ޝާރިފްއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒާޔާ ޝާރިފް ދިއްކޮށްލި އަތުގައި ހިފިއެވެ. “އަރާބަލަ ސައިކަލް ފަހަތަށް.” ޝާރިފް ހިނިތުންވެލިއެވެ. “ނުކެރޭނެ. މީހަކަށް ފެނިއްޖެއްޔާ ޔޯ.” މަގުގެ ދެފަރާތަށް ޒާޔާ ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ޝާރިފް ނުބުންޏަސް ޒާޔާ ހުރީ އެސައިކަލްގެ ފަހަތަށް އަރާ ހިތުންނެވެ. ޝާރިފްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ކޮނޑުމަތީގައި ބޯ އަޅާލާ ހިތުންނެވެ. “އަރާބަލަ ދެން.” ޝާރިފް އަނެއްކާވެސް އެދުނެވެ. ޒާޔާ ބޯޖަހާލަމުން ޝާރިފްގެ ސައިކަލް ފަހަތަށް އެރިއެވެ. ރަށުގެ މަގުތަކުގައި އެއްވެސް އަލިކަމެއްނެތެވެ. […]
ޑޮކްޓަރ. ކިހިނެއްތޯ އަހަރެންގެ ވައިފް.” ޑޮކްޓަރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ފާލިހް ވާހަކަ ދައްކަންފެށިއެވެ. އަޔާންވެސް ޑޮކްޓަރާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރީ ޑޮކްޓަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. “ވައިފް ރަނގަޅު.” ފާލިހްގެ މޫނު މަތި އުޖާލާވެގެންދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އުފަލުގައި އޭނާ ޑޮކްޓަރާއި ސާލާމް ކުރަން އަތް ދިއްކޮށްލީ ޝުކުރުއަދާކުރުމުގެ ގޮތުންނެވެ. “ބަޓް.” ފާލިހްގެ އުފާވެރި މޫނު ފެނިފައި ޑޮކްޓަރ ހުރީ ފެންކަޅިވެފައެވެ. ބުނަން އުޅުނު ވާހަކަވެސް ނުބުނެވުނެވެ. ނަމަވެސް އަނެކާ ކިތަންމެ […]
މަލަކާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައެވެ. މީތަން އަކަށް ބަލާކަށް ނުހުރެވުނެވެ. ފެން އިސްކުރު ބާރު ކޮށްލަމުން ވެއްޓިފައިވާ މަލަކާގެ އަތުގައި ހިފައި ތަޅުވައިގަތެވެ. “މަލަކާ.” މީތަން މަލަކާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. މަލަކާގެ އެސްފިޔަތައް ހަރަކާތްކުރި ތަން ފެނިފައި މީތަން އަނެއްކާވެސް މަލަކާގެ ކޮލުގައި ޖަހާލިއެވެ. “ހިނގާ ތެދުވަން. ކިހިނެއްވީ ވެއްޓުނީ.” މީތަން ވަރަށް އުނދަގުލުން މަލަކާ ނަގާ އޭނަގެ ގައިގައި ލައްކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި ބޭއްވިއެވެ. މަލަކާ އޮތީ މުޅިން […]
ނުދަންނަ އެތައް ބައެއްގެ ފްރެންޑް ރިކުއެސްޓް އަންނަ އިރުވެސް ދުވަހަކުވެސް ޒާޔާ އެއިން މީހެއްގެ ޕްރޮފައިލްއަށް ވަދެ ހާވާފައެއް ނުވެއެވެ. އެއްވެސް ޝައުޤުވެރިކަމެއްވެސް ނުހުރެއެވެ. ނަމަވެސް އެނުދަންނަ މީހާގެ ޕްރޮފަައިލް ބަލާލަން ޒާޔާ އެހާ ބޭނުންއެވަނީ ކީއްވެ ކަމެއް ޚުދު ޒާޔާއަކަށްވެސް ނޭނގެއެވެ. ސިކުނޑި ވިސްނައިދެމުން ދިޔައީ އަޅައިނުލުމަށެވެ. ނަމަވެސް ހިތް ސިކުނޑިއާ ޚިލާފެވެ. ޒާޔާ ޕްރޮފައިލް ހުޅުވާލިއެވެ. މީހެއްގެ ފިރިއެކެވެ. ކުޑަކުޑަ ލޯބި އަންހެން ކުއްޖެއްގެ ބައްޕައެކެވެ. ޕްރޮފައިލްގައި ހުރި ފޮޓޯތަކާއި އެއްޗެހި ބަލާލުމަށްފަހު ފޯނު […]
ދޮރާއި ހަމައަށް ދުވެފައި ދިޔަ އަޔާން ގެ ފިޔަވަޅު ކުއްލިއަކަށް ހުއްޓުނެވެ. އަތުގައި އޮތް ނުހާ ގެ ރިޕޯޓަށް ބަލާލަމުން އަޔާން ޖީބުގައި އޮތް ފޯނު ނަގާ ފާލިހް ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. “މިގެއަށް އާދެވިދާނެތަ؟ މިހާރު. އިޓްސް އާޖެންޓް.” އަޔާން ފޯނު ބޭއްވީ ފާލިހް މިހާރު މިދަނީ އޭ ބުނީމައެވެ. “ދަރިފުޅު ކޮންތާކަށް؟ ” ފާލިހްގެ މަންމަ ޝަރީފާ އިނީ ގޭގެ ބޮޑު އުނދޯލީގައެވެ. “އެބަ އަންނަން އަޔާން މެންގެޔަށް ގޮސްލާފަ. މަލަކާއަށް ބަލާލައްޗޭ.” […]
ފިހާރައަށްވަދެ ނެޕީ ބޮޑި ގަނެގެން ނިކުމެވެސް ޒާޔާ އެތައް އިރެއް ވާންދެން ފިހާރަ ދޮރު މަތީގައި މަޑުކޮށްލިއެވެ. ކީއްވެ ކަމެއް ޚުދު ޒާޔާ އަކަށްވެސް ނޭނގެއެވެ. ދެލޯ ހޯދަން އެދޭ މީހާ ނުފެނުމުން ޒާޔާ މިސްރާބުޖެހީ ގެޔާއި ދިމާލަށެވެ. “ހާދަ ލަސްވީ.” ރާއިދު ހުރީ ދޮރުމަތީގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލައެވެ. ޒާޔާ ލަސްވެގެންނެވެ. “ފިހާރަ ތެރޭގައި ތަންކޮޅެއް މީހުން ގިނައީ. ކޮބާ ޒިޔަލް.” ޒާޔާ ނެޕީ ކޮތަޅު ރާއިދުއަށް ދިއްކޮށްލިއެވެ. “މަންމައާއެކު ނިދައިފި. ހިނގާ ރޫމް ތެރެ […]
ކަލޭ މޮޔަވީތަ އަނެއްކާ؟” ފާލިހްގެ ބޮޑުވެފައިވާ ދެލޮލާއި ތަންމިނަށް ހުޅުވިފައިވާ އަނގަ ފެނިފައި އަޔާން ފާލިހްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ނިކަން ބަލާބަލަ އެއޮށް ކަމެއް؟” ފާލިހް އެހެން ބުނުމާއެކު ފަހަތަށް އެނބުރި އަޔާންއަށް ބަލާލެވުނެވެ. އަޔާންގެ ނިއްކުރިއަށް އެރި ރޫތަކާއެކު އަނގަ ހުޅުވައިލެވުނުވެ. އެހަމަ މީތަން ބާއެވެ. ކަޅު އަތްދިގު ގަމީހަކާއި މެރޫން ކުލައިގެ ސްކާޓެއް ލައިގެން ހުރިއިރު މީތަންގެ ލޮލުގައި އޮންނަ ކަޓު އައިނުގަނޑެއްވެސް ނެތެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގައި ހުޅިއެއް ޖަހާފައިވާއިރު […]
މެންދުރުގެ ގަދައަވިން މުޅި ދުނިޔެ ވިދަމުންދާއިރު އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިން ގަސްތައް ނަށަމުންދިޔައެވެ. ފަޒާގައި ރަސްކަންކުރަމުންދާ ގަދަ އަލިން ގަސްގަހުގެ ފަތްތައް ވިދަމުންދާއިރު މުތީތަކެއް ފަދައެވެ. ބަލާ ފޫހިނުވާހާ ހިތްގައިމެވެ. މާހައުލަކީ ހުޅުމާލޭގެ ހިތްގައިމު މާހައުލެވެ. ގިނަމީހުން ދެކޭ ގޮތުގައި ހުޅުމާލެއަކީ ރާއްޖޭގެ ސުވަރުގެއެވެ. ހިތްފަސޭހަކަމުގެ ބަގީޗާއެކެވެ. އެހާ ހިތްފަސޭހަ ތަނެއްގައިވެސް މޮޅީގެ ސާލެއް އޮޅާލައިގެން ޒާޔާ އިނެވެ. ހެނދުނު ހަތެއްގެ ފެރީގައި މާލެއިން ހުޅުމާލެ އައިގޮތަށް ޒާޔާ ބީޗްގައި ހުރި ގޮޑިއެއްގައި އިށީންދެގެން އިންނަތާ […]
މިއަދު ނުހާގެ ރީތި ކަމުގެ އެއްވެސް އަގެއް އަޔާންގެ ކުރިމަތީގައި ނެތް ކަހަލައެވެ. ނަފްރަތުން ފުރިގެންވާ ބެލުމަކުން ބަލަން ހުރެ އަޔާން ކުރިއަށް ޖެހިލީ ނުހާގެ ކަންފަތްމަތީގައި ނިކަން ލޯބިން ފިރުމާލުމުގެ ނިޔަތުގައެވެ. “ސޮރީ ދަރިފުޅު. މިހާ ދުވަސްވީމަ ބައްޕައަށް ނުކެރުނީ ދަރިފުޅު ކައިރީގައި ބުނަން. މީ ދެން ސިއްރެއް. ބައްޕަ އުއްމީދު ކުރަން ދަރިފުޅު މިކަން ސިއްރު ކޮށްދޭނެ ކަމަށް.” މާކުރިން އަޔާން ކައިރީގައި ވާހަކަ ދައްކަންޖެހޭ ގޮތް އާސިފް ރާވައިފައިވާ ކަހަލައެވެ. އާސިފްގެ ވާހަކަ […]