“ތީ ކާކު؟” އަނގަ ތަންމިނަށް ހުޅުވިފައި ހުރި ދީމާ އިތުރަށް ސިހުނީ ކުރިމަތީގައި ހުރި މީހާގެ ފުރަގަހުން ނިކުތް އަންހެންކުއްޖާ ފެނިފައެވެ. އެއީ ކަމީލާ ނޫން ދެވަނަ މީހެއް ނޫނެވެ. ދީމާ އަށް ހުރެވުނީއެވެ. ބަސްހުއްޓިފަ އެވެ. ހިނިތުންވެލަން ނޭނގުނުތާގައި ދައްކާނެ ވާހަކައެއްވެސް ދީމާއަށް ނޭނގުނެވެ. “ޔުނާން އެބައުޅޭތަ؟” ކަމީލާ ދިވެހިން ވާހަކަ ދެއްކުމުގައި ނުފަރިތަ ގޮތެއް ހުއްޓެވެ. “ތީ ކަމީލާތަ؟” ލޮލަށް ފެންނަމުން ދިޔަ މަންޒަރު ދީމާއަށް ޤަބޫލު ނުކުރެވޭ ކަހަލައެވެ. ކަމީލާގެ ސުވާލަށް ޖަވާބު […]
ޔުނާން އަކީ ޚުދު ޑޮކްޓަރެއް ކަމުން އެއީ ކޮން އެއްޗެއްކަން ދެނެގަންނާކަށް މާގިނައިރެއް ނުނެގިއެވެ. އެވަގުތު ޔުނާން އަށް އިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ހުއްޓުން އަރާފައެވެ. އިޝާ ބަނޑު ބޮޑު ކަން އޭނާާއަށް ސިއްރުކުރަންވީ ކީއްވެގެންބާއެވެ. “ދަރިފުޅާ. އިޝާއަށް ކިހިނެއްވީތަ؟” އިޝާ އަތްމައްޗަށް އުފުލާލައިގެން ސިޑިން ފައިބައިގެން އައި ޔުނާންގެ ކައިރިއަށް ދީމާ ދިޔައީ ދުވެފައެވެ. “އިޝާ ބުނިތަ މަންމަ ކައިރީގައި އިޝާ ބަނޑުބޮޑު ވާހަކަ.” ޔުނާންގެ ނިތްްކުރިމަތީގައި ވިދަމުންދާ ދާ ތިކިތަކުން ދޭހަވަނީ ޔުނާން […]
ނަގައިގަތް ދިލައާއިއެކު ޔުނާން އަށް އަތުގައި ފިރުމާލެވުނެވެ. ކަމީލާ ހުރީ ކަޅިވެސް ޖަހައިނުލާ ޔުނާން އަށް ބަލާށެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ. “އިނގޭ މިހާރު އަހަރެން އަތް ލަން ޔުނާންއަށް ކަމުނުދާކަން. އެކަމަކު ތީ މަގޭވެސް ފިރިމީހާ.”. ކަމީލާ ޔުނާން އަށް ފުރަގަސްދިނެވެ. “ކިހިނެއް ކަމީލާ އަށް އެނގުނީ އަހަރެން މެރީ ކުރިކަމެއް.” ޔުނާން އެހާ ސިއްރުން ކުރި ކަމެއް ކަމީލާއަށް އެނގެންވީ ކީއްވެ ހެއްޔެވެ؟ “އިނގޭނެ ދޯ ހޯދަން އުޅެންޏާ. ޔުނާންއަށް ނޭނގޭ ބައިވަރު […]
ކެތްތެރިކަމެއްނެތި ދީމާ ޔުނާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީ ޔުނާން ބުނާނީ ކީކޭ ކަން ޚިޔާލަށްވެސް ގެންނަން ނޭނގޭ ހާލުގައެވެ. “މި ކައިވެނި ކުރަން ބޭނުންވަނީ ސިއްރުން.” ޔުނާން އަދިވެސް ހުރީ ދީމާ އަށް ފުރަގަސްދީގެންނެވެ. “ކީކޭ؟ ތި ބުނީ؟” ދީމާ ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަން ހުއްޓެވެ. “އިޝާ ބޭނުން ވެދާނެ ބޮޑު ޕާޓީއެއް ބާއްވާ ނޫނީ ރައްޓެހިން ގެނެސް ހަދަން. އެކަމަކު އެގޮތް އަހަރެން ބޭނުން ނޫން ވާހަކަ މިބުނީ.” ޖިންސްގެ ޖީބަށް […]
ދީމާ އޮތީ ހިތްހަމަ ޖެހިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިތްގައިމު ހިނިތުންވުމުން އެކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. “ޔުނާންއަށް އެނގިއްޖެއްޔާ އޯ.” ދީމާ މޯޅިއަކަށް ދެމިލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑުގައި ބެޑްޝީޓް އޮޅާލިއެވެ. ލާނެތްފާނޑަކަށް ހެވިފައި ދީމާގެ މޫނަށް ބަލަން އޮތީ ދެވަނަ ދެ މީހެއްނޫނެވެ. ޔުނާންގެ ގާތް އެކުވެރިޔާ ސާހިލްއެވެ. “މިހާރު އަހަރެއްވެއްޖެއެއްނު މިކަމަށް. އަހަރެމެން އުޅޭގޮތަކުން އެކަކަށްވެސް ނޭނގެއެއްނު. އަނެއްކާ ކާކު ހީކުރާނީ މަންމައަކާއި ދަރިއަކާއި މިހެން އުޅޭނޭ.” ސާހިލްގެ ހިތުގައިވާ ޔަޤީންކަން […]
ކުއްލިއަކަށް ޔުނާން ފެނުމުން ޔާސިރު ވެސް ހުރީ ހާސްވާ ގޮތްވެފައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ހަމަޖައްސާ ނިންމިއިރު އެދަރިފުޅު ކައިރީގައި އަހާވެސް ނުލެވުނީތީއެވެ. ޔާސިރުގެ ހިތުގައި ޔުނާން އާ ދޭތެރޭގައި އޮތް ޔަޤީންކަން އެހާވެސް ބޮޑެވެ. ޔާސިރުގެ އެދުމާއި ޔުނާން ދެކޮޅު ނުހަދާނެކަމަށް ޔާސިރު ޤަބޫލު ކުރާތީއެވެ. “ދަރިފުޅު. ކިހިނެއް ފުރަތަމަ ދުވަސް ދިޔައީ ޖޮބްގެ؟” ވެފައި ހުރި ހާސްކަން ފޮރުވުމަށްޓަކާ ޔާސިރުއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. “ޑޭޑް. އިޝާ އާއި އަހަރެންގެ ކައިވެންޏޭ.” […]
ކަޅުރަތް ކުލައިގައި ފެންނަން ހުރި އެތަން ފެންނަލެއް ނިކަން ބިރުވެރިއެވެ. ޔުނާން އަށް ވޭނުގައި ރޮމުން ގެންދާ އިޝާ ގައިގައި ދެވަނަ ފަހަރަށް އަތްލާކަށް ނުކެރުނެވެ. “މީ ކުރިންވެސް ވާގޮތެއްތަ؟” ޔުނާންގެ އަޑު ތުރުތުރުއަޅައެވެ. “ނޫން. އަޅެ ޔުނާން. ހާދަ ދިލައެއް އެބަ ނަގައޭ.” އިޝާ އޭނާގެ ކަރުނުން ފުރިގެންވާ ދެލޮލުން ޔުނާންއަށް ބަލާލިއެވެ. ޔުނާން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ޑޮކްޓަރަކަށް ވީ ކަމުގައި ވިޔަސް އެކަމަކީ ޔުނާން ދުވަހަކު ލޮލުން ދެކުނު ނޫނީ އަޑުއަހާފައި ވެސް […]
މަންޒަރު ބަލަން އިން ސާހިލް އިނީ ނުލަފާ ހިންޏެއް އައިސްފައެވެ. ކައިރިވަމުން ދިޔަ އިޝާގެ ދެލޮލަށް ބަލާލަމުން ޔުނާން އިޝާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އިޝާގެ ބޮޑު ދެލޮލުގައި ވަނީ އަޖައިބެއްފަދަ ޖާދޫއެކެެވެ. ޔުނާން އިސްޖަހާލީ އިޝާގެ އެދެލޮލުގެ ޖާދޫގައި ޖެހިދާނެތީއެވެ. ޔުނާންގެ ހިތާއި ފުރާނައަކީވެސް ކަމީލާގެ އަމާނާތެއްކަން ޔުނާންއަށް އެނގޭތީއެވެ. “ތި ކަހަލަ ރަނޑު ފިރިހެނުންވެސް އުޅޭތަ؟” ނޭނގި ނަމަވެސް އިޝާއަށް ހިފާ ދެމުނީ ޔުނާންގެ ބަލިފައިގައެވެ. ޔުނާންއަކީ ބަލި ޤަބޫލުކުރާ މީހެއްނޫނެވެ. އަދި މީހަކު […]
ޔުނާން އަވަސް އަވަހަށް ވެއްޓިފައި އޮތް ސްކާފް ނަގައި އަތަށް އޮޅާލިއެވެ. އެއީ މީގެ ދެއަހަރު ކުރިން ޔުނާން ކަމީލާއަށް ގިފްޓް ކޮށްފައިވާ ސްކާފެވެ. ކަމީލާގެ ފެވަރިޓް އޮރެންޖް ކުލައެވެ. ޔުނާންއަށް ސްކާފް ގެނެސް މޭގައި ޖައްސާލެވުނެވެ. ޔުނާންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ސާހިލް ދެބުމަ ގޮށް ޖަހާލައިގެން ހުރީ ވާނުވާ ނޭނގިފައެވެ. “ޔުނާން.” މާޒީގެ ތެރެއަށް ފީނައިގަންނަން ތައްޔާރަށް ހުރި ޔުނާން ސިއްސުވާލީ ސާހިލް އައިސް ޔުނާންގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ. އިތުރު މީހަކު ކައިރީގައި […]