Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 7

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
March 13, 2022 5 Mins Read
0 Comments

ކޮޓަރިއަށް ވަދެ ނިދަން އެއްޗެހި ބަދަލް ކޮށްލާ ތާޒާވެލައިގެން އައިސް ޒައިހާ ގެ ކޮޓަރި ދޮރުވެސް ހުޅުވާ ބަލައިލީ ޒައިހާގެ ހާލެއް އޮޅުން ފިލުވާށެވެ. އަރާމު ތަންމަތިގައި ހުވަފެނީ އާލަމުގައި ދަތުރުކުރަމުން ދިޔަ ޒައިހާ ފެނުމުން އޭނާ އެކޮޓަރިން ނުކުމެ އޭނަގެ ކޮޓަރި އަށް ވަނެވެ. ފޯނުހިފައިގެން އެނދުމައްޗަށް އަރައިގެން ގޮސް ވައިބާ ބަލައިލުމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް އޭނާ އަލުން އެ ހިނިތުންވުން ތުންފަތް މަތިން ފުހެލިއެވެ. އަދި އޭނާ ނެގި ވީޑިއޯ ކޮޅު ގުރޫޕަށް ލިއެވެ.

♡ ހަތްވަނަ ބައި ♡

 

އެ ވިޑިއޯ ގުރޫޕަށް ލީ ކަމެއް ނޭގެއެވެ. އެންމެން އެއްފަހަރާހެން މެސެޖު ކުރަން ފެއްޓިއެވެ. ފުލުފުލުގައެވެ. މާހީ ރަނގަޅު ތޯއެވެ. މިޝަލް ކިހިނެއް ހެއްޔެވެ. މަލަކާ ކޮބާ ބާވައެވެ. އޭނާގެ ހާލަކީ ކޮބައި ހެއްޔެވެ. މިހެން ކިޔައި އެންމެންވެސް މެސެޖު ކުރަން ފަށައިފިއެވެ.

އެންމެންވެސް ހައިރާންވި ސަބަބަކި މާހީ އަށް އަނިޔާ އެއް ދެވުމުން މާކިން އެޔަށް މައާފަށް އެދުމެއް ނެތި ދިޔުމުންނެވެ. އެންމެންނަށްވެސް އިނގޭ ގޮތުގައި އަދިވެސް އެ ދެމީހުން އުޅެނީ ރައްޓެހި ވެގެންނެވެ. ނަމަވެސް ހަގީގަތަކީ ހިތި އެއްޗެކެވެ.

 

އިރުކޮޅެއް ނުވެ މިޝަލް ވައިބާ ގުރޫޕުގައި ބޮޑު މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ.

 

” :- މަގޭވެސް މާހީގެ ވެސް ހާލު ރަނގަޅު… އޭނަ އެކަމް އެބަ އުޅޭ ކޮނޑުގަ ރިއްސާތީ… މަ ބުނެފިން މަރުކަޒަށް ދާން… އެކަމް މަންމަމެންނަށް އެނގިދާނެޔޯ ކިޔާފަ އެބައޮތް… އެންޑް ވަން މޯ ތިންގ ތިމީހުންނަށް ނޭގޭތަ މާހީ އާއި މަކިން ރުޅިވި ކަމެއް… މާކިން އެއްކަލަ ޑްރަގް ގެ މައްސަލައިގަ ރީހެބަށް ގެންދިޔަ ދުވަހު މާހީ އޭނަޔާ ރުޅިވީ… މާކިން މާހީ އަށް އަނިޔާވެސް ކުރިޔޮ މަސްތުވެ ހުރެ… އޭނަޔާ ބެހެންވެސް ހެދިޔޯ… އެކަމް ތިމަންނަ އެތަނުން ދުވެ ފިލީ ޔޯ… މާހީ އަށް އެއްވެސް މިހެއްގެ ކައިރި ބުންނަ ނުކެރުނީމަ މަގޭ ކައިރި އައިސް ބުނީ… ތިމަންނަ ރުޅި ވާ ވާހަކަ ދައްކަން ވާއިރަށް އޭނަޔަށް ބިރު ދައްކަޔޯ… އެ ޝާމިން މެން ގޭންގު ގަ އެއްނޫންހެއްޔޯ ތިމަންނަ މި އުޅެނީ… ތިމަންނަ ޖެހޭނީ ހަމައެކަނި ހާއްޓެމެން ކައިރި ބުނެލާށޯ އޭރުން ކުރަން ވަކި އިތުރު ކަމަކަށް ނުބަހައްޓާ އެމީހުން މަސައްކަތް ނިންމާލާނެޔޯ… އޭނަ ހުރީވެސް ޓްރޮމަޓައިޒް ވެފަ އެހެންވެ އޭނަ އައްޑޫ އަށް ވެސް ފުރީ… ވެދިޔަ ކަންތަށް މަތިން ހަނދާން ނައްތާލަން… އެހެންވެ އޭގެ ފަހުން އޭނަ ފިރިހެނުން ދެކެ ފުހި ވާނެ… ތި މީހުން ކައިރި ބުނަން ނުކެރިގެން ކަންނެ އެ އުޅެނީ…” ޒިވާ އެ މެސެޖު ކިޔާފައި އޭގެ ރިޕްލައި އަކަށް ކެޕްސް ލޮކް ގައި މެސެޖެއް ލިޔެފައި ފޮނުވަލިއެވެ.

” :- ވަޓް!!! މާހީ އާ މާކިން ބްރޭކް އަޕް ވީ ކޮން އިރަކު އޭ!!!!! ބްރޯ… އެކަމް، ތިމީހުންނަށްވެސް ވަރަށް ޝޮކިންގ ހަބަރެއް މަ ބުނަންތަ… މި ޒީހާން ވަރަށް ކުރިންސުރެ ވެސް މާހީ ދެކެ ލޯބި ވެޔޯ… މިއަދުވެސް އޭނަ އެ ހުންނަނީ ވަރަށް ދެރަ ވެފަ ހުންނަ ފާޑަކަށް… ދެން، ދެންމެ ހިނގައި ދިޔަ ކަންތަށް ކިޔައިދިނީމަ އޭނަ ކޮޓަރިއަށް ގޮއްސި ވަގުތުން… މަ އޭނަ ފަހަތުން ދިޔަ އިރު މީނަ ހުރީ ރޯން… މަ އެހީ ކިހިނެއް ހެއްޔޭ ވީ، ބުނީމަ މީނަ މަށަށް ކިޔައިދިނީ، އެކަމް މަށަށް އެވާހަކަ ކިޔައިދިން އިރު ބުނެވުނު، މާކިން އާއި މާހީ އެކަކު އަނެކަކު ދެކެ ލޯބި ވެޔޭ، އެ ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ… އެއީ އެކަމް އެވާހަކަ ކިޔައި ދިން އިރު އިނގޭ… މަގޭ ހިތަށް އަރާ ދުވަހަކު ލޯބި ނުވެ ހުރެވޭނެ ނަމައެއް ނޫންހޭ ހާދަ ސަފޮކޭޓް އެކޭ ކުރަން މި ޖެހެނީ… މަ ހުވާ މަ ދެރަ ވެސް ވި ޒީހާން އެވާހަކަ ކިޔައި ދިން އިރު… ”

އެންމެން އޮލަ ވާހަކައިގައި ޖެހުނެވެ. ފާޅުގައި އެކަކު އަނެކަކަށް ދިމާކޮށް އަޅުވާ ކިޔާ ހެދިއެވެ. އޭގެ ދެވަނަ ސުކުންތުގައި ތިބޭނީ ކޮންމެވެސް ސީރިއަސް ވާހަކައެއްގެ މެދުގައެވެ. ގިނައިން ދެކެވެމުން ދިޔައީ ޒީހާން އާއި މާހީ ގުޅުވާނެ ގޮތަކާއި މެދު އެވެ.

ދުވަސް ތަށް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ވިޝާމް ރަށަށް އައިތާ މިވި ދެ ހަފްތާ އެއް ހާ ދުވަހުވެސް ބޭރަށް ނުކުންނަ ފަހަރު ތަކުގައި ޒިވާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނާއަށް އެންމެ ފުރަތަމަ ދުވަހުވެސް ފެނުނު ފިރިހެން މީހާ ޒިވާ ކައިރި ހުންނަ ތަން ފެނެއެވެ. އުމުރަށް ބަލާއިރު ޒިވާ އަށް ވުރެން ޅަ ހެންވެސް އޭނާއަށް ހީވާފަހަރުވެސް އާދެއެވެ. ކިތަންމެ އިންސެކިއުރިޓީ އިހްސާސް ވިޔަސް އޭނާ ކެތް ކުރަނީއެވެ. ގުރޫޕު އެންމެން އެއްވާ ތަނތަނަކަށް އޭނާ އެ މީހާ އެއް ނުދެއެވެ. އަދި އެއާއި އެކު އޭނާގެ ބޯ ގޮވާ އެއްކަމަކަށް ވެފައި ވަނީ އީވާ، އަޔާނީމެން ޒިވާ ހުސްކޮށް ހުންނާތީ އެވާހަކައެވެ. އުމުރުދުވަހު ހުސްކޮށް ހުންނާނީ ތޯ އެހުމުން ޒިވާ ވެސް އެމީހުންނާ ދިމާލަށް އޭނާގެ ބިޓެއް ހުންނަ ވާހަކަ ވެސް ބުނެއެވެ. ބައެއް ފަހަރު އޭނާ އާއި ރައްޓެހި ވާނެ ފިރިހެނަކު ނެތޭ ކިޔައިގެންވެސް ރޯ ފަހަރު ވެސް އާދެއެވެ. މިގޮތަށް ގޮތް ނޭނގޭ މަގުތަކެއްގައި ދެފައި ވާޅުވަނދެން ހިނގަން ވީޝާމް އަށް މިއޮތީ ޖެހިފައެވެ.

އެތަށް ފަހަރަކު ޒައްޔާން ނޫނީ އާހިލް މެން މީހަކު ކައިރި އަހައިގެން ނަމަވެސް އެމީހަކީ ކާކު ތޯ ބަލަން ބޭނުން ވިއެވެ. އެހެންނަމަވެސް އެމީހުން ހީ ކޮށްފާނެ އެއްޗަކަށް ވިސްނާފައި އޭނާއަށް އަހަން ނުކެރުނީއެވެ. އޭނާގެ ހިތުގައި ވީ އިހުސާސް ތަކަކީ އެހެން އިތުރު ފަރާތަކަށް އަންގަން ބޭނުން ނުވާ އެއްޗެކެވެ. އިތުރު އެހެން ގޮތެއް ނެތިގެން އޭނާ އާހިލް އަށް ގުޅާލިއެވެ. ވިސްނާ ވިސްނާ ބޯ ގޮއްވުމަށް ވުރެން މިގޮތްވެސް ރަނގަޅު ވާނެއޭ ކިޔާފައެވެ.

 

ވަރުގަދަ ޕަބުޖީ ގަނޑެއްގައި އިންދާ ވިޝާމް ގުޅުމުން އާހިލް ފޯނު ނެގި ގޮތަށް ކުދި ކިޔާލިއެވެ.

” ކައެ އަށް މަ ޕަބުޖީގަ އިން ކަން އެނގުނީމަ ދޯ ގުޅަން އެނގެނީ… އެހެންނޫނި މަމީ މަރުވެފައި ވާ މީހެއްފަދައޭ… މަގޭ ވާ ހާލުވެސް ބަލައިލުމަކީ ކުރެވޭ ފާފައެއްދޯ… ހޫން ދެން ބުނެބަލަ ކޮން ބަލާވެރިކަމެއް ލައިގަނެގެން ތި ގުޅީ އަވަސް ކުރޭ ލިބޭނީ އެންމެ ތިރީސް ސުކުންތު…” “ހެހެހެހެ” “ހޫން އަދި އެބަ ހެޔެއްނުން.. ދެން ތި އަވަސް ކުރޭ ބާކީ ވިހި ސުކުންތު” “މީ އަނެއް…. ޒިވާ… ޒިވާ އާއީ އެކީ އެއުޅެނީ ކޮން ފިރިހެން ސޮރެއްތަ…؟؟ ވަރަށް ކުޑަ ކުއްޖެއް ހެން ހީވަނީ…” ވިޝާމް އަށް ބުނެވުނީ އެހިސާބަށެވެ. އާހިލްގެ ބޮޑު އަނގަ ފެޅުނީ އެވެ.

” އައްދޭ… ކައެ ކޮން އިރަކު އެ މަންޖެގެ ކަންތަކާ ބެހެން ފެށީ… ހޫން އޭޏާ އެހެން ފިރިހެނަކާ އެއްކޯށް އުޅޭ ތަން ފެނުނީމަ ޖޭ ވީ ދޯ… ހުން ހުން…. މަ ބަލާ ލާނަން ކާކު ތޯ… ޔާޝް މެން މީހަކު ކައިރި އަހައިގެން… ދެން ބުނޭ… ކައެ އޭނަ ދެކެ ލޯބި ވޭ ދޯ… ނުބުންޏަސް ހެވޭ… މަށަށް އިނގެޔޭ… ކައެ އޭނަ ދެކެ ލޯބި ވާކަން…” އާހިލް އޭނާގެ އަނގަ ހުއްޓާނުލާ ތަޅުވަމުން ދިޔައެވެ. އަނެއްކޮޅުން ކަންފަތުގައި ފޯނުޖަހައިގެން ހުރި ވިޝާމް ހުރީ އާހިލް ވާހަކާ ދައްކާލެއް ގިނަ ކަމުން ފޫހި ވެގެން އަނަގަ ހަފާލަ ހަފާލަ އެވެ. ޕަބްޖީ ގަނޑު މަތިން ހަނދާން ނެތުނީ ބާވައޭވެސް ވީޝާމް ހިތަށް އެރިއެވެ. އެހެން ބުނަން އުޅެފައި ވެސް ނުބުނެވުނީ އާހިލްގެ އަނގަ ގަނޑަކާއި ހެދިއެވެ.

އާހިލްގެ އަނގަ ގަނޑު ނުހުއްޓުމުން ވިޝާމް އެންމެފަހުން ފޯނު ކަނޑައި ލިއެވެ.

” ހުއް، ވަރަށް ފޮންޏޭ.. ލޯބިތަކެއް ވެވިފަ ތިއޮތީ.. ތި ލޮތްބަކާ ހުރެ މަށަށް މި ގަނޑުވެސް ނުނިންމުނީ އެއްނުން…” ވިޝާމް ފޯނު ކަނޑާލުމުން އާހިލް ފޯނާއި ދިމާލަށް ބަލަންހުރެ ކުދި ކިޔާއިލިއެވެ.

 

ގޭގައި ފޫހި ވެފައި ނީންނާން ޒީހާން ވަޒީފާ އަކަށް ދާން ނިންނމިއެވެ. ކިޔެވި ދާއިރާއިން ޖެހިގެން އޮތް ރިސޯޓު، ކަނި ހުރާއަށް އެތާނގެ އިންޖީނުގޭގައި މަސައްކަތް ކުރަން ބަދަލު ވިއެވެ. ދެ ހަފްތާއިން ތިން ދުވަސް އޮފަށް ލިބޭއިރު އޭނާ ގިނައިން އުޅެނީ އެތާނގަ އެވެ. އިންތިޒާރު ކުރަމުން ދަނީ މާލެއިން ބިން ހިއްކާ، އަލަށް ހުޅުވި ކާރު އުފައްދާ ފެކްޓްރީ އެއްގައި މަސައްކަތް ކުރުމަށް ލާފައި އޮތް ފޯމް އަށް ޖަވާބު އަންނަން ދެނެވެ. ގިނަ ދުވަހު މައިންބަފައިންނާއި އާއިލާ އާއި ގާތް އެކުވެރިންނާއި ދުރުގައި މަސައްކަތް ކުރަން ޖެހުމުން ފޫހި ވިޔަސް، ކުޑައިރުއްސުރެން ކުރިއަށް ދާން ބޭނުންވި ދާއިރާއިން އޭނައަށް ވަޒީފާ ހަމަޖެހުނީ ވިއްޔާއެވެ.

 

މިޝަލް މިއަދުވެސް ހުރީ ރަށު ހޮސްޕިޓަލް ދޮރުމަތީ މަލަކާ ނުކުންނަން ދެނެވެ. ކޮންމެ ދުވަހަކުވެސް މަލަކާ ދިއުޓީ އިން ނިމޭ ގަޑިއަށް ދެވެނީ އެ ސޫރަ ނުފެނި ދިރި އުޅެން ބޭނުން ނުވާތީ އެވެ. މާކިންގެ ބާރު ގަދަ ވުމުން އެއިން އެކަކަށްވެސް ފިޔަވަޅެއް އިތުރަށް އަޅާލަން ނުކެރެނީ އެވެ. ސައިކަލު މަތީ ހިޔާގަނޑެއްގައި ފޯނާއި ކުޅެން އޭނާ އިނީ މަލަކާ ނުކުމޭތ ބަލަބަލަ އެވެ. އެހެން ދުވަސް ދުވަހަށް ވުރެން ލަހުން މިއަދު މަލަކާ ނުކުތީ ތޮޅެމުން ފޮޅެމުންނެވެ. ކަންފަތުގައި ޖަހާފައި ވީ ފޯނުން ވާހަކަ ދައްކަމުން އައި އިރު އޭނާގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

މި މަންޒަރު ފެނުމުން މިޝަލްގެ ހިތަށް ތަދުވިއެވެ. އެ ލޮލުން ކަރުނަ ފެނުމުން ހިތުގައި މީހަކު އަތް އަޅާ އޮއްބާލި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ކުޑަކޮށް ދުވެލާފައި ގޮސް މަލަކާގެ ކައިރި ހުއްޓުނެވެ. ފޯނުން ވާހަކަ ދައްކަމުން އައި މަލަކާވެސް ކުއްލިއަކަށް ހުއްޓުނެވެ.

“ބައްޕަ ހާސް ނުވޭ… އަހަރެން ބަލާނަން ވީހާވެސް އަވަހަކަށް ތިކޮޅަށް ދެވޭތޯ… ދޮންބެ ފޯނު ނުނެގިމަދޯ… ތިކްޓު ނެގޭތޮބަލާނަން ދެމީހުންނަށް… ނަގައިގެން ދެވޭތޯ ބަލާނަން.. އެކަމް ވަގުތު ނަގާނެ… ބައްޕަ ހިތްވަރު…”

 

ކުރިމަތިން މިޝަލް ފެނުމުން މަލަކާ ހައިރާނެއް ނުވިއެވެ. އެހެންނަމަވެސް މިއަދު ދުރުގަ ނުހުރެ ކައިރިއަށް އައުމުން ޖެހިލުން ވިއެވެ. މާކިން އަށް ފެނިދާނެ ތީ އެވެ. ނޫނީ މާކިން އާއި ހަމައަށް ހަބަރު ގޮސްދާނެތިއެވެ. ޖެހިލުން ވީ ނަމަވެސް އޭނާ އިސްއުފުލާ އެ ކަރުނަވީ ދެލޮލުން މިޝަލް އަށް ބަލާލިއެވެ.

” މިކީ… ކިހިނެއްވީ… ހާދަ ހާސް ވެފަ… ކަމެއް ދިމާވީތަ..” މިޝަލް މަލަކާ އާއި ދިމާލަށް ބަލައިލުމަށް ފަހު އެ އަތުގައި ހިފާ އަތަށް ބާރު ކޮށްލަމުން އަހާލިއެވެ. އެ އަޑުގައިވެސް ވީ ނުތަނަވަސްކަން މަލަކާއަށް ފާހަގަ ވިއެވެ. އެހެންނަމަވެސް ކައިރިގައި އެންމެ ލޯބިވާ ބައިވެރިޔާ ހުރުމުން އިތުރަކަށް އޭނައަކަށް ކެތެއް ނުކުރެވުނީއެވެ. މިޝަލްގެ މެދު ހަށީގައި ބައްދާލާ އޭނާ ރޯން ފެއްޓިއެވެ. އަދި ރުއިމުގެ ތެރެއިން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“… މަމް…. މަންމަ…. ” “މިކީ މަންމަ ކިހިނެއްތަ ވީ… ރީއްޗަށް ހަމަޖެހިލާފައި ވީގޮތް އޭނާ އޮޅުންފިލުވަން މަސައްކަތް ކުރަން ބޭނުންވިއެވެ. “މަންމަ.. މަންމަ… ނިޔާވެއްޖެ… އޮޕަރޭޝަންގެ މެދު ތެރެއިން…” މަލަކާ ވަރަށް ހިތްވަރު ކޮށްލާފައި ބުނެލިއެވެ. އެޔާއި އެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޯން ފެއްޓިއެވެ. މަލަކާގެ ކިބައިން އޭނާގެ މަންމަ ކިޑްނީ ޓްރާންސްޕްލާންޓަކަށް މަސްދުވަސް ކުރިން މަލަކާގެ ބޮޑުދައިތަ އަދި ބައްޕަ އާއިއެކު ފުރި ވާހަކަ އިނގުނެވެ. އެހެންނަމަވެސް މަންމަގެ ބަލި ހާލަތު ހުރިގޮތުން އެކަން ފުރަތަމަކޮޅު ނުކުރެވޭކަންވެސް ވަނީ އެނގިފައެވެ. ފަހުން ކުރަން ހަމަޖެހުނީ ތާއެވެ.

 

ބޮޑުދައިތަ ގުޅާފައި ބުނި ވާހަކަ އަކުން މާކިންގެ ހަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ. މަންމަ ވަކިވެގެން ދިޔައީ އަލްވަދާއުގެ ބަހެއްވެސް ބުނެ ނުލައެވެ. އަބަދުވެސް އޭނާ ކައިރި ރަނގަޅަށް އުޅުމަށް ބުނެއެވެ. ލޯބިން ފިރުމާ ނަސޭހަތް ދޭކަށެއް މަންމަ އެއް ދެނެއް ނުހުންނާނެ ތާއެވެ. މަލަކާ މަތިން ހަނދާން ވުމުން އަވަހަށް ގެއިން ނުކުމެ ސައިކަލުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ހޮސްޕިޓަލްގެ އެތެރެއަށް ނުވަދެވެނީސް ފެނުނު މަންޒަރުން އޭނާއަށް ލިބިފައިވި ހިތާމައިގެ ކުރިއަށް ރުޅި ނުކުތެވެ. މިޝަލްގެ އަތުތެރޭ މަލަކާ ވީތަން ފެނުމުން އެދިމާލަށް ހަރު ފިޔަވަޅު ތަކެއްގައި ހިނގައި ގަތެވެ.

 

~ނުނިމޭ~

މިބައިވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން.. ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ….????

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (38)

Next

ފުރިހަމަ ހަނދުވަރު 4

Next
March 13, 2022

ފުރިހަމަ ހަނދުވަރު 4

Previews
March 13, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (38)



All Right Reserved!