Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި.. (1)

zaisha Level 210 Stories
June 23, 2015 7 Mins Read
13 Comments

ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ގަނޑުގެ ފަހަތުން މަތިމައްޗަށް ނަގާފައިވާ އިމާރާތްތަށް ފެންނަމުން ދިޔައިރު ކަޅު ބޯވިލާތަކުން އުޑުމަތި ވަނީ ބަނަވެފައެވެ. ބާރު ވަޔާއިއެކީ ވެހެމުންދިޔަ ވާރޭގެ ތިކިތަށް ބިއްލޫރިގަނޑުން ފައިބަމުން ދިޔައިރުން ބޭރު ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭސީގެ ފިނިކަން މުޅި ކެބިން ތެރޭގައި ހިފާލާފައި ވާއިރު މާކިން އިނީ އޭނާގެ އަރާމު އެނބުރޭ ގޮނޑީގައި އިށީދެގެންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުފައިވަނީ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުން ދިޔަ މަންޒަރަށްށެވެ. މާކިންގެ އަތުގައި ހުރި ކޮފީތަށިން ދުންއަރަމުން ދިޔައިރު އެތަނުގައި ވަނީ ކޮފީގެ ހިތްގައިމުވަސް ހިފާލާފައެވެ.

ކުއްލިއަކަށް މޭޒުމަތީގައި އޮތް އައިފޯން ވައިބްރޭޓްވާން ފެށުމުން މާކިން ފޯނުނެގިއެވެ. “ކިކޭތޯ ބައްޕާ؟” މާކިން ވާހަކަދެއްކީ މަޑުމައިތިރި ކަމާއިއެކުއެވެ. “ލައްބަ. މިދަނީ އިރުކޮޅަކުން.” މިހެން ބުނެފައި މާކިން ފޯނުބޭއްވުމަށްފަހު، ކޮފީތަށި މޭޒުމަތީގައި ބަހައްޓާލިއެވެ. އެއަށްފަހު ހަމަ އިސްކޮޅަށް ތެދުވެ ހިންދެމިލިއެވެ. ލައިގެން ހުރި ފަޓުލޫން ރަނގަޅުކޮއްލަމުން ކުރުކޮން ކޮށާލެވިފައިވާ އޭނާގެ ކަޅުއިސްތަށިކޮޅަށް އަތް މަހާލިއެވެ.ލައިގެން ހުރި ނޫ ގަމީސް ގައިގައި ހިފާފައި ވާއިރު އެ ބާރުގަދަ މުލައްދަނޑީގެ ވަރުގަދަކަން ހާމަވެއެވެ. ދިގު އިސްކޮޅަކާއި އެއްވަރަށް އޭނާގެ ހަށިގަނޑުވެސް ކަސްރަތީވެފައި ޖާނުން ވަރުގަދައެވެ. ޖީބަށް އަތްޖަހާލަމުން މާކިން ކެބިންއިން ނިކުންނަން ދިޔައެވެ.

ކެބިންއިން ނިކުތުމާއިއެކީ އެތަނުގައި ތިބި އަންހެންކުދިންގެ ނަޒަރުތަށް މާކިންއަށް ހުއްޓެންފެށުނެވެ. ތުނިކޮއްލެވިފައިވާ ތުނބުޅީގައި ތެރެއިން ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވާއިރު އެ ރީތި ދެލޮލުން ސިއްރުވެރި ގޮތަކަށް އެންމެންނަށް ބަލައިލިއެވެ. ކުރިޔަށް ހިނގައިގެން މާކިން ދަމުން ކައިރީގައި އިން އަންހެން ކުއްޖަކާއި ދިމާއަށް އެއްލޯމަރާލިއެވެ. “މިސްޓާރ ހޮޓް!” އެކުއްޖާ ތުއި ވެލާފައި މާކިން ދިޔުމުން ބުނެލިއެވެ. “އައްޗި. ނިކަން ފޮނި ފިރިހެނެއްއެއީ.” ކައިރީގައި އިން އެހެން ކުއްޖަކު މޫނު ހަދާލަމުން ބުނެލިއެވެ.

މިތަނުގައި އޭނާއަށް ބަސްކިޔާނެ މީހަކު ނުހުންނާނެއެވެ. މިއީ އޭނާގެ ބައްޕަ ނާޒިމްގެ ކުންފިނީގެ މައި އިމާރާތެވެ. މާކިންއަކީ އެތަނުގައި ނާޒިމްގެ ދަށުން މަސައްކަތް ކުރާ ދެވަނައަށް އެތަނުގެ ވެރިޔާއެވެ. އުޅެބޮޑުވީވެސް މުއްސަނދި ކަމުގެ ތެރޭގައެވެ. ބުނެލާއިރަށް ނުލިބޭކަށް އެއްޗެއް ނޯވެއެވެ. އޭނާއަކީ އެ އާއިލާގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާއަށް ވެފައި ދެން ހުރީ އޭނާގެ އަންހެން ކޮއްކޮ މަލަކް ކަމުން އޭނާގެ ބަސް އަބަދުވެސް ހިނގައެވެ.

މަޑު ހިނގުމެއްގައި ގޮސް ލިފްޓުން މައްޗަށް އެރި މާކިން މިސްރާބުޖެހީ ނާޒިމްގެ ކެބިންއާއި ދިމާއަށްށެވެ. ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަން މާކިންއަށް ގޮނޑީގައި އިށީނުމަށް ނާޒިމް އިށާރާތް ކުރިއެވެ. “ޔެސް ޑޭޑް. ކިހިނެއް ވީތޯ؟” މާކިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އޭނާއަކީ ކުޑައިރުންސުރެ މައިބަފައިންނާއި އަދަބުވެރިކަމާއި އެކީ ވާހަކަދެއްކުމަށް ލޯބި ކުރާ މީހެކެވެ. “ޝީލާއްތަ ދަންނަމެއްނުން.” ނާޒިމް ވާހަކަފެށިއެވެ. “ލައްބަ. އެއީ ޔާމިންބެގެ ވައިފްއެއްނުން.” މާކިން ބުނެލިއެވެ. “ޔެސް. މިހާރު ޝީލާ މެލޭޝިޔާގެ އުޅޭތާ ސާދަ އަހަރު ވެދާނެ. އެމީހުން ބަދަލުވާން އުޅެނީ. އިނގެއެއްނުން ޔާމިން ބައްޕަގެ މި ވިޔަފާރިން ހިއްސާ ނަގައިގެން އޭނާގެ ވިޔަފާރި ފެށުމުން، ޔާމިނަށް ޝީލާއާއި އެކީ އެކޮޅުގައި މަޑު ނުކުރެވުނީކަން. ދެން އެކަމު މިހާރު އިނާރާވެސް އެހެރީ ކިޔާވާ ވަރަކަށް ކިޔަވާއި ނިމިފަ. އެހެންވެ އަވަހަށް ދެމައިން މިކޮޅަށް ގެންނަނީ. ދަރިފުޅު ހަނދާން އެބަހުރިތަ އިނާރާ؟” ނާޒިމް އެންމެ ފަހުން ކޮއްލި ސުވާލުން މާކިންއަށް ކުރީގެ ހަނދާނެއްއައެވެ.

އެންމެފަހުން އޭނާ އިނާރާއާއި ދިމާވީ މީގެ ސާދަ އަހަރު ކުރިންނެވެ. އޭރު މާކިންއަށް ފަނަރަ އަހަރު ވީއިރު އިނާރާއަށް ވާނީ އެންމެ ބާރަ އަހަރެވެ. މާގިނައިން ދިމާވެ ވާހަކަދެކެވިފައި ނެތަސް އޭރުވެސް ދިމާވާ ބައެއްފަހަރު އިނާރާއަށް ޖެއްސުންކުރުމާއި އޭނާގެ ލޯ ބޮޑުވެފައި  ޑޯލްއެއްހެން ހިކިކޮން ހުރުމުން ދިމާކުރުމުގެ ގޮތުން އޭނާއާއި ދިމާއަށް ބަމްބީ އޭވެސް ކިޔައެވެ.

“ބަމްބީ.” މާކިންގެ ހިތަށް މިހެން އެރުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “އެމީހުން މިހާރު އުޅޭނެ މިކޮޅަށް އަންނަން. ބައްޕަ އޮންނާނެ މިރޭ ކެއުމަށް އެމީހުންނަށް ދައުވަތު ދީފަ. ދަރިފުޅު ގޭގައި ހުންނަންވާނެ އިނގޭ.” ނާޒިމް މިހެން ބުނުމަށްފަހު ދެން ދެއްކީ ވިޔަފާރީގެ ބައެއް ވާހަކަތަކެވެ. ދެބަފައިން ވާހަކަދައްކަން ގަޑިއިރެއްހައި އިރު ތިބުމަށްފަހު މާކިން އެ ކެބިންއިން ނިކުމެގެން ދިޔައީ ދެތިން ފައިލްއެއްވެސް ހިފައިގެންނެވެ.

މާކިން އުޅޭބަޔަށް ލިފްޓުން ފޭބުމަށްފަހު އޭނާ މިސްރާބުޖެހީ ދުރުގައި ހުރި މޭޒަކާއި ދިމާއަށެވެ. “ހޭއި ބައްސާމް.” މޭޒުކައިރީގައި ކޮމްޕީޓަރުން މަސައްކަތެއް ކުރަން އިން ޒުވާނާއާއި މާކިން ވާހަކަދެއްކިއެވެ. “ކަމެއް ކޮއްދީބަ. މި ފައިލްތަށް ޗެކް ކޮއްލާފަ ބޭނުންވާ އެއްޗެހި ހައިލައިޓް ކޮއްލާފައި އަހަރެންގެ ކެބިންއަށް ލާދީ އިނގޭ. ކުއްލިއަކަށް ތަނަކަށް ދާން ޖެހިއްޖެ. މިހުރިހާ އެއްޗެއް ކިޔާކަށް ވަގުތެއްނެތް.” މާކިން އާދޭހުގެ ރާގެއްގައި މިހެން ނުނުމުން ބައްސާމް އެ ފައިލްތަށް އަތުލިއެވެ. “ތީ އަބަދުވެސް މާކިންއަށް ވާވަރެއްނުން.” ބައްސާމް ހީލަމުން ވާހަކަދެއްކިއެވެ. ” އަހަރެން ކޮފީ ދޭނަން.. އޮކޭ؟؟” މާކިން އެއްބުމަ އަރުވާލަމުން މިހެން ބުނެލުމުން ބައްސާމް ހޭން ފެށިއެވެ. “އޯކޭ.” ބައްސާމް ބުނެލިއެވެ. “ތޭންކްސް މޭން.” މާކިން ކުޑަކޮން ބައްސާމްގެ ކޮނޑުގައި ޖަހާލިއެވެ.

މާކިން އަވަސް އަރުވާލާފައި ލިފްޓާއި ދިމާއަށް ހިނގައިގަން ތަނާ ފޯން ވައިބްރޭޓް ވާންފެށިއެވެ. “ހަލޯ.. ޑާލިން. މި ދަނިއްޔޭ…، ޑޯންޓް ވޮރީ. ޕްރޮމިސް އިޒް އަ ޕްރޮމިސް.” މާކިން މިހެން ބުނުމަށްފަހު ޖީބަށް ފޯނުލަމުން ހިނގުން އަވަސްކޮއްލިއެވެ. “ހާއި ގޯޖިއަސް.” ލިފްޓު ތެރެއަށް ވަދެވުމާއިއެކީ އެތެރޭގައި ހުރި އަންހެން ކުއްޖާއާއި ދިމާއަށް ބުނެލިއެވެ. އެކުއްޖާ ހިނިތުންވެލަމުން މާކިންގެ އަތުގައި ހިފަން އުޅުމުން އޭނާ ދުރަށް ޖެހިލިއެވެ. “ނޯ. އޮފީސްތެރެއޭ. ކެމެރާސް.” ލިފްޓުގެ ކަނުގައި ހަރުކޮއްފައި ހުރި ކެމެރާތަކަށް ބަލައިލަމުން މާކިން ބުނެލިއެވެ. “އޯކޭ.” އެކުއްޖާވެސް ދުރަށް ޖެހިލަމުން ބުނެލިއެވެ. “ސޯ ޑިނާ ޓުނައިޓް.” މާކިންގެ ސުވާލަށް އޭނާ އާއެކޭ ބުނުމުގެ ގޮތުން ބުމަ އަރުވާލިއެވެ. ލިފްޓް ހުއްޓުމުން މާކިން ނިކުމެގެން ދަމުން އަތުން އިޝާރާތް ކުރަމުން ކޯލް މީއޭ ބުނެލިއެވެ.

ބާރު ހިނގުމެއްގައި އޮފީހުގެ ތިރީބައިން ބޭރަށް ނިކުންނަށް ދިޔަ މާކިންފެނި، ރިސެޕްޝަންގައި ތިބި ކުދިން އޭނާއާއި ދިމާއަށް ބަލަން ފެށުމުން މާކިން ކުޑަކޮން ހީލިއެވެ. އޭރުވެސް ވެހެމުން ދިޔަ ވާރޭ ހުއްޓުމަކަށް ނާދެއެވެ. މާކިން ބޭރަށް ނިކުމެ ދުވެލާފައި ގޮސް އޭނާގެ ކަޅުކުލައިގެ ޕްރައިވެޓް ކާރަށް އެރުމަށްފަހު ދުއްވާލިއެވެ. ކާރު މަޑުކޮއްލީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިއަށްށެވެ. އިރުކޮޅެއްގެ ތެރޭގައި ކުޑައެއް އަޅައިގެން އައި އަންހެން ކުއްޖަކު ދޮރު ހުޅުވާލުމަށްފަހު ކާރުގެ ކުރީ ސީޓުގައި އިށީނެވެ. “ކޮންތާކަށް ދާނީ.” އޭނާ ސުވާލު ކުރުމުން މާކިން ހީލިއެވެ. “ޑާލިން ބޭނުން ތާކަށް” މާކިން އެ ފިނިއަތުން އެ އަންހެންކުއްޖާގެ އަތުގައި ހިފައި ބާރުކޮއްލަމުން ބުނެލިއެވެ. ކާރު ބާރަށް ދުއްވާލުމާއިއެކީ ކާރުގެ ފުރޮޅުން ފެންގަނޑުގައި ހުރި ޗަކަތަށް ބުރުއްސައިގެން ދިޔައެވެ. އޭރު ހުޅުލެ ފެރީ ޓާމިނަލް ކުރިމަތީ ޕޭވްމެންޓުގައި ހުރި އަންހެން ކުއްޖެގެ ހެދުމުގެ ބޮޑު ބަޔަކަށް ޗަކަ ބުރައިގެންދިޔައެވެ.

“ޑޭމް އިޓް! މާލޭގައި މިއުޅޭ ފޮނި މީހުން ބަލައިގެން ދުއްވިއްޔާ ކަމެއް ވާނެތަ.” އެއްއަތުން ކުޑައެއް ހިފަހައްޓާއިގެން ހުރެ ހެދުމުން ފެން ފޮޅަން ހުރި އިނާރާ ބުނެލިއެވެ. “ސާބަހޭ. އޭނައަކަށް ނޭގޭނެއެއްނުން.” އިނާރާގެ ފަހަތުގައި ފޮށި ހިފައިގެން ހުރި ޝީލާ ވީގޮތް ފެނުމުން ވާހަކަދެއްކިއެވެ. ޔާމިން އޭނާގެ ކާރު އެތަނާއި ކައިރި ކުރުމަށްފަހު އަވަހަށް ފޮށި ނެގިއެވެ. “ދެންވެސް އަރާބަލަ.” ޝީލާ މިހެން ބުނަމުން އިނާރާގެ އަތިގައި ހިފައިގެން ގޮސް ކާރުގެ ދޮރު ހުޅުވިއެވެ.

“އެކަމު މަންމާ މިއީ އާ ހެދުމެކޭ. އިޓްސް ބްރޭންޑް ނިއު.” އިނާރާ އަދިވެސް އެކަމާއި ހިތްހަމަ ނުޖެހި ހުރެ ވާހަކަދެއްކިއެވެ. “އެ މައްސަލައެއް ނޫނޭ. ބައްޕަ ހަމަ ތިކިހަލަ ހެދުމަށް ދަރިފުޅަށް ގަނެދީފާނަމޭ. ދެން ހިނގާ އަވަހަށް ގެޔަށްދާން. އަދި މިރޭ ޖެހޭނެ ނާޒިމްގެ ގެޔަށް ކާންދާން.” ޔާމީން ކާރު ދުއްވަމުން ވާހަކަދެއްކިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޝަޢުޤުވެރިކަމެއް ނެތި ބޭރު ބަލަހައްޓައިގެން އިން އިނާރާ އިނީ ހެދުން ހަޑިވުމުން ރުޅިއައިސްފައެވެ. އޭނާއަކީ އަބަދުވެސް ކުލަމަޑު އާދައިގެ ރީތި ހެދުންތަކަށް ލޯބި ކުރާ ކުއްޖެކެވެ. މާ ބޮޑަށް މޭކަޕްކޮށް ހެދުމަށް ޝަޢުޤުވެރިކަމެއް ނުހުންނަ އާދައިގެ ގޮތްތަކަށް ލޯބި ކުރާ ކުއްޖެކެވެ. ކުޑައިރުވެސް ބޭނުންހާ އެއްޗެއް ލިބުނުކަމުގައި ވިޔަސް އޭނާއަކީ މާ ގިނަ އެއްޗެއްސަށް ހިތް ކިޔާ ކުއްޖެނޫނެވެ. އޭނާއަށް ކަމުދާ އެއްޗެހި މަދުވެފައި އެ ތަކެތީގެ ރީތިކަން ފުރިހަމަވާނެއެވެ. އެހާ ބޯނޫނަސް ބުޅިވެފައިވާ ދިގު އިސްތަށި ގަނޑު މައްޗަށް ނަގައި އައްސާލެވިފައިވާއިރު މޫނުގެ ދެފަރާތަށް ވެރިފައިވާ އިސްތަށި ކޮޅު ތަކުން ފެންތިކިޖަހައެވެ. ފިނިކަމުން އެ ތުންފަތް ރަތްވެފައިވާއިރު ހަމުގެ ކުލަ އަލިކަމުން މޭކަޕެއް ކުރާކަށްވެސް ނުޖެހެއެވެ. ކަޅު ކުލައިގެ ދިގު އެސްފިޔަތަކެއް ލިބިފައިވާ އެރީތި ބޮޑުދެލޮލުން، ބޭރުން ފެންނަމުން ދިޔަ އިމާރާތްތަކާއި ދުއްވާއެއްޗެއްސަށް ބަލަންއިން އިނާރާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ.

ގެއަށް ދެވުމާއިއެކީ އިނާރާ އުޅުނީ އޭނާގެ ފޮށިގަނޑުތަށް ކަނޑައިގެން އެ އެއްޗެހި ހޭވުމުގައެވެ. މަޑު ފިޔާތޮށި ކުލައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރިއިރު މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “މަންމާ.. މަންމާ!” އިނާރާ ފޮށިގަނޑުތަށް ހާވަމުން ޝީލާއަށް ގޮވަމުން ދިޔައެވެ. ސިޓިން ރޫމަށް ޖޫސްތައްޓެއް ހިފައިގެން ނިކުން ޝީލާ ގޮސް އިނާރާގެ ފަހަތުގައި ހުއްޓެލިއެވެ. “ކޯއްޗެއްތަ މިގަޑީގައި ތި ހާވަނީ. ދެންމެ ވިއްޔަ ގެއަށް މިއައީ. އަން މި ޖޫސްތަށި ބޯލައިގެން ހަމަޖެހިބަލަ.” ޝީލާ އޭނާގެ އަތުގައި ހުރި ޖޫސްތަށި އިނާރާގެ އަތަށް ލައިދެމުން ބުނެލިއެވެ.

އިނާރާ ކައިރީގައި ހުރި ބޮޑު ސޯފާގައި ދެފައި ވަށްކޮއްލަގެން އިނދެ އެއްނޭވާއިން ޖޫސްތަށި ދަމާލިއެވެ. “އޯކޭ އެއްނުން. ދެން ބުނެބަ ކޮބާތަ އަޅުގަނޑުގެ ވާހަކަ ފޮތްތަށް. އެއްވެސް ފޮށިގަނޑެއްގައެއް ނެތް. މަންމަ ނުލަނީތަ އަނެއްކާ؟” އިނާރާ ކަންބޮޑުވެފައި ހުރެ ސުވާލިކުރިއެވެ. “ސާބަހޭ ދަރިފުޅަށްވެސް. މިހާ ދުވަސް ކޮއްފަ މާލެ އާދެވުނީމަވެސް މީނަ ވީ ވާހަކަފޮތް ކިޔަން. ނިކަން ބެލްކަންޏަށް ނިކުމެބަލަ ބޭރު ބަލައިލާ ހިތްހަމަޖައްސާލަން. އަބަދު ތި ވާހަކައިގެ ދުނިޔޭގެ ނޫޅެ ހަމަބިމަށް ފައިބަބަލަ.” ޝީލާ ވާހަކަ ދެއްކީ މަޖާވެ އިނދެއެވެ. އިނާރާއަކީ ކުޑައިރުން ސުރެވެސް ވާހަކަ ފޮތްތަށް ކިޔުމަށް ދެވި ހިފާފައި ހުންނަކުއްޖެކެވެ. އެއިން ފޮތެއް އޭނާގެ އަތުގައި ނޯންނައިރެއް މަދުވާނެއެވެ. އޭނާއަށް ވާނަމަ ގޭގައި ލައިބްރަރީއެއް ހަދައި އެތަން ވާހަކަ ފޮތްތަކުން ފުރާނެއެވެ.

“ދެން ނޫޅެން. ވާހަކަ ކިޔަން. ކޮބާތަ ފޮތްތަށް؟؟” އިނާރާ ގޮތް ދޫ ނުކުރުމުން ޝީލާ ތެދުވެ ދުރުގައި ހުރި ބޮޑު ފޮށިގަނޑެއް ކަނޑައި އޭގައި ހުރި ފޮތްތަށް ދެއްކިއެވެ. އިނާރާއަށް ހިވީ އީދުއައި ހެންނެވެ. ދުވެފައި ގޮސް ފޮތްތަށް ނަގައިގެން ހާވަން ފެށިއެވެ. “ދެން އަބަދު ތިކަން ކުރަން އިންނާނީކީއެއް ނޫން. ދަރިފުޅުގެ ރައްޓެހިންނަށް ގުޅާލާ މިކޮޅަށް އައިވާހަކަ އަންގަން ވާނުން.” ޝީލާ ވާހަކަފެށިއެވެ. “ރައްޓެހިން؟؟؟ ޔާ.. ގާތްގަނޑަކަށް ސާދަ އަހަރު ވަންދެން ވާހަކަ ނުދައްކާ ތިބި ރައްޓެހިން.” އިނާރާ މޫނު ހަދާލަމުން މިހެން ބުނެފައި ފޮތްތަށް ހިފައިގެން ތެދުވިއެވެ.

“ބަލަ ދަރިފުޅާ. ނިކަން މިތާނގައި ބައްޕައާއި އެކީ އިށީދެލަބަ.” ސިޓިން ރޫމަށް އައި ޔާމިން އިނާރާގެ އަތުގައި ހިފައިގެން ސޯފާއާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ. އޭނާގެ ކުޑަދަރިފުޅު މިހާރު މިހިރީ ފުރާ ފުރިހަމަވެފައެވެ. ހިތްހަމަޖެހިފައި ހުރެ އިނާރާއާއި ދިމާއަށް ބަލަން އިން ޔާމިން ވާހަކަފެށިއެވެ. “ދުވަސްކޮޅަކަށްފަހު ވާނެ ބައްޕަގެ ވިޔަފާރިއާއި ގުޅެން. ބައްޕަ ހުންނާނެ ހުރިހާކަމެއް ހަމަޖައްސާފައި. ހަމަ ދަރިފުޅު ބޭނުންވި ގޮތަށް ތަނުގެ ހިއުމަން ރިސޯސްމެންޓް މެނޭޖަރުގެ މަޤާމް ދަރިފުޅަށް ހަމަޖެއްސީ. އެކަމަކު ބައްޕަ ބޭނުން އެއަށް ވުރެންވެސް މަތީ މަޤާމެއް ދަރިފުޅަށް ދޭން.. ކީއްވެތަ ދަރިފުޅު ބޭނުންނުވަނީ؟” ޔާމިން އަހާލިއެވެ.

“ބައްޕާ.. އަޅުގަނޑު ބޭނުމެއްނޫން ހަމަ ބައްޕަގެ ދަރިއަކަށް ވީތީއޭ ކިޔާފައި އެތަނުގެ މާ މަތީ މަޤާމެއް. މިއީ އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވާ ދާއިރާއަކީވެސް. އެހެން މީހުންނަވެސް އިނގެންވާނެ އަޅުގަނޑަކީ އަމިއްލައަށް މަސައްކަތް ކޮއްގެން ކުރިއެރޭނެ މީހެއްކަން.” އިނާރާގެ ވާހަކަ އަޑުއިވިފައި ޔާމިން އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އިނާރާއަކީ ވިސްނޭ ހަރުދަނާ ކުއްޖަކަށް ވުމުން ޔާމިން ހިތުގެ އަޑިން ޝުކުރުކުރިއެވެ.

“ކޮބާ މިރޭ ކެއުމަށް ދާން ރެޑީތަ. ނިކަން މީރުވާނެ އާޝިޔާ ކައްކާލާ އެއްޗެހި. ކިހާ ދުވަހެއް މިވީ އޭނާގެ ކެއުމެއްގެ ރަހަ ނުބެލޭތާ. މިހާރުވެސް ކުޅުދިޔާ ވެއްޖެ.” ޝިލާދެއްކި ވާހަކަ އިނާރާއަކަށް އޮޅުމެއް ނުފިލިއެވެ. “ކޮންތާކަށް ކާންދަނީ؟؟” އިނާރާ ސުވާލުކިރިއެވެ. “ބައްޕަ ބުނީމެއްނުން މިރޭ ނާޒިމްގެ ގެއަށް ކާންދާ ވާހަކަ. އިނާރާ ކުޑައިރު ދެކިފަ ހުންނާނީ.” ޔާމިން ދެއްކި ވާހަކައަށް އިނާރާ ވިސްނާލިއެވެ. ކުޑައިރު ބައެއްފަހަރު ނާޒިމްއާއި ދިމާވެފައި ހުރިކަން އޭނާގެ ހަނދާނަށްއައެވެ. އަދި އޭނާގެ ދަރިފުޅު މާކިން އާއި ދިމާވާ ފަހަރު އޭނާ އިނާރާއަށް އުނދަގޫކޮއް ދެރަކުރުމުގެ ގޮތުން ބަމްބީއޭ ކިޔައިކަންވެސް ހަނދާން ހުއްޓެވެ. އޭނާއަކީވެސް ކުޑައިރު މާކިންއަށް ބައެއް މީހުން ކިޔާހެން ‘ކްރަޝް’ އެއް އޮތް ކުއްޖެކެވެ. އެހެން މާގިނައިން ދިމާ ނުވިއަސް މާކިންގެ ޖެއްސުން ކުރުމުގެ މިޒާޖު އިނާރާއަށް ކަމުދިޔައެވެ. މިހާރު މާކިން ހުންނާނީ ކިހިނެއްބާއޭ އިނާރާ ހިތަށްއެރިއެވެ. އޭރުވެސް އެހާ ރީތީ ވީއިރު އަދި މިހާރު ހުންނާނެ ގޮތެއް އޭނާގެ ހިތަކަށް ނައެވެ.

“ހާދަ ރީއްޗޭ ދޯ.” ރާހިލް އޭނާގެ ކައިރީގައި އިން ގޮނޑި ދަމާލާފައި އިށީން މާކިން އާއި ދިމާއަށް ބުނެލިއެވެ. “އެއްކަލަ ރާހިލް ފެށީއޭ. ކޮބާތަ ކޮފީ” އަތުގައި އޮތް ކާރުގެ ތަޅުދަނޑި މޭޒުމަތީގައި ބާއްވާލަމުން މާކިން ވާހަކަ ދެއްކިއެވެ. “މާކިން އަންނަން ދެން މި އިނީ. އަދި އޯޑަރެއް ނުކުރަން. ހޭއި ވޭޓާ.” ރާހިލް ދުރުން އައި ވޭޓަރަކަން ހަނާއަޅާލިއެވެ.

އިރުއޮއްސި އަނދިރި ވަމުންދިޔައިރު ސީ ހައުސްގައި ތިބި މި ދެޒުވާނުން ބޭރަށް ނަޒަރުހުއްޓާލައިގެން ތިއްބެވެ. އޮއްސެމުން ދިޔައިރުގެ އަލިން ވިލާތަށް ފަވާލެވިފައިވާއިރު ޖެހެމުންދިޔައީ ފިނި ވައިރޯޅިތަކެވެ. “ކިހާ ސަޅި މަންޒަރެއް. އިންސްޓަގްރާމް ކޮއްލަން ވާނެ.” އެ ރީތި މަންޒަރު ފޯނުގައި ފޮރުވާލަމުން މާކިން ބުނެލިއެވެ. ” މަ ޓެގް ކުރައްޗޭ.” ރާހިލް ބުނެލިއެވެ. ރާހިލްއަކީ މާކިންގެ އެންމެގާތް އެކުވެރިޔާއެވެ. ސްކޫލް ދައުރުން ފެށިގެން އެކީގައި އުޅެފައި ބޭރުން ތަޢުލީމް ހާސިލް ކުރީވެސް އެކީގައެވެ. ރާހިލް މެޑިކަލް ކިޔަވައިގެން ޑޮކްޓަރަކަށް ވީއިރު މާކިން ކިޔެވީ ބިޒްނަސްއެވެ.

“ކޮބާ ޕްރޮމޯޝަން ލިބޭވަރު ވެއްޖެތަ؟” މާކިން ކޮފީތައްޓަށް ހަކުރު އަޅަމުން އަހާލިއެވެ. “ޔަޤީނެއްނުން. ވަކިން ރޫމްއެއްވެސް ލިބިއްޖެ. ފައިނަލީ ސްޕެޝަލިސްޓެއްގެ މަޤާމް ލިބުނީ. ޑރ. ރާހިލް ޝުކޫރް. ހެހެހެ.” ރާހިލް ހެވިފައި އިނދެ ބުނެލިއެވެ. “އައި އެމް ޕްރައުޑް އޮފް ޔޫ.” ރާހިލްގެ ކޮނޑުގައި ޖަހާލަމުން މާކިން ބުނެލިއެވެ.

ދެމީހުން ކޮފީގައި ތިބެ އޮލަ ވާހަކަތަށް ދައްކަން ތިބިއިރު ގަޑި އަރައިގެން ދިޔަގޮތްވެސް ނޭނގުނެވެ. “އޭތް. ކޮބާތަ ނާޒް.؟” ރާހިލް ބުނެލިއެވެ. “ކޮން ނާޒްއެއް؟؟” ސުވާލުގެ ނަޒަރަކުން މާކިން ރާހިލްއާއި ދިމާއަށް ބަލައިލިއެވެ. “އާ ނޭނގޭނެ. އެހެންނުން ވާނީ، ދުވާލަކު ހަ އަންހެނުން އަތުލަފި ކޮއްގެން އުޅޭ މީހެއް ވިއްޔަ މީ. އެއްކަލަ ދުވަހު ކާން ދިނެއްނުން އަހަރެމެންނަށް.” ރާހިލް ބުނެލި ބަހަކުން މާކިންއަށް އެއްޗެއް ހަދާންވިއެވެ. “ތިހެން ބުނީމަ މި ހަދާން ވީ. މިރޭ އޮންނާނެ އަދި ކުއްޖަކާއި އެކީ ކެއުމެއް.” މާކިން އަވަހަށް ޖީބުން ފޯނުނަގައި ގަޑި ބަލާލިއެވެ.

ކުއްލިއަކަށް މާކިންގެ މޫނުމައްޗަށް ވެރިވީ ހާސްކަމެވެ. ނާޒިމް އޭނާއަށް ދިހަ ފަހަރު ގުޅާފައި އިންއިރު ގަޑިން އަށްގަޑި ބައިވީއެވެ. “އަސްތާ! ބައްޕަ ބުންޏޭ މިރޭ ގޭގައި ކެއުމެއް އޮންނާނެއޭ. އަޅޭ. ފޯން ސައިލެންޓުގައި އޮތީމަ ނޭނގުނު ގުޅިކަމެއްވެސް. އަވަހަށް ދާންވީ.” މާކިން މިހެން ބުނުމަށްފަހު ފޯނުން މީހަކަށް ގުޅާލިއެވެ. “ހޭއި. މިރޭ ނެތޭ ކާން ދެވޭކަށް. މާދަން ދޯ.. އޯކޭ.. ސޮރީ ސްވިޓީ. ބާއި” މާކިން ފޯނު ބޭއްވުމަށްފަހު އަވަހަށް ތެދުވެގެން ހިނގައިގަތެވެ. “ދުވަހަކު އިސްލާހެއް ނުވާނެ.” ރާހިލް ދެފަރާތަށް ބޯ ހޫރާލަމުން މިހެން ބުނެފައި ތެދުވެ މާކިންގެ ފަހަތުން ހިނގައިގަތެވެ.

މާކިން ގޮސް ކާރު ހުއްޓާލީ ހަތްބުރިއަށް ނަގާފައިވާ ބޮޑު އިމާރާތެއްގެ ކުރިމައްޗަށްށެވެ. އަވަސް ހިނގުމެއްގައި ލިފްޓުން މައްޗަށް އެރިއިރު އޭނާ ހުރީ ލަސްވީތީ ދެރަވެފައެވެ. ލިފްޓުގެ ދޮރު ހުޅުވުމާއިއެކީ މާކިން ބޭރަށް ނިކުންތަނާ ކުއްލިއަކަށް ކުރިމަތީގައި ހުރި މީހެއްގެ ގައިގައި ޖެހުނެވެ. ހަމަ އެ ސިކުންތުގައި އޭނާގެ ގަޔަށް ޖޫސްތައްޓެއް ބަންޑުންވެ ތަށި ޓައިލްސްތަކު މައްޗަށް ވެއްޓި ތަޅައިގެން ދިޔައަޑު މުޅިތަނުގައި ހިފާލިއެވެ. ލައިގެން ހުރި ހުދު ޓީޝާޓުގަޔާއި ޖިންސަށް ޖޫސް އެޅުނުއިރު މާކިން ހުރީ ސިހުމެއްގެ ތެރޭގައެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުއްޓައި މިހެންވުމުން އޭނާގެ ހުދު ޓީޝާޓު މުޅިން ހަޑިވީއެވެ. އިސްޖަހައިގެން ޓީޝާޓާއި ދިމާއަށް ބަލަހައްޓައިގެން ހުރި މާކިންގެ އަތް ގޮއްމުއްކެވި ދެބުމަ ގޮށްޖެހުނެވެ. އޭނާ އިސްނަގައި ކުރިމަތީގައި ހުރި މީހާއަށް ބަލައިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަވާތިފް

Next

ހަވާތިފް… ދެވަނަ ބައި

Next
June 24, 2015

ހަވާތިފް… ދެވަނަ ބައި

Previews
June 23, 2015

ހަވާތިފް

13 Comments!

  1. Crazi says:
    June 23, 2015 at 5:19 pm

    Vrh shalhi anehbaa ahvaha nerachey ehgey

  2. finni says:
    June 23, 2015 at 5:37 pm

    Vvvvvvvvv nice vaanehen heevany..mi part vvvvv nice..

  3. naj says:
    June 23, 2015 at 6:46 pm

    Vara reethi..maasha allah

  4. neem says:
    June 23, 2015 at 7:07 pm

    Alhugandah engey gothun zaisha aky hama aadhavegen vaahaka up kuraa faruvaatheri liuntheri eh.. ummeedhu kuran mi vaahaka vx avahah up kuraane kamah knme dhuvahaku vx, n kashfu vaahaka aa ehgothah mi vaahaka vx ehaa furi hama vaane kamah..
    Mi kee hisaabah vx v v reethi mi vaahaka..

  5. Zeeshaan Aishath says:
    June 23, 2015 at 8:12 pm

    Vv rythivaanehen hyvey

  6. Story reader says:
    June 23, 2015 at 9:02 pm

    mi meehun liyaa vaahaka thakuga abadhu ulheynee eh baeh.. maakin aa raahil aa dhn neynge…… dhn noolheyne hadi ekakuvex… ekakavvure anekaku reethi vaane… heevaanee hindhi dramaa gandeh hen….. vaahaka kiyan feshee varah reethi vaane kamah… ekamaku name thah fenna irah engijje mi vaahakaiga vaane goi vex…….. abadhuvex ulheynee naslu olhigen… noonee twince aku vihaigen ekaku fageeru meehakah hadhiyaa kohagen….. huhhhh…… vaahaka liyaa aishaa aa mi zaisha aa neh hama thafaatheh vex….. boring story……

  7. Story reader says:
    June 23, 2015 at 9:09 pm

    mi meehun liyaa vaahaka thakuga ulheynee hus eh baeh… maakin aa raahil aa dhaanish aa dhaanial aa dhn neynge….. varah reethi vaane kamah heekoh kiyan feshee… ekamu nan thah fennairah vaguthun foohi vejje…. And noolheyne hadi ekakuvex… hus reethi meehun… heevaanee hindhi drama gandeh hen……. dhn varah foohi…..

  8. ainth says:
    June 23, 2015 at 9:58 pm

    nyc

  9. hhhh says:
    June 24, 2015 at 4:39 am

    Hey every1… Boss vaahaka finishv tha?…BTW story v.nice

  10. nishy says:
    June 24, 2015 at 5:50 am

    Vaaahaka v reeethi

  11. Zaahee says:
    June 24, 2015 at 2:26 pm

    yageney e’ee inaraakan

  12. butterfly says:
    June 24, 2015 at 4:08 pm

    Next part avahah up kurahchey

  13. nihaa says:
    June 24, 2015 at 7:20 pm

    Nice…waiting for next part…

Comments are closed.

Next Episodeހިތް ވިންދާނުލައި.. (2)←


All Right Reserved!