Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (12)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 31, 2017 6 Mins Read
40 Comments

ހޮސްޕިޓަލަށް ލޫޔާގެންދިއުމާއެކު އެޑްމިޓްކުރެވުނެވެ. އަދި ޓެސްޓްތަކެއް ހެއްދުނެވެ. އޭރުވެސް ހުން 104ގައިހުރުމުން ޑޮކްޓަރު ފަރުވާދެމުން ދިޔައީ އަވަހަށް ހުންތިރި ކުރެވޭތޯއެވެ. އެހާވަރަށް ހުން ހުރުމުން ފިޓްޖެހުމަށް މަގުފައިވާނެތީ އެކަމުން ސަލާމަަތްކުރުމަށް އެމީހުން އަވަދިނެތި އުޅެމުންދިޔައިރު ފަރޫންއާއި އަރުޝަދުމެންވެސް ތިބީ ލޫޔާއަށް އަވަސް ޝިފާއަކަށްއެދި އެދިއެވެ. އެދުވަހުގެ ކޮލެޖްކެންޕަހުގައި ހިންގަން ހަމަޖެހިފައިވާ ކަންކަންވެސް އަލީގެ އެދުމުގެ މަތީން ފަސްކޮށްލުމަށްފަހު އެންމެންވެސް އިރުއޮއްސެންދެން އެތާންގައިތިބީ ލޫޔާގެ ހުން ތިރިވެލީމާ ދާށެވެ. ނާދިޔާއާއި ޝަކީބްވެސް އަމިއްލަ ދަރިއަކަށް ހޭހަން ކޮށްދޭ ފަދައަކުން ލޫޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިބީ އެއީވެސް އަލޫކްގެ ރަހްމަތްތެރި ކުއްޖެއްކަން ފަރޫންގެ ފަރާތުން އެނގުމާއެކު ލޫޔާއަށް އެހީވާނެ އިތުރުމީހަކު އެތާންގައި ނޫޅޭނެކަން ދަނެގެންނެވެ.

ލޫޔާގެހުން ކިރިޔާވެސް ތިރިވެލާންފެށީ އެރޭ ހަތެއްވެސް ޖެހިފަހުންނެވެ. އެހުރިހާއިރު އަލްޔާ ނޫނީ ނާދިޔާ ކޮންމެވެސް އެކަކު ހުއްޓާނުލާ ލޫޔާގެ ހަށިގަނޑުގައި ފެންއުނގުޅަމުން ގެންދިޔައެވެ. ގެއަށް ގޮސް ކައްކާ ހެދުމަށްފަހު ނާދިޔާވެސް އަވަހަށް ހޮސްޕިޓަލަށް އާދެއެވެ. ބޭރުގައި ތިބި އަރުޝަދުއާއި އަލީގެ އިތުރުން ފަރޫންއާއި ޝަކީބް އިޝާނަމާދު ކޮށްލައިގެން އައުމުން ނާދިޔާދިޔައީ އެހަށް އެމީހުނަށް ކާންދޭށެވެ. ހުރިހާފިރިހެންނުން ކެއިއިރު ނާދިޔާ މަޑުކޮށްލީ އަލްޔާއާއެކުގައި ކެއުމަށެވެ. އެހެންނޫނީ އާއިލާ އެކުގައި ކެއުންބުއިން ކުރިއަށްގެންދިޔަ ނަމަވެސް ޝަކީބްވެސް ވަގުތާ ހާލަތާއެކު އެގޮތަށް އެކަމުގައިވެސް ފަސޭހަގޮތް ހިޔާރުކުރިއެވެ.

ރަންކިއުވުމަށްފަހު ސަލީމްއާއި ހުމާމް ގޮސް އަލޫކްއާ ބައްދަލްކުރީ އެރޭގެ އަށެއްޖެހިއިރު އޮކްސިޖަންއިންނެވެ. އޭރު އަލޫކްވެސް އައިސް އެތާންގައި އިނެވެ. ” ހުމާމް އާއި ސަލީމް ތިކޮށްދިނީ ވަރަށްވެސް ބޮޑުހެޔޮކަމެއް.. އެހެން ނޫންނަމަ އަރެންގެ މިހަމަޖެހޭ ދިރިއުޅުން ހަލާކުތެރެއަށް އަހަރެންގެއަތުން އެއްލާލެވޭއިރުވެސް ނޭންގުނީސް.. ” ކާއެއްޗެހި ގެނައުމާއެކު އަލޫކް ބުނެލިއެވެ. ” އަހަންނަށް އެނގިގެން އެއްވެސްމީހެއްގެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން.. އިއްޔަހަވީރު އަހަރެންދުށިން އިބާއާދެމީހުން ރަސްފަންނުން.. އެކަމަކު އެވަގުތު އެކަން ނުވިނަމަވެސް މިއަދު އަހަރެން ކޮފީހަޓަށް ވަތްގަޑީގައި އަލޫކްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނީމަ އަހަންނަށް އެނގުން ކޮންމެވެސް ކަމެއްގޯސްކަން.. އަހަރެން ހީވެސްނުކުރަން.. ފަންޑިތައިގެ ބޭނުން އިބާ ހިފާނެކަމަށް.. އޭނަ ރުޅިއަންނަނީ ލޫޔާދެކެ އެކަމަކު ދެންކީއްވެބާ އަލޫކްއާ އެދިމާކުރީ .. ” ތީއޭ ނޭންގިފައި އޮތްކަމަކީ ފަރޫންއާއިވެސް މިއަދު ވާހަކަދެއްކީމަ ބުނި އެހެން .. އަނެއްކާ އެކޮޅުގަ ލޫޔާ ވަރަށް ބޮޑަށް ހުންއައިސްގެން އެޑްމިޓަކޮށްފަ އޮތީވެސް.. ” އެކިވާހަކައިގައި ތިބެ އެތަނުން ނިކުތްއިރު ހުމާމްއާއި ސަލީމްވެސް އަލޫކްގެ އެކުވެރިންގެ ލިސްޓަށްއިތުރުވެގެން ދިޔައެވެ.

އިބާ ރުޅިއައިސް ރަތްވެފައިހުރެގެން އިރުއިރުކޮޅާ ނަންބަރަކަށް ގުޅާލައެވެ. ނަމަވެސް ކޮންމެފަހަރަކު ފޯނުނުނެގުމުން ކަނޑާލަން ޖެހެނީއެވެ. ހިތްހަމަނުޖެހުމާއި އައިރުޅީގައި އަތްދަބަސްނަގާ ކޮނޑުގައި އަޅުވާލުމާއެކު ގެއިން ނިކުމެ ޓެކްސީއަކަށް އިބަ އެރިއިރު ހުމާމް ބަލަން އިންކަމެއް އިބާ ނުދެނެހުއްޓެވެ. ކާރުގޮސް މަޑުކޮށްލީ މާފަންނު އިއްޒުއްދީންޕާކް ނުވަތަ ބިސްބުރުކައިއަށެވެ. ހުމާމްވެސް ފަހަތުން ސައިކަލްގައި އައިސް ކާރުމަޑުކުރިފަރާތް ނޫން އަނެއްފަޅީގައި އިބާ ހަދާގޮތް ބަލަން އިނެވެ. ކާރުން ފެއިބުމާއެކު ދެކޮޅު ހޯދާ ބަލާލުމަށްފަހު އިބާވަނީ އެތާންގައި އިން ހަނގޯޅިގަނޑަށެވެ. ދަމުންވެސް އިރުއިރުކޮޅާ ފަހަތް ބަލަމުން ދިޔައެއްކަމަކު އެއަށްވުރެ ހުށިޔާރުވެހުރި ހުމާމްއެއް އޭނާގެ ލޮލުގަ އަޅައެއްނުގަނެއެވެ.

“އަހަރެންމިހާރު ކިތައްފަހަރު ގުޅައިފިން .. ބޭނުންވަރަކަށް އަހަރެންދީފަނަމޭ ފައިސާވެސް އަހަންނަން މިނުންގޮތެެއް ހަދާދީބަލަ.. މިއަދު އެއްކޮށްމިދަނީ އޭނަ ނުފެނި.. ގުޅާލާ ކޮންމެފަހަރަކު ބުނޭ ސަޕްރައިޒްއެއް ރެޑީކުރަނީޔޭ.. އެކަމަކު އެހެން ނުފެނި ތިންދުވަސް ވެއްޖެޔާ ކުރި ހުރިހާކަމެއް ބޭކާރެެއްނުވާނީ.. ” ކަންވޮޑުވެފައި ހުރެ އެތާހުރި ދޮރަކުން އެތެރެއަށް ވަނުމާއެކު އިބާ ޝަކުވާކޮށްލިއެވެ. އޭރުވެސް ކުރިމަތީގައި ތަސްބީހަ ހިފައިގެން އިން ހާޖީބެ އިނީ ތުންތަޅުވާލަ ތަޅުވާލައެވެ. ” އެކަމަކު މިއަދު އޭނަ އަހަރެންކައިރިއަށް ރަންކިޔަން ފޮނުވި.. ” ނުހުރެވިގެން އަނެއްކާވެސް އިބާ ވާހަކަދެއްކިއެވެ. ” ދެންކިހިނެއްތަ އަހަރެން ހަދާދޭންވީ ކަނބުލޮޔަށް.. ކަނބުލޮބޭނުންވީ އެސޮރު ކަނބުލޮޔާއި އިންނާކަށްނު.. މިހާރުދެން އެކަންވެސް އެދަނީ ކުރިޔަށް.. އެހެންވީމަ ކޮންކަމަކާ ހާސްވާންވީ..” ހާޖީބެ ހަމަޖެހިލާފައި ބުނެލިއެވެ. ” އަހަންނަށް ހީވަނީ އޭނަޔަށް އެނގިއްޖެހެން ކޮންމެވެސް ވަރަކަށް… އަހަރެން ކައިރިއަށް ރަންކިޔަންވެސް ފޮނުވީ އަހަންނަށް އެންމެ ނަފްރަތުކުރާ އެކަކު އަދި އަހަރެން އެމީހަކަަށް ފައިސާދީގެން ކޮފީއަށް އެއްޗެހިއަޅައިގެން އުފުލިމީހާ.. ” މޫނުގައިވާ ދާތިކިތަށް ފޮހެލަމުން އިބާ އެހެންބުނިއިރުވެސް ނޭންގޭ ބާރުމިނެއްގައި ހިތްތެޅެމުންދިޔައެވެ.

” ހާސްނުވޭ ކަނބުލޯ ބައެއްމީހުން އެކުވެރިވުމުގަ ނުނަގާނެ ފަޅިސިކުންތެއްވެސް.. އޭގެ މާނައަކީ ދުނިޔޭގަ އެމީހަކަށް ކުރެވޭ ހުރިހާކުށެއް ދިމާވާ ކޮންމެ އެކުވެރިއަކަށް ކިޔައިދޭނޭތަ.. ތަންކޮޅެއް ހަމަޖެހިބަލަ ތިޔަކައިވެނިވާނެ އެއީ މިބޭބެ ޔަގީންކޮށްދޭ ކަމެއް…” އެތަކެއް ވާހަކައެއް ދެއްކުމަށްފަހު އިބާ އެކޮޓަރިން ނިކުތީ އޭނައަށް ހުރަސްއަޅާނެ މީހަކު ނެތްކަން ޔަގީންކޮށްފައެވެ. ނަމަވެސް އެބޭވެސް ލޫޔާއަށް ގޮތެއްހަދާން އުޅެއުޅެ އެއްބަހެއްނުވިއެވެ. އިބާ އެދުވަހު ގެނައި ލޫޔާގެ ފޮޓޯގަނޑު އަދިވެސް އިބާބޭއްވިގޮތަށް އެކޮޓަރީގެ އަރިމަތީގައި ހުރި ކުޑަމޭޒެެއްގެ މަތީގައި އޮތެވެ.

“ހެލޯ .. އަލޫކް ކޮންތާކުތިހުރީ.. ” ފަރޫން ގުޅާލާފައި އަހާލިއިރު ހާސްކަމެއް އެކުލެވިފައި ވާކަން އެއަޑުންވެސް އިނގުނެވެ. “ކިހިނެއްވީ.. އަނެއްކާ ކަމެއްގޯސްވީތަ. ކޮބާ ލޫޔާ މިހާރުކިހިނެއް.. ” އަލޫކް އަވަސްއަވަހަށް އަހާލިއެެވެ. ” ލޫކް ހަމަޖެހޭ.. ލޫ އިންޝާﷲ މިހާރު ހުންމަޑުވެފައޮތީ .. ދެރައީ އިރުއިރުކޮޅާ ހުންގަދަވާތީ.. މިހާރު ލޫގެ މަންމައަށްވެސް ގުޅައިފިން.. ލޫގެ މަންމަބުނީ ކުރިންވެސް ދެފަހަރަކު އެހެންވެއްޖެޔޯ ފުރަތަމަ ފަހަރުއެހެނއވީ ލޫގެ ބައްޕަނިޔާވިދުވަހުގައޭ.. ދެން ލޫގެ ބެސްޓްފްރެންޑް ނިޔާވިދުވަހުގަ.. އެކަމަކު މިފަހަރު މިހެންމިވީ ކީއްވެކަމެއް ނޭންގުން.. ކޮންމެފަހަރަކުވެސް ކިޔަވާފަ ފެންދީގެންނޯ ރަނގަޅުކުރަނީ.. އެކަމަކު މިކޮޅުގަ ނެތް އެކަންކުރާނެމީހެއް.. ލޫގެ މަންމަބުނި ބަލާލާފަ އެބަގުޅަމޭވެސް އަދިވެސް ހަބަރެެއްނުވޭ.. ދެން ކިހިނެއް ހަދާނީ.. ” ފަރޫން ވެގެންއުޅޭގޮތް ތަފްސީލުކޮށް ކިޔާދިނެވެ. އެވަގުތު އަލޫކް ހިތަށްއެރީ އިބާ އަނެއްކާ ކަމެއްކުރީކަމަށެވެ. އެހެން ކަމަށް ވަންޏާ ދުވަހަކުވެސް އަލޫކް އިބާއަށް މާފެއްނުކުރާނެއެވެ.

ފޯނުން ވާހަކަދައްކަމުން ދިޔަ އަލޫކް ހުރީ ގޭކައިރީ މަގުމަތީގައި ކަމުން އެވަގުތު ބާރުސްޕީޑްގައި އައި ހުމާމް އަށް އަލޫކް ކައިރިން ނެއްޓެވުނީ ހަމަކިރިޔާއެވެ. ” އެބަގުޅަމޭ ” ބުނެފައި ފޯނުބާއްވާފައި އަލޫކް އެނބުރިލިއިރު ހުމާމް ސައިކަލުން ފައިބައިގެން ދުވަމުން ކަހަލަގޮތަކަށް އައިސް އަލޫކް ކައިރީގައި ހުއްޓެނީއެވެ. ” ބްރޯ ކިހިނެއްތިހެދީ.. އަނެއްކާ ކޮންތާކަށް މާބާރަށް..” ހަމަޖެހިލާފައި އެއީ ހުމާމްކަން އެނގުމުން އަލޫކް އަހާލިއެވެ. އެއާއެކު ހުމާމްއަށް ފެނުން ކަންތަކާއި އިވުނުހުރިހާ އަޑުތަކެއް އަލިފުންޔާއަށް އަލޫކްއަށް ކިޔާދިނެވެ. އަދި ސަލާމަތް ވާން ބޭނުމީޔާ ތިންްދުވަސްވާންދެން އިބާއަށް ނުފެނިއުޅޭން ނަސޭހަތް ދިނެވެ. ” އެހެންވީމަ އަހަންނާ ލޫއާދެމީހުނަށް ވެސް އެމީހާ ލައްވާ ކަންތަށް ކުރުވަން އުޅެފަދޯ މިހުރީ.. އަނެއްކާ އެމީހާ ކީއްވެބާ ލޫއަށް ކަމެއްނުކުރީމި.. ” އަލޫކް ވިސްނާލުމަށްފަހު އެހެން ބުނިތަނާ އަނެއްކާ ފަރޫން ގުޅިއެެވެ.

“ކީކޭ ފަރޫން.. ” އަލޫކް އަށް ދެންމެ އިވުން ވާހަކަތަކުން ބޯގޮވާފައި ހުއްޓާ ފަރޫން ގުޅުމުން ވާހަކަދެއްކުނީ ތަންކޮޅެއްބާރަށެވެ. ” ހާދަވަރެއްވެފަ.. ތިޔެއްނޫނޭ.. ލޫގެ މަންމަބުނީ އެބޭބެ ފޯނެއްނުނަގަޔޯ.. ލޫގެ މަންމައަށް އުޅޭ ގެއެއެއްވެސް ނޭންގެޔޯ ކުރިން އުޅުންގެ ބަދަލްވީމަ.. ކިހިނެއް ތޮއްޖެހިފަ އޮތް މާލެއިން އެބޭބެހޯދާނީ.. އެމީހާއަށް އިނގޭނެޔޯ ލޫގެ ވާހަކަ ބުނާއިރަށް.. ” ކަންބޮޑުވުމާއި ދެރެވުމުގެ ސަބަބުން ފަރޫންގެ އަޑުގައި މަޑުތުރުތުރެއް އެކުލެވިފައިވެއެވެ. ” ކޮންނަމެއްކިޔާ މީހެއް އެއީ.. މިވަގުތު ބުނީޔާ މަށަށްވެސް ފަސޭހަވާނެ މިގަޑީ ހުމާމްވެސް އެބައިން ސައިކްގަ އައިސް.. އެކަމަކުދެން އެވާހަކަތަށް ދައްކާނީ ތިމީހަކު ހޯދާފަ.. ” އަލޫކް އެހެން ބުނުމާއެކު ” އަސްލުނަމަކީ ލުގުމާން ޝަރީފް.. އެކަމަކު ގިނަމީހުނަށް އެނގޭނީ ހާޖީބޭގެ ނަމުން.. އެއީ ލޫގެ ބައްޕަގެ ވަރަށްގާތް ރަހްމަތްތެރިއެއް ކަމަށްވަނީ.. ލޫކް ޕްލީޒް ކޮންމެވެސް ގޮތަކުން އެބޭބެހޯދޭތޯ ބަލާބަލަ.. ” އެެެން ބުނެފައި ފަރޫން ފޯނުނޭއްވުމުން ހުމާމްކުރެ އެފަހަރުކީ ފަންޑިހަދާމީހާގެ ނަންބުނުމަށް އަލޫކްއެދުނެވެ.

” ހާޖީބެކިޔަނީ.. ކިހިނެއްވީ އަނެއްކާ.. އެނަމެއްނޫންތަ ކިޔަނީ.. ” ހުމާމް އެހެން ބުނުމާއެކު ” ހިނގާބަލަ ނިކަން އަވަހަށް އެމީހާކައިރިޔަށް ” ބުނުމާއެކު އަލޫކް ހުމާމްގެ އަތުގައި ހިފައިގެން ސައިކަލަށް އެރުވިއެވެ. ” ދެން ބުނެބަލަ.. އަސްލު އެމީހާކައިރިއަށް ތިދަނީކީއްވެ.. އަނެއްކާ ގޯހެއްނުހަދައްޗޭ.. ” ހުމާމް ސައިކަލްދުއްވަމުން ވާހަކަދެއްކިއެެވެ. ” ހަމަޖެހޭ އެބޭބެ ކައިރިއަށް ދިޔާމަ ހުރިހާ ކަމެއް އޮޅުންފިލާނެ.. ” އޭރު އެމީހުނަށް ބިސްބުރާއި އަރާހަމަކުރެވެނީއެވެ. ހަލުވިހިނގުމެއްގައި ހަނިގޯޅިން ވަދެގެންގޮސް ހުމާމް އަލޫކްއަށް ދެކީ އިބާ އެފަހަރު އެތެރެއަށް ވަތްދޮރެވެ. ލަސްނުކޮށް އަލޫކް ޓަކިޖަހާލިއެވެ.

” ކޮންކުއްޖެއް.. ދޮރުހުޅުވާލަބަ.. ބޭބެ މިއިނީ ކަމެއްކުރުމުގަ.. ” އާންމުކޮށް ހާޖީބެއާއި ބައްދަލްކުރަން އަންނަމީހުން އަންނަނީ ގުޅާފައެވެ. އެގޮތަށް ޓަކިޖަހާލާފައި ވަންނަނީ އަބަދުވެސް އޭނަގެ އަންހެންދަރިފުޅު ނޫނީ އެދަރިފުޅުގެ ފިރިމީހާއަށްވުމުން މިފަހަރުވެސް އެހެންފަހަރުތަކެކޭ އެއްފަދައިން ޖަވާބުދިނެއްކަމަކު، ދޮރުހުޅުވާލުމާއެކު ސަލާމް ގޮވާލުމުން ހާޖީބެ ތެޅިގަނެފައި އެނބުރިލުމާއެކު ޖެހުނީ ކޮޅަށެވެ. ކުރިމަތީގައިހުރީ މިދާކަށްދުވަހަކު އޭނާ ފަންޑިތަހެދި ކުއްޖާއެވެ. ” ބޭބޭ ހާސްނުވޭ.. އަހަންނަށް އިނގޭ ހުރިހާކަމެއްވެސް އެކަމަކު އަހަރެންމިއައީ އަހަރެންގެ ކަމަކުނޫން.. ލޫޔާގެ މަންމަބުނެގެން ފޯނުނުގަތީވެ ބޭބެގާތަށް އަންނަން
މިޖެހުނީ.. ” އެެެން ބުނުމާއެކު ” އެމަންޖެއަށް ކިހިނެއްވީ .. އަނެއްކާވެސް އެހުންގަޑުލައިގަތީތަ.. ” ހާސްވެފައި ހާޖީބެ އަހާލިއެވެ. އަދި ފޯނުބަލާލާފައި އަލޫކްމެންކައިރީ އިށީންދެލުމަށް ބުނުމަށްފަހު ނަސްރީނާއަށް ގުޅާ ވެގެން އުޅޭގޮތް އޮޅުންފިލުވިއެވެ. ” ތިއިން ކުއްޖަކަށް އިނގޭތަ އެރަށު ހަރުފުރައިގެ މީހެއްގެ ނަންބަރު.. ނޫނީ ދަންނަމީހަކު އެބަހުރިތަ.. ” ފޯނުބޭއްވުމަށްފަހު މާޔޫސްކަމާއެކު ހާޖީބެ އަހާލިއެެެވެ.

” ލައްބަ އެއީ އަޅުގަނޑުގެރަށް.. ކިހިނެއްތޯ ހަދާދޭންވީ.. އަޅުގަނޑުގެ ބައްޕައަށް ގުޅާފަދެންތޯ.. ” އަލޫކް ވާހަކަދެއްކި ގޮތުންވެސް ހާޖީބެއަށް އަމިއްލަކުއް އިހްސާސްކޮށްލެވުނެވެ. ފައިސާގެބޭނުމުގަ ކުޅެވުނީ ކިހާރަނގަޅު ކުއްޖަކާކަން ހާޖީބެއަށް ވިސްނިއްޖެއެވެ. “އާދަރިފުޅާ އަވަހަށް ގުޅާ.. ” ހާޖީބެއަށް އޮޅުމަކުން އެހެން ބުނެވުންނަމަވެސް ވަގުތުގެގޮތުން އަލޫކްއާއި ހުމާމްއަށް އެކަން ނަގައެއްނުގަނެވުނެވެ. އަލޫކްއަވަސްވެގަތީ އޭނާގެ ބައްޕަ ޝަކީބްއަށް ގުޅާށެވެ. ނަސީބަކުން ގުޅިއިރު ފަރޫންގެ ފަރާތުން ކަންތަށް ގޮސްފައިވާ ހިސާބު ޝަކީބްއަށްވަނީ އެނގިފައެވެ. އެހެން ވެވަގުތުން ހާޖީބެއާ ވާހަކަދެއްކުމަށް ދެވުނެވެ. ޝަކީބްއާއި ވާހަކަދެއްކިއިރު ހާޖީބެ އެދުނީ އަލޫކްމެން ތަންކޮޅެއްދުރުގައި ހުރުމަށް ކަމުން ދެމީހުން ތިބީ ވާހަކައިގައި އަޑުނީވޭ ހިސާބުގައެެެވެ.

އެވަގުތު އެތާމޭޒުމަތީގައި އޮތް ލޫޔާގެ ފޮޓޯގަނޑު ފެނުމާއެކު ހުމާމް އޭތި އަލޫކްއަށް ދައްކާލިއެވެ. އަލޫކް އެނަގާ ރަނގަޅަށް ބަލާލިއެވެ. އޭރު ހާޖީބެ ފޯނުނިންމާފައި އައިސް އެތާންގައި ހުއްޓެނީއެވެ. ” ބޭބޭ މީ.. ” ” ތީ އިބާ ކިޔާ ކުއްޖަކު ގެނައި އެއްޗެއް އަހަރެންގެ ދަރިއެއްފަދައިން ދެކޭ ކުއްޖާޔަށް ސިހުރުހަދަން އިބާ ގެނައި އިރު އޭނައަށް އެކަމެއް ނޭނެގޭ.. ބޭބެއުޅުނިން އެވާހަކަ ގޮވާލަން އެކަމަކު ބޭބެއަށްވެސް ފައިސާފެނުނީމަ ލޫޔާއަށް ކަމެއްނުކުރިނަމަވެސް ތިޔަފިރިހެންކުއްޖާޔަށް ދެރައެއްދެވުނީ.. ބޭބެއަށްމާފްކުރޭ.. މިއަދު ބޭބެއަށް އިހްސާސްކުރެވިއްޖެ ތިއީ ކިހާ ހެޔޮލަފާ ރަނގަޅު ކުއްޖެއްކަން.. އެއަންހެނާގެ ކިބައިން ވަރަށް އުނދަގުވާނެ އެތަވީދު އޭނައަތު އޮތްހާހިނދަކު ސަލާމަތް ވާން.. އެކަމަކު މިހާރު ތިޔަވާހެން ފެންނައިރަށް އެވާ ލޯބި ހުއްޓުވާލެވޭނެ ތިންދުވަސް ވާންދެން ނުފެނިއުޅެގެން.. ” އަލޫކްގެ ވާހަކަ މެދުކަނޑާލަމުން ހާޖީބެ ހަގީގަތް ހާމަކުރިއެެެވެ.

“ބޭބެ ހާސްނުވޭ.. އަޅުގަނޑަށް މިހާރު ހުރިހާކަމެއްވެސް އިނގޭ.. އެނގިހުރެ ރަންކިއުއްވީވެސް.. އަޅުގަނޑު އަމިއްލަޔަށް މިއުޅެނީ އިބާއާއި އިންނަން .. ” އަލޫކް އެެެން ބުނެފައި އެތަނުން ނުކުތީ ލޫޔާއަށް ގޮތެއްނުހެދީތީ ޝުކުރުއަދާކޮށްފައެވެ. އަދި ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް ފަހުގައެވެ.

ހާޖީބެ ކިޔާދިންގޮތަށް ޝަކީބް ފެންކިޔަވާ ލޫޔާއަށް ދިނުމުން ކުއްލިއަކަށް ހުންދިއުމުން އެންމެންވެސް ތިބީ ހައިރާންވެފައެެވެ. ނަމަބެސް ލޫޔާ އެކަމުން ސަލާމަތް ވުމުން އެކަމާ އުފާކުރިއެެވެ. އެހުރިހާ އިރު ހާސްކަމުގެ ތެރޭގައި އުޅުން ފަރޫން އަށް އަލްޔާ ރަނގަޅަށް ފެނުނީވެސް ލޫޔާ ގެ އައިވީފުޅި ހުސްވުމުން ދޫކޮށްލަށް އުޅެނިކޮށެވެ. އޭރު ބާރަޖަހަން ވެފައި ހުރުމުން ނާދިޔާ  އާއި ޝަކީންގެ އެދުމުގެ މަތީން ލޫޔާ ދިޔައީ ޝަކީބް މެންގެއަށެވެ. އަރުޝަދުއާއި އަލީ ޝަކީބްމެންނަށް ޝުކުރު އަދާކުރިމަށްފަހު އެމީހުންވެސް ނިދާލަން ދިޔައީ ދުވަހުގެ ހަތަރުދަން ދިޔައީ ހޮސްޕިޓަލުގައި ކަމުން ހަށިގަނޑަށް އަރާމެެއްލިބުމަށް އެދިއެދި ތިބި ހާލުގައެވެ.

ފަތިހު ފަތިސްނަމާދަށް އަލްޔާ ހޭލިއިރު ލޫޔާވެސް ހޭލާއިގެން ނަމާދަށް އެރުމަށް ތައްޔާރުވެހުރުމުން މިހާރު ކިހިނެއްތޯ އަހާލިއެވެ. ” އަލްހަމްދުﷲ ވަރަށް ރަނގަޅު.. ” ހީލާފައި ލޫޔާބުނެލިއެވެ. އަލްޔާ ތައްޔާރުވެގެން އައުމުން ދެކުދިން އެކީގައި ނަމާދުކޮށްލައިގެން ނިކުމެލީ ކޮފީއެއްބޯލުމަށެވެ. އޭރު ނަދިޔާވެސް ބަދިގޭގައި އުޅެއެވެ. ޝަކީބް އާއި ފަރޫން އަދި ނަމާދުކޮށްގެން ނާންނާތީ އެމީހުންގެ ހިލަމެއްގޭތެރޭގައި ނެތެވެ. ” އަހަށް ދެކުދިންނަށް ހޭލެވުނީތަ އާދޭ އަވަހަށް ” ބަދިގެއަށް އައި އަލްޔާ އާއި ލޫޔާފެނުމުން ނާދިޔާ ގޮވާލިއެެެވެ. އެވަގުތު ގެއަށް އައިސް ވަން ޝަކީބްއާއި ފަރޫންވެސް ކޮފީއެއްބޭނުމޭ ބުނީ ނާދިޔަ އަލްޔާއާއި ލޫޔާކުރެ ކޮފީހަދާދެންތޯ އަހާލުމުންނެވެ.

ކޮފީބޯން ތިބިއިރު ފަރޫންއަށް އަލްޔާގެ މީނަށް ބަލަން އިނދެވުނީ އިއްޔަގަ ކަންތަށްވީގޮތް ހަނދާންވެފައެވެ. ހަގީގަތުގައި އަލޫކްގެ އާއިލާގެ ފަރާތުން މިހާތަނަށް ފަރޫންއަށް ފެނިފައިވަނީ ލޯޔްބާއި އަޅާލުމާއި އޯގާތެރިކަމެވެ. އެއީ ނުދަންނަ ދުރުހިލޭ މީހެއްކަމުގައި ވީނަމަވެސް މެއެެެވެ. އެކަމާ ފަރޫން ވަރަށް އުފާވެއެވެ. މިހާރު މަންމަ މެން މަތީން ހަނދާންވެސް ނުވާފަައެވެ. ލޫޔާއަށް ފަރޫން ވަގުވަގަށް އަލްޔާއަށް ބަލަމުންދިޔަގޮތް ފެނި ހިނިތުންވެވުނެވެ. ހަމަޔަގީނުންވެސް އެބެލުމުގައިވާ އަސަރުތަށް ލޫޔާއަށް ކިތަންމެހާވެސް ރަނގަޅަށް ދެނެގަނެވުނެވެ. ބޭރަށް ނިކުތް ގަޑީ ލޫޔާފަރޫން އާއި އެވާހަކަ ދެއްކުމުން ފަރޫން ލަދުގަތް ނަމަވެސް ހިތުގެހާލު ލޫޔާގެ ކުރިމަގީ ހާމަކޮށްލިއެވެ. ” ޔެސް ފަރޫން ޔުއަރ އިން ލަވް.. ލޫ އަށް ޔަގީން މިފަހަރު ތިހުރީހަމަ ރަނގަޅަށްވެސް އިޝްގުގަ ޖެހިފަކަން .. އެހެން ނޫންނަަަމަ ދީވާނާވެފައި ހުރެ އަލްޔާއަށް ނުބެލީސް.. އެކަމަކު ލޫ އަށް ފެންނަގޮތް ބުނެފާނަަން.. ” އެހެން ބުނުމުން ފަރޫން އެއީ ކޮންގޮތެއްތޯ ސުވާލުކޮށްލިއެވެ. ” އަލްޔާގެ ފައިނަލްއިޔާ މީ.. ސޯ އެމަންޖެއަށް އިންތިޒާރުކުރޭ އަހަރެންބަލާލާނަން އަލްޔާގެ ހިތްކިޔާ އެހެން ކުއްޖެއްހުރޭތޯ ނުހުންނަނަންޔާ ފަރޫން އަލްޔާ ކިޔަވާނިމެންދެން ފްރެންޑްސް ގޮތުގަ ވެއިޓް ކުރެވޭނު.. ދޯ.. ” ލޫޔާމެން އެވާހަކަ ދެއްކިއިރު އަލްޔާ ފަހަތުގައި އަޑުއަހަން އިންކަމެއް ލޫޔާއަދި ފަރޫންއަކަށް ނޭންގެއެވެ. ” އަހަރެންގެ ބިޓެއްނުހުރޭ އަދި އެކަަހަލަކަމަކާ ނުވެސް ވިސްނަން..” ލަދުންހުރެ ފަރޫންގެ މޫނަށް ބަލަމުން އަލްޔާ އެހެން ބުނެފައި ގޭތެރެއަށް ދިޔަގޮތުން ލޫޔާއާއި ފަރޫންއަށް އެކީގައި ހީލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ހިތާ ފުރާނައިން… (1)

Next

ތިޔައީ މަގޭ އުފަލަކީ 5

Next
December 31, 2017

ތިޔައީ މަގޭ އުފަލަކީ 5

Previews
December 31, 2017

ހިތާ ފުރާނައިން… (1)

40 Comments!

  1. Layaa says:
    December 31, 2017 at 5:27 am

    Salaam .. hurihaakudhin avahah thedhuvey fathisnamaadhah .. ? eyrun story kiyaaleveyna.. btw layaa ge class othee 1st janga eheneveema! Miadhu insha allah Adhi one part up kohladheynan type kohlevunhaa avahakah .. love u all. ????

  2. dhonthi says:
    December 31, 2017 at 5:54 am

    Maa shaa allah v reethi

    1. Hawwu (Layaa) says:
      December 31, 2017 at 6:48 am

      Thank you so much dear dhonthi ?? ly

  3. shasha says:
    December 31, 2017 at 5:55 am

    Wow!!!! V reethi story..

    1. Hawwu (Layaa) says:
      December 31, 2017 at 6:49 am

      Thank you so much dear shasha ??ly

  4. Zuam says:
    December 31, 2017 at 6:22 am

    Varah reethi

    1. Hawwu (Layaa) says:
      December 31, 2017 at 6:50 am

      Alhey thank you my dear zuam ???ly

  5. Angell says:
    December 31, 2017 at 6:39 am

    Masha Allah varah reethi.. Dhn iba ah landeh dhyfa alook aa looya aa gulhuvaba.. And Alya aa faroon aa ves.. Puleeeeesssssse

    1. Hawwu (Layaa) says:
      December 31, 2017 at 6:51 am

      Hehe angell haadha avass kohlaafa thihuree .. ? Adhi story othee kuriyah.. ingey .. btw thank you my dear ??ly

  6. xim says:
    December 31, 2017 at 6:44 am

    Cute kan dhw …. Salhi

    1. Hawwu (Layaa) says:
      December 31, 2017 at 6:52 am

      Alhey ximmikolhaa thank you dear kokki ??ly

  7. Zif says:
    December 31, 2017 at 6:46 am

    V reethi…avahah up kohladheythi…

    1. Hawwu (Layaa) says:
      December 31, 2017 at 6:53 am

      Thank you my dear zif .. insha allah type koh nimunhaa avahah up kohladheynan .. ?? ly

  8. Lam says:
    December 31, 2017 at 8:04 am

    Alhey hama best…waiting ingey

    1. Hawwu (Layaa) says:
      December 31, 2017 at 8:32 am

      Thank you dear lam ?? ly

  9. dhikko says:
    December 31, 2017 at 8:15 am

    v habeys.. reyga nuvx nidunu mi part kiyaahithun.. irukwkolhaa balaalevey upvefa inthw

    1. Layaa says:
      December 31, 2017 at 1:14 pm

      Dhikkoge commentvess approve kohleema mi fenunee .. ? btw thank you so much my dear dhikko ???

  10. Any says:
    December 31, 2017 at 8:21 am

    V reethi story

    1. Hawwu (Layaa) says:
      December 31, 2017 at 8:32 am

      Thank you dear any ?? ly

  11. Sham says:
    December 31, 2017 at 8:28 am

    Nice? Alyaa n faroon??
    Alook… teach a good lesson to ibaagandu? dhn in part ga loo n alook ge thankolheh genesdhehchey? goodluck!! ?Waiting for next part❤?

    1. Hawwu (Layaa) says:
      December 31, 2017 at 8:34 am

      Alhey sham dhoonyaa nuroe ? dhen vamundhaagoi balamaadhw hehe. Btw thank you so much dear sham ??ly

  12. Aaan says:
    December 31, 2017 at 9:20 am

    V salhi, I like it. keep it up waiting for next part.

    1. Hawwu (Layaa) says:
      December 31, 2017 at 9:51 am

      Awwn thank you dear Aaan happy to c u here.. ??ly

  13. Pinky shifoo says:
    December 31, 2017 at 9:26 am

    Wow… Mi part vx hama fabulous… Varah varah reethi… Thank you Layaa mihaa reethi story eh genesdheythy… Curiously waiting for the next part.. Love you Layaa… Heheheh

    1. Layaa says:
      December 31, 2017 at 1:12 pm

      Again mi approve kihlee shifuge comment ? keehevetha mihenvanee balamaahingaa dhw shifuge commnet ah mivaagoi .. and btw v happay vey thigothahvess layaa ah thidhey hiyvarah .. ?? ?lysm

  14. Unaal says:
    December 31, 2017 at 10:09 am

    Hehe.. Alhe vrh reethi

    1. Hawwu (Layaa) says:
      December 31, 2017 at 1:02 pm

      Alhey unaal thank you so much my dear ??ly

  15. JUMA says:
    December 31, 2017 at 10:38 am

    Alhey lwbi kan?? sis miadhu part eh up kohdheefa dhn kihineh tha up kohdheyny????? vrh miss vaane ingey?? thnks mihaa lwbi story eh genesdheythy ?? waiting for the nxt prt ingey ❤❤ ?

    1. Hawwu (Layaa) says:
      December 31, 2017 at 1:06 pm

      Liyevey varakun hama insha allah up kohla dheynamaey jumakko ?? .. insha allah sis mibalanee 13th vana episode mirey 00:00 up kohlan .. ingey ?AW thank you my dear jumakko ?? lysm

  16. Friends says:
    December 31, 2017 at 11:27 am

    Thank u layaa burakoh ulhey iruvess stry upload kuraathiy.mi part vess v reethi.waiting 4 next part.
    Have a great day &
    Happy last day of 2017.?????????

    1. Hawwu (Layaa) says:
      December 31, 2017 at 1:08 pm

      Hehe you too my dear friends .. ?? and veevarakun liyanafashaafa layaa abadhuvess vaahaka nimendhen genessdheveythw balaanan ?? aw thankyou so much thigothah layaa ah hiyvarudheythee ??lysm

  17. dhooni says:
    December 31, 2017 at 1:34 pm

    wrh rythi…..waiting for the next part…..

    1. Hawwu (Layaa) says:
      December 31, 2017 at 4:28 pm

      Thank you my dear dhooni ??ly

  18. Shafa says:
    December 31, 2017 at 2:45 pm

    Masha Allah haadha reehchey mi story….❤?ummeedhukuran abadhuvs thigothugai kuriah dhaanekamah..gud luck…?????

    1. Hawwu (Layaa) says:
      December 31, 2017 at 4:28 pm

      Thank you my dear shafa dhooni ? ?? lysm

  19. Ikku says:
    December 31, 2017 at 11:10 pm

    Vrh loabi vhk eh… ?
    Next part ah inthizaaru kurany mi

    1. Layaa says:
      January 1, 2018 at 7:30 am

      Thank you my dear ikku ??ly

  20. Saeedha Mohamed says:
    January 1, 2018 at 7:18 am

    Vaa haka aslu varah reethi???❤❤

    1. Layaa says:
      January 1, 2018 at 7:34 am

      Thank you my dear saeedha ??ly

  21. Mazu says:
    January 3, 2018 at 11:13 pm

    Varaaaaaaah reeethi ingey layaa…Good luck for the nxt part…Waiting…Love ya ummmah

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (13)←


All Right Reserved!