ވާތީ މަސީހުއަށް ހެޔޮ އެދޭތީ ދުންޔާ ސަލީމުއަށް ތެދުތެދަށް ވެގެންއުޅޭ ގޮތް ކިޔާދިނެވެ. “އެހެންތަ ތިއީ ހާދަ ހިތާމަވެރި ޚަބަރެކޭ! މިހާރު ކޮބާތަ ދަރިފުޅު؟” ސަލީމުވެސް އެހިތާމައިގައި ބައިވެރިވަމުން އަހާލިއެވެ. “އެ ދެމައިންވީ އެކޮޅުގަ، ކުޑަމީހާއަށް ކީމޯ ދޭންޖެހޭތީ މަޑުކުރީ” މަސީހު ފެންކަޅިވެފަ ހުރެ ބުނެލިއެވެ. “އެހެންތަ؟ އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ، މަސީހު ކަމަކަށް ދަތިވެގެން ނުބުނެ ނުހުންނައްޗޭ! ސަާރއަށް ވެވުނު އެހީތެރިކަމެއް ވެދޭނަން” ސަލީމު އެހެން ބުނުމުން މަސީހު ލައްބަ ސާރއޭ ކިޔާފަ މަސީހު ދިޔައީ އޭނާގެކެބިންއަށެވެ.
“މަންމާ ފޫއްސެއް ނުވޭތަ މިހާދުވަހު މާލޭގައި ހުންނަން ވީމަ؟” އީތަން ސައިބޯން އިށީންނަމުން އަހާލިއެވެ. “ދަރިފުޅާ ކީއްވެތަ މަންމަ ފޫހިވާންވީ؟ މަންމަ އެއްވެސްކަމަކަށް ފޫއްސެއްނުވޭ، އެހެންނޫނަސް ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާހިތުން މަންމަ ފޫއްސެއް ނުވާނެއެއްނޫން!” ރާބިއާ ހީލަމުން ބުނެލިއެވެ. “މަންމަ ދައްކާ ވާހަކަ ދޯ! މަންމަ ޖެހޭނެއެއްނޫން ބައިވެރިވާން” އެވަގުތު އީތަންގެ ފޯނަށް ކުރިންވެސް މެސެޖު އަންނަ ނަންބަރުން މެސެޖެއް އައެވެ. “ހަނދާން ކުރާތި މަށަށް ދެރަދީފަ ތިމާއަކަށް ވަކިމޮޅެއް ނުވެވޭނެ” މިމެސެޖް ކިޔާފަ އީތަން ފޯނު ލޮކް ކޮއްފަ ޖީބައްލަމުން ދަނީއޭ ކިޔާފައި ނުކުތީބޭރަށެވެ. “މަ އަދި އެކަކަށްވެސް ދެރައެއް ނުދެން، ކާކުބާ މޮޔަވެގެން މިއުޅެނީ” އީތަންހުރީ ފުލުފުލުން އަންނަ މެސެޖު ތަކާހެދި ރުޅިގަދަވެފައެވެ. ވާނީވެސް އެހެންތާއެވެ. މި ވީހާތަނަށްވެސް އީތަންގެ ރައްޓެއަސަކާވެސް މައްސަލައެއްވެސް ނުޖެހޭ ވިއްޔާއެވެ. ނުވިތާކަށް ދުވަހަކުވެސް އީތަންބިޓެއްވެސް ނެގީކީނޫން ވިއްޔާއެވެ. ދެން މީހަކަށް ލަނޑެއް ދޭނީ ކިހިނެއް ހެއްޔެވެ. އެ މެސެޖުތައް ކުރާނީ ކާކުކަމެއް އީތަންބަލާކަށް ބޭނުމެއްވެސް ނުވެއެވެ.
*****ނުނިމޭ….
5 Comments
Comments are closed.
yey Shi first dhw v nice mihaaru part ves… keep it up 🙂
Mee biruveri story ehtha??
V reethi mi part ves?
V v v salhi. …… Whn nxt prt……. ?
Varah salhi mi part ves