Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ފިނިހިތް (ތިންވަނަ ބައި)

Jaishann
April 7, 2016
4 Mins Read
54 Views
10 Comments

ކުޑަ ކަމެއް އެޑްރެސް ކޮށްލަން ބޭނުމެވެ.
އަޅުގަނޑު ލިޔަން ފަށާފައިވާ ފިނި ހިތް ވާހަކައަކީ އެއްވެސް އެއްޗެއް ކޮޕީ ކުރުމަށް މަސައްކަތް ކޮށްފައިވާ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ ފިކްޝަން އެއްޗެހިން އައިޑިއާ ހޯދައިގެން އަމިއްލަ އަށް ވިސްނައިގެން ތައްޔާރު ކުރާ ވާހަކައެކެވެ.
އަދި އެއީ “ސުޕަގާލް” އާ ވައްތަރު ކޮށް އޭގެ ކޮޕީއެއް ކަމަށް ހީކުރާ ކަމުގައި ވާނަމަ މި ޕްލޮޓްއަކީ އަޅުގަނޑު 2014 ގައި ތައްޔާރުކުރި ޕްލޮޓާ އެއްގޮތަށް ކުރިއަށް ގެންދާ ވާހަކައެއް.

އަޅުގަނޑުގެ ކުރީގެ “އެސްފިޔަ” އައިޑީ އިން މި ވާހަކައިގެ ޕްލޮޓް ލިބިގެން ދާނެއެވެ. އަޅުގަނޑު ކޮޕީއެއް ކޮށްގެނެއް ނޫން މި ވާހަކަ މި ލިޔަނީ. އެހެން ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި “ސުޕަގާލް” ބެލުމަށް ވޮޗްލިސްޓަށް ލާނަމެވެ.

ޝުކުރިއްޔާ

 

އަރުން

އަހަރެންނަށް ހޭލެވުން އިރުވެސް މިއީ ރަނގަޅު ދުވަހެއް ނޫން ކަން އިހުސާސް ކުރެވުނެވެ. އެންމެ ފުރަތަމަ ވެސް ހޭލެވުނު އިރު ބޮލުގައި ރިއްސާވަރުން ބޯފަޅައިގެން ދާން އުޅުން ކަހަލައެވެ.

ހިތްވަރުކޮށްފައި ސްކޫލަށް ދިޔުމަށް ތައްޔާރުވުމަށް އެނދުން ތެދުވީމެވެ. ނަމަވެސް ހަށިގަނޑު ކުޑަކޮށް ގުޑުވާލުމަށްފަހު އަނެއްކާވެސް ރަޖާތަކުގެ ތެރެއަށް ވަނީމެވެ. ރޭގައިވެސް ނިދުނީއެއް ނޫނެވެ.

އަހަރެންނަށް މީގެ ކުރިން ނިދީގައި ތަނަކަށް ދެވުނު ހަނދާނެއް ނުވެއެވެ. އެއީ ދުވަހަކުވެސްވީ ކަމެއް ނޫނެވެ. ނަމަވެސް ރޭގެ ފަތިސްވާން ކައިރި ވެފައިވާ ވަގުތެއްގައި ހޭލެވުން އިރު އަހަރެން އިނީ ޓްރެކް ކައިރީގައެވެ. ނަމަވެސް ހައިރާން ކުރަނިވި ހަމައެކަނި ކަމަކީ އެއީ އެއް ނޫނެވެ.

އަހަރެންނަށް ޓްރެކް ކައިރީ އިނދެ ހޭލެވުން އިރު މޫދުގައި އަންހެން ކުއްޖެއް އުޅުނެވެ. އަދިވެސް އޭނާގެ ނަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކީ އަހަރެންނަށް މިވަގުތު މުހިއްމު ކަމެއް ނޫނެވެ.

އިއްޔެއިން ފެށިގެން އަހަރެންގެ ފަހަތުން އަޅުވާލައިގެން އުޅޭ މީހާއާ ހެދި އަހަރެންނަށް ވިސްނާ ހަދަން އުނދަގު ވެއްޖެ އެވެ. އޭނާ ބުނީ އޭނާ އަށް ކަމެއް ކޮށްދިނުމަށެވެ.

“އޭ ތެދުވޭ!…” ވައި އަޑުން އެ ރޫހު އަހަރެންނަށް ގޮވާލީ އެވަގުތުގައެވެ. މިއީ އަހަރެންނަށް އުނދަގޫ ކުރާނެ މީހެކެވެ. އޭނާ މިހާރު ވަނީ އަހަރެން އުޅޭތަން ވެސް ހޯދާފައެވެ. އެއްޗެއް ހަނދާންވީ އެވަގުތެވެ.

“ކަލޭދޯ ރޭގަ މަ ގެންދިޔައީ ޓްރެކަށް!!!!” އަހަރެން ބާރަށް ބުނީމެވެ. އޭނާއަކީ އާދައިގެ ރޫހެއް ކަން މިހާރު އަހަރެންނަށް އެނގެއެވެ. އާންމުކޮށް އަހަރެންނަށް ފެންނަ ރޫހުތަކަކަށް އެއްޗެހި ގުޑުވައެއް ނުވަތަ އިންސާނެއްގެ ގައިގައެއް އަތްލައެއް ނުހެދެއެވެ. ނަމަވެސް އެއިން އެއްވެސް ގަވާއިދަކީ އެ ރޫހަށް ބޭނުން ކުރެވޭ ގަވާއިދުތަކެއް ނޫނެވެ.

ރަޖާގަނޑުތެރެއިން ބޯހިއްލަމުން އަހަރެން އެ ރޫހާ ދިމާލަށް ބަލާލީމެވެ. އޭރު އޭނާވެސް އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން ބުނި އެއްޗަކަށް އޭނާއެއް ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ކުލަވަރު ބަދަލުވެގެން ދިޔަ ކަހަލައެވެ.

“އަސްލު…. އާ… އަސްލު އަހަރެން އުޅުނީ އަރުން ބިރުގަންނަވާލާ އެއްބަސް ކުރުވަން. އެކަމު.. ޓްރެކްގެ ވަކި ހިސާބަކަށް ދެވުމާއެކު އަހަރެންނަކަށް ނޭގެ ވީގޮތެއް ކުއްލިއަކަށް އެހެން ތަނަކަށް ދަމައިގަތީ.. ދެން އަހަރެންނަށް ފެނުނު އިރު ހުރީ މަސްވެރިންގެ ޕާކު ކައިރީ…” އޭނާ ބުންޏެވެ.

އެއިން އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ރޫހު ފެންނަ ކަން ކުރިންވެސް އެނގެއެވެ. އެކަމު އެއާ ބެހޭގޮތުން އެއްވެސް ކަހަލަ މައުލޫމާތެއް ހޯދާފައެއް ނުވާނެއެވެ. އޭގެ ހިތި ނަތީޖާ މިފެންނަނީއެވެ.

“އޭގެ މާނައަކީ…..” އަހަރެން އޭނާ ކައިރީ އެހީމެވެ.

“ނޭނގެ… އޭގެ މާނައެއް އަހަރެންނަކަށް ނޭނގެ..،” އޭނާ ބުންޏެވެ.

“ދެން ކަލޭ މަށަށް އުނދަގޫ ނުކޮށް ދާން ވެއްޖެ އެންނު… މަށަކަށް ނޭނގޭ އެކައްޗެއްވެސް…” މޫނު މަތީ ބާލިސް އަޅަމުން އަހަރެން ބުނީމެވެ.

“މަބުނިން އަހަރެން މިބުނާ މީހާއާ ބައްދަލު ކުރީމަ އަހަރެން ދާނަމޭ ދޯ..” އޭނާ ވަރަށް ބާރަށް ބުންޏެވެ. އަހަރެންވެސް މިއީ ރޫހެއް ނަމައޭ ބައެއް ފަހަރު ހިތަށް އަރައެވެ. މީހަކަށް ނުއެއް ފެންނާނެއެވެ. އަދި މީހަކަށް އަޑެއް ނީވޭނެއެވެ.

“ފާއިން… މަޑުކޮށްބެ ނިދާލަން އިހަށް. މަ ބޯފަޅައިގެން ދާން އެބަ އުޅޭ…” އަހަރެން ބުނީމެވެ.

ފޯން ރިންގުވާން ފެށީ ދެނެވެ. “ހެޔޮނުވާނެ. މަށަށް ނޭވާ ލާން އެއްވެސް މީހަކު ފުރުސަތު ދޭން ބޭނުން ނުވަނީތަ؟” އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ.

“ހަލޯ…” އަހަރެން ބުނީމެވެ. ނަމަވެސް އެކޮޅުން މީހަކު ނޭވާ ހާސްވެގެން އުޅޭ ކަހަލައެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ކޯލާ އައިޑީ ބަލާލީމެވެ. ރިޝްމީ؟

“ހޭ ހޭ… ރިޝް ހުރިހާ ކަމެއް އޯކޭތަ؟” އަހަރެން އެހީމެވެ. އެކޮޅަކުން ޖަވާބެއް ނާދެއެވެ. “ރ…” އަހަރެން ދެވަނަ ފަހަރަކަށް އަހަން އުޅުނީމެވެ. “އަރުން… އަރުންގެ ފާރިއު މަރުވެއްޖެ. އެވަރަށް މިގުޅަނީ. ފޯނެއް ނުނަގާ.. ފާރިއު މަރުވެއްޖެ..” ފާރިއު ރައްޓެހިވެގެން އުޅޭ ރިޝްމީ ބުންޏެވެ. އޭރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

މުޅި ކޮޓަރިން ވައި ހުސްވި ކަހަލައެވެ. “ސްޓެޓިކް” އަޑެއް ނޫން އެހެން އަޑެއް އަހަރެންނަކަށް ނީވެއެވެ. “ނޯނޯނޯނޯ!!! ނޯ. ކޮންމެވެސް ޖޯކެއްދޯ ތިއަކީ..،” އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. ތިމާގެ އެންމެ ގާތް އެކުވެރިޔާ މަރުވުމުން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންނަށް ހަމަ ހުރެވުނީއެވެ.

ފޯނު ކޯލުގެ އަނެއްކޮޅުން މިހާރު އިވެމުން ދިޔައީ ރޯއަޑެވެ. “ކިހިނެއް….” އަހަރެންނަށް އެންމެ ފަހުން ބުނެވުނެވެ.

“ބަލާބަ ހަބަރު….” އޭނާ އެހެން ބުނިގޮތަށް ރިޝް އޭނާގެ ފޯނު ކަނޑާލައިފި އެވެ.

އަހަރެން ވަގުތުން ފޯނުން އެޖް ބްރައުޒާ ހުޅުވުމަށްފަހު އެންމެ ފަސޭހައިން ވަދެވުން އޮންލައިން ނޫހަކަށް ވަނީމެވެ. އޭރު އެންމެ ބޮޑަށް އިން ހަބަރުގައި އެއިނީއެވެ. ފާރިއުގެ ފޮޓޯއެއް ލާފައިވާ ހަބަރެކެވެ.

އެ ހުޅުވުމަށްފަހު ކިޔަން ފެށީމެވެ. އޭރު އޭނާ މަރާލާފައިވާ ގޮތް ވަނީ ހަބަރުގައި ހިމަނާފައެވެ. އަދި އޭނާ ފެނުން އިރު އޮތް ހާލަތު ވެސް ވަނީ ކިޔައިދީފައެވެ.

އަހަރެން ނޭވާ ހިފަހައްޓާލެވުނީ ހަބަރުގައި ދެން އިން ބައި ފެނުމުންނެވެ. އެ ހުރިހާ ކަމެއް ކުރި ކަމަށް އިޝާރާތް ކޮށްފައިވަނީ ރެހެންދި އަށެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ރެހެންދި އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

********

މުޅި ދުވަހު އަހަރެން އޮތީ ގޭގައެވެ. ފާރިއުގެ މޫނުވެސް ދެކިލާކަށް ނުދަމެވެ. އޭނާގެ މޫނު ފެނުމުން ހުރިހާ ކަމެއް ގަބޫލުކުރަން ޖެހޭނެއެވެ. ފާރިއު އަހަރެމެން ދޫކޮށްލާފައި ގޮސްފި ކަމަށް އަހަރެންނަށް އޭރުން ގަބޫލު ކުރަން ޖެހޭނެ އެވެ. އަދި އަހަރެން އެކަމެއް ކުރާކަށް ތައްޔާރެއް ނޫނެވެ.

ފޯނަށް މީހުން ގުޅި އަދަދެއް ނޭނގެއެވެ. ދައްތަ އައިސް ކޮޓަރި ކައިރީ ހުރެ ދެފަހަރަކު ކާން ދިޔުމަށް ގޮވިއެވެ. ނަމަވެސް އެމީހުންވެސް އަހަރެން ގަދަ ކަމުން ކޮޓަރިން ނެރޭކަން ނޫޅެއެވެ. އަހަރެން އެކަމާ ޝުކުރުވެރި ވަމެވެ.

އެންމެފަހުން ކޮޓަރީގައިވެސް ނޯވެވިގެން ނުކުންނަން ތައްޔާރުވީމެވެ. ޓީޝާޓަކާއި ޖީންސެއް ލައިގެން އަހަރެން ކޮޓަރީން ނުކުތީމެވެ. ސިޓިން ރޫމްގައި އެކަކުވެސް ނެތެވެ. ނަމަވެސް ޓީވީ ހުރީ އަޅުވާފައެވެ. އޭރު ޕްރެސް ކޮންފަރެންސް އެއް ވަގުތުން ދައްކަނީއެވެ.

“މީގެ ކުރިން ރެހެންދީ އަކީ އެއްވެސް ބިރެއް ކަމުގައެއް ނުދެކެއް. ނަމަވެސް ރޭގެ ފަތިހުގެ ވަގުތެއްގައި ހިނގި ހާދިސާއާ ގުޅިގެން ރެހެންދީ ހޯދުމަށް އަޅުގަނޑުމެން މިވަނީ މަޖުބޫރު ވެފައި… އެހެންކަމުން އަޅުގަނޑުމެން އެދެނީ ރެހެންދީ ހުރިތަނަކުން ނުކުމެ ފުލުހުންނަށް ސުވާލުތަކަކަށް ޖަވާބު ދިނުން..” ނޫސް ކޮންފަރެންސް ދޭން ތިބި ތިން މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

“އަޅުގަނޑުމެން މިއަދު މި އިއުލާން ކުރަނީ ރެހެންދީ އަކީ ފުލުހުން ދިރާސާ ކުރަމުންދާ މައްސަލައެއްގައި ހޯދަމުންދާ މީހެއްގެ ގޮތުގައި. އެހެން ކަމުން ސުވާލުތަކަށް ޖަވާބު ދިނުމަށް ރެހެންދީ ގާނޫނުގެ ކުރިމައްޗަށް އައުން އެދެން،” ކަނާއަތަށް އިން ފިރިހެން މީހާ ބުންޏެވެ.

އަހަރެން ގެއިން ނުކުމެގެން ދިޔައީމެވެ. އެއްވެސް މިސްރާބެއް ނެތި ހަލަބޮލި މާލެތެރޭގައި ހިނގަން ފެށީމެވެ. ނަމަވެސް މަގުތަކުގެ އަޑުގަދަކަމުން އަހަރެންގެ ހިތަށް ވެރިވަމުން ދިޔައީ އިތުރު ނުތަނަވަސް ކަމެކެވެ. އެންމެ ފަހުންގޮސް އުސްފަސްގަނޑުގައި މީހުން މަދުހެން ހީވާ ހިސާބެއްގައި ހިށީނީމެވެ. ރަނގަޅަށް ބުނާ ކަމުގައިވާނަމަ ޓްރެކަށް ފައިބާ ތިން ސިޑީގެ ތެރެއިން އެންމެ މީހުން ބޭނުންކޮށް ނޫޅޭ ސިޑިއެވެ.

ކަންތައް ވެގެން އުޅޭގޮތުގެ ބޮޑުމިނުގެ ރޭކާލީ ދެނެވެ. ފާރިއު މަރުވީއެވެ. އެއީ ރެހެންދީ ކުރިކަމެކެވެ. އަހަރެންނަށް ކުރެވެން އޮތް ކަންތައް އެނގުނީ ދެނެވެ.

“ރެހެންދި. ކަލޭތިއީ ކޮންމެ މީހަކަށް ވިޔަސް އަހަރެން ކަލޭ ހޯދާނަން. ސަލާމަތެއް ނުވެވޭނެ،” މުޅިން ވަރުގަދަ އަޒުމަކާއެކު އަހަރެން ބުނީމެވެ. މިއަޒުމެއް ނުގުޑާނެއެވެ.

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

ސައިންސް ފިކްޝަންޕެރަނޯމަލް

Share Article

Follow Me Written By

Jaishann

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 11 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 12 ވަނަ ބައި

Next
April 8, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 12 ވަނަ ބައި

Previews
April 7, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 11 ވަނަ ބައި

10 Comments

  1. thoo says:
    April 7, 2016 at 11:58 pm

    Jaishan vaahaka vara reethi thakolhe kury n lahy up vaale. Thankolhe avaha up vaa gotheh nehe dheynetha? Story is very nice

    1. Jaishann says:
      April 8, 2016 at 9:53 am

      Alheyyy.
      Sorry varah ehen vaathy.
      Kuriah dhaa varakah liyamun midhany,
      Mi bai hama kuru vaane.
      Hama busy kamun. v.v
      Thank You inthizaaru kuraathyves vaahaka ah

  2. AAA says:
    April 8, 2016 at 1:29 am

    Copy ekey bunevuny konmes varakah eyge aa vahtharu vyma.. ehn bunevunyma maafah edhen.. mi vaahaka aky v v reethi vaahaka eh.. jaishan kurin liyunu vaahaka ves v reethi. V thafaathu vaahaka eh.

    1. Jaishann says:
      April 8, 2016 at 9:54 am

      ahahaha dhoa.
      Ekamu thi veegothun supergirl balaalan vejje dhoa :3
      Thank you 🙂

  3. shama shuaib says:
    April 8, 2016 at 12:12 pm

    wait…kobaa ehvana bai??

    1. Jaishann says:
      April 8, 2016 at 6:44 pm

      esfiya.com/16042
      Here.
      I hope you like it :))))

  4. Faxoo says:
    April 8, 2016 at 12:33 pm

    varah reethi mibai ves… sorry comment koh nuleveythy ingey.. but i love this kind of stories.. varah mysterious characters thakeh.. and Rehendhi aky varah rangalhu myheh kaah faxu hyykury but opposite ah dhw mi dhiyaee 😮
    anyways good luck mibaives varah reethi.. juumla thah hunna gothun varah kiyaahih vey 🙂 bravo 😀 😀

    1. Jaishann says:
      April 8, 2016 at 6:46 pm

      Thank you faxoo 🙂
      Rehendhi akee Livvie. Dhevana bai ga ingeyne.
      Ekamu meehaku mihaaru eyna frame kurany
      Varah bodah shukuriyyaa Inthizaaru kuraathy. Means alot 🙂

  5. iffa says:
    April 8, 2016 at 10:55 pm

    V salhi heekurivarahvure bodahvesss … Iffa a heevaa hoth bunantha e roohu ulheny rehendhiy jahssaalaigen hen ehenve arunge beanun hifany faariu maraalaalaafa trkunves arun a dhimaavithaa rehendhi
    Yaa omg… Ehentha vaany anehlkaa keep it up..Dear waiting for next part ???????

    1. Jaishann says:
      April 9, 2016 at 1:30 pm

      Idea abadhuves welcome.
      Thank you idea share kuryma. Varah molhu hiyaaleh thiakee.
      Kuriah dhiya varakah engeyne dhoa 😀
      Thank you 🙂

Comments are closed.

All Right Reserved!