ނައީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނު އިރު އައިރީން އާއި އުލްޔާ ވެސް ދިޔައީ އެހީތެރި ވަމުންނެވެ. ގޭގައި ކުޑަ ކުއްޖެއް ނެތް ނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭގެ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާ އަކީ އެއްބަފާ ދެމީހުން ކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭތެރޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިޔަސް ބޭރު މީހުންގެ ކުރިމަތީގައި އަލިފެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. “ފެށޭ މަސް ތެރޭ މޮމްއަށްް ބޭސް ކުރަން ދާން ކަމަށް މި ވިސްނަނީ” އައިރީން ބުނަން ނުބުނަން ހުރެފައި ބުނެލި ބަސްތަކުން ނައީމާގެ ހިނިތުންވުން ފަނޑުވިއެވެ. “ކަމް އޯން މޮމް. މިތާ ތިބެގެން ތިބަލީގެ ފަރުވާ ކުރެވޭކަށް ނެތް. އެހެން ނޫނަސް ރީން އަކަށް ކެތެއް ނުވޭ މޮމް ތިހާލުގައި އުޅޭތަން ބަލާކަށް. އެއް ދުވަހު ރަނގަޅަށް ހުރިއްޔާ އަނެއް ދުވަހު ތި އުޅެން ޖެހެނީ އެނދުން ތެދުވާނެ ހިތްވަރު ނެތިފައި. ޕްލީސް މޮމް.” ނައީމާއަށް ވީގޮތް ފެނި ދާން ބޭނުން ނުވާކަން އެނގުމުން އެހިތައް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އެއްޗެއް ބުނަން އުޅުމުން އުލްޔާ ދެފަރާތަށް ބޯ ހޫރާލި ތަން ފެނުމުން އައިރީނަށް ހިމޭން ވާން މަޖުބޫރުވިއެވެ. އިތުރަށް އެތާ މަޑުކުރާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. މިމަންޒަރު ބަލަން ހުރި ނައީމާ ލޯކަރުން ފުރިފައިވާ ހާލު ހުއްޓުން އަރާފައި ހުރީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. “މޮމް. ދޮންތަ އެހެން އެ ވާހަކަ ދެއްކީ މޮމްދެކެ ރުޅި އައިސްގެނެއް ނޫން. މޮމްދެކެ ލޯބި ނުވާތީއެއް ވެސްނޫން. މޮމްއަށް ކެއާރ ކުރާތީ. މޮމް އަވަހަށް ރަނގަޅު ވާން ބޭނުން ވާތީ. މޮމްއަށް ކެއްކުރެވޭނެތަ މާމަ ބަލިކޮށް އުޅޭތަން ބަލަން؟؟ ނުވާނެ ދޯ. ހަމަ އެގޮތަށް ދޮންތައަށްވެސް ނުހުރެވޭނެ އެއްނު. ޕްލީސް މޮމް ގޮތްދޫކޮށްބަލަ.” އުލްޔާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލޯއްބެވެ. އެތައް ގޮތަކުން ވިސްނައި ދިނުމުން އެންމެ ފަހުން ނައީމާ ދާން އެއްބަސްވިއެވެ. “މޮމް އެއްބަސްވެއްޖެ. ކޮން އިރަކުތަ ފުރުން އޮތީ؟ އުލީއަށް ދެވޭނެތަ؟” އައިރީން ބެލްކަނިން ބޭރު ބަލަން ހުއްޓައި އުލްޔާ އައިސްއަހާލިއެވެ. އޭނާގެ އަޑުންވެސް ދާން ބޭނުން ވެފައި ހުރި މިންވަރު އައިރީންއަށް ސިއްރެއް ނުވިއެވެ. “ސޮރީ ކިރިޔާ ދެ ޓިކެޓް ހަމަޖެހުނީ ލޯން ނަގައިންވެސް.” އައިރީންގެ ޖަވާބުން އުލްޔާ މާޔޫސްވީ ނަމަވެސް މޫނު މަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ. “ތި ވާހަކަ އެއް ނޫނޭ. ކޮބާތަ އެއްކަލަ ޓޫތްޕޭސްޓް ބޯއީ؟” ކުއްލިއަކަށް އެއްޗެއް ހަނދާންވި ފާޑަށް އުލްޔާ ބުނެލީ ލާނެތް ކަމާއެކުގައެވެ. “ނޭނގެ. އަހަންނަށްތަ އިނގެނީ އޭނަ ވާތަނެއް؟” އައިރީން ފޫހި ވާކަމަށް ހެދިފައި ބުންޏަސް އެވަގުތު އޭނަގެ ތުންފަތުގައި ސިއްރުހިނިތުންވުމެއް ވިއެވެ. “މިއަދު ތިހެން ފޫހި ވައްތަރު ޖެއްސިޔަސް ފަހުން ތި ރީތި ދެލޯ ބޭގަރާރު ވާނެ އޭނަ ދުށުމަށް.” އުލްޔާ އަނެއްކާވެސް ދިމާކޮށް ލިއެވެ. “ހައް. އަހަރެން އޭނަ ފެނޭތޯ އުޅެނީ؟ ނޯވޭ އަހަރެން ނޫޅެން އެކަހަލަ މީހަކު ނުފެނިގެން.” އައިރީން ތުންކޮޅު އޫކޮށްލާފައި ބުންޏަސް އޭނައަށް އުލްޔާ ބުން ވާހަކަ އަކީ ތެދެއް ކަން އެނގެއެވެ. މިހާރު ވެސް އޭނަގެ ދެލޯ އެސޫރަ ދެކުމަށް ބޭގަރާރު ވާކަން އައިރީނަށް އެނގެއެވެ. “ރުޅިއަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަހަންތަ؟” އުލްޔާ އުޅުނީ އައިރީން ރުޅި އަރުވާލާ ހިތުންނެވެ. “އޯ ޕްލީޒް……ލޯބި މައި ފުޓް” އައިރީން ދެން ބުނެލި އެއްޗަކުން އުލްޔާ މިއޮއް ހުރިހާ އިރު ވަންދެން ގަދަކަމުން ހިފަ ހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އައިރީން ވެސް އެ ހުނުމުގައި ބައިވެރި ވިއެވެ. “އެކަމް ވެސް މިއުޅެނީ އޭނަ ކައިރީ ސޮރީ ބުނަން ކަމަށް.” ހުނުން މަތަކޮށް ހަމައަކަށް އަޅުވާލުމަށް ފަހު އައިރީން އެހެން ބުނެލީސީރިއަސް ވެފައެވެ. “އޯ މައި ގޯޑް. ޔޫ އެންޑް ސޯރީ އެވެސް ބޯއީ އަކަށް.” އުލްޔާ ދެލޯ ބޮޑު ކޮށްލާފައި ބުން ގޮތުން ހީވީ ދުވަހަކު ވެސް އަޑު އިވޭނެ ކަމަށް ހީކޮށްފައި ނުވާ އެއްޗެއް އައިރީނަށް ބުނެވުނު ހެންނެވެ. އައިރީނަށް ބަދަލެއް އައިހެން އުލްޔާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ އެންމެ ފަހުން އައިރީން އިއްވާލި ބަސްތަކުންނެވެ. އެއީ އެހެންޏާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކަން ފަށާ އިރަށް ކޮންމެސް އެއްޗެކޭ ކިޔާ ރެކެން ވެގެން އުޅޭ ކުއްޖާ މިއަދު ހަމަ ޖެހިލާފައި އިނުމުންނެވެ. ލީވާން އޭނާގެ ބައްޕަގެ ކެބިން އިން ނުކުތް ތަނުން ފޯނެއް އައުމުން އަވަހަށް ފޯނު ނެގިއެވެ. އެއާއެކު އިވުނީ ރިސެޕްޝަނުގައިއިންނަ ކުއްޖާގެ އަޑެވެ. “ސާރ. ކުއްޖަކު އެބަހުރި މީޓް ކޮށްލަން އައިސް” “ޓެލް ޓު ވެއިޓް އިން މައި ކެބިން” އޭ ބުނެ އޭނާާ އަވަސް ވެގަތީ ކެބިން އަށް ދިޔުމަށެވެ. “ޔޫ އަގެއިން” އައިރީން ސިހުނީ ދޮރު ކައިރީގައި ހުރި ލީވާންގެ އަޑަށެވެ. މިފަހަރު ވެސް އެއަޑުގައި ވަނީ ހަރުކަށި ކަމެވެ. “މީ..އެއްކަލަ ރޭ” އައިރީން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ފެނުނީ ލީވާން އޭނަ އާއި ދިމާލަށް ހިނގައިގަތް ތަނެވެ. ވަގުތުން އައިރީންގެ އަނގަ ވެސް ބަންދުވި ކަހަލައެވެ. ލީވާން ކުރިއަށް ޖެހޭ ވަރަކަށް އައިރީން އަށް ފަހަތަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އައިރީން ހުއްޓުނީ ފާރުގައި ޖެހުމުންނެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ކިރިޔާ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލީވާން އޭނަގެ މޫނު އައިރީންގެ މޫނާއި މަޑު މަޑުން ކައިރި ކުރިއެވެ. އައިރީންގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ލީވާންގެ އަމަލުތަކުން އޭނައަށް ކުރެވުނު ހާވެސް ކަމަކީ ލޯ މަރާލުމެވެ. “އެދުވަހު އަހަރެންނަށް ދިން ބަދަލު ބޭނުން ވަނީ ކޮން ގޮތަކަށް؟” އައިރީން އަށް ވީގޮތުން ލީވާނަށް މަޖާވިއެވެ. “އައިމް ސޮރީ” އައިރީންގެ ބަސްތަކުން ލީވާންގެ ހިނިތުންވުން ފުން ވެގެން ދިޔަތަން އައިރީނަށް ނުފެނުނީ ލޯ މެރި ގޮތަށް ނުހުޅުވާ ހުރުމުންނެވެ. “ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އައިރީނަށް ދެ ލޯ ބޮޑު ކޮށްލާފައި ބަލާ ލެވުނީކުއްލި އަކަށެވެ. “އަނެއްކާ މިމީހާގަނޑު އަހަރެން ލައްވާ ކީއްކުރަން ހިތުލައިގެން މިއުޅެނީ” އައިރީން ހިތާ ހިތުން ކިޔާލިއެވެ. “ލުކް. އަހަރެން މިތަނަށް އައީ ތިމީހާގެ ޝަރުތުތައް އަޑު އަހާކަށް ނޫން. އެރޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީމަ މާފަށް އެދެން ވެގެން. ސޯ ވެދާ ޔޫ ފޮގިވް މީ އޯރ ނޮޓް އިޓްސް ނޮޓް މައި ޕްރޮބްލަމް. ހިތަށް ނާރު ވައްޗޭ އެހެން އަންހެން ކުދިންހެން އަހަރެން ތިމީހާގެ ކޮންމެ ބަހަކަށް އާއެކޭ ބުނާނޭ. ނޯޯ ވޭ. މި އައިރީނެއް ނޫޅެން ފިރިހެނުން ތަޅާހާ ބެރަކަށް ނަށާކަށް.” އައިރީން އެއްނޭވާ މަތިން އިއްވާލި ބަސްތަކުން ލީވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. […]
އައިރީން ވަރުބަލިކަމާ އެކު ގޭ ދޮރު މައްޗަށް އެރި ވަގުތު ތުރުތުރު އަޅާ ބަލި އަޑަކުން މީހަކު ގޮވާލިއެވެ. “ދަރިފުޅާ ފެންފޮދެއް ގެނެސް ދީބަލަ” އެއީ މަންމަ ނައީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ ނައީމާ އަށް ފެން ދިނުމަށެވެ. މަންމަ ފެނުމުން އައިރީންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނައީމާ ފެންނަ ކޮންމެ ފަހަރަކު އައިރީންއަށް މިވަރުވެއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ނައީމާގެ ކުރީގެ ރީތި ހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. ނައީމާ ހިތާމަ ކުރާތަން އެތައް ރެއަކު އައިރީން އަށް ވަނީ ފެނިފައެވެ. މިއިން ކޮންމެ ފަހަރަކު ފިރިހެނުންނަށް އޮންނަ ނަފުރަތު ބޮޑުވެގެން ދެއެވެ. މަންމަ އަށް ފެންފޮދެއް ދިނުމަށްފަހު އައިރީން ނަމާދަށް އަރަން ދިޔައެވެ. ފިރިހެންވަންތަ ހިނގުމެއްގައި ވަދެގެން އައި ޒުވާނާއަސް އެންމެންގެ ނަޒަރު ހުއްޓުނެވެ. އެބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑު ފެނިއެތާތިބި އަންހެން ކުދިންގެ ހިތްތައް ލެނބެމުން ދާއިރު ފިރިހެން ކުދިންގެ ހިތުގައި ހަސަދަވެރިކަން އުފެދޭނެކަން ޔަގީނެވެެ. ފަން ރީތިއިސްތަށިގަނޑެކެވެ. ނޫ ކުލައިގެ ކަޅިއެކެވެ. އަންހެން ކުދިންގެ ބެލުންތަކަށް ސަމާލުކަން ނުދީ އޭނާގެ ކެބިންއަށް ވަނެވެ. ލޯގަނޑު ކުރިމަތީ ރީތިވާން ހުރި އައިރީން ހުރީ ހާސްވެފައެވެ. “އެންމެ ފުރަތަމަ ދުވަހުވެސް މިދެވެނީ ގަޑި ޖެހިގެން” އައިރީން ހިތާ ހިތުން ޝަކުވާކުރިއެވެ. ހުދު ކުލައިގެ ޓޮޕް ކޮޅަކާއި މެރޫން ކުލައިގެ ސްކާރޓް ހަރުވާޅުގައި ހުރިއިރު އައިރީން އާއި ވަރަށް ގުޅެއެވެ. މުށި ކުލައިގެ ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދައިފައެވެ. ތުންފަތުުގައި މަޑު އޮރެންޖު ކުލައިގެ ލިޕްސް ޓިކެއް ޖައްސާފައެވެ. ހިތްހަމަ ޖެހޭ ވަރުވުމުން އޭނާގެ ދަބަސް ހިފައިގެން ނުކުތެވެ. “މަންމާ ރީން ދަނީ” ދޮރުން ނިކުންނަމުން އައިރީން ނައީމާއަށް އަޑު އިވޭ ވަރަށް ގޮވައިލިއެވެ. “ގުޑް ލަކް. އިރާދަކުރެއްވިއްޔާ ރީންއަށް ތި ޖޮބު ލިބޭނެ.” ހިނިތުންވެލަމުން ނައީމާ ބުނެލިއެވެ. “މަންމަ ހަނދާން ކޮށް ބޭސް ކައްޗޭ” “އުލީ މިހުރީނު. އުލީ މަމްއަށް ބޭސްދޭނަމޭ ދޮންތާ ބެސްޓް އޮފް ލަކް” ކޮއްކޮގެ ބަސްތަކުން ހިތްހަމަ ޖެހިފައި ހުރެ ބޭރަށް ނިކުމެ ކާރަށް އެރިއެވެ. އަކުއާޕާލް ކޮމްޕެނީގެ ކުރިމައްޗައް ކާރު ހުއްޓުމުން އައިރީން ފޭބިއިރު ހުރީ ހާސްވެފައެވެ. އޭނަ ދުވަހަކުވެސް އިންޓަވިއު އަކަށް ނާރައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިރީން ރިސެޕްޝަނުގައި އިން ކުއްޖާގެ ކައިރީގައި އެހުމަށްފަހު އިންޓަވިއު ކުރަން ހަމަޖެހިފައިވާ ތަނަށް ދާން މިސްރާބު ޖެހިއެވެ. އޭރުވެސް އޭނަގެ ހިތް ތެޅޭވަރުން ހީވަނީ ވޭރަށް ފުންމާލަފާނެހެންނެވެ. އެހެން ނަމަވެސް ހިތްވަރުކޮށްފައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ދޮރު ހުޅުވުނު އަޑަށް ފޯނު ބާއްވާފައި ފަސް އެނބުރި ދޮރާއި ދިމާލަށް ބަލާލި ވަގުތު ދެބުމަ ގޮށް ޖެހުނެވެ. ކުރިމަތީ ހުރީ ދުވަހެއްގެ ކޮޅުންވެސް ފެންނާނެ ކަމަށް އުއްމީދު ނުކުރާ ސޫރައެކެވެ. އައިރީނަށް ވެސް ވީ އެވަރެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން ނޭނގިފައިހުރި އައިރީންގެ ނަޒަރު ހުރީ ކުރިމަތީގައި ހުރި ގޮނޑީގައި އިން ލީވާނަށެވެ. “ޔޫ” ދެ މީހުންނަށް އެއްފަހަރާ އެހެން ބުނެވުނެވެ. އޭރު ދެމީހުންގެ މޫނުން ވެސް ފެންނަނީ ރުޅިވެރިކަމެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް އަރައިގަނެ ފާނެހެންނެވެ. “ވަޓް ދަ ހެލް އާރ ޔޫ ޑުއިން ހިއާރ؟” ލީވާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އަނެއްކޮޅުން އައިރީން ހުރީ ބަހެއްވެސް ބުނަން ނުކެރިފައެވެ. ލީވާންގެ ރުޅިގަނޑު ފެނި އޭނާ ފަސްޖެހެނީއެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އައިރީން އެތަނުން ނިކުތެވެ. ކިތަންމެ ރުޅިއަޔަސް ލީވާން އަކީ އެތާގެ ބޮޑު މީހަކަށް ވާތީވެ ބަހުސް ކުރަން ބޭނުން ނުވީއެވެ. އައިރީން ނުކުތް ދޮރާ ދިމާއަށް ބަލަން އިން ލީވާންގެ ހަނދާނަށް އައީ އައިރީން އާއި އެންމެ ފުރަތަމަ ދިމާވި ގޮތެވެ. އެއީ މީގެ ދެހަފްތާ ކުރިއެވެ. ދަތް އުނގުޅާ ބޭސް ފުޅިއެއް ގަތުމަށް ފިހާރައަށް އޭނަ ދިޔައީ އެކަންޏެވެ. ފިހާރައަށް ވަދެ ބޭސް ފުޅީގައި ހިފި ވަގުތު އަންހެން ކުއްޖެއްވެސް އެފުޅީގައި ހިފިއެވެ. އެކުއްޖާއަށް ބަލާލުމާއެކު އެހެންޏާ ނުވާގޮތެއް އެވަގުތު އޭނާގެ ހިތަށްްވެގެން ދިޔައެވެ. ހަމައެފަދައިން އައިރީންއަށް ވެސް އެޒުވާނާގެ ރީތި ކަމަށް ހިތުން ތައުރީފު ކޮށްލިއެވެ. އައިރީނަށް ހޭވެރިކަންވީ ލީވާން ބޭސް ފުޅިއަށް ދެމުމުންނެވެ. “ދޫކުރޭ. އަހަރެން ފުރަތަމަ މީތި ނެގީ” ރުޅި އައިސްގެން ލޯ އަޅާލަމުން އައިރީން ބުނެލިގޮތުން ލީވާން ކައިރިއަށް ހިނިއައި ނަމަވެސް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ފަހުން މޮޅު ހިޔާލެއް އައިސް ގެން ދޫކޮށްލިއެވެ. “އަހަރެންނަށްވުރެ މީގެ ބޭނުން ތިކުއްޖާއަށް މާބޮޑު. ސޫ ޔޫ ކޭން ހޭވް އިޓް.” އައިރީނަށް ލީވާން ބުނި އެތި ނަގައި ގަނެވުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ބޭސް ފުޅީގެ މަތިގަނޑު ނަގައި އަތްފުރާ ބޭސް އަތަށް އަޅާލިއެވެ. “ހޭ ޔޫ” ފަސް ދީފައި ދިޔަ ލީވާންގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައީ އައިރީން ގޮވާލުމުންނެވެ. އެނބުރި ބަލާލުމާއެކު އަތުގައި ހުރިބޭސްތައް އޭނަގެ މޫނުގައި އައިރީން ހާކާލިއެވެ. “އޫޕްސް…ސޮރީ.. މާގިނައިން ހޭކުނީ” އައިރީންގެ ރީތި ތުންފަތުގައި ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ. ލީވާން އަށް އެއްޗެކޭ ބުނެވުމުގެ ކުރިން އައިރީން ފިހާރައިން ނިކުމެގެން ދިޔައީއެވެ. ކުޑަ ދޮރުން ބޭރު ބަލަން ހުރި އައިރީންގެ ހިޔާލުގައި ވަނީ މިއަދު އޮފީހުން ފެނުނު ޒުވާނާއެވެ. އެ ދުވަހު ކަންތައް ކުރެވުނު ގޮތުން އޭނަ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައި ހުރުމުންނެވެ. ހަމަ އެއާއެކު އޭނައަށްވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނޭތީ އާއެކުގައެވެ. “މޮމްއަށް ބޭސް ދިނީތަ؟” އުލްޔާ އައިސް ކައިރީގައި ހުއްޓުމުން ހިޔާލީ ދުނިޔެއިން ބޭރުވުމާއެކު ވަގުތުން އެހިއެވެ. ވިސްނަން ހުރުމަށްފަހު އުލްޔާ ކައިރީގައި އެދުވަހު ފިހާރަ ތެރޭގައި ވީގޮތާއި އިންޓަވިއުގާ ވީގޮތް ކިޔައި ދިނުމާއެކު ވަރަކަށް ހެވުނެވެ. “ދެން އުލީ. އިޓްސް ނޮޓް ފަނީ.” އިސްޖަހައިގެން އިން އއައިރީން އުލްޔާ މާވަރަކަށް ހެވޭތީ ބުނެލިއެވެ. ވަގުތުން އުލްޔާގެ ހުނުންހުއްޓުނީ އައިރީންގެ މޫނު މަތީގައިވާ ހާސްކަން ފެނުމުންނެވެ. “ދެން އޭނަ ކައިރިން މާފަށް އެދެނިކޮށް ތި ޖޮބު ދީފާނެއްނު.” އުލްޔާ ހިޔާލެއް ދިނެވެ. “ވަޓް؟ ނެވާ” އައިރީން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ރޭގަނޑު ކެއުމަށް ފަހު ވެސް އައިރީނަށް އިނދެވުނީ އެކަމާ ވިސްނާށެވެ. އެންމެފަހުން އޭނާ ނިންމީ އުލްޔާ ބުންގޮތަށް މާފަށް އެދޭށެވެ. އެހެންކަމުން މާދަން އޮފީހަށް ދާން ނިންމިއެވެ. އަދި ނިދަން އެރިއެވެ.
“ސޯ އަގެއިން ޔޫ ބިކޭމް އަމިއުޓް” އެ ޒުވާނާގެ އަޑުން ދެމީހުންގެ ހިމޭންކަން ގެއްލުނެވެ. “މީ… އައެމް ސޮރީ. ޔާލް ގަނެދޭނަން ހަމަ އެކަހަލަ މާތަކެއް” ކަންތައްް ވީގޮތުން ލަޔާލް އިނީ މާފަށް އެދެން ބޭނުންވެފައެވެ. އަބަދުވެސް އަމިއްލަ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކަން އާދަވެފައި ހުރުމުން މިޒުވާނާގެ ކުރިމަތީގައި ނަން ބުނެވުމުން ލަދުގަތެވެ. “އޯކޭ އޭ. އަސްލު މާފަށް އެދެން ޖެހޭނީ އަހަރެން. ލިއު އޭ ދޯ ބުނީ. ލިއު އާދިމާލަށް ތަންދޮރު ނުބަލައި […]
ނޮއެލްގެ ދެވަނަ ވާހަކައިގެ ފުރަތަމަ ބައިވެސް އިރާދަކުރެއްވިއްޔާ ހަމަ މިއަދު ގެނެސްދޭނަން. މިއީވެސް މި ސައިޓުގައި އިން އެއްކޮށް ނުނިމޭ ވާހަކައެއް. ކިޔުންތެރިންގެ ސަޕޯރޓް މި ވާހަކައަށްވެސް ލިބޭނެކަމަން އުއްމީދުކުރަން. ކިޔުންތެރިންގެ ޝުޢޫރު ފާހަގަ ކޮށްލުން އެެދެން.
ކުރީގެ އަދަދާއި ގުޅޭ: ޝައިހާ އެގޮތަށް އުޅުނު ގަޑީގައި ވަކިއެއްޗެއް ބުނަން ޒާރާ އިނީ ނުކެރިފައެވެ. އަދި ޝައިހާގެ އަތް ނައްޓުވަންވެސް ޒާރާ އިނީ ނުކެރިފައި މަޑުމަޑުންނެވެ. ޔަޒްދާންގެ މޫނުމަތީގައިވާ ރުޅިވެރިކަންވެސް ޒާރާއަށް އޭރު ފެނުނެވެ. އެހެންވެ ޔަޒްދާން މިރޭ ނިދާނީ ވަރަށް ހިތްހަމަނުޖެހިފައި ހުރެގެންކަން ޒާރާއަށް އެނގެއެވެ. ޝައިހާ އެނދުމަތީ ބާއްވައިގެން ޒާރާ އޮތީ ޝައިހާ ނިދާތޯ ބަލަންވެގެންނެވެ. ޒާރާވެސް ޝައިހާ ގާތުގައި އޮށޯވެލީ ޝައިހާ ނިދަންދެންނެވެ. ************************** ޔަޒްދާންއަށް ހޭލެވުނީ ދަންވަރު 2:30 ޖަހާއިރު […]
ކުރީގެ އަދަދާއި ގުޅޭ: ޒާރާ ގާތުގައި އެހެންބުންޏަސް ޔަޒްދާން އެއްވެސް ވަރަކަށް ސައިކަލް ބާރަކަށްވެސް ނުދުއްވައެވެ. އެހެންނަމަވެސް ކޮންމެ ވަގުތަކުވެސް ސައިކަލްގެ ސްޕީޑް ބާރުކޮށްފާނޭ ކަމުގެ ބިރުހީވާތީ ޒާރާވެސް އިނީ ޔަޒްދާންގެ ގައިން އަތްދޫކޮށްލަން ނުކެރިފައެވެ. ޔަޒްދާން ސައިކަލް ދުއްވާފައިގޮސް މަޑުކޮށްލީ ޖިލްބާބް ފިހާރައެއްގެ ދޮރު މައްޗަށެވެ. ސައިކަލް މަޑުކޮށްލުމުން ޒާރާވެސް ޔަޒްދާންގެ ގައިން އަތްދޫކޮށްލާފައި ސައިކަލުން ފޭބިއެވެ. ޕާކިން ސަރަހައްދެއްގައި ސައިކަލް ޕާކްކޮށްލާފައި ޒާރާއާ އެކުއެކީގައިހެން ޔަޒްދާން ޖިލްބާބް ފިހާރަތެރެއަށް ވަނެވެ. ފިހާރަތެރެއަށް ވަދެފައި އެތާ ހުރި […]
ކުރީގެ އަދަދާއި ގުޅޭ : “ހާދަ ހެނދުނަކާއޭ.. އަދި ހެނދުނު 7 އެ ޖެހީ ދޯ މަންމާ..” ޒާރާ ގަޑި ބަލާލިއިރު ހެނދުނު 7:05 ވީއެވެ. “އާނ.. ދޯ.. ދަރިފުޅާ.. ހީވަނީ އެމީހުން މިގަޑީގައި ނުފޮނުވާ ޔަޒްދާންއަށް ކެތްކޮށްނުލެވުނީހެން.. އެކަމަކު ދެން މާ ހެނދުނަކާވިއްޔަ އެފޮނުވީ.. ހެހެ.. ދަރިފުޅަށް ނޭނގުނަސް ބައެއްފަހަރަށް ޔަޒްދާންއަކަށް ކަންކަމުގައި ކެތެއް ނުކުރެވޭނެ..” ހެމުންހެމުން ވަފިއްޔާ ބުނެލިއެވެ. ޒާރާވެސް އަވަހަށް މޭޒުމަތީގައި ސައިޖޯޑު ބަހައްޓާފައި ސިޓިންރޫމްއަށް ދިޔައެވެ. އޭރު، ސިޓިންރޫމްގައި ބަހައްޓާފައި ހުރި […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާ އަދި އެކަންޏެއް ނުވޭ.. އަހަރެން މިހިރީއެއްނު.. އަހަރެން މިއުޅެނީ މާލެ ދާން.. ހިނގާ އަހަންނާ އެކީ ދާން.. ޒާރާވެސް ޒާރާގެ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ.. ތިވާހަކައަކީ އެހެންމީހުންނަށްވެސް އެނގެންޖެހޭ ވާހަކައެއް.. ދިޔާނާ ދައްތަ ނިޔާވިޔަސް ޒާރާގެ ކުށެއް ނެތް.. ތިވާހަކަ ސިއްރުކޮށްގެން ހުންނަން ޖެހުމުގެ ވޭން އެހެންމީހުންނަކަށް އިހްސާސެއް ނުކުރެވޭނެ. ” ރިޔާ މަސައްކަތްކުރީ ޒާރާއަށް ހިތްވަރުދެވޭތޯއެވެ. ” ޓްރިން.. ޓްރިން.. ” އެވަގުތު ކުއްލިއަކަށް ރިޔާގެ ފޯނު ރިންގްވާން ފެށިއެވެ. […]
ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއެއްވެސް ނުބުނާނަން.. ” އެހެން ބުނެފައި ޒާރާ މަންމައާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭގެ ފަހުންވެސް އެކި ދުވަސްދުވަހު ޒާރާ ވެލިކުޅެން އިންނަ ގަޑީގައި އަހުމަދު އާދެއެވެ. ކުރިއެކޭވެސް އެއްފަދައިން އަހުމަދު ދަނީ ހަމަ އަހުމަދު ބޭނުންވަގުތެއް އަންނަންދެން އެތާ މަޑުކޮށްފައެވެ. ދިޔާނާއަށް ފަހުންވެސް މިމަންޒަރުތައް ފެނެއެވެ. އެހެންނަމަވެސް ފަހުން ފަހުން ދިޔާނާވެސް އަހުމަދާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ” މިހާރު ޒާރާ ހަނދާންވެއްޖެދޯ.. ޒާރާއަށް ނޭނގުނަސް އެ […]