ހަވީރުގެ ހިތްގައިމު ވަޤުތެވެ. ފަޒާގައި ދައުރުވަމުން ދާ ފިނި ވައިރޯޅިތަށް ހަށިގަނޑުގައި ބީހިލަމުން ދިޔައީ އަރާމު ގޮތަކަށެވެ. ހަތަރު އަހަރަށްދާ އަހަރެންގެ ސަކަ މިޒާޖުގެ ކޮއްކޮ، “ރައިޝަމް” ގޮވައިގެން އަހަރެން ދިޔައީ އެކުވެރި ޒުނާމުގެ ގެޔަށެވެ. ޒުނާމު ފެނުމުން އަހަރެން ބުނީމެވެ. ” އޭއް… ޒުންނޫ… ، އިންނާނެ ޓެގުކޮށްފަ މަގޭ ރައްޓެހިންކޮޅު އެފްބީ ޕޯސްޓެއްގައި… މަ އުފަންދުވަސް އަންނާތީ ހަނދާންކޮށްދޭން ވެގެން… އޭރަކަށްނު އެންމެންނަށް ޕާޓީއަށް ރެޑީވެވޭނީ… އެއިޓީން ވީމަ ފުދޭވަރަކަށް ބޮޑުވާނެ ސެލެބުރޭޝަން ” […]
2017 ވަނަ އަހަރުގެ ފަހުކޮޅު ރަސްމީ ސިފައެއްގައި ލިޔުންތެރިކަމުގެ ދާއިރާއަށް އަޅުގަނޑަށް ވަދެވުނު އިރު، ވަރަށް ގިނަ އޮންލައިން ޕްލެޓްފޯރމްތަކަށް، ވާހަކަ، މަޒުމޫނު، ޚަބަރު، ރައިވަރު ލިޔެވިފައި ވާނެއެވެ. އެގޮތުން “އެސްފިޔަ” ގަައި އަޅުގަނޑުގެ 50 ކުރުވާހަކަ ޝާޢިއު ކުރެވިފައި ވާތީ، މި ކަމުގައި އެކި ގޮތްގޮތުން އެހީތެރިވި އަދި ހިތްވަރުދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްލުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ފުރަތަމަ ކަމަކަށް، އިންސާނާއަށް ލިޔެކިޔުމުގެ ހުނަރު ދެއްވި ﷲ سبحانه و تعالى […]
މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެެވެ. އެހެންކަމުން މިރޭ ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ވެސް ދަޢުވަތުދިނެވެ. ޖަލްސާއަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑު ބާޒާރަށް ދިޔައީމެވެ. ބާޒާރަށް ގޮސް ގަމީހަކާ ފަޓުލޫނެއް ގަތުމަށް ފަހު އެއާ ގުޅޭ ޓައީއެއް ވެސް ގަތީމެވެ. ބާޒާރުކޮށް ނިންމުމަށް ފަހު އަޅުގަނޑު ދިޔައީ ގެއަށެވެ. އަޅުގަނޑު ގެއަށް އައިއިރު މެންދުރުގެ ކެއުން ވަނީ ތައްޔާރު ކޮށްފައެވެ. އޭރު އަޅުގަނޑުގެ ބަނޑުން އަޑުކިޔާލަކިޔާލާ ހުއްޓެވެ. […]
ފޮޓޯއަކުން މެނުވީ މީގެކުރިން އަހަންނަކަށް “ޝޫނާ” ފެނިފައި ނުހުންނާނެއެވެ. މީގެ ދުވަސްތަކެއް ކުރިން އަހަރެމެންނަކީ ލޯބިވެރިންނެވެ. ނަމަވެސް، އެގުޅުމަށް މާ ގިނަ ދުވަސްތަކެއް ނުވެ، ދެމީހުން ވަކިވީ ޤަބޫލުކުރެވޭ ޢުޒުރަކާއި އެކީއެވެ. އޯލެވެލްގެ އިމްތިހާނުތަށް ބޯތިވެފައި ވާތީ، ކިޔެވުމަށް ވަޤުތު ދިނުމުގެ މާތް މަޤުޞަދުގައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޤުރުބާނީއެއް ނުވެ ހަޤީޤީ ލޯތްބެއް ނުވެއެވެ. އާއެކެ، އޭނައަށްޓަކައި އެ ލޯބި ގުޅުން މެދުކަނޑާލުމަކީ އަހަންނަށް ވެވުނު ޤުރުބާނީ އެކެވެ. އިންތިހާއަށް ލޯބިވާ މީހަކާ އެގޮތަށް ވަކިވުމަކީ […]
އާދައިގެ މަތިން އާދަނު ސުކޫލަށް ގޮސް ސަމާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ސަމާ ދެކެ ކިތަންމެ ލޯބިވިޔަސް، އާދަނަކަށް ސަމާއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެހެންވެ އާދަނުގެ އެކުވެރިން އާދަނަށް މަލާމާތް ވެސް ކުރެއެވެ. މިއަދު ވެސް އާދަނު ސަމާއަށް ބަލަން ހުއްޓާ ކުއްޖަކު އޭނާއަށް މަލާމާތްކުރިއެވެ. މިފަހަރު އާދަނުގެ ހިތަށްއެރިއެވެ. ” އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ… ލަދަކާހުރެ ތަދެއް ނުފިލާނެ… އަހަރެން ވެސް ކެރިގެން ކުރިމަތިލާންވީ…”. އާދަނު އެތާ ކޮޅަށް ހުރީ ސަމާއާ ވާހަކަދައްކާނެ ގޮތެއް […]
ހިނގަމުން ދިޔަ ގަޑީގެ ސިކުންތު ކަށްޓާ ދިމާލަށް ކަޅި ހިންގައިގެން އިން ނަޝްފާ ޚިޔާލަަށް ކުއްލިއަކަށް އައީ މީގެ ދިހަ އަހަރު ކުރިން މަދަރުސާގައި އުޅުނު އިރު ހިނގި ހާދިޞާއެކެވެ. އޭނާގެ ހިތުން ފޮހެވިގެން ނުދާނެ ހާދިޞާއެކެވެ. މިހާރު ކިޔުންތެރިން ހިތަށް އަރާނެއެވެ. ކިޔައިދޭން މިއުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. ނޫނީ ހިތާމަވެރި ހާދިސާއެކެވެ. ނޫންތޯއެވެ. މިފަހަރު ތި ހީވީ މުޅިން ގޯސްކޮށެވެ. މިއީ މަަޖާ ވާހަކައެކެވެ. ނުހެއްޗެވެ. އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ނަޝްފާއާއި، […]
… އަހަރެންނަކީ ސުކޫލު ދައުރުގައި “ލޯބި” މި ކިޔާ ލަފުޒަށް ވަރަށް ބީރައްޓެހި މީހެކެވެ. ކުޑަމިނުން އެ ބަސް ބޭނުން ކުރަންވެސް ޖެހިލުންވެ އެވެ. ކިޔެވުން ނޫން އެހެން ކަމަކަށް ބޯގާނަން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ. ސުކޫލު މަރުހަލާ ކަޑަތު ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކު ދެކެ ލޯބިވީމެވެ. އެއީ އައިފާ އެވެ. ލާމު އަތޮޅުގައި ދިރިއުޅެމުންދާ އައިފާއާ ފުރަތަމަ ދިމާވީ “ފޭސްބުކް” އިންނެވެ. އައިފާ ރަނގަޅަށް ދަސްކުރުމަށް ކެތްތެރި ކަމާއެކު އެއް […]
އަނދިރި ކޮޓަރިއެކެވެ. އުސްކޮށް ހަދާފައިވާ އެ ކޮޓަރިއަށް އަލިކޮޅެއް ވަންނަނީ ވަރަށް މަތީގައި ހުރި ކުޑަ ކިޑިކީއެއް ހުންނާތީއެވެ. އެއީ ވައި ވައްދަން ހަދާފައިހުރި ޖާގައެކެވެ. ބޭރަށް ނުކުމެވެން ހުންނަ ކުޑަދޮރެއް ހުރެއެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އަހަރެމެންނަށް ކާން ގެންނަ މީހާ ވަދެ ހަދާ ދޮރެވެ. ވަރުގަދަ 3 ތަޅު އަޅުވާފައިވާ ދޮރެކެވެ. އެންމެ ތިންމީހުންގެ ޖާގައިގެ މި ގޮޅީގައި މިވަގުތު 10 މީހުން އެބަތިއްބެވެ. ވަޒީފާނެތި އުޅޭ ޒުވާނުންތައް ގިނަވެ ކުށްތަކުގައި ބެދިގެން ގޮޅިއަށް […]
ކަކޫ ހިއްލާލައިގެން އެއްފައި ދަމާލައިގެން އާތިޝް އޮތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ފުރަން ދިޔުމުގެ ކުރިން އެނދުގައި ލޫލޫ އަޅައިދިން ބެޑްޝީޓް އެ އޮމާންކަންމަތީ ރުލެއްވެސް ނާރާ އޮތެވެ. ބޯދަށަށް ދެ ބާލީސް ލައިގެން އޮތްއިރު ކަނާތްފަރާތުގައި އެވާ ދެބާލީސް އެއޮތީ ލޫލޫއަށް ބާއްވާފައެވެ. 9 ގޮޅިއަށް ބައިކޮށްފައިވާ ސީލިންގުގެ މެދުގައި ހަރުކޮށްފައިހުރި ފަންކާ އާތިޝްގެ ޚިދުމަތުގައި އެނބުރެމުން ދެއެވެ. އެކި އަޑުލައްވަމުންނެވެ. ލޫލޫ ނެތުމުން ފޫހިވެފައި ތޯއްޗެކެވެ. ފައިލާކޮޅުގައި އެނދުގައި ކިރިޔާ ނުޖެހި ހުރި ފާރުގައި […]