ކުޑަ ދޮރުގާ އަތް އަޅުވާލުމަށް ފަހު ޒާން އެތެރެއަށް ދެމިގަތީ ހަލުވިކަމާ އެކުއެވެ. ދޮރު ލައްޕާ ބޭރު ނުފެންނަ ގޮތަށް ދޮރު ފޮތިގަނޑު ދަމާަލުމަށްފަހު ރީމާ ގޮސް ޒާންގެ ގައިގާ ބައްދާލިއެވެ. ޒާން ރީމާގެ ގައިގާ ބައްދާލީ ދުުވަހަކުވެސް ވަކި ނުވާނަމޭ ބުނާ ފަދައަކުންނެވެ. ހިނދުކޮޅަކު އެގޮތަށް ތިބުމައްފަހު ރީމާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަޅެ ޒާން ދެން ބުނެބަލަ…. ކިހިނެއްތަ މި ގެ ހޯދީ؟” “އެކަމާ ރީމް ނޫޅެބަލަ….. އަހަރެން ބުނީމެއްނު މިރޭ އަދި ދިމާވާނެއޭ! […]
ގަޑި އެލާރމް ވި އަޑަށް 19 އަހަރުގެ ނީޝްއަށް ހޭލެވުނެވެ. ”ނީޝް ހޭލައިފިތ؟؟“. ގެއަށް ވަންނަމުން އައި ނީޝްގެ ބައްޕަ ރަޝާދު ނީޝްގެ ދައްތަ ނިއުހާ ގާތުން އެހިއެވެ. ”ނޫން ޑެޑީ.. އަދި ނީޝްކޮ އޮތީ ނިދަން.. ޑެޑީ ބްރެކްފާސްޓް ކާން ވީނު..“. 21 އަހަރުގެ ނިއުހާ ހިނިތުންވެލަމުން ބުންޏެވެ. އެދެކުދިންގެ މަންމަ ނައޫފާ ވަނީ ނީޝްއަށް 3 އަހަރު ތެރޭ ވަނީ އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭގެފަހުން މުޅި ގޭތެރެ ބަލަހައްޓަނީ ހީވާގި ނިއުހާއެވެ. ނީޝް ދުވެގޮސް […]
ލީއާ ސިހިގެން ދިޔަވަރުން ދެލޯބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި ހިފާ ނައްޓުވަން މސައްކަތް ކުރިއެވެ. އެމީހާ އަތްއަޅާފައި ހުރިލެއް ބާރުކަމުން ލީއާއަށް ހަމަކިރިޔަކިރިޔާ ނޭވާލެވެނީއެވެ. ލީއާ ކައިރިއަށް އައި ރުޅިން ސެލްފް ޑިފެންސެއްގެ ގޮތުން އެހެން ހުރެފައި އެމީހާގެ ފައިގެ އިނގިލިތަކުގައި އޭނާގެ ފައިން ޖަހާލިއެވެ. ޖެހުނުލެއް ބާރުކަމުން އެމީހާވެސް ލީއާ ދުރަށް ހޫރާލިއެވެ. އޭނާ ގޮސް ޖެހުނީ ސޯފާ މައްޗަށެވެ. އެ ދަނޑިވަޅު ބަލާފައި އެމީހާ ލީއާ ގައިމައްޗަށް ފުންމާލަން އުޅުނެވެ. ނަމަވެސް އެމީހާގެ އަމަލަކަށް ހުށިޔާރުވެގެން […]
ލައިގެން ހުރި ހެދުންތައް ބާލާފައި ޔީޝާ މާގަނޑު ދަށަށް ޖެހިލިއެވެ. ފިނި ފެންތިކިތަށް ޔީޝާގެ ކުލަ އަލި ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު އެ އޮމާން ހަންގަނޑުގައި ހީބިހީގެ ތޮށިގަނޑެއް ލެވެމުން ދިޔައެވެ. އަތަށް ޝަވަރ ޖެލް ފުޅިން އެތިކޮޅެއް އަޅާލާފައި އޭނާގެ ހަށިގަނޑުގައި ހާކަމުން ދިޔައިރު ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބި ސިކުނޑި ތާޒާވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ޔީޝާ ސިހިގެން ދިޔައީ އޭނާގެ އުނަގަނޑުގައި އަތް ހާކާލިއިރު އަބަދުހެން އޭނާގެ […]
ރީމާއަށް ހޭލެވުނީ ބާލީސް ދަށުގާވާ ފޯން ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލީ ގުޅަނީ ކާކުތޯ ބެލުމަށެވެ. ފޯނުނަގާ ކަންފަތުގާ ޖައްސާލަމުން ހެލޯއޭ ބުނެލީ ކަންނެތް ގޮތަކަށެވެ. ޕިސް، ޕިސް، އަދިވެސް ނިދަނީ؟ ހޭލަން ނުވަނީތަ؟ މިހާރު އެޔޮއް ތިނެއް ޖަހަނީ! ގައިމު މިހާރު ނިދިފައެއްނު ހުންނާނީ! އެކޮޅުން ވާހަކަ ދެއްކީ ނަޖުދާއެވެ. ނަޖުދާގެ ޖުމްލަތަކުން ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް މުޅިންހެން ފިލައިގެން ގޮސްފިއެވެ. އަސްލުވެސްތަ ނަޖޫ؟ ދޮގު ނަހަދާ! ފާރުގާ […]
ޔީޝާ ކުރަމުން ދިޔަ އާދޭސްތަ އަޒާންއަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ. އަޒާންގެ ބޭނުންތައް ފުއްދުމަށް އޭނާ އަވަސްވެގަތެވެ. އެންމެ ފުރަތަމަވެސް އަޒާން ޔީޝާ ލައިގެން ހުރި ޖިންސުގެ ގޮއްވަޅުގައި ހިފުމުން ޔީޝާ ބިރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއްވެސް އިހްތިޔަރަކާ ނުލާ ޔީޝާ އަޒާންގެ މޭގައި އަޅާ ކޮއްޕާލާފައި އަޒާންގެ މޫނުމައްޗަށް އެތިފަހަރެއް އަޅުވާލިއެވެ. ޔީޝާ އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް ތައްޔާު ނުވެ ހުރި އަޒާންއަށް މޫނުމަތިން ނަގާގަތް ދިލައިން ފަހަތަށް ޖެހިލެވުނެވެ. ޔީޝާގެ […]
އާން! ޒާން މީ މިރަށު ކުއްޖެއް ނޫން. ޗުއްޓީއްކަށް މި ރަށަށް އްއިސްގެން މިއުޅެނީ. ރީމާ އަކަށް ނޭންގޭނެ ޒާންމީ ކާކުކަމެއްވެސް. އެކަމު ޒާންއަށް އެނގޭ ރީމާ. ދުވަސްކޮޅެއް ވެއްޖެ ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރާތާ. މިރޭ މި ކާމިޔާބުވާ ގޮތެއް ވީ. ޒާން ވާހަކަ ދައްކަމުން ދިޔައިރު ރީމާ އިނީ ޒާންގެ ހަރަކާތް ތަކަށް ގެއްލި ހުސްވެފައެވެ. ހީވަނީ ޒާން ދައްކަމުންދިޔަ ވާހަކަތައް ރީމާގެ ކަންފަތަށް ނުވަންނަ ހެންނެވެ. ބަހެއް ނުބުނެ ރީމާ އިނުމުން […]
އަޒާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ކަޅު އެއްޗެއް މަޑުމަޑުން ގަހުން ފޭބިއެވެ. ކުޑަ ރާމާމަކުނެއްހެން ގަހުން ފައިބައިފައި އައިސް ހުއްޓިލީ އަޒާން ފެންވަރަން ހުރި ތަނުގައެވެ. ބޯއަރި ކޮށްކޮށްފައި ތަންތަން ބަލަމުން އޭތިވެސް ކަންތައްކުރީ އަޒާންވެސް ކަންތައް ކުރި ގޮތަށެވެ. އޭތީގެ ވަކި ދިގު އަތްތިލައިން އޭތީގެ ކުރަކި ހަށިގަނޑުގެ އެކި ހިސާބުގައި އަތްހާކަން ފެށިއެވެ. އިސްކޮޅުން ކުރުކޮށް ހުރި އޭތީގެ ހަށިގަނޑު ބޮޑުވާން ފެށިއެވެ. އިސްކޮޅާ ރޫފަވެސް އާދައިގެ އިންސާނަކާ އެއްވަރުވިއެވެ. އޭތީގެ ގައިގެ […]
ހިޔާލުތައް ފުނިޖެހި ބޮލަށް ބަރުވާން ފަށައިފިއެވެ. ހިސާބަކަށް ބޮލުގާވެސް ރިއްސަން ފަށައިފިއެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރެވުމުން ދިޔައީ ރިމާ، ރަޒީނާ އަދި ބައްޕަ ރިޔާޒެވެ. މާހައުލަށް ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ ބައްޕަ ރިޔާޒެވެ. “ކޮބާ ދަރިފުޅާ ރީމް، މިހާރު ދަރިފުޅު ކިޔަވަން ބޭނުންވާ އެއްޗެކާ ދޭތެރޭ ވިސްނައިފިންތަ؟” ނޫން ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަމެން ކައިރީ ރަށުގަ އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮއްލަން. އަޅުގަނޑަށް ބައްޕަމެންނާ ދުރުގަ އުޅެން ވަރަށް އުނދަގުވާނެ. ޅަވެލާފާ ރީމާގެ ބައްޕަގެ ސުވާލަށް […]