Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 9 ވަނަ ބައި

Hoody Level 310 Stories100 Comments
June 3, 2015 8 Mins Read
42 Comments

(ކިޔުންތެރިންގެ ސަމާލުކަމަށް! މިވާހަކައިގެ ލޮކޭޝަން އާ މެދު ވަރަށް ގިނަ ކިޔުންތެރިންގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ވާހަކައިގެ ފެށޭ ކޮޅުގައި ސިފަކޮށްދެވިފައިވަނީ މާލެ ކަމަށް ބައެއް ކިޔުންތެރިން ވިދާޅުވެއެވެ. ވާހަކައިގެ އަނެއްބައިން ސިފަވަނީ ރާއްޖެ ތެރެކަމަށްވެސް ވިދާޅުވެއެވެ. ނަމަވެސް އަޅުގަނޑު ބުނެލަން އޮތީ މިވާހަކައިގާ އަޅުގަނޑު ގެންގުޅެނީ ‘ހިޔާލީ ލޮކޭޝަން’ އެއްކަމެވެ. މި ވާހަކަ ލިޔަން ފެށީ ވަކި ރަށެއް ކަނޑަ އަޅާފައެއް ނޫނެވެ. ވީމާ މިކަން ކިޔުންތެރިންނަށް އޮޅުން ފިލައިފި ކަމަށް އުންމީދުކުރަމެވެ. J)

*********************

އެކަނިމާއެކަނި ތުނބުންފުމެމުން ހިނގާލާފައި އައި ޖަޒްލާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ހުވަފެނެއް ފަދައިން އޭނާގެ ލޯބިވާ ޔައީޝް ފެނުމުންނެވެ. މިފަދަ ވަގުތެއްގައި އެންމެ ހިތް އެދޭ މީހާ ފެނުމުން އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަތްފައި ފިނިވިއެވެ. ހީބިހި ހިލުވާލިއެވެ. ޔައީޝް އާ ގަތަށް ދިއުމަށް ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ ޔައީޝް ކައިރީ އިށީނދެ އިން އަންހެން ކުއްޖާ ފެނުމުންނެވެ. ޖަޒްލާ ދެ ލޯ ބޮޑު ވެގެންދިޔައެވެ. ހިތުގެ ތެޅުން އެއްފަހަރާ ހުއްޓުނުކަހަލައެވެ.

އެތަށް އަހަރުކުން ކުރި ބުރަ މަސައްކަތް ފެނަށް ދިޔަހެން ހީވިއެވެ. ދެ ލޯ ފެންކަޅިވެ ކަރުނަ ފައިބަންފެށިއެވެ. އެ ރީތި ދެލޯ ވަށައިގެން ވި އަނދުންތައް ފޭދި ފައިބަން ފެށިއެވެ. ހަމައެހެންމެ އެ ހިތުގައި އަލިފާންރޯވެ ރުޅިގަދަވިއެވެ. އެ އަންހެންކުއްޖަގެ ބޮޑުވެފައިވާ ބަނޑު ފެނުމާއެކު ޖަޒްލާގެ ރުޅި އިހުނައްވުރެ ގަދަވިއެވެ. ގައިމު ކުރިއަކަށް ޖެހިލައިފިތާއެވެ. އޭނާގެ ލޯބިވެރިޔާ ޖަހައިގަނެގެން މި ނަސީބު ގަދަ ކުއްޖާއަކަށް ދުނިޔޭގައި އުޅޭކަށް ލާހިކެއް ނޫނެވެ.

ޖަޒްލާ ލޮލުންއައި ކަރުނަތަށް ފުހެމުން ދުއްވައިގަތީ އައިކޮޅަށެވެ.  އައިނީ އާ ހިސާބަށް ދެވުމުގެކުރިން ކަރުނަތަށް ފުހެ ހަމަޖެހެން އެބަޖެހެއެވެ. އޭނާ ޓިޝޫއަކުން މޫނު ފުހެލުމަށްފަހު ތާޒާވެލައިގެން އައިނީ ގާތަށް ދިޔައެވެ.

ކިތަންމެ ހަމަޖެހޭކަމަށް ހެދުނަސް ޖަޒްލާގެ ހަށިގަނޑު ތުރުތުރު އެޅަމުންދިޔައެވެ. ނޭވައި ކުރުވެ ހާސްވަމުންދިޔައެވެ. އަދިވެސް އޭނާއަށް ގަބޫލުކުރަން ދައްޗެވެ. އިސާހިތަކު އެ ނިތްކުރިމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ.

ޖަޒްލާ އައިނީ ގޮވައިގެން އަވަހަށްއައީ ގެއަށެވެ. އެހާ އަވަހަށް ގެއަށް އައުމުން އައިނީ ޝަކުވާކުރިއެވެ. ނަމަވެސް އެ ކޫސަނި ޝަކުވާތަށް އަޑުއަހާ ހިތެއް ޖަޒްލާގެ ނެތެވެ. އޭނާ އައިގޮތަށް ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި އެނދުމަތިގައިވާ ބާލީސްތަށް އުކައިގަތެވެ. ބެޑްޝީޓް ދަމައިގަތެވެ. މޭޒުމަތީހުރި ރީތިވާ ސާމާނުނުތަށް އެކި ތަންތަނަށް އުކިއެވެ. އެންމެ ފަހުން ފާރުގައި ހުރި ފޮޓޯތަކަށްދަންދެން ޖަޒްލާ އިރިއެވެ. އެންމެ ފަހުން ވަރުބަލިވެ މައިނޭވާ ލެވުމުން އޭނާ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ބާލީހުގައި ބައްދާލަމުން ބާރުބާރަށް ރޮއެގަނެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ. އެ ހުރިހާ ކަރުނައެއް ވަންނަމުންދިޔައީ ޖަޒްލާ މޫނު އަޅައިގެން އޮތް ބާލީހުގެތެރެއަށެވެ.

އޭނާ މިހާ ބުރަކޮށް ޔައީޝް ހާސިލްކުރަން މަސައްކަތް ކުރުމުންވެސް ތަގުދީރު އޭނާގެ ހަޔާތަށް މިދިނީ ކޮންފަދަ ލަނޑެއް ހެއްޔެވެ؟ އޭނާ ދިރިއުޅުންމަތިން މުޅިން މާޔޫސްވެ ފޫހި ވެއްޖެއެވެ. އެވަގުތު ޖަޒްލާގެ ހިތުގައި ހަސަދަވެރިކަމުގެ ކުޑަ ހުޅުކޮޅެއް ރޯވިއެވެ. ޔައީޝްގެ އަންހެނުންނާ ދޭތެރޭ އުފެދުނު ނަފްރަތުގެ ހުޅުކޮޅު އަލިފާންގަނޑަކަށް ބަދަލުވެ، އޭގެ ހޫނުން އަމިއްލަ ނަފްސުވެސް އަނދަން އުޅޭހެން ހީވެއެވެ. ޖަޒްލާގެ ދެ ލޮލުން ފާޅުވެގެންދިޔައީ ރުޅިވެރިކަމުގެ އިންތިހާއެވެ. އޭނާގެ ހައްޤަކަށް އަރައިގަނެގެން އުޅޭކަށް އެ ލަދުކުޑަ ކުއްޖާއަކަށް ހަމަހިލާ ލާހިކެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ޔައީޝް ހާސިލް ކުރުމަކީ ޖަޒްލާގެ އަޒުމެވެ.

ޔައީޝް މެން އޮފީހުން ވަޒީފާގެ ފުރުސަތު އިޢުލާންކުރީ އޭގެ އަނެއް ދުވަހުއެވެ. ޖަޒްލާ ވަގުތުން ސިޓީ ލިއެވެ. އޭނާ ވަޒިފާއަށް ހޮވުނީ އެފެންވަރަށް ކިޔަވާފައިވާ އެހެން މީހަކު ނެތުމުންނެވެ. ޖަޒްލާ އޭނާގެ އިސްތަށިގަނޑު ކަޅުކޮށްލީ އޮފީހަށްދާއިރު ހައިލައިޓް ކޮށްފައި ބަހައްޓަން ބޭނުންނުވާތީއެވެ.

***

“މިއަދު ނިއު ސްޓާފެއް ޖޮއިން ވާނެ،” ފަޒީލް ބުންޏެވެ. ” އަންހެން ކުއްޖެއް!”

” ހޫ ކެއަރސް!” ޔައީޝް އެއްބުމަ އަރުވަލަމުން ބުނެލިއެވެ. އަދި އޭނާ ޓައިޕް ކުރަމުން ދިޔަ ސިޓީ އައިގެން ކުރިއަށް ދިޔައެވެ.

” ތިއެއް ބަލާނަމޭ!،” ފަޒީލް ގެ ރާގުގައި ވަނީ ދިމާކުރުމެވެ.

“ފަޒޭ ވެސް ދޯ!” ގަނޑުތަކެއް ޕްރިންޓް ކުރަން ޖެއްސުމަށްފަހު ޔައީޝް ގޮނޑީގައި ހަމަޖެހިލިއެވެ. “މަ ނޫޅެން ތަނަކުން ފެންނަހާ ކުދިން ފަހަތަކުންނެއް! އަހަރެންގެ އަންހެނުން އަހަންނަށް ފުދޭ! އެހެންނޫނަސް އަހަރެންގެ އަންހެނުން ތިބުނާ ކުއްޖަކަށްވުރެ ހާސްބައި ރީތިވާނެކަން ޔަޤީން!”

” ދެން ތިހާވަރަށް ފޮނި ނުވިއަސް ވެދާނެ! އަހަންނަށް އެނގެއޭ ޔައީޝް ޝައިމާދެކެ ލޯބިވާވަރު!” ފަޒީލް ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮނޑީގައި ލެނގިލިއެވެ. ” ޝައިމާ ޕޮރެގް ވި ފަހުން އަދި އެ މަންޖެ ދައްކާވެސް ނުލަމެއްނު!”

” ދެން މާ އަނގަ ގަދަ ނުކުރޭ!” ޔައީޝް ޕުރިންޓް ކުރި ގަނޑުތަށް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ” އަންނާނަން މި ބޮސް އަތަށް ހަވާލުކޮށްފަ!”

***

ޖަޒްލާވެސް އޮފީހަށް ވަދެގެން އައީ ހަމަ އެވަގުތެވެ. އޮފީހުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން އައި ޖަޒްލާއަކަށް، ކެބިން އިން ނުކުތް ޔައީޝްއެއް ނުފެނުނެވެ. އިސްދަށަށް ޖަހައިގެން އައި ޔައީޝްގެ ގައިގާ އޭނާ ލައްވާލީ އެހެންވެއެވެ. ޔައީޝްގެ އަތުގައި ހުރި ހުރިހާ ގަނޑުތަށް އެގޮތްމިގޮތަށް ވިހުރިގެން ދިޔައެވެ.

ޖަޒްލާ އަރާފައިވާ ހައިހީލް އަރިއަޅާލުމުގެ ސަބަބުން އޭނާ ގޮސް ލައްވީ ޔައީޝްގެ މޭމަތީގައެވެ. ފަޔަށް އެރި ތަދުގެ ސަބަބުން އޭނާއަށް ދެލޯ މަރާލެވުނެވެ. އޭނާގެ ދެއަތް އެއިރު އޮތީ ޔައީޝްގެ ކޮނޑުމަތީ އަޅުވާލެވިފައެވެ. މޫނު ވަނީ ޔައީޝްގެ މޭމަތީ ޖެހިފައެވެ. އެވަގުތު ޖަޒްލާގެ ނޭފަތުގައި ޖެހުނީ ފިރިހެންވަންތަ ސެންޓެއްގެ ވަހެވެ.

ޖަޒްލާ އަވަސް އަވަހަށް ދުރަށްޖެހިލަމުން އިސްއުފުލާ ބަލާލުމާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ކުރިމަތީ ހުރީ އޭނާގެ ހިތުގެ ވެރިޔާއެވެ. އޭނާގެ ލޯބިވާ ޔައީޝްއެވެ. އޭނާގެ ދެ ކޯތާފަތް ވަގުތުން ރަތްވެގެންދިޔައެވެ. ކުޑަކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މި ހިނގާ ދިޔަ ހާދިސާ ހިތަށް އެރުމާއެކު އޭނާގެ މުޅިގައިން ހީބިހި ހިލުވާލައިފިއެވެ.

 ޔައީޝްގެ ނަޒަރު އެއިރު ހުއްޓިފައި ހުރީ ބިންމަތީގައި ހުރި ގަނޑުތަކަށެވެ. އަދިވެސް އޭނާއަކަށް ކުރިމަތީ ހުރި އަންހެން ކުއްޖާއަށް ބަލައެއް ނުލެވެއެވެ.

“ޝިޓް!!” ޔައީޝްއަށް ބުނެވުނެވެ.

” އައިމް ވެރީ ސޮރީ” އިވުނީ އަންހެން ކުއްޖެއްގެ ހިމަ އަޑެކެވެ. ” ގަސްތުގައެއް ނޫން، ސޮރީ!”

“އިޓްސް އޯކޭ!” ޔައީޝް އިސް އުފުލާލުމަށްފަހު ބަލައިލިއެވެ. ކުރިމަތީ ހުރި ޖަޒްލާ އޭނާއަށް ފެނުނީ އެވަގުތެވެ.

 ދިގު އިސްތަށިގަނޑަކާއި ދޮން މޫނެކެވެ. ބޮޑު ދެލޯ އަނދުނުން ފަޅުފިލުވާލާފައި ވާއިރު ފަންދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލަފައެވެ.  ލައިގެން ހުރީ ނޫ ކުލައިގެ ފަހުގެ ސްޓައިލަކަށް ފަރުމާކޮށްފައިވާ ކުރު ހެދުމެކެވެ. ބަލާލުމުންވެސް ފަހުގެ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. އޭނާ ހުރީ ލަދުގަނެފައިކަން މޫނަށް ވެރިވެގަތް ކުލަވަރުން ދޭހަ ވާނެއެވެ.

ޔައީޝް ތިރިވުމަށް ފަހު ގަނޑުތަށް އެއްކުރަން ފެށިއެވެ. ޖަޒްލާވެސް ޔައީޝްއާއި ވަރަށް ގާތުގައި އިށީނދެ ގަނޑުތަށް ނެގުމުގައި އުޅުނެވެ. އޭނާގެ ބޭނުމަކަށްވީ ޔައީޝްގެ ގައިން ދުވި މީރުވަސް އަދިވެސް އެއްފަހަރު ތަޖުރިބާ ކޮށްލުމެވެ.

“އަހަރެންމީ ޔައީޝް!” ގަނޑުތަށް ތަރުތީބުކޮށްލަމުން ޔައިޝް ބުންޏެވެ.

“އައިމް ޖަޒްލާ!” ޖަޒްލާގެ އަތުގައި ހުރި ގަނޑުތަށް ޔައީޝްގެ އަތަށް ދިންއިރު އޭނާގެ އަތް ތުރުތުރު އަޅައެވެ.

“ތީ ދޯ މި އޮފީހަށް އަލަށް ޖޮއިން ވި ކުއްޖާ!” ޔައީޝް، ބޮސް ގެ ކެބިންއާ ދިމާއަށް ހިނގައިގަތެވެ. “އެހާ އަވަހަށް މި އޮފީހު ފިރިހެނުންތަށް ޖަޒްލަގެ ވާހަކަ ދައްކަން ފަށައިފި!”

ޖަޒްލަވެސް ޔައީޝްއާ އެއްވަރަށް ހިނގާފައިގޮސް ވަނީ ބޮސްގެ ކެބިންއަށެވެ.

***

ބޮސްއަތަށް ގަނޑުތަށް ހަވާލު ކުރުމަށްފަހު ޔައީޝް އައިސް އޭނާގެ ކެބިންއަށް ވަނުމާއެކު ފަޒީލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

” ކޮބާ ހީވޭ ކަމެއްހެން؟” ފަޒީލް ހިނިގަނޑު މައިތިރި ކުރަމުން ގޮނޑީގައި ހަމަޖެހިލިއެވެ. “ހާދަ ވަރުގަދަ އެކްސިޑެންޓެކޭ އެހިނގީ ދެންމެ، ހީވީ މުޅި އޮފީސްވެސް ގޮވިހެން!”

“ވަރިހަމައޭ! ހުރިހާ ފައިދާއެއް ފަޒޭއަކަށްނު،” ޔައީޝްވެސް ދިމާކުރެވޭތޯ އުޅުނެވެ. “ޖަޒްލާވެސް މަސައްކަތް ކުރާނީ ހަމަ މި ސެކްޝަނުގަ!”

“ދެން މަށަށް އޮތް ފައިދާއަކީ ކޮބަޔޯ؟”

“މި އޮފީހުގަ ހުސްހަށިބަޔަށްހުރި ހަމައެކަނި ފިރިހެނަކީ ތީ ވިއްޔަ، އެހެންވެ!” ޔައީޝްގެ ވާހަކަ ހުއްޓުނީ ކެބިންގެ ތެރެއަށް ވަދެގެން އައި ޖަޒްލާ ފެނުމުންނެވެ. ފަޒީލް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އިނެވެ. ނަމަވެސް ޔައީޝްގެ މޫނަކުން އެއްވެސް ޝައުގުވެރިކަމެއް ނުފެނެއެވެ.

***

ޖަޒްލާގެ ހިތް ހީވަނީ އުފަލުން ފޮޅިފައިވާ ހެންނެވެ. ޔައީޝްއާއި އެއް ކެބިންއެއްގައި މަސައްކަތް ކުރަން ލިބުންވީ އޭނާގެ ‘ލަނޑުދަނޑި’ ހާސިލްކުރުމަށް ލިބުނު އިތުރު ބާރަކަށެވެ. ޔައީޝްއަކީ އޭނާގެ މިލްކަކަށް ހަދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެއެވެ. އެއީ އޭނާގެ ހިތުގެ އަޑިގައިވާ ވަރުގަދަ އަޒުމެކެވެ.

***

 “ޔައީޝް” ޖަޒްލާ ގޮވާލިއެވެ. “އެޑްމިންގެ ޕާސްވޯޑް ބުނެދީބަލަ!”

“ވިންޑޯސް1234” ޔައީޝް ބުންޏެވެ. އެއިރު ފަޒީލް އިނީ ބަނޑަށް ހީ ހީ ވަރުބަލިވެފައެވެ. ޔައީޝް ފަޒީލާދިމާއަށް ލޯ އަޅައިގަތެވެ.

” މީނަ ކޮންކަމަކާ މި ހެނީ އިނދެގެން؟” ޖަޒްލާ އިނީ ވާނުވާ ނޭނގިފައެވެ.

“މަށަށް ކިޔަނީ މީނަ އެއްނޫން އެނގޭ!”

“އެހެންތަ!، ތިހެންވީރު ނިތްކުރިމަތީގަ ބޯޑެއް ޖަހާފަ ބައިންދާ!” ޖަޒްލާގެ ވާހަކަ ދެއްކުމުގައި ވަނީ ސަމާސާ ރާގެވެ. “ކޮންނަމެއް ކިޔަނީ؟”

“ފަޒީލް،” ފަޒީލް ހިނިތުންވުމަކާއެކީ ބުންޏެވެ. ” އަހުމަދު ފަޒީލް، ރައްޓެހިން ކިޔަނީ ފަޒޭ!”

ޔައީޝްވެސް އަނގަމަތީ އަތް އެޅުމަށްފަހު ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. ފަޒިލް ދެލޯ ބޮޑުކޮށްލަމުން ޔައީޝްއަށް ބަލައިލިއެވެ.

“މީ އަޖައިބެއް ކަހަލަ ބައެއް!” ޖަޒްލާ ބުނެލިއެވެ. ” ހަމަ ތިބެގެން އެބަ ހޭ!!”

***

އޮފީހުގެ ފުރަތަމަ ދުވަސްކަމުން ޖަޒްލާއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. އިރުއިރުކޮޅުން ޔައީޝްއަށް އޭނާ ބަލާލައެވެ. އޭނާ ޔައީޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދާ ފަޒީލްއަށް ކިތަންމެފަހަރަކުވަނީ ފެނިފައެވެ. ފަޒީލްގެ ހިތަށްވެސް އެތަށް އެއްޗެއްއަރަމުންދިޔައެވެ.

***

” ޖަޒްލާ އެބަ ޔައީޝްއަށް ވަރަށް ބަލާ!” ޖަޒްލާ ކެބިން އިން ނުކުތްވަގުތު ބަލާފައި ފަޒީލް ވާހަކަ ދެއްކިއެވެ. “މަށަށް ހީވަނީ ކަމެއްހެން!”

“މަވެސް މިއިންނަނީ ތިކަމާހެދި އުނދަގޫވެފަ! ފޯމު ތަކުގަ ސޮއި ކުރަން އިންއިރުވެސް އޭނަ ބަލަހައްޓައިގެން އިންކަން އެނގޭ، އެކަމު ނޭނގޭކަމަށް ހަދައިގެން މި ހުންނަނީ!” ޔައިޝް އޭނާ ގެންގުޅުނު ފޯމުތަށް ބަރިއަކަށް އަތުރާލުމަށްފަހު މޭޒުމަތީ ބެހެއްޓިއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކު ޔައީޝްއަށް ޖަޒްލާއާއި ކުރިމަތި ލާންޖެހެއެވެ. ޖަޒްލާގެ ހަރަކާތް ތަކުން ޔައީޝް އިންނަނީ އުނދަގޫވެފައެވެ. ކިތަންމެ ގިނަ ބަޔަކު ކެބިން ތެރޭގައި ތިއްބަސް އޭނަ އެހީއަކަށް އެދޭނީ ޔައީޝް ކައިރިން އެކަންޏެވެ. އެކަން ވަނީ ފަޒީލްއަށް ވެސް ފާހަގަ ކުރެވިފައެވެ. އެ އޮފީހުގެ ޓެކްނިޝަން އަކީ ފަޒީލްއެވެ. ނަމަވެސް ކޮންޕިއުޓަރ ސިސްޓަމްގެ މައްސަލައެއް ދިމާވިއަސް ޖަޒްލާ ގޮވާނީ ޔައީޝް އަށެވެ. ފަޒީލްގެ މޭޒުގައި “ޓެކްނިޝަން” ޖަހާފައި އިންނަ ޓެގް އޭނަށް ނުފެންނަނީ ބާއޭ ފަޒީލްގެ ހިތަށް އަރައެވެ.

***

“ޔައީޝް، އާދެބަލަ މި ރަނގަޅުކޮށްދޭން!” ޖަޒްލާ އުޅުނީ ކޮނޕިއުޓަރަށް ކަރަންޓު ނައިސްގެނެވެ. “މީ ކީއްވެފަތަ މިއިނީ؟”

“މަށަށްވުރެ ބޮޑަށް ތިކަމާ އުޅެވޭނީ ފަޒީލަށް!” ޔައީޝް މިފަހަރު އުޅުނީ ނުގޮސް މަޑުކުރާށެވެ. “އޭނާ އެއީ ޓެކްނިޝަން!”

“ފަޒޭ ބިޒީއޭ ދޯ!” ޖަޒްލާ ފަޒީލްއާ ދިމާލަށް ނިތް އަރުވާލިއެވެ. “ދެން އާދެބަލަ”

ޖަޒްލާ ކުރު ނުކުރުމުން ޔައީޝް ތެދުވެގެން ޖަޒްލާގެ މޭޒު ދޮށަށް ދިޔައެވެ. ސީޕީޔޫ އަށް ގުޅާފައި ހުރި ވާގަނޑު ތަކާއި ކުޅެމުންދިޔައިރު ޖަޒްލާ އިނީ ޔައީޝްގެ މޫނަށް ވަރަށް ކައިރިން ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އެތަށް ގުނައަކަށް އިތުރު ވެފައެވެ. އަތްފައި އައްސިވެފައެވެ.

ޖަޒްލާ މަޑުމަޑުން ޔައީޝްގެ ހަށިގަނޑާ ގާތްވަމުން ދިޔައެވެ. ކުއްލިއަކަށް އަތުގައި އޮތް ހީރަސްދަތި ވައްޓާލިއެވެ. ހީރަސްދަތި ނެގުމަށްޓަކައި ތިރިވަމުން، ޔައީޝްގެ ގައިގައި ޖަޒްލާ ބީހިލިއެވެ. އެހަށިގަނޑުން ދުވި މީރު ސެންޓުގެ ވަހުގެ ސަބަބުން ޖަޒްލާގެ ހަށިގަނޑުގައިވާ ހުރިހާ ނާރުތަކަކަށް އޮބި ނޯންނަވަރަށް ލޭ ހިނގައިގަތެވެ.

ޖަޒްލާގެ ބީހުން ޔައީޝްއަށް އިހުސާސްވި ނަމަވެސް އަޅައިނުލާ ކޮންޕިއުޓަރު ރަނގަޅު ކުރެވޭތޯ އުޅުނެވެ. އެވަގުތު އެއްލިކަޅިއަކުން ކޮންޕިއުޓަރު ގުޅާފައިހުރި ކަރަންޓު ބޯޑުގެ ސުވިޗް ނިތްވަލާފައި ހުރި ތަން ފެނުނެވެ. ސުވިޗް ޖައްސާލަމުން އޭނާ އަވަސް އަވަހަށް އެތަނުން ދުރަށްދިޔައެވެ.

ހަޤީގަތުގައި ސްވިޗް ނިއްވާލީ ޖަޒްލާ އަމިއްލައަށެވެ. ބޭނުމަކީ ޔައީޝްއާ ގާތްވުމެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އޭނާ ހާސިލްކޮށްފިއެވެ.

***

މި ހުރިހާ މަންޒަރުތަކެއް ބަލަން އިން ފަޒީލްގެ ނިތްކުރިއަށް ރޫއަރުވާލިއެވެ. ޙަޤީޤަތުގައި އެނާ އެއިނީ ޖަޒްލާދެކެ ވަރަށް ފޫހިވެފައެވެ. އޭނާގެ އަމަލަތަށް އެއްގޮތަކަށްވެސް ފަޒީލްއަކަށް ކަމަކު ނުދިޔައެވެ. ޖަޒްލާގެ ބޭނުން ފަޒީލަށް ވިސްނިއްޖެއެވެ.

***

“އަހަރެން މިހާރު ރުޅިގަދަވާން ފަށައިފި!” ޔައީޝް ކޮފީތަށިން ކޯވަރެއް ދަމާލިއެވެ. “މަށަކަށް ހިއެއްނުވޭ އެއީ ރަނގަޅު އަންހެނެއްހެނެއް! މިއަދުވެސް އުޅުނުގޮތުން މަ ކިރިޔާ ލަދުން މަރުނުވީ! އޭނައަށް މަ މީ މީހެއްގެ ފިރިއެއްކަން އަނގާލަންވީހެން މަށަށް ހީވަނީ!”

“އާނ! މަވެސް ފޫހިވެއްޖެ މިހާރު!” ފަޒީލް އޭނާ އޯޑަރު ދިން ޖޫސްތައްޓާ ކުޅެލަ ކުޅެލަ އިނެވެ.

“ހަދަން ވީ ގޮތަކީ އޭނަ އިންދާ ފަޒޭ އަހަރެންގެ އަންހެނުންގެ ވާހަކަ ދައްކަންވީ! އޭރުން އޭނައަށް އެނގޭނެއެއްނު އަހަރެންގެ އަންބެއް ހުންނަކަން ދޯ!” އެދެމީހުން ވާހަކަ ދައްކަން ތިބީ ކެފޭއެއްގައެވެ.

***

   ސައި ބޮއެ ނިންމައިގެން ދެމީހުން އައިސް ކެބިންއަށް ވަނުމާއެކު އާދައިގެމަތިން ޖަޒްލާ ޔައީޝްއަށް ކަޅިއަޅަން ފެށިއެވެ. އޭނާ ހީކުރާގޮތުން ޔައީޝްއަކަށް އެކަމެއް ނޭނގޭނެއެވެ. ނަމަވެސް އޭނާގެ ކޮންމެ ހަރަކާތެއް ޔައީޝް ދިޔައީ ބަލަމުންނެވެ.

“އޭ ޔައީޝް! ކޮންއިރަކުން ތި ގެއަށް ދާންވީ؟” ވާހަކަ ފެށީ ފަޒީލްއެވެ. ” ކަލޭ އަނބިކަނބަލުންވެސް ނުފެންނަތާ ހާދަ ގިން ދުވަހެއް ވެއްޖެޔޭ! ބަނޑުބޮޑުއިރު ހީވަނީ ވަކިން ރީތިވާނެހެން!”

“އަސްލުވެސް! ބަނޑުބޮޑުވީމަ މާބޮޑަށްވެސް ރީތި!” ވައްކަޅިން ޖަޒްލާއަށް ބަލައިލަމުން ޔައީޝް ބުންޏެވެ. “މިރޭ ގެއަށް ޖައްސާލާ އިނގޭ!”

ޔައީޝްއާއި ފަޒީލް ދެއްކި ވާހަކަތަށް އަޑުއިވުމާއެކު ޖަޒްލާ ކުރަން އިން މަސައްކަތް މަޑުޖެހިގެން ދިޔައެވެ. ކުރިން ދުވަހު ޔައީޝްއާއި އޭނާގެ އަނބިމީހާ އަތިރިމަތީގައި ތިބި މަންޒަރު ލޮލަށް ސިފަވެގެން ދިޔައެވެ. ހިތުގައި އެ އަންހެން ކުއްޖާއާ ދޭތެރޭ އޮތް ހަސަދަވެރިކަން ދެ ގުނައަށް ބޮޑުވެގެން ދިޔަ ފަދައެވެ. ހަމައެއާއެކު އައި ރުޅިން އޭނާއަށް ދަތްކުނޑި ވިކައި ގަނެވުނެވެ. މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ކިތަންމެ ރަނގަޅަކަށްވެސް ފާޅުވެގެން ދިޔައެވެ. މިހުރިހާމަންޒަރެއް ޔައީޝްއަށާއި ފަޒީލްއަށް ފެނެއެވެ. ނަމަވެސް ނުފެންނަކަމަށް ހަދައިގެން ތިބީއެވެ.

***

“ކޮންބައެއް ދަތުރު ދަނީ؟” ކެބިން ތެރެއަށް ވަދެގެންއައީ އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވާ ސަމީމާއެވެ. އޭނާގެ އަތުގައި ނަން ނޯޓުކުރާ ފޮތެއްއޮތެވެ. “އޮފީހުގެ 15 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބޮސް ބޭނުންފުޅުވީ މި އޮފީހުގެ ހުރިހާ މުވައްޒަފުން އެއްކޮށް ޖެހިގެންމިއޮތް ފަޅުރަށަށް ދަތުރެއްދާން! ފަޒޭ ދާނަންތަ؟”

“ނަން ޖަހާފަ ބަހައްޓާ!” ފަޒީލް ބުންޏެވެ.

“ދެން މިކުއްޖާ؟ ދާނަންދޯ؟ ކޮންނަމެކޭތަ ބުނީ؟” ސަމީމާ ބޯކަހާލިއެވެ. “އާނ ޖަޒްލާ!”

“ދާންނަން!” ޔައީޝްއަށް ބަލައިލަމުން ޖަޒްލާ ޖަވާބުދިނެވެ. އެ ބަލާލުމުގައިވާ މާނަ ފުންކަން ޔައީޝްއަކަށް ފާހަގައެއް ނުކުރެވުނެވެ.

“ޔައީޝް ދޭތަ؟ ނުދާނަން ދޯ!” ހިނިގަނޑެއް ޖަހާލަމުން ސަމީމަ ޔައީޝްގެ މޭޒުދޮށަށް ދިޔައެވެ.

“ނުގޮސް ކަމުދޭތަ! ދާނޖެހޭނެއެއްނު!”ޔައީޝް ބުންޏެވެ. “މަ ބޭނުން މަގޭ އަންހެނުން ގެންދަން! އޯކޭ ދޯ؟”

“މައްސަލައެއް ނޯންނާނެ!” ސަމީމާ ނުކުންނަން ހިނގައިގަތެވެ.

ޖަޒްލާގެ މޫނު ބަނަވެގެން ދިޔައެވެ. ވަގުތުން ދަތުރު ދާހިތް ކެނޑިއްޖެއެވެ.

“މަގޭ ނަން ކަނޑާލާ! މަށެއް ނުދާނަން!” ޖަޒްލާ ބުނި އަޑު އިވުނެވެ. ޔައީޝްއާއި އޭނާގެ އަންހެނުން ކުޅޭކުޅިވަރުތައް ބަލާކަށް ޖަޒްލާއަކަށް ކެތެއް ނުކުރެވޭނެއެވެ.

“އެޔޯ! އުހުން ދާން ޖެހޭނެ! ނަމެއް ކަނޑައެއް ނުލާނަން” ސަމީމާ ހިނިތުންވެލުމަށް ފަހު ނުކުމެގެން ދިޔައީއެވެ.

***

އުޑުމަތި ސާފު ދުވަހެކެވެ. ވައިވެސް ޖެހެނީ ވަރަށް އާދައިގެ ވަރަކަށެވެ. ދަތުރު ދާން ނުކުތް މީހުންގެ ތެރޭގައި ޔައީޝް އާއި އޭނާގެ އަންހެނުން ޝައިމާވެސް ހުއްޓެވެ.

“ކޮބާ ނައްޓާލަންވީތަ؟” ކައްޕި ގޮވާލިއަޑު އިވުނެވެ. “އެންމެން ހަމަވީ؟”

“މަޑު ކުރޭ! އެކަކު މަދު!” ކޮންމެވެސް މީހަކު ބުނިއަޑު އިވުނެވެ.

އިރުކޮޅަކުން ފެނުނީ ތެޅެމުން ފޮޅެމުން އައިސް ދޯންޏަށް އެރި ޖަޒްލާއެވެ. އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓުނެވެ.

“ސޮރީ!” ޖަޒްލާ ދޯނީގެ ގެގަނޑުކައިރީ އިށީނެވެ. “ލަހުން ހޭލެވުނީމަ ލަސްވީ!”

“ހާދަ ނިދިގަދައޭ ދޯ!” ކޮންމެވެސް ފިރިހެނަކު ބުންޏެވެ.

“ދެން ގޮވަން އައިނަމައެއް ނޫންދޯ!” ޖަޒްލާވެސް ދުލެއްނުކުރިއެވެ.

އޮޅިގެން ނަމަވެސް ޖަޒްލާއަށް އިށީނދެވުނީ ޔައީޝް އާއި ޝައިމާގެ ކުރިމަތީގައެވެ. ޔައީޝް ހީކުރާގޮތުގައި އެއީވެސް އޭނަ ގަސްތުގައި ކުރިކަމެކެވެ. އެހެންކަމުން އޭނަގެ މޫޑު ހަރާބުވިއެވެ.

“ހިނގާ އެކޮޅަށް!” ޔައީޝް ތެދުވަން އުޅުނެވެ.

“އުހުން!” ޝައިމާ ބުންޏެވެ. “މިތަން ރަނގަޅޭ، މިތަނަށް ވަރަށް ސަޅިވައިވެސް އެބަޖެހެއެއްނު!”

ޔައީޝް އިތުރަށް ދެކޮޅުހަދާކަށް ނޫޅުނެވެ. ނަމަވެސް އޭނާ ބެލީ ވީހާވެސް ޖަޒްލާއަށް ނުބަލަ އިނދެވޭތޯއެވެ. ޔައީޝްއަށް އުނދަގޫވެފައި އިންކަން ޝައިމާއަށްވެސް ދެނެގަނެވުނެވެ. އޭނާ މަޑުމަޑުން ޔައީޝްގެ އުނގުގައި ބޯއަޅާލިއެވެ.

“ކިހިނެއްވެފަ ތިއިނީ؟!” ޝައިމާ އޮތީ ޔައީޝްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ކަމެއް ވެއްޖެތަ؟” ޔައީޝް ކުޑަކޮށް ސިހުނުކަން ޝައިމާއަށް ފާހަގަ ކުރެވުނެވެ. ” ކޮންކުލައަކުން ބޭބީއަށް އެއްޗެހި ގަންނާނާނީ؟” ޔައީޝް މަޢުލޫ ބަދަލު ކޮށްލިއެވެ.

“ޕިންކް އެންޑް ބްލޫ މިކްސް ކޮށް ގަންނާނީ!” ޝައިމާ މަޑުމަޑުން ލޯ މަރާލިއެވެ. “އޭރުން ބޭބީ، ގަރލްއަކަށްވިއަސް ބޯއީއަކަށްވިއަސް އޯކޭ ވާނެއެއްނު ދޯ”

“ހުމްމް!”

ޖަޒްލާގެ ހިތް ރުޅިވެރިކަމުން ފުރިފައިވާކަން ބަލާ މީހުންނަކަށް ނޭނގޭނެއެވެ. އޭނާ ދަތުރު ނާންނަން އުޅުނު ސަބަބަކީ މިއީއެވެ. އޭނާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހިންދަން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއްނުވިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން އަވަސް އަވަހަށް ފުހެލިއެވެ. އަދި ހަމަޖެހިލުމަށްފަހު ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

***

ދުރުގައި މި މަންޒަރު ބަލަން އިން ފަޒީލްގެ ހިތުގައި ސުވާލު އުފެދުނެވެ. ޖަޒްލާގެ ހަރަކާތްތަކުން އޭނާއަށް ސިފަވީ އިންތިހާއަށް ލޯބިވާ ލޯބިވެރިޔާ އެހެން މީހެއްގެ އަތުތެރޭގައި ވަނިކޮށް ފެނުމުން ކުރެވޭ ފަދަ އިހުސާސްތަކެކެވެ.

ހިޔާލުތަކަށް ގެނބިފައި އިން ޖަޒްލާ ސިހުނީ މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމަންފެށުމުންނެވެ. ދޯނިތެރޭގައި ޖަހަމުންދިޔަ ބެރުގެ އަޑާއި މީހުންގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތަށް ފޯރީ އެވަގުތެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި ހަމްދޫން، ނަށަން އައުމަށް އެދުމުންވެސް ޖަޒްލާ އިންތަނުން ގުޑައި ނުލިއެވެ. އެހެންކަމުން ހަމްދޫނުވެސް އަޅައިނުލާ ދިޔައީއެވެ.

***

ދޯނި އައިސް ވެލިގަނޑަށް ބީއްސާލުމާއެކު މީހުން ފައިބަން ފެށިއެވެ. ޔައީޝް ޝައިމާ އަތްދަނޑިމަށްޗަށް ލައިގެން ދޯނިން ފޭބިއެވެ. ޖަޒްލާ މިމަންޒަރު ބަލަން އިނީ ދަތްކުނޑި ވިކައިގެންނެވެ. ހަޤީގަތުގައި ޔައީޝްގެ އަތްދަނޑިމަތީގައި އޮންނަން ޖެހޭނީ އޭނާކަމަށް އޭނާ ގަބޫލު ކުރެއެވެ. އެއީ އޭނާގެ މަގާމެކެވެ.

ދޯނިން ހުރިހާ އެންމެން ފައިބައިގެން ދިޔައިރުވެސް ޖަޒްލާ ދޯނީގައި ފައިބަން ނޭނގިފައި އިނީ ފޫހި ވިލެއް ބޮޑުކަމުންނެވެ. ނަމަވެސް އެހެން އިނދެގެން ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟ ޔައީޝް އޭނާގެ މީހަކަށް ހަދަން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރަން ބޭނުމެވެ. އެހެން ކަމުން އޭނާ ހިތްވަރުކޮށްލަމުން ތެދުވެއްޖެއެވެ.

ޔައީޝް އާއި ޝައިމާ އައިސް އިށީނީ ވެލިގަނޑުމަތީގައެވެ. އިރުކޮޅަކުން ޔައީޝްއަށް އިވުނީ ޖަޒްލާ ގޮވާއަޑެވެ. އެ ދިމާއަށް ބަލައިލިއިރު ޖަޒްލާ ހުރީ ދޯނިން ފައިބަން  ނުކެރިފައެވެ.

“ޔައީޝް! އާދެބަލަ މަ ބާލަދޭން!”

“ޝައީ! އެބައަންނަން އެ މަންޖެ ބާލަ ދީފަ، އެހަށް ތިތާ ރެސްޓް ކޮއްލާ! ” ޔައީޝް ތެދުވެގެން ހިނގައިގަތެވެ.

ޔައީޝް ދޯނި ދޮށަށް މަޑު ކޮށްލުމަށް ފަހު ޖަޒްލާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ޖަޒްލާ ވަގުތުން ފުރުސަތުގެ ބޭނުން ހިފާލިއެވެ. އޭނާ ފުންމަލީ ޔައީޝްގެ ގައި މައްޗަށެވެ. އެއާއެކު ދެމީހުން އެއްފަހަރާ ވެއްޓުނީ މޫދަށެވެ. ދެމީހުން ތެމި ފޯވިއެވެ. އެއިރު ޖަޒްލާ އޮތީ ޔައީޝްގެ ގައިމަތީގައެވެ. ޔައީޝް ވަގުތުން ޖަޒްލާ ދުރަށް ޖައްސަލަމުން ތެދުވިއެވެ. ނަމަވެސް ޖަޒްލާ ހަމަ އެ އޮތްތާ އޮތީއެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ.

“ސޮރީ!” ޖަޒްލާ ޔައީޝްގެ މޫނަށް ބަލައިލިއެވެ. “މަށަށް މާ އަވަހަށް ފުންމާލެވުނީ ދޯ!”

“އިޓްސް އޯކޭ!” ޔައީޝް ޖަޒްލާ ނަގައިދިނުމަށްފަހު މިސްރާބު ޖެހީ ޝައިމާ އާ ދިމައަށެވެ. ޔައީޝް ގޮސް އިށީނީ ޝައިމާ ކައިރީގައެވެ. ޖަޒްލާވެސް އައިސް ޝައިމާގެ އަނެއްފަޅީގައި އިށީނެވެ.

“މިއީތަ ޔައީޝްގެ ވައިފް؟” ޖަޒްލާ އަހާލިއެވެ. “ހައި، މީ ޖަޒްލާ! ޔައީޝް އޮފީހުގެ ސްޓާފެއް!”

“ހައި!” ޝައިމާ ޖަޒްލާއަށް ސަމާލުކަން ދިނެވެ. “މީ ޝައިމާ!”

“މި ޔައީޝް އޮފީހުގަ ވަރަށް ޝައިމާގެ ވާހަކަ ދައްކާ އެނގޭ!” ޖަޒްލާ ހިނިގަނޑެއް ޖަހާލިއެވެ. “އަނބިމީހާ ދެކެ ލޯބިވާ ފިރިން ފެނެއެއްނު ދޯ!” ޖަޒްލާގެ ރާގުގައި ހަސަދަ އެކުލެވިފައި ވާކަން ޝައިމާއަށް ފާހަގަ ވިއެވެ. ނަމަވެސް އޭނާ އެނގޭ ކަމަކަށް ނުހަދައެވެ.

  ޝައިމާ އާއި ޖަޒްލާ ވާހަކަ ދައްކަމުން ދިޔައިރު ޔައީޝް ކައިރީގައި އަޑުއަހަން އިނީ ހިތްހަމަ ނުޖެހިފައެވެ. ޖަޒްލާގެ ކޮންމެ ބަހެއްގައި ފޮރުވިފައިވާ މާނައެއްވާކަން އޭނައަށް ފާހަގަވެއެވެ.

“މިކަހަލަ މާހައުލެއްގަ ހާދަ ރިލެކްސިންއޭ!” ޝައިމާ މަޑުމަޑުން ވެލިގަނޑާ ކުޅެން ފެށިއެވެ. އެއިރު ޖަޒްލާގެ ނަޒަރު ހުއްޓިފައި ހުރީ ޝައިމާގެ ބޮޑުވެފައިވާ ބަނޑަށެވެ. ދެ ބުމަ ހުރީ ގޮށްޖެހިފައެވެ….

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ފަނާ 18

Next

ފަނާ 19

Next
June 3, 2015

ފަނާ 19

Previews
June 2, 2015

ފަނާ 18

42 Comments!

  1. Hoody says:
    June 3, 2015 at 9:08 am

    … Alhamdhu lillah…. 😀 Internet ge massala hallu vejje…. mi part thankolheh dhigukohvex genes dhevijje
    kamudhaane kamah ummeedhu kuran….

  2. faai says:
    June 3, 2015 at 9:44 am

    Wow,, v v rythi… Aneh part awahah up kohdhy hoody,, kiyaahithun moya wany mihaaru,, hehe

  3. Hoody says:
    June 3, 2015 at 9:53 am

    hehe…. thnkx faai…. next part veehaavex avahakah up kureveythw balaanan…. 😀

  4. nihaa says:
    June 3, 2015 at 9:54 am

    Vrh reethi…

  5. naaz says:
    June 3, 2015 at 9:59 am

    Mi vaahaka v.reethi

  6. Hoody says:
    June 3, 2015 at 9:59 am

    Thnkx nihaa and naaz… 🙂

  7. mooko says:
    June 3, 2015 at 10:07 am

    hey….. me first… vaahaka v v v v salhi kon duvahakun den upvaany.

  8. Hoody says:
    June 3, 2015 at 10:16 am

    Ow mooko… mifaharu first eh noon dhw…. BTW, thnkx ingey…. In Sha Allah mirey next part up kohdheynan… 🙂

  9. shuhu says:
    June 3, 2015 at 10:22 am

    Mi Jazla gandu moyavegentha miulheny..eyna annahaa dhuvaheh vandhen yaeesh nujehey dho hunnaakah..huvaa mibuny haadha foohiveyey..yaeesh aky Shaima ge haggeh..hoody mi Jazla gandah gotheh hadhaaba..

  10. shuhu says:
    June 3, 2015 at 10:24 am

    Btw story hama habeys…love it..

  11. Hoody says:
    June 3, 2015 at 10:27 am

    ahahahaha…….. Yeah shuhu… jazlaa ah adhi bondi eh libeyne…. edhuvahun shuhu varah happy vaane dhw… hehehe Thnkx ingey 🙂

  12. reesh says:
    June 3, 2015 at 10:27 am

    Nice. … hoody when z nxt part uploading. …. waiting waiting. … ure story z grt

  13. Hoody says:
    June 3, 2015 at 10:45 am

    Thnkx reesh 🙂

  14. Shaan says:
    June 3, 2015 at 10:58 am

    Thanks Hoody. Nice story

  15. Maisha says:
    June 3, 2015 at 11:01 am

    nice story 🙂

  16. Hoody says:
    June 3, 2015 at 11:06 am

    Thnkx Shaan and maisha… 🙂

  17. Shaiha says:
    June 3, 2015 at 11:13 am

    Vvvv.nice

  18. Hoody says:
    June 3, 2015 at 11:43 am

    Thnkx shaiha…

  19. neem says:
    June 3, 2015 at 11:47 am

    Masha allah, v v v reethi vaahaka..
    Hoody thy hamaerfect, v v happy thiha avahah miha reethi vaahakeh up khdheythy.. waiting fer yhe next part

  20. Hoody says:
    June 3, 2015 at 11:54 am

    Thnkx neem… 🙂

  21. sana says:
    June 3, 2015 at 12:20 pm

    huvaaa mivaaahaka vrh interstng..dhuvaaalaku ethah faharu up vefa intho balaalevey.hoody ur the best.:)

  22. Axu says:
    June 3, 2015 at 12:43 pm

    Oh.. Wow.. V nice mi part vx .. Avx koh next part vx up khdhyba can’t wait……

  23. Hoody says:
    June 3, 2015 at 12:55 pm

    Thnkx sana and axu…. 🙂

  24. liu says:
    June 3, 2015 at 12:58 pm

    can anyone tell me in what and how to edit pictures like this .. pls i really need to know …

  25. Hoody says:
    June 3, 2015 at 1:03 pm

    Liu… yu are talking about the cover pic right? eythi edit koffa eiy photoshop in….. its quit easy…. 🙂

  26. liu says:
    June 3, 2015 at 1:13 pm

    oh and by the way mee varah nice story eh…. varah thaffaathu biruveri vaahaka eh mee … … konme dhuvahaku upload vefa in tho balaa levey… next part avahah upload kohdhehchey hoody … and fb page eh indheytha hoody ge ??? … anyways keep it up ❤️

  27. ssssssssssssss says:
    June 3, 2015 at 1:15 pm

    Thnkx neem………………….

  28. Hoody says:
    June 3, 2015 at 1:30 pm

    Thnks liu…

  29. shaara says:
    June 3, 2015 at 2:01 pm

    Hoody mirey 8 ge kurin upp kohdheyne kamah umeedhukuran
    U r the only regular writer !BTW a nice stry

  30. zilaa says:
    June 3, 2015 at 2:43 pm

    V v v v reethi vaahaka kuri ah dhaa goy. Adhi v happy thihaa avahah up kuraathi….good job

  31. neem says:
    June 3, 2015 at 3:19 pm

    Anehkka vx vaahaka e kiyaalevuny, hama reethi kamun.. haadha reehchey mi vaahaka.. maasha allah..
    N keehvetha mi vaahakaaga cover pic ga, dont go to sleep e innany
    V v visnaifin, geteh nuvi

  32. Hoody says:
    June 3, 2015 at 3:33 pm

    Thnkx shaara zilaa and neem….
    “dont go to sleep” eiy mee ga ulhey creature dhey msg eh….. 🙂 fahun engeyne….

  33. Aisha Reema says:
    June 3, 2015 at 3:35 pm

    Mi vaahaka liunu hoody ge fb id bunedheyn v nu.. hoody ei hamaerfect writer eh.. hoody gaathun beynun vaahaka liyan dhas kuran..♡♡♡

    1. Hoodh Ibrahim says:
      June 3, 2015 at 4:34 pm

      Thnk you… This is me…. :p 🙂

  34. reethi says:
    June 3, 2015 at 3:40 pm

    Nice vahaka ey .keep up

  35. Hoody says:
    June 3, 2015 at 4:31 pm

    Thnkx Aisha Reema and reethi… 🙂
    Alhugandu ge FB ID ga inaanee “Hoodh Ibarhim”….. Black kulaige Profile picture eh laafa…. Cover ga innaanee Eye glass eh………

    1. athoo says:
      July 26, 2015 at 5:33 pm

      mee face book ID share kuran hulhuvaafa in website eh noon!

  36. saadhy says:
    June 3, 2015 at 5:59 pm

    Hoody gadha ingay

  37. Hoody says:
    June 3, 2015 at 8:40 pm

    Thnkx saadhy….

  38. fai mini says:
    June 3, 2015 at 11:14 pm

    Nice story
    Hama habeys

  39. yash says:
    June 4, 2015 at 5:31 pm

    ♡♡♡♡♡♡♡♡♡♡

  40. athoo says:
    July 26, 2015 at 5:31 pm

    hoody haadha amilla vaahaka gina ey dhw! varah foohivey

Comments are closed.


All Right Reserved!