Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (6)

saana Level 110 Stories
August 3, 2017 4 Mins Read
27 Comments

“ކޮއްކޯ ފަހުދު. މީތިހޯދަން އައިސް އުޅޭ ގޮއްޔެ އަކީ…” އެހެން ބުނެފައި އެތާގައި ކުރުނބާބޯން އިން ޅަފުރައިގެ ފިރިހެން ކުއްޖަކާ ދިމާއަށް ބަލާލިއެވެ. އެ ސޮރު ވަގުތުން ފުންމަގެން ތެދުވިއެވެ. މުޅިމީހާ އާނގަމަ އަރާފައި ހުންނަހެން ސަލްމާއަށް ކަޅި ޖަހާ ނުލާ ބަލަމުން ދަނީ ސަލްމާ ރަކިވާ ވަރަށެވެ. މިއޮއް އެންމެން ތެރޭގައި ބީރައްޓެއްސެއް މިހެންބަލާތީ ސަލްމާ ލަދުން ހަލާކުވެއްޖެއެވެ. ސަލާމަތް ވާނެ ގޮތެއްވެސް ނޭނގި ހުއްޓާ ސުލައިމާނު ސަލްމާގެ ކަންފަތް ދަށަށް ގުދުވެލާފައި ބުނެލިއެވެ.

“މީ ދޯ އެބުނާ ސޮރަކީ…ހީވަނީ މެންދުރު ކާޅެއް ހެން، އަނގަ ނަގައިގެން އެބަހުރޭ ބަލަހައްޓައިގެން”

ސަލްމާ ގާތައްވެސް އައީ ހިންޏެވެ. ނިކަން އެސޮރު ހުރިގޮތް ބަލާލާށެވެ. ބޮލެކޭ ދުންބޯޓެކޭ އެއްގޮތެވެ. ލައިގެން ހުރި ގަމީހުގެ ގިރުވާން ދެކޮނޑުމައްޗައް އެއޮތީ ވެއްޓިފައި ހެއްޔެވެ. ތިރިން ލާފައި އެހެރީ ފަޓުލޫނު ކިޔާ އެއްޗެއްބާއެވެ. ކަތީބުމެން މާލޭން ވެރިން ވަޑައިގަންނަވާ ދުވަސް ދުވަހު ލައިގެން އުޅެނީ ފަޓުލޫނެވެ. އެކަމަކު މިއީ އަންހެނުން ލާން ގެންގުޅޭ ޒާތު އެއްޗަކާ ވައްތަރެވެ. ދެފައި ކުރި އެހާފުޅަލެވެ. އަނެއްކާ އެހެރަ އަޅާލާފައި ހުރި އައިނަކުން މުޅި މީހާ ފޮރުވެއެވެ. ނުހޭން ހުއްޓަސް މީހަކަށް މިވަރުވީމާ ދެން ހިނިއަންނާނެއެވެ. ސަލްމާ ހިނިގަނޑު މަތަކުރަން އަނގަމަތީގައި އަތް އަޅާލިއެވެ، އެވަގުތު ފަހުދު ސަލާމަށް އަތް ދިއްކޮށްލިއެވެ. ސަލްމާވެސް މީހުންގަނޑުގެ ތެރޭގައި ވައްތަރު ތައް ނުޖައްސަންވެގެން ސަލާމްކޮށްލުމާއެކު އަވަސް އަވަހަށް އަތްދަމައިގަތެވެ. “ހާދަ ރީތި ކުއްޖެކެވެ.” ފަހުދު ބުނެލި އަޑު އިވުނެވެ. ސަލްމާ ހަމަ އެހުރި ގޮތަށްހުރީއެވެ. ސުލައިމާނު ސަލްމާގެ އަތުގައި ކޮއްޓާލިއެވެ. ދާންހިނގާށޭ ބުނާ ކަހަލަ އެވެ. ކުއްލިއަކަށް ފަހުދުގެ އަޑުން އިވެން ފެށީ ލަވައެކެވެ.

“އާކުއްޖެކޭ ދަސްވީ ފަހުން، އަސްތާ މިހާރު ހޯދެނީ

ބިރަކާ ނުލާ އޭނާ އިނގޭ ރެޔާ ދުވާލު ހޯދެނީ…..”

ގޭދޮށަށް އެއްވެފައި ތިބި އެންމެން ހޯބޯ ލަވައިގަތެވެ. ދެން ފަހުދު ކުރިޔަށް ޖެހިލައިފައި ހިފީ ސަލްމާ ގެ އަތުގައެވެ. ސަލްމާ އަވަހަށް ތެޅިގަނެފައި އެތަނުން ދާން ވެގެން މަސައްކަތް ކުރަން ފެށިއެވެ، އެހެން ނަމަވެސް ފަހުދު ހުޝިޔާރު ކަމާއެކު ސަލްމާގެ އަނެއް އަތުގައިވެސް ހިފިއެވެ. އޭރު މީހުން ގަނޑު ހަޅޭއްލަވަމުން ގެންދެއެވެ. އެއްބަޔަކު ކަލޯ ކުޅަދާނަ އޭ ގޮވާއިރު އަނެއް ބަޔަލު ލަވައިގެ އަނެއް ބައި ކޮބާހޭ އަހައެވެ. ސަލްމާއަށް މިވަގުތު ބިންގަނޑު ކޮނެފައި އެތާ އަޑިއަށް ވަދެ ފިލޭނެ ނަމަވެސް އެކަން ކުރީހެވެ. ރުޅިވެސް އައެވެ. ދެންވެސް ފަހުދު ހުއްޓާކަށް ނޫޅުނެވެ.

” ލޯމަތިން ދެން ފެނިލުމުން ވީގޮތެއްވެސް ނޭގުނޭ ، ހީވީ އަރައިގެން އައި ހަނދެއް ހެން ސާފު….އިސްތަށި ގަނޑަކާ އަލި އަލި މޫނުން ރޭގަނޑޭ އަލިވަނީ”

މީދެން ފުކެއް ބޮޑުވަރެވެ. އެންމެ އިރުކޮޅަކުވެސް ދެން ނިކަން މަ މިތާ ބަހައްޓަބަލާށެވެ. ހިތާ ހިތާ އެއްޗެހި ގޮވަމުން ސަލްމާ ކުއްލިއަކަށް ލުތްކެއް ޖަހާފައި ފަހުދުގެ އަތުގެ ތެރެއިން ސަލާމަތް ވެގެން ހިނގައި ގަތެވެ. ތަންކޮޅަކަށް ވެސް ނުދެވެނިސް މުހައްމައިދީގެ އަންހެނުން ސަލްމާ ހުއްޓުވިއެވެ. ” ހާދަ އަވަހަކަށް ތިދަނީ ކޮންތާކަށް. އައިސްބަލަ މިތިބީ ހައްތަހާވެސް އާއިލާގެ މީހުންނޭ. ތީދެން މިހާރު ބީރައްޓެހި ކުއްޖެއްނޫނެއްނުން” އެހެން ކިޔާފައި ސަލްމާ ގެ އަތުގައި ހިފައިގެން ގޮސް އެއްފަރާތެއްގައި ހުރި ފަތްޖެހި އެނދުގައި އިން އަންހެނެއް ގާތު ގޮސް ބެހެއްޓިއެވެ. މީ ވަރުގަދަ ބައެއްތާ އެވެ. މިއޮއް އެންމެން ކުރިމަތީ މަ ފަޟީހަތް ކޮށްނިމުނު އިރުވެސް އަޅާވެސް ނުލިތާ ކަމެއް ވީހެންވެސް ހިޔެއްނުވެއެވެ. ސަލްމާ ވައްކަޅިން މާމަ ކޮބައިތީ ބަލާލިއެވެ. މާމަ ޖެހުނުތާ ލަކުނުވެސް ނެތެވެ.

” ވަހިއްތާ! މީ ގޮއްޔެ…ރީތި ކުއްޖެއްދޯ؟” މުހައްމައިދީގެ އަންހެނުން އާބިދާ، އޭނާގެ އެއްބަނޑު ދައްތަ ވަހީދާއަށް ސަލްމާ ތައާރަފް ކޮށްދިނެވެ. “ގޮއްޔޭ، މީ އަހަރެންގެ ހުރި ހަމަ އެކަނި ދައްތައަކީ. ގޭގަ މާކަ ގިނަ މީހުނެއް ނޫޅޭނެ ވަހިއްތަޔާ އަހަރުމެންނާ އުޅޭނީ. ދެން އެއިނީނުން އެކޮޅުގަ ނޫކުލައިގެ ގަމީހެއް ލައިގެން އިން ފިރިހެނެއް އެއީ ވަހިއްތަގެ ފިރިމީހާ ރިޒާ. މިހާރު ދެން ފަހުދުއާވެސް ތި ބައްދަލުވީނުން. އެއީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިއަކީ… ނިކަން ލާނެތް ވާނެ. ހަމްދީގެ ހުރިހާ ލަވައެއް ހިތުދަސްވާނެ. ހަމްދީގެ ޝޯއެއްވެއްޖެއްޔާ ހުމާ އޮތަސް އޭނަ އެޝޯއަކަށް ދާނެ. އެއްޗެކޭ ހީ ނުކުރައްޗޭ އެއީ މަޖާ….އެހެން އޭނަ އުޅޭނީ. ފަހުދަކީ ވަރަށް ރަގަޅު ކުއްޖެއް. ދެން އަހަރުމެނާ އެކީ އައީ ފަހުދުގެ އެންމެ ގާތް އެކަކު . އެއިނީނުން ފަހުދު މެންކައިރީ އިށީދެގެން، އެއީ ސޮބާހު. ”

“ދެން ތިޔަވާހަކަ ދައްކަން ހިނގާބަލަ އެތެރެއަށް މިއޮއް ހޫނުވާ އިރު މިތާކެތެއް ނުވާނުން” ކޮންމެވެސް މީހަކު އެހެން ބުނެލިއަޑާއި އެކު އާބިދާމެން ގޭތެރެއަށް ހިނގައި ގަތެވެ.

ކެއުން ފެށިއްޖެއެވެ. ފުރަތަމަ ކެއީ ފިރިހެން ވެރިން ނެވެ. ކޮންމެ މީހަކު ޅިސްޖެހެންދެން ކެއެވެ. އަންހެން ވެރިން ކާން އަރާފައި ސަލްމާއާއި ނިކަން ގިނަ ސުވާލު ވަހީދާއާއި އާބިދާ ކުރިއެވެ. ކުރަން އެނގެނީ ކޮން ކޮން މަސައްކަތެއް ތޯ އާއި ތައުލީމީ ފެންވަރުވެސް އެއްސެވެ.

“އާބިދާ ކޮއްކޮ މިރަށަށް އަންނަމުން ވެސް ބުނި ތިމަންނަ ރަގަޅަށް މި މަންޖެ ބަލާލާފައޭ އާނބަސް ބުނެވޭނީ.. އަޅެ އާބިދައްކޮ ނިކަން ދެން މިހާރު އެއްޗެއް ބުނަންވެއްޖެއެއްނުން” ވަހީދާ މިހެން ބުނެ ނިންމާލި އިރަށް އާބިދާ ހިނިގަނޑެއް ޖަހާލާފައި ސަލްމާއާ ދިމާޔަށް ބަލާލިއެވެ.

“ވަރަށް ބަސްއަހާ ރަގަޅު ކުއްޖަކާ ފާޑީ……އަހަރެން ގެ ގެޔަށް އަހަރެންގެ ދަރި އިނދެގެން ގެންދާން އެންމެ ބޭނުން ވާހަކަލަ ކުއްޖަކާ ގޮއްޔެ ވައްތަރީ. އަޅެ ގޮއްޔެ ބުނެބަލަ..ގޮއްޔެ މިކައިވެންޏާ ގަބޫލުތަ؟”

ސަލްމާ އިނީ އިސް އުފުލާލަންވެސް ނުކެރިފައެވެ، އޭނާ ބައިންދައިގެން އޭނާގެ ވާހަކަތައް ދެކެވެމުންދާތީ ވަރަށް ލަދުގަނެފައެވެ. ދެން އެކުރީ އަނެއް ސުވާލެވެ. ކައިވެންޏާ ގަބޫލުތޯއެވެ. ސަލްމާއަށްވެސް ތިޔަ ސުވާލުގެ ޖަވާބުދޭކަށް ނޭނގެއެވެ. ހިތާ ހިތުން ސަލްމާ ސުވާލުކޮށްލިއެވެ. އަޅޭ މަ ގަބޫލު ހެއްޔެވެ. ހިތް އޮތީ ނަސީރަށް ދެވިފައޭ ބުނެލިއަޑު އެއިވުނީ ކޮންދިމާލަކުން ހެއްޔެވެ. ހަމަ ގައިމުވެސް މިވަގުތު ނަސީރުގެ ޚިޔާލު މިދޭތެރެއަށް ވަދެއްޖެއެވެ. ނަސީރަށް ހިތުން ކޮންމެވެސް މިންވަރެއް ދެއްވިއްޖެ ކަމަށް އެއްބަސްވާށޭ އަމިއްލަ ހިތް ބުނެލިއެވެ. އާނނ ހިތުން ޚާއްސަ ކަމެއް ފުރަތަމަ ދެވުނު ފިރިހެނަކީ ނަސީރެވެ. އެކަމަކު މިކައިވެންޏާ ނުގަބޫލީއެއްނޫނެވެ. މީ ބައްޕަގެ ވަސިއްޔަތެއްގެ ގޮތުގައި ކުރާނެ ކަމެކެވެ. ސިކުނޑިޔާ ހިތުގެ ހައިޖާނުގައި ސަލްމާ ގިނަވަގުތު ތަކެއްވާން ފެށުމުން ސަލްމާގެ މާމަ ކަންތައް ބޮޑުވިއެވެ. އަނެއްކާ ސަލްމާ ނުރުހުންވަނީ ބާއެވެ. އެއްޗެކޭ ބުނެލަން އަނގަ ހުޅުވާލި ވަގުތު ސަލްމާ ބުނެލިއެވެ.

” މަ ގަބޫލު. މީ ބައްޕަ ގެ އެދުމެއް. ” މިހެންބުނެލާފައި މާމައާ ދިމާލަށް ސަލްމާ ބަލާލިއެވެ. މާމަ ހިނިތުން ވެލަމުން ބޯޖަހާލިއެވެ. އެއީ މާމަގެ ގޮއްޔެއެވެ. މިމާމަ ލަދުގަންނަ ވަރުގެ ކަމެއް އެދަރި ނުކުރާނެއެވެ.

އިރުމެދުން ފިލާ ގޮސް ހުޅަނގުކޮޅަށް އޮބަނީއެވެ. ސަލްމާއަށް އަދިވެސް އެކަނިވެލާނެ ފުރުސަތެއް ނުލިބެއެވެ. ދެފަހަރަކު މަތިން ފަހުދުގެ އުނދަގޫވެސް ޖެހިއްޖެއެވެ. ހަމަ ފެންނަހާ ތާކުން ލަވަކިޔަނީއެވެ. ތާކުހުރި އާވާރާއެއްބާއެވެ. ސަލްމާއަށް ހުރި ބޮލުގަ ރިހުމެކޭ އެއްގޮތެވެ. ފަހުދުގެ ހިލަން ނުވެ އިރުގަނޑެއް ވުމުން ސަލްމާ ނިންމީ ނަސީރުއާ ބައްދަލުކުރަން ދާށެވެ. ފަހުފަހަރަށް ދެކިލާހިތް ވަނީއެވެ. ހިތް ހެޔޮ ކުރަން ދާންވާން ނުންހެއްޔެވެ. ކޮންމެވެސް ސަބަބެއް ހޯދައިގެން ވެސް މިއަދު އެދިމާއަށް ނިކުންނަން ބޭނުމެވެ. ވަޅުދޮށުން ދެތިންދާނި ފެންބޮލަށް އަޅައިގެން އަވަހިއްޔާ އަވަސް ކޮށްލާފައި ލިބާސް ބުރި ބޮލަށް މަހާލައި ކަނޑިކި އަދެއްޖެއެވެ. ދެން ނިކުމެ އެތެރެ ގޭތެރެއަށް ވަދެ ކާފަގެ ކާށިތެޔޮ ފުޅި ނަގާ ވަރުވާވަރަށް އެދިގު އިސްތަށިގަނޑުގައި ލާ އޮފް ކުރިއެވެ. މިހާރު ކާށި ތެލުގައި ހުވަނދުމާވަހަށް ވުރެ މީރުވަހެއް ހުންނަކަން ވެސް ފާހަގަ ކުރެވިއްޖެއެވެ. ބޮލުން ރަގަޅަށް ގޮއްފިލުވާޅުމަށް ފަހު ރީތިކޮށް ހުޅިއެއް ޖަހާލިއެވެ. އަނެއްކާ އެހުޅި ނައްޓުވާލާފައ އެއްކޮށް ނިއުޅާލާފައި މެދުން މަގުފަޅާ ދެއަރިމައްޗައް ދެ ޓިސްދަތި ޖަހާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާ ލާފައ ހިނިތުންވެލިއެވެ. ދެލޮލުގައި ގަލަދުން ކޮޅެއް ކާއްތާ ލިއެވެ. ފުއްދަޅު ނަގާ މޫނުގައި ހާކާލިއެވެ. އަވަސް ކޮށްލައިގެން މީހަކަށް ނުފެނި ސަލްމާއަށް ގޭން ނިކުމެވިއްޖެއެވެ. ނަސީބު ވަރަށް ރަގަޅެވެ. އަތިރިމައްޗާ ހަމަ އަށް ދެވުނު އިރުވެސް މީހެއްގެ ހިލަން ވެސް ނުވެއެވެ. ސަލްމާ ހިނގަމުން ގޮސް އިއްޔެވެސް އިން ވެލިގަނޑުމަތީ އިށީނީ ނަސީރު ކޮބާ ބާވަޔޭ ހިތައެވެ. އެވަގުތު ވަރަށް ގާތުން ނަސީރު ބުނެލިއަޑުއިވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އައިކާ (3)

Next

ހިތުގެ މިލްކުވެރިޔާ

Next
August 3, 2017

ހިތުގެ މިލްކުވެރިޔާ

Previews
August 3, 2017

އައިކާ (3)

27 Comments!

  1. Xna says:
    August 3, 2017 at 1:29 pm

    Heheh..haadha filmy sorekey dho fahudhu Mee?. Salhi

  2. maroon says:
    August 3, 2017 at 1:34 pm

    Mihira sifa kurun thakeh dhw… v obi… and salma kaahteyge hiy halaaku nukurahchey… mendhuru kaalhah vure kaahtey maa ragalhu vaane… ishguga jehunyma kaashi theyo vasves meeru vythaa ?
    Saana v reethi ngey ?

    1. Song joong ki... KOREAN says:
      August 3, 2017 at 2:40 pm

      Haha dhw maroon. Fahudhuge bolakee dhun boateko. Hahaha. Sifakurun thah hama habeys. V salhi. Kaahtey ais salmaa moonuga kaashi theyo noongulhaifiyya rangalhu. 🙂

    2. maroon says:
      August 3, 2017 at 11:52 pm

      Saana when next part.

    3. song joong ki..KOREAN says:
      August 4, 2017 at 4:27 am

      comment kuriyas send eh nuvey ethah gadyreh vaairuvx. is it a network problem???

    4. saana says:
      August 4, 2017 at 8:13 am

      marron…in sha allah next part saturdayga inge

    5. maroon says:
      August 4, 2017 at 8:15 am

      Baeh dhuvahu ehenvey.. admin ah ngeyny… song joong ki

    6. maroon says:
      August 4, 2017 at 8:18 am

      V v v v kiyaaa hiyvey… this is my Favourite story mihaaru up vaaa stories therein.. waiting ?

    7. saana says:
      August 4, 2017 at 8:19 am

      thank you so much

    8. maroon says:
      August 4, 2017 at 8:21 am

      Gel laafa rukeh hen kolhah jahaafa huryma hunnaany ehen thaaa?
      Salma ah thi nuvaane kanneyge massala akah…salma fahud moonah theyo jahanvy. Eyrun eynaves dhuvaane kanneyge dhuvaa vahun ?

    9. song joong ki..KOREAN says:
      August 4, 2017 at 9:33 am

      dhw maroon. ekamu dhun boatakah theyo jehyma roahifaany ehnu. haha. pyramid eh hen dhw fahudhuge boa hunnaany. lol 🙂 😉

    10. maroon says:
      August 4, 2017 at 10:30 am

      Hahaha ?
      Evarunves magey kaahtey ah goyye libijjeyyaa v ufaa vaane ??

    11. song joong ki..KOREAN says:
      August 4, 2017 at 10:33 am

      maroon ge kaahtey yey bunefikan salmaa ah engihjiyya dhn anna episode ehga maroon vaahaka kiyaa gady salma maroon ge moonah kanneynge kalhutheyo jahaany, so be alart. 😉

    12. song joong ki..KOREAN says:
      August 4, 2017 at 10:33 am

      maroon ge kaahtey yey bunefikan salmaa ah engihjiyya dhn anna episode ehga maroon vaahaka kiyaa gady salma maroon ge moonah kanneynge kalhutheyo jahaany, so be alart. 😉

    13. maroon says:
      August 4, 2017 at 11:19 am

      Hahaha better to keep mouth shut?
      Ekam salma e ulheny dhun boataai marry kuraakahnu… ?

    14. song joong ki..KOREAN says:
      August 4, 2017 at 11:26 am

      hahah. salmaa dhun boataa marry kuriyax e dhun boatu theyo boatakah hadhailaafa dhaane kahtey kaariah. 😉 ehennu vaany kaashi theluge sababun dhamaa baaru e dhemyhun dheytherey hureyey!! 😀

    15. maroon says:
      August 4, 2017 at 11:37 am

      LOL… goyye ahves mihaaru kaashi theluga haassa vaheh hureyw dhw ?

    16. song joong ki..KOREAN says:
      August 4, 2017 at 11:47 am

      hehehe!!yeah……..kaashi thelun gohye ah dhuvany FEELINGS perfume vas!! 😀 ;D

    17. maroon says:
      August 4, 2017 at 3:56 pm

      Hehehe.. kobaa adha miadhu

    18. song joong ki..KOREAN says:
      August 4, 2017 at 4:07 pm

      aaan kobaatha Adha!! mom ge bas ahaigen boluga kaashi theyo lany kanneynge dhw. 😀 jst joking…

    19. maroon says:
      August 4, 2017 at 8:19 pm

      Vedhaane.. habarehves nuvey viyya

    20. song joong ki..KOREAN says:
      August 5, 2017 at 4:52 am

      maa bxy kanneynge Adha miadhu. may be.

  3. iru says:
    August 3, 2017 at 3:06 pm

    V v nice…ingey keep it up

    1. saana says:
      August 4, 2017 at 8:14 am

      thank you iru.

  4. Zaazauly says:
    August 3, 2017 at 4:43 pm

    Lh’his jehen dhen keun .. mee kon thaku ai baheh..v gadha koffi
    Adu ves naahan mi nooniyya☺

    1. saana says:
      August 4, 2017 at 8:16 am

      doing research work …hehe..thanks

  5. i_far says:
    August 5, 2017 at 8:27 am

    Zaazauly. Eyge meaning aky Bandah undhagoo vaavarah kaathakethin mulhi bandu furaalun. Goyye kakkaalaafa e hury meehaku aadhaige gothakah nimmey varakah nooney dhoa saana. V reethi ingey mibaives.

Comments are closed.

Next Episodeގޮއްޔެ (7)←


All Right Reserved!