ސައިރެން – 12
ޒައިނީއަކީ އޭނާގެ މަންމަ ފަދައިން އޮރެންޖް ކުލައިގެ ސައިރެންއެކެވެ. ޒައިނީއަކީ ދޮން ރީިތި ކުއްޖެކެވެ. އޭނާގެ އޮރެންޖު ކުލައިން ހައިލައިޓްކުރެވިފައިވާ ކަޅުކުލައިގެ ރާޅުބާނީ ދިގު އިސްތަށިގަނޑާއި ބޮޑު އޮރެންޖުކުލައިގެ ދެލޮލަކީ އޭނާ ރީތިކޮށްދޭ ކަންކަަމެވެ. އަދި އޭނާގެ ދިގު އިސްކޮޅާއި ހިމަތޮޅި ހަށިގަނޑުންވެސް އެއީ 20 އަހަރުގެ ކުއްޖެކޭވެސް ނުބުނާނެއެވެ.
ނޫރީންމެންނަށް ބޭރަށް ނިކުމެވުނުއިރު ކުޑަކޮށް އަނދިރިކަމުން ރޭގަނޑުވެއްޖެކަން އެނގުނެވެ. އެހެންކަމުން އެންމެންވެސް ނިންމީ މާދަމާ މިތަނަށް އަންނާށެވެ. އެންމެން އަތުގުޅުވައިލައި ދެލޯ މަރައިލިތަނާ އަލިގަނޑެއް އެހުރިހާ އެންމެން ވަށައިލިއެވެ. އަލިގަނޑު އެއްކޮށް ދިޔައިރު އެހުރިހާ އެންމެންވެސް ތިބީ ޒައިކާންގެ ކޮޓަރީގައެވެ.
“ކޮބާ މަންމަ؟” ޒައިނީ ކެތްމަދުވެފައިހުރެ އެއްސެވެ. “މަންމަ ގޮއްސި ދަތުރަކު.” ޒައިކާން ބުންްޏެވެ.
“މީ…. ދޮންބެމެން ފްރީ ކުރަން ނޫނީ ދޮންބެމެން ހޯދަންޏާ ބޭނުންވާނުން ޕްލޭނެއް؟ ސޯ…. ވަޓްސް ދި ޕްލޭން.” ނޫރީން ބުންޏެވެ.
“ދަ ޕްލޭން އިޒް…. ނޫރީން އެންމެ ފުރަތަމަ ޓްރެއިން ކުރަންވީ.” ޒައިކާން ނޫރީން ކުރިމައްޗަށް އެރުމަށްފަހު ބުންޏެވެ.
“ޓްރެއިން؟ ފައިޓްކުރަންތަ؟” ނޫރީން އެއްސެވެ.
“އާނ!” ޒައިކާން ބުންޏެވެ. އެވަގުތު ނޫރީން އުފަލުން ‘ޔެސް’ އޭ ބުނަމުން ފުންމައިލިއެވެ.
“ޒަފްރުލް ދަސްކޮށްދެންވީ ނޫރީންގެ ބާރުތައް ނޫނީ އުދުހިފައި ތަނަކު މަޑުކުރާއިރު އެކަން ކޮންޓަރޯލް ކޮށްދެންވީ ގޮތް. ޒައި ނޫރީންއަށް ދަސްކޮށްދެންވީ
ބާރުތައް ޔޫސްކުރަން ޖެހޭގޮތާއި ވަގުތު. ދެން އޮތް ކަންތައް އަހަރެން ދަސްކޮށްދޭނަން.” ޒައިކާން ބުންޏެވެ.
“ވެލް ދެން… ލެޓްސް ބިގިން.” ޒަފްރުލް ވަރަށް ފޯރީގައި ބުންޏެވެ.
ޖެހިގެން އައި ދުވަސް ފެށުނީ އެކި މީހުންގެ ހިތްތަކަށް އެކި ހިތްވަރާއި އެކި ޢަޒުމުު ގެނެސްދެމުންނެވެ. ނޫރީންއަށް ދެލޯ ހުޅުވައިލިއިރު ކުޑަދޮރުން އަލި ކޮޓަރިއަށް އެޅިފައިވުމުން ދުވާލުވީކަން އެނގުނެވެ. ނޫރީން މޫނު ހަރަކާތްކޮށްލަން އުޅުނު ވަގުތު ހުއްޓުން އެރީ ޒައިކާންގެ ޓީޝާޓު އެހާ ކައިރިން ފެނުމުންނެވެ. ނޫރީން މަޑުމަޑުން ބޯހިއްލައިލިއެވެ. ނޫރީންއަށް އޮވެވުނީ ނިދާފައި އޮތް ޒައިކާންގެ މޭމަތީގައި ބޯއަޅައިގެންކަން އިނގުނީދެނެވެ. ނޫރީންގެ ދެކޯ ވަގުތުން ރަތްވިއެވެ. ނޫރީން ޒައިކާންއަށް ނޭނގޭގޮތަށް ތެދުވަން އުޅެނިކޮށް ނުތެދުވެވުނީ ޒައިކާންގެ ވަރުގަދަ އަތުން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލައިފައި ވުމުންނެވެ. ނޫރީން ދެން ވަށައިގެން ބަލައިލިއެވެ. ޒައިނީ އާއި ޒަފްރުލް އޮތީ ދެ ސޯފާގައި ނިދައިފައެވެ. ނޫރީންއާއި ޒައިކާން މިއޮތީ އެއްސޯފާއެއްގައެވެ. ނޫރީން ކުއްލިއަކަށް ހަޅޭލަވައިގަތް އަޑަށް ފުންމައިގެން ޒައިކާންއަށް ތެދުވެވުނެވެ.
“ނޫރީންއަށް ކަމެއްވީތަ؟” ޒައިކާން ދެލޯ ބޮޑުކޮށްލައިގެން ހުރެ އެއްސެވެ. އެވަގުތު ޒައިނީ އާއި ޒަފްރުލްވެސް ޒައިކާންގެ ކައިރިއަށް އައިއްސިއެވެ.
“ކަ…ކަމެއްނުވެ.. މީ…. ބިރުވެރި ހުވަފެނެއް ފެނުނީ.” ނޫރީން ދޮގެއް ހަދައިލިއެވެ.
“އޯހް… ޒައި ދޭބަލަ ނޫރީންއާއި އެކު ކޮޓަރިއަށް. ފެންވަރަން.” ޒައިކާން އާފުރެލަމުން އޭނާގެ ފަން އިސްތަށިގަނޑު ހާވައިލުމަށްފަހު ބުންޏެވެ.
ޒައިނީ އާއެކޭ ބުނުމަށްފަހު އެކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާގެ ފަހަތުން ނޫރީންވެސް ނިކުތެވެ. ނޫރީންމެންނަށް ޒައިކާންގެ ބޮޑު ކޮޓަރިއަށްވުރެ އެތަށް ގުނައެއް ބޮޑު އަދި ތަނަވަސް ރީތި ސިޓިންރޫމަކަށް ނިކުމެވުނު ވަގުތު ނޫރީންއަށް ފެނުނީ އެކި ސައިރެންތައް އެކި އެކި ތަފާތު މަސައްކަތްތަކުގައި އުޅެނިކޮށެވެ. އެެއްބަޔަކު އެބޮޑު ސޯފާ ސާފުކުރަން އުޅޭއިރު އަނެއް ބަޔަކު އުދުހިފައި ފަންކަހާ ވައްތަރައް ހުރި އެނބުރޭ އެއްޗެއް ސާފުކުރަން އުޅެއެވެ. ނޫރީން އާޝޯހުވެފައި ބަލަން ހުއްޓައި ސިހުނީ ނޫރީންގެ އަތުގައި ޒައިނީ މަޑުމަޑުން ޖަހައިލުމުންނެވެ.
“އާދޭ!” ޒައިނީ މަޑުމައިތިރި އަޑަކުން އެހެން ބުނުމުން ޒައިނީގެ ފަހަތުން އަނެއްކާވެސް ނޫރީން ދިޔައެވެ.
ޒައިނީ ގޮސް ހުއްޓުނީ ނޫރީންމެން އުޅޭ ގޭގެ މައި ދޮރަށްވުރެ ދެގުނަ ބޮޑު ދޮރެއްގެ ކުރިމަތީގައެވެ. ނޫރީން އެ ދޮރާއި ދިމާއަށް ބަލަށް އަނގަ ހުޅުވައިލައިގެން ހުއްޓެވެ.
“ތި އަނގަ ލައްޕަބަލަ! މެއްސެއް ވަދެދާނެ.” ޒައިނީ ހިނިއައިސްފައި ނޫރީންގެ އަނގަ ލައްޕައިލިއެވެ.
ނޫރީން ރަކިވެގެން އިސްޖަހައިލި ވަގުތު ޒައިނީ އެ ބޮޑު ދޮރު ހުޅުވައިލުމަށްފަހު ނޫރީންގެ އަތުގައި ހިފައިގެން އެތެރެއަށްވަނެވެ. ނޫރީން އިސް ހިއްލައިލައި އެކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ޒައިކާންގެ ކޮޓަރި އާއި ޚިލާފަށް އެކޮޓަރި ކުޑައެވެ.
“އަން.” ޒައިނީ ނޫރީންއަށް ކަޅުކުލައިގެ ހުޑީއަކާއި ހަމަ އެކުލައިގެ ޓައިޓެއް ހެދުމެއް ދިނެވެ.
ނޫރީން އެކޮޓަރީގައިހުރި ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްގެން ނިކުތްއިރު ޒައިނީވެސް ހުރީ ހެދުން ބަދަލުކޮށްގެންނެވެ. ހަމަ ނޫރީން ނިކުތް ތަނާހެން ނޫރީން ކައިރީގައި އަންނާށޭ ބުނެ އެކޮޓަރިން ނިކުތެވެ. ނޫރީންވެސް ޒައިނީ ފަހަތުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޒައިނީގޮސް ވަނީ ޒައިކާންގެ ކޮޓަރިއަށެވެ. އެއިރު ޒައިކާންހުރީ ކުރިން ލައިގެންހުރި ރަތްކުލައިގެ ހުޑީ އާއި ސޯޓު ބަދަލުކޮށްލައިގެންނެވެ. މިފަހަރު ލައިގެންހުރީ ނޫރީން އާއި ޒައިނީ ފަދައިން ކަޅުކުލައިގެ ހުޑީއަކާއި ސޯޓެކެވެ. ޒަފްރުލްވެސް ލައިގެންހުރީ ހަމަ އެކުލައިގެ ހުޑީއަކާއި ކަޅުކުލައިގެ ސޯޓެކެވެ.
“ޒައިކް؟ އާރ ޔޫ ޝުއަރ ވީ ކޭން ޑޫ ދިސް؟” ޒައިނީ ނޫރީންގެ އަތުގައި ހިފައިލަމުން އެެއްސެވެ.
“ޔެސް. ބިލީވް މީ.” ޒައިކާން ދެބުމަ ކައިރިކޮށްލުމަށްފަހު ބުންޏެވެ.
ހުރިހާ އެންމެން ކުރިންފަހަރު ހެދިގޮތަށް ހެދިއެވެ. ހުރިހާ ކުދިން ދެލޯ ހުޅުވައިލިއެވެ. އެއިރު އެކުދިން ތިބީ ހަމަ އެއްކަލަ ގަނޑުވަރު ކައިރީގައެވެ.
“ޕުޓް ޔުއަރ ހުޑްސް އޯން.” ޒައިކާން އެހެން ބުނެ ހުޑީގެ ހުޑް ބޮލަށް ހެޔޮވަރުކޮށްލިއެވެ.
އެހެން ކުދިންވެސް ހަމަ އެގޮތަށް ހެދިއެވެ. ޒަފްރުލް ކުރިއަށް ޖެހެލީ ނިކާންމެން ވީތަން އިނގެނީ ހަމަ އެކަނި އޭނާއަށްވީމައެވެ. ޒަފްރުލް އާއި އެހެން ކުދިން ފާރަވެރިންނަށް ނުފެންނަ ގޮތަށް އެގަނޑުވަރަށްވަނެވެ. ޒަފްރުލް ދައްކަމުން ދިޔަ މަގުތަކުން ހުރިހާ ކުދިން ދަމުން ދިޔައީ ފާރަވެރިއަކަށް ނުފެންނާނެހާ ސިއްރުންނެވެ.
“މިތާ އެމީހުން ތިބީ ހައްޔަރުކޮށްފަ އެމީހުންގެ އަސްލު ސިފައިގައި. އަވިއާނާ މިތަނަށް އެމީހުން ގެނައްސަ އެމީހުން ޖަލަށްލީ.” ޒަފްރުލް ދަނގަނޑު ދޮރެއްގެ ކުރިމައްޗަށް އެރުމަށްފަހު ބުންޏެވެ.
“ނޫރީން….” ހަރަމް ބަނެގެންހުރި ޒައިކާން ނޫރީންއަށް ގޮވައިލުމަށްފަހު ލޮލުން އެދޮރަށް ޢިޝާރާތްކުރިއެވެ.
ނޫރީން ބޯޖަހައިލުމަށްފަހު ފުން ނޭވާއެެއް ދޫކޮށްލިއެވެ. އަދި ދެލޯ މަރައިލުމަށްފަހު ދެލޯ ހުޅުވައިލިއެވެ. އެއިރު އޭނާގެ ދެލޯ ވަނީ ބަށިކުލައިން ދިއްލިފައެވެ. ނޫރީން އޭނާގެ ދެލޮލުން ދޮރަށް ބަށިކުލައިގެ އަލިތަކެއް ދޫކޮށް ދޮރު ހަލާކުކޮށްލިއެވެ. ނޫރީން އެތެރެ ބަލައިލިއިރު ލިއަމް އާއި ކީވާ އާއި ނިކާން ވަނީ ކޮއްޓަކަށްލައި ބަންދުކޮށްފައެވެ. ނޫރީން ލިއަމްގެ ކޮށި ހަލާކުކޮށްލަން އުޅެނިކޮށް ޒައިކާން އެކަން މަނާކުރިއެވެ.
“ނޫރީން…. އެދެމީހުންނަކީ އިންސާނުން. އެކަމަކު ނިކާންއަކީ އިންސާނެއްނޫންކަން އަހަނަނަށް އެބަ ޔަޤީންވޭ.” ޒައިކާން ބުންޏެވެ.
“ދެން އެދެމީހުންނަށް ކީތްކުރާނީ؟” ޒައިނީ އެއްސެވެ.

“އެދެމީހުން އެހަށް އަހަރެންގެ ކޮޓަރީގައި ބެހެއްޓީމައި ރައްކާތެރިވާނީ.” ޒައިކާން އެހެން ބުނުމަށްފަހު އަތުން އަލިތަކެއް ފޮނުވައިލައި ދެމީހުން އެތަނުން ގެއްލުވައިލިއެވެ.
ދެން ޒައިކާންގޮސް ނިކާން ބާއްވައިފައި އޮތް ކޮށީގެ މަތިނަގައި ނިކާންގެ ކަރުގައި ހިފިއެވެ. އެވަގުތު ނޫކުލައިގެ އަލިގަނޑެއް އަރައި ނިކާން ބަދަލުވީ ނޫކުލައިގެ ސައިރެންއަކަށެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވައިލަމުން އޭނާގެ ކައިރީގައ ތިބި މީހުންނަށް ނަޒަރު ހުއްޓުވައިލިއެވެ.
“ނޫރީން؟” ސައިރެންއެއްގެ ސިފައިގައި ނިކާންގެ ލޯބިވާ ކޮއްކޮ ހުރިކަމުގައި ވިއަސް އޭނާ ވަކިކުރަން އުނދަގުލެއް ނުވިއެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 13ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
ނޯޓް: އަޅުގަނޑު މިދިޔަ ހަފްތާ ވާހަކަ އަޕް ނުކުރެވުނީ އިސްކޫލުގެ ފިލާވަޅުތަކާއި ހެދި ވަރަށް ބިޒީކޮށް އުޅުމުގެ ސަބަބުންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.
6 Comments!
Comments are closed.
Its okay ?and I love this part too ?
thnxx…
It is okay ? wow very nice and waiting for the next part of the story.
thnxx sahoo… insha allah fridayga noonee eah vuren kurin nxt part kiyaalan libeyne ?
I understand that ?
By the way this part v salhi?✔️
alheyy… thnxx for understanding dear… BTW thank u dear ?