Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (15 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 21, 2015 4 Mins Read
11 Comments

ދާނިޔާ އިރުއިރުކޮޅަކާ ނީމްމެންގެ ފޮޓޯ ނަގަމުން ގެންދެ އެވެ. މިކައިވެނި ކުރެވުނީ ދިނާޔާގެ ހިތްހަމަ ޖައްސައިދެވޭތޯ އެވެ. ޝެރިން ގެއްލުމުގެ ހިތާމަ ލުއި ކޮށްދެވޭތޯ އެވެ. މިކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވެއްޖެ އެވެ. ދިނާޔާގެ މޫނުމަތި މިއަދު އުޖާލާވެ އަލިވެފައި ވަނީ އޭނާއަށް ޅީދަރިއެއް ލިބުމުންނެވެ. ދިނާޔާ ގާތު ސަޢުދިއްޔާ އާއި، އެހެން ވަރަށް ގިނަ އަންހެނުން ތިއްބެވެ. ހުރިހާ އެންމެންވެސް ހީކޮށްގެން ތިބީ ދެން ދިނާޔާއަށް އުފާވެރިކަމެއް ލިބޭނެ ކަމަށެވެ. ނަމަވެސް ތަގުދީރު މިކަމަށް އެއްބަސްވެދާނެ ބާއެވެ؟

 

……………………………………………

ޝެރިނަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ދަންވަރު އެކެއް ޖަހަނީ އެވެ. ނޭނގޭ ސަބަބަކާހުރެ އޭނާގެ ހިތް ވަރަށް ބާރަށް އެބަ ތެޅެ އެވެ. މަޑުމަޑުން ތެދުވެ ކައިރީ އޮތް އޭނާގެ އެކުވެރި ކުދިންނަށް ބަލާލި އެވެ. އެވަގުތު އެތަނުގައި މިޒޫކީ ނެތްކަން ޝެރިނަށް ފާހަގަވި އެވެ. އެހެންޏާ ކައިރީ އޮންނަ މިޒޫކީ ނެތުމުން ޝެރިންގެ ހިތަށް ބިރުވެރިކަން ވަނެވެ. މިޒޫކީ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މިގަޑީ އޭނާ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެވަގުތު ކުރިންރޭ ވެސް ޝެރިނަށް ހޭލެވުންއިރު ފެނުނީ މިޒޫކީ ކޮންމެވެސް ތާކަށް ގޮސް އަންނަނިކޮށެވެ. އެރޭ ޝެރިން ސުވާލު ކުރުމުން މިޒޫކީ ބުނީ ވައިޖައްސާލަން ކޯރިޑޯއަށް ނިކުމެލީ ކަމަށެވެ. ނަމަވެސް މިރޭ އެއްވެސް ޚަބަރެއް ނުވާތީ ޝެރިންގެ ހިތުގައި އެތަށް ވަހުމެއް އުފެދުނެވެ. ގާތުގައި އޮތް ޔޫކޯއަށް ގޮވަންފެށި އެވެ. ނަސީބަކުން ދެފަހަރަކު ގޮވާލާއިރަށް ޔޫކޯ ތެދުވެއްޖެ އެވެ.

“ޝެރިން ނުނިދާ ރެއެއްތަ…؟ ކީއްކުރަން ތިހޭލެއްވީ މިގަޑީ…” ދެބަދޭތެރޭގައި ކަހަލަ ގޮތަކަށް ޔޫކޯ ވާހަކަ ދެއްކި އެވެ. ނިދި އަޑުކަމުން އަޑު ހުރީ ފާޑަކަށް ކުރެހިފަ އެވެ.

“ޔޫކޯ… މިޒޫ އެއް ނެތް!” ޝެރިންގެ އަޑު ތުރުތުރު އަޅާގަތެވެ. ޔޫކޯ ކުއްލިއަކަށް ތެދުވި އެވެ. ދެލޮލުގައި އަތް އުނގުޅާލުމަށްފަހު، ދޮރާދިމާއަށް ހިނގާގަތެވެ. ޝެރިންވެސް ނިދާފައި ތިބި ކުދިންތަކުގެ ގައިމައްޗަށް ނޭރޭނޭހެން ފައިއަޅަމުން ޔޫކޯ ފަހަތުން އައެވެ.

“ކޮންތާކަށްތަ ތިދަނީ؟؟” ޝެރިނަށް އަހާލެވުނެވެ.

ޖަވާބުގައި ޔޫކޯ އަތުގެ އިޝާރާތުން ހަނުހުރުމަށް އެންގި އެވެ. ވަރަށް ބޮނދަބޮނދައިގެން އެހަނި ކޯރިޑޯއަށް ނިކުމެ ކުރިއަށްދިޔައީ ދެހިޔަނި ފަދައިންނެވެ. ތަންކޮޅަކަށް ދެވުނުތަނާ ޝެރިން ކުއްލިއަކަށް ހުއްޓުނެވެ. އަދި ހަމަ އެސިކުންތުތެރޭ ކުރިއަށް ހިނގަހިނގާހުރި ޔޫކޯގެ އަތުގައި ހިފާ ދަމާގަތީނުން ޔޫކޯ ފަހަތަށް އަރިއަޅާލީ ޝެރިނާ ދިމާއަށެވެ. އެއާއެކު ދެމީހުންވެސް ގުޅައަކަށް ޖެހިއްޖެ އެވެ.

“ކީއް……” ޔޫކޯގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޝެރިން އޭނާގެ އަނގަމަތީ އަތްއެޅި އެވެ.

“ޝްސްސް…! އަޑުއަހާބަލަ…!!” ޝެރިން ހިތްހަމަނުޖެހިފައި ބުންޏެވެ.

ދެމީހުން އެއްޗެކޭ ނުބުނެ ހިމޭނުން ތިބީ އިވޭއަޑަކަށް ސަމާލުކަން ދީގެންނެވެ. އެވަގުތު ޔޫކޯއަށްވެސް އެއަޑު އިވުނެވެ. އެއީ ކުއްޖަކު ގިސްލަމުންދާ އަޑެވެ. ޝެރިނަށާއި ޔޫކޯއަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުނެވެ. އެކުދިންނަށް އެއީ މިޒޫކީގެ އަޑުކަން އެނގުނީ އެވެ. އެއަޑު އަންނަމުން ދިޔައީ ޖެހިގެން ހުރި ގުދަނުގެ ތެރެއިންނެވެ. އަވަސް އަރުވާލާފައި ތެދުވަން ހަދައިގެން ކައިރީ ހުރި ފޮށިތަކުގައި ޔޫކޯގެ ފައި އަޅާގަތެވެ. އެއާއެކު ފޮށިގަނޑުތައް ހެލުނުލެއް ބާރުކަމުން ހުރިހާ ފޮށްޓެއް އަރިއަޅާލި އެވެ. ޝެރިނާއި ޔޫކޯ ކަންފަތުގައި އަތް އެޅި އެވެ. ގަދަ އަޑުފައްގަނޑަކާއެކު ހުރިހާ ފޮށްޓެއް ވެރުނު ވަގުތާއި، ބިރުން އަވަދި ވެފައިހުރި ޔޫކޯ ޝެރިންގެ ގައިގައި އޮޅުލައިގަތް ވަގުތާ ދިމާވީ އެއްވަގުތަކަށެވެ. އެވަގުތު ގުދަނުގެ ކޯރިޑޯއަށް ނިކުމެވެން ހުންނަ ދޮރު ހުޅުވުނުއަޑަށް ޝެރިން ހުޝިޔާރު ކަމާއެކު ޔޫކޯގެ އަތުގައި ހިފައިގެން ވެއްޓިފައި އޮތް ހުސް ފުރިޖު ފޮށިގަނޑެއްގެ ދަށަށް ވަދެ ފިލައިފި އެވެ. ފޮށިގަނޑު ތެރޭ ފިލާތިބިއިރު މީހެއްގެ ފިޔަވަޅު ތަކަކާއި، ޓޯޗެއްގެ އަލި އެދިމާއަށް އަންނަތަން ފެނުމާއެކު ޔޫކޯ ޝެރިންގެ އަތުގައި ވިކައިގަތެވެ. މަޑުން ހުރުމަށް ޝެރިން ޔޫކޯ ގާތު އިޝާރާތްކުރަމުން ގެންދިޔަ ނަމަވެސް ޝެރިންގެ ހިތްވެސް ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެ ހެންނެވެ.

ފޮށިގަނޑު ދަށުން ފެންނަނީ އެމީހެއްގެ ބޫޓު އެކަންޏެވެ. އައިގޮތަށް ހުއްޓުނީ ޝެރިންމެން ތިބި ފޮށިގަނޑުގެ ދިމާ ކުރިމަތީގަ އެވެ. ޝެރިން ސިއްރުސިއްރުން ޔޫކޯއާދިމާއަށް ބަލާލި އިރު އޭނާ އޮތީ ދެލޯމަރާ ބާރުކޮށްގެންނެވެ. އެވެސް ނަސީބެކޭ ޝެރިންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާ ބިރުން އަވަދިވެ ފޮށިގަނޑުވެސް މިހާރު އޮންނާނީ ތެޅިތެޅި އެވެ. ކުއްލިއަކަށް އެމީހާ ޝެރިންމެން ތިބި ފޮށިގަނޑާ ޖެހިގެންއޮތް ފޮށިގަނޑު ހިއްލާލައިފި އެވެ. ފޮށިގަނޑު ނުހިއްލާތޯ ދުޢާކޮށްކޮށްއިން ޝެރިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ނަމަވެސް ދެން ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެމީހަކު އެތަނުން ދުރަށް ދިޔުމުންނެވެ. އެމީހާ ކޯރިޑޯއިން ދަންދެން ބަލަން އޮތުމަށްފަހު ފޮށިގަނޑު ދަށުން ޝެރިނާއި، ޔޫކޯ ނުކުމެއްޖެ އެވެ. އޭރު ދެކުދިންވެސް ތިބީ ފިނިދާ ހިއްލާފަ އެވެ. ދެން އެކުދިން މިސްރާބު ޖެހީ ގުދަނާ ދިމާއަށެވެ.

“މިޒޫ!” ގުދަނުގެ ތެރެއަށް ވެއްޓިފައި އޮތް މިޒޫކީ ފެނުމާއެކު ޝެރިނާއި ޔޫކޯ އެދިމާއަށް ދުއްވާގަތެވެ. މިޒޫކީއަށް އޮތީ ހިރި ނުލެވޭ ވަރަށް އަނިޔާކޮށްފަ އެވެ. އެނާޒުކު ހަށިގަނޑުގައިވި ލަކުނުތައް ވަނީ ރަތްވެ، ބައެއް ތަންތަން ދުޅަވެސް ވެފަ އެވެ. މިއީ ކޮންފަދަ އަނިޔާތަކެއްކަން އެ ޅަސިކުނޑިތަކަށް ނަގައިނުގަނެވުނަސް މިއީ ދާދި ދެންމެ ޝެރިންމެނަށް ފެނުނު މީހާގެ ކަމެއްކަން ކަށަވަރެވެ.

“މިޒޫ… ތިއޮތީ ކިހިނެތްވެފަ؟ އެމީހާ ކީއްވެގެން ޖަހާފަ މިހުރީ…؟؟” މިޒޫކީގެ ކޮނޑުގައި މަޑުމަޑުން އަތްބާއްވާލަމުން ޔޫކޯ އެހީ ހިތްދަތިވެފަ ހުރެގެންނެވެ. އެވަގުތު މިޒޫކީ މަޑުމަޑު އާހެއް ދޫކޮށްލުމުން ޔޫކޯ އަވަހަށް ކޮނޑުން އަތް ނަގާ ބަލާލިއިރު އޭނާގެ އަތުގައި ހުރީ ލޭހޭކިފަ އެވެ.

“މިޒޫ……! ތިއޮއް ލޭއަންނަނީއެންނު… ޝެރިން… ދެން… ދެން ކިހިނެއް ހަދާނީ…؟” ޔޫކޯ ހާސްވެގެން ތެޅިފޮޅިގަތެވެ. ޝެރިން ކައިރި ހިސާބަކުން ފޮތިކޮޅެއް ހޯދައިގެން މިޒޫކީގެ ޒަޚަމް ތަކުގައި ފޮތިކޮޅު އޮޅާލި އެވެ. އެވަގުތު ފެންފޮދަކަށް މިޒޫކީ އެދުނެވެ. ދެންއައި ސިކުންތުގައި އޭނާ ހޭނެތިގެން ވެއްޓިއްޖެ އެވެ. ޝެރިނާއި ޔޫކޯވެގެން މިޒޫކީ ނަގައިގެން ގެންދިޔައީ އެކުދިންގެ ކޮޓަރިއަށެވެ. ޔޫކޯގޮސް ދެން ތިބި ކުދިންނަށް ގޮވަންފެށި އެވެ. މިޒޫކީގެ ގައިގައިހުރި ޒަޚަމްތައް ފެނުން ސާފުކޮށް، ވަކިން އަރާމުކޮށް ނިދޭނޭގޮތަށް އެނދެއް ތައްޔާރުކޮށް، ރަޖާ އަޅައިދީ ހުރިހާ ކަމެއް ކޮށްދިނީ ހުރިހާކުދިން ވެގެނެވެ. އޭރު އޭނާ ހޭވެސް އަރައިފި އެވެ. އެހެންކަމުން ޕްލާސްޓިކު ތަށްޓަކަށް ފެންއަޅާފައި ދިނުމުން ފެންތަށި ހުސްކޮށްލައިފި އެވެ. މިއީ އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ.

ކުދިންތައް ނިދާ ހަމަޖެހުމުން ޝެރިނާއި ޔޫކޯ، މިޒޫކީ ގާތަށް ދިޔައެވެ. އޭރު މިޒޫކީވެސް ވަނީ ކުޑަކޮށް ހަމައަކަށް އެޅިފަ އެވެ.

“އެމީހާ ކީއްކުރީ؟؟ ކީއްވެ މިހެން މިދިމާވީ؟” ޔޫކޯ އެހި އެވެ.

“އަހަރެން އުޅުނީ އަނެއްފަރާތު ކޮޓަރިބަރިއާ ހަމައަށް ދާންވެގެން… އެތަނުގެ ސީސީޑީ ކެމެރާތައް ލޭޒަރު އަލި އަޅުވައިގެން ކެމެރާތަކަށް ފެންނަ މަންޒަރުތައް ނުފެންނަގޮތަށް ހަދަން.. އުޅެނިކޮށް އެމީހާއަށް ފެނުނީ އަހަރެން… އެއީ ވަރަށް ގޯސް މީހެއް… ވަރަށް އަނިޔާ ކުރި… އާހް… ތަދުވަނީ…” މިޒޫކީއަށް ރޮވެން ފެށުނީ އޭނާގެ ކޮނޑުގައި މާގަދައަށް ރިއްސަން ފެށުމުންނެވެ.

“އެކީކުރަން ކެމެރާއަށް ކުޅުނީ؟ ދެން ކީއްވެ އެތަނަށް ދިޔައީ؟” ޝެރިން އެހި އެވެ.

“އަހަރެމެން މިއުޅެނީ މިތަނުން ފިލައިގެން ދާން ވެގެނޭ، ޝެރިން… ލައްކަ ދުވަހު ކެތް ކުރެވިއްޖެ… ދެނެއް ކެތެއް ނުވާނެ…! އެތާ ގުދަނުގަ ހުންނާނެ އެކި ތަންތަނުގެ ތަޅުދަނޑިފައްޗާ، ދެން ބޭނުންވާނޭ މުހިއްމު އެއްޗެހި… އަހަރެމެން މިތަނުން ސަލާމަތްވެވޭތޯ ނުހަނު ގިނަ މަސައްކަތް ކޮށްފީމޭ…! އެކަމަކު ލިބުނު ކުރިއެރުމެއް ނެތް… އެކަމަކުވެސް ތަޅުދަނޑިފަތި ލިބިއްޖެއްޔާ ވަރަށް ފަޞޭހައިން ސަލާމަތްވެވިދާނެ…” ޔޫކޯ ވާހަކަދެއްކީ މަޑުމަޑުންނެވެ.

“ފިލައިގެން ދާންށޭ؟؟” ޝެރިނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ވަނީ މިތަނުގައި ދޭ އަނިޔާތައް ހަމަލޮލުން ދެކިފަ އެވެ. ކިތަންމެ ކުޑަ ކުށެއް ކުރެވުނަސް މިތަނަކީ އޭގެ ހަވަރު ދައްކާ ތަނެކެވެ. ދެން އަދި ފިލައިގެން ދާން އުޅޭކަން އެނގިއްޖެއްޔާ ކިހާވަރެއް ކުރާނެ ހެއްޔެވެ؟ މިޒޫކީ އަށްވެސް މިވަނީ ކުޑަކަމެއް ވެފައެއް ނޫނެވެ. އޭނާ ކިރިޔާ އޮތްކަމެވެ.

ޝެރިންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާގެ ޚިޔާލު ޔޫކޯއަށް ނަގައިގަނެވުނީ އެވެ. އޭނާ އެތަކެއް އާދޭސްތަކެއް ކުރުމުންވެސް ޝެރިން އެއްބަހެއް ނުވިއެވެ. އަދި މިކަމުގެ ނުރައްކާތެރިކަން ޔޫކޯއަށް ވިސްނައިދެވޭތޯ ޝެރިން މަސައްކަތްކުރި އެވެ. ނަމަވެސް ޔޫކޯ އޭނާގެ ގޮތުގައި ހިފަހައްޓާލި އެވެ.

“ޝެރިން ބޭނުންވަނީ މިނާމާން ޖަލެއްފަދަ ތަނުގަ އުމުރު ހުސްކޮށްލަން ދޯ؟؟ ޝެރިން ބޭނުމެއްނޫން ދޯ މިނިވަންކަމެއް…! ޝެރިން ބޭނުން ނޫނިއްޔާ ހުރޭ… އަހަރެމެންގެ މަސައްކަތް ކުރިއަށް ގެންދާނަން…” އެންމެފަހުން ޔޫކޯ ރުޅިއައިސްފައި ބުންޏެވެ.

އެރޭ ދެކުދިންވެސް ނިދީ އެކަކު އަނެކަކުގެ ޚިޔާލާ ދޭތެރޭ ހިތްހަމަ ނުޖެހި ހުރެ އެވެ.

 

…………………………………………….

ޖެހިގެން އައި ދުވަހު ޔޫކޯ ނުގޮވުމުގެ ސަބަބުން ޝެރިނަށް ހޭލެވުނީ ހަތެއް ޖަހާ ބޮޑުވި ފަހުންނެވެ. އެވަގުތު ގަޑިން ވީވަރު ފެނުމުން ޝެރިން ދިޔައީ ތުރުތުރުއަޅައި ގަނެގެންނެވެ. ހިތްވެސް ހީވީ ތެޅެމުން ތެޅެމުން ބޭރަށްވެސް ނިކުމެދާނެ ހެންނެވެ.

ޝެރިން ދުވަހަކު ތައްޔާރު ނުވާހާ އަވަހަށް ތައްޔާރު ވުމަށްފަހު ހޯލަށް ދިޔައީ ތެޅެމުން ފޮޅެމުންނެވެ. އޭރު ހުރިހާ ކުދިން ހަމަވެސް ވެއްޖެ އެވެ. މިޒޫކީ ވެސް އައިސް ހުއްޓެވެ. އޭނާގެ ކޮނޑުގައިވަނީ ބެންޑޭޖު އަޅާފަ އެވެ.

ޝެރިން ފެނުމާއެކުހެން ޖޭޑާއިއެކު އައިސް ހުންނަ ‘ނުރައްކާ’ މީހާ ހީވީ އަނދައިގަތް ހެންނެވެ. ޝެރިނަށް ގޮވާ ގާތަށް ގެނެސް އެއްކަލަ ހޮޅިގަނޑު ނެގިތަނުން، ޝެރިން ދެލޯމަރާލީ ލިބޭނޭ ވޭން މާކުރިން އިޙުޞާޞްވާހެން ހީވީމަ އެވެ. ފުރަތަމަ ޖެހި ޖެހުމުންވެސް ހީވީ ޝެރިންގެ ގައިގައިވި ހުރިހާ ކަށްޓެއް ބިންދައިގެންދިޔަ ހެންނެވެ. ތަދުވެގެންގޮސް ހަޅޭއްލަވާގަނެވުން މެއެވެ. މޫނުމައްޗަށް އަނދިރިވެ، ހުރިތަނަށް ތިރިވެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝެރިންގެ ގައިގައި ނުޖަހާ ގިނައިރު ވާން ފެށުމުން އިސްނަގާ ބަލާލި އިރު ފެނުނު މަންޒަރަކުން ޝެރިން ހައިރާންވި އެވެ. އޭރު އެހެން ކުދިންވެސް ތިބީ މިފެންނަ މަންޒަރު ޤަބޫލު ނުކުރެވިފަ އެވެ. އަދަބު ދޭމީހާގެ އަތުގައި، ޝެރިން ގައިގައި ޖެހިޔަ ނުދޭން ހިފަހައްޓައިގެން އެހުރީ ޖޭޑެވެ………..

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ލޯބި އަހަރެން ވާނަމޭ..

Next

ޝައިން (ޕާޓް-17)

Next
November 21, 2015

ޝައިން (ޕާޓް-17)

Previews
November 20, 2015

ލޯބި އަހަރެން ވާނަމޭ..

11 Comments!

  1. lyn says:
    November 21, 2015 at 8:02 am

    Wow v salhi mi part ves..

    1. Faxoo says:
      November 21, 2015 at 8:34 am

      thanks Lyn ^_^

  2. jeesh says:
    November 21, 2015 at 8:07 am

    Faxu mihaaru varah interesting ingey vaahaka…varah reethi story:-) nd u dindnt keep ur promise so keehkuranvy?

    1. Faxoo says:
      November 21, 2015 at 10:00 am

      yaaa ? thanx jeesh…..
      dhen sorry, Faxoo’ mi up kury up kurevunu emme avahah..

  3. ira says:
    November 21, 2015 at 9:59 am

    Story varah nice hope to read the next part soon 🙂 😉 but haadha kurey 🙁

    1. Faxoo says:
      November 21, 2015 at 10:02 am

      thankx Ira… ? mi bai hama gaaigandakah evvareh vaany kurin up kuri bayaa. e hyvany kuru henn 🙂
      BTW thanx for commenting! 😉

  4. ina says:
    November 21, 2015 at 10:09 am

    Story v rythi.nxt part up kurany kn irakun.nw I jst can wait

  5. ina says:
    November 21, 2015 at 10:11 am

    Sry *can’t wait:-)

    1. Faxoo says:
      November 21, 2015 at 10:16 am

      thanx 🙂 next part hama miadhu up kuraanan In Sha Allah

  6. SARA says:
    November 21, 2015 at 11:04 am

    Waiting 4 d nxt prt.. kiyamundhaairu heevany kurimathy sifa vaahen.. v salhi..

  7. layaa says:
    November 21, 2015 at 4:38 pm

    Oooh v salhi ;^)
    And nice pic eh

Comments are closed.


All Right Reserved!