Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…2

luvza Level 310 Stories100 Login
January 28, 2021 2 Mins Read
0 Comments

“ފިރިމީހާއޭ!؟،…. އީތަން!؟،…. ކާކުބާ!؟….” މައިޝާ ހިތާހިތާ އަހާލިއެވެ. އޭނާ އަށް ވަނީ އޮޅިފައެވެ. އެހެން ނަމަވެސް އޭނާ ލައިލައި ހުރި ނޭވާ ހިފަހައްޓާލެވުނީ ދޮރުން ވަދެގެން އައި ރީތި ޒުވާނާ ފެނިފައެވެ. ބައިމަތި ފުޅާވެފައި ކަސްރަތީ ހަށިގަނޑެއްގެ ވެރި އެ ޒުވާނާ ފެނިފައި މައިޝާ އައް އޭނާގެ އަނގަ ހުޅުވާލެވުނެވެ.

އީތަން އައިގޮތަށް އައިސް ޑޮކްޓަރު ކައިރީހުއްޓި ޑޮކްޓަރުގެ ވާހަކަ ކަނުލާ އަޑު އެހިއެވެ. އަދި ޑޮކްޓަރު ދިން ފައިލް ހިފައިގެން އައިސް މައިޝާ ކައިރީ ހުއްޓުމުން މައިޝާ އީތަން އާ ދިމާލަށް ބަލައިލާފައި ހިނިތުން ވެލިއެވެ.

“ޑޮކްޓަރު ބުނި އިރުކޮޅަކުން ގެއަށް ދެވޭނެޔޯ.” އީތަން އައިސް މައިޝާ އަށް ރައްދުގެ ހިނިތުންވުމެއް ދިނުމަށްފަހު ބުންޏެވެ.

“އަ..؟ ތި..؟ ތި ކާކު؟.. ކީތްވެ އެމީހުން މަށަށް ޝުހާ ކިޔާފަ އެގޮވަނީ؟.. އަހަރެން މި ތަނަށް ގެނައީ ކާކު؟..” މައިޝާ ހުރިހާ ސުވާލު ތަކެއް ފަދައިން އީތަން އާ ކުރިމަތި ކުރުވިއެވެ.

“އަހަންނަށް އޭރުވެސް އެނގޭ ތި ހުރިހާ ސުވާލެއް އަހަންނާ ކުރިމަތި ވާނެކަން، އެހެންވީމަ އަހަންނަށް ޖަވާބު ދެވެން އޮތް ވަރުން އަހަރެން ޖަވާބު ދޭނަން.އަހަންނަށކިޔަނީ އީތަން.. އެމީހުން…!އާއަމްމްމް….! ކޮން ނަމެއް ތަ ކިޔަނީ؟..

– “މައިޝާ” – “މައިޝާ ޑޮކްޓަރަށް ދައްކަން ވެގެން ނެގި ނަމެއް،.. ދެން މައިޝާ މިތަނަށް ގެނައީ އަހަރެން މަސައްކަތް ކުރާ އޮފީހުގެ ބައެއް އެމީހުން މައިޝާ މިތަނަށް ލާފަ އަހަންނާ ހުރިހާ ކަމެއް ހަވާލު ކުރީ.!” އީތަން މައިޝާ ކުރި ހުރިހާ ސުވާލެއްގެ ޖަވާބު ފޮރުވުމެހް ނެތި އޭނާއައް ކިޔާދިނެވެ.

“ދެން އެންމެ ރަނގަޅު ގެއައް ދިޔަޔަސް…!!!” ފައިލެއް ދިއްކޮލައިގެން އެތާނގައި ޑޮކްޓަރު ހުއްޓެވެ.

“ހްމްމްމްމް… ތެންކިއު ޑޮކްޓަރ..!” މިހެން ބުނެ އީތަން އެފައިލުގައި ހިފިއެވެ.

“އާހ… އަހަރެން މި ދަނީ އޮފީހަށް. އެ ކޮޓަރީގަ ހުރެވޭނެ ދެން ފްރެޝް ވެލާ ކަބަޑުގަ ހުންނާނެ ހެދުން. ދެން ބަދިގޭގަ އިންނާނެ ޕާރސަލް ތަށްޓެއް،  ކައިގެން ބޭސް ކަގެން އުޅޭނީ ދެން އެހެން އެއްޗަކަށް ބޭނުމިއްޔާ އަހަންނަށް ގުޅާލާ. ދެން ބިރު ނުގަންނާތި އަހަރެންގެ ފަރާތުން އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭނެ. އާ… ދެން މިތަކު ނޫޅޭނެ އެހެން މީހަކު.” އީތަން އޭނާގެ އަތުގަ އޮތް ފައިލު މައިޝާ އަށް ދިއްކޮށްލަމުން އިތުރު ގަނޑު ކޮޅެއް ވެސް ދިނެވެ. އަދި ދޮރު ލެއްޕުމަށް ފަހު ނުކުމެގެން ދިޔައެވެ.

މައިޝާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އާދައިގެ ކުޑަ ދެ ކޮޓަރީގެ އެޕަރޓްމަންޓެކެވެ. އީތަން ބުނިހެން އޭނާއަށް ވީ ކޮޓަރިއަށް ވަދެ ފެންވަރައިލައިގެން ނުކުތެވެ. ކާހިތް ނެތުމުން ކޮޓރި ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ބޭރު ބަލައިލުމާއި އެކު މައިޝާ އަށް ލިބުނީ ސިހުމެކެވެ. އަވަހަށް އެތެރެއަށް ދެމިގަނެ އެނދުގައި އިށީންދެލިއެވެ. ވަގުތުން މައިޝާގެ ލޮލުން ކަރުނަ ފައިބަން ފެއްޓިއެވެ. ނިހާލް ރުޅިވެރި ގޮތަކަށް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ތަން ފެނުމުންނެވެ. ލިބުނު ސިހުމެއްގެ ސަބަބުން މައިޝާގެ ބޮލުގައި ވެސް ރިއްސައިގަތެވެ. ކުއްލިއްކަށް ފުންމައިގެން ތެދުވެ ކޮޓަރިން ނުކުތް ގޮތަށް ބަދިގެ އައިސް އަލަމާރިން ފެންފުޅިއެއް ނަގާ ކޯވަރެއް ބޯލިއެވެ. ބޭސް ކޮތަޅު ހިފައިގެން އައިސް ބޭސް ކެއުމަށްފަހު ސޯފާގައި އޮށޯވެލީ ވެފަހުރި ވަރުބަޔެއްގެ ބޮޑުކަމުންނެވެ. ގަޑިން 11:30 އެވެ. ސޯފާގައި ނިދާފަ އޮތް މައިޝާ އަށް ހޭލެވުނީ ދޮރު ތަޅަށް މީހަކު ތަޅުދަނޑި ޖަހާ އަޑަށެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފަި މައިށް ދިޔައީ ދޮރު ކައިރީ ހުރި ފިހިގަނޑާ ދިމާލަށެވެ.

”އާހްހްހް”……..

މިބައިވެސް ހުރިހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން❤❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ސައިރެން – 11

Next

ރަތްކާރު 4

Next
January 28, 2021

ރަތްކާރު 4

Previews
January 28, 2021

ސައިރެން – 11



All Right Reserved!