އޭ.ޑީ.ކޭއަށް ވަންނަންދިޔަ އިނާރާގެ އަތުގައި މާކިން ހިފާލައިގެން ހުރިއިރު އެ ދެމީހުނަށް ބަލައިލާފައި ކޮންމެ މީހަކަށް ވެސް ހީވާނީ މިއީ ވަރަށް އުފަލުންއުޅޭ ދެމީހުން ހެންނެވެ. ނަމަވެސް މި ކަންދެއްކުމުގެ ފަހަތުގައިވާ ހަޤީޤަތް އިނގޭނެނަމައެވެ. މާކިންގޮސް ނަމްބަރެއް ނަގައިގެން އައިސް އިނާރާއާއި އެކީ އިށީދެލިއެވެ. މިހެން އިންނައިރު މާކިން މަޑުމަޑުން އިނާރާގެ އަތުގައި ބޮސްދޭއިރު އޭނާއަށް ޖެހެނީ ގަދަކަމުން ހީލަހީލަ އިންނާށެވެ. ނަމަވެސް އެތެރެއިން އޭނާ ރޮއެ ހަޅޭލަވަމުންދިޔަ ނަމަވެސް މިމަންޒަރުވަނީ ލޯތަކަށް ފޮރުވިފައެވެ. ބޭސްއަޅައިގެން ނިކުމެވުނު […]
ދަންވަރުގެ ހަމަހިމޭން ކަންމަތީ މާކިންއަށް ނިދިފައި އޮތްއިރު އިނާރާގެ މަޑު ގިސްލުން އިވެމުންދިޔައެވެ. އޭނާގެ ބާކީއޮތް ދިރިއުޅުމުގެ ދުވަސްތަށް ވޭތުކުރަންވީ މި ގިސްލުމުގައި ބާއޭ އިނާރާ ހިތަށްއަރަމުން ދިޔައެވެ. ނިދިފައި އޮތް އިނާރާ އެސްފިޔަތަށް ތަޅުވާލީ މޫނުމައްޗަށް އިރުގެ ދޮދިތަށް އެޅުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމުން ކުޑަދޮރުން ވަދެގެން އައި އަލިން ލޯމައްޗަށް އަލިވިއެވެ. ކުޑަކޮން ލޯ ހުޅުވައިލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު ރީތިވާ މޭޒުކައިރީގައި ހުރި މާކިން ލޮލުގައި އަޅައިގަތެވެ. އޭނާ ގަމީހާއި ފަޓުލޫނެއް ލައިގެން […]
ކޮޓަރީގެ ޓައިލްސްތަކު މަތީގައި ފުޅިތޮށިތަށް ހުރިއިރު އެތަނުގައިވަނީ ލޭ ހޭކިފައެވެ. އެނދުގައި އޮތް ކުއިލްޓްގެ އެއްބައި ބިންމަތީގައި އޮތްއިރު އޭގައާއި އެނދުގައި ހުރި ބައެއް ބާލިސްތަކުގައިވެސް ލޭގެ އަސަރު ހުއްޓެވެ. ފުޅިތޮށިތައް ކައިރީގައި އިން އިނާރާގެ އަތުން ލޭ ތިކި ޖަހަމުން ދިޔައިރު ލައިގެން ހުރި ބޮޑު ހުދު ހެދުމުގައިވެސް ލޭހުއްޓެވެ. ރަތް ފިނިފެންމަލުގެ ކަރިތަށް ބިންމައްޗަށް ވެރިފައިހުރި އިރު ދިއްލާފައިހުރި ހުދު ބޮކިން ކޮޓަރިތެރޭގެ މި މަންޒަރު ސާފަކޮން ފެންނަން ހުއްޓެވެ. އިނާރާގެ ދެލޯ ދުޅަވެފައިވީއިރު […]
ރެއިލިންގައި އަތްއަޅުވާލައިގެން ހަނދުވަރު ބަލަންހުރި އިނާރާ ސިހުނީ މަލަކް އޭނާއަށް ގޮވާލުމުންނެވެ. މަލަކް ދިން ކޯކުތަށީގައި ހިފިއެވެ. އޭނާ އެ ކޯކުތަށިން ބޯންފެށުމުން ކައިރީގައި ހުރި މަލަކްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި އިނާރާ ޕާޓީއެތެރެއަށް ދިޔައެވެ. އޭރު ކޯކު ބޯންހުރި މަލަކް އިންތިޒާރު ކުރަމުންދިޔައީ ކުޅިގަނޑު ފެށޭނެއިރަކަށްށެވެ. ފަނަރަވަރަކަށް މިނެޓު ފާއިތުވެގެން ދިޔައިރުވެސް މަލަކް ދިޔައީ އިނާރާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ. އޭނާއިނީ އިނާރާ އެންމެންގެ ތެރޭގައި ބޭޒާރުވެގެންދާ މަންޒަރުދެކެން ކެތްމަދުވެފައެވެ. ކުއްލިއަކަށް […]
ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް މާކިންއާއި އިނާރާގެ ގުޅުން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. އިނާރާގެ ހިތުގައި މާކިންއަށްޓަކައި އާ ވިންދުތަކެއް ޖަހަމުންދިޔައެވެ. ނަމަވެސް މާކިންގެ ހިތުގައި އިނާރާއަށްޓަކައި އެންމެ ވިންދެއްވެސް ޖަހައެއްނުލައެވެ. އޭނާވަނީ އެދެމީހުންގެ ކައިވެނި ހަމަޖެހިފައިވާކަންވެސް ސިއްރުކޮއްފައެވެ. އިރުގެ އަލިން އުޑުމަތި ސާފުވެފައި ވާއިރު ވިއްސާރާއިގެ ވިލާތަށްވަނީ މުޅިންކެހިފައެވެ. މި ހިތްގައިމު މަންޒަރު ފެންނަން ހުރި ސިޓްރަން ރެސްޓޯރެންގެ މަތީބައިގައި މާކިންއާއި ރާހިލްގެ އިތުރުން ބައްސާމް މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ” އޭ އިނާރާއާއި ކަމެއްތަ؟؟” […]
ކޮޓަރިއަށް ވަދެވުމާއިއެކީ ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު އިނާރާ ކައިރީގައި އޮތް ބާލިހުގައި މޫނުފޮރުވާލިއެވެ. އޭނާ ލައިގެންހުރި ގަމީސް ތެފިމަފައި އޮތްއިރު އިސްތަށިގަނޑުގައި ހުރި ފެނުގެ އަސަރުން ބާލިސް ތެމެމުން ދިޔައެވެ. އޭނާއަށް ވިސްނެމުންދިޔައީ ހިނގާދިޔަ ކަންތަކާއި މެދުއެވެ. އިނާރާ އެނދުގައި އިށީދެ ހަމަނޭވާއެއް ލުމަށްފަހު ދެއަތުން އިސްތަށިގަނޑު ރީތިކޮއްލިއެވެ. މާކިން އޭނާގެ ނުރުހުމުގައި އެފަދަކަމެއް ކުރިނަމަވެސް އެންމެންގެ ކުރިމަތީގައި އެގޮތަށް އަތް އިސްކުރެވުނިތީ އިނާރާ ދެރަވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަށް މާކިންއާއި ވާހަކަދައްކައިގެންވެސް އެކަން ހައްލުކުރެވުނީހެވެ. އެގޮތަށް […]
އިސްޖަހައިގެން ޓީޝާޓާއި ދިމާއަށް ބަލަހައްޓައިގެން ހުރި މާކިންގެ އަތް ގޮއްމުއްކެވި ދެބުމަ ގޮށްޖެހުނެވެ. އޭނާ އިސްނަގައި ކުރިމަތީގައި ހުރި މީހާއަށް ބަލައިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. ދެއަތް މޭގައި ޖައްސާލައިގެން ހުރި އިނާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނާވެސް ލިފްޓަށް އަރަން އެނބުރުނު ގަޑީގައި ރަނގަޅަށް ބަލައި ނުލެވުމުން ޖޫސްތަށި ބަންޑުންވީއެވެ. ކުރިމަތީގައި ހުރި ޒުވާނާ ރުޅިއައިސްފައި ހުރިއިރުވެސް އެ މޫނުމަތިން ރީތިކަން ފާޅުވެއެވެ. މާޢާފަށް އެދެން އަނގަ ހުޅުވާލިތަނާ އެ […]
ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ގަނޑުގެ ފަހަތުން މަތިމައްޗަށް ނަގާފައިވާ އިމާރާތްތަށް ފެންނަމުން ދިޔައިރު ކަޅު ބޯވިލާތަކުން އުޑުމަތި ވަނީ ބަނަވެފައެވެ. ބާރު ވަޔާއިއެކީ ވެހެމުންދިޔަ ވާރޭގެ ތިކިތަށް ބިއްލޫރިގަނޑުން ފައިބަމުން ދިޔައިރުން ބޭރު ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭސީގެ ފިނިކަން މުޅި ކެބިން ތެރޭގައި ހިފާލާފައި ވާއިރު މާކިން އިނީ އޭނާގެ އަރާމު އެނބުރޭ ގޮނޑީގައި އިށީދެގެންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުފައިވަނީ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުން ދިޔަ މަންޒަރަށްށެވެ. މާކިންގެ އަތުގައި ހުރި ކޮފީތަށިން […]
*މިއީ ހަޤިޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.* މުޅި މާހައުލަށް ރަސްކަން ކުރަމުންދަނީ ރޭގަނޑުގެ ކަނު އަނދިރިކަމެވެ. މި ފުރަ މާލޭގެ މަގުތަށް ހަމަހިމޭންވެފައި ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅިފަޒާގައި ގުގުމާލިއެވެ. އަހަރެން މަގުގެ އެއްފަރާތުން ހިނގަމުންދިޔައިރު މިސްރާބު ހުރީ މިސްކިތާއި ދިމާއަށްށެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮއްލައިގެން އަވަހަށް މަސައްކަތަށް ދިއުމަށްށެވެ. އަހަރެންނަކީ ބަންލަދޭޝް މީހަކީމެވެ. އަމިއްލަ އުފަންޤައުމު ދޫކޮށް ރާއްޖެއައީ މަސައްކަތެއްގެ ބޭނުމުގައެވެ. […]