ނޭންގިހިތޭ ގެންދެވީމަ މިތުރާ… (11)
އިޝާނަމާދުން ފައިބައިގެން ޝަކީބްއާއި އެކިގައި ގެއަށް އައި ފަރޫންގެ ދެލޯ ހޯދަމުންދިޔައީ އަލްޔާގެ އެރީތިސޫރައެެެވެ. ފަރޫންއަށް އަލްޔާ ފެނުމުން އެވަނީ ކިހިނެއްކަމެއްވެސް ނޭންގެއެވެ. އިނގޭހާވެސްކަމަކީ ލޭގެ ހިނގުން އަވަސްވެފައި ހިތުގެތެޅުން ބާރުވެގެން ދާކަމެވެ. އަތްފަޔަށް ފިނިވެގެންދާކަމެވެ. “ޝަކީބް އާދޭ ފަރޫންގޮވައިގެން ކާން.. މިހާރު އަލްޔާވެސް ނަމާދުކޮށްލައިގެން ނިކުންނާނެ.. ” ސޯފާގައި އިން ޝަކީބްއަށް ނާދިޔާ ގޮވާލިއެވެ. އެވަގުތު އަލްޔާވެސް ކޮޓަރިން ނިކުމެގެން ކާގެއާ ދިމާއަށް ދިޔައެވެ. ފެށުނީއްސުރެ އާއިލާއެއްކޮށް އެއްސުފުރާމަތީން ކެއުމަކީ ޝަކީބްގެ އާއިލާގެ އެންމެ ކަމުދާ ރީތިއާދައެެެވެ. ކާން އިން އިރު ކުރިމަތީގައި އިން އަލްޔާއަށް ފަރޫން ބަލަނީ ގަސްތަކުނޫނެވެ. ހަމަބެލެނީއެވެ. ފަރޫންގެ ނަސީބުރަނގަޅުކަމުން އެއިންކަމެއް ޝަކީބް އަދި ނާދިޔާއަށްވެސް ފާހަގައެއްނުވެއެވެ.
އަލޫކް އިބާގުޅާފައި މިރޭބޭރަށް ނުދަންހޭ އަހާލުމުން ބޮލުގަ ރިއްސައޭބުނެ ބޭރަށް ނުނިކުތީ ހުދުއޭނާއަށްވެސް އެވާގޮތް ނުވިސްނުމުންނެވެ. އެންމެފުރަތަމަ ދުވަހުވެސް އިބާއަކީ އަލޫކް އަށް ކަމުނުދާ ކުއްޖަކަށްވެފައި ކުއްލިއަކަށް އިބާ ހަމަ ފެންނައިރަށް އަބަދު އިބާކައިރީގައި ހުންނަން ބޭނުންވަނީ ކީއްވެކަމެއް އަލޫކް ވިސްނާ ވިސްނާވެސް ނޭންގުނެވެ. އެހެންނަމަވެސް ލޯމަތިން ގެއްލުމުން އިބާދެކެ ނަފްރަތުކުރެވެނީ ވަކިވަރެއް ބަލާފައެއްނޫނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަދި އެއްވެސްމީހަކަށް ހިއްސާކުރަންވެސް އަލޫކްބޭނުމެއް ނުވެއެވެ.
ކުއްލިއަކަަށް ފޯނު ރިންގްވާންފެށީ ފަރޫން ކައިނިންމައިގެން އަލޫކްގެ އާއިލާއާއެކުގައި ވާހަކައިގައި އިންދައެވެ. ” ހެލޯ… ކީކޭ ލޫ.. ” ފަރޫން ފޯނަށް ބަލާލުމަށް ފަހު އެއްކައިރިއަކަށް ޖެހިލާފައި ފޯނުކަންފަތުގައި ޖައްސާލަމުން ވާހަކަދެއްކިއެވެ. ” ފަރޫން އަހަންނަ މިއިވުނީ ރަނގަޅުވާހަކައެއްތަ.. އިބާ މިހާރު ލޫކް އަތުއަޅުވާލީތަ.. މަންމަބުނި އަންނަ ހަފްތާގަ މެރީކުރާވާހަކަ އިބާ ބުންޏޯ.. ކިހިނެއްމިވީ.. ކީއްވެ އޭނަގެ ޓާގެޓަކަށް ލޫކްއެވީ އަދި އެހާ އަވަހަށް ކައިވެނި.. ” ލޫޔާގެ ހިތް ނުތަނަވަސް ވެފައިވާލެއް ބޮޑުކަމުން ވާހަކަދެއްކުނީ އަވަސްއަރުވާލާފައެވެ. ” ނޭންގެ ލޫ ތިވާހަކަދައްކަން .. އެކަަމަކު.. ލޫކްގެ ފެމިލީއިން އެކަހަލަ ވާހަކައެއްނުވެސްދައްކާ އެކަމަކު.. ” އެހެން ބުނެފައި ފަރޫން އަށް ފެނުނުމަންޒަރާއި އަލޫކްގެ ފަރާތުން އެކަމުން ލިބުންޖަވާބު ލޫޔާއަށް ފަރޫން ކިޔާދިނީ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭންގޭހާލުގައެވެ. އޭރުލޫޔާގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުންދިޔައިރު އަރުތެރެވަނީ ބެދި އަޑު ނުނިކުންނަވަރު ވެފައެވެ. ފަރޫން ލޫޔާއަށް ދެފަހަރަކު ގޮވާލާފައި އަޑެއްނީވުމުން ފޯނުކަނޑާލާފައި އަލުން ގުޅިއިރުވެސް ލޫޔާގެ އަޑުބޭރެއްނުވެއެވެ. އެތެރެ އެތެރޭން ބަޑިފަޅައިގެންގޮސް މީހާ ތުރުތުރުލާގޮތްވެ މޭގަރިއްސާވަރުން ލޫޔާހުރީ މޮޔަވާވަރުވެފައެވެ.
އެންމެ ފުރަތަމަ ބައްޕައެއްގެ ފަރާތުން އެންމެބޮޑަށް ރައްކާތެރިކަމާއި ލޯބިބޭނުންވި ދުވަހު އެބައްޕަވެސް ލޫޔާދޫކޮށްދިޔައީ މާދުރަށެވެ. އެއަށްފަހު ބޭބެއެއްފަދައިން ދެކުން ގާތްއެކުވެރިޔާއެވެ. ދެން އެމީހަކާއެކު އުމުރުދުވަހު އުޅެވޭނެ ކަމަށް އުންމީދުކޮށް ގުޅުނު ބައިވެރިޔާއެވެ. މިހާރު އެހުރިހާދުވަހު ހިތުގައި ފޮރިވިފައިވި ލޯބިހޭލިހިނދު އެފަރާތެއްދެކި ލޯބިވެވުނު ބައިވަރިޔާއެވެ. އެއިން އެކަކުވެސް ލޫޔާއަށް ލިބެންނެތީހެއްޔެވެ. ނޫނީ ދުނިޔޭގަ ހަމަ އެއްވެސް އުފަލެއް ލިބުން ނެތީހެއްޔެވެ. ލޫޔާއަށް އެހެންއޮވެ ނިދުން އިރުވެސް ގިސްލެވެމުންދިޔައެވެ. ހިތަށްކޮށްފައިވާ ފުންއަސަރެއްގެ ސަބަބުން އެހިތް ފަނާވެދާހާވަރުވިއެވެ.
ޖެހިގެން އައިދުވަހު ހެނދުނުގެ ނާސްތާކުރިއިރު އަލޫކް ގުޅާފައި ކައިވެނިކުރަން އުޅޭވާހަކަ ބުނިކަމަށް އިއުލާންކޮށްލިއެވެ. އެއާއެކު ފަރޫން ކޮށިއެރުމުން ނާދިޔާއައިސް ބުރަކަށީގައި ފިރުމާލާފައި ފެންތަށިދިނުމުން ފަރޫންއަށް ކުރެވުނީ އާދަޔާހިލާފް އިހްސާސެކެވެ. މިއިން ދުވަހަކު މަންމައާއި ބައްޕަގެ އަޅާލުމާއި ލޯބި ނުލިބިހުރެފައި ކުއްލިއަކަށް އެހެންބައެއްގެ ފަރާތުން އެފަދަގާތްކަމެއް ލިބުމުން ފަރޫން ހުރީ ވަރަށް އުފާވެފައެވެ. އެކަމުގައި އަލޫކްއަށް ފަރޫން ހިތުގެ ފުންމިނުން ޝުކުރުވެރިވެއެވެ. ” އަހަ.. ދަރިފުޅާ ކިހިނެއް ތިހެދީ.. މަސްހުނި މާކުޅީތަ.. ” ފަރޫންއަށް ވީގޮތްފެނިފައި ޝަކީބްއަހާލިއެެެވެ.
އަލޫކް ގުޅާފައި ހުރިހާކަމެއް ބުނެދީފައިވުމުން ޝަކީބްއާއި ނާދިޔާބެސް ފަރޫންއަށް ކަންތަށް ކޮށްދެމުން ގެންދިޔައީ އަމިއްލަދަރިއަކަށް ކަންތަށް ކޮށްދޭހާ ލޯބިންނެވެ. އަދި ފަރޫންއަށް މުހާތަބުކޮށް ހަދަނީވެސް ދަރިފުޅުގެ ނަމުންނެވެ. އެއިން ކޮންމެފަހަރަކު ފަރޫންގެ ހިތަށް ބަޔާންނުކުރެވޭހާ އުފާވެރިކަން ވެރިކުރިވައެެވެ. ” މީ.. ރޮށިކޮޅެއް ތާށިވީ ކަރުގަ. ” ފަރޫން އަވަހަށް އޮޅުވާލީ އަލޫކް އޭނަގެ ބައްޕަކައިރީގައި އެވާހަކަބުނުމުން ދެން އެކަން ހުއްޓުވަން އުޅުނުން ގޯހެއް ހިނގައިފާނެކަމުގެ ބިރުހީވުމުންނެވެ. ” އެހެންތަ ރަނގަޅަށް ހަފައިގެން ކައްޗޭދަރިފުޅަާ.. ބޭބެ މިހިތަށްއަރަނީ އަލޫކް ކުއްލިއަކަށް ކައިވެނިކުރަން މިނިންމީ ކީއްވެބާއޭ.. އަނެއްކާ ދަރިފުޅަށް އިނގޭތަ އެއީކޮންކުއްޖެއްކަން.. ” ޝަކީބުހިތުގައި އެކަމުގައި ގޯހެއްއުޅޭ ހިތަށްއެރުމުން ފަރޫންއާއި ސުވާލު ކޮށްލިއެވެ. ” އަޅުގަނޑާ ތިކަހަލަވާހަކައެއް އަދި ނުދައްކާ ބޭބޭ.. ބޭބެމެންކައިރީގައި ބުނެފަ އަޅުގަނޑަށް އަންގަން މަޑުކޮށްލީ ކަމަށް ތިވާނީ.. ” މަސްނޫވީ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން ފަރޫން ހިތާއި ދެކޮޅަށް ދޮގެއްހަދާލީ އަލޫކްގެ މައިންބަފައިން ކުރިމަތީގައި އަލޫކްގެއަގު ހިފަހަށްޓަން ބޭނުންވީވަރުންނެވެ.
ހެނދުނު ހޭލެވުމާއެކު އަލޫކްއަށް ރޭގަ ވީކަންތަށް ހަނދާންވުމާއެކު ބޮލުގައި ހިފާއްޓާލެވުނެވެ. ރައްޓެއްސަކާއި ވައިބަރ އިން ވާހަކަައްކަން އިންދައި ކުއްލިއަކަަށް ކޯލެއްއައުމުން ނުބަލާނެގުނުއިރު ގުޅީ އިބާއަށް ވުމާއެކު ވަގުތުން އޭނާ ވީޑިއޯ ޖެއްސިއެވެ. އެއާއެކު އަލޫކް އަށް ބޭއިހްތިޔާރުގައި އިބާއާއި ވާހަކަދައްކަން ފެށި ކައިވެނީގެ ވާހަކަ މައިންބަފައިންނަށް އަންގާހިސާބަށްވެސް ދިޔައީއެެވެ. އިބާ ހަމަފެނުމާއެކު އަލޫކްއަށް ނަފްސުކޮންޓްރޯލް ކުރަން މިހާއުނދަގު ވާންވީ ސަބަބެއް އަލޫކްއަށް އަދިވެސް ވަނީ ނުވިސްނިފައެވެ. ކިތަންމެ ބޭނުން ނޫންނަމަވެސް މިވީގޮތުން ދެން މިއަދު އަލޫކް އިބާކައިރިއަށް ރަންކިޔަން ފޮނުވާނެއެެެވެ. މައިންބަފައިންނަށް އެކަން އަންގާފައި ދެން ކުއްލިއަކަށް ހުއްޓާލީމަ އެކަމުގެ އައިބުކަންވެސް އޮންނާނޭ އަލޫކްގެ ހިތަށް އެރީއެވެ. އަދި އަވަހަަށް ފަރޫންއަށް ގުޅާ ވާހަކަތަކެއް ދެއްކުމަށްފަހު ހަމަޔަކަށް ތައްޔާރުވެލައިގެން ކޮފީހަޓަށް ދިޔައެވެ.
ހެނދުނު ހެނދުނާހޭލައިގެން އަރުޝަދު އާއި އަލީ އެތަށްއިރެއް ވާންދެން ތިބިނަމަވެސް ލޫޔާގެ ހަބަރެއްނުވިއެވެ. ކަންތަށްބޮޑުވެ ފޯނުނެގިއިރު ދޮރުގައި ޓަކިދެވުން އަދަދެއްވެސް ނޭންގެއެވެ. އަރުޝަދު އަވަހަަށް ފަރޫންއަށް ގުޅާފައި އެހަބަރުދިނެވެ. އެވަގުތަކީ ނާދިޔާއައިސް ފަރޫންކައިރީގައި މަޑުކޮށްލިވަގުތު ކަމުން ދެކެވެުނު ވާހަކައާއި މެދު ސުވާލުކޮށްލިއެވެ. ވަގުތުން ފަރޫން ލޫޔާގެ ހަބަރެއް ނުވާވާހަކަ ބުންޏެވެ. އަދި އެތާންގައިތިބީ ދެފިރިހެނުނަނަށްވީމަ އެމީހުނަށްވެސް ތަޅުދަނޑިއޮތަސް ވަންނަން ނުކެރިފައި ތިބިވާހަކަވެސް ބުނެލިއެވެ. ” ދަރިފުޅާ އަލްޔާ ގޮވައިގެން ދޭބަލައެގެއަށް، އަލްޔާއަށް އެތެރެއަށް ވަދެވޭނު.. ދައްތަ މިއުޅެނީ މެންދުރަށް ކެއްކުމުގަ އެހެންނޫންނަމަ ދައްތަ ދާނަން.. ގޮސްސަ ދައްތަޔަށް ހަބަރުވާތި..” ނާދިޔާ އެހެން ބުނުމާއެކު އެތެރެއަށްވަދެ އަލްޔާއަށް ގޮވާލާފައި ފަރޫންއާއި އެކުގައި ގޮސްދިނުމަށް އެދުނެވެ. ފަރޫންއަށް އަލްޔާ ނިކުތްތަން ފެނުމާއެކު ހުރިހާކަމެއް ހަނދާން ނެތުންފަދައެވެ. އަލްޔާގެ އެރީތި ހިނިތުންވުން ފެނުމާއެކު ފަރޫންގެ ލޭގައި ކަރަންޓްބާންޔެއް އުފެދިގެން ދިޔައެވެ. ހިތްއޭގެ މަގާމުން ނިކުމެގެން ދާނެހާ ބާރަށް ތެޅެން ފެށުމާއެކު އަތްފަޔަށް ފިނިވެގެންދިޔައެވެ. ” ހިނގާދާން.. ” އަލްޔާއައިސް އެހެންބުނުމާއެކު ފަރޫން ސިއްސައިގެންގޮސް ހަމަބިމަށް އާދެވުނެވެ. ވީރަތްކާއެކު އިތުރުއެއްޗެކޭ ނުބުނެ އަވަހަށް އަލްޔާ ގެފަހަތުން ފަރޫން ހިނގައިގަތެވެ.
އަލޫކް ކޮފީހަޓް ގައި އިންދާ އިބާ ދެފަހަރަށް ގުޅިއެވެ. ނަމަވެސް އަލޫކް ފޯނުނަގާހިޔާލެއް ނުކުރެއެވެ. ނަމަވެސް މިއަދު ރަންކިޔަން ފޮނުވާނަމޭ ބުނެވިފައި އޮތުމާއެކު ކުރިމަތީގައި އިން މީހާއަށް އަލޫކް ބަލާލީ އެތެރެ އެތެރޭން ހީލަހީލައިނދެއެވެ. ” ކޮންނަމެކޭތަ ކިޔަނީ.. އަހަރެން ވަރަށްވަރުން ކަލޭމިހޯދީ ތެދަށް ނުބުނީޔާ މިއަދު ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމަން އަހަރެން މިހުރީ.. ” އަލޫކް ފަރޫން ބުނިގޮތަށް ވާހަކަކުރިއަށް ގެންދިޔައެވެ. ” އަހަރެން .. އަހަރެންނަށް ކިޔަނީ ސަލީމް.. އަހަރެން ގަސްތަކުނޫން ހެޔޮނުވާނެ އަހަންނަށް ގޮތެއްނަހަދާތި.. އަހަރެންގެ އެބަތިބި ބަލަންޖެހޭ ތިންދަރިންނާއި އަންބަކުވެސް. ” ސަލީން އިނީ ބިރުން ވިރިވިރިއެވެ. ” އެހެންވީޔާ ކޯއްޗެއް އެދުވަހު ސަލީމް އަހަރެންގެ ކޮފީއަށްއެޅީ .. ކާކުބުނެގެން.. ކިހާވަރެއްދީގެން.. ” އަލޫކް އެއްފަހަރާ ހުރިހާ ސުވާލެއް އަމާޒުކޮށްލިއެވެ. ” އެއީ .. އެއީ.. އަހަރެންބުނެފާނަން.. އެކަމަކު އެއްބަސްވޭ އަހަރެންނަށް ގޮތެއްނަހަދާނެކަމަށް އެދުވަހުވެސް އަހަރެން އެކަން ކުރީ އަހަރެން އުޅޭތަނިގެ ކުލިނުދެއްކިއޮއްވަ އެދައްކަދޭން އެމީހާ އެއްބަސްވުމުން.. ” އެެެން ބުނިއިރު ސަލީމްގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެތަން ފެނި އަލޫކްގެ ހިތަށް ހަމްދަރުދީވަނެއްކަމަކު ސުވާލުތަކުގެ ޖަވާބުހޯދާފަ ނޫނީ ހުއްޓާނުލަން އަޒުމުގައި ހުއްޓެވެ. ނަމަވެސް ކަމެއްނުކުރާނީ ތެދަށްބުނީމަކަމުގައި ބުނެލިއެވެ.
” އެއީ މަޝްހޫރު ވިޔަފާރިވެރިޔާ ނަސްރީނާގެ ފިރިމީހާގެ ދަރިފުޅު އިބާ ޔާސިރު އަހަރެންނާ ހަވާލުކުރި ކަމެއް.. އަަހަރެންނަކީ އޭނަގެ ބައްޕަގެ ރިސޯޓްގައި މަސައްކަތްކުރާ މީހެއް.. އެދުވަހު އިބާ ކޮފީއަށް އެޅީ ކަރުދާސް ގަނޑަކުންނެގި ރަބަރު ޕަކެޓްއެއްގައި ހުރި ފާޑެއްގެ ކުނޑިއެއް.. އޭގައޮތް ތަވީދެއްވެސް.. ނަމަވެސް އެވަގުތު އަހަރެންނަށް ކުލިނުދެއްކިގެން ނިކުންނަން ޖެހިފައިވާތީ އިތުރުގޮތެއްނެތީމަ ހަނުހުރީ.. ” ސަލީމްގެ ވާހަކަ އަޑުއަހަން އިން އަލޫކްއަށް ކަންތަށް ވަމުންދާގޮތް ލޯމައްޗަށް ސިފަވާންފެށިއެވެ. ނަމަވެސް ހަމަޖެހިލުމަށް ފުންނޭވާއެއް ލުމަށްފަހު ސަލީމްކުރެ ހެކިވެރިއަކަށް ވެދިނުމަށް އެދުނެވެ. ” ކީކޭ.. ހަމަ އިންނަނީތަ.. ހަގީގަތް އެނގުނީމަވެސް .. ” ސަލީމް ކުއްލިއަކަށް އެސުވާލުކޮށްލުމުން އަލޫކް ބޯޖަހާލުމުން ސަލީމްވެސް އަލޫކްއަށް އާބަސްދިނީ އިތުރުމީހަކު ހެކިވެރިއަކުވެސް ހޯދާގޮތަށެވެ. ” މިރޭވާނެ ރަންކިއުއްވަން.. މާދަމާ ރަސްމީގަޑީގަ ފޯމެއްނަގާ ފުރާފަ ލާންވާނެ.. އަހަރެންބޭނުންވީހާ އަވަހަކަށް މިކަންކުރަން.. ” އަލޫކް ހިތުގައި އެތަށް ކަމެއްރާވާލަމުން ބުނެލިއެވެ.
ފަރޫން ދަމުން ގުޅާފައި ދިއުމުން އަރުޝަދުއާއި އަލީ ތަޅުދަނޑި ހިފައިގެން ތިބީ ތައްޔާރަށެވެ. އަލްޔާ ދޮރުހުޅުވާލާފައި ވަދެފައި ދޮރުލައްޕާލީ ލޫޔާ ނިދަންލާފައިވާ ހެދުން ތުނިކަމުންނެވެެ. މަޑުމަޑުންގޮސް ބަލާލި އަލްޔާއަށް ފާހަގަވީ ލޫޔާ މާބޮޑަށް ފިނިވެގެން އުޅޭފަދަގޮތަކަށް މިހާ ބޮނޑިވެގެން އޮތްކަމެވެ. އަވަހަށް ލޫގަނިތުގައި އަތްޖަހާލުމާއެކު އަލްޔާއަށް އަތްދަމައިގަނެވުނީ ހޫނުގަދަކަމުންނެވެ. އަވަހަށް ފޯނުނަގާ މަންމައަށް ގުޅާފައި އެވާހަކަ ބުނުމުން ނާދިޔާވެސް މިދަނީއޭބުނީ ލޫޔާ އެއޮތްގޮތަށް ހޮސްޕިޓަލަށްވެސް ނުގެންދެވޭނެތީ އަލްޔާއަށް އެކަމުގައި އެހީވެދިނުމަށެވެ. އަލްޔާ ދޮރުހުޅުވާފައި ބޭރުގައި ތިބިމީހުނަށްވެސް ލޫޔާ ހުންއައިސްފައިވާ ވާހަކަ އަންގާ އެންބިއުލޭންސް އަށް ގުޅާލުމަށް އެދުނެވެ. އޭރު ނާދިޔާ ބާރުހިނގުމުގައި އައިސް އެގެއަށް ވަންނަނީއެވެ. ދެމައިން އެކީގައި ލޫޔާ ރީޔިކޮށްގެން ނިކުތްއިރު އެމްބިއުލޭސް އައިސް އޮތުމުން އަަަވަހަށް ލޫޔާ ހޮސްޕިޓަލަށް ގެންދެވުނެވެ.
އަލޫކްގެ އެދުމުގެ މަތީން ހަވީރުވީއިރު ސަލީމް އާއި އެކު އަލޫކް ހަމަޖެއްސި އިތުރުމީހަކު އިބާކައިރިއަށް ރަންކިއުއްވަން ދިޔައެވެ. ސަލީމްކައިރީގައި ދެންހުރި މީހާފެނުމާއެކު އިބާ ހީވީ ބިރުވެރިއެއްޗެއް ފެނުންހެންނެވެ. ދެލޯތަންމިނަށް ބޮޑުވެގެންދިޔައިރު އެއީ އަލޫކް ގަސްތުގައި ދިންލަނޑެކޭވެސް ހިތަށް އެރިއެވެ. ނަމަވެސް އެވަގުތު ބޭކާރުކޮށްނުލާ ހެކިވެރިން ބުނިގޮތަށް އިބާ ކަންތަށްކުރީ ދެންވެސް އަލޫކްއަށް އޭނަ ފެންނައިރަށް އިބާބޭނުންގޮތަކަށް ހުރިހާކަމެއްވެސް ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އޭރުވެސް ސަލީމް ކައިރީގައި އިން ހުމާމް ކަޅިޖަހާނުލާ ދިޔައީ އިބާގެ ހަރަކާތްތައް ބަލަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.






Yey finally me first dhw..mi partvs vvv reethi..❤????gud luck layaa?
Yes dear ur first .. thank you dear shafa dhooni ???
Salaam .. hurihaa kiuntheringe kibain maafah edhen reyga inthizaaruga behehtuneema .. layaage kiyevun feshijje .. ehenve kudathaahteh araigen miulhenee. Faharehga vaagithun konme dhuvahaku dhen vaahaka up koh nulevidhaane. Bt insha allah dhedhuvahun ehdhuvahu upkihleveythw balaanan .. free dhuvahaku viyya 2 parts upkohldheynan .. ingey unmeedhukuran understand vaanekamah ..? love u all readers ???????
ibaa aa alook aa nugulhuvaathi and looyaa ehaa dhera nukurey ibaa ah rangalhu landeh dheeba pls story reethi
Hehe dhen kuriyah dhamaadhw vaagoi balaalan .. btw thank you so much dear 3456 ??
haadha kurey, nxt part when??
story salhi
Hamaehaa kurutha dhoonyaa .. hehe thank you dear ??
Hi layaaa? hws?? Layaa ah vaguthu v varakun story up kohleema rangalhu vaane☺ but yes vrh inthizaaru kuran jeheyne dhw n mihaa reethi story akah inthizaaru kuran v ma vx kada ey?? ekm vx we’ll wait?.. mireyge part hama vrh salhi.??. emme furathama sham hury vaa nuvaage n alook dheke rulhj vx aii… heheh.. but now its ok.. alook n loo gulhuvaany? faroon n alyaa?..
Thank you dear sham dhoonikolha. Thigothah understand vaa kudhin thibeythee v happy vey layaa .. ??? insha allah reyfandah up kohladheynan .. sundayga class otheema miadhu Adhi liyvveyne .. ?
Alhe haadha kurukoh… VV v rythi
Eekko alhey .. aee hama aanmukoh layaa liyaa varey adhi eyahvurevess dhigukihleveythw balaanan ingey ? thank you dear ??
Varah varh salhi??. Ibaa haadha haadha goahey dho??. Kuri ah vure bodah mihaaru thi ibaagadeh dheke rulhi aasi????. Look ibaaya rangalhu filaavalheh dhethi.l?U laayaa u are the?
Hehe ibaa dhw ? .. dhuniyega ulhey nee thafaathu meehundhw ekan efennanee .. btw thank you mydear mithuru ?? lysm
It’s ok sis? wow… mi story haadha loehbey dhw….?? waiting for the nxt prt ingey ❤❤?? lysm ?
Awwn thank you dear jumakko ? lysm ??
Alyaage age aky kobaa??
Alyaa enimenee ge 12 dhen age mivarun engeynekamah layaamibalanee ?
Gr 12 *
Wow… nice ingey….???
Thank you my dear zuam ??
Mivaahaka kiyan fattaafaves mi huttaalee .neynge mivaahakaaga ulhenee anheneh kameh firihenehkameh meegakiyaafa mihiri nanthakakun.kamaku nudhey anhen firihen engeynehen vaahaka liyaa meehun liyaanama rangalhuvees
Avahah huttaalaa ehgothakahvess kiyaanekameh .. ?? miveehaa baithah kiumah thiufuli thakuleefahvess v bodah shukuriyya.. and nanathah neyngenyaa Islamic ministryge site in nanfoi baalala meegahuri nan thah eyrah ingeyne anhen firihen vakikuran … v salaam
WOW V Salhi……?
Thank you dear Rsh ??
Alhe haadha kurey.thankolheh dhigu kohbala
Zee alhey dhoonya asslu hama! Episode akah layaa liyaavarah miliyanee dhoonyaa ..Adhi miahvurevess dhigukohleveythw will try ingey.. ?? thankyou dear ?
This is ridiculous layaa. You have so many excuses. Meege kuree episode ga bunee balivegennoa up nukurevunee. Dhn bunee thimanna rangalhu viyas Adhi family meehun rangalhu nuveyoa. Dhn mihaaru thikiyanee kiyevun feshunee ey which is very unreasonable. Bunedhevidhaanetha kon college ehga kan ulhenee. Because at this time of the year no f***ing college will start teaching. Dhogu hedhiyas huvaa thee boduvaru. Konhaa baivaru dhogeh hadhaakah. I hate this. Abadhu kommeves kameh laiganefa. Heevanee dhn bodu disaster eh kurimathi vegen ulheyhen. Pis pis pis. Boa halaaku
Laara haadharulhieh .. rangalhuvaahakaeh collage thakuge kiyevun fasheynee jan ga. Bt layaa kiyavanee tvet authority in .. ehen veema.. ethanuge course thah sratkuranee vakimaheh balaafaehnun. Baliveema nunee layaa dhuvahakuvess bayyeh nubunan. Midhuvasskolhu miulhey viral fever ge sababun bayyeh bunan jehunee ekamuga laigatheema .. konmemwehakahavess
Kameh dhimaaveema ingeynee ekamehga hurivarehves .. laara ah heyovissnun dhehvaashi .. aameen .. and btw thihaa hiyhama nujehifavess Vaahaka kiyaalaathee thnx ??
Story Varah nice ..? Varah interesting story eii..waiting for the net part….
Assluvesstha .. alhey thank you dear alma v happyvejje .. ??
Hii layaa ?
Its okay.. you can up the parts when u are free like u said..✌??
Mi part vx hama habeys. Its getting more interesting.. vrh kiyaahithun huhta e ninuny.. ☺☺
Waiting waiting?
Loves❤❤❤???❤❤❤
nimuny**
Hehe ehakala aiminabe .. ?kobaatha chpz ge story still I’m waiting .. avahah upkohlaba.. v kiyaahiyvaa vaahakaekey aee.. and btw v happyvey thikahala lobi fan eh hureema .. and hurihaa kiuntherinvess v lobi .. and thank you dear SJK dhoonyaa ????
Sjk…Korean!!!!
Hii Layaa… Mi part vx hama ehaa reethi… Haadha kiyaahithun indhaey e nimuny… Mihaaru enme inthizaaru kurevey eh story mee… Hurihaa parteh vx ehaa furihama.. Miadhu part adhi varah varah interesting.. N shifoo ah faahagakohlevey Layaa readers ge comment thakah reply kuraakan.. That’s soooooo sweet of you.. Aslu varah varah happy vey ehaa loabi koh readers ge comment thakah reply kuraathy… You are tooo good Layaa… Heheheh… Layaa ge hurihaa story ehvx varah reethi.. Waiting for next part ingey… Love you…
Alhey dhoonyaa dhenme layaa ah mifenune comment avahah approve kohleemi .. keehevetha manjege comment ah ehenvanee ? .. btw v v v v happy vejje thihaalobi readers vaahaka kiyaathee .. ? and! Thank you so much ???? lysm
Hoi laya.. Mi story wx vrh reethi… Next part knirakun..? Time v haa avahakah up khdhehchey?
Hei mishy .. dhooni thank you so much? insha allah mirey 10 ga next part .. now also typing .. thankolheh dhigukohleveythw mibalanee ???
Neynge Layaa… Hama knme faharakuvx hama ehen vanee.. Comment kaamiyaabu kamaaeku fonuvunu kamah vx araa bt publish vany maa lahun.. So sad..
?? layaa
Ardhii ??
Hi! Layaa mi story v v reethi…adhi varah inthizaaru kurevey mi story ah…me zif kuri emme first comment..layaa akee v molhu kujjeh ….
Assluvess .. ?? layaa v happy vejje zif ? thankyou so much ???
Anehh prt kn irakun.. salhi v salhi vaahaka. Thankolheh kuree ekm..❤❤
Thank you dear snaty ??
Alhey sis kobaa tha story?…. vrh wait kohfeemey up veythw? whn up kohdheveyny???? Miss u sis?
Loibaa sis ge bolah shaithoanaa erigen nidhunee heylevy iru fathisnamaadhah govanee bt innane up kohlaafa ..