Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 10 ވަނަ ބައި

Hoody Level 310 Stories100 Comments
June 3, 2015 6 Mins Read
30 Comments

“މިކަހަލަ މާހައުލެއްގަ ހާދަ ރިލެކްސިންއޭ!” ޝައިމާ މަޑުމަޑުން ވެލިގަނޑާ ކުޅެން ފެށިއެވެ. އެއިރު ޖަޒްލާގެ ނަޒަރު ހުއްޓިފައި ހުރީ ޝައިމާގެ ބޮޑުވެފައިވާ ބަނޑަށެވެ. ދެ ބުމަ ހުރީ ގޮށްޖެހިފައެވެ.

***

ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ގިނަމީހުން ދިޔައީ މޫދަށެވެ. ޝައިމާ އާއި ޔައީޝް އަތުގުޅާލައިގެން ހިނގާލާފައި އައިސް ވެލިގަނޑުމަތީ އިށީނެވެ. އެއިރު ގިނަ އަދަދެއްގެ މީހުން މުދުގައި ބޯޅަކުޅެން ތިއްބާ ފެނެއެވެ.

“ޔައީޝް ދަންވީނު މޫދަށް އެރިލާ ހަދާލަން!”

“ޝައީ އެކަނި ބައިންދާފަ މަށެއް ނުދާނަން!” ޔައީޝް ބުންޏެވެ.

“ދެން ދޯ! ދޭބަލަ، މަ އިންނާނަމޭ މިތާ ބަލަން!” ޝައިމާ ކުރެއް ނުކުރިއެވެ.

“ޔައީޝް!!” ފަޒީލް ގޮވާލިއަޑު އިވުނެވެ. ޔައީޝް މޫދާދިމާއަށް ބަލާލިއިރު ފަޒީލް އަތުގެ އިޝާރާތުން އައުމަށް އެދެނީއެވެ.

“ދެން ދޭ!” ޝައިމާ މަޑުމަޑުން ވެލިގަނޑުމަތީ އޮށޯވެލިއެވެ. ޔައީޝް ޓީޝާޓް ބޭލުމަށްފަހު ގަހެއްގެ ގޮފިގަނޑެއްގައި އަޅުވާލިއެވެ. އަދި މޫދާ ދިމާއަށް ދުއްވައިގަތެވެ.

***

  މޫދުގައި ވައްބުރެއްގޮތަށް މީހުން އެތުރިގެން ތިބިއިރު މެދުގައި ހުރީ ޔައީޝްއެވެ. އެންމެ ފަހުން އައީ ޔައީޝް ކަމުގައި ވާތީ ބޯޅަ އަތުލަން ޖެހުނީ ޔައީޝްއަށެވެ. ފަހަރަކު މީހަކަށް ބޯޅަ އެއްލަމުން ގޮސް ޖަޒްލާގެ އަތަށް ބޯޅަ ލިބިއްޖެއެވެ. އެއިރު ޔައީޝް ޖަޒްލާއާއި ދިމާލަށް ބޯޅަ އަތުލަން އަންނަނީއެވެ. އެހެން މީހުން އަވަހަށް ބޯޅަ އެއްލުމަށް އެދި ހަޅޭލަވަނީއެވެ. ނަމަވެސް ޖަޒްލާ ބޯޅަ ހިފައިގެން ހުރީއެވެ. އޭނާގެ ބޭނުމަކީ ޔައީޝް އޭނާގެ ގާތަށް ގެނައުމެވެ. ޔައިޝް ކައިރިއަށް އައިސް ބޯޅައަތުލަން ހޫރާލިއަތް ގޮސް ޖެހުނީ ޖަޒްލާގެ އަތުގައެވެ. އެއާއެކު އޭނާގެ އަތުގައި އޮތް ބޯޅަ ދޫވިއެވެ. ޔައީޝް އަވަސް އަވަހަށް ބޯޅަ ނެގިއެވެ. އެއިރު އެހެން މީހުން ޖަޒްލާއާ ދިމާލަށް ހަޅޭލަވަނީއެވެ. މިފަހަރު މެދަށް ވަންނަން ޖެހުނީ ޖަޒްލާއަށެވެ.

***

ވެލިގަނޑު މަތީ އޮށޯވެލައިގެން އޮތުމަށްފަހު އަނެއްކާވެސް ޝައިމާ ތެދުވެލިއެވެ. މޫދުގައި ކުޅިވަރު ކުޅެމުންދިޔަ މީހުންތަކަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު އޭނާއަށް ފެނުނީ ޖަޒްލާ ޔައީޝްއާއި ވަރަށް ގައިގޯޅިކޮށް އުޅެމުންދިޔަ މަންޒަރެވެ. ޔައީޝްގެ ހަރަކާތްތަށް ހުރިގޮތުން އޭނަ ހުރީ ހިތްހަމަ ނުޖެހިފައިކަން ދޭހަ ވެއެވެ. ނަމަވެސް ޖަޒްލާގެ ހަރަކާތްތަކަށް ރަނގަޅަށް ބަލައިފި މީހަކަށް އޭނަގެ ބޭނުމަކީ ކޮބައިކަން ނުހަނު ސާފުކޮށް ދޭހަވާނެއެވެ.

ޝައިމާ ގެ ދެބުމަ ގޮށްޖެހުނެވެ. ފެންނަމުންދިޔަ މަންޒަރުތަށް ބަލަން ބޭނުންނުވެގެން އޭނާ އިންތަނުން ތެދުވެގެން ހިނގައިގަތެވެ.

***

ޔައިޝް ބޯޅަކުޅެން ހުރިކަމުގައިވިއަސް އިރުއިރު ކޮޅުން ޝައިމާއަށް ބަލާލައެވެ. އިރުކޮޅަކުން ޝައިމާ، އިންތަނުން ތެދުވެގެންގޮސް އެއްގަމަށް އެރެންހުރި ހަނި މަގުން އެރައިގެން ހިނގައިގަންތަން ޔައީޝްއަށް ފެނުނެވެ.

ޖަޒްލާ ގެ ކަންތަށް މާ ބޮޑުވުމުން ޔައިޝް ގާތަށް ރުޅިއައެވެ. ޖަޒްލާ އާދަޔާހިލާފަށް ގާތްވާތީ އޭނާހުރީ އުނދަގޫވެފައެވެ.

“ޖަޒްލާ! ތަންކޮޅެއް ދުރުގަ ހުރެފާނަންތަ؟ މަމީ މީހެއްގެ ފިރިއެކޭ!” ކިތަންމެ ރުޅިއައިސްފައި ހުއްޓަސް ޔައީޝް ޖަޒްލާއާއި ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އިތުރު މީހަކަށް އަޑު ނީވޭ ވަރަށެވެ.

ޔައީޝްގެ ރީތިކަމުގެ ޖާދޫގައި ޖެހިގެން އުޅެވޭ ނޫޅެވޭ ގޮތެއްވެސް ޖަޒްލާއަކަށް ނޭނގުނެވެ. ނަމަވެސް ޔައީޝްގެ ނުރުހުމުގެ ބަސްތަށް އޭނާއަށް އަމާޒުވުމާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ވަގުތުން މޫޑު ހަރާބު ވިއެވެ. އޭނާ މަޑުމަޑުން ކުޅުމާ ދުރުވާން ފެށިއެވެ. އެންމެ ފަހުން ރޮވެން ފެށުމުން އޭނާ އެއްގަމާ ދިމާއަށް އަންނަން ފެށިއެވެ.

***

ޖަޒްލާ ދުވެލާފައި އައިސް ވެލިގަނޑުމަތީ އިށީނެވެ. އެއިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދެއެވެ. ނަމަވެސް އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތަކުގެ ސަބަބުން އެ ކަރުނަތަށް ވަނީ ވަންހަނާވެފައެވެ. ޖަޒްލާ، ދެ ކަކޫގެނެސް މޭގައި ޖައްސާލުމަށްފަހު ކަކޫމަތީ ބޯއަޅާލިއެވެ. އެއިރު އޭނާއަށް މަޑުމަޑުން ގިސްލެވެމުންދިޔައެވެ.

ފަޒީލްގެ ހިތުގައިވެސް ސުވާލުތަށް އުތުރިއަރަންފެށިއެވެ. ދާދި ދެންމެއަކު ޔައީޝްއާއި ޖަޒްލާއާ ދެމެދު ކޮންމެވެސް ހަމަނުޖެހުމެއް ހިނގައިފިކަން އޭނާއަށް އެނގުނެވެ. ދެއްކި ވާހަކަތަށް އަޑުނީވުނަސް ޖަޒްލާގެ ހިތުގައި ޖެހޭފަދަ އެއްޗެއް ޔައީޝް ބުނެފިކަން އޭނާއަށް ކަށަވަރެވެ. ކުރިން އޭނާ ދުއް ގޮތުގައި ޖަޒްލާއަކީ ވަރަށް ‘ހަޔާތްކުޑަ’ އަންހެން ކުއްޖެކެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި ޖަޒްލާއާ މެދު ހަމްދަރުދީ އުފެދެން ފަށައިފިއެވެ.

ފަޒީލް ކުޅުން ހުއްޓާލުމަށްފަހު އެއްގަމާ ދިމާއަށް މިސްރާބުޖެހިއެވެ. ކުޅުމުގެ ތެރޭގައި ހުރި ޔައީޝްގެ ލޮލުގައިވެސް އެވަގުތު އެއްގަމަށް އަރައިގެން ދިޔަ ފަޒީލް އަޅައިގަތެވެ.

***

މޫދުން އަރައިގެން އައި ފަޒީލް ހުއްޓިލީ ޖަޒްލާ ކައިރީގައެވެ. ކަކުލުގައި ބޯއަޅަލައިގެން އިން ޖަޒްލާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އޭނާ ގިސްލަ ގިސްލާފައި ރޮނީކަން ފަޒީލަށް އެނގުނެވެ. އެހެންކަމުން އޭނާ ޖަޒްލާ ކައިރީ އިށީނެވެ. ޖަޒްލާ އިސް އުފުލާލަމުން ބަލައިލިއެވެ. ޖަޒްލަގެ ރޮއެރޮއެ ރަތްވެފައިވާ ދެލޯ ފެނުމާއެކު ފަޒީލްގެވެސް ހިތުގައި ޖެހުނެވެ.

“ޖަޒްލާ! ވެގެން އުޅޭ ގޮތް މަށަށްވެސް ކިޔައިދީބަލަ! އަހަރެންވެސް މީ ޖަޒްލާގެ ގާތް އެކުވެރިއެކޭ ހީކޮށްލާ!” ފަޒީލް ބެލީ ވީހާވެސް ޖަޒްލާއާ ގާތްކޮށް ވާހަކަ ދެއްކޭތޯއެވެ.

“އަހަރެން މީ އެއްވެސް މީހަކު ބޭނުންވާ މީހެއް ނޫން! އަހަރެން އުޅެން ބޭނުމީ އެކަނި! އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވާނެ!” ޖަޒްލާގެ އަޑު ހުރީ ކުރެހިފައެވެ.

“އަހަނަށް އެނގޭ ޔައީޝް އާއި ޖަޒްލާއާ ދެމެދު ކޮންމެވެސް ކަމެއް ހިނގައިފިކަން! އަހަންނާ ޝެއާ ކުރަން ބޭނުމިއްޔާ ޝޭއާ ކޮށްލާ! އޭރުންނެއްނު ތި ހިތަށް ހަމަޖެހުމެއް ލިބޭނީ!”

“ފަޒީލް!” ޖަޒްލާ މޫނު ފުހެލުމަށްފަހު ހަމަޖެހިލިއެވެ. “އަހަރެން ޔައީޝް ދެކެ ވަރަށް ވަރަށް ލޯބިވޭ! ޔައިޝްއާއި ނުލާ ނޫޅެވޭވަރަށް މިއަދު އަހަންނަށް މިވަނީ ލޯބިވެވިފައި! އަހަންނަށް އެނގޭ އަހަންނަށް އުޅެވެނީ ރަނގަޅަށް ނޫންކަން! އޮފީހުގައިވެސް އުޅެވޭގޮތުން އަމިއްލަ ނަފްސު ދެކެ ލަދުގަނޭ! އެކަމު ކީއްތަ ކުރާނީ؟ ޔައީޝް ފެންނައިރަށް ނޭނގެ ވާގޮތެއްވެސް! ދަގަންފާނު ބާރުހުންނަހެން ޔައީޝްއާ ދިމާއަށް ދަމަނީ!” ޖަޒްލާގެ ކަޅި ހުއްޓިފައި ހުރީ މޫދުގައި ކުޅެން އުޅުނު ޔައީޝްއަށެވެ.

“އެކަމު އެއީ މީހެއްގެ ފިރި…”

“އެނގޭ! ހުރިހާކަމެއްވެސް އެނގޭ! އެކަމު ބުނަން؟ އެ ޝައިމާއަށްވުރެ ކުރިން އަހަރެން ޔައީޝް ދެކެ ލޯބިވިން!” ޖަޒްލާ ސާބިތުކަމައެކު ބުންޏެވެ.

“ކީކޭ؟!!” ފަޒީލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އޮފީހުންނެއް ނޫންތަ ފުރަތަމަ ފެނުނީ؟”

“އާނ!! މީގެ ކިތަންމެ އަހަރެއް ކުރިން އަހަރެން ޔައީޝް އަށް ފާރަލާން ފަށައިފިން. ޔައީޝް ގެ މައުލޫމާތުތަށް ހޯދަން އަހަރެން ތެޅުނުވަރު އެނގޭނީ އަހަންނަކަށްނު. އެހެން ނޫނަސް ތި އޮފީހަށް އަހަރެން ވަނީވެސް ޔައީޝް ތި އޮފީހުގަ އުޅޭތީ! ތި އޮފީހަށް ވަންނަންވެގެން އަހަރެން ރާއްޖެއިން ބޭރުގައި 3 އަހަރު ކިޔަވަން ހޭދަކުރިން. ވަރަށް ގިނަދުވަސް ވަންދެން އަހަރެން ޔައީޝް ފަހަތުން އުޅުނިން، އެކަމު ޔައިޝް ގާތު ބުނާކަށް ނުކެރޭ…. އަހަރެން ބޭރުން ކިޔަވައިގެން އައިއިރު….” ޖަޒްލާއަށް ރޮވޭގޮތްވިއެވެ. “…އައިއިރު ޝައިމާ…!”

“ހުއްޓާލާ! އެންމެންނަކަށް ތިމާ އެންމެ ލޯބިވާ މީހާއެއް ނުލިބޭނެ! ދުނިޔޭގައި އުޅޭއިރު ކެތްކުރަންޖެހޭ ކަންތައްތަކާއި ދިމާވާނެ! އެއީ އިމްތިޙާނުތަކެއް. އެއިން ފާސްވީމަ ކާމިޔާބުވާނެ!” ފަޒީލް އޯގާތެރިކަމާއެކު ޖަޒްލާގެ ބޮލުގައި ފިރުމާލިއެވެ. ޖަޒްލާ ކުއްލިއަކަށް ފަޒީލްގެ އަތް ފޮޅާލަމުން ތެދުވިއެވެ.

“އަހަރެން މިއޮއް ހުރިހާ ދުވަހު ކެތްކޮށްގެން ހުރެފަ މިހިސާބުން ވީ ދޫކޮށްލަންތަ؟! ބަލަން ހުރޭ! އަހަރެންގެ ލޯބި އަހަރެން ހޯދާނަން! ހޯދާނަން!!” ޖަޒްލާ ބާރަށް މިހެން ބުނުމަށްފަހު އެއްގަމަށް އެރެން އޮތް ހަނިމަގުން ރަށުތެރެއަށް ހިނގައިގަތެވެ….

***

އެއިރު ޝައިމާ ހުރީ އެދިމާ ފުރަގަހުގާ ހުރި ބޮޑު ދިއްގާ ގަހުގެ ނިވަލުގައެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ. މި އިވިގެން ދިޔައީ ކޮންފަދަ ވާހަކަ ތަކެއް ހެއްޔެވެ؟ އޭނާ މަޑުމަޑުން ދިއްގާގަހުގައި ލައްވެލިއެވެ. މޭގައި އަތްއަޅާ ބާރުކޮށްލެވުނެވެ. ދެލޯ މަރާ ފިއްތާލެވުނެވެ. އެވަގުތު އޭނާއަށް ހީވިއެވެ. އޭނާގެ ގެ ލޯބިވާ ފިރިމީހާ އޭނާއަށް ގެއްލިދާން މާކަށް ގިނަދުވަހެއް ދެން ނެތެވެ.

މޫދުގައި ކުޅިވަރުތަށް ކުޅެން ތިބި މީހުންތަށް އެއްގަމަށް އަރައިގެން އަންނަހެން ހީވުމުން ޝައިމާ އަވަސް އަވަހަށް އެތަނުން ދުރަށްގޮސް ތަންކޮޅެއް ދުރުގައި ބޯކޮށް ހެދިފައިހުރި މަގޫގަސްތަކު ތެރެއަށް ވަދެގެން ދިޔައެވެ. އެ ބޯ ގަސްތަކުގެ ތެރޭގައި ހެދިފައިވާ ކުޑަ ޖާގައެއްގައި ޝައިމާ އިށީނދެ ހަމަޖެހިލިއެވެ. އެއިރު އޭނާއަށް ގިސްލަ ގިސްލާފައި ރޮވެމުންދިޔައެވެ.

***

އިރުގެ ހޫނުން މުޅިމާހައުލު ދިއްލާލަފައިވާއިރު ލޯތަށް ތަރަތަރަ ޖައިގެންދާހާވެއެވެ. ޔައީޝް މޫދުން އަރައިގެން އައިސް ޓީޝާޓް އަޅުވާފައިހުރި ގަސްކައިރިއަށް ހުއްޓުނެވެ. އަދި ޓީޝާޓް ނެގުމަށްފަހު މޫނުފުހެލަމުން ގަސްތަކުތެރެއަށް ވަދެގެން ދިޔައެވެ.

  ވަށައިގެންވަނީ ބޯކޮށް ހެދިފައިވާ މަގޫ ގަސްތަކެވެ. މަތި ހާމައަށް އޮތުމުން އަވީގެ ހޫނު ޔައީޝްގެ ހަށިގަނޑަށް ކުރަމުންދިޔައެވެ. ފާހާނައެއް ކުރުމަށްޓަކައި ޔައީޝް ސޯޓު ތިރިކޮށްލަން އުޅުނުވަގުތު އޭނާ ސިހުނީ އަންހެންކުއްޖެއްގެ ގިސްލުމުގެ އަޑަށެވެ. އޭނާ ފަހެއް ބަލާލިއިރު ޖަޒްލާގެ ކަރުނުންފުރި ބަންޑުންވަމުންދިޔަ ދެލޯ އަމާޒުވެފައިވަނީ ޔައީޝްއަށެވެ. ތުންފަތުގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ.

“ޖަޒްލާ! ކިހިނެއްވެފަ މިތާ؟” ޔައީޝަށް އަހާލެވުނެވެ.

“ޔައީޝް! ނިކަން އަހަންނާ ދޭތެރޭ ވިސްނާލަބަލަ! އަހަރެން ޔައީޝް ދެކެ ހާދަ ލޯބި ވެޔޭ!” ގިސްލުމުގެ ތެރެއިން މި އިވުނުއަޑުން ޔައީޝްއަށް ސިހުމެއް ލިބުނެވެ. މިހާ ފާޅުކަންބޮޑުގޮތެއްގައި ޖަޒްލާ މިހެން ބުނެފާނެކަމަށް ދުވަހަކުވެސް ޔައީޝް ހިއެއް ނުކުރެއެވެ. އެހެންކަމުން ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޔައީޝް! އަހަރެން ޔައީޝްގެ ލޯބި ބޭނުން!” ކުއްލިއަކަށް ޖަޒްލާއައިސް ޔައީޝްގެ ހަށިގަނޑުގައި ބައްދާލެވުނެވެ. ހުސްގަޔާހުރި ޔައީޝްގެ ހަށިގަނޑަށް ޖަޒްލާގެ ފުން ނޭވާ އެޅެމުންދިޔައިރު ޔައީޝްގެ ހިއްސުތަށް ދިޔައީ ހޭލަމުންނެވެ. “އަހަންނަކަށް ދެން ޔައީޝްއާ ނުލާ ނޫޅެވޭނެ. އަހަރެން ހާދަ އިންތިޒަރެއް ކުރީމޭ!”

 ޔައީޝް ދެލޯމަރާލިއެވެ. އެއިރު ޖަޒްލާ ހުރީ ޔައީޝްގެ ގައިގާ ބައްދާލައިގެންނެވެ. ޔައީޝްގެ މޭގެތެރޭގައި އަބަދުގެ އަބަދަށް ބޮނޑިވެގެން އޮންނަން ބޭނުންވާ ކަހަލައެވެ.

***

މިފަހަރުވެސް ޝައިމާއަށް މި ފެނުނީ އޭނާއަށް އެންމެ ފެންނަން ނުޖެހޭނެ މަންޒަރެވެ. މަގޫގަސްތަކުގެ ތެރޭގައި އިން ޝައިމާއަށް ނުހަނު ސާފުކޮށް ޔައީޝްއާއި ޖަޒްލާގެ ހަރަކާތްތައް ފެންނަމުންދިޔައެވެ. މި މަންޒަރު ބަލަން ބޭނުން ނުވެގެން އޭނާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އޭނާ ގޮސް ޖެހުނީ ފަހަތުގައި ހުރި މަގޫގަހުގެ ގޮފިގަނޑެއްގައެވެ.

***

ޔައީޝްއަށާއި ޖަޒްލާއަށް ސިހިފައި ދުރަށް ޖެހެވުނީ ކައިރީގައި ހުރި މަގޫ ގަސްގަނޑު ތެޅިގަތް އަޑަށެވެ.

ހަމަ ހޭ އައުމާއެކު ޔައީޝަށް މި ކުރެވުނުކަމަކާމެދު ލަދުގަތެވެ. އަދި އަވަސްއަވަހަސް އަތުގައި އޮތް ޓީޝާޓް ކަރަށް މަހާލަމުން ހަށިގަނޑަށް ހޮޔޮވަރު ކޮށްލިއެވެ.

“ޖަޒްލާ! ކިހިނެއްތަ ތިއުޅެނީ؟ މަ ނޫނީ މީހެއް ނުފެނުނީތަ އަޅައިގަނެގެން އުޅެން! މަ މީ މީހެއްގެ ފިރިއެއްކަން ނޭނގެނީތަ؟” ޔައީޝް ދެ ބުމަ ގޮށްޖަހާލިއެވެ.

“ޔައީޝް!” ޖަޒްލާގެ ދެ ލޮލުން ހޯސްލަފައި ކަރުނަ އޮހިގަތެވެ. “އަޅެ އަހަންނަށް އެންމެ ފުރުސަތެއްދީބަލަ! ތި ހިތް ލޯބިން ފުރާލަދޭނަން! ޕްލީޒް!”

“ބަލަ އަހަރެންގެ އަންހެނުން އެއިނީ ބަލިވެއޭ! ކަލޭ ލަދެއްވެސް ނުގަނޭތަ ތިހެން އާދޭސްކޮށް ރޯކަށް” ޔައީޝް ދަތްކުނޑި ވިކާލިއެވެ. “ނުވާނެ! ދުވަހަކުވެސް ނުވާނެ ތިކަމެއް!”

***

މަގޫ ގަސްތަކުގެ ތެރޭ އިން ޝައިމާ މަޑުމަޑުން އެތަނުން ނުކުމެގެން ދިޔައެވެ. އަތިރިމަށްޗަށް ނުކުމެ ވެލިގަނޑުމަތީ އިށީނދެލިއެވެ. އެއިރު އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. ވާން މިއުޅެނީ ކީއްބައެވެ؟ އޭނާގެ އަތުން ފިރިމީހާ ގެއްލިގެން ގޮސްދާނެބާއެވެ؟ އެހެން ވެއްޖެނަމަ……….! ޝައިމާ ދެކަކޫމަތީ ބޯއަޅާލީ މާބޮޑަށް ބޮލުގައި ރިއްސަން ފެށުމުންނެވެ.

***

ޔައީޝްވެސް ގަސްތަކުގެ ތެރެއިން ނުކުމެގެން އައީ އެވަގުތެވެ. އޭނާގެ ބޯ ހީވަނީ ފަޅިފަޅިވެދާނެ ހެންނެވެ. ކުރިމަތި ލާން މިއުޅެނީ ކޮންފަދަ ހައިޖާނުގަނޑަކާ ބާއެވެ؟ އޭނާ މަޑުމަޑުން މޫދާ ދިމާއަށް ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި ވެލިގަނޑުމަތީ އިށީނދެލައިގެން އިން ޝައިމާ އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.

ޔައީޝް ގޮސް ޝައިމާ ކައިރީ އިށީނުމާއެކު ޝައިމާ ކުޑަކޮށް ސިހިފައި ބޯހިއްލާލަމުން ޔައީޝަށް ބަލައިލިއެވެ.

“ކޮންތާކުން؟” އަޑު ހަމައަކަށް އަޅުވަމުން ޝައިމާ އަހާލިއެވެ. އެއިރު އޭނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ފަނޑު ހިނިތުންވުމެކެވެ. އެއީ އޭނާ އެޅި ‘މޫނުމައްޗެއް’ ކަމެއް ޔައީޝްއަކަށް ނޭނގުނެވެ. ދާދި ދެންމެއަކު ހިނގާދިޔާ ހާދިސާގެ ވާހަކަ ދައްކައިގެން ދެމީހުންގެ ގުޅުމަށް ބުރޫއަރާކަށް ޝައިމާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ބޭނުންވީ އެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ބާއެވެ؟……

***

މެންދުރުވެގެން އައިއިރު ހުރިހާ އަންހެންވެރިން މެންދުރުގެ ކެއުން ތައްޔާރު ކުރަމުންދިޔައެވެ. ޝައިމާއާއި ޔައީޝް، ތައްޓަށް އެއްޗެހި އަޅައިގެން އައިސް އިށީނީ ތަންކޮޅެއް ދުރު ހިސާބެއްގައެވެ. ވެލިގަނޑުމަތީ ހަމަޖެހިލުމަށްފަހު ދުރުގައި ހަރަކާތްތެރިވަމުންދިޔަ މީހުންތަކަށް ޔައީޝް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޯ އެވަގުތު ހޯދަމުންދިޔައީ ޖަޒްލާއެވެ. ހިނގާދިޔަ ހާދިސާއަށްފަހު އޭނާއަށް އަދި ޖަޒްލާ ފެނިފައެއް ނެތެވެ. އޭނާ އަނެއްކާ ކޮބައިބާއެވެ؟…..

***

ހަމަ އެވަގުތެވެ. ރަށުގެ އަނެއްފަޅީގައި ޖަޒްލާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ގަދަޔަށް އޮއެ ދެމެމުން ދިޔަ ކަނޑާ ދިމައަށެވެ. ދެލޯ އެއިރުވެސް ހުރީ ފެންކަޅިވެފައެވެ. އިރުއިރުކޮޅުން އެސްފިޔަ ޖަހާލުންފިޔަވާ އޭނާގެ ހަށިގަނޑަށް އިތުރު އެއްވެސް ބަދަލެއް ނާދެއެވެ. އެވަގުތު މުޅި ސަރަހައްދުގައި ވެރިކަން ކުރަމުންދިޔައީ ހަމަ ހިމޭން ކަމެވެ. އެސަރަހައްދުގައި އެކަކުވެސް ނެތެވެ. ނަމަވެސް އެއީ ޖަޒްލަ ހީކުރި ގޮތެވެ. ގަސްތަކުގެ ތެރޭ ޖަޒްލާގެ ހަރަކާތްތަކަށް ފާރަ ލައިގެން ހަމްދޫން ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

ޖަޒްލާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ މޫދާ ދިމާއަށެވެ. ލަސްފިޔަވަޅުތަކެއްގައި މޫދުގެ ލޮނުގަނޑާ ކައިރިވަމުންދިޔައިރު އޭނާގެ ލޮލަށް ޖަމާއެވެފައިހުރި ކަރުނަތަށްވެސް ދިޔައީ އޮހޮރެމުންނެވެ. އިސްތަށިގަނޑުވެސް އެއްވެސް ތަރުތީބެއް ނެތި ވަޔަ އެއްކޮޅަށް ވިހުރެމުންދިޔައެވެ. އޭނާ މަޑުމަޑުން މޫދަށް އެރެފިއެވެ. އަދިވެސް އޭނާގެ ފިޔަވަޅުތަކަކަށް ބަދަލެއް ނާދެއެވެ. ކަކޫތާ ފެނަށް އެރެވުނުއިރުވެސް އޭނާ ދިޔައީ ހުއްޓުމެއް ނެތި ކުރިއަށެވެ. އިސާހިތަކު ލޮނުގަނޑު ހުރީ އޭނާގެ ކަރާ ހަމާގައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ލޮނުގަނޑުގެ އަޑިއަށް ގެނބިގަތެވެ….

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ފަނާ 19

Next

އިންތިޒާރު 31

Next
June 3, 2015

އިންތިޒާރު 31

Previews
June 3, 2015

ފަނާ 19

30 Comments!

  1. Hoody says:
    June 3, 2015 at 8:36 pm

    mi part thanolheh avahah up kurevijje…. 🙂
    Ummeedhu kuran kamudhaane kamah…. 🙂

  2. Hau Thu says:
    June 3, 2015 at 8:39 pm

    Mäï Shä

  3. neem says:
    June 3, 2015 at 8:49 pm

    Hooodyyyur the best writerr..
    I just love u.. thnxxx..
    Haadha salhi ey mi bai vx

  4. Hoody says:
    June 3, 2015 at 8:50 pm

    Thnkx neem… 😀

  5. naaax says:
    June 3, 2015 at 8:50 pm

    hooooodyy… you r the best…

  6. Hoody says:
    June 3, 2015 at 8:52 pm

    Thnkx naaax

  7. sana says:
    June 3, 2015 at 9:06 pm

    hoody next part mirey up kohdhybaaaa..adict vefa mi story ah.cant waitt..love u hoody

  8. Hoody says:
    June 3, 2015 at 9:13 pm

    Dhn maadhan dhw sana… hehehehe….. thnkx ingey… 🙂

  9. naani says:
    June 3, 2015 at 9:17 pm

    Varah reeethi mi part wex… Your just an awesome writer… Keep going on like this.. 🙂

  10. Hoody says:
    June 3, 2015 at 9:20 pm

    Thnkx naani 🙂

  11. smilebuddy says:
    June 3, 2015 at 9:32 pm

    vvvvvv nyc amaizing story

  12. naj says:
    June 3, 2015 at 9:33 pm

    Hoody u r the best writer…I am always impressed with ur writings..mi bai ves vara reethi

  13. Anonymous says:
    June 3, 2015 at 9:35 pm

    V v reethi vaahakaeh mee avahah ap kohdheythee thanks. Ramoo

  14. Hoody says:
    June 3, 2015 at 9:35 pm

    Thnkx smilebuddy naj and anonymous… 🙂

  15. maldha says:
    June 3, 2015 at 9:40 pm

    hoody alhe dhen vaany kihineh tha?mal ahves loabi vevunu meehegge husband eh dheke..ekamaku thivareh nuvey:P.mihaaru eyna ah vure maaa ragalhu meehakaai ekyga miulheny.

  16. reesh says:
    June 3, 2015 at 9:49 pm

    hoody ure the best writer love this story

  17. mau says:
    June 3, 2015 at 9:53 pm

    v.nice story 🙂

  18. Hoody says:
    June 3, 2015 at 9:54 pm

    Thnkx maldha reesh and mau…

  19. jenny says:
    June 3, 2015 at 10:03 pm

    V asarugadha..rovijje mashah..jazla ah ehen nuhadha yaish..

  20. Raa e says:
    June 3, 2015 at 10:09 pm

    Hoody v nei hams….I luv this story n u r the best writer engey.. kiyuntherihnnaa dheytherey v …visnaa hen hyvanny

  21. nihaa says:
    June 3, 2015 at 10:22 pm

    You r the best Hoody…..

  22. Swyt hrt says:
    June 3, 2015 at 10:26 pm

    Hooooooddddyyy u re so best… I luv this story a lot.. Vvvvvvvvv nice on adhi vvv avahah part than avahah up khdhey they’ve thanks vvv much.. Once again thanks n luv this story…<3<3<3

  23. nishy says:
    June 3, 2015 at 10:48 pm

    Hoodyy ur the best vvvvvvv reeethi v vaahaka aneh part kiyaa hithun kehmadhu vefa

  24. faimini says:
    June 3, 2015 at 11:19 pm

    This part also habeys
    Plx next part up koh dhee baa
    Ummmmmmah u r the best

  25. saadhy says:
    June 3, 2015 at 11:57 pm

    Ur the best hooody

  26. xy says:
    June 3, 2015 at 11:58 pm

    Ur best keep it up v nyc 🙂

  27. zilaa says:
    June 4, 2015 at 5:58 am

    Vaahaka v v v reethi

  28. shuhu says:
    June 4, 2015 at 7:01 am

    Wow…mi part ves varah salhi…keep it up hoody..n avahah up kohdheythy v ufaavey…thanx…waiting for next part

  29. Hoody says:
    June 4, 2015 at 8:08 am

    Thnkx all….

  30. yash says:
    June 4, 2015 at 5:34 pm

    Hama varah salhi mi baives ♡♡♡♥♥♥¤♡

Comments are closed.


All Right Reserved!