މުޅީގޭތެރޭގައި ހިފާފައިވަނީ ކާތަކެތީގެ މީރުވަހެވެ. ސުފުރާމަތީގައި އަތުރާލެވިފައި ވަނީ އެކި ބާވަތުގެ ކާތަކެއްޗެވެ. ފޮނި އެއްޗެއްސާއި ކުޅިއެއްޗެއްސެވެ. ބިއްލޫރި ތަށިތަށް ހިފައިގެން ކާގެއަށް އައި ޝަޒިން ކުއްލިއަކަށް ހުއްޓުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ކައިރީގައި ހުރި މޭޒުމަތީގައި ތަށިތަށް ބެހެއްޓުމަށްފަހު ލައިގެންހުރި ރަތްކުލައިގެ ހެދުމުގެ ތިރީބައިގައި އަތްކާއްތާލުމަށްފަހު ޖީބުން ފޯނުނެގިއެވެ. އޭރު ހެދުމުގެ ތިރީބައިން ތަންގަޑެއް ތެމިފައިހުއްޓެވެ. “ޕިސް ޕިސް. ކިތަށްފަހަރު ބުނާނީ އަތް ތެއްކޮން ހުއްޓާ ހެދުމުގައި އަތްނުފޮހޭށެ. ހަމަބުނާ އެކައްޗެއްވެސް […]
ކުއްލިއަކަށް އިވުނީ ފިރިހެނެއްގެ ބާރު ހިނިގަނޑެއްގެ އަޑެވެ. އެއާއި އެކީ ޝަޒިން ހަޅޭލަވައިގަތެވެ. “ކުޑަބޭ!! ދެން ދޫކޮށްލަންވީ” މިހެން ބުނުމުން އެމީހާ ޝަޒިން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކީ ފަހަތަށް އެނބުރި އެމީހާގެ މޭމަތީގައި ޝަޒިން ތަޅަންފެށިއެވެ. އޭރުވެސް އެފިރިހެންވަންތަ ހުނުމުގެ އަޑު ގޭތެރޭގައި ހިފާލާފައި ވެއެވެ. “ވަރަށް ފޫހިވެ! ކިރިޔާއޭ ބިރުން ހާޓް އެޓޭކެއް ނުޖެހުނީ” ތެޅުން ހުއްޓާލާފައި ޝަޒިން ކުރިމަތީގައި ހުރި މީހާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ކުރިމަތީގައި ހުރީ ނޫކުލައިގެ ސޯޓެއް ލައިގެން ހުރި […]
*މިވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ* ވެހެމުންދިޔަ ވާރޭތިކިތަކުން ބިންމަތި ތެންމަމުން ދިޔައިރު ފަޒާގައި އެކުލެވިފައިވަނީ ފިނި ކަމެވެ. ގަސްތަކުގެ ފަތްތައް ޖެހެމުންދާ ފިނވައިރޯޅި ތަކަށް ތަބާވެ އެއްކޮޅަކަށް ހެލެމުންދާއިރު އިވެމުންދަނީ ހިތްގައިމު އަޑެކެވެ. ދުރުދުރަށް ދާންދެން މަގުމަތީގައި ފެންހެދިފައި ވާއިރު އެތަނުން ފެންގަނޑެއް ކައިރިން މަޑުހިނގުމެއްގައި ރަތްކުޑައެއް އަޅައިގެން ސްކޫލް ޔުނީފޯމެއްގައި ހުރި ކުއްޖަކުއާދެއެވެ. ދެއަތުން ކުޑަހިފަހައްޓައިގެން ކަނާތުގައި ބޫޓު އެލުވާލައިގެން ހުރިއިރު އެއަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. […]