އަހަރެން ލޯބިވެރިޔާ އަށް ބޮސް ދިނުމުގެ ފުރުސަތު ނުލިބުނީ އެކަން ހުއްޓުވީމައެވެ. އެކަން ހުއްޓުވުމުން އަހަރެން އެކަން ކުރުމަށް ފަސް ޖެހެވުނެވެ. އަހަރެންނަކަށް އެކަން ކުރާކަށް ނުކެރުނެވެ. ސަބަބަކީ ކުރިމަތީގައި ރުޅި އައިސް ރަތް ވެފައި އެހުރީ ލޯބިވެރިޔާގެ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން ހުރީ ބިރުން ތުރުތުރު އަޅަ އަޅައެވެ. ލޯބިވެރިޔާގެ މަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިހުރެ ލޯބިވެރިޔާ އަކީ ކިޔަވާ ކުއްޖެއް ކަމާ، ލޯބިވެރިޔާ އަށް މީގެ ފަހުން ވައިވެސް […]
ޝަޔާލް ގެ އަތުތެރެއިން ސަލާމަތް ވުމަށް ޔާޝާ ގަދަ ހަދަމުން ދިޔައެވެ. ނަމަވެސް އެކަތައިގެ ބާރު އެކުލެވޭ އެއަތުގެ ތެރެއިން އޭނާއަށް ސަލާމަތް ވާނެ ގޮތެއް ނޭނގުނެވެ . ގަދަހަދަމުން ދިޔަ ޔާޝާ ގެ ހަށިގަނޑުގައި ހިފާ ޝަޔާލް އޭނާ އެނދުމައްޗަށް ވައްޓާލިއެވެ. ޝިކާރައަކަށ ްދަހިބެތި ވެފައިވާ ވަލު ކުއްތާ އެއް ފަދައިން އޭނާ ޔާޝާގެ ގައިމައްޗަށް ވެއްޓިގަތެވެ. ރަހުމެއް ނެތި އޭނާ ޔާޝާގެ އިއްފަތްތެރިކަން ފޭރިގަތެވެ. ޔާޝާގެ ރުއިމާއި ހަޅޭކު އަޑުތައް އޮބިގެންދިޔައީ އެވެ. […]
ގެޔަށް އައިސް ޖަޒްލާ އެނދުމައްޗަށް ބަންޑުން ވެއްޓި ގަތެވެ. އޭރު އޭނާގެ ސިކުނޑީގައި އެތައް ޚިޔާލް ތަކެއް ދައުރުވަމުން ދިޔައެވެ. ޒީވާން އޭނާ އަށް ޚާއްސަ ނަޒަރކުން ބަލން ހުރިހެން އޭނާއަށް ހީވަނީއެވެ. ޒީވާންގެ ޚިޔާލު ސިކުނޑިން ނެރެނުލެވިގެން އުޅެނީ އެހެނވެއެވެ. ނަމަވެސް އެތައް ރީތި އަންހެން ކުދިންނެއް ޒީވާނ ްއަށް ވާނެ އެވެ. އެހުރިހާ ކުދިންގެ ތެރެއިން އޭނާއަށް ބަލަންވީ ކީއްވެ ހެއްޔެވެ؟ ފިރެހެނ ކުއްޖަކުހިތް އެދޭ ކަހަލަ ސިފައެއް އޭނާގެ ކިބަޔަކު ނެތެވެ. […]
އަހަރެން އެކަމާ ރުއި ވަރު ދެނެވޮޑިގެންވާނީ ﷲ އެވެ. އިންސާނަކަށް ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށެވެ. ހަމަ އެފަދައިން އަހަރެންނަކަށްވެސް ކެތެއް ނުކުރެވުނެވެ. ކޮންމެ އަކަސް އަހަރެން ނިންމީ ލޯބިވެރިޔާގެ މަންމަ އާއި ސިއްރުން ނަމަވެސް ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށެވެ. ލޯބިވެރިޔާގެ އެ ރީތި ސޫތަ ބަލާނުލާ އަހަރެންނަކަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ. އެއް ރެއެވެ. ލޯބިވެރިޔާގާތު އެ ރޭ 9 ޖަހާއިރު ރަށުގެ ތުނޑިއަށް އައުމަށް އަހަރެން ދަޢުވަތު ދިނީމެވެ. ލޯބިވެރިޔާ އެ […]
ސްޕެގެޓީ ކައިނިމިގެން ދެކުދިން އައިސްކްރީމް ގަނެގެން ގޮސް ބީޗުގެ ހަމަހިމޭން މާހައުލުގައި މަޑުކޮށްލިއެވެ.” ރާލް.. އަހަރެން ބޭނުން ވާހަކަ އެއް ދައްކާލަން.. ” ހިޝާ ބުންޏެވެ.” ހިޝް ބޭނުން އެއްޗެއް އެހޭނެ… ” ރާއިލް ބެންޗެއްގައި އިށީންނަމުން ބުންޏެވެ.” ޔާން އަށް ކިހިނެއްވެފަ އެ ހުންނަނީ މިހާރު.. ވަރަށް އެހެން ކަހަލަ ގޮތެއް.. ކުރީގަ ވަރަށް ސަކަރާތް ޖަހާ ކުއްޖެއް އެއީ… އެކަމް މިހާރު ހުންނަނީ މަޑުމަޑުން.. އިނގޭ ރާލްއަށް ނޭނގި ނުހުންނާނެ ކަން.. ” ހިޝާ […]
ކާށިދޫއަށްދާން ދަތުރުހަދަމުން އުފާކޮށް އުޅުނަކަސް، ޤާދިރަށް ފެނިދާނެތީ ޖެހިލުން ވެފައިވީ ޚާޝިޔާ… ތާނިޔާ ފިރިމީހަ ނޫނަސް ޚާޝިޔާ ފިރިމީހަވެސް، ކާށިދޫވީ ރައްޔިތެއް ކަމުވީ އިނގޭ ތަޤްދީރުގާ… ޚާޝިޔާ އެރަށަށްއަރާ އެތަކެއް ދިމާލަށް ބެލިޔަކަސް، ތާނިޔާ ފެންނަން ނެތީމާ އެލިބުނީ ހިތަށޭ ތުރާ…. ހާދަހާ ގިނަދުހު އެރަށުގާ މާޖަލުގާ އުޅެވުނަސް، ތާނިޔާއަށް ނުފެނި ވާންވީމާ އެދެރަވީ ޚާޝިޔާ…. އާދަކޮށް ރޭގަނޑުވަގުތު ވިޔަފާރިޔަށް ގޮސްއުޅުނަކަސް، ޚާޝިޔާ ފިކުރުގަނެތޭ ފެނުމެއް ދެނެއް އަދި ތާނިޔާ.. ވާވަރަށް ނަގަމުން އަތައް އެކިތަކެތިގޮސް އެބަރާވިޔަސް، […]
” އޭނަ ދޯ.. ނޭނގެ… ނުފެނޭ އަދި.. ހެނދުނު އެކަނި ފެނުނީ.. ” ހިޝާ ވެސް މަޔާންއަށް ވީގޮތް އޮޅުންފިލުވާން ބޭނުންވިއެވެ.” ވެދާނެ މޫޑު ކަޓާފަ ކަމަށް.. ދޭބަލަ ގޮވަން.. ކޮޓަރިން އަޑެއް ބަޑެއް ނީވޭ.. ” ހިޝާ ބުންޏެވެ. އިލްޔާ ތެދުވެގެންގޮސް މަޔާން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. ކޮޓަރި ތެރޭގައި މީހެއްގެ ހިލަމެއް ނެތެވެ.” ނެތް ހަމަ އެކަކު.. ” އިލްޔާ ދޮރު ލައްޕާލިއެވެ. ތެމިގެން އައި ރާއިލް ގެއަށް ވަނީ […]
ލޯގަނޑު ކުރިމަތީ ހުއްްޓި ލައިގެން ހުރި ޖަޒްލާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލުމަށް ފަހު ހިނިތުން ވެލިއެވެ. އޭނާ ހިތް ހަމަ ޖެހޭ ވަރަށް ރީތި ވެވުމުންނެވެ. ތުންފަތުގައި އުނގުޅާލައިފާއިވާ ލިޕް ބާމް ގެ އަސަރު ފިޔަވާ އެދޮން މޫނުގައި މޭކަޕް ގެ ރައްރެއްގެ މިންވަރު ވެސް ނުވެއެވެ. ފަސް އެނބުރި އެނދުމަތީގައި ނިދާފަ އޮތް ނިއަމް އަށް ބަލައިލު މާއެކު އެމޫނު މަތީ އުޖާލާ ވެގެން ދިޔައެވެ. ނިއަމް އާއި ދިމާލަށް އޭނާއަށް ދެވުނީ […]
ނިޔާއަށް ކުރިމަތިވި ހުރިހާ ތުރާ ކިޔަމުން ދިޔަސް، ޚާޝިޔާ ހުއްޓޭ އަހަންއަޑު، ލިބުނަކަސް ދެހިތަށް ތުރާ… ވީނުވީއެއްނޭނގި ކެނޑުމުން ދައްކަމުން ވާހަކަ ދިޔަސް، ޚާޝިޔާ ފޮނުވާއެލީ ވަގުތުން އެ ފޯނަށް މެސެޖްތާ… ތާނިޔާއާއެކު ކަމަށް ހީކޮށް މެސެޖްތައް ކުރިޔަކަސް، ޤާދިރޭ ދިޔައީ އެހުރިހާ މެސެޖަކަށް ރިޕްލައި ކުރާ… ޚާޝިޔާއަށް ނޭނގި އެކަމެއް މާނަސޭޙަތްތައް ދިނަސް، ޤާދިރޭ ރުޅި ގަދަވަމުން ދިޔައީ އަނާދެކެ އެހިނދުގާ… ޙާޝިޔާކުރަމުން އެދާހާ މެސެޖަކަށް ނިމުމެއް އަޔަސް، ޤާދިރޭ […]