ކިޔުންތެރިންނަށް…… ލޯބިކަން މި ވާހަކައިގެ 16 ވަނަ ޕާރޓް އަޕްކުރުން ލަސް ވަމުން ދާތީ އަޅުގަނޑު ކިޔުންތެރިން ގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.މިދުވަސް ކޮޅަކީ އަޅުގަނޑަށް ވަރަށް ބުރަ ދުވަސް ކޮޅަކަށް ވާތީ މިވާހަކައިގެ ސޯޅަވަނަ ޕާރޓް ލިޔުމަށް އަޅުގަނޑަށް ދަނީ ވަގުތުގެ ދަތިތަކާއި ކުރިމަތި ވަމުން ނެވެ.މިވާހަކައިގެ ކުރިއަށް އޮތް ޕާރޓް މާތް ﷲ އިރާދަކުރެއް ވިއްޔާއި ހޮނިހިރު ދުވަހު ނުވަތަ އާދިއްތަ ދުވަހު އަޕްކޮއްލަ ދޭނަމެވެ. ޝުކުރިއްޔާ….
ރާސްތާ މި ވާހަކާގެ ކުރިއަށް ހުރި ބައިތައް ދެން ގެނެސްދެވޭނީ މިމަސް ނިމުމުނަކަން ހިތާމާއާ އެކީ ދަންނަވެމެވެ. މިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަދި ތިޔަ ހުރިހާ ކިޔުންތެރިންވެސް މިވާހަކައަށް ދެއްވާ ތަރުހީބަށް ޝުކުރު ދަންނާވާލަމެވެ. އަދިވެސް އެއްފަހަރު މި ވާހަކަ ލަހުން ގެނެސްދެވޭނެ ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. -ކިޔާރާ-
ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް އިފޫ ފުރަތަމަ މަޢާފަށް އެދެން ވާހަކަ ގެނެސްދިނުން ލަސްވީތީ… އިފޫ މިއުޅެނީ ވަރަށް ބަލިކޮށް… އެހެންވެ ވާހަކަ ގެނެސްދިނުން ލަސްވަނީ… އެކަމަކުވެސް ވާހަކަ ލިޔެވޭވަރު ވިހާ އަވަހަށް އިންޝާ ﷲ އިފޫ ވާހަކައިގެ ދެން އޮތް ބައި ގެނެސްދޭނަން… އުއްމީދުކުރަން ހުރިހާ ކިޔުންތެރިންވެސް އިފޫއަށް ހެޔޮހިތުން މަޢާފު ކޮށްދޭނެކަމަށް… އައި އޭމް ރިއަލީ ސޮރީ މައި ޑިއާ ރީޑާސް… އުއްމީދުކުރަން އިފޫގެ ވާހަކައަށް އިންތިޒާރުކުރާނެކަމަށް… ލަވް ޔޫ އޯލް މައި ރީޑާސް…
މި ދުވަސްކޮޅަކީ އަޅުގަނޑުގެ ކޯހުގެ ފައިނަލް ޕްރޮޖެކްޓްގެ މަސައްކަތުގައި ވ. އަވަދިނެތިކޮށް އުޅޭ ދުވަސްކޮޅެކެވެ. އެހެންކަމުން، ލިޔަންފަށާފައިވާ ސީރީޒް ވާހަކަ “ކަރުނުން ފޭދުނު ދެލި” ކިޔުންތެރިންނަށް ގެނެސްދެވޭނީ އެންމެ އަވަސްވެގެންވެސް ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި އެދުވަހު ވާހަކައިގެ 2 އެޕިސޮޑެއްގެ އިތުރުން ނިންމުުމާއި އެކު، މުޅި ވާހަކަ ކިޔުންތެރިންނަށް ގެެނެސްދެވޭނެއެވެ. ކެތްތެރި ކަމާއެކު އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ. އަދި ވާހަކަތަކަށް ލިބެމުންދާ ތަރުހީބަށް، ޝުކުރު އަދާކުރަމެވެ. އެސްފިޔަ ޓީމުން އަޅުގަނޑަށް މިކަމުގައި ދޭ ސަޕޯޓް […]
އީދު ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށް ދިގު ވާހަކައެްް ކިޔުންތެރިންނަށް ގެނެސްދިނުމަށް ނިންމައިފީމެވެ. އޭގެ ކުރިން ކުޑަ ސާރވޭ އެއް ހެދުމަށް އަޅުގަނޑު ބޭނުންވާތީ، ކޮމެންޓް ކުރާ ކުދިން ތިރީގައިވާ ކޮންމެވެސް ޕްލެޓް ފޯރމަކުން އަޅުގަނޑާ ޚަބަރެއް ވުމަކީ ވަރަށް ބޮޑު އެދުމެކެވެ. ވާހަކަތަކަށް ދެއްވާ ފީޑްބެކްސްއަށް ނިހާޔަތަށް ޝުކުރުވެރި ވަމެވެ. ޝުކުރިއްޔާ! Facebook: ZidErn Mohamed Viber : 9877233 Instagram: everr blezz
ފައިސާއާ މުދާ، އިއްޒަތާ ގަދަރަކީ އެހާ މުހިންމު އެއްޗަކީ ހެއްޔެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ ކޮންމެ އަކަށް އިންސާނާގެ ބޭރުފުށުގެ އިތުރުން މީހާގެ އެތެރެ ފުށުގެ ސިފަތަކަކީވެސް މުހިންމު ސިފަތެކެވެ. ހިނިތުންވުމާ ހިތްދަތިކަން…. އުފަލާ އަރާމް… އިއްޒަތާއި ގަދަރް… ލޯއްބާއި ނަފްރަތު…. ހިތްތިރިކަމާއެއި މަޑުމައިތިރިކަން…. އޯގާތެރިކަމާއެކު އެހީތެރިކަން…. މިހުރިހާ ކަމެއް ހިމަނަގައިގެން އަޅުގަނޑު ލިޔަން ގަސްތުކުރާ ވާހަކަ “ހިތް އެދުނަސް” އިންތިޒާރު ކޮށްލައްވާ! އީނާލް ———– އީނާލް އަކީ ހިތްތިރި […]
އެސްފިޔައިގެ ހުނަރުވެރި ލިޔުންތެރިންނަށާއި ފޫހިކަމެެއްނެތި ވާހަކަ ވިދާޅުވާ ކިޔުންތެރިންނަށް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. – އެސްފިޔަ ޓީމް – – 7997991 –
އޮންލައިން ނޫހަކަށް ލިޔުމަށް އޭޝްއަށް ފުރުޞަތު ލިބުމާއި ގުޅިގެން މިހާރު މިސައިޓުގައި އޭޝް ލިޔަމުން އަންނަ ދެ ވާހަކަ ކަމުގައިވާ “ނުދާނޭ ތިހަނދާން ފިލާ” އަދި “ލޯބި ވެވުމުން” މިވަގުތު މިސައިޓުގައި ލިޔެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއި އެކު ދަންނަވަމެވެ. އިތުރު ތަފްޞީލް އޭޝްއަށް އީމެއިލް ކޮށްލެއްވުމުން ނުވަތަ އޭޝްގެ ފޭސްބުކް ޕޭޖްއިން ލިބިވަޑައިގަންނަވާނެ ވާހަކަ ވެސް ދަންނަވަމެވެ. ތިހުރިހާ ކިޔުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުޚީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.
އޮންލައިން ނޫހަކަށް ލިޔުމަށް އޭޝްއަށް ފުރުޞަތު ލިބުމާއި ގުޅިގެން މިހާރު މިސައިޓުގައި އޭޝް ލިޔަމުން އަންނަ ދެ ވާހަކަ ކަމުގައިވާ “ނުދާނޭ ތިހަނދާން ފިލާ” އަދި “ލޯބި ވެވުމުން” މިވަގުތު މިސައިޓުގައި ލިޔެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއި އެކު ދަންނަވަމެވެ. އިތުރު ތަފްޞީލް އޭޝްއަށް އީމެއިލް ކޮށްލެއްވުމުން ނުވަތ އޭޝްގެ ފޭސްބުކް ޕޭޖްއިން ލިބިވަޑައިގަންނަވާނެ ވާހަކަ ވެސް ދަންނަވަމެވެ. ތިހުރިހާ ކިޔުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުޚީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.