Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި.. (3)

zaisha Level 210 Stories
June 25, 2015 4 Mins Read
18 Comments

ކޮޓަރިއަށް ވަދެވުމާއިއެކީ ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު އިނާރާ ކައިރީގައި އޮތް ބާލިހުގައި މޫނުފޮރުވާލިއެވެ. އޭނާ ލައިގެންހުރި ގަމީސް ތެފިމަފައި އޮތްއިރު އިސްތަށިގަނޑުގައި ހުރި ފެނުގެ އަސަރުން ބާލިސް ތެމެމުން ދިޔައެވެ. އޭނާއަށް ވިސްނެމުންދިޔައީ ހިނގާދިޔަ ކަންތަކާއި މެދުއެވެ. އިނާރާ އެނދުގައި އިށީދެ ހަމަނޭވާއެއް ލުމަށްފަހު ދެއަތުން އިސްތަށިގަނޑު ރީތިކޮއްލިއެވެ. މާކިން އޭނާގެ ނުރުހުމުގައި އެފަދަކަމެއް ކުރިނަމަވެސް އެންމެންގެ ކުރިމަތީގައި އެގޮތަށް އަތް އިސްކުރެވުނިތީ އިނާރާ ދެރަވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަށް މާކިންއާއި ވާހަކަދައްކައިގެންވެސް އެކަން ހައްލުކުރެވުނީހެވެ. އެގޮތަށް އޭނާގެ ގަޔަށް އަތްއިސްކުރުމުގެ އެއްވެސް ހައްޤެއް އިނާރާއަށް ނޯންނާނެކަން އިހުސާސްވުމުން އިތުރަށްދެރަވިއެވެ. ގުޅާފައި މަޢާފަށް އެދެން ބޭނުންވި ނަމަވެސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. ދެން މިއިން ދުވަހަކުވެސް މާކިންގެ ކުރިމައްޗަށް އަރަން އޭނައަށް ކުޅަދާނެއެއްނޫނެވެ.

ބޮލުން ޓީޝާޓު މަހާލުމަށްފަހު އެނދުގައި އިށީދެލި މާކިންގެ ޚިޔާލުގައި އެނބުރެމުންދިޔައީ އިނާރާއެވެ. އެނދުގެ އަނެއްފަރާތުގައި އިން އަންހެން ކުއްޖަކު ފައިގެ އިނގިލިތަކުގައި ކުލަހާކަންއިނެވެ. “ހާދަ ވަރަކަށް ކޮންކަމަކާއި ތި ވިސްނަނީ؟؟” މާކިން ގެއްލިފައި އިންމަންޒަރު ފެނުމުން އެކުއްޖާ ސުވާލުކުރިއެވެ. “ނަތިން.” މާކިން ދިނީ ކުރުޖަވާބެކެވެ.

“ދެން ކީއްވެޔޯ މިއަދު ގެއަށް ނުދާންތި އިންނަނީ؟” އެ އަންހެން ކުއްޖާ ތެދުވެގެން އައިސް މާކިންކައިރީގައި އިށީދެލަމުން ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ގޭގައި މަޑު ނުކުރާންވެގެން މިތަނަށް އައީވެސް ނާޒިމްގެ ސުވާލުތަކާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. މުޅި އޮފީސްތެރޭގައި އެވާހަކަ މިހާރު ފެތުރިފައިވާއިރު ނާޒިމްގެ ކަންފަތާއި ހަމައަށްވެސް އެވާހަކަ ދާނެކަން އޭނާއަށް ޔަޤީނެވެ. މިހާރު އިނާރާ ވީގޮތް ޔާމިން ކައިރީގައި ނުބުނާކަމެއްވެސް ނޭނގެއެވެ. މިވީ ގޮތުން އޭނާގެ މުޅި ދުވަސް ޚަރާބުވީއެވެ.

“ވަޓް! ޝީ ސްލެޕްޑް ހިމް!! އެ އިނާރާގެ ކަންތަން މާ މައްޗަށް ތި ދަނީ.” ފޯނުން މީހަކާއި ވާހަކަދައްކަން ހުރި މަލަކް ބުނެލިއެވެ. އޭނާގެ ރަޚްމަތްތެރިއެއްގެ ފަރާތުން އޮފީހުގައި ހިނގި ހާދިސާ އިނގުމުން މަލަކް ހުރީ ހައިރާންވެފައެވެ. އެ އިނާރާއަށް އޭނާގެ ދޮންބެ އެގޮތަށް ބޭޒާރު ކޮއްލަން ކެރުނީތީވެސް އޭނާ ރުޅި އިންތިހާއަށް ދިޔައެވެ. އޭނާ އަވަހަށް ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު މިސްރާބުޖެހީ އާޝިޔާއަށް މި ޚަބަރު ދިނުމަށްށެވެ. އޭނާގެ ބޭނުމަކަށްވީ މި ހާދިސާ ބޭނުންކޮއްގެން އާޝިޔާގެ ހިތުގައި އިނާރާއާއި ދޭތެރޭ ނަފްރަތު އުފެއްދުމެވެ.

“މަންމާ.. އިނގޭތަ އެ އިނާރާ ކޮއްގެން އުޅޭ ކަމެއް؟” ސިޓިން ރޫމުގައި ޤުރުއާން ކިޔަވަން އިން އާޝިޔާ ކައިރީގައި އިށީދެލަމުން މަލަކް ބުނެލިއެވެ. “ހޫމް. މަންމައަށް އިނގޭ.” އާޝިޔާ ފަރުވާކުޑަގޮތަކަށް ބުނެލުމުން މަލަކްއަށް އޮޅުނެވެ. “ދެން އިނގެންޏާ ކީއްވެ ކަމެއް ނުކުރީ. ކޮބާ އެ އިނާރާ! ހުރިހާވެސް މައްސަލައަކީ އޭނާ. އޭނާ ޖެހޭތަ ކަމެއްވާއިރަށް އެ ކަހަލަ ކަމެއް ކުރަން!” މަލަކް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އެއީކީ އިނާރާގެ ކުށެއްނޫން. ރަނގަޅަށް ވިއްޔާ މާކިން ކޮންމެވެސް ވިޔާނުދާ ކަމެއް ކުރީ. އޭނާއަށް އިނާރާއަށް ޖެއްސުން ނުކޮއްލެވިއެއް ނުހުރެވޭ ވިއްޔަ. ދެން ސަކަރާތް ވިހަ ވީއެއްނުން އެ. އެހެންވެ ގެއަށް ނާންނަން އެ ހުންނަނީ.” އާޝިޔާގެ ވާހަކަތަކުން މަލަކް ގާތަށް އައީ އިތުރަށް ރުޅިއެވެ. އާޝިޔާއަށް މިކަމުގައި އިނާރާގެ ކުށެއް ނުފެނުނީތީ މަލަކް ހިތްހަމަ ނުޖެހުނެވެ. އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ މަލަކް އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

އެނދުގައި އިށީދެލައިގެން އިން ނާޒިމް އިނީ މާކިން ގެއަށް އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ. އޭރު ކައިރީގައި އިން އާޝިޔާ އެއްޗެހި ފަތްޖަހަމުން ދިޔައެވެ. “ނާޒިމް. ކިހިނެއްތަ މިވީކީ. އަހަރެން ހީކުރީ އެދެކުދިން ވަރަށް ގުޅިގެން ކަމަށް އުޅުނީ. ދެން ކިހިނެތް ހަދާނީ. ކުރެވުނު ފޮނި އުއްމީދުތަށް ވެސް ނެތުނީ ކަންނޭގެ މި.” އާޝިޔާ ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ. “ތިހެން ނުބުނޭ. އިރާދު ކުރެއްވިއްޔާ އަހަރެމެން ކުރި އުއްމީދުތަށް އަދި ފުރިހަމަވާނެ. ވީ ގޮތެއްވެސް އިނގޭނީ އެ މާކިން އައީމަ ދޯ.” ނާޒިމް އެނދުގެ ފަޑީގައި ލެނގިލަމުން ވާހަކަދެއްކިއެވެ.

“އާނ. މިކަން ހައްލު ވޭތޯ ކޮންމެހެންވެސް ބަލަންވާނެ. މާކިންގެ އެ އުޅުން އިޞްލާހުކުރެވެނީ އިނާރާ އޭނާގެ ޚަޔާތަށް އައުމުން. އެ ދެކުދިންގެ ކައިވެނި ހަމަޖެއްސީވެސް ދެ އާއިލާއަށްށާއި އެކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށް. ކައިވެނީގެ ވާހަކަ ނުދައްކާ ފަސްކުރީވެސް އެދެކުދިން އަމިއްލައަށް ދަސްވެލަން ވަގުތު ކޮޅެއް ދޭންވެގެން. ދެނޯ. މާކިން ނުރުހިތްޖެއް ޔާޔޯ؟؟ މިވީ ގޮތުން ނޭނގެ ދެން އިނާރާވެސް އެއްބަސްވާނެކަމެއް.” އާޝިޔާގެ ވާހަކައިން ކަންބޮޑުވުން ފާޅުވިއެވެ.

 “މާކިންއަށް ޖެހޭނީ ހަމަ އިންނަން. މިހާ ދުވަސް ވަންދެން އޭނާ ބުނިހާއި ކަމެއްކޮއްދީގެން އޭނާ ބޭނުންވި ގޮތަކަށް އުޅެންވެސް ދޫކޮއްލެވިއްޖެ. އެކަމަކު މިހާރުދެން ޖެހޭނީ އަހަރެމެންގެ އެދުންތައްވެސް ފުރިހަމަ ކޮއްދޭން.” ނާޒިމްގެ ވާހަކަދެއްކީ ޔަޤީންކަމާއި އެކުއެވެ.

ކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވިފައި ހުރިއިރު ކައިރީގައި ހުރި މާކިންއަށް އެ ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނެވެ. އޭނާ އެއްވެސް ވަރަކަށް އިނާރާއާއި އޭނާގެ ކައިވެނި ހަމަޖައްސާފައި އޮތްކަމެއް ނޭނގެއެވެ. ހާމަވެގެން މި ދިޔަ ކުއްލި ޚަބަރުން މާކިން ކަންބޮޑުވިއެވެ. އޭނާ އަދި އެއްވެސް މީހަކާއި ކައިވެނި ކުރާކަށް ހިތަކަށްވެސް ނާރައެވެ. އަދި އެވެސް އަމުދުން އިނާރާއާއިއެވެ. މާކިން ނިއްކުރީގައި އަތްހާކާލިއިރު އޭނާ ހުރީ ގޮތްހުސްވެފައެވެ. އިނާރާއާއި އިނދެފިނަމަ އޭނާގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރުހީވިއެވެ. ނަމަވެސް ނާޒިމްގެ ވާހަކައިން އޭނާއަށް މިކަމާއި ދެކޮޅުހެދެން ނެތްކަންވެސް އިނގުނެވެ. އިރުކޮޅަކު މިހެން ހުރުމަށްފަހު މާކިންގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.

“ވަދޭ އެތެރެއަށް. އިނގޭދޯ ކިހިނެތް ވެގެންކަން މި އުޅެނީ.” މާކިން ދޮރު ހުޅުވާލާފައި ވަނުމުން ނާޒިމް ބުނެލިއެވެ. މާކިން އެއްޗެއްކޭ ނުބުނެ އައިސް އެނދުކައިރީގައި މަޑުކޮއްލިއެވެ. “ބައްޕަ ޔާމިން ކައިރީގައި އެހީމަ ބުނި އިނާރާ އެއްވެސް ވާހަކައެއް ކިޔައެއް ނުދިނޭ. ކިހިނެތްތަ ވީ؟” ނާޒިމް ސުވާލުކުރިއެވެ.

އިނާރާ އަދި އެއްވެސް ވާހަކައެއް ކިޔާނުދޭންކަން އިނގުމުން މާކިންއަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “ބައްޕާ.. އަސްލު ސަމާސާއެއް ކޮއްލީމަ އޭނަ މާ ބޮޑަށް ރުޅިއައީ. އަޅުގަނޑު ދާނަން މަޢާފަށް އެދެން.” މާކިން ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ. ” އެހެންވެއޭ މަންމަ ބުނަނީ އެވަރަށް އޭނައަށް ޖެއްސުން ނުކުރާށޭ. ރަނގަޅު ދަރިފުޅަށް ވިސްނުނީތީ” އާޝިޔާ މިހެން ބުނެފައި މާކިންގެ ބޮލުގައި ފިރުމާލިއެވެ. “ދެން ނުވާނެ މީގެފަހުން އޭނާއަށް ޖެއްސުންކުރަން އެއްވެސް ސަމާސާއެއް ކޮއްގެންނެއް.” ނާޒިމް އަމުރުވެރިކަމާއި އެކި މިހެން ބުނުމުން މާކިން އެކަމަށް އެއްބަސްވިއެވެ.

ވެހެމުންދިޔަ ވާރޭގެ ތިކިތަކުން ޖައްވު ފިނިކުރަމުން ދިޔައިރު ވިއްސާރަ ވިލާތަކުން ހަނދުގެ އަލިކަންވަނީ ފޮރުވިފައެވެ. އުޑުގައި އެންމެ ތަރިއެއް ފިޔަޖަހާތަން ނުފެންނައިރު ވިދާލާވިދުވަރުން މުޅި އުޑުމަތި ދަޅައަޅާލައެވެ. ސިޓިންރޫމުގައި ޓީވީ ހުޅުވައިގެން އިން އިނާރާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ކިޔަން ނެގި ވާހަކަފޮތްވެސް ކިޔޭ ގޮތްނުވުމުން ޓީވީ ބަލަން އުޅުމުން އެކަމަކާއިވެސް ގަޔައެއް ނުވެވުނެވެ. އެނާ އިނީ މާކިންގެ ކިބައިން މަޢާފަށް އެދެން ނުކެރިފައެވެ. މާކިންއާއި ވާހަކަދައްކާލާ މި ޖެހުނު މައްސަލަ ހައްލުކުރަން ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެކަންކުރުމުގެ ހިތްވަރެއްނެތެވެ. މި ޚިޔާލުތަކަށް ގެއްލިފައި އިން އިނާރާ ސިހުނީ ގޭގެ ބެލް ޖެހި އަޑަށްށެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި ހުރި މީހާ ހިފަހައްޓައިގެން ހުރި ބޮޑު ފިނިފެންމާތަށްފެނި އިނާރާ އާޝޯހުވިއެވެ. ދެއަތުން މާތަށް ދިއްކޮއްލައިގެން ހުރިއިރު އޭނާގެ މޫނުވަނީ މާތަކުގެ ފުރަގަހުގައި ފޮރުވިފައެވެ. އިނާރާހުރީ ހަދަންވީ ގޮތްނޭގި ގެއްލިފައެވެ. މިހެން ހުއްޓައި މާތަށް ތިރިކޮއްލުމުން ފެނިގެން ދިޔައީ މާކިންގެ ސޫރައެވެ. ލައިގެން ހުރި ޓީޝާޓު ތެމިފައިވީއިރު އެ ކުރު އިސްތަށިކޮޅުން މޫނުމައްޗަށް ފެންތިކި ޖަހަމުންދިޔައެވެ.

“ސޮރީ ބަމްބީ” މާކިން ދެރަވެލާފައި މިހެން ބުނެލިއެވެ. ވެހެމުންދިޔަ ބޯ ވާރޭތެރޭގައި ތެމިގެންހުރެ، އަދި އެވެސް މިހާ ބޮޑު ފިނިފެން މާބޮނޑިއެއް ހިފައިގެން މަޢާފަށް އެދެންއައުމުން އިނާރާގެ ހިތަށް އަސަރުކުރިއެވެ. “މާކިން… މާ.” އިނާރާ ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް އޭނައަށް އެއްޗެކޭ ބުނަން އުނދަގޫވިއެވެ. ގޭތެރެއަށް ވަންނަން ތަންދެއްކުމުން މާކިން އެތެރަށްވަނެވެ. އޭރުވެސް އިނާރާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިނާރާއަށް މާކިންއާއި ދޭތެރޭ އެގޮތަށް ކަންތަން ކުރެވުނުނަމަވެސް މަޢާފަށް އެދެން އެއައީ މާކިންއެވެ.

“އަސްލު މިއަދު އެހެން ކަންތަންވީ އަހަރެންގެ ކުށުން. އެގޮތަށް އިނާރާގެ ނުރުހުމައި އެކަހަލަ ކުރެވުމުން ވަރަށްދެރަވި. އަހަރެން ހީކުރީ އެއީ އިނާރާވެސް ބޭނުންވި ގޮތެއްކަމަށް. އެކަމަކު ނުބައި ގޮތަކަށް ވިސްނުނީތީ މަޢާފަށް އެދެން. ޕްލީސް. އައި އެމް ރިއަލީ ސޮރީ.” މާކިން ދެރަވެފައި ވާހަކަދެއްކުމުން އިނާރާގެ ހިތަށް އަސަރުކުރިއެވެ. އޭނާއާށްވެސް އުޅެވުނުގޮތުން މާކިންއަށް އެހެން ގޮތަކަށް ވިސްނުނީކަން މިހާރު އިނާރާއަށް އިނގިއްޖެއެވެ.

“އައި އެމް ސޮރީ ޓޫ. އެގޮތަށް މާކިންގެ ގަޔަށް އަތް އިސްކުރުމުގެ އެއްވެސް ހައްޤެއް ނޯންނާނެ. ފަހުން ވަރަށް ދެރަވި ވިސްނާނުލައި އެހެން ހެދުނީތީ. އަސްލު ދެމީހުން ވާހަކަދައްކައިގެންވެސް އެކަން ހައްލު ކުރެވުނީސް. އެކަމަކު މިހާރު އެންމެންގެ ކުރިމަތީގައި މާކިން ލަދުގަންނަވާ ލެވިއްޖެ..”  އިނާރާގެ އަޑު ކުރެހުނުއިރު އެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.

“ޝުޝް. އެއީކީ އިނާރާ ގަސްތުގައި ކުރިކަމެއް ނޫނެއްނުން. އިނގޭ ރުޅިއައީމަ އެހެންވީކަން. ދެން އަޅާނުލައި. ދުވަސްކޮޅަކުން އެންމެންވެސް އެކަން ހަނދާން ނެތޭނެ. އޯކޭ.” އިނާރާގެ ކޯތާފަތަށް ވެއްޓުން ކަރުނަތިކި ފޮހެލަދެމުންމާކިން ވަރަށް ލޯބިން ބުނެލިއެވެ. “ދެން މީގަ ނުވެސް ހިފާނީތަ؟” މާކިން އޭނާގެ އަތުގައި އޮތް މާބޮނޑިއަށް އިޝާރާތްކުރަމުން ބުނެލިއެވެ.

އިނާރާ މާބޮނޑި ނަގަން ހެދުމުން މާކިން ވާހަކަދެއްކިއެވެ. ” އައި ރިއަލީ ލައިކް ޔޫ.” މާކިން އިނާރާގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. މިބަސްތަށް އަޑުއިވި އިނާރާ ލަދުން ހިނިތުންވެލިއެވެ. މާކިން މަޢާފަށް އެދުނުގޮތާއި މާކިންގެ ހިތުގެ ބަސް ހާމަކުރިގޮތުން އިނާރާގެ މޯޅިވެފައިވާ ހިތް ފޮޅެލިއެވެ. އިނާރާ އެ ފިނިފެންމާބޮނޑި ގަޔާއި ކައިރިކޮއްލިއިރު އެއިން ކޮންމެ މަލެއްގައިވި ކަށިތަކުން އޭނާގެ ދިރއުޅުން ލެއިން ފެވިދާނެކަމަކަށް އުއްމީދެއްނުކުރެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ނޯޓުފޮތް

Next

ހަވާތިފް… 3 ވަނަ ބައި

Next
June 25, 2015

ހަވާތިފް… 3 ވަނަ ބައި

Previews
June 25, 2015

ނޯޓުފޮތް

18 Comments!

  1. Shally says:
    June 25, 2015 at 9:22 pm

    Keep it up nice story

  2. Sheryn says:
    June 25, 2015 at 9:22 pm

    Zaisha ur grt… n m the 1st..yay..v happy vey avahah up kuraathee…tomorrow 4th prt right??

  3. Sheryn says:
    June 25, 2015 at 9:23 pm

    Ey shally ey dhw 1st oops ..

  4. Nabhaan says:
    June 25, 2015 at 9:25 pm

    Yey m the frst…vrh salhi ingey…nxt part avas up kohdhy

  5. Nabhaan says:
    June 25, 2015 at 9:27 pm

    ey sally tha frst sry…ekamu vx vrh salhi ingey

  6. naa says:
    June 25, 2015 at 9:29 pm

    V reethi keep it up

  7. naa says:
    June 25, 2015 at 9:32 pm

    Next part avaha up kohlaba plx

  8. shiaa says:
    June 25, 2015 at 9:35 pm

    vv reethi ,. vv supraised vefa myndhy hoody ah vure kury up kury ma

  9. Ulnaa says:
    June 25, 2015 at 9:54 pm

    Good job writer keep it up.

  10. Meesh says:
    June 25, 2015 at 11:55 pm

    V furihama…. avahah next part upkohlaa

  11. Zuu says:
    June 26, 2015 at 2:28 am

    Wow… salhieyy…

  12. nihaa says:
    June 26, 2015 at 4:16 am

    Habeyssss.,

  13. nishy says:
    June 26, 2015 at 5:51 am

    …V reeethi

  14. dantes says:
    June 26, 2015 at 2:50 pm

    Varah salhi

  15. naj says:
    June 26, 2015 at 3:09 pm

    V v salhi

  16. nathoo says:
    June 26, 2015 at 7:59 pm

    Varah reethi mi story

  17. Zaahee says:
    June 27, 2015 at 2:35 pm

    omg… omg…. good… up kohdhecchey igea

  18. Imattey says:
    July 5, 2015 at 12:40 pm

    Varah salhi

Comments are closed.


All Right Reserved!