Skip to content
އެސްފިޔަ

”ވަފާތެރި ކެހިވެރިޔާ“

ބޮލުގައި ރިއްސާލީމަވެސް ޖަހާލަނީ ސިނގިރެޓެކެވެ. މަޖަލަކަށްވެސް ބޯލަނީ ސިނގިރެޓެކެވެ. ކަމަކާ ފިކުރު ބޮޑުވެ ބޯ ހަމަޖައްސާލަންވެސް ދަމާލަނީ ހަމަ ސިނގިރެޓެކެވެ. ހާސްވެ ކަންބޮޑުވީމަވެސް ހައްލަކީ ސިނގިރެޓެއް ބޯލުމެވެ.

ސިނގިރެޓެއް ބޯލުމަކީ އެ ބޯމީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމަކެވެ. މިވެރިން ކިޔާގޮތަށް ”ފެގެއް“ ބޯލީމާ ހުރިހާ ކަމެއް ހަމަވީއެވެ.

ސިނގިރެޓަކީ އެމީހުންގެ އެއް އަތް ކަހަލައެވެ. އެއަށްވުރެ ވަފާތެރި، އެކުވެރިއެއް އެމީހުންގެ ނެތީއޭވެސް ހަމަ ހީވާ ކަހަލައެވެ. މިބީދައިން ސިނގިރެޓަކީ ކެހިވެރިއެކެވެ. އެމީހުުންގެ ހަތުރެކެވެ. ފުރާނައަށް އޮތް ބިރެކެވެ. ވީއިރު މިވާހަކަ ނުދައްކާ ފަރުޖެއްސޭނެ ހެއްޔެވެ؟
ސިނގިރެޓު ނުބޯންވީ އަދި ސިނގިރެޓާ ދުރައް ދާންޖެހޭ އެތަށް ސަބަބެއް މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން އެއޮއްގެން ހާމަވަނީއެވެ.

ހަމަ މިއާއެކު ރާއްޖެއަށްބަލާއިރު، ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ.

ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތަކެވެ.

ފަރުވާއަށް އާސަންދައިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހިފައިވާއިރު ގައުމު ބިނާކުރަން ތިބި ޒުވާނުން ވަނީ އެވަބާގެ ތެރޭގައި ބަނދެވިފަ އެވެ.

ފިކުރު ކުރައްވާށެވެ. ސިނގިރޭޓަކީ ވަފާތެރި، އެހެނަސްކެހިވެރިއެކެވެ.

ސިނގިރެޓާ ދުރުވާން ނަސޭހަތްތެރި ވަމެވެ. ގޮތް ނިންމާނީ ތިބޭފުޅުންނެވެ. އާދެ ސިނގިރޭޓު ބޯމީހުނެވެ.

Comments (12)

  1. afffuu

    wowwwwwwww….

  2. afffuu

    yayy me first

    1. Zidhan Mohamed
      afffuu

      Congrats! ♥

  3. afffuu

    woww

    1. Zidhan Mohamed
      afffuu

      Thank you! ♥

  4. Anonymous

    salhi…. maasha allah

  5. naash

    vvv reethi… maasha allah

  6. Anonymous

    Vvvv rythi masha allah… aslah vs hama kehiverieh ae… I hate cigarettes…

  7. Twinkle?

    Vvvv rythi masha allah… aslah vs hama kehiverieh ae… I hate cigarettes…

  8. Livee

    Zidhaan thy hama best

  9. Kitty

    V ragalhu vaahaka eh thy zidhan.. but e meehunnanh buniyas nuvisnryviyya dhw

  10. Lam

    Nice

Comments are closed.