Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 5

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
March 7, 2022 4 Mins Read
5 Comments

މާހީ މިތާ ކީތް ތި ކުރަނީ.. އެވެސް މިގަޑީ.. އަނެއްކާ..؟ ބިޓު ހިއްލަން އައިސް ދޯ؟!!!” ޒިވާ އޭނަގެ ލާނެތް ކަން މަތީ ހުރެ މާހީ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ޒައިހާ ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެ މާހީއާއި ދިމާކުރަންފެށިއެވެ. އެމީހުން ކައިރި ކިތަންމެ ވަރަކަށް އޭނާއާއި މާކިން ރުޅިވި ވާހަކަ ބުނަން ބޭނުންވިޔަސް މާހީ ނުބުނެވުނީ އެ ދެމީހުން އޭނާއަށް ފުރުސްތު ނުދިނުމުންނެވެ.

އެހެންނަމަވެސް އެވަގުތު އޭނާއަށް ފެނުނު މަންޒަރުން އަނގަ މަތީގަ ވެސް އަތް އަޅާލެވުނެވެ. އަދި މަޑުމަޑުން ޒައިހާގެ ގައިގައި ކޮއްޓާލާފައި ޒައިހާ އަށްވެސް އެމަންޒަރު ދައްކާލިއެވެ. މިތަން ޒިވާއަށް ފެނުމުން އޭނާވެސް މި ދެއަންހެން ކުދިން ބަލަމުން ދިޔަ ދިމާލަށް ބަލައިލި އެވެ. އެއާއި އެކު އޭނާއަށްވެސް ހައިރާންކަން ލިބުނެވެ. ހަމަ އެއާއި އެކު ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. ޖީބުގައި އޮތް ފޯނުނަގާ ފެންނަމުން ދިޔަ މަންޒަރު އޭނާ ފޮޓޯ ނެގިއެވެ. އަދި ކައިރިއަށް ގޮއްސައިވެސް ނެގިއެވެ. ފޯނުން ފޮޓޯ ތަކަށް ބަލަމުން އައި ޒިވާގެ ތުންފަތް މަތީ ކުޅެފައިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑިތެރޭ ދައުރުވަމުންދިޔަ އެއްޗެއް ދެނެވަޑައިގަންނާނީ ހަމަ އެންމެ ފަރާތެކެވެ.

☆♡☆ ފަސްވަނަބައި ☆♡☆

 

ޒައިހާ މެންނާއި އަރާ ހަމަވެފައި ޒިވާ އޭނާގެ ފޯނުން މޯބައިލް-ޑާޓާ އޮން ކޮށް އެ ފޮޓޯތަށް ވައިބާގައި އެ ގުރޫޕު އެންމެން ހިމެނޭ ‘ހަބީބީ ގޭންގް’ ގްރޫޕަށް ހުރިހާ ފޮޓޯ އެއް ލިޔެވެ. އަދި ވަކިން މެސެޖެއްގައި-

:- “# މޮސްޓް ކިޔުޓެސްޓް މާފިޔާ ކަޕުލް… މަލަކާ ♡ މިޝަލް = މާޝަލް…
އަންގާވެސް ނުލާ ޑޭޓް ކުރާއިރު މާފޮޅުވަން ވަނީ އަތިރިމަތީ ބޮޑު ނިކަ ގަސް ދޮށުގަ ތިބެގެން… މީ މަށަށް ފެންނަ ހުވަފެނެއްތަ ނޫނި ހަގީގަތެއްތަ؟”

މިހެން ލިޔެލި އެވެ. ފަހުން ގެއަށް ގޮސް އަންނަ ރިޕްލައި ތަށް ބަލާލާނީ އޭ ކިޔާ އޭނާ ފޯނު ޖީބަށް ލިޔެވެ.

 

އެނދު މަތީ އަޔާޝް އަށް ގުޅައިގެން އޮތް އީވާގެ ފޯނަށް ވައިބާއިން ހަބީބީ ގޭންގަށް މެސެޖު އައި ކަމުގެ ނޮޓިފިކޭޝަން ލިބުމުން އަވަހަށް އެ ގުރޫޕު ބަލައިލިއެވެ. އެހެނީ އެ ގުރޫޕަކި ސަހަލު ރަނގަޅު އެއްޗެއް ކިޔައިފައި ވާނެ ގުރޫޕަކަށް ނުވާތީއެވެ. ޒިވާ އެ ގުރޫޕަށް ލާފައިވީ ފޮޓޯތަށް ފެނުމުން ފޯނުގައި އޮވެފައިވެސް އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ. ފޮޓޯތަކުން ފެންނަނީ މަލަކާ އަދި މިޝަލް އެކަކި އަނެކަކުގެ އަތުތެރޭ ވާތަނެވެ. މިޝަލް އޭނާގެ ސައިކަލުގައި ލެގިލައިގެން ހުރިއިރު އޭނާ ހުރީ މަލަކާގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ. އެކަކު އަނެކަކަށް ގެއްލި ހުސްވެފައި ވީ އިރު އެތަނުގައި ކަމެއް ހިނގާހެން އެދެމީހުން ކުރެ އެކަކަށްވެސް ނޭނގޭ ފަދައެވެ. ދެވަނަ ފޮޓޮގައި އެ ދެމީހުންނާއި ތަންކޮޅެއް ކައިރިން ނަގާފައި ވީ އިރު އެ ދެމީހުންގެ ތުންފަތްވެސް ހުރީ ޖެހޭ ނުޖެހޭ ހާ ކައިރީގައެވެ.

ފޯނުގައި އޮވެފައި ކުއްލިއަކަށް އީވާ އަޅޭއްލަވައި ގަތުމުން އަޔާޝް އަށް ހީވީ ހިތުގެ ހިނގުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނު ހެންނެވެ. ކަންފަތާއި ފޯނު ދުރުކޮށްލެވުނު ނަމަވެސް އޭނާ އަވަސް އަވަހަށް އީވާ އަށް ގޮވަން ފެށީ އީވާއަށް ކަމެއް ވީ އޭ ހިތާއެވެ.

” ވީ..؟ ވީ…؟ އީވާ؟ ބެބްސް ކިހިނެއްވީ..؟ ކަމެއްވީތަ…؟ ވީ… ހަލޯ… އިވީ.. ހަލޯ؟ އެބަހުރިންތަ؟” “ޔެސް ޔެސް ޔެސް ޔެސް ޔެސް ޔެސް ޔެސް… އޯ މައި ގޯޑް ޔޭސްސްސް!!!” އިރުކޮޅެއްފަހުން އީވާގެ އަޑު އިވުމުން ހަމަޖެހުނު ނަމަވެސް އެހިތުގެ ހިނގުން މަޑެއްނުވެއެވެ. އަނެއްކާވެސް އޭނާ އީވާ އަށް ގޮވާލިއެވެ.

 

” ވީ… ބެބްސް ކިހިނެއްތަވީ ތިހާވަރަށް ތި ހަޅޭއްލަވަނީ ކީތްވެތަ؟ އަހަރެން ކައިރިވެސް ބުނެބަ…؟” “މީ.. މީ… ހަހަހަހަ… އެއްހ.. އެއްކަލަ… ހަހަހަ މިޝް.. މަލޫ… ހަހަހަހަ…” “ކޮން މިމި މަމަ އެއްތަ ތި ކިޔަނީ ނުހީ ހަމަޖެހިގެން ބެބްސް މަށަށް ކިޔަދީބަލަ.. ހާސް ވެޔޭ އެބަ!!” އީވާ އަށް ހެވޭ ވަރުން ވާހަކަ ނުދެއްކިގެން އުޅޭތީ އަޔާޝް އަށް އޭނަ މެސެޖަކުން ހަބީބީ ގޭންގް ބަލަން ބުނެލިއެވެ.

” ވާޓް!!!!!!!!!” އިރުކޮޅެއްނުވެ އިވުނީ އަޔާޝްވެސް ހަޅޭއްލަވައި ގަތް އަޑެވެ. އޭނާވެސް ހުރީ އެއީ ހަގީގަތް ތޯ ގަބޫލު ކުރަން ދަތިވެފައެވެ. ވަނީވެސް އެހެންނެއް ނޫނެ ހެއްޔެވެ. އެންމެން އެއްކޮށް އުޅޭއިރުވެސް މަލަކާ އަދި މިޝަލް އަކީ އެކަކު އަނެކަކާ ވާހަކަވެސް ދައްކާ ބައެއް ނޫނެވެ. ވާހަކަ ދައްކަން ކީތްކުރަން ހެއްޔެވެ. އެންމެ ކުޑަމިނުން އިސްއުފުލާ އެކަކު އަނެކަކަށް ބަލައިލާނީ ކީއެއްވެސް ނޫނެވެ.

ފަހަރަކު މީހަކު އެ ފޮޓޮ ތަކަށް ކޮމެންޓް ކުރަމުން ދިޔައެވެ. ޒައްޔާން އާއި ވިޝާމް އެ ފޮޓޯތަށް އިންސްޓާއަށް ލީ ނަމައެއް ނޫންހޭ ކިޔަމުން ދިޔައެވެ. އަޔާނީ އާއި އާހިލް ވެސް އެ ދެމީހުންނާއި ބައިވަމުން ދިޔައެވެ.

ޒިވާ އާއި އެކީ ޒައިހާ އަދި މާހީވެސް އެތަނުން ދުރަށް ދާން ހިނގައިގަންނަން އުޅެނިކޮށް ސައިކަލެއްގައި އެދިމާލަށް ދުއްވޭނެހާ އެންމެ ބާރަކަށް ދުއްވަމުން އައި މާކިން ފެނުނެވެ. މިޝަލް އާއި މަލަކާ ތިބި ތަނާއި ތަންކޮޅެއް ދުރުގައި ސައިކަލު ޕާކުކޮށްފައި ހިނގައިގަތް މާކިންގެ ލޮލުގައި ދުރުގައި ހުރި މާހީ އަޅައިގަތެވެ. ކުޑަ ހިނދުކޮޅަކަށް އޭނާއަށްވެސް ހިޔާލީ ދުނިޔެއަށް ދެވުނެވެ. އެހެންނަމަވެސް މާހީ އެއީ މާޒީ އޭ ބުނެ އޭނާގެ ހިތަށް ވިސްނައިދީ، މަލަކާ މެންނާއި ދިމާލަށް ހިގައިގަތެވެ.

އެކަކު އަނެކަކަށް ގެއްލިފައި ތިބި މަލަކާ އަދި މިޝަލް އަށް ވެސް ހޭ ވެރިކަން ލިބުނީ މިޝަލް ގެ އަތްދަށުން މީހަކު މަލަކާ ދަމައިގަތުމުންނެވެ. ރުޅި އައިސް ރަތްވެފައި ހުރި މާކިން ފެނުމުން މަލަކާއަށް ހީވީ ދެފައިދަށުން ބިންގަނޑު ދެމިގެން ދިޔައީ ހެންނެވެ. މަލަކާ އާއި ދިމާލަށް ބަލަން ހުރެ ފައި މިޝަލް އަށް އޭނާގެ ނަޒަރު ބަދަލު ކޮށްލި އިރު އެ ދެލޮލުން މިޝަލް ފިއްސާލާ ކަހަލައެވެ. މަލަކާ އަށް ވެސް މިޝާލްގެ އަތުގައި ހިފިފައި އޮތް އަތް ދޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މާކިން އޭނާގެ އަތުގެ މުލައްދަނޑިގައި ހިފާފައި އޮތްލެއް ބާރުކަމުން އޭނައަށް ތަދުވެސް ވަމުން ދިޔައެވެ.

މަލަކާއަށް މަދު ފަހަރެއްގައި ނޫނީ އޭނާގެ ދޮންބެ ރުޅިއައިސްފައި ހުންނަ ތަނެއް ނުފެނެއެވެ. މާކިން އަކީ ކިތަންމެ ނުލަފާ ކޮށް، ގޮތެއްފޮތެއް ނެތިގެން އުޅޭ މީހަކަށް ވިޔަކަށް އޭނާއަށް އަބަދުވެސް އިނގޭ އެއްކަމެއް ވެއެވެ. އެއީ މާކިން އަބަދުވެސް އޭނާދެކެ އިންތިހާ އަށް ލޯބިވާކަމެވެ. ދުވަހަކުވެސް އޭނާއާއި ދިމާލަށް ބާރަކަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއަދާއި ހަމައަށްވެސް އޭނާއަށް މާކިން އޭނާގެ ކަމެއްގައި މިހާ ރުޅިއައިސްފައި ހުރި ތަނެއް ނުފެނެއެވެ. އިތުރަށް ކަންތަށް ގޯސް ކުރަން ނަހަދާ އޭނާ މާކިން އެތަނުން ގެންދަން ބޭނުންވި އެވެ. އެހެންނަމަވެސް އޭނާއަށް ކަމެއް ނުކުރެވެނީސް މާކިން މިޝަލްގެ މޫނުމައްޗަށް އެނބުރުން އަރައިގަންނަ ވަރުގެ ހަމަލާއެއް ދިނެވެ. ލިބުނު ސިހުމުން މަލަކާއަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ.

 

ދުރުގައި ތިބި ތިން އަންހެން ކުދިންނަށް ވެސް ލިބިފައިވީ ސިހުން ކުޑައެއް ނުނެވެ. ފޯނުން ވިޑިއޯ ކުރަން ހުރި ޒިވާއަށްވެސް ހުރީ ލިބުނު ސިހުމުގައި ހުއްޓުން އަރާފައެވެ. ޒައިހާވެސް ގަތް ބިރުން ޒިވާގެ ނިވަލަށް ވަނެވެ. މާހީ ގެ ހާލަތު ވަކިން ގޯހެވެ. މާކިން އޭނާގެ ދޮންބެގެ ގައިގައި ޖެހުމުން އޭނާއަށް އިހުސާސްވީ އޭނާގެ ގައިގައި ތަޅާއިގަތް ހެންނެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު އޭނާ އަޑުގެ ނެތްތަނަށް ދޮންބޭ އޭ ކިޔާ ގޮވައިގަތެވެ. އަދި ގައިގައި ހުރި ބާރެއްލާ މިޝަލް ކައިރި އަށް ދުއްވައިގަތެވެ.

މާކިން ދެވަނަ ހަމަލާ މިޝަލް އަށް ދޭން އަތްމަޅާލި ހިނދު އެދޭތެރެއަށް އައްޑަނައެއް ފަދައިން މާހި ވަނެވެ. އަދި ހަމައެއާއި އެކު އެ ހަމަލާ އެރީ މާހީގެ ކޮނޑަށެވެ. މަލަކާ މިޝަލް އަދި ޚުދު މާކިން ވެސް ހުރީ ސިހިފައެވެ. އެހެންނަމަވެސް ބަހަކުން ބަހެއް ނުބުނެ މަލަކާގެ އަތުގައި ހިފައިގެން ހުރެ ސައިކަލާއި ދިމާލަށް ދިޔައެވެ.

މިޝަލް ހުރީ އޭނާއަށް އައި ހަމަލާގެ ޝިކާރައަކަށް މާހީ ވުމުން ދެރަވެސް ވެފައެވެ. އެހެންނަމަވެސް އެތަނަށް މާހީ އަންނަން ޖެހުނު ސަބަބުވެސް ނޭނގިފައެވެ. އަޔަކަސް، އޭނާގެ ހަމަލާ މާހީ ނެގުމުން އެކަމާ ޝަކުވާ ކުރަންވެސް ބޭނުން ވިއެވެ. ކޮނޑުގައި އަތް އަޅާއިގެން ދެލޯ ތަގުޅި ކޮށްގެން ހުރި މާހީގެ ލޮލުން ކަރުނަ އަކަށް ފަހު ކަރުނައެއް އަދިވެސް ދިޔައި ފައިބަމުނެވެ. މާހީ އަތުލަފި ކޮށްލާ އޭނާގެ ކައިރި ސައިކަލަށް އަރަން ބުނެ މިޝަލް ސައިކަލު ސްޓާރޓް ކޮށްލިއެވެ. މާހީ އެރުމުން ޒިވާ ކައިރިއަށް އޭނާ ސައިކަލު ދުއްވާލިއެވެ. އަދި އޭނާ އެދަނީ މާހީ ގޮވައިގެން ގެއަށް ކަމަށް ބުނެ އަވަހަށް އެތަނުން ދިޔައެވެ. މަންމަމެންވެސް ނެތި ކޮއްކޮ އަށް އޭނާގެ ސަބަބުން އަނިޔާ ވުމުން މިޝަލް އިންތިހާއަށް ދެރަވިއެވެ.

ގެއަށް ދާން ދިޔަ ޒީހާން އަށް މާހީ ސައިކަލު ފަހަތަށް ލައިގެން ދިޔަ މިޝަލް އާއި ހުއްޓުން އަރާފައި ތިބި ޒިވާމެން ފެނުމުން އެދިމާލަށް ހިނގައިގަނެވުނެވެ.

ޒިހާން ފެނުމާއި އެކު ޒައިހާ އޭނާގެ ގައިގައި އޮޅުލައިގަތެވެ. ޒީހާން ލައިގެން ހުރި ގަމީސް ތެރެއިން ފުރޭހިގެން ޒައިހާގެ ކޮންމެ ކަރުނަ ތިއްކެއް ދާން ފެށިއެވެ. އެއާއި އެކު ޒީހާން އަށް ޒައިހާ ރޮނީކަން އެނގުމުން ޒިވާއަށް ގޮވާ ވީ ކިހިނެއްތޯ އެހިއެވެ. ޒިވާ ޒީހާން ކުރި ސުވާލަށް ޖަވާބު ނުދީ ޒައިހާ ގޮވައިގެން ގެއަށް ދާން ހިނގާށޭ ބުނެ ހިގައި ގަތެވެ. ޒިވާގެ އަޑުން އޭނާއަށް ކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ.

ޒައިހާގޮވައިގެން ޒީހާން ގެއަށް ވަދެގެން ދިޔައީ ސިއްރުންނެވެ. މަންމައަށް ފެނިއްޖެނަމަ ސުވާލު ކުރާނެކަން އިނގޭތީ އެވެ. ޒައިހާ އޭނާގެ ކޮޓަރިއަށް ވަނުމުން ޒިހާން ހިނގައިގަތީ ޒިވާ ކައިރިއަށެވެ. ދެތިންފަހަރު ޒިވާ އަށް ގޮވާލާ ވި ކިހިނެއްތޯ އެހުމުން ޒިވާ ޒީހާންއަށް ވީގޮތް ކިޔައިދިނެވެ. ކަން ވީ ގޮތް އެނގުމުން ޒީހާން ރުޅި އައި ނަމަވެސް މާހިގެ ހާލަތު ނޭނގޭތީ ކަންބޮޑުވިއެވެ. އެހެންނަމަވެސް ދެން ޒިވާ ބުނެލި ބަސްތަކުން ޒީހާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

 

~ނުނިމޭ~

މިވާހަކައަށް އިތުރު ކެރެކްޓާސް ލާން ވިސްނާތީ ނަންކޮޅެއް ސެލެކްޓް ކުރަން ކިޔުންތެރިންނަށް ހުޅުވާލަން!!!!

Pls comment the names below

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ވީމޭ އިންތިޒާރުގައި – 22

Next

ޔާރާ ފެނުނީމާ 6

Next
March 7, 2022

ޔާރާ ފެނުނީމާ 6

Previews
March 7, 2022

ވީމޭ އިންތިޒާރުގައި – 22

5 Comments!

  1. Mal Ibrahim says:
    March 7, 2022 at 7:45 pm

    This part is amazing..keep it up dear…
    Name for girls..
    . Shala
    . Zoya
    . Sheviya
    . Zevia

    Name for boys
    . Shehan
    . Zeevan
    . Nufail
    . Kaik

    1. lau.laala786@gmail.com lau laalu says:
      March 8, 2022 at 2:45 pm

      thanks mal for the names…
      and thank you so so so so muchhh…
      happy cux you like this partt…
      ss dear lysssm

  2. unknownn gurll says:
    March 8, 2022 at 9:04 am

    Boys:-
    Shauraan
    Raaif
    Naushaan
    Shimraan
    Shaibaan
    Anoof
    Imraan
    Naahil
    Jaisham
    Meekaail
    Ahnaf
    Aleen
    Shammoon

    Girls:-
    Eeka
    Shaiba
    Shahaa
    Shaihaa
    Aika
    Leen
    Nathashaa
    Nahula
    Nahufa
    Shairaa
    Shiraa
    Zaayaa

    Ok??

    1. lau.laala786@gmail.com lau laalu says:
      March 8, 2022 at 2:48 pm

      ?????????me after seeing thisss…?????
      hehehehe… thanks @unknownn gurll …
      loves the namessss…
      yes. yes. thihaavarun fudhey…????

  3. unknownn gurll says:
    March 8, 2022 at 3:49 pm

    Hihi welcome?✨

Comments are closed.

Next Episodeވައުދޭ ވެވޭ މީ… 6←


All Right Reserved!