ނިހާ މޫނުމަތީ އަތް އަޅާލަމުން އިލްހާމްއަށް ބަލާލިއެވެ. އޭރު މޫނު މައްޗަށް ފައިބައިފައި ހުރި އިސްތަށިތަކުގެ ތެރެއިން ފެންނަން ހުރި ނިހާގެ ދެލޮލުން އަލިފާންކަނި ބުރައެވެ. ނިހާގެ ދެއަތް މުށްކެވި ބާރުވެގެން ދިޔައެވެ. ގޮށްމުށުގެ ހޫނު ހަމަލާއަކުން އިލްހާމްގެ އަނގަމަތީ ޖެހިޖެހީނުން އަނގަމަތި ފަޅާލިއެވެ. “..މަމީ ސަފީނާއެއް ނޫން..” ނިހާ ފެލިގަތެވެ. “..ސަފީނާއަށް ހެދިގޮތް ހަދަން ހިތަށްވެސް ނާރުވާތި! މަ ނުތެޅެން ފައިރޫޒްއާ އިންނަ ހިތަކުން! ކަލޭ އޭނަޔާ އިނދެބަލަ!..” އިލްހާމުގެ އަތުން އަނގަމަތި ފޮހެލިއެވެ. އޭނާ […]
އަހަންނަކީ ޅ.ނައިފަރަށް އުފަން މީހެކެވެ. ނަމަކީ ޝާނާއެވެ. އާއިލާގަ ހުރީ މަންމައެއް އެކަންޏެވެ. އަހަންނަކީ އެމަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ އަކީ ރަށު ހޮސްޕިޓަލުގަ މަސައްކަތް ކުރާ މަސައްކަތު މީހެކެވެ. ދެލޮލުގެ ނޫރުފަދައިން އަހަރެން ބަލާބޮޑުކުރީ ލިބޭ ކުޑަލާރިކޮޅުން އަހަންނަށް ބޭނުންވި ހުރިހާ އެއްޗެއް ހޯދަމުން ކިޔަވައިދެމުންނެވެ. އަހަރެންގެ އުމުރުން ދެއަހަރުގަ ދިމާވި އެކްސިޑެންޓެއްގައި ބައްޕަ އަހަރުމެންނާ އަބަދަށް ވަކިވެގެން ދިޔައީ އަހަރެންގެ ދިރިއުޅުން ފުރިހަމަ ކޮއްދިނުމަށް އެދި މަންމައަށް ވަޞިއްޔަތް ކޮއްފައެވެ. މަންމަ ބައްޕައަށްވީ […]
“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މި މައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާ އަދި އެކަންޏެއް ނުވޭ.. އަހަރެން މިހިރީއެއްނު.. އަހަރެން މިއުޅެނީ މާލެ ދާން.. ހިނގާ އަހަންނާ އެކީ ދާން.. ޒާރާވެސް ޒާރާގެ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ.. ތިވާހަކައަކީ އެހެންމީހުންނަށްވެސް އެނގެންޖެހޭ ވާހަކައެއް.. ދިޔާނާ ދައްތަ ނިޔާވިޔަސް ޒާރާގެ ކުށެއް ނެތް.. ތިވާހަކަ ސިއްރުކޮށްގެން ހުންނަން ޖެހުމުގެ ވޭން އެހެންމީހުންނަކަށް އިހްސާސެއް ނުކުރެވޭނެ. ” ރިޔާ މަސައްކަތްކުރީ ޒާރާއަށް ހިތްވަރުދެވޭތޯއެވެ. ” ޓްރިން.. ޓްރިން.. ” އެވަގުތު ކުއްލިއަކަށް ރިޔާގެ ފޯނު ރިންގްވާން ފެށިއެވެ. […]
އެންމެހާ ކިޔުންތެރިންނަށް ވަރަށް ސަލާމް. އަޅުގަނޑުގެ ވާހަކަ ފާއިތުވެދިޔަ އަހަރު ލިޔަން ފެށުމަށްފަހު ވަކި ހިސާބަކުން ހުއްޓާލައިފައިވާތީ ގިނަ ކިޔުން ތެރިން މިހާރު ވާނީ ހަނދާންނެތިފައެވެ. އަދި އެއްބައި ކިޔުންތެރިން މި ވާހަކަ ނުވަތަ އަޅުގަނޑު މަތިން ފޫހި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވުމާއެކު ވާހަކަ މިހާތަނަށް ވެފައިވާ ގޮތުގެ ހުލާސާއަކާއެކު ކުރިޔަށް ގެންދަން ވީތޯ؟ ނުވަތަ އާ ވާހަކައެއް ފަށަން ވީތޯ؟
ހަނާގެ ހާލް ބަލަން ދާން އެ ހިތް އެދި ގޮވިޔަސް ދާން ބޭނުން ނުވީ ރީމާ ފެންނާނެތީއެވެ. އަދި އޭނާގެ ހަނދާންތައް އައިކަން އެނގިދާނެތީއެވެ. އަހުނަފް ހުރީ އަވަސްފަރުވާދޭ ކޮޓަރީގެ ކުރިމަތީގައެވެ. އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. މަދުވީ ހަމައެކަނި އަޔާޒެވެ. ރޯލރޯލަ އިން ފާތުމަގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ކުދިންނަށް މިދިމާވަނީ ކާކުގެ ހަސަދައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަބުވެފައި ހުރި އަހުނަފް މަޑުމަޑުން އެއްކައިރިވެ ހަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. […]
ހަފްތާ އެއް ފަހުން އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. ރީތި ގުޑް ނައިޓް މެސެޖެކެވެ. ނޭނގޭ ނަމްބަރެއް ކަމުން އަހަރެން އަޅައިވެސް ނުލަމެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ އެކަހަލަ މެސެޖެއް އެއެވެ. މިފަހަރު އެ ނަމްބަރ ނަގާފައި އިނީ ކޮން ނަމެއްގެ މަތީގައި ތޯ ބަލައިލީމެވެ. ނުދަންނަ އެޑްރެސްއެކެވެ. ނުދަންނަ އެޑްރެސް އެއް ކަމުން އަހަރެން އަނެއްކާވެސް ފޯނު ބޭއްވީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އެއީ ކާކުކަން ބެލުމުގެ ޝައުގުވެރިކަން އައީ ބޮޑު ވަމުންނެވެ. ހަފްތާގެ […]
މިލަ ހަނދުވަރު ( ފަސްވަނަ ބައި ) މަލާކް އާއި ރަޔަންއެކި ވާހަކަ ތަކުގައި ތިއްބައި ކުއްލިއަކައް ހަނދު މައްޗައް އެރި ކަޅުވިލާކޮޅަކާއި އެކު އެރީތި މިލަހަދުވަރު ފަނޑުވެގެން ގޮސް ތުނި ތުނިކޮއް ހިމަފޮދު ވާރޭ ވެހެން ފެށިއެވެ. ވާރޭގެ ކަނިތަކުން ސަލާމަތްވާން މަލާކް ނެގިފިޔަވަޅު ހުއްޓުނީ ރަޔަންގެ ނަލަ ނަލަ އަޑު އައިސް ކަންފަތުގައި ޖެހުމުންނެވެ. “މިލަ މިލަ ހަނދުވަރުދޭ ރޭ ރޭގާ ތިމަލައްނުބެލޭހެ ފަރިވީމާ ތުނި ތުނި ވާރޭގާ ތެމުނީމާ އަސަރުން ނުބެލޭހެ ފަރިވީމާ” […]
ލިއު އެތަނައް އައުމުން ޔާންއަށް އެތާ އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ކަމެއްޖެހިއްޖެ ކަމައްބުނެ ވަރަށް ސިއްރުސިއްރުން ޓިޝޫއެއް ނެގުމައްފަހު ގަލަމުން އެއްޗެއް ލިޔެލުމައްފަހު ޝާޔާ ކައިރީގައި ބާވާލިއެވެ. “އޭ ޝާޔާ އެއީ ކޮން ބިޓެއްތަ އަނެއްކާ، އަޅެ ހާދަ ސްމާޓޭ އޭނަ” ޔާން ފަސްއެބުރި ދިއުމުން ލިއު ބެނެލިއެވެ. “ސާބަސް ހަމަ ލިއުއަށް .. އިއްޔެ އަރީފް ހުރިހާ ޑޮކްޓަރުން އިންޓުރޮޑިއުސް ކޮށްދިނެއްނު އެތަނުން ކުއްޖެއްކޭ އެއީ” ލިއު ދިމާ ކުރާނެ ވަރު ވިސްނާލައިފަ ޝާޔާ އިތުރަށް […]