މޭޒުމަތީގައި އޮތް ވަޅިނެގުމަށްފަހު ޝަޒިންއެއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ޝަޒިން ވަޅިހިފައިގެން ހިނގައިގަތެވެ. އިސްޖަހައިގެން ހުރި ޝަޒިންގެ ނަޒަރު ހުއްޓިފައިވަނީ ތިރިއަށްށެވެ. އަތުގައި އޮތްވަޅިނަގައި އެއްވެސް ޖެހިލުމެއްނެތި ކުރިމަތީގައި އޮތް ޗޮކޮލެޓް ކޭކަށް ހަރާލިއެވެ. މަޑުމަޑުން ކޭކުފަޅަމުންދިޔަ ޝަޒިންގެ ތައްޔާރުވަމުން ދިޔައީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޒީނިޔާގެ ކައިވެނި ޕާޓީއަށްށެވެ. މޭޒުމަތީގައި އެކި ބާވަތްތަކުގެ ފޮނިކާތަކެތި އަތުރާލާފައިވެއެވެ. ދިމްނާއާއި ޒާހިދާވެގެން ޕާޓީއަށް ފޮނިކާއެއްޗެހި ތައްޔާރު ކުރަމުން ދިޔައިރު ޝަޒިން ދިޔައީ އެތަކެތި ބަންދުކުރަމުންނެވެ. “ހެލޯ ލިޓިލް […]
އޮއްސެމުން ދިޔައިރުގެ އަލިން އުޑުމަތީގައިވަނީ މަޑު އޮރެންޖުކުލަގެ ސާލެއް ފަތުރާލެވިފައެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުގެ ކުރިން ދޫނި ސޫފާސޫފިތަށް އެސޮރުމެންގެ ހާލިތަކަށް ވަދެހިމާޔަތް ހޯދަމުން ދިޔައެވެ. ނަމަވެސް ހުދު ދޮންވެލިގަނޑުމަތީގައި ހުއްޓިލައިގެން ހުރި ޝަޒިން އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސި އަނދިރިވާނެ އިރަކަށްށެވެ. ކަޅުވިލާތަކުން އުޑުމަތި އަނދިރިކޮށްލުމުން ޝަޒިން މިސްރާބުޖެހީ ކުރިމަތީގައި ހުރި ރަށު އޮފީހާއި ދިމާއަށްށެވެ. އިރުއޮއްސި އަނދިރި ވުމުން އެތަނުގައި މީހަކު ނޫޅޭނަކަން އެނގިހުރި ޝަޒިން އެތެރެއަށްވަނެވެ. އެ ސަރަހައްދުގައި ވަނީ ބޮޑެތި ގަސް […]
“މިހާއަވަހަށް ހަނދާން ނެތުނީ ދޯ. ހަނދާން ކޮށްދެންތަ. މިޝަލް ހަދާން އެބަހުރިތަ އަހަރެން ކިޔަވާނިމުނުތާ ދުވަސް ކޮޅެއްފަހުން މިޝަލްގެ އުފަންދުވަހު އަތިރިމަތީގައި އެހުރި ރުއްބުޑުކައިރިއަށް އަންނަން ބުނިކަން. އަހަރެން ބޭނުންވީ އެ އުފާވެރި ޚަބަރު އެރޭ މިޝަލްއަށް ދޭން. އަހަރެން އެއްވެސް ޝައްކެން ނުކުރަން މިޝަލް އަހަރެން ދޫކޮއްލަފާނެ ކަމަކަށް. ނަމަވެސް އެހާ އުއްމީދުތަކާއި އެކީ ދިޔައިރު އިނގޭތަ އަހަރެންނަށް އެތަނުން ފެނުނު މަންޒަރު. އެތަނުން ފެނުނީ ތި މިޝަލް އެހެން އަންހެނެއްގެ ގައިގައި އޮޅުލާ މަންޒަރު! […]
ނަމަވެސް އެތަނުގައި ހިނގަމުންދިޔަ ކަންތަން ތިންވަނަ ފަރާތަކަށް އިނގި ހާވަމުން ދިޔަކަމެއް ދާނިޝްއަކަށް ނޭނގެއެވެ. އޭރުވެސް އެނދުމަތީގައި އޮތްފޯނުގައި ޖުމައިލް ގުޅައިގެން ހުއްޓެވެ. އެތަނުގައި ހިނގަމުންދާ ހުރިހާކަމެއް ޖުމައިލްއަށް ވަގުތުން ވަގުތަށް އަޑު އިވެމުންދެއެވެ. އެނދުމަތީގައި ނިދިފައި އޮތް ޝަޒިން ދެފަރާތަށް އެނބުރި އެނބުރިފައި އޮވެ ފުއްމައިގެން ތެދުވިއެވެ. އޭރު މުޅި މީހާވަނީ ދަލުން ފޯވެފައެވެ. ދެލޯ ބޮޑުކޮށްގެންހުރެ އެކި ފަރާތް ފާރާތަށް ނަޒަރު ހިންގަމުން ދިޔައިރު ނޭވާވަނީ ފުންވެފައެވެ. ދެންމެ އެފެނުނީ ހުވަފެނެއްކަން އިނގި އެ […]
ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރަށް ވަން މިޝަލް ގަމީސް ބާލާ ބިއްމައްޗަށް އެއްލާލުމަށްފަހު ފާޚާނާއަށްވަދެ ނިކަން ބާރަށް ދޮރު ލެއްޕިއެވެ. އެނދުމަތީގައި އޮށޯވެގެން އޮތް ޖީލާއަށް މިތަންފެނި ތެދުވެ އިށީންއިރު އެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ. މިޝަލް ސިންކުގައި އަތް އަޅުވާލަމުން ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. އިރުކޮޅަކުމިހެން ހުރުމަށްފަހު އަތަށް ފެންއެޅުމަށްފަހު މޫނަށް ފެންޖަހަންފެށިއެވެ. އެތަށް ފަހަރަކު މިޝަލް މިގޮތަށް މޫނަށް ފެންޖެހިއެވެ. އެނާ ހުއްޓާލީ ދޮރުގައި ޖީލާ ޓަކިޖަހައިލާފައި ގޮވާލުމުންނެވެ. މިޝަލް މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަން […]
“ނިމުނީ ރޭގަވީ އެއްވެސްކަމެއް މަންމަ ކައިރި ކީއްކުރަން ކޮންމެ މީހެއްކައިރި ބުންޏަސް. އެހެންނޫނަސް ކަލޭ ބުނާވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެ. ބުނެފިއްޔާ އަދި ތިޔައްވުރެން ބޮޑުވަރު ކޮއްލާނަން. އޭރުން ބޭޒާރުވާނީވެސް ހަމަ ކަލޭ. އަޑުއިވެއްޖެ.” ދާނިޝް ޝަޒިންއާއި ގާތައް ޖެހިލަމުން އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެއްޗަކުން މީހާ މުޅިންހެން ފިނިވިއެވެ. ތެދެކެވެ. ބޭބެއަކު ކޮއްކޮއެއްގެ ޢިއްފަތްތެރިކަން ފޭރިގަނެފާނެކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ. އަދި އެވެސް ދާނިޝްއެވެ. އެހާ އެކުގައި އުޅެފައި އެކަހަލަ މުޑުދާރު ޢަމަލެއް ކޮއްފާނެކަމެއް އެކަކުވެސް ޤަބޫލެއްނުކުރާނެއެވެ. […]
ވެލިގަނޑުމަތީގައި އޮތް ޝަޒިންގެ ރަތްވެފައިވާ ދެލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދަނީ ކަރުނައެވެ. ލައިގެން ހުރި ހުދު ހެދުން ލެއިން ފޭދިފައިވާއިރު އެދޮންވެލިގަނޑު ބަބުޅަމުން ދަނީ ރަތްލެއިންނެވެ. އިސްތަށިގަނޑުގައި ހަރުކޮށްފައި އިން ހުދުކުލައިގެ އޯކިޑްމާވެސް ދުރުގައިން ލެއިން ފެވިފައި އޮތެވެ. އެތާގައި ހިނގާދިޔަ އެއްވެސް ކަމެއް ދިރިހުރި ފުރާނައަކަށް ނޭނގެއެވެ. ބީއްސަމުން ދިޔަ ރާޅުތަކުން ދޮންވެލިގަނޑުމަތީގައި ހުރި ލޭތައް ފޭދެމުން ދިޔައިރު ހިނގާދިޔަ އެ ހާދިސާވެސް ލޯތަކަށް ކަޝްފުވެގެން ދިޔައެވެ. މަޑު ހިގުމެއްގައި ގެއަށް ވަދެގެން އައި ޝަޒިން ގޭތެރެއަށް […]
ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރު ހިންގައިލިތަނާ ޖީލާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ގައިގެ ހުރިހާ ނާރުތަކެއް އައްސިވިހެން ހީވިއިރު އެ ބޮޑު ދެލޮލުން ކަރުނަ ވިދައެވެ. މިޝަލް އާއި ދިމްނާ އޮތް ގޮތް ފެނީ ޖީލާގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ. އަތެއްފައެއް ހިރުވާލަންވެސް ނޭނގި އޮތް މިޝަލްގެ ކުރިމަތީގައި މިހިރީ އޭނާގެ ވާން އުޅޭ އަލަތު އަނބިމީހާއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެއްކަމު ދޫ ހަރަކާތެއް ނުކުރިއެވެ. “މިޝަލް” ކުއްލިއަކަށް އިވުނު އަޑުން […]
“ކޮބާ އަވަހަށް ކާން ފާށާ އެންމެން. ޒާހިދާ މަށަށް ފިނިފެން ތަށްޓެއް އާޅާދީބަލަ.” ސަލީމް ތަޢްޓަށްބަތް އަޅަމުން ބުނެލިއެވެ. “ދޮންބޭ އަޅުގަނޑަށް އިކޮނޮމިކްސް ޓިއުޝަން ޓީޗަރެއް ހޯދަދީބަ. ޕްލީސް.” ޝަޒިންއަށް މަންމަ ބުނި ވާހަކަ ހަދާންވުމުން އަވަހަށް ބުނެލިއެވެ. “ދިމްނާ އެބައުޅެ އެއްނުން. މިދިޔަ ހަފްތާގަ މެލެޝިއާއިން ކިޔާވާނިމިގެން އެއައީ. އޭނަ ރަނގަޅުވާނެ ހެން ހީވަނީ. ބައްޕަ ވާހަކަ ދައްކާލާނަން. ދެން އަންނަ ޓާރމްގަ ސްކޫލަށް ކިޔަވަދޭން ދާނެ ވާހަކަ އަޑު އިވުން. ތެދެއްދަ ދަރިފުޅާ؟” […]