މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް […]
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]
” ޒުލްވެސް މިގޮތަށް ބަލައްޗޭ އިނގޭ.. އޭރުން އަނެއްހެން މައްސަލައެއް ޖެހުނަސް ބޮޑު ގެއްލުމެއް ނުލިބޭނެ .. ” މާހާ އެހެން ބުނެލީ ޒުލްފާއަށްވެސް ދެރަގޮތެއްވާން ނޭނދޭތީއެވެ. ” އެހެންވީމަ ދެން އެވާހަކައެއް ނުދައްކާނަން.. އެނގޭތަ.. ކުރީދުވަހު އޭނާއަށް ލަނޑެއް ލިބުނޭ.. އޭނަ ހަމަ ވާހަކަދައްކަން ފައްޓާއިރަށް އެތަނަށް އައި މަދިރިތަކެއް އައިސް ހެފީ އޭނަ ގައިގަ.. އަހަރެން ގައިގަ އެންމެ މަދިރިއެއްވެސް ނުހަފާ.. މަދިރި މަރާފަ އޭނައަށް އަވަދި ނުވޭ.. މަދިރި ހަފާތީ މަދިރިއަށް އެއްޗިހި […]
“ހުމްމް.. މިއީ ދޯ މިވާ ކަމަކީ.. ވަރެއްގެ ލޯތްބެއްތާދޯ.. ހެހެ.. ” ޒުލްފާ ގާތަށް ހިނިއައެވެ. “ހުމްމް.. އެނގޭތަ އަހަރެން އޭނަދެކެ އެހާ ލޯބިވަނީ ކީއްވެގެންކަން ؟ ” މާހާ ސުވާލުކޮށްލިއެވެ. “އުނހު.. ނޭނގޭ..” ޒުލްފާ ބުނެލިއެވެ. ” އެއީ ޒާހިލް އެހެން ފިރިހެންކުދިންނާއި ތަފާތު ވީމަ.. ގިނަ ވަގުތު އަހަރެމެން ތިބެނީ ވާހަކަދައްކަން.. އަހަރެން ވެސް އިންނަނީ އޭނަ ދައްކާ ވާހަކަތައް އަޑުއަހަން.. އަހަންނަށް މާގިނަ ވާހަކަ ނުދެއްކުނަސް ޒާހިލް ވާހަކަދައްކާ ހަދާނެ…. އެގޮތަށް އަސްލު […]
އެހެންނަމަވެސް، މާހާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އޭނާ ކިތަންމެ މޮޅަސް، ބޮޑާވެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. އޭނާ، އެކުދިންވެސް ގެންގުޅެނީ ވަރަށް ގާތްކޮށްގެންނެވެ. ޝިމާޒަކީވެސް އެތަނުން ކުއްޖެކެވެ. މާހާގެ ކިލާހު އެކުވެރިއެކެވެ. މާހާ، އެކުދިންނާއި ވާހަކަދައްކައި ހީސަމާސާވެސް އެވަރަށް ކުރެއެވެ. އަދި ފިލާވަޅުވެސް ބުނެދެއެވެ. އެރީތި ސިފަ މާހާގެ ކިބައިގައި ހުރުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައިވެސް އެއްވެސް ބުރަކަމެއް މާހާއާއިމެދު ނުވެއެވެ. މާހާގެ އެކުވެރި މޮޅު އެހެން ކުދިން، އެކުދިންނާ މެދު ކަންތައްކުރާގޮތުން އޭނާގެ ހިތްވެސް ނުރުހެއެވެ. […]
ދުވަހަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހެވެ. ފުއްޓަރުފުށީގެ މަދަރްސާގައި އެކަން ފާހަގަކުރެވެމުން ދިޔައިރު، އެމަދަރުސާގެ ގޯތިތެރެވަނީ، އެކި އުމުރުފުރާތަކުގެ މީހުންތަކުން ފުރާލެވިފައެވެ. އެތަނުގައި ގިނައީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. ” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ […]
އެވަގުތު ޔާލާގެ ކައިރީ ހުރި އައިދަންއަށްވެސް، އެއަންހެންކުއްޖާ ފެނުނެވެ. ” އޭ.. އައިދަން.. ކިހިނެއްވެފަ ތިހިރީ.. ” “ޔާލާ ދަންނަ ކުއްޖެއްތަ އެއީ؟.. ” ފިރާޝްކުރި ސުވާލަށް ޖަވާބުނުދީ ހުރި އައިދަން ސުވާލުކުރީ ޔާލާއާއެވެ. “ތިބުނީ ދެންމެ ހީލާފައި ދިޔަ ކުއްޖާގެ ވާހަކަތަ؟ ” ޔާލާ ސުވާލުކޮށްލިއެވެ. “އާނ..” އައިދަން ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ. ” އޯހްހް.. އަޅައިގަތީދޯ.. އެއީ އަހަރެންގެ ކިލާހު ކުއްޖެއް.. ވަރަށް ހިތްވެސް ހެޔޮ ކުއްޖެއް އެއީ.. ” ވެގެން އުޅޭގޮތް ޔާލާއަށް […]