އަނީސާ ގެއަށް ގޮސް ދެން ހަދަން ވީގޮތަކާއި މެދު ވިސްނާލިއެވެ. އެތައް އިރަކު ވިސްނަން އިނުމަށް ފަހު އެކަމާ ގުލޭ ގޮތުން އޭނާގެ މަންމައާއި މަސްވަރާ ކޮށްލިއެވެ. އަނީސާގެ މަންމަގެ ބަހަކަށްވީ ލަސް ނުކޮށް އެކަން ފުލުހުންނަށް ރެޕޯޓް ކުރުމެވެ. މިހެންވެ އޭނާ އަނެއްކާވެސް ހަނީފާމެންގެ ގެއަށް ދިއައެވެ. އެގެއަށް ގޮސް ހަނީފާ އާއި އޭނާގެ މަންމަ […]
އެއް ވަނަ ބައި ކަލާގެ ހަނދާން ތަކުގާ…. މެންދަމުން އަލިވެ ތިނެއް ޖެހިއިރުވެސް ދެލޮލަކައް ނިންޖެއް ނާދެއެވެ. ބިރު ގަންނަނީއެވެ. ބިރުވެރި ހުވެފެން ފެންނަނީއެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކުވެސް ފެންނަނީ އެ ބިރުވެރި މީހާއެވެ. ރަތް އަނގުރުގަނޑެއްފަދަ ދެލޮލެކެވެ.އަތުގެ އިނގިލިތަށްދިގެވެ. ނިޔަފަރިތައްވެސް އެހާމެ ދިގުވެފައި ހުތުރެވެ. ކަނފަތް ފުޅާވެފައި ދިގެވެ. ދަތްތައް ދިގެވެ. ދޮރުކައިރިން ހިޔަންޏެއްވިހެން ހީވެގެން ބަލާލިއެވެ. މާޔޫސްކަމާ ނިދި ބަރުވާހާލު އެނދުން ތެދުވިއެވެ. ކުޑެދޮރު ކައިރިއަށް އާދެވުމާއި އެފެނުނު މަންޒަރަކުން ދެލޯބޮޑުވިއެވެ. […]
“ކަލޭ ތިހުންނަނީ ކަލޭގެ ބަނޑުގައި ތިވާ ދަރިފުޅު ދެކޭ ހިތުން ކެތް މަދުވެފަ ދޯ!” އަހަރެންވެސް މިހުރީ އެދުވަހަކަށް ކެތްމަދުވެފަ ބަނޑުއަޅާ ވިހާ ދަރިފުޅު މަރުވުމުން މައި މީހާގެ ހިތަށް ކުރާއަސަރު މިފަހަރު ކަލެއަށް ދައްކާނަން!” އެޖިންނި ބުނެލިއެވެ. އަދި ގެއްލިއްޖެއެވެ. އޭތި ގެއްލުމާއެކު އީނާޝްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “މަންމާ ކޮންފިކުރެއްގަ…؟” ހަނީފާ ކޮޓަރިން ނިކުތްއިރު ގޭގެ ބޮޑު ކޮޓަރީގަ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފަ އިން މަންމަ ފެނުމުން ހަނީފާ އަހާލިއެވެ. ހަނީފާގެ އަޑަށް މަންމަ […]
ޝެނިން އެއްމަހުގެ ރޭވުމާއި ދެމަސް ދުވަހުގެ ފިލުމުން އަހަރެންނަށް އާދެވުނީ ކޮންތާކަށް ހެއްޔެވެ؟ ހަމަ ފެއްޓި ހިސާބަށެވެ. މީހަކަށް ކަނު އިތުބާރެއް ކުރުމުން ލިބޭ ނަތީޖާ އަކީ މިއީ ކަންނޭނގެއެވެ. ޝަހުދް އަހަރެންނަށް މިކަހަލަ ގޮތެއް ހަދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ގައިގެ ތުރުތުރު އެޅުން ހުއްޓުމަކަށް ނާދެއެވެ. އަހަރެންގެ ބޮލަށް ވަމުންދާ ތަދަށްވުރެ ބޮޑަށް ތަދުވަނީ ހިތަށެވެ. މީހެއްގެ އޮޅުވާލުމެވެ. ލޯ ހުޅުވައިން އަހަރެން ހަމަ އޮތީއެވެ. ބަނދެފައިވާ އޮތް ގޮނޑިން […]
އެހެން ދުވަހެކެވެ. އީނާޝް އިނީ ގޭދޮރުމަތީގަ ހުރި ޖޯލިފަތީގަ ހަނޑޫ ހޮވާށެވެ. އޭނާ ހަނޑޫ ހޮވަން އިންއިރު ވިސްނެނީ ދެން ކަންތައްތައް ވާނެގޮތަކާއި ދޭތެރޭގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑު ދުޅަހެއޮވެ ބަލިވެއިންކަމުގެ ނިޝާންތައް ފެންނަމުން ދާންފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް ބަނޑު ތެރޭގައިވާ ދަރިފުޅު ހެދިބޮޑުވާވަރަކަށް ބަނޑުން އެކަން އެގެމުން ދިއައެވެ. އޭނާގެ ހުރިހާވެސް ހިތާމައަކީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެޖިންނި އެދަރިފުޅު މަރާލަފާނެތީއެވެ. އެކަން ހިތަށް […]
[box type=”note” align=”aligncenter” ]މިވާހަކަ އަކީ އއ. ފެރިދޫ އަފްސަލް، އެސްފިޔައިގެ އެދުމުގެމަތިން ހަދިޔާކުރައްވާފައިވާ ވާހަކައެކެވެ.[/box] ޒައިންގެ ދެލޯ ބޮޑުވެ ، މޫނުމަތީން އޮށްދާ ހިއްލަމުން ދިޔައިރު، މުޅި ހަށިގަނޑުގައި ”ބަބުރު” ވަހޭ މިކިޔާ ވަހެއް އެކުލެވިފައިވިއެވެ. އެންމެ ސިކުންތަކަށްވެސް މަޑު ކޮއްލުމެއްނެތި ޒައިން ބާރަށް ދުވަމުން ދިޔައެވެ. ފަހަތުން ސިންގާއެއްގެ ނުބައި އަޑު އިވެމުން ދިޔައެވެ. އަނެއްކޮޅުން ރޭގަނޑުގެ ކަނު އަނދިރިކަން ވެރިވެފައިވުމުން، ކަނު މީހެއްގެ ޙާލުގައި ހުރެގެން ކުރިއަށް ދުވަމުން ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި […]
ރޭގަނޑުގެ ވަގުތެވެ. ހަނީފާ އޮތީ އޭނާގެ އެނދުގައެވެ. ނިދާލުމުގެ ބޭނުމުގައި އޮށޯވެލައިގެންނެވެ. އޭނާގެ ފިރި އަޔާ ވީތަނެއް ހަނީފަ އަކަސް ނެނގެއެވެ. އޭނާ އައްނާނެ އިރެއް އެނގޭނީ ހަމަ އޭނާއަށެވެ. ކިތައްމެ ލަހުން އަޔަސް އެކަމާ ޝަކުވާ ކުރުމުގެ ފުރުސަތެއްވެސް ހަނީފާއަކަށް ނޯވެއެވެ. އެކަމަކު އެއީ ހަނީފާގެ ފިރިމީހާޔޯލައެވެ. އެދެ މީހުން ކައިވެނި ކުރިތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ފާއިތުވީއެވެ. ނަމަވެސް މިހާ ދުވަސް ވީއިރު އަދި […]
އިރަމް އަތް މުށްކަރުވާލައިގެން ހުރެވުން އިރެއް އަހަރެންނަކަށް ނޭގެއެވެ. އެހެން ނޫންނަމަ އެއްޗެއް ހަމަ ގައިމުވެސް ހަލާކުވީހެވެ. އަހަރެން ގާތަށް އައި ރުޅި ބަޔާން ކުރަން ވެސް ނޭނގެއެވެ. މި ވަގުތު ޝަހުދު އަހަރެން އަތް ޖެހޭ ފަށުގައި ހުރި ނަމަ އޭނާ މަރާލާނަމެވެ. އަހަރެންނަށް ކުރިންވެސް ޝަހުދަށް އިތުބާރު ނުކުރެވޭނެކަން އެނގެއެވެ. ނަމަވެސް މިހާރު މާބޮޑަށް ލަސްވީއެވެ. އަހަރެންނަށް ދެން ކުރަންވީ ކަމެއްވެސް އެނގެއެވެ. އަހަރެންނަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީވެސް އެއީ […]
“މަންމާ! ތިރޮށި ކޮޅު ފިހެ ނިމެންވާއިރަށް އައްނާނަން އަޔާއަށް ގޮވާ ހޭލައްވާލާފަ އިނގޭ!” ހަނީފާ ބުނެލިއެވެ. ދަރިފުޅުމިހެން ބުނުމާއެކު އާއެކޭ ބުނުމުގެ ގޮތުން އާބިދާ ބޯޖަހާލިއެވެ. ހަނީފާ ބަދިގެތެރެއިން ނިކުމެގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްއިރު އަޔާ ގަދަނިދީގައި އޮތެވެ. އަޔާއޮތީ އުޑުތިލަމަތިންނެވެ. ހަނީފާއަށް އަޔާގެ މޫނު ފެނުމައެކު އަޔާގެ ރީތިކަން ހަނީފާގެ ހިތަށް އުދަގޫކުރަން […]