ރެއިލިންގައި އަތްއަޅުވާލައިގެން ހަނދުވަރު ބަލަންހުރި އިނާރާ ސިހުނީ މަލަކް އޭނާއަށް ގޮވާލުމުންނެވެ. މަލަކް ދިން ކޯކުތަށީގައި ހިފިއެވެ. އޭނާ އެ ކޯކުތަށިން ބޯންފެށުމުން ކައިރީގައި ހުރި މަލަކްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
ދެމީހުން ވާހަކަދައްކަން ތިބެފައި އިނާރާ ޕާޓީއެތެރެއަށް ދިޔައެވެ. އޭރު ކޯކު ބޯންހުރި މަލަކް އިންތިޒާރު ކުރަމުންދިޔައީ ކުޅިގަނޑު ފެށޭނެއިރަކަށްށެވެ. ފަނަރަވަރަކަށް މިނެޓު ފާއިތުވެގެން ދިޔައިރުވެސް މަލަކް ދިޔައީ އިނާރާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ. އޭނާއިނީ އިނާރާ އެންމެންގެ ތެރޭގައި ބޭޒާރުވެގެންދާ މަންޒަރުދެކެން ކެތްމަދުވެފައެވެ.
ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ އަންހެންކުއްޖެއްގެ ހަޅޭކެއްގެ އަޑަށެވެ. އޭރު އެ އެންމެންގެ ތިބީ މޭޒެއްގެ މައްޗަށް ކޮޅަށް އަރައިހުރި މަލަކްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާ އަތުން ކޯކުތަށި ހިފައިގެން ހުރެ ނަށަނީއެވެ. ލަވައެއް ޖަހާފައިނެތްއިރު އޭނާގެ މި ހަރަކާތްތަކުން އެންމެން ހައިރާންވިއެވެ. އަޑުގެ ކޮޅަށް ހަޅޭލަވަމުން ދިޔައިރު މަލަކްއަށް އުޅެވޭ ގޮތްވެސް ނޭނގުނެވެ.
ދުރުގައި މި މަންޒަރު ބަލަހުރި މާކިންގެ ލޭ ކެކިގަތެވެ. އެ އެންމެންގެ ތެރޭގައި މަލަކް އެ ވައްތަރަށް އުޅެންފެށުމުން އޭނާ ލަދުން މީހަކާއި ދިމާއަށް ބަލައިލަންވެސް ނުކެރުނެވެ. އޭނާ ހަލުވި ހިނގުމެއްގައި ގޮސް މޭޒުމަތީގައި ހުރި މަލަކްގެ އަތުގައިހިފައި ތިރިޔަށް ބޭލުމަށް މަސައްކަތްކުރިއެވެ. އޭނާއަށް އެހީތެރިވުމަށް ރާހިލް އައިސް މަލަކްގެ އުނަގަނޑުގައި ހިފުމުން މަލަކްގޮސް އޭނާގެ ގައިމައްޗަށް ވެއްޓިގަތެވެ. އޭރު ރާހިލްހުރީ މަލަކް އޭނާގެ ގައިގައި އޮޅުލަން ފެށުމުން ހަދާނެގޮތް ހުސްވެފައެވެ.
“މަލަކް.. އޭތް. މިތާ ކޮޅަށް ހުރެބަލަ.” މަލަކް ބިންމަތީގައި ބަހައްޓަމުން ރާހިލް ބުނެލިއެވެ. “ނޯ.. ނޯ. ޔޫ ވޯނަ ޓަޗްމީ…” މަލަކް އޭނާގެ ކަކުލާއި ހަމައަށް އަރައި ހެދުމުގެ ފަސްބައިގައި ހިފައި މައްޗަށް ނަގަން އުޅެމުން ބުނެލިއެވެ. މި މަންޒަރުފެނި މާކިން ދުމެއް ޖަހާފައި އައިސް މަލަކްގެ ހެދުމުގެ ފަސްބައި ތިރިކޮއްލަމުން އޭނާގެ އަތުގެ ކުޑަހުޅުގައި ހިފިއެވެ. އޭރު މާކިން ގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ.
“މަލަކް..” އިނާރާއަށް ބަލަން ނުހުރެވިގެން އައިސް މަލަކްގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. “ޔޫ. ބި*!” މަލަކް ބުނެލި ބަހުން އެންމެން ސިހުނުއިރު އިނާރާ ފަހަތަށް ޖެހިލިއެވެ. “މަލަކް!! ތިކިޔޭ އެއްޗެއް އެބަ އިނގޭތަ” މާކިން ރުޅިއައިސްގެން ހަޅޭލަވައިގަތުމުން މަލަކް ފެށީ ހޭންށެވެ. އިތުރަށް އެންމެންގެ ކުރިމަތީގައި މުޅި އައިލާ ބޭޒާރުވެގެން ދާތަން ބަލަން ނުހުރެވިގެން މާކިން އޭނާ ގެންދަންވެގެން ހިނގައިގަތެވެ. ނަމަވެސް މަލަކް ނުދާވެގެން ބޮޑާހާކަމުން ދިޔައިރު ނާޒިމްހުރީ ލަދުން އިސްޖެހިފައެވެ. “މާކިން އޭނާ ނެރޭ މިތަނުން.” ނާޒިމްއަށް ކެތްނުވެގެން ބުނެލިއެވެ.
މާކިން އެންމެފަހުން މަލަކް އަތުލަފިކޮއްގެން އެތަނުން ނެރެން ގެންދިޔައިރު ރާހިލްވެސް އޭނާގެ ފަހަތުންދިޔައެވެ. އާޝިޔާއަށް އެތަނުގައި މަޑުކުރަން ނުކެރިގެން އެމީހުން ފަހަތުން ދިޔައެވެ. އޭރު އިނާރާ ހުރީ ހަދާނެގޮތެއް ނޭނގި އޭނާގެ މަންމަކައިރީގައެވެ. އެރޭ ޕާޓީނިމިގެން ދިޔައިރު ނާޒިމްހުރީ ހިތްހަމަނުޖެހިފައެވެ.
އާ ދުވަހަކަށް އިރުއެރިއިރު އެނދުގައި އޮތް މަލަކްއޮތީ ރޭގައި ޕާޓީއަށް އޭނާ ލީހެދުމުގައެވެ. ފަރުދާ ކެހިފައިވާ ކުޑަދޮރުން ފޭދިގެންއައި އިރުގެ އަލި މަލަކްގެ މޫނަށް އެޅުމުން އޭނާ ދެ ލޯ އުނގުޅަންފެށިއެވެ. ރަނގަޅަށް ހޭވެރިކަންވުމުން މަޑުމަޑުން ތެދުވެ އެނދުގައި އިށީނުމާއިއެކީ ބޮލަށް ބަރުވެގެން ދިޔައެވެ. ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން އިން މަލަކް އިނީ ވާނުވާނޭނގިފައެވެ. އޭނާ އެ ހެދުމުގައި މޭކަޕުވެސް ނުފޮހެ ނިދަން އޮވެވުނީ ކީއްވެގެންކަމެއް ނޭނގުނެވެ. އޭނާ ހަނދާން ހުރީ އިނާރާގެ ކޯކުތަށްޓަށް މަސްތުވާތަކެތި އެޅުނު ހަނދާނެވެ. ނަމަވެސް އެއަށްފަހު ވީގޮތް މާ ބޮޑަކަށް ހަނދާނަކަށްނައެވެ.
އިރުކޮޅަކު މިހެން އިދެފައި އޭނާ ކުއްލިއަށް އިސްނެގިއެވެ. އާއެކެވެ. ރޭގައި އެ ކޯކުތަށި ބޮވުނީ ޚުދު މަލަކްއަށްށެވެ. އޮޅިގެން އިނާރާއާށް އެ ދެވުނީ ރަނގަޅު ކޯކުތަށިކަން އިނގުމުން އޭނާ އަތުން ބޮލުގައި ޖަހާލިއެވެ. ފަހުން ޕާޓީ ތެރޭގައި މޭޒުމައްޗަށް އެރުނު ހަނދާނާއި އިނާރާއާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާވުމުން މަލަކްއަށް އޭނާގެ އަނގަމަތީގައި އަތްއެޅުނެވެ.
އެންމެންގެ ކުރިމަތީގައި އެވައްތަރަށް އުޅެވުނުއިރު މި ހުރިހާ މަންޒަރެއް ފެނި ނާޒިމްމެން ރުޅިއަންނާވަރު އަންދާޒާ ކޮއްލެވުމުން މަލަކް ބިރުން ތެޅިގަތެވެ. އޭނާދެން ކޮޓަރިން ބޭރަށް ނިކުންނާނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ. އެމީހުންނާއި ކުރިމަތިލާނެ ހިތްވަރެއް މަލަކްގެ ކިބައިގައެއްނެތެވެ. ތިމާ ފޭހުނު އިލޮށި މި ހެރުނީ ތިމާގެ ލޮލަށްށެވެ. މަލަކް އެނދުމައްޗަށް ވެއްޓިގަނެ ބާލިހުގައި މޫނު ފޮރުވާލަމަން ރޯންފެށިއެވެ.
ސައިބޯން ތިބިއިރު ނާޒިމް މާގިނަ ވާހަކައެއް ނުދައްކައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ސައިބުއިން ކުރިޔަށް ދިޔައީ ހަމަހިމޭން ކަމާއިއެކުއެވެ. އިސްޖަހައިގެން އިން މަލަކް ޕާން ފޮތީގައި ޖޭމު ހާކާލަ ހާކާލަ އިނީއެވެ. “ދެން ވީ ކަމެއް ނުވާކަމަކަށް ނުވާނެދޯ. އެކަމާއި ވާހަކަދެއްކީމަ ކަންނޭގެ ވީގޮތެއް އޮޅުންފިލާނީ.” ހިތްހަމަ ނުޖެހިފައި އިން މާކިން ބުނެލިއެވެ.
“އިތުރަށް އެއްޗެކޭ ކިޔަން އެބައޮތްތަ؟؟ މަލަކް އުޅޭވައްތަރު އިނގުނީ އެއްނުންމި. އަހަރެން ބޭނުމެއް ނޫން އޭނަ ދައްކާނެހާ ބަހަނާތަކެއް އަޑުއަހާކަށް! ނިމުނީދެން މި ހިސާބުން ބޭރަށް ދިޔުންވެސް.” ނާޒިމް މިހެން ބުނެފައި ފެންތަށިހިފައިގެން ކާގެއިން ނިކުމެގެން ދިޔައެވެ. އޭރުވެސް އިސްއުފަލާއި އެންމެންނާއި ނަޒަރު ހަމަކުރަން ނުކެރި މަލަކްއިނީއެވެ. އޭނާގެ ދެލޯ ކަރުނުން ފުސްވަމުން ދިޔައިރު އާޝިޔާވެސް އިނީ މި ހާލެއްގައެވެ.
“ވަރަށް މޮޅުކަމެއް ތި ކުރެވުނީ. އިނގޭތަ އެންމެންގެ ކުރިމަތީގައި ބައްޕަމެން ލަދުގަންނަން ޖެހުނުވަރު. ހުސް ދަންނަ މީހުންނޭ އެތަނުގައި ތިބީ. މަލަކް ޖެހޭނެ އަހަރެންނަށް ތި އުޅޭ ގޮތެއް ތެދުތެދަށް ކިޔައިދޭން. އެހެންނޫނީ އަހަރެން ބޭނުންނަމަ މިހާރުވެސް ތި ހުރިހާކަމެއްގެ އަޑި ހޯދަފާނަން. އެކަމަކު ރަނގަޅުވާނީ މަލަކް އަމިއްލައަށް ކިޔައި ދިނިއްޔާ. އަހަރެން އެކަން އުޅެފިނަމަ ވާނެ ގޮތް މާކަށް ރީއްޗެއް ނުވާނެ!” މާކިންގެ ހަރުކަށިބަސްތަކުން މަލަކްގެ ގައިން ހީބިހިނަގުވާލިއެވެ. މާކިންއަކީ ދުވަހަކުވެސް އެގޮތަށް އެނާއާއި ދިމާއަށް ހަޅޭލެވި މީހެއް ނޫނެވެ.
“އަހަރެން އޮފީހުން އަންނަން ވާއިރަށް މަލަކް ޖެހޭނެ ގޮތެއް ނިންމަން!”މާކިން ތެދުވަމުން ބުނެލިއެވެ. “އަދި މީގެފަހުން އިނާރާއާއި ދިމާއަށް އެކަހަލަ އެއްވެސް އެއްޗެއް ބުނެފިއްޔާ މި ދޮންބެގެ ނުލަފާކަން ދައްކާލާނަން. އަޑުއިވިއްޖެ!” މާކިން މިހެން ބުނެފައި އެތަނުން ނިކުމެގެން ދިޔައެވެ. އޭރު ހަމަ ރަނގަޅަށްވެސް މަލަކްއަށް ރޮވިއްޖެއެވެ.
“މަންމާ..” އޭނާ ކުރެހިފައިވާ އަޑުން އާޝިޔާއަށް ގޮވާލިއެވެ. ނަމަވެސް އާޝިޔާވެސް އޭނާގެ ކަރުނަތަށް ފޮރުވަމުން އެތަނުން ދިޔައީއެވެ. މަލަކް މުޅިން އެކަނިވެރިވީއެވެ. ދިމާވި ހުރިހާކަމެއްގެ އިލްޒާމް އޭނާ އެޅުވީ އިނާރާގެ ބޮލުގައެވެ. އަދި އެ ޢާއިލާއަށް އޭނާ ނުވެސް އަންނަނީސް މިހާއަވަހަށް އެންމެން އޭނާ ދުރުކޮއްލީއެވެ.
ދުއްވަމުންދިޔަ ކާރުގައި ތިބި މާކިންއާއި އިނާރާގެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. “ސޮރީ..” ކާރުދުއްވަން އިން މާކިން އިނާރާގެ އަތުގައި ހިފާލަމުންބުނެލިއެވެ. އިނާރާ ކިހިނެއްވީހޭ ބުނާފަދަގޮތަކަށް އޭނާގެ މޫންމަތިން އިޝާރާތްކޮއްލިއެވެ. “ރޭގައި މަލަކް އުޅުނު ގޮތުން..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. “އެއީ ކަމެއްނޫނޭ. މަލަކް ހަމަހޭގައި ހުރެގެންނެއް ނޫނެއްނުން އެހެން ބުނީ ކީވެސް. އަޅާނުލައި. މާކިން އޭނައާއި ވާހަކަދައްކައިގެން ވީގޮތް އޮޅުން ފިލުވަން ވީއެއްނުން” އިނާރާ ހިނުތުންވެލަމުން ބުނެލިއެވެ.
“އޭނާ މަސްތުވާތަކެތި ބޭނުންކުރާހެން ހީވަނީ. ދެން އޭނަ ހުރިހާވާހަކައެއް ކިޔާދީފިއްޔާ ރަނގަޅު. އެހެނޫނީ އަހަރެން އެކަންތައް ބަލާނީ.” ކާރު އައިސް އިނާރާގެ އޮފީސްކުރިމައްޗަށް މަޑުކޮއްލަމުން މާކިން ބުނެލިއެވެ. “ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިނގޭ. އެހާ ބޮޑަށް ނުވިސްނާތި. ޔެސް އަދި ޖެހޭނެ ހަވީރުން ކާޑު ފައިނަލައިޒް ކުރަން.” އިނާރާ ބުނެލިއެވެ.
“ބަމްބީއަށް ކަމުދާއެއްޗެއް ހަމަ ރަނގަޅުވާނެ.”މާކިން އިނާރާގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ. “ތިހެން ނުކިޔަބަ.” އިނާރާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ. “އޯކޭ. އެކަމު ކަމެއް ކޮއްދިނީމަ.. އާދެބަ ކައިރިއަށް.” އިނާރާގެ އުނަގަނޑުގައި ހިފައި ގަޔާއި ކައިރިކޮއްލަމުން މާކިން ބުނެލިއެވެ. ނަމަވެސް އިނާރާ ކާރު ދޮރުހުޅުވުމަށްފަހު ބޭރަށް ދެމިގަތެވެ. “މެރީ މީ ފަސްޓް.” އިނާރާ ދޫ ނެރެލަމުން މިހެން ބުނެފައި ދަބަސް ހިފައިގެން އޮފީހާއި ދިމާއަށް ދިޔައެވެ. ‘”ސޫން..” އިނާރާ ދާތަން ބަލަންއިން މާކިން ނުލަފާ ހިނިގަނޑެއް ޖަހަހާލުމަށްފަހު ކާރުދުއްވާލިއެވެ.
“އަހަންނަށް އޭރުވެސް އިނގޭ އޭނަ މަސްތުވާތަކެތި ބޭނުންކުރަނީކަން.” ކޮފީ ބޯންއިން ރާހިލް ބުނެލިއެވެ. އޭރު ކައިރީގައި އިން މާކިން ކުރިމަތީގައި ހުރި ޓީވީއަށް ނަޒަރުހުއްޓާލައިގެން އިނެވެ. ރޭގަނޑު ނުވައެއްޖެހިއިރު މާކިންއިނީ ރާހިލްގެ ގޭގައެވެ. މަލަކް އެންމެފަހުން ހުރިހާކަމެއް ހަޤީޤަތަށް ކިޔާދިނުމުން އެވާހަކަ ހިއްސާކުރަން މާކިންއައީ ރާހިލްގެ ކައިރިއަށްށެވެ. “އެ ކިހިނެތް އިނގުނީ.” މާކިން ބުނެލިއެވެ. “އޭނާ އުޅުނުގޮތުން ވެސް އިނގެއެއްނުން. އަނެއްކާ އަހަރެން މިއީ ސައިކޭޓްރިސްޓެއް. މޫނުމަތިން ހުރިހާ ކަމެއް ފަޅާއަރައިފި ވިއްޔަ.” ރާހިލް މިހެން ބުނެފައި ސޯފާގައި އޮށޯވެލިއެވެ.
“ރާހިލް. ކެން ޔޫ ހެލްޕް ހާ. އަނެއްހެން ރާހިލްގެ މާގިނަ ޕޭޝެއްޓުންނެއް ނުހުރެއެއްނުން. އަހަރެން ބޭނުމެއްނޫން މަލަކް މިކަމުގެ ތެރެއަށް ގެއްލިގެން ދާކަށް. ރާހިލް އޭނަ މިކަމުން ދުރުކުރަން މަސަކަތްކޮއްދޭން ވީއެއްނުން. އަހަރެން ޕޭ ވެސް ކޮއްފާނަމޭ. އޭނާގެ ޑޮކްޓަރެއްގެ ގޮތުން ޕްލީސް.” މާކިން މިހެން ބުނުމުން ރާހިލް ތެދުވެ އިށީނެވެ.
“އޮފްކޯސް. އަހަރެން އަބަދުވެސް މާކިންއަށް އެހީއަކަށް ބޭނުންވެއްޖެނަމަ ހުންނާނަން. މާކިންގެ ކޮއްކޮއަކީ ހަމަ އަހަރެންގެވެސް ކޮއްކޮއެއްފަދަ ކުއްޖެއް. ދެން ލާރިއަށް މިކަން ކޮއްދޭން ނުބުނައްޗޭ. މަލަކްއަށް ތިކަން ހުއްޓާލަންޏާ ނަފަސާނީގޮތުން ވަރަށް އަސަރު ކުރާނެ އަހަރެން ބަލާނަން އެންމެ ރަނގަޅަށް އޭނައަށް އެހީތެރި ވެދެވޭތޯ.” ރާހިލް ހިތްހަމަޖެހިފައި ހުރެ ބުނެލިއެވެ. “ތޭންކްސް މޭން.” މާކިންވެސް ހުރީ އެފަދަ ރަޚްމަތްތެރިއެއް ލިބުމުން އިންތިހާއަށް އުފާވެފައެވެ.
ދުވަސްތަށް ފާއިތު ވަމުންގޮސް ކައިވެނީގެ ދުވަސް ކައިރިވެއްޖެއެވެ. ކޮޓަރީގައި ވެޑިން ޑްރެސް ލައިގެން ހުރި އިނާރާ ލޯގަނޑުން އޭނާގެ ސޫރަބަލައިލިއެވެ. އެ ބޮޑު ލޯގަނޑުން އޭނާއަށް ފެނުނީ ހުދު ކުލައިގެ ފުރިހަމަ ހެދުމެއްގައި ހުރި އޭނާގެ އަމިއްލަ ނަފްސެވެ. ކައިވެނީގެ ހެދުމުގައި އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާ ދެއަތަށް އެނބުރިފައި ލޯގަނޑު ބަލަންމުން ދިޔަ މަންޒަރުފެނި ޝީލާގެ ލޯ ކަރުނުން ތެމުނެވެ. މާދަމާ އެނާގެ ދަރިފުޅު އެހެން މީހެއްގެ ހައްޤަކަށްވެ އޭނާ ދޫކޮށްދާނެއެވެ.
ޝިލާ އައިސް އިނާރާގެ ފަހަތުގައި ހުއްޓިލަމުން އޭނާގެ އަތުގައި ހިފާލިއެވެ. “މަންމަގެ ރަންކޮޅު ބޮޑުވިއްޔޭ ދޯ.. މަންމަ ހާދަ އިންތިޒާރެއް ކޮއްފީމޭ މި ދުވަހަށް.” ޝީލާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. “ދެން އެކަމަކު ދަރިފުޅު ނުވެސް ފެންނާނެ. އޭރުން މަންމަ ކިހިނެއް ކޮންމެދުވަހަކު ތި ރީތި އިސްތަށިކޮޅުގައި ކްރީމް ހާކަދީ ހަދާނީ ކިހިނެތް. ގެވެސް ވަރަށް ފަޅުވާނެ. ދަރިފުޅުމަތިން ވަރަށް ހަނދާންވެސް ވާނެ.” އިނާރާގެ ކޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއިރު ޝީލާއަށް ރޮވުނެވެ.
އިނާރާގެ ހިތަށް އަސަރުކުރިވަރުން އޭނާގެ މަންމަގެ ގައިގައި އޮޅުލައިގެތެވެ. “ތިހެން ނުބުނޭ. މަންމައަށް އަޅުގަނޑު ފެންނާނެއެއްނުން. މަންމަ ބޭނުންއިރަކުން މިގެއަށް އަންނާނަމޭ. ދެން އަދި މި އުޅެނީ ނުވެސް ގޮސް. އަދި ނުވެއެއްނުން ރޯކަށް.” އިނާރާ އެނާގެ ކަރުނަތަށް ފޮރުވާލަމަން ބުނެލިއެވެ. ޝީލާ ހިނިތުންވެލަމުން އިނަރާގެ ބުރަކަށިގައި ފިރުމާލިއިރު އޭނާ އުއްމީދު ކުރީ މި ކައިވެނީގެ ސަބަބުން އިނާރާގެ ދިރިއުޅުމަށް ބަހާރު މޫސުން އަންނާނެކަމަށެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ލޯބިވާ ދަރިފުޅު މި ދޫކޮއްލެވެނީ ކޮންފަދަ ތޫފާނެއްގެ ތެރެއަށްކަމެއް އޭނާއަކަށް އަންދާޒާއެއް ނުކޮއްލެވުނެވެ.
ކޮޓަރީގެ ޓައިލްސްތަކު މަތީގައި ފުޅިތޮށިތަށް ހުރިއިރު އެތަނުގައިވަނީ ލޭ ހޭކިފައެވެ. އެނދުގައި އޮތް ކުއިލްޓްގެ އެއްބައި ބިންމަތީގައި އޮތްއިރު އޭގައާއި އެނދުގައި ހުރި ބައެއް ބާލިސްތަކުގައިވެސް ލޭގެ އަސަރު ހުއްޓެވެ. ފުޅިތޮށިތައް ކައިރީގައި އިން އިނާރާގެ އަތުން ލޭ ތިކި ޖަހަމުން ދިޔައިރު ލައިގެން ހުރި ބޮޑު ހުދު ހެދުމުގައިވެސް ލޭހުއްޓެވެ. ރަތް ފިނިފެންމަލުގެ ކަރިތަށް ބިންމައްޗަށް ވެރިފައިހުރި އިރު ދިއްލާފައިހުރި ހުދު ބޮކިން ކޮޓަރިތެރޭގެ މި މަންޒަރު ސާފަކޮން ފެންނަން ހުއްޓެވެ.
އިނާރާގެ ދެލޯ ދުޅަވެފައިވީއިރު އޮހޮރެމުން ދިޔަކަރުނައިން ލޮލުގައި އަޅާފައިވާ އަނދުން ފޭދެމުންދިޔައެވެ. އެ ދޮން މޫނު މިހާރު ރަތްވެފައި ވާއިރު ތުންފަތުގައި ހުރި ލިޕްސްޓިކްވެސް ވަނީ އަނގަމަތީގައި ހޭކިފައެވެ. އޭނާގެ ވިސްނުމުގައި އެނބުރެމުންދިޔައީ މީގެ އެއްދުވަސް ކުރީގެ ހަނދާންތަކެވެ….
5512 Comments
Comments are closed.
Nabhaan
June 27, 2015 at 11:07 pmYey m the frst…vrh salhi ingey…nxt part avas up kohdhy
nathoo
June 28, 2015 at 12:18 amVarah salhi mi part ves
Tigrious
June 28, 2015 at 12:35 amMi Part Vs Rythi … Awahah Up Koh Dhehchay … And Inaara Ah Dhera Gotheh Nahadhahchay
Meesh
June 28, 2015 at 12:36 amJust vow… thanx
Tmrw next part dw.. Insha Allah
Crazi
June 28, 2015 at 2:17 amVrh shalhi ..ahvaha aneh part up date koh dheachey…wil wait…v nice story
avik
June 28, 2015 at 2:25 amnext part kn irakun tha????? plz avas kuracheyyyyy… v v v vnice
butterfly
June 28, 2015 at 9:04 amWow v nice knme dhuvshaku up kuraathy ve thanks
finni
June 28, 2015 at 9:05 amHaadha kurey vvv nice next part vvvv avaha up kohdheychey ppppppllllzzzzzz..
naaxy
June 28, 2015 at 9:37 amVvv nice
nihaa
June 28, 2015 at 10:56 amVrh reethi…
naj
June 28, 2015 at 12:32 pmVvvv reeeethi..pls avaha up kurachey
lalu
June 29, 2015 at 8:10 amNice story