ސިޓިން ރޫމުގައި އިން ނާޒިމް އިނީ ޚިޔާލަކަށް ގެއްލިފައެވެ. އެވަގުތު އާޝިޔާ އައިސް ކައިރީގައި އިށީދެ ގޮވާލުމުން ވެސް ނާޒިމްއަށް ހޭވެރި ކަމެއް ނުވެއެވެ. “ނާޒިމް.. އޭތް..” އާޝިޔާ ކޮނޑުގައި ހިފުމުން ނާޒިމް ސިހުނެވެ. “އާނ ހޫމް ކީކޭ..” ނާޒިމް ބުނެލިއެވެ. “ކިހިނެތްވެފައި ތިއިނީ މިވަރަށް ގޮވާއިރު.. ހިނގާ ހޮސްޕިޓަލަށް ދާން.” އާޝިޔާ ބުނެލިއެވެ. “އަހަރެން ކޮން މޫނެއް ދެން މާކިންއަށް ދައްކާނީ.. އަހަރެން އޭނާ ދަރިއެއްގެ މަޤާމުން ވަކިކުރީ..” ނާޒިމް ދެރަވެފައި އިނދެ ބުނެލިއެވެ. “ދެން […]
ރޮވިފައި އިން އިނާރާ ސިހުނީ ރާހިލް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުންނެވެ. “އިނާރާ.. އޭތް.” ރާހިލް ބުނެލިއެވެ. އިނާރާ ރާހިލްގެ މޫނަށް ބަލާލުމަށްފަހު ވަށައިގެންވައި މާހުލަށް ބަލައިލިއިރު އެތަނުގައި ނާޒިމްއެއް ނެތެވެ. އާޝިޔާ ގޮނޑީގައި އިށީނދެގެން އިން އިރު އެތަނުގައި ބައްސާމް ވެސް ހުއްޓެވެ. އަދި ޑޮކްޓަރު ވެސް ނުނިކުމެއެވެ. “ކޮބާ މާކިން؟ ކޮބާ؟” އިނާރާއަށް އަވަސް އަވަހަށް ސުވާލު ކޮއްލެވުނެވެ. “އެތެރޭގައި.. އަދި ނޭނގެ.. ހިތްވަރު ކުރޭ އިނާ.. އިރާދު ކުރެއްވިއްޔާއި ދެރަގޮތެއް ނުވާނެ.” […]
ގުގުރީގެ ބާރު އަޑާއިއެކީ ފުރޮޅު ކެހިގެން ދިޔައަޑަށް އިނާރާ ސިހިފައި ފަހަތައް ބަލައިލިއިރު މާކިން ދުރުގައި ވެއްޓިފައި އޮތެވެ. ވިދާލި ވިދުވަރުން ބޮލުން އޮހޮރެމުން ދިޔަ ލޭތައް ފެނުނުއިރު މާކިން އަތްނަގައި އެއްޗެކޭ ބުނި ނަމަވެސް ހަރަކާތްތައް ހުއްޓި ޚަބަރު ހުސްވެގެން އެލޯ މެރުނެވެ. ފެނުގެ ތެރެއަށް ރަތް ލޭކުލަ ފޭދިގެން ދިޔައެވެ. “މާކިން!!!” އިނާރާއަށް މި މަންޒަރުފެނި އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ. އިނާރާ ދުވެފެއި ގޮސް މާކިންގެ ބޯ އުނގަށްލިޔެވެ. މާކިންގެ ބޮލުން ފައިބަމުން ދިޔަ […]
މަލަކްއާއި ކައިރިވެލި ރާހިލް ދުރުކުރުމަށް މަލަކް ފަހަތައް ޖެހުނެވެ. “ރާހިލް ޕްލީސް.. އިނާރާ އެބަ އުޅެޔޭ..” މަލަކް ހިނިއައިސްފައި އިނދެ މިހެން ބުނުމުން ރާހިލް ޖެއްސުމަށް މަލަކް ގެނެސް އުނގަށް ލިއެވެ. “އޭނަ ނުކިކުންނާނެ މިގަޑީގައެއް..” ރާހިލް މިހެން ބުނި ވަގުތު އިނާރާ ކޮޓަރިން ނިކުތެވެ. ދުރުގައި ހުރި ސޯފާގައި މަލަކް ރާހިލްގެ އުނގުގައި އިންތަން ފެނި އިނާރާ ސިހުނެވެ. އޭނާއަށް މި މަންޒަރު ފެނުންއިރު ހީވީ ރާހިލް ގަދަކަމުން މަލަކް ގާތްކުރަން އުޅެނީ ކަމަށެވެ. “ރާހިލް..” […]
ރޭގަނޑުގެ އަނދިރިކަން ފެތުރިގަނެ މުޅި މާހައުލު ވަނީ ހަމަހިމޭންވެފައެވެ. އެނދުގައި އިން ޒެރީން އިނީ މާކިން ލެޕްޓޮޕް ނެގުމުން އެދިމާއަށް ބަލަހައްޓައިގެންނެވެ. ދުރުގައި އިނދެ މާކިން އޭނާގެ ލެޕްޓޮޕުން މަސައްކަތް ކުރަމުން ދިޔައިރު ޒެރީން އިނީ އެ ލެޕްޓޮޕް އަތުޖެހޭނެ ވަގުތެއް ބަލާށެވެ. “ބުލޫ ލެޕްޓޮޕް އެއް ދޯ.” ޒެރީން ބައްސާމްއަށް މެސެޖުކޮއްލިއެވެ. “ޔެސް.. އޭނާ އޭނަ އެ ލެޕްޓޮޕް އޮފީހަކަށް ވެސް ނުގެންނާނެ. ޒެރީން ޖެހޭނީ އޭގެން މާކިންގެ އެކައުންޓް ހެކް ކުރަން.. ދެން ޒެރީން […]
މެންދުރުން އަނބުރާ ބާރަޖެހިއިރު ޒެރީން އަދިވެސް އޮތީ ނިދާފައެވެ. މާކިން އޭރު ހޭލިގޮތަށް އަމިއްލައަށް ސައި ހަދައިގެން ބުއި އިރުވެސް ޒެރީންއަކަށް ހިލަމެއް ނުވެއެވެ. ތިރިއަށް ދާން އުޅެފައި ވެސް އެ ހިތްވަރު ނުލިބިގެން އަމިއްލައަށް އެއްޗެއް ހަދާލީއެވެ. މާކިން ކޮޓަރިއަށް ވަދެ ނިދާފައި އޮތް ޒެރީންގެ ގައިގައި ކޮއްޓާލުމުން އޭނާ އަތް ފޮޅުވާލިއެވެ. “ޒެރީން.. ހޭލަބަލަ ދެން.” މާކިން ގޮވަންފެށިއެވެ. ނަމަވެސް ޒެރީން އަނެއް ފަރާތަށް އެނބުރިލިއެވެ. “ހޫމް.. ދެން ނޮގޮވަބަލަ…” ބާލިހުގައި މޫނު ފޮރުވާލަމުން […]
ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އިނާރާ އުޅުނީ މާކިންއާއި ދުރުންނެވެ. މިއަދަކީ ޒެރީން އެގެއަށް ގެންނަ ދުވަހެވެ. ނަމަވެސް އިނާރާ ހެނދުނު ހޭލީންސުރެ އުޅެނީ ކޮޓަރީގައެވެ. އޭނާ ބޭރަށް ނިކުންނަ ހިތްނުވެފައި ޒެރީންގެ މޫނު ފެންނަ ހިސާބައްވެސް ދާކަށް ބޭނުމެއް ނޫނެވެ. ހަވީރު ވީއިރު އާޝިޔާ އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. ނާޒިމް ގޭގައި ނޫޅޭވަގުތެއް ބަލައި މާކިންވީ ޒެރީން ބަލާގޮހެވެ. ގޭގެ ބެލްޖެހި އަޑަށް އާޝިޔާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒެރީންފެނި އޭނާއަށް ބަލަހައްޓައިގެން […]
މާކިންއާއި އިނާރާ އެކަނިވެރިވީއެވެ. “ބަމްބީ ޕްލީސް..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. މާކިންގެ މޫނަށް ގެއްލިފައި އިން އިނާރާ އިނީ ހަދަންވީގޮތް ނޭނގިފައެވެ.. އެއްކޮޅުން އޭނާ ނަފްރަތުކުރައި އެނާއަށް އެހައި އަނިޔާދިން މާކިންއެވެ. އަނެއްކޮޅުން އަލަށް މަޢާފަށްއެދި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ލޯބިވާ މާކިންއެވެ. މިތަނުން އޭނާ އިޚުތިޔާރު ކުރާނީ ކޮން މާކިންއެއް ބާއެވެ؟ އޭނާއަށް އިތުރު ފުރުސަތެއް މާކިންއަށް ދެވިދާނެބާއެވެ؟ މާކިންއާއި ދޭތެރޭ އެހިތުގައި ވާ ލޯބި މި ކުރެވޭ ނަފްރަތައް ވުރެން ބޮޑެބާއެވެ؟ […]
ކޮޓަރީގެ ދޮރުހުޅުވާފައި ވައިން ޝީލާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އިނާރާއަށްށެވެ. ގެއަށް އައިފަހުން އިނާރާ އަދި އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ. “ދަރިފުޅާ.. ހިނގާ ކާން. ހުންނާނެ ދަރިފުޅަށް އެންމެ މީރު ސްޕެގެޓީ ހަދާފައި.” ޝީލާ ގޮސް އިނާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ތެދުވެ އެނދުގެ ފަޑީގައި ލެނގިލި އިނާރާ މިހާރު ހަމައަކަށް އެޅިފައި ހުރިއިރު އަދިވެސް އެ ހިތުގައި ރިހުން ވެއެވެ. “މަންމާ..” އިނާރާ ވާހަކައެއް ބުނަންވެގެން ގޮވާލިއެވެ. “ކިހިނެތްތަ ވީ އަސްލު. މަންމައަށް ކިޔާދީބަލަ […]