އޭގެ އަނެއް ދުވަހެވެ. ޝަޔާމާ އިސްކޫލުން އަތުވެއްޖެއެވެ. ޝަޔާމާ އިސްކޫލުން އައިސް ގެޔަށް ވަންނައިރަށް ޝަޔާމާއަށް ފެނުނީ އިއްޔެ ދިމާވި މުސްކުޅި ބޭބެ ގޭގައި އިންދައެވެ.
”ދަރިފުޅު އައީތަ” ޝަކީލާ ގޮވައިލިއެވެ.
”ދަރިފުޅާ”
”މިއީ މިރަށު ވަރަށް ގިނަ ބަޔަކު ޤަދަރު ކުރާ މީހެއް”
”އާދަމްމަނިކު”
”ދަރިފުޅާއި ބައްދަލުކުރާށޯ އެއައީ” ވަހީދު ބުނެދިނެވެ.
އާދަމްމަނިކު އިންތަނުން ތެދުވެ ޝަޔާމާ ގާތަށް އައެވެ.
”ޝަޔާމާ ”
”ބޭބެއަށް މާފުކުރޭ” އާދަމްމަނިކު އެހެން ބުނުމުން ޝަޔާމާ ސިހުނެވެ. ޝަޔާމާގެ މައިންބަފައިންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
”ބޭބެއަކީ ފެންނަހާ މީހަކާއި އެހެން އަނގަތަޅައި މީހެއް”
”އެހެންވެ ކޮއްކޮޔާއި ….”
”މާފްކުރޭ” އާދަމްމަނިކު މާފަށް އެދުނެވެ.
މިހާރަކަށް އައިސް ޝަޔާމާ ވަރަށް ގިނައިން ބޭރަށް ދެއެވެ. އެއްގޮތަކަށްވެސް ގޭގައި މަޑެއް ނުވެއެވެ. އެހެންޏާ އަބަދުވެސް އިންނާނީ ގޭތެރޭގައި އިސްކޫލު ފޮތެއް ހިފައިގެން ފިލާވަޅު ދަސްކުރާށެވެ. މިހާރު އެ މަންޒަރު އެއްގޮތަކަށްވެސް ނުފެނެޔޭ ބުންޏަސް މުޅިން ދޮގަކަށް ނުވާނެއެވެ. ކުރިންވެސް ޝަޔާމާ ބޭރަށް ދެއެވެ. އެކަމު ކުރިން ބޭރަށް ގޮސް އުޅެނީ ވަރަށް މަދުންނެވެ. ބޭރަށް ދިޔަޔަސް ދަނީ މަންމަ ނޫނީ ބައްޕަ ނޫނީ ބޭބެ ގާތު އަހައިފައެވެ. މިހާރު ތާކަށް ދިޔަޔަސް އަހައިލުމެއްވެސް ނޯވެއެވެ. ޝަޔާމާ މުޅިން ބަދަލުވެއްޖެއެވެ. ޝަކީލާއަށް މި ކަން ފާހަގަކުރެވިއްޖެއެވެ.
ޝަޔާމާ މިއަދުވެސް އެ އަންނަނީ ބޭރުންނެވެ.
ގެޔަށް އާދެވިއްޖެއެވެ. ޝަކީލާ ގޯތިތެރެރޭގައި ދެކޮޅަށް ހިނގައިލައި ހިނގައިލައި ހުއްޓެވެ. ޝަޔާމާއަށް މަންމަ ހުރީ ހިތްހަމަނުޖެހިފައިކަން ފާހަގަކުރެވުނެވެ. ޝަޔާމާ ބިރުގަނެއްޖެއެވެ. ހިންދިރުވައިލެވުނެވެ. ޝަޔާމާ ނުހަނު ބިރުންހުރެ ގޯތިތެރެއަށް ފިޔަވަޅު އެޅިއެވެ.
”ކޮންތާކުން ތިއައީ” މަންމަގެ އަޑަށް ޝަޔާމާ ދިޔައީ ސިއްސައިގެންނެވެ.
”މި..މި..މިއައީ ކިލާސްކުއްޖެއްގެ ގެއިން” ޝަޔާމާ ދޮގެއް ހަދައިލިއެވެ.
”މާގިނައިން މިހާރު ތި ބޭރަށް ދަނީ”
”ޝަޔާމާއަކަށް ނޭނގޭތަ ޝަޔާމާ ތިއީ…
”ކޮއްކޯ” މަންމަގެ ވާހަކަ މެދުކަނޑުވައިލައި ޝައީމް ގޮވައިލިއެވެ.ޝައީމް ހުރީ ގޭ ދޮރުދޮށުގައި ހުރިހާ ވާހަކައެއް އަޑުއަހައިށެވެ. ޝައީމް ކޮއްކޮ ގާތަށް ދިޔައެވެ.
”އައިސްބަލަ”ޝައީމް ޝަޔާމާގެ އަތުގައި ހިފައި ގެޔަށް ވެއްދިއެވެ. ޝައީމް ކަންތައް ކުރި ގޮތުން ޝަކީލާ ހިތްހަމައެއްނުޖެހުނެވެ.
”މިހާ އަވަހަށް ބޭބެ ދިން ނަސޭހަތް ހަނދާން ނެތުނީތަ”
”އޭރުވެސް ބުނިން ގިނައިން ބޭރަށް ނުދާށޭ”
”ކިޔެވުމަށް ސަމާލުކަން ދޭށޭ”
”ބޭބެ އެ ހުރިހާ ވާހަކައެއް ދެއްކިއިރު ޝަޔާމާ ހުރީ ކަންފަތަށް ކަފަ ޖަހައިފަތަ” ޝައީމް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
”ދެން ބޭބެވެސް މަންމަހެން އެއްޗެތި ކިޔަނީތަ” ޝަޔާމާ ޅަވެލިއެވެ.
”ބޭބެ މި އެއްޗިހި ކިޔަނީ ކޮއްކޮއަށް ރަނގަޅަކަށޭ” ޝައީމް ޝަޔާމާ ކޮއްކޮގެ ބޮލުގައި ފިރުމައިލިއެވެ.
ވަހީދު އެއައީ ވަލުން ދަރު ކޮށައިގެންނެވެ. ދަރުބޮނޑި ބޭއްވިއެވެ.
”ވަހީދޫ” ޝަކީލާ އޭނަގެ ފިރިމީހާއަށް ގޮވައިލިއެވެ. ޝަކީލާ އިނީ އަށީގައި އިލޮށި މަށަން އިށީނދެލައިގެންނެވެ. ވަހީދު ޝަކީލާގެ ގާތަށް ގޮސް އިށީނދެއްޖެއެވެ. ވަހީދުގެ ކޮނޑުގައި ފުރޮއެއް އޮތެވެ.
”ވަހީދޫ ހިއެއްނުވޭތަ އަހަރެމެންގެ ޝަޔާމާ މިހާރު ބަދަލުވެއްޖެހެން” ޝަކީލާ އެހިއެވެ.
”ކީއްވެ ތިހެން ތި އެހީ” ވަހީދު އެހިއެވެ.
”މިހާރަކަށް އައިސް އޭނަ ބޭރަށް ދިއުން ވަރަށް ގިނަވެއްޖެ”
”އެހެންޏާ އަބަދުހެން އިންނާނީ ގޭގައި އިސްކޫލު ފޮތެއް ހިފައިގެން”
”މިހާރު އެ މަންޒަރު އެއްގޮތަކަށްވެސް ނުފެނެޔޭ ބުންޏަކަސް މުޅިއަކުން ދޮގަކަށް ނުވާނެ”
”އެހެންޏާވެސް އޭނަ ބޭރަށްދޭ”
”އެކަމު އެއީ ވަރަށް މަދުން”
”އެހެންޏާ ތާކަށް ދަންޏާ އަހަރުން ނޫނޫ ޝައީމް ނޫނީ ވަހީދުގާތު އަހައެއްނު”
”އެކަމު މިހާރު އަހައެއްވެސްނުލާ” ޝަކީލާ ކިޔައިދިނެވެ.
”ކޮންމެހެން އަހައިކަށްނުޖެހެއެއްނު އެއީ ކުޑަކުއްޖެއްނޫނެއްނު” ވަހީދުގެ ފަރާތުން އިވުނީ ޝަކީލާ އުއްމީދުކުރިކަހަލަ ވާހަކައެއް ނޫނެވެ.
”ތިކަން އެނގޭ އަހަންނަށްވެސް”
”އެކަމު އިސްކޫލު ކިޔަވާ ކުއްޖެއް ގިނައިރު ބޭރުގައި އުޅޭކަށް ނުވާނެއްނު”
”އަބަދު މި އުޅުންޖެހެނީ އޭނަ ވީ ތަނެއް ނޭނގި ގެއްލިގެން” ޝަކީލާ ބުނެދިނެވެ.
”ޝަކީލާ ކަންބޮޑުވާނެ ކުޑަވަވަގުތުކޮޅަކަށް އޭނަ ލޯމަތިން ގެއްލުނަސް”
”އެއްދުވަހަކުން އަބަދަށް ލޯމަތިން ގެއްލިދިޔައީމައި ކިހިނެތްބާ ހަދާނީ”ވަހީދު ވަރަށް ފަސޭހައިން އެހެން ބުނެލިއެވެ.
އެހެން ދުވަހެކެވެ. ދުވަހުގެ އިރު އޮއްސެނީއެވެ.
ރުއް ގަސްތަކުން ވައިޖެހޭ އަތިރިމަތީގައި އަރާމު ހިމުން ދޮންވެލިގަނޑުމަތީގައި ޝަޔާމާ ޔަޝްފާންގެ ކޮނޑުގައި ބޯއަޅައިގެން އިނެވެ.
”ޔަޝް ”
”އަހަރެން ޔަޝްދެކެ ވަރަށް ލޯބިވޭ”
”އަހަރެން ދޫކޮށްނުލާތި”ޝަޔާމާ ދެރަވެފައި ބުންޏެވެ. ޝަޔާމާ އެހެން ބުނީ ކީއްވެކަމެއް ޔަޝްފާންއަކަށް ނުވިސްނުނެވެ. ޔަޝްފާން ޝަޔާމާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.
ނިތްކުރީގައި ބޮސްދިނެވެ.
”ސާދަވިލޭރޭގެ ހަނދު އަހަރެންނަށް ލިބިފައިވާއިރު އަހަރެން އެ ދޫކޮށްލާނެތަ” ޔަޝްފާން ޝަޔާމާގެ ދަތްދޮޅީގައި ހިފިއެވެ. ޔަޝްފާންގެ އެބުނި ވާހަކައކުން ޝަޔާމައަށް އުފަލުން ރޮވުނެވެ. ހިތް ނަށަން ފެށިއެވެ. ޔަޝްފާންގެ ގައިގައި ބައްދައިލެވުނެވެ. ޝަޔާމާއަށް ހީވީ މޮޅު ޝާއިރެއްގެ ރީތ ޅެންބައިތެއް އަޑު އިވުނުހެންނެވެ.
21ސެޕްޓެމްބަރު
މެންދުރުގެ ވަގުތުގައި ޔަޝްފާންއާއި ޝަޔާމާ އެ އުޅެނީ ވަލަށް ވަދެގެންނެވެ.
”މާދަން ޔަޝްގެ އުފަންދުވަހެއްނު”
”ކޯންޗެއް ދޭންވީ ބާތްޑޭ ޕްރެޒެންޓަކަށް” ޝަޔާމާ އެހިއެވެ.
”ބާތްޑޭ ކިސްއެއް” ޔަޝްފާން ލާނެތް ވެލިއެވެ.
”ހޫނ ލާނެތް ނުވޭ” ޝަޔާމާ ރަކިގޮތަކަށް ހީނލިއެވެ.
”ދެން ބުނެބަލަ ކޯންޗެއް ބޭނުމީ” އަނެއްކާވެސް ޝަޔާމާ ސުވާލު ތަކުރާރު ކުރިއެވެ.
” ލޯބިންދޭ ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެ” ޔަޝްފާން ޖަވާބުދިނެވެ.
22 ސެޕްޓެމްބަރު
ރޭގަނޑުގެ ވަގުތެވެ. ޝަކީލާއާއި ވަހީދު އިނީ ޓީވީއިން އަށެއްގެ ޙަބަރު ބަލައިށެވެ. ޝަޔާމާ ވީ ބާޒާރަށް ގޮހެވެ. ޔަޝްފާން އަށް ހަދިޔާއެއް ގަތުމަށެވެ.
ޝަޔާމާ ބާޒާރުކޮށްގެން ގެއަށް އަތުވެއްޖެއެވެ. ގެއަށް އައިސް ގޭތެރެއަށް ވެދެ މަންމައާއި ބައްޕަގެ ގާތަށް ގޮސް ހުއްޓުނެވެ. އަދި އެ ދެމީހުންނަށް ގޮވައިލިއެވެ.
”ކިހިނެތްވީ”އެ ދެމީހުން އެހިއެވެ.
”ތިއީ ކޮން ކޮތަޅެއް”ވަހީދު އެހިއެވެ.
”ކޮއްކޯ ހާދަ ރީތިވަލައިގެން”ޝައީމް އައިސް ފުރަގަހުން އަތްލިއެވެ.
”އެ ބުނާހެން ތާކަށް ދަނީތަ” ޝަކީލާ އެހިއެވެ.
”ކިލާސްކުއްޖެއް އުފަންދުވަހުގެ ޕާރޓީއަށް ކިޔައިފައި އޮތީމައި އެތަނަށް” ޝަޔާމާ ބުނެދިނެވެ.
”އެއީ އަންހެންކުއްޖެއްތަ ނޫނީ ފިރިހެންކުއްޖެއްތަ”ޝަކީލާ އެހިއެވެ.
”ޝަކީލާ ތިއީ ކީއްވެ ކުރި ސުވާލެއް”
”ފިރިހެންކުއްޖަކަށްވިޔަސް އަންހެންކުއްޖަކަށްވިޔަސް ކީއްވާނީ”
”އެއް ކިލާހެއްގައި އުޅޭއިރު ހުރިހާ ކުދިންނާވެސް އެކުވެރިގެންނެއްނެ އުޅޭނީ” ވަޙީދު ބުނެދިނެވެ.
”ބައްޕާ އަޅުގަނޑު ދަންތޯ” ޝަޔާމާ ހުއްދައަށް އެދުނެވެ
”ޝަކީލާ ބުނާނެ އޭނަ އަހައެއްވެސްނުލައޭ” ވަހީދު ޝަކީލާގެ މޫނަށް ބަލައިލިއެވެ.
ވަހީދު ހުއްދަދިނެވެ. .ޝަޔާމާ އުފަލުން ތެޅިފޮޅެމުން ގެއިން ބޭރަށް ފިޔަވަޅު އެޅިއެވެ.
ޕާރޓީއަށް ދާން ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

