އަޅުގަނޑަކީ މީގެ ކުރިން “ދުރުވުމެއް ނޭދެމޭ” ގެ ވާހަކަތަށް ިޔަމުންއައި ފަރާތެވެ. ނަމަވެސް ދިމާވި މައްސަލައެއްގެ ސަބަބުން ވާހަކަ ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި އަޅުގަނޑު ވާހަކަ ލިޔަމުން އައި އައިޑީ ވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން އަޅުގަނޑު މި ގަސްތު ކުރަނީ މި ނަންމަތީގައި ވާހަކައިގެ ކުރިޔަށް އޮތްބައި ފުރުހަމަ ކުރުމަށްށެވެ. އަޅުގަނޑުގެ ސަބަބުން ކިޔުންތެރިންނަށް ދިމާވި އެނެމެހާ ދަތިތަކަށް މަޢާފަށް އެދެމެވެ.
ޒައިޝާ އަކީ ވަރަށްބަސް އަހާ ކުއްޖެެކެވެ. ޒައިޝާގެ އާއިލާ ދިރިއުޅުން މެލެޝިޔާ އަށް ބަދަލުކުރިީ ޒައިޝާ އަށް ރަނގަޅަށް ކިޔެވުުމުގެ މަގު ފަހި ކޮށްް ދިނުމުުގެ ބޭނުމުގައެވެ. ރޭލު އެކްސިރެނޓެއްގައިި ޒައިޝާގެ މަންމަ އާއި ބައްޕަ ނިޔާވެއެވެ. ޒައިޝާ އުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. ޒައިޝާގެ ދައްތައެއް ހުންނަކަން އެނގުނެވެ… ***އިންތިޒާރު ކޮށްލައްވާ***
ލޮއެބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އެއީ ވަރަށް ފޮނި އިހުސާސެކެވެ. ދުވަސްވީ އެކުވެރިކަމުގެ ތެރެއިން އިއާންއަށް މިންހާދެކެ ލޯބިވެވިއްޖެއެވެ. އެހެނަސް އޭރު މިންހާގެ ހިތުން ވަނީ އަލޫފްއަށް ޖާގަދެވިފައެވެ. އެމީހަކު އެންމެ ލޯބިވާ ފަރާތް އެހެން މީހަކާ ގުޅިގެން އުޅޭތަން ބަލަން އެއްވެސް މީހަކަށް ފަސޭހަވާނެ ހެއްޔެވެ؟ ހަމަގައިމުވެސް އެ މަންޒަރު ފެނުމުން އެމީހެއްގެ ހިތް ކުދިކުދިވެގެން ދާނެއެވެ. ދެލޮލުން ކަރުނަ އޮހޮރި މޭގައި ރިހުމެއް އުފެދޭނެއެވެ. މިހުރިހާ ކަމަކަށް ކެތްތެރިވެ އިއާން ކުރާ ދިގު އިންތިޒާރުގެ […]
ޒޯއީ އާއި އައިދަން އަކީ ކުޑައިރުއްސުރެވެސް ވަރަށް ގާތް ދެ ރަޚުމަތްތެރިންނެވެ. ޒޯއީ ދެކެ ލޯބިވީ ނަމަވެސް އައިދަން އެކަން ސިއްރުކުރެއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ އެކުވެރިކަމަށް ނިމުމެއް އައިސްދާނެތީއެވެ. އައިދަން މާޔޫސްވީ ޒޯއީ އާއި އަރީން ލޯބީގެ ގޮތުން ގުޅުމުންނެވެ. އައިދަންގެ ހިތް ކުދިކުދިވެ، ޒޯއީ އާއި ދުރަށް ދިޔުމަށް ނިންމައެވެ. ޒޯއީ ދެކެވާ ލޯބިން ދުރަށް ދިޔުން އައިދަންއަށް ފަސޭހަ ކަމަކަށް ވެދާނޭ ހެއްޔެވެ؟ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުންނާއި، އެނގިގެންދާ ބައެއް ހަޤީގަތްތަކުގެ ސަބަބުން […]
އަޅުގަނޑުގެ ކޮއްކޮ އަޒޫ (ޙައްޔު) ގެ މިވާހަކަ ނުގެނެސްދެވި ލަސްވާ ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިވާހަކަ ލަސްވަނީ އައްޒަގެ ލޮލަށް ވަރަށް ދެރަގޮތެއް ދިމާވެގެން. ފުއްޕާހަމެއް ފުއްޕަން އުޅުމުގެ ތެރޭގައި އައްޒަގެ ލޮލުގެ އެތެރެއަށް ފަޅައިގެން ދިޔުމުގެ ސަބަބުން މިހާރު ދަނީ އެކަމަށް ފަރުވާ ކުރަމުންނެވެ. އެހެންކަމުން އައްޒަގެ އެދުމުގެ މަތިން ކިޔުންތެރިންނަށް އަންގާލީމެވެ. ލޯ ރަނގަޅު ވީހާ އަވަހަކަށް ވާހަކައިގެ އިތުުރު ބައިތަކާއެކު ބައްދަލުކުރާނެއެވެ. އިންޝާﷲ -ޝުކުރިއްޔާ-
މިދުވަސްކޮޅަކީ އަޅުގަނޑުގެ ޓެސްޓްތައް ފުލުފުލުގައި ނެގެމުން ދާ ދުވަސްކޮޅަކަށް ވެފައި އޯލެވެލް އިމްތިހާނުވެސް ބޯމަތިވެފައި ވާތީ މިދުވަސްކޮޅު އަޅުގަނޑަށް ވާހަކަ ނުލިޔެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް އޯލެވެލް ނިމުމުން އަޅުގަނޑުގެ ވާހަކަތައް އަނެއްކާވެސް ފެނިގެންދާނެއެވެ. މިދިޔަ ދުވަސްތަކުގައި ވާހަކަ ނުލިޔެވުމުން އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ްައަދި އަބަދުވެސް ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ސަޕޯރޓް ކުރިއަށް އޮތް ތާނގައި ވެސް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.
މިއީ އަޅުގަނޑުގެ އަމިއްލަ ޚިލާކަށް ލިޔަމުންދާ ޚިޔާލީ ވާހަކަ އެކެވެ. މިވާހަކައިގައި ހިމެނޭ ކެރެކްޓަރސްތަކާއި، ވާހަކައިގައި ހިމަނާފައިވާ ޚާދިސާތައް ސިފަކޮށްދީފައިވާގޮތުން އެއީ ހިނގާފާނެ ކަމެއްކަމަށް ގަބޫލުކުރަން ދަތިވެދާނެއެވެ. މިފަދަ ވާހައެއް ލިޔުމަށް އަޅުގަނޑު ގަސްތުކުރީ މީގެކުރިން ލިޔެފައިވާ ވާހަކަތަކާއި ތަފާތުކޮށްލުމުގެ މަގުސަދުގައެވެ. އަޅުގަނޑު އުއްމީދުކުރަނީ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުގެ އެހެން ވާހަކަތަކަށް ވެސް ލިބުނު ފަދަ ތަރުޚީބެއް މިވާހަކައަށްވެސް ލިބިގެންދާނޭ ކަމަށެވެ. ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުހީބާއި ދެއްވާ އެހީތެރިކަމަކީ މިދާއިރާއިން ކުރިޔަށް ދިޔުމަށް އަޅުގަނޑަށް ލިބޭ […]
މި ވާހަކައަށް ނަން ހުށެއެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ފިރިހެން ޖިންނިއެއްގެ ނަން އަންހެން އެއްގޮތް ދެ ނަން އައިލާ އަންހެން ދެ ފުރާވަރު ކުދިންގެ 2 ނަން ފިރިހެން ފުރާވަރު ކުދިންގެ ދެ ނަން މި ވާހަކައަށް ހުރިހާ ކުދިންގެ ސަޕޯޓް ލިބޭނަ ކަމަށް އުއްމީދު ކުރަން 12 އޮގަސްޓު ވަންދެން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2017 ވަނަ އަހަރުގެ ފަހުކޮޅު ރަސްމީ ސިފައެއްގައި ލިޔުންތެރިކަމުގެ ދާއިރާއަށް އަޅުގަނޑަށް ވަދެވުނު އިރު، ވަރަށް ގިނަ އޮންލައިން ޕްލެޓްފޯރމްތަކަށް، ވާހަކަ، މަޒުމޫނު، ޚަބަރު، ރައިވަރު ލިޔެވިފައި ވާނެއެވެ. އެގޮތުން “އެސްފިޔަ” ގަައި އަޅުގަނޑުގެ 50 ކުރުވާހަކަ ޝާޢިއު ކުރެވިފައި ވާތީ، މި ކަމުގައި އެކި ގޮތްގޮތުން އެހީތެރިވި އަދި ހިތްވަރުދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްލުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ފުރަތަމަ ކަމަކަށް، އިންސާނާއަށް ލިޔެކިޔުމުގެ ހުނަރު ދެއްވި ﷲ سبحانه و تعالى […]