Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 7

Ali Alsham Level 110 Stories
March 8, 2022 5 Mins Read
0 Comments

ނިންދަވައިދޭންވީތަ؟” އާދޭ އަހަރެން ނާނާ ކިޔާނަން.”
އެއްމިޔަކަނުން ހީލަމުން އަޔާން ވާހަކަދެއްކި ގޮތުން ކައިރާގެ މޫނަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ކުޑަ ވަށް ބުރުގަލަކާއި ދޫހެދުމެއް ލައިގެން ހުރި ކައިރާއަށް ބަލާލަމުން ފުރަތަމަ ފަހަރަށް އަޔާންއަށް ކައިރާއާމެދު ވިސްނާލެވުނެވެ. އެމަޑުމައިތިރި މިޒާޖާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތައް އަޔާންއަށް ކަމުދިޔައެވެ.
“ކައިރާ!” ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު އަޔާން ގޮވާލިއަޑަށް ކައިރާއަށް އިސްއުފުލާލެވުނެވެ. ކައިރާ މަޑުމަޑުން ހޫމް އަޅުވާލީ އަޔާންއާ އެއްހަމައެއްގައި ހުއްޓިލަމުންނެވެ.
” ޔާން..!!!!” އެލީޝާ ގޮވާލި އަޑަށް ދެމީހުންވެސް ސިހިގެން ދިޔައެވެ. މަޑުމަޑުން ފަހަތަށް އެނބުރި ބަލާލިއިރު އެލީޝާ ދެލޯ މުދުނަށް ލައިގެން ހުރެ ރުޅިއައިސްގެން ފުފެނީއެވެ.
“ޔާން. ހަމަ މިހާރު އާދޭ.. ތީދޯ ތިދެމީހުން ތިގަންނަ ގަނޑަކީ. ބަލަ ޔާންއަކަށް ނުޖެހޭނޭ މިތަނަށް އައިސް މިއަންހެނާއާއި ބައްދަލުކުރާކަށް. އެވެސް ދަންވަރު. މިހިރަ އަންހެން މީހާގަނޑާ ކޮންތަނެއް ބަލާކަށް. އޭނ؟”
ކަރުބުޑުން އެލީޝާ ހަޅޭލަވަމުން ދިޔައިރު ކައިރާއަށް ހައިރާންކަމެއް ލިބުނެވެ. ގުޑިލާންވެސް ނޭނގިފައި އޭނާއަށް ހުރެވުނީއެވެ.
” ހުންނަ ގޮތްކުޑަކަން. ކަލޭ މިހާރު މަށާ މާގިނައިން ޒުވާބުކުރަނީ މިހިރަ ފެންނަ މަންމަން އަންހެނާގެ އަވައިގައި ޖެހިގެންދޯ. މަށަށް…. ” އެލީޝާ އައިސް ހުއްޓިލީ އަޔާންގެ ކުރިމަތީގައެވެ.
” އެލީޝާ!” އެލީޝާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އަޔާން އަޑަށް ބާރުލާފައި ގޮވާލިއެވެ.

” މޮޔަވީތަ؟ ތިމޮޔަ ގޮވަނީ ކާކަށް އިއްވަން؟ ބުނަން. ދެން އެލީޝާއާ އަހަންނާއި އެއްވެސް ގުޅުމެއް ނޯންނާނެ. ތިފާޑަށް ތެޅެން މަގޭ ކުރިމައްޗަށް އަންނާނެ ކަމެއް ނެތް.”
ދެއަތް މުށް ކަވައިލަމުން އަޔާން އެތަނުން ދާން ހިނގައިގަތެވެ. އެލީޝާ ފެނުމުން އޭނާގެ ތަބީޢަތު ގޯސްވެއްޖެއެވެ. ނުވިތާކަށް އެލީޝާ ދައްކަމުންދިޔަ ވާހަކަތަކެއްގެ ސަބަބުން އޭނާ ނުހަނު ހިތްހަމަނުޖެހުނެވެ. މިކަން މިގޮތަށް ހިނގާނޭ ކަމީ އޭނާއަށް އޮޅިފައިވާ ކަމެއްނޫނެވެ. އެހެނީ އެލީޝާ ކުރިންވެސް މިކަހަލަ އެތަކެއް ތަމްސީލްތަކެއް ކުޅެފައިވެއެވެ. އޭނާ އަންހެންކުއްޖަކާއި އެކީ ހުއްޓާ އެލީޝާއަށް ފެނިއްޖެނަމަ އެހަތަރަސްކަން ހަމަވީއެވެ. ބައެއްފަހަރު އެލީޝާ އުޅޭ ގޮތުން އޭނާއަކީ “ސައިކޯ” މީހެއްހެންވެސް އަޔާންއަށް ހީވެއެވެ. އަމިއްލަ މައިންބަފައިންނާއި ދިމާއަށްވެސް ހިތުހުރި އެއްޗެއް ގޮވައިލައެވެ.
“ޔާން! މަޑުކޮށްބަ. މިއީ ކަލޭގެ ކަންތަކޭ. ޔާންއާ ދުރުގަ އުޅޭތި! އޭނާގެ ބޮލަށް އެރިގެން ތިޔަ އުޅެނީ ރަނގަޅު ކަމަކު ނޫން…” ކައިރާއަށް ލޯއަޅައިލަމުން އެލީޝާ އަޔާންގެ ފަހަތުން ހިނގައިގަތެވެ.
އެލީޝާއަކީ ނިކަން ރުޅިގަދަ މީހެއްކަން ކައިރާއަށް އެނގިފައިއޮތަސް އޭނާ އެގޮތަށް ރުޅިއައިސްފައި ހުއްޓާ ކައިރާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ނުކުރާ ކަމެއް ބޮލުގައި އެޅުވުމުން ކައިރާ ހިތްހަމަނުޖެހުނެވެ. އޭނާއާ އަޔާންއާ ދެމެދުގައި އެއްވެސް ކަމެއްވެއްޖެ ހެއްޔެވެ؟ އެލީޝާ އެގޮތަށް އެޝައްކު ކުރީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ކޯއްޗެއް އޭނާއަށް ފެނިގެން ހެއްޔެވެ؟ ކޮން ގަނޑެއްގެ ވާހަކައެއް ހެއްޔެވެ؟
” ޔާން. ޕްލީޒް އަޑުއަހާބަލަ.” އެލީޝާ އަޔާންގެ އަތުގައި ހިފެހެއްޓިއެވެ.
” އެލީޝާ. އަހަރެން ހާދަ ކެތެއް ކުރީމޭ އެލީޝާއާއެކު އުޅެވޭތޯ. އެލީޝާގެ ތިގޮތްގަނޑު ދޫކޮށްލާނެ ކަމަށް ހީކޮށް. މިރޭ މިހިރީ ހަމަ އަސްލަށްވެސް ވަރަށް ހިތްހަމަ ނުޖެހިފަ. އަތުން ދޫކޮށްލާ. އެހެންނޫނީ..”
” އެހެންނޫނީ ކީއްކުރެވޭނީ. ކީއްކުރާނީ. އޭނ؟” އެލީޝާ ހަޅޭއްލަވައިގަތެވެ.
” އާ. އަދި އަޑުމަޑު. ބާރަށް ގޮވާ. މިރޭ މިގޭ އެންމެން މިތަނަށް ޖަމާކުރޭ.” ހާމަ ފެންޑާގެ ތެރޭގައި ގުގުމައިގެންދިޔަ އެލީޝާގެ އަޑާއެކު އަޔާން ބުނެލިއެވެ.
އަދި އެލީޝާގެ އަތް ފޮޅުވައިލުމަށްފަހު ބާރުބާރަށް ގޮސް ގެއިން ނުކުތެވެ.
އަޔާން ދިޔަދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އެލީޝާ ފުން ނޭވާއެއްލީ އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރުމަށެވެ. ޚިޔާލުތަކެއްގައި ހުރެގެން ގޮސް އޭނާ އަމިއްލަ ކޮޓަރިއަށްވަނެވެ. ކައިރާއާއެކު އަޔާން ހުރިތަން ފެނުމުން އޭނާއަށް ރުޅިއާދެވުނީއެވެ. ޝައްކާއި ވަހުމުތަކުން ހިތް ފުރުނީއެވެ. އަޔާން ގެއްލިދާނެތީ އަބަދުވެސް އޭނާ ބިރުގަނެއެވެ. އެއީ އޭނާގެ ލޯތްބެވެ. ހިތުގެ ފިނިކަމެވެ. އެހިތުގެ ރާޖާއެވެ. އެގޮތަށް އޭނާއަށް ކަންތައްކުރެވެނީވެސް އަޔާންދެކެ ވާލޯތްބެއްގެ ބޮޑުކަމުންކަމަށް އެލީޝާދެކެއެވެ.
**** *****
އަރައިގެން އައި އިރާއެކު މުޅި ދުނިޔެމަތި އަލިކުރުވަމުން ދިޔައެވެ. ކޮޓަރީގެ ބާލުޚާނާއަށް ނުކުންނަމުން ނާއިކް މޯޅިއަކަށް ދެމިލިއެވެ. ވަށައިގެންވި މާހައުލަށް އަވަސް ނަޒަރުތަކެއް ދެމުން އޭނާ ހަމަޖެހިލިއެވެ. އޭނާއަށް ހިތްހަމަޖެހިގެން ނިދާލެވުނު ރެއަކަށް ރޭ ވެގެންދިޔައެވެ. ފޯނު ނަގާލުމަށްފަހު ކައިރާއަށް ގުޅާލީ ހެނދުނުގެ ސަލާމް ބުނާނަމޭ ހިތާއެވެ.
ފޯނު ރިންގްވާ އަޑު ކަންފަތުގައި ޖެހުމާއެކު ކުރަން ހުރި މަސައްކަތް ހުއްޓުމަށްފަހު ކައިރާ ފޯން ނެގިއެވެ.
” ހަލޯ. ކައި. ގުޑް މޯނިންގް..” ކައިރާ ފޯނު ނެގުމާއެކު ނާއިކް ބުނެލިއެވެ.
” ހަމަ ގުޅާލީ. ގުޅާހިތުން. އަސްލު ރޭގަ ވަރަށް އުފާވި ކައި އާއެކޭ ބުނީމަ.” ދެންވެސް ވާހަކަދެއްކީ ނާއިކްއެވެ. ވާހަކަތަކެއް ދެއްކުމަށްފަހު ނާއިކް ފޯނު ކަނޑާލީ އިރުގަނޑެއް ފަހުންނެވެ. އުފާވާ ވާހަކައާއި ދެންވެސް އެތައް ވާހަކަތަކެއް އޭނާ ދެއްކިއެވެ.

ނާއިކް ދައްކަމުންދިޔަ ވާހަކަތަކަށް ކައިރާ ހަމައެކަނި ހޫމް އަޅުވާލަނީއެވެ. އިތުރު އެއްޗެއް ބުނަން ބޭނުންވިޔަސް އޭނާވަނީ އެކަމަށް ނުކުޅެދިފައެވެ. ވާހަކަދައްކަން އޭނާވެސް ނިކަން ބޭނުމެވެ. އެކަމަށް އޭނާގެ ހިތް އެދި ގޮވައެވެ. ބައެއްފަހަރު އޭނާއަށް ހިތާހިތުން ޝަކުވާވެސް ކޮށްލެވެއެވެ. ނަމަވެސް އެފަދަ ވަގުތުތަކުގައި އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައެވެ. އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. މިދުނިޔެމަތީގައި ހުރިހާ ކަމެއް ފުރިހަމަ އިންސާނެއް ކޮބައިހެއްޔެވެ؟ އެކި މީހުނަށް ދެއްވާފައިވަނީ އެކި ނިޢުމަތްތަކެވެ. މަހުރޫމް ކުރައްވާފައިވަނީވެސް އެކި ނިޢުމަތްތަކުންނެވެ. އެނިޢުމަތެއްގެ މުހިއްމުކަން އިހުސާސްވާނީ އެކަމެއް ބީވެގެން ދިޔުމުންނެވެ.” ކައިރާ. އާދެބަލަ މާމައަށް މިބޭސް ގަނެގެން. މިތާ ކައިރި އެއްކަލަ ފިހާރައިގަ ވިއްކަން ހުންނާނެ. މާމަގެ ބުރަކަށީގައި ރިއްސާތީ އުގުޅާ ބޭސް މިއީ” ކުޑަ ބިއްލޫރި ފުޅިއެއް ދައްކައިލަމުން ފަރީދާ އެހެން ބުނެލި އަޑަށް ކައިރާ އިސްއުފުލާލިއެވެ. ހިނިތުންވެލަމުން ބޯޖަހާލީ އެކަންކޮށްދޭނެ ކަމުގެ ޔަޤީންކަން ދެމުންނެވެ.
ކުޑަގޮތަކަށް ތައްޔާރުވެލައިގެން ކައިރާ ފިހާރައަށް ދާން ނުކުތީ ފަރީދާ އެބުނި އެއްޗެއް ގަނެދިނުމަށެވެ. ކޮންމެކަމެއް ކުރަން ފަރީދާ ބުނިކަމުގައިވިޔަސް ހިތުން ރުހުމުން އޭނާ އެކަން ކޮށްދޭނެއެވެ. މަންމައަކާއި ނުލައި އޭނާ ބަލައި ބޮޑުކުރީ މާމަކަން އޭނާ އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ.
“ނާހިދާ ހަމަ ޔަޤީންތަ؟ މީތަ އޭނަ އުޅޭ ގެ؟” ކުރިމަތިން ފެންނަމުންދިޔަ އިމާރާތަށް ބަލައިލަމުން ދުންޔާ ސުވާލުކުރިއެވެ.
” އާއެކޭ. މިއީއޭ. އޭތް. ބަލަ އެޔޮއް ދަނީ.” ނާހިދާ ކުއްލިއަކަށް އަޑަށް ބާރުލާފައި ބުނެލިއެވެ.
” ކޯއްޗެއް؟” ނާހިދާ އަތުން އިޝާރާތްކުރަމުން ދިޔަ ދިމާލަށް ބަލަމުން ދުންޔާ އަހައިލިއެވެ.
” ބޮޑު ފުރޭތަ. އެހެންޏާފަހެ. މިހޯދަނީ ކައިރާވިއްޔަ. ދެން މަދައްކާނީ އޭނަ އެއްނު.” ފިހާރައިން ނުކުންނަމުންދިޔަ ކައިރާއަށް ބަލާލަމުން ނާހިދާ ބުނެލިއެވެ. އޭރު ކައިރާ އައިސް އެމީހުންނާއި އަރާ ހަމަކުރަނީއެވެ.
“ކައިރާ!”
***** ****
” ޔާން ހެޔޮނުވާނެ. ދެން ތިގޮތަށް ރުޅި އައިސްފަ ނުހުރެބަލަ.” އަޔާން ފެނުމާއެކު އެލީޝާ ބުނެލިއެވެ.
” ބުނެފީމެއްނު އަހަންނާއި ވާހަކަނުދައްކާށޭ! މިއަދު މިގެއިންވެސް ނުކުމެގެން ދާނަން. ” ގޭތެރޭގެ މާހައުލަށް ލޯއުކަމުން އަޔާން ވާހަކަދެއްކީ ނިކަން މަޑުންނެވެ. އެލީޝާއާއި ދިމާލަށް ލޯއަޅާލުމަށްފަހު އެތަނުން އަޔާން ހިނގައިގަތެވެ.
އެލީޝާ ގޮސްވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ހަމަޖެހިލަމުން ދެފައިވަށްކޮށްގެން އެނދުމަތީގައި އިށީނުމަށްފަހު އޭނާ މީހަކަށް ފޯނުން ގުޅާލިއެވެ.
” އަހަރެން ކިހިނެއް ހަދާނީ.؟ ” އޭނާގެ ހިތުގެ ހާލަތު އެމީހަކާއި ހިއްސާކުރުމަށްފަހު އެންމެ ފަހުން އެލީޝާ ބުނެލީ އެހެންނެވެ. އަޔާންއާއި އޭނާއާ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކައާއި އެކަން ހައްލުކުރާނެ ގޮތެއް ބުނެދިނުމަށް އޭނާ އެދުނެވެ.
” ވަޓް؟. ބްލެކް މެޖިކް.”

” އަހަރެން ކިހިނެއް ހަދާނީ.؟” އޭނާގެ ހިތުގެ ހާލަތު އެމީހަކާއި ހިއްސާކުރުމަށްފަހު އެންމެ ފަހުން އެލީޝާ ބުނެލީ އެހެންނެވެ. އަޔާންއާއި އޭނާއާ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކައާއި އެކަން ހައްލުކުރާނެ ގޮތެއް ބުނެދިނުމަށް އޭނާ އެދުނެވެ.
” ވަޓް؟ ބްލެކް މެޖިކް.” އެލީޝާގެ އަޑު ބާރުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނީވެސް ޤަބޫލުކުރަން ދަތިވި ވަރުންނެވެ. އެކުވެރިޔާ އެފަދަ ހިރާސް ބޮޑު ކަމެއްކުރަން ލަފާދޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

“އާ. ވީހާވެސް ފަސޭހަގޮތަކަށް ތިކަން ހާސިލްކުރެވޭނެ ގޮތެއްމީ. އެކަމަކު އެލީ ބޭނުންނަމަ.” ފޯނުން ވާހަކަދެއްކި މީހާގެ އަޑުޖެހުމުން އެލީޝާ ހަމަޖެހިލިއެވެ.
” އޯކޭ.. އަދި ވިސްނާލާފަ އިނގޭނީ.” އެހެން ބުނެލުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. އެހާ ބޮޑުކަމެއް އެއްވެސް ވިސްނުމަކާ ނުލައި ކުރަން އެލީޝާގެ ހިތެއް ނުރުހުނެވެ.
***** ****
“ކައިރާ!”
ފިހާރައިން ނުކުމެގެން ކުރިޔަށް ހިނގައިގަތް ކައިރާއަށް މަޑުޖެހިލެވުނީ މަގުގެ އެއްފަރާތެއްގައި ހުއްޓި ހުރި އަންހެނެއް އޭނާއަށް ގޮވައިލުމުންނެވެ. ދެލޯ ހަނިކޮށްލަމުން އޭނާ އެދިމާލަށް ހިނގައިގަތީ އެމީހަކީ ކާކުކަން އެނގުމުންނެވެ. އެއީ ރަށުގައި އުޅުނުއިރު އޭނާއާ ނިކަން ވާހަކަދައްކާ އުޅުނު ދެކެފަރިތަ އަންހެން މީހެކެވެ.
” ކައިރާ! ކިހިނެއް ހާލު؟ ވަރަށް ދުވަސްވެއްޖެއެއްނު ނުފެންނަތާ.” ފުޅާ ހިނިތުންވުމެއް މޫނަށްވެރިކޮށްލަމުން ނާހިދާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަ ފެށީވެސް ދުރު ދުރުންނެވެ. ފުރަތަމަވެސް ސީދާ ޕޮއިންޓަށް ދިޔުމުގެ ބަދަލުގައި ހާލުއަހުވާލު އަހައި އޮޅުންފިލުވުން ރަނގަޅުވާނެއެވެ. ރިވެތި ގޮތަކީވެސް އެއީތާއެވެ.

“(ރަނގަޅު. ދައްތަ ކިހިނެއް؟)” ކައިރާ އަތުން ހަރަކާތްކޮށްލަމުން ނާހިދާގެ ގާތުގައި ހުއްޓި ހުރި އަންހެންމީހާއަށް ބަލާލިއެވެ. ނާހިދާއާ ޚިލާފަށް އެއަންހެންމީހާ ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިލައިގެންނެވެ. ހަށިގަނޑުން ބިޔަ އެއަންހެން މީހާއަކީ ދޮންކޮށް ފަލަކޮށް ހުރި މީހެކެވެ. މޫނުމައްޗަށް ވެރިކޮށްފައި ހުރި ހިނިތުންވުން ހީވަނީ ގަދަކަމުން ވެރިކޮށްފައި ހުރި ހިނިތުންވުމެއް ހެންނެވެ. ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް އެމޫނުމަތިން ކައިރާއަށް ފެންނަމުން ދިޔައެވެ.
” ދައްތަ ރަނގަޅު. މިއީ ދައްތަގެ އެކުވެރިއެއް. އަސްލު ކައިރާއާ މިބައްދަލުކޮށްލީ ވާހަކައެއް ދައްކާލަންވެގެން.” ނާހިދާ އެހެން ބުނުމުން ކައިރާ ބޯޖަހާލީ އެވާހަކަ ކުރިޔަށް ގެންދާށޭ ބުނެލާފަދަ ގޮތަކަށެވެ. ފުން ނޭވާއެއްލުމަށްފަހު ނާހިދާ ބަލައިލީ ދުންޔާއަށެވެ. ކައިރާއަށް ދެބުމަ ކައިރިކޮށްލެވުނީ ދުންޔާގެ އިޝާރާތަކަށް ނާހިދާ އިންތިޒާރުކުރަމުން ދާތަން ފެނުމުންނެވެ.
” މީ އެންމެ ރަނގަޅު ވަގުތު ނޫންކަން ނޭނގެ މިވާހަކަ ދައްކަން. އަދި ފަހުން ހަމަޖެހިލައިގެން ތިބެ މިވާހަކަ ދެއްކޭނީ. އަން. މިއޮތީ އެޑްރެސް. މީ ދައްތަ އުޅޭ ގެ. މިއަދު ހަވީރު 4ޖަހާއިރު އަންނާތި. އައިސް މީގަ އޮތް ނަންބަރަށް މެސެޖްކޮށްލާތި. އޭރުން ދައްތަ މީހަކު ބަލާ ފޮނުވާނަން ތިރިޔަށް.”
މަގުމަތީގެ ހަލަބޮލި މާހައުލަށް ބަލާލަމުން ދުންޔާ އޭނާގެ އަތްދަބަހުން ނެނގި ގަނޑުކޮޅެއް ކައިރާއަށް ދިއްކޮށްލިއެވެ. އަމިއްލަ އުފަން ދަރިފުޅާއި އެތައް ދުވަހަކަށްފަހު ބައްދަލުވުމުން އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ އިހުސާސްތައް މަތަކުރުންވީ ހީކުރި ވަރަށްވުރެ ކުރަން އުނދަގޫވި ކަމަކަށެވެ. ޖަޒުބާތުތައް އުތުރި އަރަން ފެށީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ނަމަވެސް އަފީފްގެ މަތިން ހަނދާންވުމާއެކު އޭނާގެ ގޮތުގައި ހިފަހައްޓަން ދުންޔާއަށް ފަސޭހަވިއެވެ.
ކައިރާ ދެން ބަލާލީ ނާހިދާގެ މޫނަށެވެ. ނާހިދާ ބޯޖަހާލަމުން އެދުނީ އެގަނޑުކޮޅުގައި ހިފުމަށެވެ. ދުންޔާގެ މޫނަށް ބަލައިލަމުން ކައިރާ ކުޑަ ހިނިތުންވުމަކާއެކު އެގަނޑުކޮޅުގައި ހިފިއެވެ. އަދި ބޯޖަހާލީ އެގޮތަށް އެކަން ކުރާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ.
” ދެން ގޮސްލީއޭ ކައިރާ. މާމަޔަށް ސަލާމް ބުނާތި. ހަނދާންކޮށް ހަވީރު އަންނާތި އިނގޭ.” ދަމުންވެސް ނާހިދާ އެންމެފަހުން އެދުނީ ހަވީރު އެބުނި ތަނަކަށް އައުމަށެވެ.
” މޮޔަވީތަ؟ ކީއްވެ ގެޔަށް އަންނަން ބުނީ؟ ނާއިކްވެސް އުޅޭނެއެއްނު. މަ ހީކުރީ އަދި އެވާހަކަ ދައްކަން އުޅުނީ ކަމަށޭ. އޭނަ އަންނާނެހެން ހިއެއްވެސް ނުވޭ.” ދެމީހުން އެކީގައި ހިނގަމުން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ނާހިދާ ވާހަކަދެއްކިއެވެ.
” ހަމަޖެހިބަލަ. ނާއިކް ނޫޅޭނެއޭ ގޭގަ އެގަޑިއަކު. އޭނާގެ ރައްޓެހިންނާއެކު ކޮންމެވެސް ދަަތުރަކު ދާން ރާވައިގެން އުޅުނު މިއަދު. ދެން އެހެންނޫނަސް މިމަގުމަތީގަ ވާހަކަ ދެއްކޭ ވަރެއްތަ؟. ” ދެފަރާތަށް ބޯހޫރާލަމުން ދުންޔާ ބުނެލިއެވެ.
***** ****
” އަޔާން ދަނީތަ؟” ދަބަހެއް ކޮނޑުގައި އަޅުވައިގެން ގެއިން ނުކުންނަމުން ދިޔަ އަޔާންއަށް ބަލައިލަމުން ފަރީދާ އަހާލިއެވެ.
” އާ. އަޔާންގެ މަންމަމެން މިރޭ ރާއްޖެ އަންނާނެ. އެހެންވެ އެދަނީ.” އަޔާންއަށް ފަސްއެނބުރިލާފައި ފަރީދާގެ ސުވާލަށް ޖަވާބު ނުދެވެނީސް އާސިފާ ބުނެލިއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި އެލީޝާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. އޭނާދެކެ އައި ރުޅިން އަޔާން އެގެއިންވެސް ނުކުމެގެން ދިޔައީއެވެ. މަންމަމެން ރާއްޖެ އަންނަން އުޅޭ ކަމުގެ ބަހަނާ ދައްކަމުންނެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ވައުދޭ ވެވޭ މީ… 6

Next

އޯ ނަދާ – ޓްރެއިލާ

Next
March 8, 2022

އޯ ނަދާ – ޓްރެއިލާ

Previews
March 8, 2022

ވައުދޭ ވެވޭ މީ… 6



All Right Reserved!