ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި ލީލާ ފެނިފައެވެ. ލިބުނު ސިހުމާއި އެކު އިށީނދެ އިން އެނދުން ލުޔޫންއަށް ތެދުވެވުނެވެ. “ހަމަ މިހާރު އާދޭ ދާން” ނިހާލާއި ދިމާލަށް ދެލޯ ކުޑަކޮށްލަމުން ލުޔޫންގެ އަތުގައި ހިފައި ލީލާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. އަމިއްލަ ބާރެއް ނެތްފަދަ ގޮތަކަށް ލުޔޫނަށް ލީލާގެ ފަހަތުން ހިނގައި ގަނެވުނީ ލީލާ ލުޔޫންގެ އަތުގައި ހިފައިގެން ބާރުބާރަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތުމުންނެވެ. “ޔޫން…” ނިހާލަށް […]
އިސްޖަހާލައިގެން ހުރި ނިހާލް ފެންކަޅިވެ ހުރެ ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެ އަޑު އިވިފައި ލުޔޫންއަށް ނިހާލްގެ މޫނަށް ބަލައިލެވުނެވެ. މިލާ މޯޅިވެފައިވާ މޫނަކާއި އެކު އެ ދެލޮލުން ވިދަމުންދިޔަ ކަރުނަތަށް ފެނިފައި ލުޔޫންގެ ހިތް މަޑުވެގެން ދިޔައެވެ. ކުއްވެރިޔަކު ފަދައިން އިސް ޖަހާލައިގެން ހުރި ނިހާލް ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮއްްލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. ވަށައިގެންވާ މާހައުލުން ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން ކޮންމެވެސް އެއްޗަކަށް އޭނާ ނަޒަރު ހުއްޓާލައިގެން ހުރިކަހަލައެވެ. ލުޔޫން ހުރީ […]
އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ލިއަމް: “އޭތް….!” ލިއަމް އަށް އެ މަންޒަރު ފެނުމާއި އެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން އެ ދިމާލަށް ދުއްވައި ގަތެވެ. އޭނަގެ […]
ކާރުތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހޫނުކަން ލިބިގަންނަމުން، އެ އުފާވެރި ކަމުގެ ތެރެއަށް ގެނބެމުން ދިޔަ ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ކާރުގެ ދޮރާއި ދިމާލުން ޓޯޗެއްގެ އަލި ކާރު ތެރެއަށް އެޅުމުންނެވެ… ފުރަތަމަ އެ އަލި އެޅުނީ ފަހަތު ސީޓުގެ ދޮރާއި ދިމާލުން ކާރުގެ ޑޭޝްބޯޑާއި ދިމާލަށެވެ. އެއަށްފަހު އަނެއްކާވެސް ހަމަ އެ އަލި ކާރުގެ ތެރެއަށް އެޅިގެންް ދިޔައެވެ. މިފަހަރު އެޅުނީ ކާރުގެ ފަހަތު ބިއްލޫރި ގަނޑުން ކުރިއަށްވާ […]
ބަރަކާތުންނޭ އޮހެމުންދަނީ.. ނޫރުންއުފާވެރި ކަންމަތީ… އުފަލައްޓަކާ ހުޅުވޭމަގެއް.. އިސްލާހުވާން ހުޅުވޭ ދޮރެއް.. މަރްހަބާ ރަންއަކުރުން ފެވޭ.. އާ އަހަރަކަށް މަރްހަބާ ދަންނަވަން… HAPPY NEW YEAR TO ALL THE READERS AND AUTHORS…. may your 2017 is blessed with joy and rizq… 🙂 … happy new year.. 🙂 😛 <3 luv u alll with love, meemi
ސަލީމް އާއި އަތާއަތް ޖޯޑު ކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެދުމުގެ ކުރިން ލީލާއަށް ބޭރު ބަލާލެވުނީ، ސަލީމް އާއި އެކު އިތުރު މީހަކު އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ. ސަލީމް: ” އާނ. މިފަހަރު ލުތުފީއަށް އާދެވޭ ގޮތެއް ނުވި، އޭނަ ކުޑަކޮށް ބަލިވެ އުޅެނީ.. އެކަމަކު ލުތުފީގެ ދަރިފުޅު ބޭބެ އާއި އެއްކޮށް އައި.” އެވަގުތު ދޮރާށިން އެތެރެއަށް ވަދެގެން އައި ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރެހެން ކުއްޖެއް ލީލާއަށް ފެނުނެވެ. ” […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ ހަނި މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ޚުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތަނުގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާެބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތާނގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……..” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. ހުސްފަޔާއި […]
– – މާހިދު މުހައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – – ( މިއީ މިރަށުގައި ހިނގި ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ސަމާސާ އަދަބެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާނީ މިހާދިސާ ދިމާވި މީހުންގެ އަސްލު ނަންތަކެއް ނޫނެވެ. ) މިރެއަކީ ހެނބަދޫގައި ވަރަށް ޚާއްޞަ އަދި އެހާމެ ބޮޑު ރެއެކެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރުގައި އަންނަ މެހެމާނުގެ ވިހެއި ދުވަސް ފާހަގަ ކުރުމުގެ ރެއެވެ. ރަށުގެ ރައްޔިތުން މިރެއަށް ތައްޔާރުވުމުގައި އުޅޭއިރު ހީވަނީ ރެވިތެޔޮ […]