ލަޔާލް އިނީ ފުލުސް އޮފީހުގައި އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮށުގައެވެ. ހަމައެވަގުތު އޮފިސަރ ރާޝިދު ކޮންމެވެސް ފައިލެއް ހިފައިގެން ލަޔާލް އިން މޭޒުކައިރިއަށް އައިސް ދިއްކޮލިއެވެ. ލަޔާލް އެފައިލް ހުޅުވާލުމަށް ފަހު އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއީ ޝާހުގެ ޕޯސްޓްމޯޓަމް ރިޕޯޓެވެ. ” މީގައި ބުނާގޮތުން ވިއްޔާ ކަރު އެހާބޮޑަށް ކަޑައިގެން ގޮސްފައި އޮތުމުން މަރުވީ. އެކަމަކު އެކަން ކުރަން ބޭނުންކޮށްފައިވާ ހަތިޔާރެއް މިއިން އެނގޭކަށް ނެތް.” އޭގައި އޮތް އެއްޗެއް ކިޔާލުމަށްފަހު ފައިލް ލައްޕާލައި މޭޒުމަތީ […]
ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ވަނީ ބޯ ވިއްސާރަ ވިލާތަކުން ބެދިފައެވެ. އިރުއިރުކޮޅުން ކެރީގެ އަސަރު ބިމަށް ފޯރައެވެ. ދަންވަރުގެ ހަމަމަހިމޭން ވަގުތު ކަމުން އެއްވެސް ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ. އައްޑު އަތޮޅު ހިތަދޫގައި މީހުން ނޫޅޭ ހިސާބު ދުރުގައި ރީތި ގޮތަކަށް ހަދާފައި ހުރި ކުޑަ ކޮޓަރިގަނޑެއް ފާޑު ތަނެކެވެ. އެ ކޮޓަރިގަނޑު ހުރި ހިސާބުގަނޑުގައި ވަނީ ބިޔަ ރުއްގަސްތަކެވެ. ޖެހޭ ގަދަ ވަޔާއެކު އެރުއްގަސްތައް ހީވަނީ ބިމުން ލުހެލަފާނެހެންނެވެ. ކަޅުފޮއި އަނދިރި ވިއްސާރަ […]
ކުޑަވަރެއްގެ ދޯންޏެކެވެ. ގިނަދުވަސްވުމުގެ ސަބަބުން ދޯނީގެ މަޑޫތައްވަނީ ފީވަން ފަށާފައެވެ. އެކި ދިމަދިމާލުން ފަނިތައް ކައި ހުސްކުރަމުންދަނީއެވެ. އެދޯނީގައި ރާޅަކަށް ކެތްކޮށްލާނެ ވަރުވެސް ނުހުންނާނެކަން ގައިމެވެ. އެހެންވެގެން ކަންނޭނގެއެވެ ދޯނިވަނީ އެއްގަމަށް އެހެލާފައެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ދީފައިވާ ތޫނު ހަނދުވަރުގެ ތެރެއިން ދިގުދެމިގެންވާ ތުނޑިއެއް ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ ދޯނިން ފުންމާލައިގެން އަހަރެން ހިނގައިގަތީމެވެ. ވަކި މަންޒިލެއްނެތެވެ. މީ އަހަރެން ނުދަންނަ ބިމެކެވެ. ފަސްގަނޑުގަޢި ފައި ޖެހުމުން ފިނިކަމެއް އިހުސާސް ކުރެވުނެވެ. ތެތްފިނި […]
ކުޑަވަރެއްގެ ދޯނިގަނޑެކެވެ. ދޯނީގެ ތެރޭގައިވަނީ ފަޅުކަމެވެ. ދޯނި އޮތީ ފަރެއްގެ ބޭރަށް އަރާ ހިކިފައެވެ. ދޭތެރެ ދޭތެރެއިން ދޯނީގެ ތެރެއަށް ބިޔަ ރާޅުތައް ބިންދާލައެވެ. ބިންދާލާ ކޮންމެ ރާޅަކަށް ދޯނީގެ ކުރީކޮޅުގައި ހަދާފައިހުރި ގެގަޑު މަތީގައި ތިބި މެހިތައް އުދުއްސާ ގަންނާތީ ފެނެއެވެ. އެއީ އާދަޔާ ހިލާފަށް ބޮޑެތި މެހިތަކެއް ކަމަށް ލަފާކުރެވެއެވެ. އެ ގެގަޑު މަތީގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. މެހިތައް އިށީދެގެންތިބީ އެލޭގެ ކޯރުތެރޭގައި އޮތް އެއްޗެއްގެ މަތީގައެވެ. އެ ކޯންޗެއް ބާވައެވެ؟ […]
މަޑުން މަޑުން ދުއްވައިފައި ދިޔަ ދޯންޏެކެވެ. ދޯނީގެ ކުރީކޮޅުގައި އެއިނީ އަހުމަދުފުޅެވެ. އޭނާ އިނީ ފުރަގަސްދީގެނެވެ. ކުރާކަމެއް ބުނެދޭކަށް ނޭނގެއެވެ. ގޮވާލަންވީކަން ނޭނގެއެވެ. ކީއްކުރަން؟ ދޯނީގެ އެހެން މީހަކު އުޅޭތޯ ބަލައިލަންވީކަން ނޭނގެއެވެ. އަހުމަދުފުޅު އެއިނީ ކުޑަކަމުދާން ނިކުމެ ކަން ނޭނގެއެވެ. ކައިރީގައި ފެން ހަމެއް އެބަހުއްޓެވެ. އާންމުކޮށް ދޯނިފަހަރުގައި އެޒާތުގެ އަމަލުތައް ހިންގަނީ ފުރަގަސްދީގެންނެވެ. އެންމެ ރަނގަޅުވާނީ އުދަނގު ނުކުރިއްޔާއެވެ މި ދޯނި އެދަނީ ކޮންތާކަށްބާވައެވެ. ދޯނީގެ ތެރޭގައި މީހުން ހޭލަމޭލައަށް އުޅޭތީއެއް ނުފެނެއެވެ. ދިރުބާކޮޅާއި […]
.އަހަރެމެންނަށް ކަންތައް ދިމާވި ގޮތުން އިރަމް އާއި ޝެނިން އާދައިގެ ހަޔާތެއް ހޯދަން އުޅޭ ކަމަކީ އެންމެ ހަމަޖެހޭ ގޮތެވެ ނަމަވެސް ބަޔަކު ސަލާމަތް ކުރުމުގެ ބާރު ތިމާގެ އަތުގައި އޮތްނަމަ އެބަޔަކަށް އެހީވުމަށް ތިމާ ކަމެއް ނުކުރާނަން ހެއްޔެވެ؟ .ނަމަވެސް ކަންތައް ވަމުން ދާއިރު އަހަރެންނަކަށް އަތް އުރާލައިގެންނެއް ނުހުރެވޭނެއެވެ .އެއީ އެއް އިރެއްގައިވެސް އަހަރެންނެއް ނޫނެވެ .ސިއްރުން ގޭންގު ތަކުގެ ކަންތަކާއި އެފަދަ ކުށްތައް ކުރުމުގެ ކުރިން ޕޮލިހުންނާއި އެފަދަ މީހުން ހަވާލު ކުރަމުން […]
ހަތިޔާރުގެ ސީޒަން 2 ފެށޭ އިރު ވާހަކައިގެ ނަމަކ: ފިނި ހިތް (ވާހަކައާއި ގުޅޭނެ ނަމެއްގެ ޚިޔާލު ތިޔަ ބޭފުޅުން ދިނުން މަރުހަބާ) ވާހަކަ އަންނާނީގެ ލިވީގެ ނަޒަރުނެވެ. އޮކްޓޯބަރ މަހުގައި އަންނަނީ (ހަމައެކަނި އެސްފިޔައިން)
ކުރިން ވެސް ބުނިހެން އަހަންނަށް ދެން ހޭލެވުނީ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުނު އަޑަށެވެ. އެނދުން ފާބަންވެގެން ތިރިކޮށްލި ފައި ބިންމަތީގަ ނުޖެހެނީސް ދެން އިވެންށީީ އެއްކަލަ ރުއިމުގެއަޑެވެ. ކައިރީގަ ނިދާފަ އޮތް ކުއްޖާ ބަލާލީމެ އޭނައޮތީ ގަދަނިދީ ގައެވެ. ވަރަށް ހިތްވަރު ކޮށްފަ އެނދުން ފައިބައިގެން އަޑުއިވޭ ކުޑަދޮރާ ދިމާއަށް ދިޔައީމެވެ.ވަރަށް ބިރުވެސް ގަނެއެތުރުތުރުވެސއަޅައެ ހިތާ ހިތުން ކުރުޘި ކިޔަމުން ގޮސް ކުޑަރޮ ކައިރިޔަށް ހުއްޓިފަ ކުޑައިރުކޮޅަކަށް މަޑުކޮއްލީމެވެ.އޭރުވެސ ރުިމުގެއަޑު އިވެމުން ދެޔެ ކޮންމެ […]
އެޕިލޮގް ނޭވާ ހަމަ ހީވީ ކުއްލިއަކަށް އައި ހެންނެވެ. ބޮނޑި ބޮނޑިއަށް އައި ހެންނެވެ. އަހަރެންނަށް އެރީ ކޮށްޓެވެ. ލޯ ހުޅުވީމެވެ. އިރަމް އުފަލުން ފަޅައިންދާން ތައްޔާރުވެފައި އިންހެން ހީވިއެވެ. ތެދުވި ގޮތަށް ތެދުވެ ލިވީ ގައިގައި އޮޅުލައިގަތެވެ. ލިވީ ވެސް ހީވަނީ އުފަލުން އެހެން ފަދަ ކަމެއް ހެއްނެވެ. “އަހަ…. އަހަރެންވެސް ލޯބިވޭ އިރަމްދެކެ……” ކޮށި އަރަމުން އަހަރެން ބުނީމެވެ. އިރަމް އައި ގޮތަށް އައިސް އަހަރެންގައިގައި އޮޅުލައި ގަތެވެ. އޭނާ ތުރުތުރު އަޅާއެބައެވެ. […]