ވެއްޓިފައި އޮތް އިޝާ ފެނިފައި ނިހާން މޮޔަ ނުވީ ކިރިޔާއެވެ. ދުވެފައި ގޮސް އިޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޔާސިރު އާއި ދީމާ ވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައި ކަންބޮޑުވެފައެވެ. “ދަރިފުޅާ ޔުނާން. ކިހިނެއްތަވީ؟” ދީމާ ޔުނާން ގެ ގައިގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް ޔުނާން ހުއްޓުން އަރާފައި ހުރިގޮތަށް ހުރީއެވެ. ދެންމެގައި ޔުނާންއަށް ފެނުނު މަންޒަރު އެއްވެސް މީހަކަށް ނުފެންނަކަން ޔުނާންއަށް ޔަޤީނެެވެ. ކޮންފަދަ ބިރުވެރި ސިފައެއްގައި ހުރި މީހެއް ހެއްޔެވެ؟ ޔުނާންއަށް އެމީހާ ފެންނަންވީ […]
ދުވަހަކު އަންހެނަކު ނުދެކެންތަ؟” ޔުނާންގެ ހުއްޓިފައިވާ ކަޅި ހަރަކާތްކޮށްލީ އަނެއްކާވެސް ކުރިމަތީގައި ހުރި އަންހެންކުއްޖާގެ ހަރުކަށި ބަސްތަކުންނެވެ. “މާފްކުރޭ ސާހިބާ.” ޔުނާން އެއްޗެއް ބުނަން އަނގަ ހުޅުވި ނަމަވެސް ސާހިލް މާފަށް އެދުމަށްފަހު އަވަސް އަވަހަށް ޔުނާން ގޮވައިގެން ހިނގައިގަތެވެ. މޫނު ކުނި ކޮށްލަމުން އެ އަންހެންކުއްޖާ ހިނގައިގަތީ ވޮޝްރޫމް އާއި ދިމާއަށެވެ. “އެހެރަ ބޮޑާކަމެއް ދޯ. އެކަމަކު ހާދަ ތަފާތު ލުކެއް ހުރި ކުއްޖެކޭދޯ.” ހުސް މޭޒެއްގެ ކައިރީގައި ހުރި ގޮޑިއެއް ދަމާލަމުން ޔުނާން އިށީނދެ […]
އަސްލުވެސް އަހަރެން މަތިން ހަނދާންނައްތާލަނީ ތަ؟” ކަމީލާގެ އަޑު އެހާ ގާތުން އިވުމުން ޔުނާންއަށް ލިބުނު ސިހުމުގައި އަތުގައި އޮތް ފޯނުވެސް ވެއްޓިއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަހައްޓައިގެން އިނދެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ. “ކަމީލާ.” ޔުނާން އަށް ކަމީލާ އަށް ގޮވާލެވުނީ ނޭފަތް އެތެރެއަށް ދަމާލަމުންނެވެ. މަޑުމަޑު މީރުވަހެއް ނޭފަތުގައި ޖެހުނީމައެވެ. ޔުނާން ގޮވާލި އަޑު ކަމީލާއަށް އިވޭ ކަމަށްވެސް ނުވިއެވެ. ޔުނާން ކައިރީގައި ޖެހިގެން އިން ގޮޑީގައި ކަމީލާ […]
ޝިމްލާގެ ފެހި ވާދީތަކުގެ ފެހިކަން ވަނީ ފަނޑުވެފައެވެ. ހުއްޓުމެއްނެތި ފައިބަމުންދާ ސްނޯގެ ސަބަބުންނެވެ. ގަސްގަހުގައި ފަޅާފައިވާ އާކުރިތަކާއި ފަތްތަކުގައި ތަތްވެފައިވާ ސްނޯތައް މުތީތަކެއް ފަދައިން ދިއްލިފައި ވާއިރު އެމަންޒަރު ބަލާ ފޫހިނުވެއެވެ. ޝިމްލާއަކީ އިންޑިޔާާގެ އެންމެ ރީތި އަވަށެވެ. ދެވަނަ ސުވަރުގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒުވާން ޖޯޑްތަކުގެ ހިތްތަކުގެ ހަމަޖެހުމެވެ. އެތަކެއް ލޯބިވެރިންގެ ލޯބި ފެށުމުގެ މަންޒިލްވެސް މެއެވެ. އޭގެ ހެއްކަކީ ޔުނާންއާއި ކަމީލާއެވެ. ޝިމްލާގެ އެންމެ މަޝްހޫރު އިންދިރާ ގާންދީ މެޑިކަލް ކޮލެޖްގެ ފައިނަލްގައި […]
އަތުގައި އޮތް ކޮތަޅުވެސް މަލަކާއަށް އަތުގެ ކޮޅަށް ހޫރާލެވުނީ ލިބުނު ހިތްދަތިކަމާއި ރުޅީގައެވެ. އޭނައާއި ހިނިތުންވެލާފައި ވާހަކަ ނުދައްކާއިރު އެހެން އަންހެނަކާ ވާހަކަ ދައްކަމުން އެދިޔައީ ދަތްޕިލަ އަތްމަައްޗަށް ނަގައިގެންނެވެ. މަލަކާގެ ހިތަށް އައިހާ އެއްޗެއް ކިޔަން ބޭނުން ވިޔަސް ދުލާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. މަލަކާގެ ހިތުގެ އުދާސްތައް އަޑުއަހާނެ އެއްވެސް ކަންފަތެއް ނެތެވެ. މީހުންގެ ލޯތައް މަލަކާއަށް އަމާޒުވެފައި ހުރި ކަމުގައި ވިޔަސް މަލަކާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ހުއްޓުވާކަށް މަލަކާ މަސައްކަތެއް […]
އެވަގުތު ޒިޔަލް ހޭލައިގެން ރޮއެގަތެވެ. ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ވެސް އެވަގުތުއެވެ. އަދި ޒާޔާއަށް ނިދުނުތާ މާގިނަ އިރުތަކެއްނުވެއެވެ. އެހެންވެ ޒާޔާގެ ބޮލަށް ހުރީ ފާޑަކަށް އެނބުރުން އަރާފައެވެ. ކައިރީގައި ހުރި ބުއްފުޅި ނަގާ ޒިޔަލްގެ ތުބުގައި ޖެއްސީ ރާއިދުއެވެ. ޒާޔާއަށް ކަމެއް ވާނީ ޒާޔާގެ ދެލޯ ހުޅުވިގެން ނޫން ހެއްޔެވެ؟ ރާއިދު ކޮޓަރި ތެރޭގައި ހުރި ކަމެއްވެސް ޒާޔާއަށް ރޭކާނުލައެވެ. އަނެއްކާވެސް އަރާމު ނިދީގެ ތެރެއަށް ޒާޔާ ގެބިގެން ދިޔައީއެވެ. ސިގެރެޓަކަށްފަހު ސިގެރެޓެއް ހުލިވަމުން […]
ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަދަލުވަމުން ދިޔައިރު ނުހާ ތުރުތުރުއަޅައެވެ. އަނގަ ތަންމިނަން ހުޅުވައިގެން ހުރި އާސިފް ހުއްޓުން އަރާފައި ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރާއި މެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ އާއި މާކިން ގެ އެފޮޓޯތަކަށް ބަލަން ތިބި އެންމެން ނުހާ އާއި ދިމާއަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. “ވަޓް އިޒް ދިސް އަޔާން؟” އާސިފް ދުވަހަކުވެސް އަޔާން ދެކެ މިހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ. “ޓްރްތު.” އަޔާން ހުރީ އާސިފްގެ ހުރިހާ […]
ދެލޯ އެދެމުން ދިޔައީ ހިތް ފުރެންދެން ޝާރިފްގެ މޫނަށް ބަލާށެވެ. އެކަމަކުވެސް ރާއިދު ޖެހިގެން އިނުމުން ޒާޔާއަށް އިސް އުފުލާލަންވެސް ނުކެރުނެވެ. “ވާހަކަ ދައްކަބަލަ؟” ރާއިދު މޭޒުމަތީގައި އަތް ބާއްވާލަމުން ޝާރިފްއަށް ބަލާލިއެވެ. “މި އުޅެނީ ކިހިނެއްވެގެންތަ؟” ހިތް ނުތަނަވަސް ވާން ފެށުމުން އެންމެ ފަހުން ޒާޔާގެ އަނގަ ހުޅުވުނެވެ. އަދި އިސްއުފުލާ ޝާރިފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ޝާރިފްވެސް އިނީ ޒާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު މުޅި ކައުނުވެސް […]
މަލަކާގެ އަޑަށް ފާލިހްއާއި ޒާރާ ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ ބޮޑުވެފައިވާ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. “ބޭބީ. ތިހީކުރާ-” ފާލިހް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރިޔައެއް މަލަކާ ނުދިނެވެ. “ކޮން ބޭބީއެއް ކިޔާކަށް. ތިވައްތަރަށް ނޫޅެ ރީއްޗަށް ބުނި ނަމަވެސް.” މަލަކާގެ އަޑުބެދުނެވެ. ރޮވޭ ވަރުން އޭނައަކަށް ވާހަކައެއް ނުދެއްކުނެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން މަލަކާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ފާލިހް ކަރު އެލުވާލީ ދެން […]