Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި.. (4)

zaisha Level 210 Stories
June 26, 2015 4 Mins Read
20 Comments

ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް މާކިންއާއި އިނާރާގެ ގުޅުން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. އިނާރާގެ ހިތުގައި މާކިންއަށްޓަކައި އާ ވިންދުތަކެއް ޖަހަމުންދިޔައެވެ. ނަމަވެސް މާކިންގެ ހިތުގައި އިނާރާއަށްޓަކައި އެންމެ ވިންދެއްވެސް ޖަހައެއްނުލައެވެ. އޭނާވަނީ އެދެމީހުންގެ ކައިވެނި ހަމަޖެހިފައިވާކަންވެސް ސިއްރުކޮއްފައެވެ.

އިރުގެ އަލިން އުޑުމަތި ސާފުވެފައި ވާއިރު ވިއްސާރާއިގެ ވިލާތަށްވަނީ މުޅިންކެހިފައެވެ. މި ހިތްގައިމު މަންޒަރު ފެންނަން ހުރި ސިޓްރަން ރެސްޓޯރެންގެ މަތީބައިގައި މާކިންއާއި ރާހިލްގެ އިތުރުން ބައްސާމް މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ” އޭ އިނާރާއާއި ކަމެއްތަ؟؟” ކާންއިން ބައްސާމް ސުވާލުކުރިއެވެ.

“އޭނާ ހުރިހާ އަންހެނުންނާވެސް ކަމެއް.. ދޯ.” ރާހިލް މަޖަލަކަށް މިހެން ބުނިއިރުވެސް މާކިން އެއްޗެކޭ ނުބުނިއެވެ. ” ނޫނޭ. މިހާރު ވަރަށް އޮފީސް ކުދިންނާއިވެސް ވަރަށް ދުރުންނޭ އުޅެނީ.” ބައްސާމް ބުނެލިއެވެ. “އަސްލުތަ. މާކިން އޭތް. ދެން އަގައިން ބުނެބަލަ. އޭނައާއި ހަމަ ސީރިޔަސް ކޮންތަ؟” މާކިން އެއްޗެކޭ ނުބުނެ އިނުމުން ރާހިލްއަށް ޝައްކުވިއެވެ.

މާކިން ގޮނޑީގައި ލެނގިލަމުން އެދެމީހުންނަށް ފުންކޮން ބަލައިލުމަށްފަހު އެއްބުމަ އަރުވާލިއެވެ. މި އިޝާރާތުން އެމީހުންނަށް ޖަވާބު ލިބުނެވެ. “ހުވާ! މުހައްމަދު މާކިން ނާޒިމް އަންހެންކުއްޖަކަށް ހިތްކީތަ؟” ބައްސާމް މަޖާވެލާފައި ބުނެލިއެވެ. “ހިތް އެކަނިތަ. ހުރިހާއެއްޗެއްވެސް. ޖާނުން ފިދާވީހަމަ. ހެހެހެ.” ރާހިލް ހެމުން މާކިންގެ ކޮނޑުގައި ޖަހާލިއެވެ. މާކިން ވާހަކަ ނުދެއްކިނަމަވެސް އެމީހުން ކިޔާ ކޮންމެ އެއްޗެކަށް ހީލާހީލާ އިނީއެވެ. ނަމަވެސް އެހިނިތުންވުމުގެ ފޮރުވިފައިވާ ސިއްރު މާނަ އިނގެނީ ޚުދެ އޭނާއަށް އެކަންޏެވެ.

“ބޭބީ އައިއެމް ޕްރޭއިން އޮން ޔޫ ޓުނައިޓް،

ހައުންޓް ޔޫ ޑައުން، އީޓް ޔޫ އެލައިވް

ޖަސްޓް ލައިކް އެނިމަލްސް، އެނިމަލްސް، ލައިކް އެނިމަލްސް”

މެރޫންފައިވްގެ އެނިމަލްސް ލަވަ މުޅި ކޮޓަރީގައި ގުގުމާލާފައި ހުރިއިރު ތަނުގައި ވަނީ ދުމުގެ އަސަރެވެ. ދެތިން މީހަކު އެނދުމަތީގައި ސިނގިރޭޓު ބޯން ތިބިއިރު މަލަކްއާއި އިތުރު އަންހެން ކުއްޖަކު ސޯފާގައި އިނެވެ. ކައިރީގައި ހުރި ބިއްލޫރި ކުޑަމޭޒަށް ބޯތިރިކޮއްގެން އޮތް މަލަކް ތެދުވެ އަތުން ނޭފަތް ފޮހެލިއެވެ. މަލަކް ތެދުވުމުން ކައިރީގައި އިން އަންހެންކުއްޖާވެސް އެ އަމަލު ކުރަންފެށިއެވެ. މޭޒުމަތިގައި ހުރި ހިމުން ޑްރަގްސްތަށް ނަގަމުން ދިޔައިރު އެއިންއެއްވެސް މީޙެއްގެ ހޭވެރިކަމެއްނެތެވެ. ސޯފައިގައި ދެމިފައިއޮތް މަލަކްގެ ދެލޯ ރަނގަޅަށް ނުހުޅުވޭއިރު ތުންފަތުގައި ޖައްސާފައި ހުރި ރަތްކުލަވަނީ ފޭދިފައެވެ.

މިއީ މަލަކްގެ ހިތްހަމަޖެހުމެވެ. އެނާ ދިރިއުޅުމުގެ އެއްބައެވެ. އެންމެންނަށް ސިއްރުކުރެވިފައިވާބައެވެ. މުއްސަނދިކަމާއި ރީތިކަން ލިބިފައިވުމުން އޭނާވަނީ މުޅިން މަގުއޮޅިފައެވެ. މެންދުރު ގެއިން ނިކުންނަ ގޮތަށް މިތަނަށް އައިސް އިރުއޮއްސެންދެން މި ދުންތަކުގެ ތެރޭގައި އުޅޭއިރު އޭނާ ކޮބައިތޯ ބަލާނެ މީހެއްނުވެއެވެ.

މައިންބަފައިން އެމީހުންގެ އަމިއްލަ ކަންތަކުގައި އަވަދިނެތި އުޅޭއިރު ދަރިން އުޅޭގޮތް ބަލައިލުމަށް މަގުތެއްނުވެއެވެ. މަލަކް ގެޔަށް ދާއިރު ގިނަފަހަރު ގޭގައި މީހަކު ނުއުޅުމާއި އޭނާއަށް ބަލައިލާފައި މަސްތުވެގެން ހުރި މީހެއް ފާޑުނުޖަހާތީ އެކަކަށްވެސް ޝައްކުނުވަނީއެވެ. ދާގޮތަށް ކޮޓަރީގައި އޮތުމުން އޭނާގެ ހާލަތު އިނގޭނީ ވަކި ކާކަށް ހެއްޔެވެ.

“އޭ ސިޑޭ. އަހަރެން ދަނީ. މިހާރު އިރުއޮއްސެނީއެ.” ޖަހާފައިހުރި ލަވަ މަޑުކޮއްލަމުން މަލަކް ވާހަކަދެއްކިއެވެ. އެތަށް އިރަކު ސޯފައިގައި ދެމިފައި އޮވެ ހޭވެރިކަން ވުމުން މަލަކް އަވަހަށްދާން ތެދުވިއެވެ. “ކޮބާ ލާރިކޮޅު ކޮންއިރަކުން ދެނީ.” އެނދުގައި ސިނގިރޭޓު އަނގަޔަށް ޖަހާގެންއިން ސިޑޭ ބުނެލިއެވެ.

“މާދަން ދޯ. ހަދާން ކޮއްދެއްޗޭ.” ލޯގަނޑު ކައިރީގައި ހުއްޓި ފޭދިފައިހުރި ލިޕްސްޓިކް ރަނގަޅުކުރަމުން ދިޔަ މަލަކް ބުނެލިއެވެ. ދުރުގައި އޮތް އުސްފައިވާން އަތަށް ނަގިއިގެން މަލަކް އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ނާޒިމް ތައްޔާރުވަމުންދިޔައީ މުހިއްމު ވާހަކައެއްދެއްކުމަށެވެ. “ކޮބާ މަލަކް؟” މަލަކް އަންނަންދެން އެ ވާހަކަ ފަސްކޮއްލައިގެން އިން ނާޒިމް ބުނެލިއެވެ. އެވަގުތު ސޯޓު ކޮޅަކާއި އަތްދިގު ޓީޝާޓެއްލައިގެން ކާގެއަށް ވަން މަލަކް ފެނިފައި އޭނާ ކުރިން އުޅެފައި ހުރިގޮތަކާއިމެދު އެކަކަށްވެސް ޝައްކެއްނުވާނެއެވެ. ފެންވަރާލައިގެން ހުރިއިރު އޭނާއައުމުން ސެންޓުގެ މީރުވަސް ތަނުގައި ހިފާލިއެވެ.

“ބައްޕަ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ނާޒިމް މިހެން ބުނުމުން މަލަކްގެ ހިތް ތެޅެލިއެވެ. އޭނާގެ ސިއްރު އިނގުނީބާއޭ ހިތަށް އެރިއެވެ. “މާކިން. ދަރިފުޅާ.. މިހާރު ތިހިރީ ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެވިފައި. ދަރިފުޅު އުޅެން ބޭނުވިގޮތަކަށް އުޅެންވެސް ދޫކޮއްލެވިއްޖެ. އެކަމަކު މިހާރު އަހަރެމެންގެ އުއްމީދެއް ފުރިހަމަކޮއްދޭން ވެއްޖެ.” ނާޒިމް މިހެން ބުނުމުން އެއީ ކޮންކަމެއްކަން ހަމަރަނގަޅަށްވެސް މާކިންއަށް އެނގުނެވެ.

“އެއީ ކޮންކަމެއްތޯ.” މާކިން ނޭނގޭކަމަށް ހަދައި ބުނެލިއެވެ. ނާޒިމް ކައިރީގައި އިން އާޝިޔާގެ އަތުގައި ހިފާލަމުން ވާހަކަފެށިއެވެ. “މާކިންއާއި އިނާރާގެ ކައިވެނި ހަމަޖައްސައިފިން.” ނާޒިމް ބުނެލި ޖުމްލައިން ކާން އިން މަލަކް ކޮށިއެރިއެވެ. ކައިރީގައި ހުރި ފެންތަށިނަގައި ބޯންފެށިއިރު އޭނާ ހުރީ ސިހުމެއްގެތެރޭގައެވެ. އާޝިޔާ މަލަކްގެ ބުރަކަށީގައި ފިރުމާލުމުން އޭނާ ކުޑަކޮން ހީލިއެވެ. “މަންމަ އުއްމީދު ކުރަނީ މިހާރު ތިދެކުދިންވެސް އެކަކު އަނެކަކު ރަނގަޅަށް ދަސްވެފައި ކަމަށް ހުންނާނީ. އިނާރާގެ މައިންބަފައިންވެސް މިކަމާއި ވަރަށްރުހޭ. ކުރިންސުރެ ދެ ޢާއިލާއިން ނިންމާފައި އޮތް ނިންމުމެއްމީ” އާޝިޔާ ބުނެލިއެވެ. “އެކަމަކު ތިހެން ކުއްލިއަކަށް ކިހިނެތް ކޮންމެ މީހަކާއި މެރީ ކުރާނީ” މާކިންއަށް ބުމައަރުވާލަމުން މަލަކް ބުނެލިއެވެ. އޭނާގެ އުއްމީދަކީ މާކިން އޭނާއާއި އެއްކޮޅަށް ވާހަކަދައްކާނެ ކަމަށެވެ.

“ބައްޕަމެން ހިތްހަމަ ޖެހެންޏާ އަޅުގަނޑު ތިކަމަކާއި ދެކޮޅެއް ނަހަދާނަން.” މާކިން ހިނިތުންވެލަމުން މިހެން ބުނުމުން މަލަކް ހައިރާންވެ މާކިންއާއި ދިމާއަށް ބަލައިލިއެވެ. އޭނާ ރުޅިއައިސްގެ ހަލާކުނިވީކިރިޔާއެވެ. މާކިން އިންނަން އެއްބަސް ވާނެކަމަކަށް އޭނާ އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެއެވެ. “ވަރަށް އުފާވެއްޖެ ދަރިފުޅަށް ހެޔޮ ވިސްނުނީތީ.” ނާޒިމް ބުނެލިއެވެ.

“މާދަން އެގެއަށް މެންދުރުގެ ކެއުމަށް ދާންއޮތީ. އޭރުން ދެޢާއިލާވެސް ވާހަކަދައްކާލާ ދުވަހެއް ކަނޑައަޅާނީ ދޯ” އާޝިޔާ މިހެން ބުނެލިއިރު އެނާގެ އުފަލުގެ ކޮޅެއް ނެތެވެ. އޭރު ދެބުމަ ގޮއްޖަހައިގެން އިން މަލަކް އެއްޗެކޭ ނުބުނި ނަމަވެސް އެތެރެއިން އޭނާ ހަޅޭލަވަމުންދިޔައެވެ. އިނާރާ އެމީހުންގެ ޢާއިލާއަށް އަތުވެއްޖެނަމަ މަލަކްގެ ޖާގަ އޭނާ ޖަހައިގެންނާނެއެވެ. އެންމެންގެ ސަމާލުކަން އޭނާ ހޯދާ ހުރިހާ އުނދަގުލެއް މަލަކްއަށް ޖައްސަފާނެތީ މިހާރުވެސް ބިރުގަންނަން ފަށައިފިއެވެ. މާކިން އިންނަން އެއްބަސް ވިޔަކަސް މަލަކް ދުވަހަކުވެސް އިނާރާއަށް ފަހަރީއެއްގެ މަޤާމެއް ނުދޭނެއެވެ. އޭނާ މި ކައިވެނި ހުއްޓުވަން އަޒުމް ކަނޑައެޅިއެވެ.

“ޔެސް” އިނާރާ ލަދުން އިސްޖެހުނުއިރު ސޯފާގައިތިބި އޭނާގެ މައިންބަފައިން ތިބީ ހެވިފައެވެ. މާކިންގެ މައިންބަފައިންވެސް ހިނިތުން ވެފައި ތިބިއިރު މަލަކް މަސްނޫއީ ހިނިތުންވުމެއް ފާޅުކޮއްގެން އިނެވެ. އެއްކަކޫމައްޗަށް ތިރިވެ އިން މާކިން އިނާރާގެ އިނގިލީގައި އަނގޮއްޓި އަޅުވާދިނެވެ. އެމީހުންގެ ކައިވެނީގެ ވާހަކަ ދެކެވުނު ކަމުގައިވިޔަސް މާކިން އެގޮތަށް އެންމެންގެ ކުރިމަތީގައި ކައިވެންޏަށް އެދި ހުށައާޅައިފާނެކަމެއް އިނާރާއަކަށް ނޭނގެއެވެ.

 މިއީ އެރޭންޖް މެރިޖްއަކަށް ވިޔަސް މިކަން ނިމިގެން މިދަނީ ލަވް މެރިއެއްޖް އެކޭ އެއްގޮތަށްށޭ އިނާރާ ހިތަށްއެރިއެވެ. އޭނާ އުފަލުން އުދުހިލާން ބޭނުންވިއެވެ. އިނާރާގެ ހުރިހައި އެދުމެއް ފުރިހަމަ ވީކަހަލައެވެ. ކައިވެނި އިޢުލާން ކުރުމަށްޓަކައި އެރޭ ޖެން ހޮޓެލްގައި ޕާޓީއެއް ބޭއްވުމަށް ދެ ޢާއިލާއިން ނިންމިއެވެ.

ޖެން ހޮޓެލްގެ ޓެރެސްމަތިވަނީ ކުލައަލިން ދިއްލާލެވިފައެވެ. ދެ ޢާއިލާގެ ގާތްތިމައިގެ މީހުންނާއި ވިޔަފާރީގެ އެންމެހާއި މީހުން އެތަނުގައި ވީއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިމަކެވެ. މަޑު ފިޔާތޮށި ކުލައިގެ ދިގުހެދުމެއް ލައިގެން ހުރި އިނާރާގެ އޮމާންއަތް އޮތީ ހާމައަށްށެވެ. ބުޅި އިސްތަށިގަނޑު ދޫކޮއްލެވިފައި އޮތުމުން ފިނި ވައިރޯޅިތަކުން އެ އިސްތަށިގަނޑު ވިހުރިލާއިރު ހިވަނީ ޕަރީއެއްހެންނެވެ. ކުރެވިފައިހުރި ކުޑަ މޭކަޕުންވެސް އެ ރީތި މޫނު އިތުރަށް ފުރިހަމަ ކޮއްދެއެވެ.

“މިރެއަކީ ވަރަށް ހާއްސަރެއެއް. އަޅުގަނޑުގެ ވަރަށް ގާތް ރަޚުމަތްތެރިއެއް އަދި ވިޔަފާރީގެ ގޮތުންވެސް ގުޅިފައިވާ ޔާމިން އާއި އިތުރު ގުޅުމެއް ގުޅުވާލެވޭ ރެއެއް. ޔާމިންގެ ދަރިފުޅު އާއިޝަތް އިނާރާއާއި އަޅުގަނޑުގެ ދަރިފުޅު މުޙައްމަދު މާކިން ނާޒިމްގެ ކައިވެނި ވަނީ ހަމަޖެހިފައި. އިރާދުކުރެއްވިއްޔާ މީގެ ދެހަފްތާފަހުން ކުލަ ގަދަ ޚަފްލާއަކާއި އެކީ ދަރުބާރުގޭގައި މިދެކުދިންގެ ކައިވެނި ކުރެވޭނެ.” ނާޒިމްގެ ޢިއުލާނާއިއެކީ އެންމެންގެ ތަހުނިޔާ އެ ދެމީހުންނަށް ލިބެމުންދިޔައެވެ.

އިނާރާގެ ކައިރީގައި ހުރި މާކިން އޭނާގެ އަތުގައި ހިފާލަމުން ހިނުތުން ވެލިއިރު އެދެމީހުން ވަރަށް ގުޅެއެވެ. “މަރުހަބާ ދެކުދިންނަށް. އަދި ޖެހޭނެ އިނގޭ ކާންދޭން.” ބައްސާމް އެ ދެމީހުން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “ފަހަރީ ކައްކަދޭނަމެއްނުން ދެން.” ރާހިލްވެސް ފަހަތުގައި ހުއްޓިލަމުން ބުނެލިއެވެ.

ޕާޓީ ކުރިޔަށް ދިޔައިރު އިނާރާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. “ހޭއި އިނާ. ކޮންގްރާޓްސް. ކޮންމެ ކޮންމެ މީހަކަށް ދޮންބެއެއް ޖަހައެއް ނުގަނެވޭނުން ދޯ. އިނާ ހަމަ ލަކީ” މަލަކް އައިސް އިނާރާއާއި ވާހަކަދެއްކިއެވެ. “ހެހެހެ. ތޭނކްސް.” އިނާރާ މަލަކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ހިނގާ ފިނިއެއްޗެއް ބޯލަން.” މަލަކް މިހެން ބުނުމުން އިނާރާ އޭނައާއިއެކީ ދާން ހިނގައިގަތެވެ. “އިނާ މަޑުކުރޭ. އަންނާނަން ހިފައިގެން.” އިނާރާ އޭނައާއި އެކީ ދާން ހެދުމުން މަލަކް ބުނެލިއެވެ. މަލަކް އިނާރާއާއި ދުރަށް ޖެހިލުމަށްފަހު ފިނި ބުއިންހުރި މޭޒާއި ދިމާއަށް މިސްރާބުޖެހިއެވެ. އަތުގައި އޮތް ކުޑަދަބަހުން ކަރުދާސްކޮޅެއް ނެގުމަށްފަހު އޭގައިހުރި އެއްޗެއް ސިއްރުން ކޯކުތައްޓަކަށް އަޅައިލިއެވެ. އަދި އިނގިލިން ކުޑަކޮން ގިރާލުމަށްފަހު ދެ ތަށި ހިފައިގެން އިނާރާއާއި ދިމާއަށް ދިޔައެވެ.

ރެއިލިންގައި އަތްއަޅުވާލައިގެން ހަނދުވަރު ބަލަންހުރި އިނާރާ ސިހުނީ މަލަކް އޭނާއަށް ގޮވާލުމުންނެވެ. މަލަކް ދިން ކޯކުތަށީގައި ހިފިއެވެ. އޭނާ އެ ކޯކުތަށިން ބޯންފެށުމުން ކައިރީގައި ހުރި މަލަކްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

 

 

 

 

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަވާތިފް… 3 ވަނަ ބައި

Next

ހަވާތިފް… 4 ވަނަ ބައި

Next
June 26, 2015

ހަވާތިފް… 4 ވަނަ ބައި

Previews
June 25, 2015

ހަވާތިފް… 3 ވަނަ ބައި

20 Comments!

  1. aliii says:
    June 26, 2015 at 4:59 pm

    Ma first

  2. Nabhaan says:
    June 26, 2015 at 5:05 pm

    Wow mi part vx vrh salhi..nxt part avas up kohdhy…ma second

  3. nishy says:
    June 26, 2015 at 5:11 pm

    Reeethi hama

  4. swyty girl.. says:
    June 26, 2015 at 5:33 pm

    Wow alhey hadha reechey dhw…. Ma fourth,

  5. swyty girl.. says:
    June 26, 2015 at 5:37 pm

    Whn nxt part

  6. Crazi says:
    June 26, 2015 at 5:41 pm

    Vrh shalhi

  7. zaisha says:
    June 26, 2015 at 5:51 pm

    thanks guyz. next part insha allah tmrw 🙂

  8. naj says:
    June 26, 2015 at 5:54 pm

    Nice vv reethi

  9. Tigrious says:
    June 26, 2015 at 7:04 pm

    Awlhe Inaara And Maakin Dhuru NukuRahChay 🙁

  10. Ellen says:
    June 26, 2015 at 8:21 pm

    Story is too short. Can’t u make it a bit longer

  11. finni says:
    June 26, 2015 at 8:47 pm

    Ey haadha goahey emme kiyaa hiyy v hisaabu thi nimmaaly…vvvvvvv avas koh up kohdhy balha next part….

  12. cute says:
    June 26, 2015 at 9:25 pm

    this is too short……..

  13. nihaa says:
    June 27, 2015 at 4:16 am

    Nice bt maakury…

  14. ret... says:
    June 27, 2015 at 12:04 pm

    pls avas……

  15. cute says:
    June 27, 2015 at 12:07 pm

    sis….
    mivaahaka v reethi… dhen kon iraku thr aneh part? reply soon ingey.

  16. Zaahee says:
    June 27, 2015 at 2:47 pm

    zaharu alhaa efakeeru maraa nulachey

  17. Zaahee says:
    June 27, 2015 at 2:48 pm

    avas kohdhee

  18. yaany says:
    June 27, 2015 at 2:52 pm

    avaha next part upload kurachey eagerly waiting hope nothing bad happens on next part

  19. afoo says:
    June 27, 2015 at 2:56 pm

    Alhe dont let anything bad happen to inaara waiting eargerly for the next part avas kohba

  20. zaisha says:
    June 27, 2015 at 5:36 pm

    next part insha allah tonight. 🙂 🙂

Comments are closed.


All Right Reserved!