Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ގޭޓް 7

Dhern Level 510 Stories100 Comments100 Login100 Stories500 Comments
June 8, 2018 3 Mins Read
39 Comments

އުޑުމަތި ސާފު ރީތި ދުވަހެކެވެ. “ރަސްފަންނު”ގެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ފޫހި ފިލުވާލުމަށެވެ. ރަސްފަންނަކީ މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިކަމާ ދެކޮޅުވާނެ މީހަކު ނުުހުންނާނެއެވެ.

ކުއްލިއަކަށް އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ. ފޯނުގައި ސޭވް ކޮށްފައި ނުވާ ނަަންބަރަކަށް ވާތީ، ކާކު ކަމެއް ނޭނގުނެވެ. ފޯން ނަގަން ފިއްތާލަން އުޅެނިކޮށް އެކަން ނާކާމިޔާބުވީ އެކޮޅުން ފޯން ކަނޑާލުމުންނެވެ. “ވެދާނެ އޮޅިގެން ގުޅުނީ ކަމަށް…” އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. ވަޤުތުން ފޯން ނަގާ ކަންފަތުގައި ޖައްސާލީމެވެ. ” އޭ… ޝިޔާޒް މާލެ ބަދަލުވި ޚަބަރު ލިބުނީމަ ހިތަށްއެރީ ގުޅާލާނަމޭ… އެހެންވެ މި ގުޅާލީ… ކިހިނެއްތަ؟”

އެކޮޅުން ވާހަކަ ދެއްކީ ކާކު ކަމެއް އަހަންނަކަށް ފަހުމެއް ނުވިއެވެ. ނަމަވެސް ރަަނގަޅު ކަމަށް ބުނެ އަހަރެން އޭނައަށް ޖަވާބު ދިނީމެވެ. ” އޭތް… އޯކޭ އިނގޭ. ފޯންގައި ނެތް ބެލެންސެއް.. ދިމާވާން ވާނެ… ” މިހެން ބުނެ އޭނާ ފޯން ކަނޑާލައިފިއެވެ. ” މީ.. އަނެއްކާ ކާކުބާ؟ ނުވިސްނުން ކާކު ކަމެއް… އޯކޭ.. އަޅާނުލާ ” އަހަރެންގެ ހިތަށް އެރިއެވެ.

އޭގެ އަނެއް ދުވަހު، ހެނދުނު ނާސްތާއަށް ފަހު، އަހަރެން އިނީ ގޭގެ ސިޓިންގް ރޫމްގައި ޓީވީ ބަލާށެވެ. މިހެން އިންދާ ހަމަ އެނަންބަރުން އަހަރެންގެ ފޯނަށް މެސެޖެއް އައިސްފިއެވެ. ” ހޭއި.. ”

މިފަހަރު އަހަރެން ބޭނުންވީ އެއީ ކާކުތޯ ބަލާށެވެ. އެހެންކަމުން މެސެޖެއް ކޮއްލީމެވެ. ” ހޭއި.. އަސްލު ބުނެދީބަ ކާކުކަން… ނޭނގުނު… ސޮރީ އިނގޭ ” މާލަސްތަކެއް ނުވެ އެކޮޅުން ޖަވާބު ފޮނުވިއެވެ. ” ހެހެ.. އައި އެމް ޔުއާރ ކްރަޝް ” ހައިރާންވެފައި އަަހަރެން ދެންވެސް ކުރީ ސުވާލެކެވެ. ” ޝައިނީ؟ ” އިރުކޮޅަކުން އައި ޖަވާބަކުން އަހަންނަށް ހެވުނެވެ. ނުދަންނަ ނަންބަރަކުން ގުޅީމަ އަހަންނަށް ނޭނގުނީއެވެ. އެއީ ޝައިނީއެވެ.

މީގެ ދެއަހަރު ކުރިން އަހަރެން ގުރޭޑް ނަވައެއްގައި ތައުލީމު ހާސިލުކުރަމުން ދިޔައިރު އަހަންނާއިއެކީ އެއްކުލާހެއްގައި ކިޔެވި ކުއްޖެކެވެ. ޝައިނީއަކީ އަދި އަހަރެންގެ ލޯބިވެރިޔާއަށް ނުވިއަސް، އަހަރެންގެ ހިތުގައި ވަރަށް ބޮޑު ޖާގައެއް ދެވިފައިވާ ޖިންސުއްލަތީފެކެވެ. އޭނަގެ ރިތިކަމުގެ ޖާދޫގައި ނުޖެހޭނީ ވަރަށް މަދު މީހެކެވެ. އެރީތި މޫނު ޚިޔާލަށް ގެނެވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހީވަނީ ތޫނު ޚަަަަންޖަރެއް ހަރާލެވޭހެންނެވެ.

މި ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ އަނެއްކާވެސް އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ” ޓުމޯރޯ.. 7 ފެބްރުއަރީ… ޔޫ ރިމެންބާ؟ ” އެބުނި އެއްޗަކުން އަހަންނަށް ހީވި ޢިދެއް އައިހެންނެވެ. ” ޔާރ އައި ރިމެންބާ.. ” މިހެން ލިޔެލާފައި ޖަވާބު ފޮނުވުމަށްފަހު، ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ އަހަރެން ތައްޔާރުވީ ބޭރަށް ދާށެވެ. ރީތިވެގެން ގޭގެ ދޮރު ތަޅުލައި އަހަރެން ސައިކަލަށް އަރާ ދުއްވާލީމެވެ. އަހަރެންގެ މިސްރާބު ހުރީ ފްލޯރިސްޓް ޝޮޕަކަށެވެ.

މަޖީދި މަގަށް ނިކުމެ ކުަޑަ ތަންކޮޅެއް ދުއްވާލުމުން، ފްލޯރިސްޓް ޝޮޕެއް ފެނިއްޖެއެވެ. އަވަހަށް ސައިކަލު ޕާރކު ކުރުމަށް ފަހު ފިހާެރައަށް ވަނީމެވެ. ވަރަށް ރީތި ރަތް ފިނިފެން މަލެއް އަހަރެން ގަތީމެވެ. އެ މަލުގައި ރިބަންކޮޅެއް އައްސާފައިވެއެވެ. އޭގައި ” އައި ލަވް ޔޫ ” މިހެން ލިޔެލާފައި ހުއްޓެވެ. ވެގެން މިއުޅޭ ގޮތް އިނގޭ ހެއްޔެވެ؟ ގުރޭޑް 9 ގައި އުޅުނު އިރު އަހަރެން އޭނައަށް ލޯބި ހުށައެޅީމެވެ. ނަމަވެސް، އޭނަ ދިން ޖަވާވަކީ ” 18 ވަންދެން މަޑުކޮއްލާ ” މިއެވެ. ގުރޭޑް 9 ނިންމާ އޭނަ މާލެ ބަދަލުވި ފަހުންވެސް ފޯނުން ވާހަކަ ދައްކަމެވެ. އެދުވަހު ފޯނުން ޝައިނީގެ އަޑު ވަކިކުރަން ނޭނގުނީމަ ހައިރާންވެސް ވެއްޖެއެވެ. ނަމަވެސް، އެވަރު ކަމެއް ހިނގާފާނެތާއެވެ.

މާދަމާއަކީ އޭނައަށް 18 އަހަރު ފުރޭ އުފަންދުވަހެވެ. ސަޕްރައިޒެއް ދިނުން ސަޅިވާނެ ނޫންހެއްޔެވެ؟ އެރޭ އަަހަރެން ނިދީ ވަރަށް ޕްލޭން ކޮއްފައެވެ. އޭގެ އަނެއް ދުވަހު ހަވިރު އަހަރެން އޭނައަށް ގުޅާ ބައްދަލު ކޮއްލަން ބޭނުން ވާހަކަ ބުނެފީމެވެ. ” އާދޭ ގޭޓް 7ށް ” ހައިރާންވެ ހުރެ އަހަރެން ސުވާލު ކުރީމެެވެ. ” ގޭޓް ހަތެކޭ؟ އެއީ ކޮންތަނެއް؟ “ހިނި ގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.” ސާބަސް.. ގަލޮޅު ދަނޑުގެ ގޭޓް 7 ކައިރއަށް ” އަހަރެން ފޯނު ކަނޑާލީ ” އާން މިދަނީ.. ކުރިންވެސް ތިހެން ބުނި ނަމަ. ” މިހެން ބުނެފައެވެ.

ގަލޮޅު ދަނޑުގެ ގޭޓް ހަތަކާއި ގާތަށް ދެވުމުން އަަހަންނަށް އޭނަ ފެނުނެވެ. އަހަރެންގެ ހަށިގަނޑު ފިނިވިއެވެ. ކުރިން ނުވާ ގޮތްތަކެއް ވާންފެށިއެވެ، ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ” ހާއި ޝިޔާޒް ” ހިނިތުން ވެލާފައި ޝައިނީ ބުނެލިއެވެ. ” ހާއި.. ” ރައްދުގައި އަހަރެންވެސް އެހެން ބުނެލީމެވެ. ” ސޯ.. ކީކުރަން މީޓް ކުރަން ބުނީ ” ޝައިނީ ކުރީ ސުވާލެކެވެ. އަހަރެން ބުނީމެވެ. ” އިޓްސް އުޔާރ އެއިޓީންތް ބާރތުޑޭ ސޯ ހެޕީ ބާރތުޑޭ ” އޭނަ ގާތަށް އައީ ލާނެއް ހިންޏެކެވެ. ” އެވަރު ވާހަކައެއް ބުނަން؟ ” އަނެއްކާވެސް އޭނަ ކުރީ ސުވާލެކެވެ. ހިނިތުންވެލާފައި އަހަރެން ބުނީމެވެ. ” ނޫން.. އަސްލު އެހެން ކަމަކު.. ލޯމަރާލަބަ މަ ބުނަންދެން.. ”

އަހަރެން އެހެން ބުނުމުން އޭނަ ލޯމަރައިފިއެވެ. އެވަގުތު ސައިކަަލު މަޑިދަށޫގައި އޮތް ފިނިފެނަމާ ނަގައިފީމެވެ. އަދި ލޯ ހުޅުވުމަށް ބުނީމެެވެ. ހަމަ ލޯހުޅުވުމާއެކު ” ވިލް ޔޫ ބީ މައިން؟ ” މިހެން ކިޔާ ފިނިފެންމާ އޭަނައަށް ދިއްކޮއްލީމެވެ. ވަރަށް އުންމީދާ އެކުގައެވެ. ” ޔެސް.. ” ޖަވާބުގައި މިހެން ބުނެ މަލުގައި ހިފީ ވަރަށް އުފަލުން ހުރެއެވެ. އަދި ބުންޏެވެ. ” އަހަރެން ބުނިހެން އަހަންނަށް 18 އަހަރު ފުރެންދެން ޝިޔާޒް އިންތިޒާރު ކުރީމަ، ވަރަށް އުފާވެއްޖެ… ތީގެން އިނގެނީ ޝިޔާޒް އަހަރެން ދެކެ ވަނީ ހަޤީޤީ ލޯބިކަން… އަހަރެންވެސް ވަރަށް ލޯބިވޭ ”

އުފާވެފައި ހުރިވަރުން ލޮލުން އޮހޮރެންފެށި ކަރުނަތަށް ފުހެލަމުން ޝައިނީ، އަަހަރެންގެ ކޮނޑުޑުގައި ބޯއަޅާލީއެވެ.

މިވާހަކަ އަޅުގަނޑުގެ ލޯބިވާ _ ގރލ ފރނޑ އަށް ޙާއްސަކޮށްލަމެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

މިއީ ދިވެެއްސެއް

Next

ނާއިން ތިންވަނަބައި

Next
June 8, 2018

ނާއިން ތިންވަނަބައި

Previews
June 8, 2018

މިއީ ދިވެެއްސެއް

39 Comments!

  1. Flwr says:
    June 8, 2018 at 4:09 pm

    Yey me first dhw

    1. Zidhan Mohamed says:
      June 8, 2018 at 4:11 pm

      Yess ?

  2. FAISAL says:
    June 8, 2018 at 4:25 pm

    Yageeney me zidhan ge life ge vaahaka. .. zidhan gengulhey manje set kuri goi????? dhow zidhan evaruge kameh hingaafaane???? nice story eh❤❤❤❤

    1. Zidhan Mohamed says:
      June 8, 2018 at 5:29 pm

      Aan ?

  3. eekko says:
    June 8, 2018 at 4:51 pm

    mee kurin liyefa in stry ehnoontha

    1. Zidhan Mohamed says:
      June 8, 2018 at 5:29 pm

      Aan ?

  4. Nunnu says:
    June 8, 2018 at 5:26 pm

    Mee zidhaan kurin.liyunu vaahaka eh dho
    Kobaa.tha zidhaan ge girl friend
    Ey kaakubaa

    1. Zidhan Mohamed says:
      June 8, 2018 at 5:30 pm

      Eyna vess esfiyaga vaahaka liyaane.. Nan bunun adhi manaa ?

    2. Eh says:
      June 8, 2018 at 7:35 pm

      Eenaash?

    3. Zidhan Mohamed says:
      June 8, 2018 at 8:02 pm

      Secrets everywhere

  5. Roxy says:
    June 8, 2018 at 5:34 pm

    Wow romantica ?? vv lwbi mvrhaka lved it ????

    1. Zidhan Mohamed says:
      June 8, 2018 at 5:38 pm

      Aye ???

  6. Shaira says:
    June 8, 2018 at 6:06 pm

    Mivaahaka vess reethi…

    1. Zidhan Mohamed says:
      June 9, 2018 at 8:16 am

      Thnks

  7. .... says:
    June 8, 2018 at 7:21 pm

    nice?????

  8. Roxy says:
    June 8, 2018 at 8:31 pm

    E thedheh zidhaan anhkkr krku tha gf akee?? ???

    1. Zidhan Mohamed says:
      June 9, 2018 at 7:59 am

      Thiehnu ??

  9. FAISAL says:
    June 8, 2018 at 9:40 pm

    Beauty queen mi kamaa ulhen v nun thoa… zidhan haas nuvey … ehen ulheyne nuvisney kudhin???

  10. Sara Ismail says:
    June 8, 2018 at 10:45 pm

    Alhugandhu mee abadhuves zidhaan ge vaahaka tha kiyaa meeheh..Alhugandhu kee zidhaan ge vaahaka thakun mee mihaathanah kiyunu ehme hiyy gaimu ehme reethi eh vaahaka..Varah reethi mi vaahaka..Alhugandhu edhenee zidhaan ah abadhuves adhah vure fehi maadhamaaa eh maai allah minvaru kurehvun…Aaameen ❤️
    If you dont mind can we be friends on Facebook?

    1. Zidhan Mohamed says:
      June 9, 2018 at 8:00 am

      ZidErn Mohamed add kollaa. ?

  11. Roo says:
    June 9, 2018 at 12:03 am

    Zidhaan hajam nuvr myhun baithbbr.. emyhun ehr vru vnyr emyhun beynun gtha vrhaka liyefa publish kuraanhnu.. n hajam nvr myhunnh bunelan othy thi myhun aslh vx hrdha fke ey.. reethi noonyyr reehcheh nooney ves reethikoh hma bunelan neyngeny hey.. thee hama thnfukeh bdu vru thi vru vnyr thi meehun thi cmmnt kuraa nmuga stry liyefa nerebr thi meehun ge fnvrh blrln.. furathama thmr meehrge fnvru ngign ehn myhunge kuh dhkkn ulh vrny.. n zidhaan u r the bst n u shud knw tht bt emyhun bunr gthah improve veln v try kurn vrne nge.. n mi vrhaka hma obinwve vvvvv furihama im sure ur gf wil b proud of u ???

    1. Zidhan Mohamed says:
      June 9, 2018 at 8:05 am

      Thak you so much.. Vv ufaavejje.. Haan she ll be

  12. yaal says:
    June 10, 2018 at 3:06 am

    mulhi esfiyaiga mi zidhan eh.. faadehge photo gandeh jahaafa huriha vaahaka ehga.. bolah thura.. vaahaka aa thankolheh gulhey photo eh ves nulibuny kanneyge

    1. ainn says:
      June 10, 2018 at 4:21 am

      adhi meehak negetive comment eh kohfiyya eves balaigannakah neyge.. vaguthun delete aruvaalaa.. bo sakaraai

    2. Roxy says:
      June 10, 2018 at 5:18 am

      True

    3. Zidhan Mohamed says:
      June 10, 2018 at 8:24 am

      Thank you for the feedback. Will try to improve asap. Jazakallah.

  13. Roxy says:
    June 10, 2018 at 1:15 pm

    Hey roxy ge namuga kaaku mi cmmnt kurny itx nt me zidhaan

    1. Zidhan Mohamed says:
      June 10, 2018 at 3:17 pm

      Labba alhugandah ingey ?

  14. Haneen says:
    June 10, 2018 at 1:18 pm

    Ehehe yaal n ainn zidhaan set kuran beynun vegen indirect koh reehchey dho thi buny ?? haadha ladhuraikkey dhen dho ???

  15. yaal says:
    June 10, 2018 at 1:27 pm

    I am sorry for that comment.. aslu miulheny zidhaan reethi vegen

    1. ainn says:
      June 10, 2018 at 1:31 pm

      aslu bo sakarathy aharumen.. negetive comment thah delete kuraanama eyeh nuhunnaane ennu.. so i am bo sakaraai

    2. Zidhan Mohamed says:
      June 10, 2018 at 3:16 pm

      Yaal?? Whot?

  16. dhnths says:
    June 10, 2018 at 1:58 pm

    haadha fake kudhin gina ey dho.. ehn mees meehunge namuga comment kura

    1. Zidhan Mohamed says:
      June 10, 2018 at 3:17 pm

      Hehe ?

  17. harun says:
    June 10, 2018 at 5:07 pm

    xidhaan belimutha “koolie”

    1. Zidhan Mohamed says:
      June 12, 2018 at 7:35 pm

      Ahaha e kwcheh? V nubalan movis

  18. nice says:
    June 12, 2018 at 5:38 am

    Ey zidhan he vaahaka kiyaahiy nuvany thi vaahakayaa gulhey foto eh nulaathy dhehkentha amilla foot lany ..kada igey dhn faharakun cover pic gulhuvaalaathi

    1. Zidhan Mohamed says:
      June 12, 2018 at 7:36 pm

      Sure. Its just a cover I used for my fb page this ramadan. Just to have a uniformity I usd that pic

  19. Zidhan Mohamed says:
    June 12, 2018 at 7:37 pm

    Its just a cover I used for my fb page this ramadan. Just to have a uniformity I usd that pic. Thanks

Comments are closed.


All Right Reserved!