ރޭގަނޑުގެ ހަތް ގަޑި ތިރީސް ވީއިރު އަޔާ އޮތީ ނިދާފައެވެ. މިހެންވެ ހަނީފާ ގަސްތު ކުރީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. އޭނާ ޓެންޓް ނިކުމެ މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އޭނާ ގަސްތުކުރީ އަތިރިމަތީގަ އެކަނިވެރި ކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިހާރު ހަނީފާގެ އެއްމެ ގާތް އެކުވެރިންނަކީ އެކަނިވެރިކަމާ ހިތާމަޔާއި ހިތްދަތިކަމެވެ ހަނީފާ އަތިރިމައްޗަށް ފައިބައިގެން ހިނގާފަ ގޮސް އިށީނީ ދަތުރުގެ ބައިވެރިންނާއި ވަކިން ތަންކޮޅެއްދުރުގައި އަތިރި […]
ޝެނިން 3 މަސް ފަސް “މި ފަހަރު ކިހިނެއް ހަދަންވީ؟” އަހަރެން އެހެން އެހި އިރުވެސް އަންނަނީ ކޮން އެއްޗެއްކަން އެނގެއެވެ. މިވީ ދެމަސް ތެރޭގައި އަހަރެމެން ކުރަމުން އައި ކަމަކީ އެއީއެވެ. “ޝެނިންއަށް އެނގެއެންނުން މި ނޫން ގޮތެއް ނެތް ކަން އަހަރެމެންނަށް.” ޝަހުދު އަހަރެންގެ ނިތްކުރިއަށް ބޮސް ދެމުން ބުންޏެވެ. ރަނގަޅަށް ވިސްނާކަމުގައި ވާނަމަ މި ތިންމަސް ތެރޭ އަހަރެމެންގެ ހަޔާތް އެފުށުން މިފުށަށް ޖެހިއްޖެއެވެ. ލޯބިވީ ހުރިހާ އެންމެން ގެއްލިއްޖެއެވެ. އަހަރެން […]
“އަހަނ! ހަނީފާ އިނގިއްޔަށް ކިހިނެތް ހަދާފަތިއޮތީ..؟” ރޮށިފިހަން އިން އީނާޝްއަށް އެއްލިކަޅިއަކުން ހަނީފާގެ އިނގިލީގަ ބޭސް އަޅާފަ އޮތް ތަން ފެނުމުން އަހާލިއެވެ. އީނާޝް މިހެން އަހާލުމާއެކު އެތާތިބި އެހެން ކުދިންގެ ސަމާލުކަން ހަނީފާއަށް ހުއްޓުނެވެ. އަދި މިސުވާލު ކުރުމާއެކު ހަނީފާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހަނީފާ އެކި ކުދިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. މޫނަށް ބަލާލިއެވެ. ރޭގަ ހިނގާދިއަ ހުރިހާކަމެއް ކިޔައިދޭންވީއޭ ހަނީފާގެ ހިތަށް […]
އާސިމް މެންނަށް ޓެންޓް ތަކުގެ މަސައްކަތް ތައް ނިއްމާ ޓެންޓް ތެރެއަށް ވަދެވޭ ވަރުވީ ރޭގަނޑުގެ އަށެއްޖެހިފަހުންނެވެ. މަސައްކަތް ނިއްމާލުމަށްފަހު އާސިމްމެން ދިއައީ މޫދަށެވެ. ރެއަކީ ހަނދުމަހެއްގެ ސާދަވިލޭރޭ ކަމުން މުޅިއަތިރިމަތި އޮތީ ހަނދުވަރުގެ އަލިން ޒީނަތްތެރި ކުރުވާފައެވެ. އުޑުމަތީގައި ވިލާރޮށްޖެއްހާހިސާބުވެސް ނެތުމުން ހަނދަށް ފުރިހަމަ މިނިވަންކަން ލިބިފައި ވާކަހަލައެވެ. އާސިމްމެން މޫދުން އައި އިރު އަންހެން ވެރިން ތިބީ ކާން ތައްޔާރު ކޮށްގެންނެވެ. އެމީހުން ކާން ތައްޔާރު ކޮށްފައި ހުރީ އެމީހުން ބަދިގެއަކަށް ބޭނުންކުރަމުންދާ ގޭގެ […]
އާސިމް އެގެއިން ދާން ހިނގައި ގަތުމުން އީނާޝް އޭނާގެ ލޯބިވެރިޔާ އާއިއެކު އެގޭ ދޮރާއްޓާއި ހަމަ އަށް ނިކުތެވެ. “ލޯބީ މިރޭ އަހަރެން ހާދަ އުފާ ވެއްޖޭ! އަހަރެންނަށް މިއިހުސާސް ކުރެވޭ އުފާވެރިކަން އަހަރެން ހިތަށް އަރާ ކަލާއަށް ހާމަ ކޮށްދޭނީ ކޮން ގޮތަކުންބާއޭ! ހަމަ ހަގީގަތުގަވެސް އުފާވެއްޖެ!” އާސިމްގެ ދެލޮލުން އުފާވެރި ކަމުގެކަރުނަ ވިދާލިއެވެ. ” ލޯބީ ކަންތައް ވެގެން […]
އިރަމް ޝަހުދު ކައިރީ ކުރަން ވެފައިވާ ސުވާލު ތަކުގެ އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް އިތުރު ސުވާލެއް އަހަރެންކަށް ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ. ދޮރު ހުޅުވުން އަޑު އިވުނެވެ. ދޮރު ހުޅުވުމާއި އެކު އަހަރެން ވަގުތުން ބަލާލީމެވެ. ބޮޑު ދެމީހުންނެވެ. އަހަރެން ތެދުވަން އުޅުނީމެވެ. ނަމަވެސް ގަޔަކު އެހާ ވަރެއް ނެތެވެ. އެކަ އައިސް އަހަރެން ގައިގައި ހިފެހެއްޓިއެވެ. އަހަރެން ގައިގައި ހުރިހާ ބާރެއް އެމީހުންނަށް ދައްކަން ފެށީމެވެ. ނަމަވެސް އަހަރެން އަހަރެން ގަޔަކު އެހާ ހަކަތައެއް ނެތެވެ. […]
އާސިމް ބައްދަލުކުރަން ބޭނުންވި ކަން އެގުމުން އީނާޝް ވަރަށް އުފާވިއެވެ. އީނާޝް ނިންމައިގެން ހުރީ އެބައްދަލު ވުމުގައި އާސިމް އޭނާއަށް ލޯބި ހުށަނާޅައިފިނަމަ އޭނާ އިސްވެ ލޯބި ހުށަ އަޅާށެވެ. އާސިމް އަކީ އޭނާ ހީކުރި ކަހަލަ ދަށް އަހުލާގެއްގެ ވެރިއެއް ނޫންކަން މިހާރު އޭނާ ގަބޫލުކުރެއެވެ. އީނާޝް ވެސް ހުރީ އޭނާ އާއި ބައްދަލުކުރާ ގޮތަށްކަން އެނގުމާއެކު އާސިމްވެސް ވަރަށް އުފާވިއެވެ. އާސިމް […]
އަހަރެންގެ ހިތަށް އަރަމުންދެއެވެ. މިއީ ހަމަ އަހަރެން ލޯބިވި ވިކާޝްބާވައެވެ؟ އަހަރެންނަށް އޭނާ އެހާބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ދުރަށްޖެހިލެވުނީ ބޭނުންވެގެންނެއް ނޫނެވެ. މަޑުމަޑުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އޭރު މަޣްރިބް ނަމާދު ބަންގީގެ އަޑު އިޢުލާންކުރަމުންދެއެވެ، ވިކާޝް އަހަންނަށް ބަލަންހުރީ ގޮތްހުސްވެފައިވާ ގޮތަކަށެވެ، ” ދެން މަރާލާނީ އަހަރެންކަންނޭނގެ.. ތިއީ ޤާތިލެއް. އަހަރެން އުއްމީދެއް ނުކުރަން ވިކާޝްތިއީ ތިޔަކަހަލަ ވިޔާނުދާކަމެއް ކޮއްފަހުރި މީހެއް ކަމަކަށް.. އަހަރެންގެ ވަފާތެރިކަމުގެ ބަދަލުގަ އޮޅުވާލުންތަ ދޭން […]
ވިކާޝްގެ ޝަރުތު ކިތަންމެހާވެސް ފުރިހަމައަށް ޝިކާއަށް އިވިއްޖެއެވެ. އޭނާ އިސްޖަހާލައިގެން ހުރުމުން ވިކާޝް ވާހަކަދެއްކިއެވެ. ” އެއްބަސް ނުވަންޏާ އަހަރެންނަށް ބުނެވޭނީ ނޫނެކޭ! ދެން ޝިކާ ދޭ މިގޭން.. އަހަންނަށް ވަރިހަމަ ތިޔަ ދަރިފުޅު ވައްޓާލިޔަސް.. ތިހާ ބޮޑު މުއްސަންޖަކަށް ތިޔަކުއްޖާ ވައްޓާލާ މަރާނުލެވޭންވީ ކީއްވެ؟ “ ވިކާޝް އެހެން ބުނީ ޝިކާގެ ހިތަށް އަސަރުކުރުވަން ވެގެންނެވެ. ޝިކާއަށް އިތުރަށް ރޮވުނެވެ. އޭނާ ދެލޮލުން ކަރުނަ ފުހެލުމަށްފަހު ބާރުލާފައި ބުނެލިއެވެ. ” އަހަރެންގެ ހަށީގައި ފުރާނަހުރި ހިނދަކު […]