ކޮއްކޮގެ ހިތާ ކުރެވޭ މިއީ އަދެދެއްނުވާ ޝަކުވާރޮމުން ކޮއްކޮގެ ހިތޭ ބަނޑުންވަނީ ޝަކުވާގެ ލިސްޓުގެ ދިގުކަމުން އެންމެންގެ ލޯތްބާ ލުންއަޅާ އެދެމޭ ނިކަން ބަލިކަށި މިހިތް އެންމެ ނުރުހޭ ނަޒަރަކުން ބިރުވެސްގަނޭ ދެކެ އެކުވެރިން އުނދަގޫ ވެޔޭ ހިއްސާކުރަން މަގެ ސިއްރުތަށް ތިޔަ އެކުވެރިން އުނދަގޫ ވެޔޭ އިތުބާރް ކުރަން ތިޔަ މިތުރުނަށް މަގެ ހާލަތުން އަޅުގަނޑު ދެކޭ ގޮތް ހަމަ ބުނަން ޖެހިލުންވެޔޭ އެކުވެރި ކުދިން ރުޅިގަދަ ވެދާނެތި ވިސްނަމޭ ލަފްޒެއް ނިކަން ބުނުމުގެ ކުރިން […]
ލަސްވެސްނުކޮށް އިރުވެސްމަޑުން ލޮނުގަނޑުގެތެރެއަށް ވަދެފިލުން މަންޒަރު ދެކެން ލޯ ބޮޑު ކުރަން ގަބަރާވެފައި މަ ހުރީ މުއޭ އަވަހަށް ހިނގާ ދިޔުމަށް ގެޔަށް ރާޔާ ބުނީ ހޭލައްވަމުން އަވަދިވެ ބިރުން ތެޅިގެންފައޭ ހަމަކުއްލިއަށް ސިހި ވެސް ފައޭ އަވަހަށް ހިނގާށޭ ދެން ކިޔާ އެއްބައިވެލީ ހިނިތުންވެލާ އަވަހަށް ގެޔަށް ދުވެފައި ދިޔައި ލަސްކޮށް ނުލާ އެކުގައި މެއޭ އިރުއޮއްސުމާ އެކު ދެން ކުރީ މަޣްރިބް ނަމާދޭ އުފަލުގައި އިރުއިރު ތަކެއް ވަންދެން ހުރީ ކިޔަވަން މިތާ […]
“ހޫ އިޒް ތޫ؟” ޖީޒާން ދެބުމަ ކައިރިކޮށްލަމުން އަދިވެސް އެހިނިތުންވުމުގައިހުރެ އަހައިލިއެވެ. “އެއީ ޖަޝޫގެ ވާންއުޅޭ ފަހަރިއެއްނު.. ޒަޖާ!” ޖަޝަމް މިހެން ބުނުމާއިއެކު ހިނިތުންވެލައިގެންހުރި ޖީޒާންގެ ހިނިތުންވުން މުޅިންފިލިއެވެ. ޖަޝަމްއަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ޖީޒާން ސިޑިން ފައިބައިގެން ދިޔައެވެ. މިތަން ބަލަން ހުރި ޖަޝަމް ހުރީ އޭނާގެ ދޮންބެގެ ޢަމަލުތައް ހުރިގޮތުން ޙައިރާންވެފައެވެ. ޒަޖާ ކޮޓަރިއަށް ވަދެ ދޮރުޖަހައި ރަނގަޅަށް ކޮޓަރިތެރެ ބަލައިލުމާއެކު ދެލޯ ބޮޑުކޮށްލެވުނީ ކޮޓަރިހުރި ގޮތް ފެނިފައެވެ. އޭނާހުރީ އަނގަ މަތީގައި […]
މިހެން ބުނުމާއެކު ހުޒާމާ ފޯނު ކަނޑާލިއެވެ.ފޯނު ބޭއްވި ގޮތަށް ޖަޒްލާ އޮތީ ފުން ވިސްނުމެއްްގެ ތެރޭގައެވެ. ސްކޫލް މާހައުލުން ނިއަމް އަށް ކުރިމަތިވަނީ ކޮން ކަހަލަ އަނިޔާ ތަކެއް ބާއެވެ؟ އެވާހަކަ އޭނާ ކައިރީ ނިއަމް ނުބުނަނީ ކީއްވެ ބާއެވެ؟ އެހެނަސް ގިނައިރު ވިސްނުމުގައި ހުންނާކަށް ހާލަތު ތަނެއް ނުދިނެވެ. ކޮޓަރި ތެރެއަށް ދުވެފައި ނިއަމް އައުމުންނެވެ. “މަންމީ. މަންމީ. ނިއަމް މިއައީ މާމަ އާ އެއްކޮށް ޕާރކަށް ގޮއްސަ.” ނިއަމ ްގެ އަޑުގައި ވަނީއުފާވެރިކަމެވެ. […]
ހިތުގާ މިވާ ތީ ސޫރައޭ ލޮލުގާ މިވާ ތީ ނޫރުއޭ ހިތުގާ މިވާ ތީ ވިންދު އޭ ދުލުގައި މިވާ ތީ ނާމްއޭ ފަރިފަރި ނަލަވި ފިނިފެންމަލެއް ފަދަ ނަލަކަމެއް ވާ މޫނެކޭ ތަރި ތަރި ވިދާ ފަދައިން ވިދާ ދޮން ހަންގަޑެއް ވާ ހޫރެކޭ ކަޅު ފަންވި ތިޔަ އިސްތަށިގަނޑެއް ރޭގަނޑު ފަދައިން ސިފަ ވޭމެއޭ އަޅުދާސް މަގޭ ހިތްވެސް ކުރަން ތިޔަލޮލުގަވޭ ހަމަ ބާރެކޭ އުޑުގައި ފަރިވެ ރަނިކަން ކުރާ ރިހި ހަނދު ފަދައިން […]
ވަޓް ދަ ހެލް… މަޔާންމެން ކައިވެނި ކޮށްފި؟؟.. ދެރަ ކަމެކޭ… ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާންފެށިއެވެ.” ހަލޯ… ” ލީޝާ.ވީގޮތް ނޭހެނީސް އެމީހަކު ދެއްކި ވާހަކަ އިން ލީޝާ ހިތް ބިރުގަތެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށް ވަނީ އެއްޗެހި ޕެކް ކުރުމުގެ ބޭނުމުގައެވެ. ލުޔާ އާއި އީތަން ކައިވެނި ކުރުމަށް ފަހު މީދޫ އަށް ދާން ފުރީ އީތަންގެ އެދުމުގެ މަތީންނެވެ. އެ ރެއަކީ ވައިގަދަ ވިއްސާރަ ރެއެކެވެ. ނަމަވެސް […]
“ޒަޖާ! ކީތްވެތަ އަހަރެންކުރާ ސުވާލުގެ ޖަވާބުނުދެވިގެން ރިއުޅެނީ؟” ޖީޒާން ރުޅި ކޮންޓްރޯލްކުރަމުން އެއްސެވެ. “އާނ! އިނގިއްޖެ! އަހަރެންގެ ލޯބިވާ ކުއްޖަކު ހުންނާތީ އެކަމާ ނުރުހެނީދޯ؟” ޖީޒާން އެހެން ބުނުމާއިއެކު ޒަޖާގެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންފިލައި ސީރިއަސްކަން އެމޫނު މައްޗަށް ވެރިވިއެވެ. “އަހަރެންނަށް ކިހިނެތް އިނގެނީ ޖީޒާންގެ ލޯބިވާ ކުއްޖަކު ހުންނަކަމެއް؟ ޑޫ ޔޫ މީން އައި އޭމް ޖެލަސް؟” ޒަޖާ ދެލޯ ބޮށޑުކޮށްލިއެވެ. “ޔެސް..” ޖީޒާން ބޯޖަހައިލުމާއިއެކު ޒަޖާ ދެބުމަގޮއް ޖަހައިލިއެވެ. “އޮހް! ކަމޯން ޖީޒާން! އައި […]
” އާނ އެއީ ތެދެއް… ” މަޔާން ވަގުތުން ޖަވާބު ދިނެވެ.” އޯ އެމް ޖީ.. ” ރާއިލް ވެސް ހޭން ފެށިއެވެ.” ތިޔަވީ ގޮތުން މިޖެހުނީ އެއުޅޭ އައިހާ މެންނަށް ގުޅަންތާ… ކައިގެން ގުޅަންވާނެ.. ” ސަނާ ހެވިފައި ބުންޏެވެ.” ދެން ދަރިފުޅު މެން ކައިވެނި ކުރަންވީ އޭ ” އަޒާމް ބުންޏެވެ. އެއާއި އެކު އިލްޔާ އާއި ލުޔާ އެކަކު އަނެކަކަށް ބަލައިލިއެވެ. ރާއިލް މަލާމާތް ކުރާ ގޮތަަކަށް ބަލަން އިނެވެ. **24 […]
ނަޔާ، ޒާނާ، ނައިޝާ، ރަނާ ، – “ހާއޭ… އެއްވަނައިގެ ލަވައެއް ތިކިޔާލީ” ރިހުލާ – “އަޅޭ ރިއްލުގެ ވެޑިންގ އަށް ހުރިހާ ކުދީން ހާދަ ތައްޔާރީއެއް ވެގެންނޭ ދޯ ތި ތިބީ… އޯވްނ ތެންކްޔޫ” އާރިފު – “ކާކު ލަވަ ހެދީ؟ ވަރަށް ސަޅި އިނގޭ ލިރިކްސް… ރީޝް ކިޔާލި އިރު ހީވީ ހަމަ ޒޫނައްތަ ކިޔާލި ހެން” ޒާނާ – “އަސްލުވެސް ހަމަ ހީވަނީ ޒޫނައްތަ ކުޅެ ފިސާރި ޖޯށުގައި […]