Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (17 ވަނަ ބައި)

Faxoo
November 22, 2015
6 Mins Read
18 Comments

އެރޭ އެއްގަޑި ބައިހާއިރު ޔޫކޯ އާއި މިޒޫކީ ކޯރިޑޯއަށް ނިކުތެވެ. އެކުދިންނަށް ކާމިޔާބު ދެއްވާތޯ ޝެރިން ހިތާހިތުން ދުޢާކުރަމުންދިޔަ އެވެ.

ނޭނގޭ ސަބަބަކާހުރެ ޝެރިންގެ ލޮލަކަށް އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. މިޒޫކީ އާއި ޔޫކޯއަށް ވާނޭ ގޮތަކާމެދު ފިކުރު ކުރެވެނީ އެވެ.

ބަރާބަރު ދެގަޑިއިރު އެހެން ގޮދަޑީގައި ފުރޮޅިލަ ފުރޮޅިލަ އޮތުމަށްފަހު ޝެރިން ތެދުވެއްޖެ އެވެ. ޔޫކޯމެންގެ ޚަބަރެއް ނުވި އެވެ. ހާސްވެ ކަންބޮޑުވެފައި ޝެރިނަށް ކޯރިޑޯއަށް ނިކުމެވުނީ އިޚްތިޔާރަކާނުލަ އެވެ.

އެއަނދިރި ކޯރިޑޯގެ ތެރެއިންލާފައި ޝެރިން ހިނގަމުންދިޔައީ ކުއްލިއަކަށް އައިސްފާނެ ޙަމަލާއަކަށް ތައްޔާރު ވެގެންނެވެ. ކޯރިޑޯ އަނދިރިކަމުންނާއިއެކު، އެތަނުގައި ހުންނަ އޮރެންޖު ކުލައިގެ އަލި ފަނޑުކަމުން ތަންތަން ފެންނަނީ ކިރިޔަކިރިޔާ އެވެ. ކުރިންވެސް ވަތް ގުދަނުގެ ދޮރު ހުޅުވާލީ ވަރަށް މަޑުމަޑުންނެވެ. ތަޅު ހަލާކުކޮށްލާފައި ހުރިކަންވެސް އެނގުނީ ދޮރު އެއްކޮށް ހުޅުވާލި ފަހުންނެވެ. އެތެރެއަށް ނަޒަރު ހިންގާލި ޝެރިނަށް ފެނުނު މަންޒަރަކުން އޭނާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވާގަނެވުނެވެ. ލިބުނު ކުއްލި ޝޮކާއިއެކު ހުރި ތަނަށް ތިރިވެވުނީ އެސްފިހަ ޖަހާލަންވެސް ނޭނގޭ ޙާލުގަ އެވެ. އިސާހިތަކު އެދަނބު ކުލައިގެ ދެލޮލުން ކަރުނަ އަންނަން ފަށައިފި އެވެ. އެތާތެރޭ ލެއިން ތަތްތެޅިފައި އެއޮތީ ޔޫކޯ އާއި މިޒޫކީގެ ކުށެއްނެތް ދެހަށިގަނޑެވެ. ދެކުދިންގެ ވޭނީ ކުކުރުމުގެ އަޑުން އެތަން ގުގުމާލައިފައި ވިއެވެ.

ޝެރިނަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ރޮމުންރޮމުން ދުވެފައި އޭނާގެ ދެ އެކުވެރިން ގާތަށް ހުއްޓުނެވެ.

“ޔޫކޯ…!! މިޒޫ! އޭރުވެސް… އޭރުވެސް ބުނީމެއްނު… ކީ… ކީއްވެ…!!” ޝެރިނަށް ބާރަށް ގިސްލެވެން ފެށުނެވެ. އޭނާއަކަށް ކިޔޭ ނުކިޔޭއެއް ނޭނގެ އެވެ. ވާނީވެސް އެހެންތާ އެވެ… އޭނާއާއި އެންމެ ގާތްކޮށް އުޅުނު ދެ ރަޙްމަތްތެރިން ނިމިގެން އެދަނީ އޭނާގެ ލޮލުގެ ކުރިމަތީގަ އެވެ. މަޑުމަޑުން ދެކުދިންގެ އަޑުމަޑުވާން ފަށައިފި އެވެ. ޝެރިންގެ ހިތުގެ ވިންދުވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. އެކުދިން މަރުވީ ހެއްޔެވެ؟ ނޫނީ ޚަބަރު ހުސްވީ ހެއްޔެވެ؟ އެމައުޞޫމް ދެހަށިގަނޑުގައިވި ޒަޚަމް ތަކުން އަންނަ ލޭ އަދިވެސް މަނާނުވެ އެވެ. ރަޙުމެއްނެތް، އަނިޔާވެރި ޖާހިލެއްގެ ވަކިތަކުގެ ޝިކާރައަކަށްވެ ނިމިދަނީ އެވެ. އަތްފައިވެސް ހީވަނީ ވަޅިއަކުން ކަފާފައި ހުރި ހެންނެވެ. ނޫނީ ތޫނު ވަކިތަކަކުން ވަކިއަޅާފައި ހުރި ހެންނެވެ.

ކުއްލިއަކަށް ޝެރިނަށް ހޭވެރިކަންވީ ކައިރީގައި ހުރި ބަސްތާތަކެއްގެ ނިވަލުން މީހެއްގެ ހިލަމެއް ވުމުންނެވެ. ގުޑިވެސް ނުލާ ޝެރިން އެދިމާއަށް ބަލަންފެށި އެވެ. އާއެކެވެ. އެތާނގައި މީހަކު އެބަހުއްޓެވެ. ޝެރިނަށް ކޮޅަށް ތެދުވެވުނެވެ. ފަހަތަށް ޖެހެވެން ފެށުނީ ބޭއިޚްތިޔާރުގަ އެވެ. އޭރު އެމީހާވެސް މަޑުމަޑުން ޝެރިނާ ދިމާއަށް އަންނަން ފަށައިފި އެވެ.

“ކަލޭވެސް މަރާލާނަން…!” އެމީހާ މަރުގެ އިންޒާރު ދިނެވެ. އެވަގުތު ޝެރިންގެ ހަށިގަނޑަށް އާދަޔާޚިލާފު ބާރެއް ލިބުން ކަހަލަ އެވެ. ކުއްލިއަކަށް އެގުދަނުން ބޭރަށް ދުއްވައިގަތެވެ. އެމީހާވެސް ފަހަތު އަޅުވާލީ އެވެ. ޝެރިނަށް އެވަގުތު އިޙްޞާޞް ކުރެވެނީ ބިރާއި، ހިތާމައާއި، ރުޅިއާއި، ހިތްވަރެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގި އެތަކެއް އިރެއް ހިނގައްޖެ އެވެ. ކުއްލިއަކަށް ނިކުމެވުނީ ތަނުގެ ހާލަތު ބަލަހައްޓަން ހުންނަ މީހުންގެ ތެރެއިން ހައެއްކަ މީހުންގެ ކުރިމައްޗަށެވެ. އެވަގުތު ޝެރިނަށް ވަގުތަށް ކައިރީ ދޮރު ހުޅުވާފައިހުރި ކޮޓަރިގަނޑަކަށް ނުވަދެވުނުނަމަ އެމީހުންގެ އަތު ޖެހުނީހެވެ. ވިދުވަރެއްހައި ހަލުވިކޮށް ކޮޓަރީގެ ދޮރު ޖަހައި، ދޮރު ބަންދުކުރުމަށް ތަނުގައިހުރިއްޔާ ހުރިއެއްޗެއް ދޮރު ދޮށަށް އަޅާލައިފި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅާގަތީ ހުޅުވިފައިވާ ކުޑަދޮރެވެ. ކައިރީހުރި މޭޒުގައި ފައި އަޅުވާލަމުން ކުޑަ ދޮރަށް އަރައި ބޭރަށް ފުންމާލީ އުސްމިނަކަށްވެސް ނުބަލާލަ އެވެ. އެއަށްވުރެން ބޮޑަށް އޭނާ ހުރީ ހާސްވެފަ އެވެ. ނަސީބަކުން އެތަން އެހާ އުހެއްވެސް ނޫނެވެ. ވެޓުމާއެކު ތެދުވެގެން ދުއްވާގަތީ ތަންކޮޅެއް އަނދިރި ދިމާއަކަށެވެ. އެތަނުން ފެނުނީ ހަނި ސިޑިއެކެވެ. އެވެސް އޮތީ މައްޗަށް ދެވޭގޮތަށެވެ. ތިރިއަށް ފޭބޭކަށް ނެތެވެ. އެހެންކަމުން ވަގުތުގެ ނާޒުކުކަމުން ޝެރިން ވިސްނީ މައްޗަށް އަރާށެވެ. އަޑެއް ބަޑެއް ނުލައްވާ މައްޗަށް އަރަމުންދިޔަ ޝެރިނަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އޭނާއަށް އޭނާގެ ދެއެކުވެރިން އޮތްގޮތް ހަނދާންވަނީ އެވެ. އެކުދިން މަރުވިޔަސް އެކުދިންނަށް މާފަސޭޙަ ވާނެ އެވެ. އޭރުން އިތުރު ވޭނެއް ތަޙަންމަލު ކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް މަރު ނުވާނަމަ އަނެއްކާވެސް އެތަކެއް ވޭނެއް ތަޖުރިބާ ކުރަން ޖެހޭނެ އެވެ. ދިރި ހުއްޓަސް އެތަކެއް ފަހަރު މަރުވާންވެސް ޖެހެ އެވެ.

ލޮލުން ކަރުނަ ފުހެމުން ޝެރިން ގޮސް ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަނެވެ. މިކުރެވުނީ މޮޔަކަމެއް ކަން ރޭކާލި އިރު މާބޮޑަށްވެސް ލަސްވެއްޖެ އެވެ. އެކޮޓަރި ތެރޭ މީހަކު އެބައޮތެވެ. ނިދާފަ އެވެ. ޝެރިނަށް ސަލާމަތްވެވުނީ ކިރިޔާތާ އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެމީހާ ކައިރީ ބާއްވާފައި އޮތް ކުޑަވަރެއްގެ ފިސްތޯލަ އެކެވެ. އެމީހާ ގައިގައި އަޅާފައި އޮތް ރަޖާގެ ސަބަބުން ފެންނަނީ ފިސްތޯލައިގެ އެއްބައެވެ. ޝެރިން އެމީހާގެ ކައިރިއަށް ހުއްޓުނެވެ. ވަރަށް ހަމަޖެހިލައިގެން ނިދާލާފައި އޮތް މީހެކެވެ. އޭނާ އެ ފިސްތޯލަ މަޑުމަޑުން ދަމައިގަތެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވި ނުބައި ޚިޔާލުތަކުން އޭނާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ރޫރޫއަޅައިގަތެވެ.

ޝެރިން އެތާ ހުރިތާ އިރުކޮޅެއްނުވެ އެމީހާ ދެލޯ ހުޅުވާލީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ޝެރިން ސިއްސައިގެންގޮސް ނުވެއްޓުނީވެސް ކިރިޔާ އެވެ. އެމީހާ ޝެރިން ފެނުމާއެކުހެން ހީވީ ގަޔަށް ކަށްޓެއް ހެރުނު ހެންނެވެ. ފުންމައިގެން ތެދުވި އެވެ. ޝެރިން ބިރުން ނުވިރި ހުރިކަމެވެ. ދެން ހިނގި ހުރިހާކަމެއް ހިނގިއިރު ވަގުތު ހިނގަމުންދިޔަ ގޮތްވެސް ލަސްވި ކަހަލަ އެވެ. އެމީހާ ޝެރިނާ ދިމާއަށް ފުންމައިގަތް ވަގުތު ޝެރިނަށް ހަދާލެވުނު ގޮތަކުން ފިސްތޯލައިގެ ވަޒަނެއް ދޫވެއްޖެ އެވެ. އެވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަތުން ފިސްތޯލަ ދޫވި އެވެ. ކުރިމަތިން މިފެންނަމުންދާ މަންޒަރު އެއްގޮތަކަށްވެސް ގަބޫލު ކުރާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭނާއަށް ބޯހޫރާލެވުނެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރެވުނުއިރު، އެ ދެލޮލުން ކަރުނަ ވިދައެވެ. މާނޭވާ ލެވިލެވި ހުރިއިރު ޝެރިންގެ ހިތަށް އެތަކެއް އެއްޗެއް އަރާ ފައިބަމުންދިޔަ އެވެ. މިކުރެވުނީ ރަނގަޅު ކަމެއްބާ އެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިތަނުގެ ގާޑެއް މިކަހަލަ ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ ނަމަ ދެންވާނެ ގޮތް ޝެރިން ކުޑައެއްކަމަކު އޭނާގެ ޅަސިކުނޑިއަށް ވެސް ވިސްނުނެވެ. މިތަނުގައި އެމީހުންނާ ދެކޮޅު މީހެއް ފިލައިގެން އުޅޭކަން ފަޅާ އަރާނެ އެވެ. އެންމެ ބިރުގަންނަނީ މުޅި އެއިމާރާތް ތެރޭގައިވެސް ގެއްލިގެން އުޅެނީ އެންމެ މީހެއްކަން އެނގޭތީ އެވެ. އަދި އެކަން މިހާރު އެންމެނަށް އިޢުލާން ކޮއްފައިވާނެތީ އެވެ. އެމީހުން ސިފަކޮށްދީފައިވާ ގޮތުންނަމަ، ފިލައިގެން އުޅޭ ކުއްޖާގެ ސިފަތައް އެއްވެސް އުނިކަމެއް ނެތި ޝެރިންގެ ގައިގައި އެބަހުއްޓެވެ. އަދި ޚާއްޞަކޮށް ދަނބުކުލައިގެ ލޮލޭ ބުނީމައި މިހާރު އެއީ ޝެރިން ކަން ނޭނގޭ މީހަކު މިތާ މަދުވާނެ އެވެ.

ހަދާނެ ގޮތެއް ނޭނގިފައި އެތައް އިރަކު ޝެރިން ހުއްޓެވެ. އޭނާއަކަށް ކުރިމަތީ ލެއިން ތަތްތެޅިފައި އޮތް މީހާއާއި ގާތް ވާކަށް ނުކެރުނެވެ. އެމީހާ ތަނަކަށްލާ، އެހެން މީހަކަށް ނުފެންނަ ގޮތަށް ފޮރުވޭނީވެސް ގާތްވާން ކެރިގެންތާ އެވެ. މިގޮތަށް ހުރެގެން ވާނެކަމެއް ނޯންނާނެކަން އެނގުމުން ޝެރިން މަޑުމަޑުން އެމީހާ އާއި ކައިރިވެލި އެވެ. ލޭތައް ނުފެންނާނޭހެން ރަޖާގަނޑު އެމީހާގެ ގައިގައި އަޅާލަމުން މުޅި އެމީހާ ނިވާކޮށްލި އެވެ. އެވަރުންވެސް ބައެއް ތަންތަނުގައި ލޭތިކި ހުއްޓެވެ.

ޝެރިންގެ ގަޔަށް ބުރާފައި ހުރި ލޭތަށް ސާފުކުރުމަށް ފާޚާނާއަށް ވަދެ، ކުޑަކޮށް ފެންވަރާލި އެވެ. އެއަށްފަހު ބެލީ އެމީހާގެ އަލަމާރިން ކަމުދާ ކަހަލަ ހެދުމެއް ފެނޭތޯ އެވެ. ނަމަވެސް ހުރިހާ ހެދުމެއްވެސް ޝެރިނަށް ބޮޑުކަމުން ދެން ޖެހުނީ އޭނާގެ އަމިއްލަ ހެދުމުގައި ހުރި ލޭތައް ދޮވެ ސާފުކޮށްގެން އެ ބާ ހެދުންގަނޑު ލާށެވެ. ޝެރިން ފާޚާނާއިން ނިކުތްއިރު ފަތިސް ވަނީ އެވެ. އެހެންކަމުން މިހާރު ތަނުގެ މުއައްޒަފުންވެސް ތިބޭނީ ހޭލާކަން އޭނާއަށް ޔަޤީންވި އެވެ. ނަމަވެސް މިކޮޓަރީގައި މަޑުކުރާކަށް އޭނާއަކަށް ނުކެރުނެވެ. މިތަނުގައި މަރުވެފައިވާ ޤަބުރެއް އޮތުމުންނެވެ.

ﷲއަށް ވަކީލު ކުރުމަށްފަހު ޝެރިން އެކޮޓަރިން ނިކުތެވެ. އޭރު ވަރަށް ދުރުން އެލާމެއްގެ އަޑު އިވިއިވި ހުއްޓެވެ. ތަނުގެ މަޞްލަޙަތު ގޯސްވާހެން ހީވުމުން ލުއިލުއިކޮށް ދުވެލާފައި އެހެން ކޮޓަރިއަކަށް ވަނެވެ. ނަމަވެސް މިއީ ކޮޓަރިއެއް ނޫނެވެ. އަނެއްކާވެސް އަނެއް ގުދަނެވެ. މިތަނުގައި ފެންފުޅިއާއި، ކާނާ ގިނަ ޢަދަދަކަށް ރައްކާކޮށްފައިވެ އެވެ. އެހެންކަމުން މިތަނުގައި ރައްކާތެރިކަން ޝެރިނަށް އިޙުޞާޞްކުރެވުނެވެ. އެތަނުގެ ވަރަށް އެތެރޭގައިހުރި ފޮށިތަކެއްގެ ދޮށުގައި ޝެރިން އިށީއިނެވެ. ރޭ ނުނިދާ ހުރުމުގެ ސަބަބުން، ހަމަޖެހިލި ތަނާ ބޮލަށް އެނބުރުންވެސް އެރި އެވެ. ނަމަވެސް އިސާހިތަކު ފުން ނިންޖަކަށް ގެނބިގެން ހިނގައްޖެ އެވެ.

 

………………………………………..

“ޔާލް ބޭބޭ… މިދަނީ ކޮންތާކަށް؟” ކުރިމަތިން އައިސް ގޮސްވާ މަންޒަރުތަކަށް ބަލަމުން ޔައިން އެހި އެވެ. މިކްޔާލާއި، ޔައިނާއި، ރާނީ އަދިވެސް އިތުރު ދެތިން މީހުން ޖިޕެއްގައި ދުއްވަމުން ދިޔަ އެވެ. ދުއްވަން އިނީ މިކްޔާލެވެ. އޭނާގެ މިސްރާބު އެނގޭނީ ހަމަ އޭނާއަށެވެ. ދެންތިބި މީހުން ގާތު މިކްޔާލް އެވާހަކަ ނުބުނީ މަޞްލަޙަތަށް ބަލާފައި ކަމެއް، ނޫނީ ދާން އުޅޭ ތަނުގެ ނުރައްކާތެރިކަމުގެ ކުޑަ ބޮޑު މިނުންކަމެއް ނޭނގެ އެވެ.

“ދެވުނީމަ އެނގޭނެ…” މިކްޔާލްގެ ޖަވާބު ކުރެވެ. ކަޅުކުލައިގެ ބޮޑު އަވިއައިނެއް އަޅައިގެން ދުރުން ފެންނަ މަންޒަރުތަކަށް ބަލަން އިންއިރު އޭނާގެ ފަންފަން އިސްތަށިތައް ވަޔާއި ވިހުރެމުންގެންދިޔަ އެވެ.

ޔައިން ވިސްނަމުން ގެންދިޔައީ ޝެރިނާއި ދޭތެރޭގަ އެވެ. ކުޑައިރުއްސުރެން ފެށިގެން އެދެކުދިންނަކީ ދުރު ނުވެވޭނޭ ދެރަޙްމަތްތެރިންނެވެ. ނަމަވެސް މިހާރު އެކުވެރިކަމާއި، ރަޙްމަތްތެރިކަމުގެ ކަމަށްވުރެން ގާތްކޮށް ޝެރިނާ ދޭތެރޭ ޔައިން ވިސްނަ އެވެ. ޝެރިން ނުފެނި މިދިޔަ އަހަރެއްގެ ތެރޭ އޭނާއަށް ރަނގަޅަކަށް ނުއެއް ކެވެ އެވެ. އަބަދުވެސް ހިތުގެ އެއްކަނެއްގައި ވަނީ އެއްނަމެކެވެ. އޭނާ ޝެރިނަށްޓަކައި އެހުރީ ޖާނާއި މާލުން ޤުރުބާންވާން ހަމަ ތައްޔާރަށެވެ. ޔައިން ދެކޭގޮތުގައި ލޯބީގެ ކުޅިވަރު ދެއްކޭނީ ހަމައެކަނި ރޯމިޔޯއަކަށް ނޫނެވެ. ފަރުހާދުއަކަށް އަދި މަޖުނޫނަކަށްވެސް ނޫނެވެ. އޭނާއަށްވެސް އޭނާ މިވާ އަގުހުރި ސާފު ލޯބީގެ ބާރު ދެއްކިދާނެ އެވެ.

 

………………………………………….

ޝެރިނަށް ހޭލެވުނީ އެދުވަހު އިރުވެސް އޮއްސުނު ފަހުންނެވެ. އޭރު އޭނާހުރީ ބަނޑުހައިވެގެންގޮސް ހާންތިވެފަ އެވެ. ދެލޯވެސް ހުޅުވުނީ ގަދަބާރުންނެވެ. އޭނާ އޮތީ ދާހިއްލާ ފޯވެފަ އެވެ. މަޑުމަޑުން ތެދުވެގެން ކައިރި ހިސާބެއްގައި ކާއެއްޗެއް ހުރިތޯ ބަލަންފެށި އެވެ. ޝެރިން ލެނގިގެން އޮތް ފޮށިގަނޑުތަކުގައި ވަނީ ކޮންއެއްޗެއްތޯ ބަލާލި އެވެ. އެއްފޮށިގަނޑު ވަރަށް ވަރުން ކަނޑާލުމަށްފަހު ބެލި އިރު އޭގައިވަނީ ޕެކެޓުތަކެކެވެ. ގާތްގަނޑަކަށް ފަސް އިންޗީގެ ބިސްކޯދު ޕެކެޓުތަކެކެވެ. އޭގެން ދެޕެކެޓު ނަގައިގެން މަޑުމަޑުން އިނދެގެން ކާންފެށި އެވެ. ކައިރީހުރި ފެންފުޅިތަކުން ފެންފުޅިއެއް ނަގައިގެން ބޯން ފަށައިފި އެވެ.

ތަނުގައި ގަޑިއެއް ނެތުމުން ޝެރިނަށް ވަގުތުވީ ވަރެއް ނަގައިގަންނާކަށް ފަސޭހައެއް ނުވި އެވެ. ނަމަވެސް މިހާރު ތަންކޮޅެއް ދަންވެއްޖެކަން ޔަޤީންވި އެވެ. އެހެންކަމުން މަޑުމަޑުން ގުދަނުން ނިކުތެވެ. ނިކުމެވުނީ ގުދަނުގެ ތެރޭގައިވި އުދާސްކަން އެނގުނީ ބޭރަށް ނިކުތުމުންނެވެ. އަވަސް އަވަހަށް ކުރިއަށް ހިނގަންފެށި އެވެ. ގިނަ ކޮޓަރިތަކުގެ ކައިރީ ފޮށިގަނޑުތަކާއި ބަސްތާތައް ހުރެ އެވެ. އެހެންކަމުން ފިލަމުން ކަހަލަ ގޮތަކަށް ކުރިއަށް ދަނިކޮށް ތިރިއަށް ފޭބެން އޮތް ސިޑިއެއް ފެނުނެވެ. އެއީ ކުރިންވެސް މައްޗަށް އެރި ސިޑިކަން އެނގުމުން ޝެރިން އަވަހަށް ފޭބި އެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ސީސީޑީ ކެމެރާ ތަކަށް ނާރާނޭހެން އުޅުމަށް ޝެރިން ހުޝިޔާރުވި އެވެ. ހިމޭންކޮށް އޮތް އެތަނުގެ ވަށައިގެން ޝެރިން ނަޒަރު ހިންގާލި އެވެ. އެވަގުތު އެތަނުން ނިކުމެވެން ހުރި ބޮޑު ދޮރެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

ވަރަށް މަޑުމަޑުން ބޮނދަމުން ކަހަލަ ގޮތަކަށް ފޮށިގަނޑު ތަކުގެ ނިވަލުން ނިކުމެގެން ދޮރާ ދިމާލަށް ކުއްލިއަކަށް ދުއްވާގަތީ ވިދާލި ވިދުވަރެއް ފަދައިންނެވެ. އެވަގުތު އޭނާގެ ހިތުގައި އުފާވެރިކަމުގެ ރަނގަބީލު ޖަހަންފެށި އެވެ. ހިތާމަ ކުރާ ދުވަސް މިނިމުނީ އެވެ. ނަމަވެސް އަނެއްކާވެސް އޭނާގެ ހިތް މޯޅިވާންފެށި އެވެ. ޔޫކޯ އާއި މިޒޫކީ މަތިން ހަނދާންވުމުންނެވެ.

ކުއްލިއަކަށް އައިނައި ދިމާއެއް ނޭނގި މީހަކު ޝެރިންގެ ގައިގައި ހިފަހައްޓައި ހުއްޓުވައިފި އެވެ. ނުހަނު ބާރުގަދަ މީހެކެވެ. އެމީހާ ހިފެހެއްޓި ގޮތުން ޝެރިނަކަށް ގުޑާވެސް ނުލެވުނެވެ. ސިއްސައިގެން ދިޔަވަރުންނާއި، ބިރުގަތްވަރުން ހަޅޭއްލަވަން ހުޅުވި އަނގައިން އަޑުވެސް ނުނިކުތެވެ. އޭރު ނިކުންނަން ހުރި ދޮރާއި، ޝެރިން ހުރި ތަނާ ދެމެދު ފަނަރަ ފޫޓުވެސް ނުހުންނާނެ އެވެ.

“މަޑުން ހުރޭ!” އެމީހާ އަމުރު ކުރިއެވެ. އެބިޔަ މީހާ އައިސްފައި ހުރި ރުޅިން ޝެރިންގެ ގައިގައި ހިފަހައްޓާފައިހުރި ގޮތުން ޝެރިނަށް ރަނގަޅަކަށް ނޭވާވެސް ނުލެވެ އެވެ. ތަދުވެސް ވާން ފަށައިފި އެވެ. ނަމަވެސް ގަންނާކުރެއްވި ބިރުން ހިރިލާންވެސް ނުކެރިފައި ހުއްޓާ އެތަނަށް ހަމަ އެގޮތަށް ކަޅުފޮތިން ނިވާވެފައިހުރި އެހެން މީހަކު އައިސި އެވެ. އެވަގުތު އެމީހާގެ އަތުގައި އޮތް ވަރުގަދަ ފިސްތޯލަ ފެނިފައި ޝެރިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.

“ފަހު ނޭވާއަށް ހަމަ މިހާރު ތައްޔާރުވޭ!!” އެމީހާ ފިސްތޯލަ ދިމާކުރަމުން ކައިރިއަށް އަންނަން ފެށިއެވެ. އެއަޑުން އޭނާވެސް ހުރީ އަނގުރު އަލިފާނަށް ވެފައިކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

ޝެރިންގެ މޭ ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެންނެވެ. ހިފަހައްޓާފައި ވުމުން ދުއްވައި ނުގަނެވުނު ތާންގައި، ފަރާތަކަށް ހިރިވެސް ނުލެވުނެވެ. ފިސްތޯލަ ހިފައިގެން ހުރި މީހާ އޭނާގެ ޝަހާދަތް އިނގިލި ފިސްތޯލައިގެ ޓްރިގަރ އާއި ދިމާއަށް ގެންދަން ފެށުމުން ޝެރިނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެވަގުތު ކުއްލިއަކަށް އިވުނީ ފިސްތޯލައިގެ ވަޒަން ފޮނުވާލި އަޑެވެ. ވޭނީ ހަޅޭކަކާއިއެކު ލޭތައް މުޅިތަނަށް ބުރައިގެން ދިޔަ އެވެ.

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Faxoo

Other Articles

Previous

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-7

Next

..ހާދައޭ ބޭނުމީ ކަލާ.. ( ދެވަނަ ބައި )

Next
November 22, 2015

..ހާދައޭ ބޭނުމީ ކަލާ.. ( ދެވަނަ ބައި )

Previews
November 21, 2015

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-7

18 Comments

  1. saa says:
    November 22, 2015 at 9:12 am

    Ooohh

  2. Anonymous says:
    November 22, 2015 at 9:21 am

    Varah reethi faxoo

  3. Crazi says:
    November 22, 2015 at 9:24 am

    Shalhi

  4. RAVOO says:
    November 22, 2015 at 9:41 am

    oh my my . what will happen next? nice. very nice. when is next part faxoo?

  5. Aish says:
    November 22, 2015 at 9:55 am

    salhi . .avahah up kohdhehche. Plz

  6. jeesh says:
    November 22, 2015 at 10:07 am

    Faxoo keeh thikury..jeesh ves dhiyaee sissaigen..hehe…varah salhi ingey vaahaka…varah avahah next part up koh dhehchey…

    1. Faxoo says:
      November 22, 2015 at 3:01 pm

      Neinge dhw adhi… Faxoo mivaahaka mi liyany evves gothakah plan koggeneh nooney … 😀 Sherin maruviyas nuviyas vaahaka adhi othy kuri ah

  7. ina says:
    November 22, 2015 at 11:08 am

    Faxuuu.Sherin maruvytha???anyways mi prt vx v salhi.kn irakun nxt part???

  8. XEISHA says:
    November 22, 2015 at 12:02 pm

    sherin ah dhera gotheh nahadhaathi ingey..

  9. Shaba says:
    November 22, 2015 at 2:30 pm

    Wow this is nice .. Sherin maruveetha ? Anyway when’s the next part ?

  10. Faxoo says:
    November 22, 2015 at 3:02 pm

    Next part as soon as possible 🙂 thanks all!!

  11. naju says:
    November 22, 2015 at 4:04 pm

    Mi part ves varah rythi kn irakun next part up kohladheyniy
    Mirey nidheyniy aneh bai kiyaafa kanneynge
    Aslu ves varah rythi

  12. aish says:
    November 22, 2015 at 8:33 pm

    Sherine maruvehjiyya vaahaka nimunee ehnu dw. Ei vaahakaiga namaki vs Sherine viyya. Anyways v nice story kuriah daagoiy…

  13. TJ says:
    November 22, 2015 at 9:47 pm

    maruvee gard dw emeeha maraalaanee yageen jyd kan anyways vaahaka v v v reethi keep it up

  14. nisha says:
    November 23, 2015 at 11:37 am

    V reethi.

  15. Inaa says:
    November 23, 2015 at 4:26 pm

    Koba? Next part up nukuranytha?

    1. RAVOO says:
      November 24, 2015 at 12:29 pm

      next part in sherin marunuvey……

  16. Faxoo says:
    November 24, 2015 at 8:19 am

    Next part miadhu up kureveythw balaanan In Sha Allah 🙂

Comments are closed.

All Right Reserved!