އޯކޭ. ރެސްޓް ކޮށްލާ. މިރޭ ދާނަން.” އާސިފް ނުހާގެ ބޮޑު ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ހިނިތުންވެލަމުން ނުހާ ހިނގައި ގަތް ވަގުތު ނުހާގެ ފައިކައިރީގައި ވެއްޓިފައި އޮތް ސިޓީއުރައެއް އާސިފްގެ ލޮލުގައި އަޅައިގަތެވެ. އޭޑީކޭގެ ލޯގޯ ޖަހައިފައި އިނުމުން އާސިފް އެސިޓީ އުރަ ނެގީ ސުވާލުގެ ނަޒަރަކުން ނުހާއަށް ބަލާލަމުންނެވެ. “ނުހާ. މީ ކޯޗެއް؟” އާސިފްގެ އަޑަށް ނުހާ އެނބުރި ބަލައިލިއެވެ. އާސިފް އަތުގައި އޮތް ސިޓީ އުރަ ފެނިފައި ނުހާއަށް ތެޅިގަނެވުނެވެ. ބޭއިހްތިޔާރުގައި ސިޓީ އުރަ […]
އަޔާންވެސް ހުރީ ނުހާއަށް ބަލާށެވެ. މަލަކާ ބަލާކަށް ނުހުރެ ނުހާ އަތުގައި އޮތް ފޮޓޯގަނޑު ނަގައި ބަލާލިއެވެ. “މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. “މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރުވެސް […]
އިށީނދެގެން އިން ގޮޑިން އަޔާންއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. “މީތޫ. ކޮންތާކުތަ އަޅެ ތިއުޅުނީ މިޔަށް ހުރިހާ ދުވަހު. ހާދަ ދުވަހެއް ފަހުންނޭ ދޯ މިދިމާވީ.” މަލަކާ ހުރީ އިންތިހާ ދަރަޖައަށް އުފާވެފައެވެ. މީތަންއަކީ މަލަކާއާއި އެއްކުލާހެއްގައި ކިޔަވަން އުޅުނު މަލަކާގެ ރައްޓެއްސެކެވެ. މަލަކާއާއި މީތަން އެންމެ ފަހުން ދިމާވީވެސް މީގެ ހަ އަހަރު ކުރިންނެވެ. އެއީ މީތަން އިތުރަށް ކިޔެވުމަށްޓަކާ ލަންކާއަށް ފުރަން އޮތް ދުވަހުއެވެ. “އަދި ތިން މަސް މިވީ. ހައުޒް ޔޫ.” މަލަކާއި […]
މީތަންގެ ޕާސް ތެރޭގައި އޮތް ފޮޓޯ ގަނޑަށް ނަޒަރު ހުއްޓިފައި އަޔާން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. “ޝީ އިޒް ޓޫ ކިޔުޓް.” ޕާސް ތެރެއިން ފޮޓޯގަނޑު ނަގަމުން އަޔާން އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެފޮޓޯއަކީ މީތަންގެ ފޮޓޯއެކެވެ. މީތަންގެ ލޮލުގައި އޮންނަ ކަޓް އައިނު ގަނޑެއްވެސް އެފޮޓޯގައި ނެތެވެ. މެރޫން ކުލައިގެ ކުރު ހެދުމެއް ލައިގެން ހުރިއިރު މީތަންގެ ރީތިކަން ބަލައި ފޫހިނުވެއެވެ. ކުއްލިއަކަށް މީޓިން ރޫމް ދޮރު ހުޅުވުނު އަޑަށް އަޔާން އަށް […]
އާސިފް”. ނުހާގެ ތުއި އަޑުން އާސިފް އިތުރަށް ނުހާ އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ. “ނުހާ ކަހަލަ ރީތި ކުއްޖަކާއެކު މިގޮތަށް ވަގުތު ލިބޭނެ ކަމަށް ދުވަހަކުވެސް ހީނުކުރަން. މިހާރު ހިތަށް އަރާ ނަސީބެކޭ ނުހާއަށް ލިފްޓެއް ދީ ވާހަކަ ދައްކާލެވުނުކަން.” އާސިފް ހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާގެ އަންހެނުން ނިޔާވި ފަހުން އޭނާ އުޅެމުން ދިޔައީ ނުލާހިކު އެކަނިވެރި ދިރިއުޅުމެކެވެ. ނުހާ ކަހަލަ ޒުވާން ކުއްޖަކު އޭނާ ދެކެ ލޯބިވެދާނެ ބާއެވެ. “އުހުނ..ތީ އަހަރެންގެ ނަސީބު.” ދެމާނަ […]
ކުއްލިއަކަށް ސިކުނޑި ހާސްވެ މީހާގެ މޫނު މަތިން ދާތިކިތައް ފާއްދާލިއެވެ. އަޔާން އަނެއްކާވެސް ދަހާ ގެ މޫނަށް ބަލާލިއެވެ. އޭރު ދަހާ ވެސް އަޔާން އަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. “ނުހާ. މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަޔާން.” އާސިފް ދަހާއަށް އަޔާން ތަޢާރަފްކޮށް ދިނެވެ. ދަހާ ކުރިއަށް ޖެހިލާ އަޔާން އާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އަޔާން އަށް ގަނޑުވެފައި ހުރެވެނީއެވެ. ކޮން ނުހާއެއް ހެއްޔެވެ؟ އަޔާން ދަންނަ މީހެއް ކަމަށްވެސް ނުހެދިއެވެ. އެކީއްވެ […]
އެވަގުތު މުޅި ކާއިނާތުވެސް ހުއްޓިގެން ދިޔަ ކަހަލައެވެ. ގުޑިލާންވެސް ނޭނގިފައި އަޔާންއަށް ހުރެވުނީ ބަލާށެވެ. ނުދަންނަ މީހެއް ކުއްލިއަކަށް އައިސް އަތުގައި ހިފުމުން އަޔާން އަކަށް ހައިރާނެއްނުވެވުނެވެ. ސުވާލެއްވެސް ނުކުރެވުނެވެ. “ކުޅަދުންވަންތަކަމާއެވެ.” އަޔާންގެ ހިތަށް އަރައި ފައިބަމުން ދިޔަ އިޙްސާސްތައްވެސް ދުލާ ހަމައަށް އަންނަން ނުކުޅެދިފައިވާ ކަހަލައެވެ. “ސޮރީ. އަސްލުވީގޮތަކީ…..” ކުރިމަތީގައިހުރި އަންހެންކުއްޖާގެ ވާހަކަ މެދުކަނޑާލަންޖެހުނީ އަޔާންގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނިފަ އެވެ. ހައިރާންވެފައި ހުރެ އޭނާގެ ބޮޑު ދެލޯ އަޔާންގެ މޫނަށް ހުއްޓާލައިގެން […]
އިރު އޭގެ ވާޖިބު އަދާކުރަމަށްފަހު ވިލާތަކުގެ ނިވަލުގައި ފިލުމުން އަނދިރިކަން ދުނިޔެ ވަށައިލައިފިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް މަސައްކަތް ކުރަމުންއެދަނީ ކަޅު އަނދިރިކަން ވެރިވެފައިވާ ދުނިޔެ މައްޗަށް އަލި ކަމެއް ގެނެސްދެވޭތޯއެވެ. ނަމަވެސް ރޭގަނޑުގެ ރަސްގެފާނު ކަމުގައިވާ ހަނދު ފެންނަން ނެތުމުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ ފަޅުކަމެކެވެ. މާލޭގެ ގެތަކާއި މަގުތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅި މާލެ ވިދާ ބަބުޅަމުން އެދަނީވެސް ރޭގަނޑުގެ އަނދިރިކަމާއި ފަޅުކަމުން ސަލާމަތްވުމަށް ކަން ޔަޤީނެވެ. ފްލައިޓްގެ ކުޑަދޮރުން ބޭރު […]