އެއްވެސް ކަމެއްނުވެ ރާއިދު އެވަރުގެ އެއްޗެއް ނުބުނާނެކަން ޒާޔާ ދެނެ ހުއްޓެވެ. ރާއިދު ނުބުންޏަސް ރާއިދު އެހެން ބުނަން ޖެހުނު ސަބަބު ޒާޔާ އަށް އެނގެއެވެ. ރާއިދު ކޯލް ކަނޑާލިއިރުވެސް ޒާޔާ އިނީއެވެ. އިތުރަށް ޒާޔާ ބުނާނެ އެއްޗެއް ޚުދު ޒާޔާ އަކަށްވެސް ނޭނގުނެވެ. ރާއިދު ކައިރީގައި ސަބަބު އަހާނެ ހިތްވަރު ޒާޔާގެ ނެތީވެސް އެވަރުގެ ކަމެއް ޒާޔާއަށް ކުރެވިފައި އޮތީމައެވެ. ނިދިފައި އޮތް ޒިޔަލް ތަންމަތީގައި ބޭއްވުމަށްފަހު ޒާޔާ ބެލްކަންޏަށް ނިކުތެވެ. މިދުވަސް އަންނާނެކަން މާކުރިންވެސް […]
ހާސްކަން ޒާޔާ ވަށާލި ކަހަލައެވެ. ދެން ވާނީ ކިހިނެއްބާއޭ ޒާޔާގެ ހިތަށް އެރިއެވެ. ޝާރިފް ޒާޔާ އާއި އެއްކޮށް ދުރު ވާނީ ހެއްޔެވެ؟ ނޫނީ ދިލާ އެދެމީހުންގެ ގުޅުން މުޅި ރަށަށް ބޭޒާރު ކޮށްލާނީ ހެއްޔެވެ؟ ފަރުވާލެއްނެތެވެ. އެންމެންނަށް އެނގުނަސް ހެވެވެ. ޝާރިފްއާއި ދުރުގައި ނުހުރެވޭނެއެވެ. ހުރިހާ އެންމެންނާއި ކުރިމަތިލާނެހާ ހިތްވަރުވެސް ޒާޔާގެ އެބަހުއްޓެވެ. އެކަމަކު ޝާރިފްއާއި ނުލާ ޒާޔާ އަކަށް ނޫޅެވޭނެއެވެ. “އޭތް. ކިހިނެއްވީ؟ ހިނގާބަލަ ބޭރަށް ނިކުމެލަން. ތިހެން އަބަދު ގޭގަ ހުންނާކަށް ނުވާނެ.” […]
ހިތް ބާރުބާރަށް ތެޅެމުން ދިޔަ ނަމަވެސް ފާލިހް ޒާރާ އަށް ހިނިތުންވެލިއެވެ. “ކޮން ޝަރުތެއް؟” ފާލިހްގެ އަޑުގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ފާލިހް އަހާލިއެވެ. “ޝަރުތަކީ.. ބުނަންވީ؟” ޒާރާ ބޭނުންވީ ފާލިހް ތަޅުވާލަން ކަހަލައެވެ. ޒާރާ ހެވިފައި ފާލިހްއަށް ބަލަން ހުރި ކަމުގައިވިޔަސް ފާލިހްގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. “އަބަދުވެސް ޒާރާ އަކީ ފާލިހްގެ ރައްޓެއްސެއްކަމަށް ބަލަންވާނެ.” ދުވަހަކުވެސް މިގުޅުން ކަނޑާނުލައްޗޭ.” ފާލިހްގެ މިލާފައިވާ މޫނު މައްޗަށް އަލުން އާ ދިރުމެއް އައި […]
ނަމްބަރު ބަދަލު ކޮށްފަ ނުދިނީ ކީއްވެ؟” ޝާރިފްގެ ރާގުގައި ވަނީ ޝަކުވާ އެވެ. އެވަގުތު ޝާރިފްގެ ކަންފަތްމަތީގައި އެތިފަހަރެއް އަޅާފާނަމޭ ޒާޔާ ހިތަށް އެރިއެވެ. އެންމެ ފަހަރަކުވެސް ޒާޔާގެ ހާލު އަހާލިއްޔާ ވާނީ ކީއް ހެއްޔެވެ؟ މި ހުރިހާ ދުވަހު ޒާޔާ އުޅުނީ ކިހިނެއްތޯ ވެސް އަހާލުން ޝާރިފްއަކަށް މުހިއްމެއް ނުވިއެވެ. ޝާރިފްގެ މޫނަށް ބަލަން ހުރެ ޒާޔާގެ ހިތުން ކިތަންމެ އެއްޗެއް ކިޔި ކަމުގައިވިޔަސް ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. ވީ ދެރައިން ހިތަށް […]
ނުހާ މާކިންއަށް ބަލަން އޮތީ ތެދުވަން ވެސް ނޭނގިފައެވެ. މާކިންވެސް ހަމަ އެފަދައެވެ. ނުހާގެ އަތުގައި ހިފަން ދިއް ކޮށްލި އަތް ނަގަންވެސް ނޭނގިފައި މާކިންއަށް ހުރެވުނީ ނުހާއާ ދިމާއަށް ބަލާށެވެ. މާޒީގެ ސޮފްހާތަކަށް ސިކުނޑި ދަތުރު ކުރަމުން ދިޔައީ އެސްފިޔަ ޖަހާލިހާ އަވަހަށެވެ. އެވައުދުތަކެވެ. އެލޯބިން ފުރިގެންވާ ފިރުމުންތަކެވެ. އެކުގައި އެއް ހަށިގަނޑަކަށް ވެގެން ހޭދަކުރިހާ ވަގުތުތަކެވެ. ކޮންފަދަ ލޯބިވެތި ހިތްގައިމު ދުވަސްތަކެއް ހެއްޔެވެ؟ “މަށެއް ބޭނުމެއްނޫން މި ބުރައެއް އުފުއްލާާކަށް. ޅައުމުރުގައި ގައިދުވެގެން ކަލޭގެ […]
ހިނިތުންވެލަމުން ޒާޔާ ބަނޑުގައި ފިރުމާލީ ދެލޯ މަރާލަމުންނެވެ. އާނއެކެވެ. ޝާރިފްގެ ފަރާތުން ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ މިއަދު ޒާޔާއަށް ލިބުނީމައެވެ. މުޅި އުމުރު ދުވަހަށް ޝާރިފްގެ ހަނދާނެއް ޒާޔާ ކައިރީގައި ހުންނާނެތީއެވެ. ޔަޤީނެވެ. ޝާރިފް އުފަލުން ޒާޔާ އުރާލާނެވެ. އެ ޚިޔާލު ހިތަށް އައުމާއިއެކު ޒާޔާ ލަދުގަތެވެ. ޝާރިފް ޒާޔާ އުރާލާނެ ގޮތް ހިތަށް ސިފަކުރަމުންނެވެ. އަވަސް އަވަހަށް ޒާޔާ ފާހާނާއިން ނިކުތީ ޝާރިފްއަށް ގުޅާ އެ ޚަބަރު ދޭންވެގެންނެވެ. ފޯނާއި ދިމާއަށް ވެސް ޒާޔާއަށް […]
ފާލިހްއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާރުގައެވެ. ޒާރާގެ އަންހެންވަންތަކަމާއި ފުރިހަމަކަން ފާލިހްގެ އިހްސާސްތަކާއި ކުޅެމުންދަނީއެވެ. ޒާރާގެ މެރިފައިވާ ދެލޮލުގައި ފާލިހް އަތް ޖައްސާލީ ވަރަށް މަޑުމަޑުންނެވެ. ޒާރާ ފާލިހުގެ އަތު ތެރޭގައި އޭނާގެ ކުޑަކުޑަ ދޮން މޫނު ފޮރުވާލިއެވެ. ޒާރާގެ މޫނު ފާލިހްގެ އަތުގައި ޖެހުމުން ފާލިހްއަށް ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ. ޒާރާގެ ހަށިގަނޑުގައި ހީވަނީ އަލިފާން ރޯވެ އަނދަމުންދާހެންނެވެ. އެހާވެސް ހުންގަދައެވެ. ފާލިހް އަނެއްކާވެސް އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ޒާރާ އޭނަގެ އަތުގައި ހިފައި ދަމައިގަތީ ފާލިހް […]
ނިދާ ބޮކީގެ ފަނޑު އަލީގައިވެސް ޝާރިފްގެ މުށިކުލައިގެ އެމޫނު މަތިން ފެންނަން ހުރި ހިތްގައިމު ހިނިތުންވުން ޒާޔާގެ ހާސްވެފައިވާ ހިތް ހަމަޖައްސާލަދިނެވެ. ޒާޔާ ހުރީ ޝާރިފްގެ ހަރަކާތްތަކަށް ބަލާށެވެ. ވަށައިގެން ކޮޓަރިތެރެއަށް ނަަޒަރު ހިންގާލަމުން ޝާރިފް ބަލަމުންދިޔައީ ނިދާފައި އޮތް ޒިޔަލް އަށެވެ. ޝާރިފް މަޑުމަޑުން އެނދުގެ އެއްފަރާތުގައި އިށީނދެލުމާއެކު ޒާޔާ އައިސް އިށީނީ އެނދުގެ އަނެއްފަރާތުގައެވެ. “ދިހަ ފޫޓް ދޯ. ހަނދާން އެބަހުއްޓޭ.” ޝާރިފްގެ ބާރު އަޑުއިވިފައި ޒާޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “މިތާކު އެހާ […]
އަދި ފެންޖަހައިފިއެއްނު.” ޝަރީފާ ރުޅި އައިސްގެން ޒާރާ ގައިގައި ޖަހަން އަތްމަޅައިގަތެވެ. “ސޮރީ.” ޒާރާ ވަގުތުން އިސްޖެހިއެވެ. “ބަލަ ކަލެއަަކަށް ނޭނގޭތަ ކަލޭތީ ވަކި މަޤްސަދެއްގަ މިގެޔަށް ގެނެއްސަ ހުރި މީހެއްކަމެއް. އަމިއްލަ އަމިއްލައަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމެއް ނޭނގޭތަ.” ޝަރީފާ ހެދުމުން ފެން ފޮޅަމުން ޒާރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. “މަންމާ. ކޮން ހަޅޭކެއްތަ ތިލަވަނީ މިއޮށް ހެނދުނު.” ކުއްލިއަކަށް ފާލިހްގެ އަޑު އިވުމުން ޝަރީފާ އަށް ތެޅިގަނެވުނެވެ. ހާސްވެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައިގަތެވެ. […]