Skip to content
އެސްފިޔަ

ދައްތަގެ ޢީދު ހެދުން

ހަވީރުގެ ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލާއިރު، އެންމެ ހިމަ ނާރުތަކަށް ދަންދެން އަސަރުކޮށްލައެވެ.

އެ އަރާމު ވަޤުތުގައި، އަހަރެންގެ އިތުރުން ހަތަރު އަހަރުގެ ކޮއްކޮ ‘ނައިޝް’ އަދި އަހަރެންގެ ދައްތަ ‘ސަރާ’ ވެސް ތިބީ ގޭގެ ފެންޑާގައެވެ.

ފެންޑާގައި ބެހެއްޓިފައި ހުރި ފަތްޖެހި ގޮނޑީގައި ކޮއްކޮ ނައިޝް އޮށޯވެ ނިދައިފިއެވެ. ކޮއްކޮ އޮތީ ލައިގެންހުރި ޓީޝާޓު ބާލާ، ކައިރާގައި ބާއްވައިގެންނެވެ.

ފައްޖެހި ގޮނޑީގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލީގައި އަހަރެން އަދި ދައްތަ ތިބިއިރު، ދައްތަ އިނީ ވާހަކަ ފޮތެއް ކީޔާށެވެ. އަދި އަހަރެން އިނީ ހެޑުސެޓުން ލަވައެއް ޖަހައިގެން ޖޫސްޕެޓީއެއް ބޯށެވެ.

ކުއްލިއަކަށް، ބޯން އިން ޖޫސްޕެޓީން ޖޫސްފޮދެއް ވެރުނީ އަހަރެން އަރައިގެން ފައިވާނަށާއި ފައިތިލަ މައްޗަށެވެ. ނޫންކަމަަށް ހަދާފައި ކޮއްކޮގެ ކައިރީގައި އޮތް އެފަކީރުގެ ޓީޝާޓުން ޖޫސްތަށް ފޮހެލީމެވެ.

ހައިރާންވެފައި އަދި ނުރުހުމުގެ ނަޒަރަކުން ދައްތަ އަހަންނާ ދިމާލަށް ކަޅި އެއްލުމުން، “ޝޫ….ޝޫ…” އޭ ބުނެ ނޭފަތު ކުރީ ޝަހާދަތް އިނގިލި އެޅީމެވެ. އިސާހިތަކު ދައްތަ އެކަމާ ނުވެ، އަނެއްކާވެސް ވާހަކަ ކިޔުމައިގެން މަސްޢޫލުވެއްޖެއެވެ.

އިރުކޮޅަކުން ކޮއްކޮ ހޭލައިގެން އަނގައިންވެސް ނުބުނެ ކޮޓަރިއަށް ގޮސްއައިސް އަހަރެން އަތަށް ދިނީ އަަހަރެންގެ ހެދުމެވެ.

“ޔާރައްބީ… މަގޭ ޢީދު ހެދުން…” އިސްތިރި ޖައްސާ މުޅި ހެދުން އޮތީ ވިރުވާލާފައެވެ. އޭރު ދައްތަ އިނދެގެން ހީހީ ބިނދެނީއެވެ.

އައި ރުޅީގަޔާއި ވީ ދެރައިން ކޮަޓަރިއަށް ވަދެ ތަޅުލައިފީމެވެ. އިރުކޮަޅަކުން ކޮއްކޮ އައިސް ދޮރުގަ ޓަކިޖަހާލާފައި ބުންޏެވެ. “މިއޮތީ ޓީޝާޓު، ކަރުނަ ފޮހެލަން”

(ނިމުނީ)

ޢީދު ކައިރިވެފައި ވުމުން، ކުރިއާލާ އެންމެނަށްވެސް ޢީދު މުބާރަކު ކިޔާލަމެވެ.

 

 

Comments (15)

  1. Zidhan Mohamed

    Ok… ? foohivegen liyunu #SamasaaAdhab eh. ?? ingey ehaa ehaa eh nun kan. Cox it took only 5 minutes to write this. Anyways hope you will laugh for a bit. Eid mubarak. Loabivey emmen. #StaySingle #BeHappy my advice! ♥ tc

  2. lam

    oww…v v salhi eid mubaarik kiyaali goi vx….n zidhan ah vx eid mubaarik
    btw kobaatha surprise???kon irakun…cant wait

    1. Zidhan Mohamed
      lam

      Male ga tha? ?

    2. lam
      lam

      aaekey…male ga ey zidhaanooo??

  3. @AL@A

    Hehe did Mubarak vrh reethi☺???

  4. aysh ?

    Ahaha
    bodu kameh!!!…
    Eid mubarak ?

    1. Zidhan Mohamed
      aysh ?

      Thanks ?❤

  5. Huvey

    Lol

  6. Sukko

    Hehehehe.salhi.but hama nujehey ehthan ebain. Eid mubaarak

    1. Zidhan Mohamed
      Sukko

      Hama nujehey thankolheh hiyeh nuve liyevifa vaahen! Tell me curious to know!

  7. ?

    ??????????????????????????????????????????????????? esoru ehn v am makaru hadhaigen dhw eyothee..?????????????? heehee halaaku..?????? Vrh salhi mi short story.. Vrh majaa.. BTW, did Mubarak!☺️?

  8. milo

    adhives magaa story reh liyeba zidhaan

  9. Pole star

    Hehe. V majaa ????LOL

  10. zoe

    reechey revenge nagaali goiy
    keep up the good work
    btw kon rashaku kujjei tha?

    1. zoe
      zoe

      vaadhoo dho
      sorry…

Comments are closed.