އެދުވަހު ދިމާވި މަޖާ ހާދިސާ އީނާޝް އޭނާގެ އެކުވެރިޔާއަށް ކިޔައިދިނެވެ. އޭރު އެދެކުދިން ހިނގަމުން ހިނގަމުންއައިސް އާސިމް މެން މަސައްކަތް ކުރާ ސަރަހައްދާއި އަރާ ހަމަ ވެއްޖެއެވެ. ” އަނީސާ އެޒުވާނާ ކިތައްމެ ހާވެސް ރީތި އެކަމަކު އެޒުވާނާއާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް އެޒުވާނާގެ އަހުލާގީ ފެންވަރު ހާމަ ކޮށްދީފި ” އީނާޝް ކިޔައިދިނެވެ. އަނީސާވެސް އެކުވެރިޔާގެ ބަހަށް ތާއީދުކުރިއެވެ. […]
” މީ ތެދު. އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި އިންނަން.” ވަރަށް ސީރިއަސްވެ ވިކާޝް އެހެން ބުނުމުން އާނިޔާ ހިމޭންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ، އާނިޔާ އޮތީ އެއްވެސް ބަހެއް ނުބުނެއެވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ، ވިކާޝް އާއި އިނދެގެން އޭނާ އެގެއަށް އައީ ނުހަނު ފޮނި އުއްމީދުތަކާއި އެކުއެވެ. ” އަހަރެން އެންމެ ފަހު ފަހަރަށް މި އަހަނީ ތީ ހަމަ ވިކާޝްގެ ނިންމުން ހޭ ؟” އާނިޔާ މަޑުމަޑުން ސުވާލުކުރިއެވެ. […]
ދަންވަރުގެ ވަގުތެވެ. މުޅިދުނިޔެ ވަނީ އަރާމު ނިންޖަކުން ނިދާފައެވެ. މުޅިމާހައުލުގައި ވެރިކަން ކުރަނީ އަނދިރިކަމާއި ނާމާންކަމެވެ. ހަމަ ހިމޭން ކަމާއި ފަޅުކަމެވެ. އިރާކޮޅު ބޯކޮށްވާރޭވެހިފައި ވުމުގެ ސަބަބުން މާހައުލުގައި އެކުލެވިގެންވަނީ ތެތް ފިނިކަމެވެ. ކިރިޔާވެސް ވައިރޯޅިއެއްޖެހިލާއިރަށް ގަސްގަހުގެ އޮފިތަކުގައި ހަރުލާފަ ހުންނަ ފެންތަށް ވެހިގަނެއެވެ. އީނާޝް އޭނާގެ އެނދުގައި ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ނިދިވަނީ އޭނާގެ ލޮލާ […]
ޝެނިން “އޯކޭ! ވާހަކަ ދައްކަން ފަށާ!” އަހަރެން ގައިގައި ނެތް ހިތްވަރަކާއި އެކު މޫނުމަތިން ވަރުގަދަ ކަމަށް ދައްކަމުން އެލީޝާއާއި ދިމާލަށް އަހަރެން ބުނީމެވެ. ހަގީގަތުގައި އަހަރެން އެތެރެއިން ތުރުތުރު އަޅަނީއެވެ. އަހަރެންނެއް އެކަމު މިފަހަރަކު ނުފިލާނަމެވެ. ފަހަރެއްގައެވެ. އިރާދަ ކުރެއްވީއްޔާއެވެ. އޭނާ އަހަރެންނާއި ދިމާލަށް ފާޑަކާށް ބަލަން ހުއްޓެވެ. އަހަރެން ވެސް އިސް ޖަހަން ދެކޮޅު ހެދީމެވެ. މިހާރު ވައިގެ ތެރޭގައި ހަމަ ނުޖެހުން ފެތުރޭހެންވެސް އަހަރެންނަށް ހީވަނީ ކުޑަކޮށެއް ނޫނެވެ. ރީތިކޮށް އަހަރެންނަށް […]
” މޭއައި ކަމިން ސަރ!” އާސިމް ބޮސްގެ ކެބިންގެ ދޮރުގައި ޓަކިޖަހާލަމުން ބުނެލިއެވެ. “ކަމިން…..!” އާސިމް މިހެން ގޮވާލުމާއެކު އެތެރެއިން ހަމީދު ޖަވާބުގަ ބުނުއްވިއެވެ. “އަހަނ އާސިމް ދޯ ވަދޭ ވަދޭ…!” އާސިމް އެތެރެއަށް ވަނުމާއެކު ބޮސްހަމީދު ހިނިތުންވެލާފަ ދައުވަތު ދިނެވެ. “ކިހިނެއްވީތޯ….؟ އަނެއްކާ ކޮފީއަކަށްދާންވީތޯ……؟” އާސިމް ބޮސްގެ މޭޒުގެ ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެ ހަމަޖެހިލުމަށްފަހު […]
ވިކާޝްގެ ހުއްދަ ލިބުމުން ޝިކާ ވަރަށް އުފާކުރިއެވެ. ޝިކާގެ ބައްޕަ ޖީބުން ވޮލެޓް ނެގުމަށްފަހު ފައްސަތޭކައިގެ ނޫޓުތަކެއް ވިކާޝްއަށް ދިއްކޮއްލުމާއި އެކު ވިކާޝް ތެޅިގަތެވެ. ” ނޫނެ.. އަހަރެމެން ދެމަފިރިން އެއްވެސް އެއްޗެއް ބޭނުމެއްނޫން…” ވިކާޝް އެހެން ބުނުމުން ޝިކާ ހީލިއެވެ. އަދި ރަމީޒު އަތުގައި ހުރި ރުފިޔާތައް އަތުލާ ވިކާޝްގެ އަތަށް ކޮއްޕާލިއެވެ. ” އަހަރެންނަށްވެސް އެނގެޔޭ ބޭނުން ނުވާނެކަން. އެކަމު އެއީ ބައްޕަ ދިން ހަދިޔާއެއްނު… ނުހިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ..” ރަމީޒު ޝިކާ […]
ވިކާޝް ގެއަށް އައިސް ބަލާލީ އާނިޔާ ކޮބާތޯއެވެ. ގޭތެރެއިން އާނިޔާ ފެންނަން ނެތުމުން އޭނާ މިސްރާބުޖެހީ ގިފިއްޔާއި ދިމާއަށެވެ. ގިފިލި ދޮރާއި އަރާ ހަމަވީތަނުން އާނިޔާ ނުކުތެވެ. އޭނާ ހީލީ ވިކާޝް ފެނުމުންނެވެ، ” ވަރަށް ބަނޑުހައިވެގެން މިއައީ….” ވިކާޝް ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އާނިޔާ ވިކާޝްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނގައިގަތެވެ. ވިކާޝް އެއް އަތުން އާނިޔާގެ އުނގަނޑުގައި ހިފާލިއެވެ. ” މިޔަދުވެސް މީރު އެއްޗެއް ހަދާލީތަ މާ ހެވިފައި ތި ހުންނަނީ ؟ އާނީ […]
އިރަމް “އަން މިއޮތީ ނުލިބިގެނ އުޅުން އެއްޗެހި!” ކުޑަ ކަރުދާސް ކޮޅެއް ޑެސްކުގައި ޖަހަމުން އަހަރެން ބުނީ އިދުރީސާއި ދިމާލަށެވެ. އަހަރެން ރުޅި އަންނަނީ މި ކީއްވެ ހެއްޔެވެ؟ މިއީ އަހަރެން އަމިއްލަ ފެށި ކަމެއް ނޫން ހެއްޔެވެ؟ އަހަރެންނަށް ރުޅި އާދެވެނީ އަމިއްލަ ނަފްސަށެވެ. ނަމަވެސް އަހަރެން މިކަމެއް ކުރި އިރު އިތުރު ގޮތެއް އޮތް ހެނެއްވެސް ހިޔެއް ނުވެއެވެ. އަމިއްލަ ނަފްސު ދެކެ ލަދު ގަންނަނީއެވެ. އަހަރެން މި އެޅި ފިޔަވަޅުން ދުވަހަކުވެސް […]
މިހާރަކަށް އައިސް އަހަންނަށް އަބަދުވެސް ހުރެވެނީ ބިރުގަނެފައެވެ. ފެންނަ ފެނުމަށް ވިކާޝްވެސް ހުންނަނީ އެފަދަ ޙާލެއްގައެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ދުރުމިންވެސް މިހާރު އެކަކު އަނެކަކަށް އިހުސާސްކުރެވެން ފެށިއެވެ. އަހަރެން މިހާ ބިރުން އުޅޭއިރުވެސް ވިކާޝް އަހަރެން އެހެންތަނަކަށް ބަދަލުކުރަން ނޫޅޭތީ އަހަރެންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އަހަރެމެން މިއުޅެނީ ނާމާންގެއެއްގައިކަން އަހަންނަށް ކަށަވަރެވެ. ޖިންނީންގެ ވާހަކަ އަހަރެން މީގެ ކުރިންވެސް އަހާއުޅެމެވެ. އަނެއްކާ ޖިންނިއެއްގެ ލޮލުގައި އަހަރެން އަޅައިގަތީނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކި ޙިޔާލުތަކުގައި […]