Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (4)

Psenhi Level 410 Stories100 Comments100 Login
July 6, 2017 5 Mins Read
27 Comments

“އަހަރެން މިއައީ! ދެން ކަލޭ ބޭނުންވާގޮތައް އަހަރެން ކަންތައް ކޮށްދޭނަން. ކަލޭގެ ކޮއްކޮގެ ކައިވެންޏާއި އަހަރެން ރުހި ޤަބޫލް.” ބަރު އެހާމެ ބިރުވެރިކަމުން ފުރިގެންވާ އަޑެއް އިވިގެންދިޔައެވެ.

އައިކަން އޭނާގެ ފެސްއެނބުރި އެއަޑު އައި ދިމާއަށް ބަލާލިއެވެ. ކަޅުކަންގަދަ ބޮޑު ފޮނުގަނޑެއްގެ ތެރެއިން ރަތް އަނގުރުފަދަ ދެލޯ ފެންނަން ހުއްޓެވެ. އެއެއްޗެއްގެ އަނގަ ހުޅުވިފައިވާއިރު ގަދަ ދަނބު ކުލައިގެ ދިގު ދުލެއް ނިކުމެފައިވެއެވެ. ދުލުގެ ދެފަރާތުން ފެހިކުލައިގެ ދެ ދަތް ނިކުމެފައިވެއެވެ. ނިތްކުރިމަތީގައި އޮފުއަރައަރާހުރި ކަޅު ދިގު ދަޅު ފެންނަމީހަކު ބިރުން ފިތްކަނޑައިގެންދާހާވެއެވެ. ހީވަނީ ދެންމެދެންމެ މީހެއްގެ ދުވަސް ދުއްވާލަފާނެ ހެންނެވެ.

“ސާޝާ!” އައިކަންގެ މޫނުގައިވީ ފުޅާ ހިނިތުންވުމެކެވެ. އެންމެ ދިގު ދިވެހި ރުކެއްގެ އިސްކޮޅު އައިކަންގެ ގައިގާ ހުރިއިރު މުޅި ހަށިގަނޑު އެކީ އެކައްޗަކަށްވަނީ މުށިކުލައިގެ ދިގު ކެހެރިތަކަކުން ފޮރުވިފައެވެ. މޫނުގެ ބައްޓަން ބަކަމޫނަކާއި ވައްތަރުއިރު ދެލޯ ހީވަނީ އަގުރު އަލިފާން ހެންނެވެ. ރަތްކަންގަދަ އަނގައިގާވާ ތޫނު ރީނދޫކުލައިގެ ދަތްތައް ދެބަރިއަށް ހުއްޓެވެ. ފުރަގަހުގައި ދެފަރާތުން ހުޅުވާލެވިފައިވާ ފުޅާ ފިޔަފަތްގަނޑުގެ އެކި ހިސާބުގައި ތޫނު ކަށިތަކެއް ނިކުމެފައި ހުއްޓެވެ. ބަލާބެލުމަށް އެންމެ ވައްތަރީ މިނިކާ ދޫންޔަކާއެވެ.

“ކަލޭ ތިއައީދޯ؟ އަލްކާ! ބޭބެގެ ދޫންޔާ އުފާކުރޭ! އޭ އަހަރެންގެ ޚާދިމުންނޭ! އަވަހަށް ކައިވެންޏަށް ތައްޔާރުކުރޭ! އަވަސްކުރޭ!” އައިކަން ބުޅަލެއްގެ ސިފަޖެހިގެންއިން އޭނާގެ ލޯބިވާ ކޮއްކޮގެ ބޮލުގައި ފިޔަފަތްގަނޑު ކާއްތާލަމުން ހީލިއެވެ.

އާދުވަހަކަށް އިރުއެރުމާއިއެކު އެއްބަޔަކަށް އުފާވެރިކަން މަރްޚަބާ ކިޔަމުންދިޔައިރު ޝިމްލާގެ ދިރިއުޅުންވަނީ ހިތާމެއިގެ ސާލެއް ލެވިފައެވެ.

ޝިމްލާ ލަސްލަހުން ތައްޔާރުވަމުންދިޔައީ ފުރާގަޑި ކައިރިވަމުންދާތީއެވެ. ކަކުލާއި ހަމައަށް އަންނަ ނޫކުލައިގެ އަރިފެޅި ހެދުމާއިއެކު ކަޅު ހަރުވާޅެއް ލާފައި އޭނާގެ ކަންކަންގަދަ ދިގު ބުޅި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލެވިފައިވެއެވެ. މޫނުގައި ފުއްމާ ކާއްތާލީ ފަރުވާކުޑަ ގޮތަކަށެވެ. ގަޔަށް ސެންޓުޖަހާލުމަށްފަހު ރީތިވާ އެއްޗެތިވެސް ފޮށީގެ ތެރެއަށްލާ ޒިބުދަމާލިއެވެ. ޝިމްލާ އެންމެ ފަހުފަހަރަށް ތަރުތީބުކުރެވިފައިވާ އޭނާގެ ކޮޓަރީގެ ހުރިހާ ދިމާލަކަށް ނަޒަރުހިންގާލީ ވަރަށް ހަނދާންވާނެއޭ ބުނާ ފަދައަކުންނެވެ.

ޝިމްލާގެ ކޮޓަރިއާއި ޖެހިގެންހުރި ހަނާގެ ކޮޓަރި ފަހަނައަޅާ ސިޓިންރޫމަށް ނިކުންނަންދިޔަ ޝިމްލާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއްއައީ ޙަލީމަގެ ދުލުން ބޭރުވި ބަސްތަކެވެ.

“ދަރިފުޅު ދެރަނުވެބަލަ! މަންމަވެސް ބައްޕަވެސް ކަންތައް މި ކޮށްދެނީ ދަރިފުޅަށް ރަނގަޅަކަށް. ދަރިފުޅު ތި ހީކުރާ ގޮތަކަށް ނޫނޭ އެކަންވީ. ބައްޕަ އެއުޅެނީ ދޮންތަ މުއްސަންޖަކަށް ވިއްކާލަން.” ހަނާގެ  ކޮޓަރީގެ ދޮރު ރީއްޗަށް ނުލެއްޕި ހުރުމުން ޙަލީމަ އެބުނި އެއްޗެއް ޝިމްލާގެ ކަންފަތަށް ސާފުކޮށް އިވުނެވެ.

“ކީކޭ؟ އެކީއްވެ އެމީހާ ދޮންތަ ބޭނުންވަނީ؟” ހަނާ ހައިރާންކަމާއިއެކު ސުވާލުކުރިއެވެ.

“ތިއެއް މަށަކަށް ނޭނގެ. ބުންޔޯ ބޭނުންވަރަކަށް ލާރި ދޭނަމޭ ދެން ނުގެންނަ ގޮތައް ގެންދަން ދޭށޭ. ކިޔަވާދިނަސް ގުލާމުކުރުވިއަސް އަހަރެމެންނަށް ކީއްދޯ؟ އެއްކޮޅުން އޭނާގެ ކިބައިން މިންޖުވީ. އަނެއްކޮޅުން ބޭނުންވަރަކަށް ފައިސާ ލިބެން އެބައޮތް. ރުފިޔާކޮޅު ލިބުނީމަ ވިޔަފާރިއެއް ފަށާ ވާހަކަ ބައްޕަ ބުނީ. އޭރުންދެން އަހަރެމެންވެސް ފޯރާ މީހުންގެ ތެރޭގައި ހިމެނުނީ.” ޙަލީމަ މިހާރުވެސް އެދުވަހެއް ދެކޭހިތުން ކެތްމަދުވެފައިވާފަދައެވެ.

“ހިހިހި ހޭހެހެހެހެ” ހަނާވެސް އުފަލުން ހޭންފެށިއެވެ.

ޝިމްލާއަށް އަނގަމަތީ އަތް އަޅާ ބާރުކޮށްލެވުނެވެ. އޭނާގެ ގިސްލުމުގެ އަޑު އިތުރު މީހަކަށް އިވުނަ ނުދިނުމައްޓަކައެވެ. އެއާއިއެކު ޝިމްލާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

“ކީއްވެ؟ އެންމެން އަހަންނަށް އެހާ ނަފްރަތުކުރަނީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން އެމީހުން ބުނިހާ ގޮތެއް ހަދައިގެން އުޅުނީމަވެސް އަހަންނާއި ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރަނީ ކީއްވެ؟ އަހަރެން ވަރަށް ލޯބިވޭ އެންމެންދެކެވެސް. އެކަމަކު އެއިން އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ. ނުވިތާކަށް ބައްޕަވެސް… އާހް. އަހަންނަކީ ކިހާ ބަދުނަސީބު މީހެއް.” ޝިމްލާގެ ހިތް ޝަކުވާއިން ފުރުނެވެ. އެނބުރި ކޮޓަރިއަށްވަދެ ދޮރު ތަޅުލުމާއިއެކުހެން ދޮރުގައި ލެނގިލަމުން އިށީނެވެ. އެއްއަތުން ހިތާއި ދިމާގައި އަތްއަޅާފައިވާއިރު އަނެއްއަތް އަދިވެސް އަޅާފައިވަނީ އަނގަމަތީގައެވެ. ޝިމްލާ ހިތް ފުރެންދެން އެގޮތައް އިނދެ ރުޔެވެ.

“ދަރިފުޅާ! އަދިވެސް ތައްޔާރު ނުވެވެނީތަ؟ އަވަހަށް އާދޭ ދާން.” ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމަށްފަހު ދޮންއާދަނު ގޮވާލިއެވެ.

“ލައްބަ ބައްޕާ! މިއަންނަނީ” ޝިމްލާ ހިތްވަރުކޮށްފައި ކުރެހިފައިވާ އަޑަކުން ބުންޏެވެ. އޭނާގެ އަޑުވެސް ނިކުންނަނީ ވަރަށް ހާލުންނެވެ.

“ބައްޕާ! އަހަރެން ބައްޕަދެކެ ވަރަށް ލޯބިވޭ. އެކަމަކު އަހަންނަށް ހީވަނީ ބައްޕައަށް އަހަރެން ބުރައަކަށް ވެފައިވަނީހެން. ދެން އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. ކޮންމެ ހާލެއްގައި އުޅެންޖެހުނަސް އަހަރެން އެމީހާއާއިއެކު ދާނަން. ދެން ބައްޕަމެންނަށް ތުރާލަކަށް ވާކަށް މިތާކު ނުހުންނާނަން.” ޝިމްލާ ވާހަކަދެއްކީ އަމިއްލަ ކަންފަތައް އަޑުއިވޭ ވަރަށް މަޑުންނެވެ. އެހިތް ނާޒުކު ހިތް މިއަދުވަނީ ކަތިލެވިފައެވެ. ޝިމްލާ އަވަސްއަވަހަށް މޫނުދޮވެލަން ފާޚާނާއަށް ވަނެވެ.

ލާންޗުގައި އިންއިރުވެސް ޝިމްލާގެ ފެންކަޅިވެފައިވާ ދެލޯ ހުއްޓިފައިވަނީ އޭނާގެ ކުޑަކުޑަ އާއިލާއަށެވެ. އެމީހުންގެ މޫނުގައިވާ ހިނިތުންވުމުން އެމީހުންގެ ހިތުގެ އުފާވެރިކަން ހާމަކޮށްދެއެވެ.

ކުއްލިއަކަށް ކަމެއް ހަނދާންވެގެން ޝިމްލާ އަތިރިމަތީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. ހިތަށް ލިބެމުންދިޔަ ވޭނެއްގެ ސަބަބުން އޭނާވަނީ ސާޝާގެ މަތިންވެސް ހަނދާން ނެތިފައެވެ. އޭނާ ފުރާވަގުތު ސާޝާއާއި ކޮންމެވެސް ގޮތަކުން ބައްދަލުވާނެޔޭ އޭނާގެ ހިތް ބުނެދިނެވެ. ނަމަވެސް ލާންޗު ނައްޓާލާގަޑި ޖެހުން އިރުވެސް ސާޝާގެ އެއްވެސް އިޝާރާތެއް ނުވުމުން ޝިމްލާގެ ހިތަށް އިތުރު ޒަޙަމްތަކެއް ލިބުނުހެން ހީވިއެވެ.

ފެންކަޅިވެފައިވާ ދެލޯ ފުހެލަމުން ބައްޕައާއި ދިމާއަށް ބަލާލުމުން ޝިމްލާއަށް ބޭއިޚްތިޔާރުގައި އިސްޖަހާލެވުނެވެ. ޖިހާދުދިން ބަންދުކޮށްފައިވާ ސިޓީއުރައިގާ ދޮންއާދެނު ހިފީ ނުހަނު ފުޅާ ހިނިތުންވުމަކާއި އެކުއެވެ. ޝިމްލާއަކީ މިހާރު ނުވެސް ދަންނަ މީހަކަށް ވިއްކާލާފައިވާ މީހެއްކަން އިޙްސާސްވުމުން ހިންދިރުވާލެވުނެވެ.

ލާންޗު ނައްޓާލައިގެން ފަޅުން ނިކުތުމާއިއެކު ދޮންއާދަނު އޭނާގެ އާއިލާއާއިއެކު ގެއާއި ދިމާއަށް ހިނގައިގަތެވެ. ދެން ތިބި މީހުންވެސް އެމީހެއްގެ މަސައްކަތަށް ރުޖޫޢަވެއްޖެއެވެ. ނަމަވެސް ކަނޑާއި ދިމާއަށް ބަލަހައްޓައިގެން ތޮށިގަނޑުމަތީ ސާޝާއިނީ އިންސާނުންގެ ލޯމައްޗަށް ފަރުދާވެގެންނެވެ.

“އެއީ ދޯ އަލްކާ އެބުނާ އަންހެންކުއްޖަކީ؟ ހޫމްމް. ކަލޭ ހަނދާންކުރާތި މީގެފަހުން އެއަންހެން ކުއްޖާއާ ވައިއެޅޭ ހިސާބަށް ކަލޭ ދިޔަކަން އެނގުނަސް އަހަރެންގެ ހުރި ނުބައިކަން އެކުއްޖާއަށް ދައްކާލާނަން. ހައް ހައް ހައް ހާ. ކަލެއަށް އެނގޭނެ އަހަރެންގެ ބާރުގަދަކަމާއި ރުޅިގަދަކަން ކަލެއަށް އޮޅިފައި އޮންނާނެހެނެއް ހިއެއް ނުވޭ. ހައް ހައް ހައް ހާ.” އައިކަންގެ އަޑު ފަޒާގެ ތެރެއިން ގުގުމައިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ނަމަވެސް ސާޝާއެއް އެއަޑަކަށް ނުސިހެއެވެ. ނުވެސް ސިހޭނެއެވެ. އައިކަން ސާޝާއަށް އެއްވެސް ގެއްލުމެއް ނުދޭެކަން އޭނާއަށް އެނގެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އައިކަންގެ ކޮއްކޮ އަލްކާގެ ހިތް ފަޅިފަޅިވާނެއެވެ. ސާޝާއަކީ އަލްކާގެ ލޯތްބެވެ. މިހާރު އަލްކާގެ ހަޔާތުގެ އެއްބައެވެ. އައިކަން އޭނާގެ ކޮއްކޮ ދެރަވާވަރުގެ އެއްވެސް ކަމެއް ނުކުރާނެކަން ޔަޤީނެވެ. މުޅި ދުނިޔޭންވެސް އައިކަން އެންމެ ލޯބިވާ ފަރާތަކީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮ އަލްކާއެވެ.

***

މާލޭގެ މަގުތަކުގައި ދުއްވާފައިދިޔައިރު ކާރުގެ ފަހަތު ސީޓުގައި އިން ޝިމްލާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އަލަށް މާލެ އާދެވުމުން ރާއްޖެތެރޭ ރަށްރަށާއި މާލެއާއި އަޅާކިޔާއިރު ފެންނަމުންދިޔަ މަންޒަރުން ތަލިން ކުޅުހިކިފައެވެ. މި ކޮންކްރީޓް ޖަންގަލިތެރޭގައި އެންމެ ދުވަހެއްވެސް ހޭދަކޮށްލާނެ ގޮތަކާއިމެދު ވިސްނާށެވެ. ދެން ދިމާވެދާނެ ކަމަކާއިމެދު ބިރުން ހިތް ތުރުތުރުލާ ހާލުގައެވެ.

އޮރެންޖު ކުލައިގެ އަގުބޮޑު ކާރު އައިސް މ. ސްނޯ މައުންޓަން ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ޖިހާދުގެ ކާރުގެ ދޮރު ހުޅުވައިދިނުމުން ޝިމްލާ ކާރުން ބޭރަށް ނިކުތުމާއިއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ފަސްބުރީގެ އުސް އިމާރާތެވެ. މުޅި އެހިސާބުގައިވެސް އެހާ ފުރިހަމަކޮށް ފަރުމާކޮށްފައިވާ އެހެން އިމާރާތެއް ނެތެވެ.

ޝިމްލާމެން ފޭބުމާއިއެކު ޑްރައިރު ފޮށިތައް ބާލައިދިނުމަށްފަހު ކާރު ދުއްވާލައިފިއެވެ. ގޭގެ ދޮރުމަތީގައި ޔުނީފޯމެއްގައިހުރި ދޮރުވާނު ގޭގެ ދޮރުއަށި ހުޅުވާދިނުމުން އެތެރެއަށް ވަދެގެންދިޔަ ޝިމްލާގެ ލޯހިންގަމުންދިޔައީ ގޯތިތެރެއަށެވެ.

ގޭގެ ދޮރުމަތީގައިވާ ހުސްތަންކޮޅުގައިވަނީ ވިނަ ހައްދާފައެވެ. ވިނަގަނޑުގެ މެދުން މާބްލްސް ޖަހާފައި ހިނގާނެ ފުޅާ މަގެއް ހަދާފައިއޮތެވެ. ދެފަރާތުން ފާރުކައިރީގައިވަނީ އެއްވަރަށް ކޮށާލެވިފައިވާ ބަގީޗާ ގަސްތަކެވެ.

ޝިމްލާގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ކުރިމަތީހުރި އުސް އިމާރާތަށެވެ. ގިނަ ފުރާޅުތަކެއް ލާފައި ޑިޒައިންކޮށްފައިވާ ގޮތުން ހީވަނީ ކާޓޫންތަކުން ފެންނަފަދަ ޕެލެސްއެއް ހެންނެވެ. އަދި ލާފައިވާ ސާފު ހުދު ކުލައިގެ ސަބަބުންނާއި ބެލްކަނިތަކުގައި ހައްދާފައިވާ ފެހިކަންގަދަ މާގަސްތަކުގެ ހިތްގައިމު މަންޒަރުން އިތުރަށް ހިތްދަމައިގަންނަގޮތް ހުއްޓެވެ.

“ޝިމްލާ! އެތެރެއަކަށްވެސް ނުވަންނާނަންތަ؟ އެތެރެވެސް ވާނެއެއްނު ބަލާލަންދޯ؟” ޖިހާދުގެ އަޑު އިވުމުން ޝިމްލާ އެދިމާއަށް ބަލާލިއެވެ. އޭރު އިތުރު ފިރިހެނަކާއިއެކު ޖިހާދު ފޮށިތައް ހިފައިގެން ގޭތެރެއަށް ވަންނަނީއެވެ. ޝިމްލާ ގަދަކަމުން ހިނިތުންވެލަމުން އެދިމާއަށް މިސްރާބުޖެހިއެވެ.

“ޢުލްޔާ! ޢުލްޔާ!” ޖިހާދު އަޑަށް ބާރުލާފައި ގޮވާލިއެވެ. އެތެރެއިން “ލައްބަ ލައްބަ” އޭ ކިޔަމުން ނިކުތީ ދެބައިއުމުރުގެ އަންހެނެކެވެ.

“މިތިބީ އާދެވިފަ. ދެން ދޭ އަވަހަށް ކާއެއްޗެއްދީގެން މައްޗަށް މީނަ ގޮވައިގެން އޭނަގެ ކޮޓަރި ދައްކަން. ދަތުރު ވަރުބަލިވެފަ ހުންނާނީ ދޯ ޝިމްލާ؟” ޖިހާދު ވާހަކަދެއްކީ ޢުލްޔާ އާއެވެ.

“ތެދެއް އެއީ ދަރިފުޅާ! އަވަހަށް ހިނގާ ކޮޓަރިއަށް. ފެންވަރައިގެން ރެސްޓް ކޮށްލީމަ ރަނގަޅުވާނެ. ކާއެއްޗެތިވެސް ދައްތަ ފޮނުވަދޭނަން ކޮޓަރިއަށް. ޔޫސުފް. މީނަގެ ފޮށި ހިފައިގެން އާދޭ!” ޢުލްޔާގެ ފަރާތުން ފެނުނު ގާތްކަމުން ޝިމްލާއަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިމީހުން މިހާވަރުން އޭނާ ގެނައި ސަބަބަކާއިމެދު ހިތުގައި ސުވާލުއުފެދި ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ.

ލިފްޓަށް އަރާ ހަމަޖެހުމުން ޢުލްޔާ ތިންވަނަ ފްލޯގެ ފިތަށް ފިއްތާލުމާއިއެކު ލިފްޓު މައްޗަށް އަރަންފެށިއެވެ.

“އައައްހް”

ކުއްލިއަކަށް ލިފްޓު މައްޗަށް އަރަންފެށުމުން ވެއްޓިދާނެހެން ހީވުމުން ޝިމްލާއަށް އަޑެއް ލައްވާލަމުން ކައިރީގައިހުރި ޢުލްޔާގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. ޢުލްޔާ ހިނިތުންވެލީ މިއީ ޝިމްލާ މާލެ އައި ފުރަތަމަ ފަހަރުކަން ޖިހާދު އޭނާގެ ގާތުގައި ބުނެފައިވުމުން ޝިމްލާގެ ހާލަތު ވިސްނޭތީއެވެ.

“މިއީ ޝިމްލާގެ ކޮޓަރި. ކަމުދޭތަ؟” ޢުލްޔާ ވާހަކަދެއްކީ ހިނިތުންވުމަކާއި އެކުއެވެ. މިއިންވެސް ދައްކައިދެނީ އޭނާގެ ހިތްހެޔޮކަމެވެ. ޝިމްލާ ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ.

“ހާދަ ތަނަވަސް ރީތި ކޮޓަރިއެކޭ.” ޝިމްލާގެ ހިތަށް އައި ޖުމްލަ ދުލުން ބޭރުކޮށްލެވުނެވެ.

ތެދެކެވެ. އެހެން ނުބުނެވޭ ވަރެއްނޫނެވެ. ކޮޓަރީގެ އެއްފަރާތުގައި ކިންގް ސައިޒުގެ ބޮޑު އެނދަކާއި ހަތަރު ދޮރުފަތްލީ ބޮޑު އަލަމާރިއެއް ހުރިއިރު އަނެއް ފަރާތުގައި ޑްރެސިން ޓޭބަލްއާއި ބޮޑު ފަތިޓީވީއެއްގެ އިތުރުން ސްޓަޑީ ޓޭބަލްއަކާއި ބޮޑު ސޯފާސެޓަކާއި އިތުރު ބައެއް ފަރުނީޗަރު ބަހައްޓާފައިހުރިއިރުވެސް ކޮޓަރިތެރޭ ހަމަޖެހިގެން އުޅެލާނެ ބޮޑު ޖާގަ އެބައޮތެވެ.

“ހޫމްމް. މިގޭ ހުރިހާ ކޮޓަރިއެއްވެސް ވަރަށް ބޮޑުވާނެ. އަދި ތިރީ ފްލޯތަކުގެ ކޮޓަރިތައް ވަކިން ބޮޑުވާނެ. ޖިހާދުބޭ ގެ ޑިޒައިންކުރިއިރު ބުނީ ކޮޓަރިތައް ވާނެއޭ ވަރަށް ތަނަވަސްވާން. އެންމެ ތިރީގަ ހުންނާނީ ސިޓިންރޫމްއާއި ކާކޮޓަރިއާއި ބަދިގޭގެ އިތުރުން އެއްޗެތި ދޮންނަ ބަޔާއި ދައްތަ ނަމާދުކޮށް ރެސްޓު ކޮށްލަން ހުންނަ ކުޑަ ކޮޓަރިއެއް. ފަސްޓު ފްލޯގަ ހުންނާނީ ދައްތަމެން ކޮޓަރިއާއި ދައްތަގެ ހުންނަ ހަމައެކަނި ދަރިފުޅުގެ ކޮޓަރި. އޭނަ ކުރިން އެތާ އުޅުނަސް މިހާރު އުޅެނީ ސެކަންޑް ފްލޯގަ. އެއީ އޭނައަށް ހާއްޞަކޮށް ޖިހާދުބޭ ހަދައިދީފަ ހުންނަ އެޕާޓްމެންޓެއް. ދެން މި ފްލޯއާއި މަތީ ފްލޯގައި ހުންނާނީ މިކަހަލަ ހަތަރު ކޮޓަރި ހަދާފެ ގެސްޓުން ބައިތިއްބަން. އެތަނުން ދެ ކޮޓަރީގަ ތިބެނީ މިގޭގަ ގެންގުޅޭ މީހުން. ދަރިފުޅަށްވެސް ދެން އުޅެންފެށީމަ ތަންތަން ދަސްވާނެ. އަދި ލިފްޓު ބޭނުންކުރަން ދަސްވަންދެން ސިޑިންވެސް އެރާ ފޭބިދާނެ. ލިފްޓާއި ޖެހިގެން އެހުރީ ސިޑިފެންނަން. ނޫނީ ގުޅާލާފަ ލާރާމެން މީހަކުގާތު ބުނެލިއަސް އަންނާނެ ބަލާ އިނގޭ.” ޢުލްޔާ އެއްފަހަރާ ހުރިހާތަނެއް ކިޔާދިނެއްކަމަކު ޝިމްލާގެ ސިކުނޑިވަނީ އެތަންތަނާއިމެދު ވިސްނޭ ވަރަށްވުރެ ދަށްވެފައެވެ. އެހންކަމުން ޢުލްޔާ ޔޫސުފް ގޮވައިގެން ބޭރަށް ނިކުތުމާއިއެކު ޝިމްލާ ކޮޓަރި ތަޅުލުމަށްފަހު ފޮށިހުޅުވާލީ ފެންވަރާށެވެ. ގައިގާ ޖައްސާލުމަށެވެ.

***

“ޑޭޑް ކީއްވެތޯ އަޅުގަނޑުގާތު ނުބުނީ މިކޮޅަށް އަންނަ ވާހަކަ؟” އަލްވިން ޖިނާހުއާއި އޮފީހުން ބައްދަލުވުމުން ޝަކުވާ ކުރިއެވެ.

“ބައްޕައަށް އެނގެއޭ ދަރިފުޅު މިއަދު ބިޒީ ވާނެވަރު. ދެން އެވަރަކުން ލަފާތަނަށް ނުދިޔަޔަސް އޯކޭއެއްނުން. ކޮބާ މިއަދުގެ ކްލެއިންޓްގެ ބަހަކީ.” ޖިހާދުގެ އާދައިގެމަތިން ވިޔަފާރީގެ މަޢުލޫއަށް ބަދަލުކޮށްލިއެވެ.

***

ޝިމްލާއަށް ހުރެވުނީ ބޯ ޖަންގައްޔެއްގެތެރޭގައެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ވިނަގަސްތަކާއި ވެޔޮތަކެވެ. ހިނގާ ހިނގާވެސް މީހަކު ނުފެންނަތާނގައި މަގެއްހާހިސާބުވެސް ފެންނަ ހިސާބަކަށް ދެވުން ކަމަކަށް ނުވިއެވެ. އިރު އޮއްސި އަނދިރިވާން އުޅޭކަމުގެ އިޙްސާސް ކުރެވުމުން ޝިމްލާގެ އެތެރެހަށި ރޫރޫ އަޅައިގެން ދިޔައެވެ.

“ގްވަފްފް ގްވަފްފް ގްވަފްފް”

ކަނު އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ގަހެއްގެދަށުގައި އިށީނދެއިން ޝިމްލާގެ އަތުން ފައިގެ ވަށައނގެން ހިފަހައްޓާލަމުން ދެކަކޫ ގެނެސް މެއާލާ ފިއްތާލިއެވެ. އިތުރަށް ލޯހުޅުވައިގެން އިންނަން ނުކެރިގެން ދެލޯ މަރާ ތަގުޅިކޮއްލިއެވެ.

“މަންމާ!”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……12

Next

މިލްކު ކޮށްލީ ހިތޭ……13

Next
July 6, 2017

މިލްކު ކޮށްލީ ހިތޭ……13

Previews
July 6, 2017

މިލްކު ކޮށްލީ ހިތޭ……12

27 Comments!

  1. Psenhi says:
    July 6, 2017 at 7:50 pm

    Miadhuge episode. Hope you’ll like it

  2. Wishy says:
    July 6, 2017 at 8:01 pm

    Maaa kury dhn dhw

  3. sem says:
    July 6, 2017 at 8:04 pm

    Yey me first

    1. Psenhi says:
      July 6, 2017 at 10:16 pm

      Ya semi 🙂

  4. Anu says:
    July 6, 2017 at 8:05 pm

    Nice…… Waiting…. Me first…. Yayyyy…..

    1. Psenhi says:
      July 6, 2017 at 10:16 pm

      Thnkx. 2nd dhw this tym he he 🙂

  5. Xna says:
    July 6, 2017 at 8:07 pm

    ?Reethi vey eba?. Nxt episode v kiaa hihvey?…all the best…??

    1. Psenhi says:
      July 6, 2017 at 10:17 pm

      Thnkx xna 🙂

  6. Adha? says:
    July 6, 2017 at 9:08 pm

    Huvafeneh dw e fenuny.. ?
    Varah reethi mi part ves.. ?waiting for next ep ❤?

    1. Psenhi says:
      July 6, 2017 at 10:18 pm

      Thnkyou Adha 🙂

  7. Amyy says:
    July 6, 2017 at 9:17 pm

    V reythi mivaahaka genesdheny kon dhuvasthakeygaatha

    1. Psenhi says:
      July 6, 2017 at 10:19 pm

      Thnkyou Amyy. Tuesday, Thursday n Satday insha Allah

  8. Reader says:
    July 6, 2017 at 9:21 pm

    I think huvafeneh. Dhen konmes gothakun saashaa aa meet vaane kanneynge

    1. Psenhi says:
      July 6, 2017 at 10:19 pm

      Thnkyou Reader. Let’s c dhw

  9. Shii says:
    July 6, 2017 at 9:27 pm

    Salhi. Kon iraku next part up vaani.?? Waiting for next part

    1. Psenhi says:
      July 6, 2017 at 10:20 pm

      Thnkx Shii. Satday MST probably

    2. Psenhi says:
      July 6, 2017 at 10:22 pm

      Dear readers. Me biruveri vahaka nuliyathy kannenge biruveribai gennane gothe hama nuvisnigen miulheny. Any idea?

  10. Ish says:
    July 6, 2017 at 11:06 pm

    Woww!! You’re really good at this… Maasha Allah ? keep it up!! Waiting for the next part!!!?

    1. Psenhi says:
      July 7, 2017 at 9:49 am

      Thnkyou ish. Really 🙂

  11. Noor says:
    July 6, 2017 at 11:26 pm

    Just wow..its getting interestinggg dear

    1. Psenhi says:
      July 7, 2017 at 9:59 am

      Thnkyou Noir 🙂 I just hope so

  12. khajja says:
    July 7, 2017 at 1:53 am

    Masha allah mi prt ves v furihama v rythi ❤❤ alvin ah shimlaa fenna irah kihineiybaa vaany ??? waitin keep it up gud nyt ly???????❤?❤?❤?❤???

    1. Psenhi says:
      July 7, 2017 at 10:02 am

      Thnkyou khajja. Let’s c dhw Alvin ah vaagothehves Shimla ah vaagothehves

  13. maroon says:
    July 7, 2017 at 8:15 pm

    Psenhi… story hama best… ???

  14. who am i? says:
    July 8, 2017 at 12:34 am

    wow ?? salhieyh

  15. Psenhi says:
    July 8, 2017 at 1:56 am

    Thnkyou maroon 🙂

  16. Najla says:
    July 27, 2020 at 3:04 pm

    Hi

Comments are closed.

Next Episodeއެ ތޫފާނީ ރޭ (5)←


All Right Reserved!