Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 42

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 30, 2021 13 Mins Read
2 Comments

* ”ކީކޭ އިޒްކާން..؟” ޚިޔާލީ ދުނިޔެއެއްގައި ހުރެފައި ނީޝަލްއަށް އެހުނެވެ. ޒީޝް ކާން އިން އައިސްކްރީމްތަށި ވެއްޓުނެވެ. އަނގައިގައި ވާހާ ވެނީލާ އައިސްކްރީމްތަކެއް ޓެންގެ ގަޔަށް ވެރުނެވެ. ނީޝަލް އަވަހަށް އަނގަމަތީގައި އަތް އަޅާފައި ދެ ފަރާތް ބަލާލީ އެ އަޑުއިވޭ ހިސާބުގައި އިތުރު އެހެން މީހަކު ހުރިތޯއެވެ. ޓެން ނަގާ މޭޒުމަތީގައި ބައިންދާފައި ޒީޝް ވަގުތުން ދުވެފައި އައެވެ. އަހަރެން ވީއިރުވެސް ނީޝަލް އިޒްކާންގެ ނަން މީހަކަށް އިވޭވަރަށް ބުނީ ދެންމެ އެކަންޏެވެ. *

“ނީޝް..؟؟ ވަޓް ޑިޑް ޔޫ ޖަސްޓް ސެއި..؟” ޒީޝް ލޯބޮޑުކޮއްލަމުން ނީޝަލްގެ ގާތުގައި ކުޑަކަކޫ ޖަހާލަމުން އިށީނދެލިއެވެ. ”އެބްސޮލޫޓްލީ ނަތިން..!!!” ނީޝަލް އަވަހަށް ޒީޝް ފޮޅުވާލާފައި އަވްލީން އާއި ކައިޔަންގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ބޯ ކަހާލާފައި ޒީޝް ޓެން އޭތީގެ ކުޑަކުޑަ ޓަބްއަށް އަރުވާ ފެންވަރުވައިދޭން ފެށިއެވެ.

އިޒްކާން އިނީ އާދައިގެ މަތިން އޭނާގެ އެނދުގައި އިށީނދެލައިގެންނެވެ. އަތުގައި އޮތް އެއްޗަކަށް ބަލާށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން އައިސްފައި ހޫރީން އިޒްކާން ސިއްސުވާލިއެވެ. “ޕޮއް..!!!!” އެހެން ބުނެލި ނަމަވެސް އިޒްކާންއަށް މާބޮޑު ބަދަލެއް އައިހެންނެއް ހީވެސް ނުވެއެވެ. ސިއްސައިގެން ނުދިޔަތާ ފަހަތްވެސް ބަލައެއް ނުލިއެވެ. “އިޒްކާން..؟” ހޫރީން މަޑުމަޑުން ގުދުވެލާފައި އިޒްކާން ބަލަން ހުރި އެއްޗަކަށް ބަލާލިއެވެ. ”އާވް… ޝިޓް..” ހޫރީންއަށް ދެލޯމަރާލެވުނެވެ.

އިޒްކާންގެ އަތުގައިވަނީ ކައިޔަން ފޮނުވާފައިވާ ދައުވަތު ކާޑެވެ. ނީޝަލްގެ އުފަން ދުވަހުގެ ހަފްލާއަށް އައުމުގެ ދައުވަތު ކާޑެވެ. އެއާއެކީ ނީޝަލްގެ ފޮޓޯއެއްވެސް ފޮނުވާފައިވެއެވެ. “އަހް އިޒްކާން.. ގްރޮސް..!!” އިޒްކާން ދެރަވެދާނެތީ މައުޟޫ ބަދަލުކުރަން ވެގެން އިޒްކާން ބާލީސް ދަށަށް އަޅާފައި ހުރި ހުސްވެފައިވާ ރާ ފުޅިތަކަށް ހޫރީން އިޝާރާތް ކޮށްލިއެވެ. “ތި ހަދާ މޮޅެތި މައުޟޫތަކުން އަހަރެން ހައްލައެއް ނުލެވޭނެ.. ބިސައިޑްސް.. އައިމް ނޮޓް އިން ދަ މޫޑް ފޯރ ޖޯކްސް..” އިޒްކާންގެ އަޑު ވަނީ މިލާ މޯޅިވެފައެވެ. އިޒްކާން ކާއެއްޗަކަށް ކަނީ އާފަލެވެ. ޕިކްފައިން އާއި އެހެނިހެން ސްނެކްސް މަދުމަދުން ކައި އުޅެއެވެ. އިތުރުން ކައިއުޅެނީ ބަނަހާއި ޕާން ފަދަ އެއްޗެއްސެވެ. ގޭގައި މީރު އެއްޗެއް ހަދާ ދުވަހުވެސް ރަނާ އިޒްކާންއަށް ކާއެއްޗެއް ދޭން ޖެހެނީ ގަދަކަމުންނެވެ. ކުރިއާއި ބަލާފައި މީހާ ހިކިފައި ހުއްޓަސް އައިބުކަމެއް ނެތެވެ.

“އަހަރެންނަށްވެސް އެނގޭ ނީޝަލް ނެތުމުގެ ފަޅުވެފައިވާ ވަރު.. އަހަރެންވެސް ވަރަށް ދެރަވޭ.. އައި މިސް ހާރ ޓޫ.. ވަރަށް ބޮޑަށް.. އެކަމަކު އިޒްކާން.. އިޓްސް ގޮއިންގ ޓު ބީ އޭން އިޔަރ..” ހޫރީން ބުނެލިއެވެ. ވިސްނައިދިނުމުގެ ގޮތުންނެވެ. ”އަހަރެންނަށް ވެސް ތިވަރު ވިސްނޭ… އެކަމަކު އަލުން ނީޝްގެ ކުރިމައްޗަށް ދާނެހާ ހިތްވަރެއް އަހަރެންގެ ނެތް.. ކައިޔަން ބޭބެއާއި މަންމަގެ ގާތުގައި ބުނޭ އަހަރެން ބައްޔޭ.. އަހަރެންނަށް ނީޝަލްގެ އުފަންދުވަހަކަށް ނުދެވޭނެޔޭ…” އިޒްކާން ބުނެލި ޖުމްލައިން ހޫރީން ޕިސްޕިސް ކިޔާލިއެވެ. “އިޒްކާން.. ޕްލީޒް.. އިފް ޔޫ ގޯ ޓު ދި ޕާރޓީ.. އިޓް މައިޓް އެޓްލީސްޓް ގިވް ޔޫ އަ ރީޒަން ޓު ލިވް….” އިޒްކާންގެ މޫނުގައި ދެ އަތުން ހިފަމުން ހޫރީން ބުނެލިއެވެ. ހޫރީންގެ ދެލޮލުން އެ ވިދަމުން ދިޔަ އުންމީދީ ކުލަވަރުން އިޒްކާންއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އިޒްކަން ކަންނެތް ގޮތަކަށް ހިނިތުންވެލުމުން ހޫރީންވެސް ހީނލިއެވެ.

“ނޫން ހޫރީން.. އަހަރެންނަކަށް ނުވާނެ.. އައި މެންނާއި އެކީ ގޮސްފައި ޕާރޓީގައި ރަނގަޅަށް ހިތްހަމަ ޖައްސާލައިގެން އެނބުރި ރާއްޖެއަށް އާދޭ… ހެޔޮނުވާނެ..” އިޒްކާން ބުނެލިއެވެ. “އުންމީދު ކުރަން އިޒްކާން ދެވަނަ ފަހަރަށް ވިސްނާލާނެކަމަށް..” އަތުގައިވާ ކަޅުކުލައިގެ ކޮތަޅު އެނދުމަތީގައި ބާއްވާފައި ހޫރީން ނުކުމެގެން ދިޔައެވެ. މާޔޫސްވެފައި އިނދެ އިޒްކާން ކޮތަޅުގެ ތެރެއަށް ބަލާލިއެވެ. އެއީ ނީޝަލްގެ ޕާރޓީއަށް އިޒްކާން ލާންވެގެން އައިރީން ގަނެދިން ހެދުމެވެ. ”ކަލަރ ކޯޑްއަކީ.. ރަތް.. ނީޝްއަށް އެންމެ ކަމުދާ ކުލަ..” އިޒްކާން ކޮތަޅުތެރެ ހާވާލިއެވެ. އޭގައި އިޒްކާންގެ ޕާސްޕޯޓާއި ޓިކެޓް އޮތެވެ. އަދި އޭގެ ތެރޭގައިވާ ރަތްކުލައާއި ކަޅުކުލައިން ސްޓްރައިޕްސް ދަމާލާފައިވާ ޓީޝާޓްއާއި ކަޅު ރިޕްޑް ޖިންސް ނަގާފައި އިޒްކާން ފުންނޭވާއެއް ލިއެވެ.

ނީޝަލް ފުންނޭވާތަކެއް ބޭރުކޮއްފައި ބޭރަށް ނުކުންނަން ހިނގައިގަތީ ޒީޝް ކުރާނެ ކޮންމެ ސުވާލަކަށް ޖަވާބެއް ތައްޔާރު ކޮށްފައެވެ. ނީޝަލް ނުކުންނަނިކޮށް އެކޮޓަރީގައި ހުރި އަލަމާރީގެ ދަމާ ވަތްގަނޑުގެ އަތްގަނޑުގައި ފައި ޖެހުނެވެ. ފަޔަށް ވީ ތަދާއި އެކީގައި ނީޝަލްއަށް ދެލޯ ކުޑަކޮށްލެވުނެވެ. އަދި ކުޑަކޮށް ހުޅުވިފައިވާ އެ ވަތްގަނޑު ލައްޕާލަން ގުދުވިއެވެ. އެ ވަތްގަނޑަކީ އެންމެންގެ މެޑިކަލް ރިކޯރޑްސްތަކަށް އަވްލީން ހާއްސަކޮއްފައިވާ ވަތްގަނޑެވެ. އެވަތްގަނޑު ހާވާލާހިތްވީ ކޮން ހިތެއް ޖެހިގެންކަމެއް ނީޝަލްއަކަށް ނޭނގުނެވެ. މާއުނދަގުލަކާއި ނުލާ ނީޝަލްއަށް އޭނާގެ ނަން ޖަހާފައިވާ ފައިލް ފެނިއްޖެއެވެ. ތުރުތުރު އަޅަމުން ކަހަލަގޮތަކަށް ނީޝަލް އެފައިލް ނެގިއެވެ. އެ ފައިލް އެހެން މީހުންގެ ފައިލްތަކާއި ބަލާފައި ނުހަނު ބަރެވެ. އެފައިލް ހުޅުވާލަން އަތް ޖައްސާލިއިރަށް އެކަނިވެސް ނީޝަލްގެ ވިންދު އަވަސް ވިއެވެ. ހީވީ ހަމަ ރަނގަޅަށެވެ. “ސޯ އަހަންނަށް ރާއްޖޭގައި ހީކުރެވުނީ ހަމަ ރަނގަޅަށް.. އައި ޑިޑް ލޫޒް މައި މެމޮރީސް..” ފުރަތަމަ އަތުޖެހުނު ގަނޑުގެ ސުރުހީ ކިޔާލާފައި ނީޝަލްއަށް އަމިއްލަ އަމިއްލައަށް ބުނެވުނެވެ. ”ފާތިމަތު ނީޝަލް.. އޭޖް ސިކްސްޓީން.. ފައުންޑް ނިއަރ އަ ގްރޭވްޔާރޑް.. ވޯޒް އިން އަ ޓެރިބަލް އެކްސިޑެންޓް.. ހޭޒް ސަފަރޑް މޭޖާރ އިންޖަރީޒް..” ނަގާފައިވާ ނޫހަކުން ކަފާލާފައިވާ ބައެއް ނީޝަލް ކިޔާލިއެވެ.

އިތުރަށް ގަނޑެއް ނަގަން އުޅެނިކޮށް ގަނޑާއެކީގައި ޕެންޑްރައިވެއް ނީޝަލްގެ އުނގު މައްޗަށް ވެއްޓުނެވެ. ވީހާވެސް އަވަހަކަށް އެކޮޓަރީގައި ހުންނަ ކުޑަ ޓީވީއަށް އެ ޕެންޑްރައިވް ޖަހާލަމުން ނީޝަލް ފައިލް ޕްލޭ ކޮއްލިއެވެ. އޭގައި ނީޝަލްއަށް ވީ ހުރިހާކަމެއް ޝަހީމާ (އަވްލީންގެ ޑޮކްޓަރ) އަލިފުން ޔާ އަށް ކިޔައިދީފައި ވެއެވެ. އެ ފައިލް ކުރިއަށް ދަމުން ގެންދިޔަ ވަރަކަށް ނީޝަލްގެ ދެލޮލަށް ކަރުނަ ގިނަވަމުން ގެންދިޔައެވެ. ”ވަޓް އެ ޕިޓީ.. މޭ ﷲ ބްލެސް ދެޓް ޗައިލްޑް.. ފައުންޑް ވިތް ސޯ މެނީ ހޮރިބަލް އިންޖަރީޒް.. އެންޑް ޝީ ޖަސްޓް ލޮސްޓް އޯލްމޯސްޓް އޯލް އޮފް ހަރ މެމޮރީޒް އޮން ދަ ސްޕޮޓް..” ހިތްވަރު ގަދަކަމަށް ދައުވާކޮއްގެން އެރިކޯރޑިންގ ކުރިއަށް ގެންދިޔަ ޝަހީމާއަށްވެސް ދެއިނގިލި ލޮލުގައި ޖައްސާ ކަރުނަ ފޮހެލަން ޖެހުނެވެ. ނީޝަލް ރޮވެން ކައިރިވެފައި ހުރެ ޕެންޑްރައިވް ގައިވާ ދެވަނަ ފައިލް ޕްލޭ ކޮއްލިއެވެ. “އިޓްސް ޑޮކްޓަރ ޝަހީމާ… ވަޓް އައިމް އަބައުޓް ޓު ޓެލް އިޒް ނޮޓް އަ ފެއަރީ ޓޭލް.. އިޓްސް އަ ޓްރޫ ސްޓޯރީ ދެޓް ހޭޒް އެފެކްޓެޑް މެނީ ލައިވްސް.. އިޓްސް ދަ ސްޓޯރީ އޮފް ޓޫ ޔަންގ ޕީޕަލްސް ލަވް..” ޝަހީމާ ފުރަތަމަ ކިޔައިދިނީ އަވްލީން އާއި ކައިޔަންގެ ވާހަކައެވެ. އެހެން ގޮސްފައި ނީޝަލްގެ ވާހަކަ ވެސް ކިޔައިދިނެވެ.

“ނީޝަލްގެ ހަނދާންތައް ވަނީ އޭނާއާއި ވަކިވެގެން ގޮސްފައި.. ނަމަވެސް އޭނާގެ މައިންބަފައިން ވަނީ އޭނާގެ ކޮއްކޮ އާއި އެކީގައި އޭނާ ރާއްޖެއަށް ފޮނުވާފައި.. އަދި އާ ފެށުމަކުން ފަށާފައި.. އަޅުގަނޑު ބިރުގަންނަނީ މިފަހަރު އެ ފެށި އާދައިގެ އަލިގަދަ ހަޔާތުގައި އަލިފާން ޖެހިދާނެތީ..” ޝަހީމާ ކުރިއަށް ގެންދިޔައެވެ. ޝަހީމާ ނީޝަލްއަށް ދިމާވި ކަންކަން ކިޔާދޭން ފެށުމުން ނީޝަލްގެ ސަމާލުކަން އޭގެން ނެއްޓިގެން ދިޔައެވެ. އިތުރަށް ފައިލް ހާވަން ދިމާކުރި ތަނާހެން އޭގައިވާ އަވްލީންގެ ޕާރސަނަލް ނޯޓްކޮޅު ފެނުނީ ދެންމެއެވެ. “މައި ޑިއަރ ނީޝް.. އައި ލަވް ޔޫ.. ބަޓް އައި ހޭވް ނޯ ޗޮއިސް.. އިފް އައި ވޯންޓް ޓު ކީޕް މައި އޭންޖެލް ސޭފް، އައި ވިލް ހޭވް ޓު ސެންޑް ޔޫ ޓު މޯލްޑިވްސް ވިތް ޔުއަރ ބްރަދަރ… އައި ހޯޕް ޔޫ ވިލް ހޭވް އަ ބްރައިޓް ފިއުޗަރ ވިތް އަ ބޯއި ތައުސަންޑް ޓައިމްސް ބެޓަރ ދެން ރޫހާން.. ލަވް.. މޮމް..” އެ ނޯޓް ކިޔާފައި ނީޝަލްއަށް ކެތެއް ނުކުރެވުނެވެ. ބާލީހުގައި މޫނު އެޅިގޮތަށް ނީޝަލްއަށް އަޑުންއަޑުނަގާ ރޮއިގަނެވިއްޖެއެވެ. އޭނާ އަށްޓަކައި އެންމެން ވީ ގުރުބާނީ ނަގައިގަނެވުމުންނެވެ.

ކުއްލިއަކަށް ޒީޝް ވަނެވެ. ޑުޕްލިކޭޓް ތަޅުދަނޑިން ދޮރު ހުޅުވާފައެވެ. ނީޝަލް ޒީޝްއާއި ދިމާލަށް ބަލާލީ ކަރުނުން ފުރިގެންވީ ދެލޮލުންނެވެ. ބިންމަތީގައިވާ ހުސް ފައިލާއި ޕްލޭވަމުން އައި ވީޑިޔޯއާއި ބިންމަތި ފޮރުވާލާފައިވާ ރިޕޯޓްތަކުން އެކަނިވެސް މިވެގެންއުޅޭ ގޮތް ޒީޝްއަށް އެނގުނެވެ. ވަގުތުން ޒީޝްގެ ދެލޯވެސް ކަރުނުން ފުރުނެވެ. ދެމީހުން އެކަކު އަނެކަކު ގެ ގައިގައި ބައްދާލިގޮތަށް އެތައް އިރެއް ވަންދެން ރުއެވެ. ރުއިން ހުއްޓާލިއެއްކަމަކު އަދިވެސް ނީޝަލް އަށް ގިސްލެވެނީއެވެ. އަމިއްލަ ނަފްސާއި ދޭތެރޭ ހަމްދަރުދީ ވެވުނުވަރުންނެވެ.

”ނީޝް.. ނީޝް އެބަ ހަނދާންވޭ ދޯ އެ އެކްސިޑެންޓާއި އޭގެ ކުރިން ވީ ކަންތައްތައް މަތިން..؟” ޒީޝް އެއްސެވެ. ނީޝަލް ބޯ ޖަހާލިއެވެ. “ރޫހާން މަތިން ހަނދާންވޭތަ..؟” އެއްޗެއް އޮޅުންފިލުވަން އުޅޭ ފަދައިން ޒީޝް އެއްސެވެ. ”ހްމްމް..” ނީޝަލް ބުނެލިއެވެ. “ޑޫ ޔޫ ސްޓިލް ލައިކް ހިމް..؟ އީވެން އާފްޓަރ އޯލް ހީ ޑިޑް..؟” ޒީޝް އަހާލިއެވެ. ނީޝަލްގެ ދެލޮލަށް ބަލަން ހުރެއެވެ.

“ޖަސްޓް އަ ލިޓްލް..” ނީޝަލްގެ ޖަވާބު ކުރެވެ. ރޫހާންދެކެ ކިތަންމެ ނަފްރަތެއް ކުރި ނަމަވެސް އެއީ އިރެއްގައި ނީޝަލް ހިތާ ފުރާނައިން ލޯބިވި ލޯބިވެރިޔާއެވެ. އެހިތުން ރޫހާންއަށް އެއް އިންސައްތަ ދެވިފައިވެއެވެ.

“ދަރިފުޅާ… ހަމަ ޔަގީންތަ މަންމަމެންނާއެކީ ފްރާންސްއަކަށް ނާންނާނަންކަން..؟” ރަނާ ވާހަކަދެއްކީ ހުސް ވެފައިވާ މީހެއްހެން ސީލިންގގައި އެނބުރެމުން ދިޔަ ފަންކާއާއި ދިމާލަށް ބަލަހައްޓައިގެން އޮތް އިޒްކާން އާއެވެ. “ނޫން.. ނުދާނަން.. ވަރަށް ބޮޑަށް އެބަ ބޮލުގައި ރިއްސާ..” އިޒްކާން ހެދީ ދޮގެވެ. ދައުވަތު ކާޑު ލިބުނުފަހުން އިޒްކާން އެންމެ ސިނގިރޭޓެއްގައިތޯ ރާފުޅިއެއްގައި ވެސް އަތް ޖައްސައެއް ނުލައެވެ. ކުރިންފަހަރުވެސް ހެދިހެންނެވެ. ”އޯކޭ.. ދަރިފުޅާ ބަލައިގެން އުޅޭތި.. ފްރިޖްގައި ކާއެއްޗެހި ހުންނާނެ.. ހޫނު ކޮށްލައިގެން ކާތި ބަނޑުހައިވިއްޔާ.. ސިނގިރޭޓް ނުބޯތި އިނގޭ..” ރަނާ އިޒްކާން މޭގައި ޖައްސާލާފައި ކޮނޑުގައި އަޅުވާފައިވާ ދަބަސް ހެޔޮވަރު ކޮއްލަމުން ނުކުތެވެ.

“ދޮންބޭ.. އެއީ ތެދެއްތަ..؟ ނުދާނަންތަ..؟” ކުއްލިއަކަށް އައިރީން ދުވެފައި އައިސް ވަނެވެ. “އާނ… ނުދަން..” އިޒްކާން ވަޅޯ އަޑަކުން ބުނެލިއެވެ. ”އެކަމު އައި ދޮންބެއަށް ތިޖިންސު ގަތީ މިއަދު ލާށޭ.. އެންޑް ދެޓް ޓީޝާޓް އިޒް ހޭންޑްމޭޑް.. އައި އަމިއްލައަށް ތި ޓީޝާރޓް ތައްޔާރު ކުރީ.. އެވެސް މިއަދަށް ޚާއްސަކޮށް..” އައިރީން ބުނެލިއެވެ. ބޮޑާހާކާ ރާގެއްގައެވެ.

”ސޮރީ އައިރީނޫ.. އެކަމަކު ތި އެންމެންނާއެކީ ދޮންބެއަކަށް ނުދެވޭނެ.. އައި ހޭވް އެ މޭޖަރ ހެޑޭކް..” އިޒްކާން ބުނެލިއެވެ. “އޯވްހް.. އޯކޭ.. ފޮނިފޮނި ދޮންބެއެއް..” ތުން އަނބުރާލަމުން އައިރީން ނުކުތެވެ. އައިރީން ނުކުތުމުން ބޭރުގައި މަޑުކޮށްގެން ހުރި ފައިލަމް އެތެރެއަށް ވަނެވެ. އެ ދިގު އިސްތަށިގަނޑު ކޮށާލަމުން ފައިލަމް ޖަހަނީވެސް އެހެން މީހެއް ވައްތަރެވެ. “ކައެ އާދޭ ދާން.. ތިތާ އޮވެ ކައެ މަރުވެދާނެތީ މަ ބިރުގަނޭ..” ފައިލަމް އިޒްކާންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. “އޭ ދެން ފައިލަމޫ..!” އިޒްކާން އެނދަށް ވެއްޓިގަނެ ބާލީހުގައި މޫނު ފޮރުވިއެވެ. “ހުވާ މިބުނީ.. ކަލޭ ތިތާ އޮވެގެން މަރުވިޔަސް މަ ނުދާނަން ކަށުނަމާދު ކުރާކަށް..” ފައިލަމް ޕިސްޕިސް ކިޔަމުން ނުކުތެވެ. އާހިލްއާއި އައިހަމްވެސް ވަދެ އާދޭސް ކުރުމުންވެސް އިޒްކާން ދާކަށް އެއްބަހެއް ނުވިއެވެ. އޭނާގެ ފިނޑިވެފައިވާ ހިތް ނުގަބޫލުވަނީއެވެ.

“ހޭ ގަރލް.. ލެޓްސް ގޯ ޝޮޕިންގ..” ކުއްލިއަކަށް ކޯރޓްނީ އައިސް އެތެރެއަށް ވަނެވެ. “މި ދަނީ..”  ނީޝަލް ދެލޯ ފޮހެލިއެވެ. އަދި މެޑިކަލް ރިކޯރޑްސްތައް ވަތްގަނޑަށް ލުމަށް ޒީޝް ކުރެން އެދިފައި ހެދުން ބަދަލުކޮއްލަމުން ނުކުތެވެ. އޭރު ސިޓިންގ ރޫމްގައި ނެޒެލީ އާއި އެމީލް އިނެވެ. އެމީހުންގެ ރައްޓެހި ކުދިންގެ ތެރެއިން ކްލޯއީ އާއި ކެއިޓްލިން މަޑުކޮއްލައިގެން ހުއްޓެވެ. އަވްލީންގެ ހުއްދަ ލިބުމާއި އެކީގައި އެއެންމެން އެކީ ފިހާރައަށް ދިޔައެވެ. “ހޭ ގަރލް.. މި ހެދުން ކިހިނެތްވާނެތަ..؟؟” ކެއިޓްލިން ރަތް ހެދުމެއް ދައްކާލިއެވެ. “ދަ ހެލް ކެއިޓްލިން..؟ އިޓްސް އަ ޕާރޓީ.. ނޮޓް ސަމް ސެރޮމޯނީ..” ކްލޯއީ ބުނެލިއެވެ. އެ އެންމެންވެސް ވާހަކަ ދައްކަނީ ނުހަނު ފޮނި ރާގަކަށެވެ. ”ދެން ކަލެއަށް މާ ރަނގަޅު އެއްޗެއް ފެނުނީތަ..؟” ކެއިޓްލިން އަހާލިއެވެ.

“ޔަޕް.. މިހުރީ.. ވަރަށް ސަޅި ހެދުމެއް..” ކޯރޓްނީ ގޮވާލިއެވެ. “ވަޓް ޔޫ ގޮޓް ކޯރޓް..؟” ނީޝަލް ދިޔައެވެ. ކޯރޓްނީ ދެއްކި ރަތްކުލައިގެ ހެދުން އެންމެންނަށްވެސް ވަރަށް ރީތިވިއެވެ. “ޕަރފެކްޓް..” ނީޝަލް އެ ހެދުމަށް ފުރިހަމަ ނަޒަރެއް ދިނެވެ. އެ ހެދުމާއި އެކީގައި ލާން ފައިތިލަ އާއި ހަމައަށް އަރާވަރުގެ ދިގު ކޯޓެއް ނަގާފައި އެއާއި ގުޅޭ ރިހިކުލައިގެ ހީލްއެއް ވެސް ގަތެވެ. “އަހަރެމެން ދަނީ..” ނީޝަލް އާއި ނެޒެލީ ގެއާއި ހަމަ އަށްލާފައި ކްލޯއީ ގޮވާލިއެވެ.

ހަފްތާއެއް ދެހަފްތާއެއްހާ ދުވަހަށް ބޭނުންވާނެވަރަށް ފޮށިތަކާއި ލަގޭޖްތައް ތައްޔާރު ކޮށްގެން ރަނާމެން ލޯންޗަށް ދިޔައެވެ. އެމީހުން ފުރަތަމަ ދާން އޮތީ އިންޑިއާއަށެވެ. އިކުވާންގެ ދައްތަ އަލްވާ އާއި ބައްދަލު ކޮށްފައި ފްރާންސަށް ދާންވެގެންނެވެ. ރާއްޖެއިން ތިނެއް ނުވަތަ ހަތަރު ގަޑިއިރެއް ހާއިރު ތެރޭގައި އިންޑިއާއަށް ދެވޭނެއެވެ. އަލްވާ އާއި ބައްދަލުކޮށްފައި އިންޑިއާއިން ފްރާންސަށް ދެވޭނީ ގާތްގަނޑަކަށް ބާރަ ގަޑިއިރު ތެރޭގައެވެ. ކުރަން އޮތީ ފަނަރަވަރަކަށް ގަޑިއިރުގެ ދިގު ދަތުރެކެވެ. ނީޝަލްގެ އުފަންދުވަހުގެ ޕާރޓީ އޮތީ އޭޕްރިލް ތޭރައިގެ ހަވީރުން ފެށިގެން ރޭގަނޑާއި ހަމައަށް ކަމުން އެދުވަހު ހެނދުނު ދަތުރު ވަރުބަލިކަން ފިލުވޭނެއެވެ. މެންދުރުން ހަދިޔާ ގަނެފައި ހަވީރު ޕާރޓީއަށް ދިޔައީމައި މަގުސަދު ހާސިލްވީއެވެ. އެއީ ރަނާ އާއި ހައިނާ ރޭވި ގޮތެވެ. ދެން އޮތީ ފްލައިޓް ޑިލޭ ނުވާނެކަމަށް ދުއާ ކުރުމެވެ.

ރަނާމެން ލޯންޗަށް ދިޔަތާ ބައިގަޑިއިރެއް ހާއިރު ވެދާނެއެވެ. ގަޑީގެ ސިކުންތު ކަށްޓަށް ބަލަން ހުރެފައި އިޒްކާންއަށް ނުހުރެވިގެން ތެދުވެވުނެވެ. ނީޝަލް އިޒްކާން ދެކެ ލޯބިނުވާނެކަން އެނގޭހާލު ވެސް ނީޝަލް ދެކުމުގެ ފުރުސަތު އިޒްކާންއަށް އޮންނާނެއެވެ. އަވަހަށް ފެންވަރައިގެން އިޒްކާން އައިރީން ގަނެދިން ޓީޝާޓާއި ޖިންސުލިއެވެ. އަދި ފުނާއަޅައިގެން ދަބަހަކަށް ބޭނުންތެރި އެއްޗެހި ހަމަކުރިއެވެ. ވަރަށް ފަހުން ތޮރުފި ކަންފަތަށް ކަޅު ކުލައިގެ އެއްޗެއް ލައްވާލިއެވެ. އިޒްކާން ތޮރުފާފައި ވަނީ ވާތު ކަންފަތް އެކަންޏެވެ. އަދި ރަތް ސްނީކަރސްއަކަށް އަރައިގެން އިޒްކާން ގޭ ތަޅުލިއެވެ.

އަދި އެންމެ އަވަހަށް ޖެހުނު ލޯންޗަށް އެރިއެވެ. އެއަރޕޯޓަށް ގޮސްފައި އިޒްކާން ވަށައިގެން ހޯދާލިއެވެ. ރަނާމެން އަބަދުވެސް މަޑުކޮށްގެން ހުންނަ ކޮފީޝޮޕާއި ދިމާލުގައި އެއެންމެން މަޑު ކޮށްގެން ހުއްޓެވެ. އިކުވާންއަށް ޗުއްޓީ ހަމަ ނުޖެހުމުން އޭނާއަށް އެ ދަތުރުގައި ބައިވެރިއެއް ނުވެވުނެވެ. އެތާ ހުރީ ލިޔާން، ރަނާ، އައިރީން، އާހިލް، އައިހަމް އަދި ފައިލަމްއެވެ. ހިޔާން ވީ މީކާގެ ގާތު ފްރާންސްގައެވެ. އައިރީން އާއި ހޫރީން ވާހަކަ ދެއްކި އަޑު އިވުނު ގޮތުގައި ހިޔާންވެސް ޕާރޓީގައި ބައިވެރިވާނެއެވެ. ވަގުތު ނުޖެހޭތީ އިޒްކާން އައިސް ކޮފީއަކަށް އޯޑަރު ކުރިއެވެ. ފްލައިޓަށް އަރާފައި އޭނާގެ ހިތުގެ ރާނީ ފެންނާނެކަމުގެ ފޮނި އުންމީދުގައި އިޒްކާން ދެލޯ މަރާލިއެވެ. އެޚިޔާލުން އެކަނިވެސް މަރުވެފައިވާ ހިތަށް ދިރުމެއް ލިބުނު ކަހަލައެވެ.

އޭޕްރިލް ތޭރަވަނަ ދުވަހެވެ. ރަނާމެންނާއި ހައިނާމެން ނީޝަލްގެ އުފަން ދުވަހުގެ ހަފްލާއަށް އަންނާނެ ވާހަކަ ބުނުމުން ނީޝަލްގެ ހިތް ތެޅެނީއެވެ. އެ އެންމެންނާއި އެކީގައި އިޒްކާން އަންނާނެކަމަށް އުންމީދު ކުރެވެނީއެވެ. އަބަދުވެސް ހުންނަނީ ފިނިވެފައެވެ.

ހޫރީންމެނަށް ފްރާންސަށް އާދެވުނީ އެދުވަހުގެ ފަތިސް ވަގުތުގައެވެ. އެމީހުން ތިބެން ހަމަޖެހިފައިވަނީ ރަނާގެ ކުޑަދައްތަމެންގެ ގޭގައެވެ. ދަތުރު ވަރުބަލިވެފައި ހުރިވަރުން އެންމެންވެސް މެންދުރުވަންދެން އޮތީ ނިދާފައެވެ. މެންދުރު ހޭލައިގެން އައިހަމް، ހޫރީން، އާހިލް އަދި އައިރީން ނުކުތީ ފައިލަމްވެސް ގޮވައިގެންނެވެ. ނީޝަލްއަށް ހަދިޔާ ގަތުމަށެވެ. އެތައް ދުވަހަކަށް ފަހު ނީޝަލް ފެންނާތީ ހޫރީންގެ ހިތް ނަށަމުން ގެންދިޔައެވެ. ކިތަންމެ ބަދަލުވިޔަސް އެއީ ހޫރީންގެ ވަރަށް ގާތް އެކުވެރިއެކެވެ.

“ދަރިފުޅާ..” ރަނާ ގުޅުމުން އައިރީން ފޯނު ނެގިއެވެ. “އިހަކަށް ޝޮޕިންގއަށް ފަހު އާދެބަލަ ކައިޔަން ބޭބެމެންގެ ގެއަށް.. ނީޝަލްވެސް ދެކިލަން ވާނެއެއްނު..؟” ރަނާ އެދުމުން އައިރީން އެއްބަސްވިއެވެ. “އިޒްކާން… އޭނަ އެއީ އެހާ ފިނޑިމީހެއް ކަމަށް މަ ހީވެސް ނުކުރަން.. އަހަރުންނަށް ކަމެއް ދިމާވާ އިރަށް އެންމެ ހިތްވަރު ގަދަވެގެން ހިތްވަރު ލައިދޭން ހުންނަ މީހާ އިޒްކާން އަކީ..” އާހިލް ބުނެލިއެވެ. “އާނ.. ކަމެއް ވާއިރު އޭނާއަށް ވާނުވާ ނޭނގުނަސް އަހަރެމެން މަސަލަސް ކުރެވޭތޯ އުޅޭ މީހާ އެއީ.. މަށަށް އިނގޭ ނީޝަލް ވެސް އެ މޮޔަ ފިރިހެނާދެކެ ލޯބިވާވަރު.. އޭނައަށް ވިސްނައިދޭން އުޅުނީމައި ވެސް ދެކަންފަތް ބީރު ކޮށްގެން އުޅުނީ..” އައިހަމްވެސް އެއްބަސްވިއެވެ. “އިޒްކާން ނެތީމައި ވަރަށް ފަޅު ދޯ..؟ މިކަހަލަ ކަންކަމުގައި އެންމެ މަޖާކޮށް އުޅޭ އެކަކު އެއީ.. އޭނަ ނެތީމައި ދަތުރުގެ ރޫހު ކެނޑިފައި މިއޮތީ..” ފައިލަމްވެސް އެއްޗެކޭ ކިޔެވެ. އެންމެން ވާހަކަ ދައްކާއިރު ބާކީވެފައި ނުހުންނަން ވެގެންނެވެ. “ޔާ ދޯ.. ދޮންބެ މަތިން ވަރަށް މިސްވޭ.. އައިގެ ދުއާ އަކީ ދޮންބެ އާއި ނީޝްދައްތަ އާއި ގުޅުން..” އައިރީން އެހެން ބުނެލާއިރަށް އާހިލް އައިރީންގެ ކޯތާފަތުގައި ހިފާލިއެވެ.

ނީޝަލް ގެއާއި އަރާ ހަމަވީއިރު ގޭ ބޭރުގައި އާދަޔާޚިލާފަށް ފައިވާނާއި ބޫޓު ގިނަކަން ފާހަގަވިއެވެ. އެތެރެއަށް ވަތްތަނާ ނީޝަލްއަށް ފުރަތަމަވެސް އުފަންދުވަހުގެ ތަހުނިޔާ ކީ ރަނާއެވެ. “ހެޕީ ބާރތްޑޭ ނީޝް..” ހައިނާވެސް އުފަންދުވަހުގެ ތަހުނިޔާ ކިއެވެ. ނީޝަލް ގެނެސް ގާތް ކޮށްލާފައެވެ.

“ނީޝަލް..!” “ނީޝްދައްތާ..!!” އައިރީން އާއި ހޫރީން ދެފަރާތުން އައިގޮތަށް އައިސް ނީޝަލްގެ ގައިގައި އޮޅުލައިގަތެވެ. ނީޝަލް ބެލެންސް ކަޓައިގެން ނުވެއްޓުނީވެސް ހަމަކިރިޔާއެވެ. ދެމީހުންގެ ގައިގައި ރަނގަޅަށް ބައްދާލާފައި ނީޝަލް ހިނިތުންވެލިއެވެ. “އަސްލުކޮށްވެސް ރުޅި އިނގޭ.. އޭރު އަންގާނުލާ ފްރާންސަށް އައީމައި.. އޭރު ވަރަށް ދެރަވި.. ވަރަށް މިސްވެސް ވި.. އަހަރެމެން އެންމެން އަތިރިމައްޗަށާއި ގްރޫޕް ސްޓަޑީޒްއަށް ދާ މަތިންވެސް..” ހޫރީން ނީޝަލްގެ ގައިގައި ބައްދާލިގޮތަށް ހުރެ ބުނެލިއެވެ. އައިރީންވެސް ނީޝަލްގެ ގައިން ދޫނުކޮށްލަން ހުވާ ކޮށްގެން ހުރި ފަދައެވެ. ކޯލް ކުރާއިރު އައިރީން އާއި ނީޝަލް އާއި ދިމާވެ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.

“ނީޝް ނެތްތާ ވަރަށް ގިނަ ކަންކަން ހިނގައިފި.. ކޯލްގައި ހުރިހާ ކަމެއް ނުކިޔައިދެން ދޯ އަހަރެމެން ނީޝްއަކަށް.. އިނގޭތަ..؟ ފައިލަމްއާއި ދޮންބެވެސް ރަނގަޅުވެއްޖެ.. އެމީހުން ދެން އެކަހަލަ ކަމެއް ނުކުރާނެ.. އެމީހުން އެކަންކަމާއި ދުރުވެއްޖެ.. ދެން ފައިލަމް.. އެކަކުވެސް ހީނުކުރިޔަސް އެސޮރު ވެސް ސާލިހްވެއްޖެ.. އެނގެއެއްނު އޭނާ ނުލާހިކު ލޯބިން ދިގުކޮއްގެން އުޅޭ އިސްތަށިގަނޑު.؟ އެވެސް އޭނަ ކޮށާލައިފި.. ޓްރަސްޓް މީ.. ދެން އެމީހުން އެފަދަ މުޑުދާރު އަމަލެއް ނުހިންގާނެ..” ހޫރީން ކިޔާދިނެވެ. އުފަލުން ފޮޅިފައި ހުރެއެވެ.

“އަދި އިނގޭތަ..؟ ބިގް ބިގް ނިއުސް..! ދޮންބެއަށް ގާރލްފްރެންޑެއް ވެސް ލިބިއްޖެ.. މީކާ ކިޔާ ކުއްޖެއް..” އައިރީން ދޮންބެއޭ ކިޔާ އިޝާރާތްކުރީ ހިޔާން އަށެވެ. ހޫރީން ހިޔާންއާއި ދިމާލަށް ދޮންބެ ކިޔާވަރުން އައިރީންއަށް ވެސް ހިޔާންއާއި ދިމާލަށް ދޮންބެ ކިޔެން ފެށުނީއެވެ. ނީޝަލް ދެކޮނޑު އަރުވާލާފައި ކަރުކެހެލިއެވެ. އޭގެ މާނަ ހޫރީންއަށް އެނގުނެވެ. “އިޒްކާން ދޯ.. އޭނަ ބޮލަށް ތަދުވަނީއޭ ކިޔާފަ ނައީ…” ހޫރީން ބުނެލިއެވެ. “ނީޝް ބޭނުންތަ ދޮންބެ އާއި ވާހަކަ ދައްކަން.. އެހެންވިއްޔާ މަ ދޮންބެއަށް ގުޅަންތަ..؟” އައިރީން އަހާލިއެވެ. “ނޫން.. ދެން ހެޔޮވާނެ..” ނީޝަލް އެހެން ބުނެފައި އެތެރެއަށް ވަންނަން ދިޔައެވެ.

ފާޚާނާއަށް ވަދެ އަނގަމަތީ އަތްއަޅާލެވޭ އިރަށް ނީޝަލްގެ ލޮލުން ކަރުނަތައް އޮހޮރިގެންފިއެވެ. ހީވީ ރަނގަޅަށެވެ. “ހީ ފޮގޮޓް އަބައުޓް މީ ސޯ ފާސްޓް… ނޮޓް ސޯ ފާސްޓް.. ވަން އިޔަރ ހޭޒް ޕާސްޑް ނައު.. އަފްކޯޒް ހީ މޫވްޑް އޮން..” ނީޝަލްއަށް ހީކުރެވުނީ ދޮންބެއޭ ކިޔާފައި އައިރީން ބުނީ އިޒްކާންގެ ވާހަކަ ކަމަށެވެ. އައިރީންގެ ދޮންބެއަކީ އިޒްކާން ވިއްޔާއެވެ. ހަގީގަތުގައި އައިރީން ބުނީ ހިޔާންގެ ވާހަކައެވެ. ވާވަރަށް ރޮއި ރޮއިފައި ނީޝަލް ތައްޔާރުވިއެވެ.

އެންމެން އެކީގައި ޕާރޓީ އޮތް މާލަމަށް ވަތްއިރު އެތަނުގެ ފުރިހަމަކަމުގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާ އެވެ. ރަތްކުލައިގެ އެއްޗެހިން ޒީނަތްތެރިކޮއްފައިވާ އެތަނުގެ ޓައިލްސްއިން ސީލިންގއަށް ދާންދެން ވިދައެވެ. ޕާރޓީ ތެރޭގައި ޖަހާފައިވާ މަޑު މިއުޒިކްގެ ތެރޭގައި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަ އަޅުވާލައިގެން ހުއްޓެވެ. ގާތްމީހުންނާއި ކުރީގެ ރައްޓެހިންނަށް ދާންދެން ދައުވަތު ދީފައި ވެއެވެ. ނީޝަލްގެ އުފަލަށްޓަކައި ކައިޔަން އާއި އަވްލީން ނުކުރާނެ ކަމެއް ނޯންނާނެއެވެ. އެންމެންނަށް ބަލާލެވުނީ ނެޒެލީ އާއި އެކީގައި މާލަންތެރެއަށް ވަތް ނީޝަލް ފެނިފައެވެ. ނީޝަލްގެ ފުރިހަމަކަމުގެ ޖާދޫގައި ޖެހިފައި ގިނަ މީހުންނަށް ހުރެވުނީ އެސްފިޔަ ހަލުވާލަންވެސް ނޭނގިފައެވެ.

ޝޯލްޑަރ ލެސް ރަތްކުލައިގެ ހެދުންކޮޅުގެ މޭމަތީގައި ބޮޑު ބޯ ޓައީއެއް ހަރުކޮށްލާފައިވެއެވެ. އަތް ނިވާވެފައި ވަނީ ހާރޑް ޝިއަރ ފެބްރިކް ފޮތިކޮޅަކުންނެވެ. އެހެދުމުގެ ތިރި ހުރީ މާރމެއިޑް ކޮށެވެ. ކަނާތު ފަލަމަސްގަނޑާއި ހިސާބުން އެ ހެދުން ފަޅާލާފައިވެއެވެ. ބަނޑާއި ދިމާލުގައިވެސް ވަރަށް ބޮޑު ބޯ ޓައީއެއް ހަރުކޮށްފައިވާތީ ނަލަކަމަށް ދައްކައެވެ. ހެއަރ ސެލޫން އިން ނީޝަލްގެ އިސްތަށިގަނޑު ހަދާފައި ވާގޮތުން ހީވަނީ ހަމަ ރާއްޖޭގައި އުޅުނު ނީޝަލް ފެންނަހެންނެވެ. ބުޅިކަން ކަނޑުވާލާފައި ބޮލުގައި ޖެއްސި ކުލަތައް ފިލުވާލާފައި ވާތީ ނީޝަލް ފެންނަނީ ނުހަނު ރީތިކޮށެވެ. އިސްތަށިގަނޑު ވިދަވިދާ ހުރިއިރު ބައެއް އިސްތަށިތައް މިނިވަން ކަމާއި އެކީގައި ވަޔާއި ވިހުރެމުން ދިޔައެވެ. އެ ތުންފަތުގައި ރެޑް ވައިން ކުލައިގެ ގަދަ ލިޕްސްޓިކެއް ޖައްސާލާފައިވާއިރު ރިހިކުލައަކަށްދާ ރީތި ކަންފަތުލާއެތިކޮޅެއް އަޅާފައިވެއެވެ. ހެދުމާއި ގުޅޭނެހެން އަރާފައިވާ ކްލިއަރ ސިލްވަރ ލޭސް އަޕް ހީލްވެސް ނުހަނު ނަލައެވެ. އެ ރަތް ހެދުމުގެ މަތިން ކަޅު ކޯޓު ލައިގެން ހުރިއިރު ނީޝަލް ފެންނަނީ ފަތްމިންޏެއްހާ ރީތިކޮށެވެ.

”ވާވް..” އައިރީންއަށް ބުނެވުނެވެ. އޭރު އާހިލްއާއި އައިހަމް އެތެރެއަށް ވަންނަނީއެވެ. އަދި ފަހަތުން ފައިލަމްވެސް ވަނެވެ. އައިރީން އާއި ހޫރީން އެއްވައްތަރު ކުރާ ފާޑަކަށް ރަތް ހެދުން ލައިގެން ހުރިއިރު އަނެއް ތިން ފިރިހެން ކުދިން ވެސް ލައިގެން ހުރީ ކަލަރ ކޯޑާއި ގުޅޭނެފަދަ ރަތާއި ކަޅުގެ އަންނައުނެވެ. “ސިޓް ޑައުން ބަރތްޑޭ ގަރލް..” ކޯރޓްނީ ނީޝަލްގެ އަތުގައި ހިފާ ނީޝަލްއަށް ޙާއްސަކޮއްފައިވާ ގޮނޑީގައި ބޭންދިއެވެ.

ކުއްލިއަކަށް އިޒްކާން އައިސް އެތެރެއަށް ވަނެވެ. ޕާރޓީތެރޭގައި ހުރި އެންމެންގެ ތެރެއިން އެކަކަށް ވެސް އިޒްކާން ފާހަގަވާ ގޮތެއްނުވިއެވެ. ދެފަރާތް ބަލާލާފައި އިޒްކާން ވަށައިގެން ހޯދާލީ ނީޝަލް ފެނޭތޯއެވެ. އޭރު ނީޝަލް ހުރީ ފްރާންސް އެކުވެރިންތަކަކާއި އެކީގައި ފޮޓޯ ނަގާށެވެ. ހަވީރު އޮތް ހަފްލާއަކީ ރައްޓެހިންނަށާއި ބޭރު އެހެން މީހުންނަށް ހާއްސަ ހަފްލާއެކެވެ. އަސްލު ހަފްލާ ފެށިގެން ދާނީ ރޭގަނޑު ވަގުތުގައެވެ. އެއީ އެންމެ ގާތް މީހުންނާއި އާއިލާއަށް ހާއްސަކޮށެވެ. “ޝީ ޑަޒް ނޮޓް ކެއަރ އަބައުޓް މީ އެޓްއޯލް…” އިސްޖަހާލާފައި އިޒްކާން މޭޒުމަތިން ސްޓްރޯބެރީ ލެމަންތައްޓެއް ނެގިއެވެ. ނީޝަލް އިޒްކާން އާދޭތޯ ނާދޭތޯ ބަލައެއްވެސް ނުލައެވެ. އިންތިޒާރެއްވެސް ނުކުރެއެވެ. އެއީ ފެންނަ މަންޒަރުން އިޒްކާންގެ ހިތް އިޒްކާންއަށް ބުނެދެމުން ގެންދިޔަ ގޮތެވެ. ތަންކޮޅެއް ދުރުގައި ތިބި އައިރީންމެންގެ ގާތަށް ދާން ޚިޔާލުކޮއްފައި ވެސް އިޒްކާން ޚިޔާރުކުރީ އެންމެންނާއި ދުރުގައި ހުރުމެވެ.

އެވަގުތުކޮޅު ވެސް އިޒްކާންއަށް ނީޝަލްއާއި ދިމާލަށް ބެލުނެވެ. އެރީތި ހެދުންކޮޅު ނީޝަލްއާއި ވަރަށް ގުޅެއެވެ. އަލިގަދަ ތަރިއެއްހެން އެތަނުގައި ނީޝަލް ވިދާލަވިދާލާ ހުއްޓެވެ. ނީޝަލް ކުއްލިއަކަށް އިޒްކާން ހުރި ފަރާތަށް އެނބުރުނެވެ. ނީޝަލްގެ ލޮލުގައި އިޒްކާން އަޅައިގަތް ވެސްމެއެވެ. “ވަޓް..؟” ނީޝަލް ކުއްލިއެއް ޖަހާ ގޮނޑިން ތެދުވިއެވެ. ޖަހަމުން ދިޔަ މިއުޒިކް ވެސް އެވަގުތު އެރީ އެދެމީހުންގެ ކޮޅަށެވެ. އަލީ ގޭޓީގެ ‘ވަޓް އިފް އައި ޓޯލްޑް ޔޫ ދެޓް އައި ލަވް ޔޫ’ ކިޔާ ރީތި ލަވައިން ހޯލްތެރެ ގުގުމަން ފެށިއެވެ. ލަވައިގައި ކިޔާ ކޮންމެ ތަންކޮޅަކީ އިޒްކާންގެ ފަރާތުން ނީޝަލްއަށް ހަދިޔާކުރެވުނު ބަސްކޮޅަކަށް ވިއެވެ.

ނީޝަލް އޭނާ އާއި ދިމާލަށް އަންނަން އުޅޭހެން ހީވުމުން އިޒްކާން އަވަހަށް އެތަނުން މީހަކާއި ނިވާވެލިއެވެ. ނީޝަލް އޭނާގެ ގާތަށް އަންނަން އޭނާ ބޭނުންވެސް ވެއެވެ. ނަމަވެސް ބޭނުމެއް ނުވެއެވެ. ހިތް ދިޔައީ އިޒްކާން އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ގަންބަމުންނެވެ. “އެކަމަކު.. ދެޓް ވޯޒް އިޒްކާން..” ނީޝަލް އަވަހަށް އެ ކުޑަކުޑަ ސްޓޭޖްއިން ފައިބައިގެން އައެވެ. ޖެކެޓްގައި އަތުން ހިފާއްޓައިގެން ނީޝަލް ކުރިއަށް އަންނަން ފެށުމުން އިޒްކާން ނީޝަލްއަށް ފުރަގަސް ދިނެވެ. އަދި ބާރުބާރަށް ހިނގައިގަތެވެ. “އިޒްކާން..” ނީޝަލްއަށް ގޮވާލެވުނެވެ. ލަވަ ބަދަލުވީ ފޯރިގަދަ ލަވައަކަށެވެ. އެއާއި ހުރެ ސަބަބުން އިޒްކާންއާއި ހަމައަށް އެއަޑެއް ނުފޯރިއެވެ. އިޒްކާން ބާރުބާރަށް ހިނގާލާފައި އެ ތަނުން ބޭރަށް ނުކުތީއެވެ. ނީޝަލްވެސް ބާރަށް ދުވެފައި އިޒްކާންގެ ފަހަތުން ނުކުތެވެ.

އިޒްކާން އަވަހަށް ފާރާއި ނިވާވެލިއެވެ. ނީޝަލް ނުކުމެ ވަށައިގެން ހޯދާލާފައި އެތެރެއަށް ވަނީ ކްލޯއީ އޭނާއަށް ގޮވުމުންނެވެ. “ޑަޒް އެކްޗުއަލީ ކެއަރ..؟” އިޒްކާންއަށް އަހާލެވުނެވެ. އެހެން ނޫނީ ނީޝަލް އޭނާގެ ފަހަތުންނެއް ނާންނާނެއެވެ. އެހެން ދެފިކުރެއްގައި ހުއްޓާ ފަހަތުން މީހަކު އައިސް ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. “މަގޭ ބްރޯ…” ހިޔާން އުފަލުގެ ކޮޅެއް ނެތެވެ.

އެއްއަހަރުފަހުން ދިމާވިއިރު ހިޔާންގެ ހަމުގެ ކުލަ އަލިވެފައި ހުރިހެން ހީވެއެވެ. ފްރާންސަށް ދިޔުމުގެ ކުރިން ކޮށި އިސްތަށިގަނޑުވެސް ދިގުވެފައި އެބަހުއްޓެވެ. “ހޭ ޔާން.. ފްރާންސް ކިހިނެތް..؟ މީކާ ކަންތައް ރަނގަޅުދޯ..؟” އިޒްކާން އަހާލިއެވެ. ހިތް އަވަސްވެފައި ވާތީ އިޒްކާންއަށް ވާހަކަ ދެއްކުނީވެސް ބާރު ސްޕީޑެއްގައެވެ. “ރަނގަޅޭ.. އަހަރެމެންވެސް ރަނގަޅޭ.. އޭ ދެން ތިއެއް ނޫން ދޯ.. ކައެއަށް ކިހިނެތްވެފައިތަ ތިހުރީ..؟ ހީވަނީ ކަށިކޮޅެއްހެން.. ނުކަންދޯ..؟” ހިޔާން އަހާލިއެވެ. “ނޫނޭ މަ ކަމޭ..” އިޒްކާން ފުންނޭވާއެއް ދޫކޮއްލިއެވެ. “ހާދަ ކަޓާފައޭ.؟ ނީޝަލްގެ އުފަންދުވަހަށް އައިސް ކަލޭ ޖެހޭނީ އޭނަ ކާމިޔާބު ކުރުމުގެ މަރުހަލާގައެއްނު..؟ ހޫރުޕަރީ ފަރާތުން މަށަށް އިވުނޭ ވީގޮތް..” ހިޔާން އަހާލިއެވެ.

“ނީޝް އަހަރެން ދެކެ ލޯތްބެއް ނުވާނެ.. ޔާން ކަލެއަށް ގެޓެއް ނުވޭތަ..؟ އެ އަހަރެއް ވަނީ.. އަހަރެން ނޫނަސް ފްރާންސްގައި ވެސް އުޅޭނެ ނުހަނު ގިނަ ފިރިހެން ކުދިން..” އިޒްކާން ބުނެލިއެވެ. “ސާބަހޭ.. ކަލޭ ހިތްދެރަކަމުން ހީވަނީ އެހެން މީހެއްހެން.. އާހިލްމެން ކޮބާތަ..؟ މަ ފެނުނީމައި ހުންނާނެ ސަޕްރައިޒް ވެފައި..” ހިޔާން ބުނެލިއެވެ. “އެތެރޭގައި ވެއްޖެ..” އިޒްކާން ބުނެލިއެވެ. “ކަލޭ ނުވަންނާނަންތަ..؟” ހިޔާން އަހާލިއެވެ. “މަ ވަނަސް ނުވަނަސް ކަމެއް ބަދަލެއް ނުވާނެ..” އިޒްކާން ބުނެލިއެވެ. “ކަލޭގެ ސިކުނޑީގައިވީ ތެޔޮޖަހަން ކަންނޭނގޭ.. ބޯގޯސްވެފައި ތިހުރީ.. މަ ބުނެލާނީ ގުޑްލަކްއޭ..” ހިޔާން ޕިސްޕިސް ކިޔަމުން ދޮރު ކުރިމަތީ މަޑުކޮއްލައިގެން ހުރި މީކާގެ ގާތަށް ގޮސް އެތެރެއަށް ވަނެވެ. މީކާއަށް އިޒްކާން ބަލާލިއެވެ. މެލޭޝިއަން ސްޓައިލަކަށް ބުރުގާ އަޅާފައި ހުރި ރީތި ކުއްޖެކެވެ. އެ ހިނިތުންވުމުން ހިތްހަމަ ނުޖެހޭނެ ހިތެއް ނުވާނެއެވެ. އެތެރެއަށް ވަންނަން އުޅުނު އިޒްކާންގެ ލޮލުގައި އަޅައިގަތީ ނީޝަލްގެ ގައިގައި ބައްދާލި ފިރިހެން ކުއްޖެކެވެ. އިޒްކާންގެ ހިތުގައި ދިއްލެން އުޅުނު އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އިޒްކާން އެރީ އެތަނުގެ ޓެރެސް މައްޗަށެވެ. އެއީ އެ މާލަމުގެ ހަތަރުވަނަ ބުރީގެ މަތީ ގައި ހުންނަ ބޮޑު ޓެރެސްއެވެ. ނީޝަލްގެ އުފަންދުވަސް ފާހަގަ ކުރުން އޮތީ އެންމެ ތިރީގައި އޮތް މާލަމުގައެވެ.

ނީޝަލް ނިޔަފަތިތަކާއި ކުޅެމުން ގެންދިޔައީ ހާސްވެގެން އުޅޭ މީހެއް ފަދައިންނެވެ. އެފާރުގެ ފަހަތުން ވަރަށް ރީއްޗަށް އިޒްކާން ނީޝަލްއަށް ފެނުނެވެ. ނީޝަލް އިޒްކާންގެ ގާތަށް ދާހިތްވިޔަސް އިޒްކާން އާއި އެބުނާ މީކާގެ ދެމެދަށް އެޅޭ ހުރަހަކަށް ވާން ބޭނުން ނުވަނީއެވެ.

އައިހަމްއާއި ހޫރީން ބޭރަށް ނުކުތެވެ. އެކަނި ވަގުތުކޮޅެއް ހޯދާލާށެވެ. ދެމީހުންވެސް އަރަން ދިމާކުރީ ޓެރެސް އަށެވެ. “އިޒްކާން..؟” ފަހަތަށް އެނބުރިގެން ހުރި އިޒްކާންއަށް ހޫރީން ގޮވާލިއެވެ. ޔަގީން ނުވާތީއެވެ. އިޒްކާން ސިހިފައި ފަހަތަށް ބަލާލިއެވެ. “އައްދެ އައްދޭ އެންމެ ފަހުން ކެތްނުކުރެވިގެން އަންނަންތާ ޖެހުނީ..” ލިބުނު އުފަލެއްގެ ބޮޑުކަމުން ހޫރީން ހީނގަތެވެ. އިޒްކާން ވަށައިގެންވާ މާހައުލު ފެންނަނީ ފުސްކޮށެވެ. ހޫރީންގެ ލޮލުގައި އަޅައިގަތީ އިޒްކާން ހިފާއްޓައިގެން ހުރި ވައިން ފުޅިއެވެ. އޭރު ބިންމަތީގައި ތެޅިފައި އޮތް ހުސް ވައިން ފުޅިއެއް އޮތެވެ. އަތުގައި އޮތް ވައިން ފުޅިން އިޒްކާން ވަނީ ދެބައިކުޅަ އެއްބައި ހުސް ކޮށްފައެވެ. “އިޒްކާން..؟؟؟” އިޒްކާން އެހުރީ ހަމައިގައި ނޫން ކަން އެނގުމުން ހޫރީން ގޮވާލިއެވެ. ދެފަރާތަށް ކިރެމުން ކަހަލަ ގޮތަކަށް އިޒްކާން ތެދުވިއެވެ.

“ބޭބް.. މިތަނުގައި މަޑު ކުރާތި އިޒްކާން އާއި އެކީ.. ނީޝަލް ގޮވައިގެން އަންނަން..” ހަމައިގައި ނުހުއްޓަސް ހޫރީން ބުނެލި ޖުމްލަ އިޒްކާންއަށް ނަގައި ގަނެވުނެވެ. “ހޫރީން..” އިޒްކާން ދުއްވައިގަންނަން ފިޔަވަޅެއް އެޅިތަނާ ބިންމައްޗަށް ވެއްޓި ގުޅަ ޖެހުނެވެ.

“ނީޝް..” ހަޅޭއްލަވަމުން ކަހަލަގޮތަކަށް ހޫރީން އައިސް ވަނެވެ. “މޮމް.. ޑޭޑް.. މައި މެމޮރީޒް އާރ ބެކް..” ނީޝަލް އެހެން އިއުލާން ކޮއްލިތަނާހެން އެންމެންގަނޑު ނީޝަލް ވަށާލިއެވެ. ނީޝަލް އެބުނީ އޭނާ ކުރީގެ ހަނދާންތައް އާވި ވާހަކައެވެ. ނީޝަލް ވަށާ ބޮނޑިވެގަނެގެން ހުރުމުން ހޫރީންއަށް ނީޝަލްގެ ގާތުގައި ބުނަން އުޅުނު ވާހަކަ ބުނަން ދަތިވިއެވެ. ހޫރީން އެންމެފަހުން ސްޕީކަރު ކައިރީގައި އޮތް މައިކު ނަގާފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އެއާއެކީ އެންމެން ކަހަލަގޮތަކަށް ހަޅޭއްލަވައިގަނެފައި ދުރަށް ޖެހުނެވެ. މަގުސަދު ހާސިލުވުމުން ވީ އުފަލުގައި ހޫރީންއަށް އެއްބުމަ މައްޗަށް އަރުވާލެވުނެވެ. އަދި އަވަހަށް ނީޝަލްގެ އަތުގައި ހިފާފައި އެންމެންނާއި ދުރުވިއެވެ.

“ނީޝަލް.. އިޒްކާން އައިސްފިއޭ..” ދަތްޕިލަ ދިލުވާލައިގެން ހުރެ ހޫރީން ބުނެލިއެވެ. ނީޝަލް އެހާ ހައިރާނެއް ނުވިއެވެ. އިޒްކާން އައިސް އުޅޭކަން މާކުރިން އެނގިފައި އޮތީމައެވެ. “ކީއްވެ ސަޕްރައިޒް ނުވެ ތިހުންނަނީ..؟ އަނެއްކާ….” އެހިސާބަށް ބުނެފައި އައިރީން އަނގަމަތީގައި އަތްއަޅާލިއެވެ. “އާރ ޔޫ ޑޭޓިންގ ސަމްވަން ނީޝް ދައްތާ..؟” އައިރީން އަހާލިއެވެ. “ނޫން.. އައިމް ނޮޓް.. އެނީވޭޒް އިޒްކާން އަޔަސް ނަޔަސް… ހޫ ކެއަރސް..؟ ހީ އޯލްރެޑީ ހޭޒް އަ ގަރލްފްރެންޑް.. އަހަރެން ބޭނުމެއް ނޫން އެދެމީހުންގެ މެދުގައި އޮތް އޮބްސްޓެކަލްއަކަށް ވާކަށް..” ނީޝަލް އެހެން ބުނެލިއިރު ދެލޮލުން ކަރުނަތައް ފޫދުއްވާލާ އޮހިގެންފިއެވެ. ދެރަވެފައިވާވަރު އިހުސާސްވެގެންނެވެ.

“އޭނ..؟؟” ”ދަ ހެލް..؟؟” ހޫރީންއާއި އައިރީން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ހައިރާންވެ ހުރެއެވެ. “ނީޝަލް ކީކޭތަ ތިކިޔަނީ..؟” އަޑުއަހަން ހުރެ އާހިލްވެސް އަހާލީ ހައިރާންވެގެންނެވެ. “ތިއެންމެން ގިލްޓީ ނުވިޔަސް ހެވޭ.. ތިހެން ހެދިޔަސް… އިޓް ވޯންޓް މޭކް މީ ފީލް އެނީ ބެޓަރ..” ނީޝަލް ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. އޭރު މަޑުމަޑުން އެ ތުންފަތް ފޫދުއްވާލާފައި ގިސްލުމުގެ އަޑު އިވެއެވެ. “ނޫނޭ ހަމައަސްލަށޭ.. ކީކޭތަ ތިކިޔަނީ..؟” އައިހަމްވެސް އަހާލިއެވެ. “ދެން ގާއިޒް.. އިޓްސް ނޮޓް ފަނީ..!” ނީޝަލް މޫނުމަތީގައި އަތްއެޅިއެވެ. ނީޝަލްއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ސުވާލަކީ.. ކާކުތަ ނީޝަލްގެ ގާތުގައި ބުނީ އިޒްކާންގެ ގަރލްފްރެންޑެއް ހުރެޔޭ..؟؟ ހީ އިޒް ސިންގަލް..” ހޫރީން ހައިރާންވެފައި އެއްސެވެ. މޫނުމަތީ އަޅާފައިވާ އަތް ނީޝަލްއަށް ނެގުނީ ކޮން ހިތެއް ޖެހިގެންކަމެއް ނޭނގެއެވެ. “އޭނ..؟ އެކަމް އައިރީން ކުރިން މަގޭ ގާތު ބުނީމެއްނު ދޮންބެއަށް މީކާ ކިޔާ ގަރލްފްރެންޑްއެއް ލިބިއްޖެޔޭ..؟ އެހެން ކިޔާ މިހާރު ކީކޭތަ ތިކިޔަނީ..؟” އޮޅުންބޮޅުން އަރައިގެން ނީޝަލްއަށް ބުނެވުނެވެ. “އޯވް..” އައިރީންއަށް ވީގޮތް ނަގައިގަނެވުމުން އަމިއްލަ ބޮލުގައި ތަޅައިގަނެވުނެވެ. އާހިލް އައިރީންގެ ދެއަތުގައި ހިފާފައި ހުއްޓުވިއެވެ.

”އައި ބުނީ ހޫރީންގެ ދޮންބެގެ ވާހަކައޭ… ހިޔާން އިނގެއެއްނު.. ހޫރީން ހިޔާން ދޮންބެއާއި ދިމާލަށް ދޮންބެއޭ ކިޔާފައި ގޮވާތީ އައިއަށްވެސް އާދަވެގެން ހިޔާންއާއި ދިމާލަށް ދޮންބެއޭ ކިޔޭންފެށީ… އެހުރީ ހިޔާންދޮންބެ.. ފެނޭތަ ހިޔާންގެ ގާތުގައި ބުރުގާ އަޅައިގެން އެހުރި އަންހެންކުއްޖާ..؟ އެއީޔޭ މީކާއަކީ.. އެއީ ހިޔާންގެ ގަރލްފްރެންޑް..” އައިރީން ކިޔާ ނިމުނުތަނާހެން ހޫރީން ފެށިއެވެ. “ބުނަން.. ނީޝަލްގެ އަހަރެމެންނާއި ވަކިވެ ފްރާންސަށް ދިޔަސް އިޒްކާން ނީޝަލް ދެކެ ލޯބިވާވަރަށް މަށަށް ހިޔެއްނުވޭ އެކަކަށް ވެސް ލޯބިވެވޭނެ ހެންނެއް… ރެއާއި ދުވާލު އިޒްކާންގެ ހިތުގައި ރަނިކަން ކުރަނީ ނީޝަލް އެކަނި.. ނީޝަލް ނެތުމުގެ ހިތާމައިގައި އެސޮރަށް ވާވަރެއްވެފައި އެހުންނަނީ.. ހިކިގެންގޮސް އަނަރޫފަވެފައި.. ހީ ޓޭކްސް ސިނގިރޭޓްސް.. އެންޑް އީވެން ޑްރިންކްސް އަލްކޮހޯލް.. ފެނޭތަ ނީޝް ދިޔުމުން އިޒްކާން ދެރަވެގެން އުޅޭވަރު..؟ ހޫރީންގެ ފަރާތުން އަހަންނަށް އެ ރޫހާންގެ ވާހަކަ އެނގިފައި ވަނީ މިހާރު.. އަޅެ ނީޝަލް ބުނެބަލަ.. ކާކުދެކެ ނީޝް ލޯބިވަނީ..؟ އެ ރޫހާން ދެކެތަ..؟ ނޫނީ އިޒްކާން ދެކެތަ..؟” އައިހަމް ކޮއްލީ ވަރަށް މުހިންމު ސުވާލެކެވެ.

“ތި ހަދަނީ ދޮގެއްނޫންތަ..؟ ކިހިނެތް އިޒްކާން އަހަރެންދެކެ އެވަރަށް ލޯބިވާނީ..؟ އިޓްސް ބީން ވަން އިޔަރ.. އަހަރެންގެ މަތިން ހަނދާންނެތޭހާ ދުވަސްވެއްޖެ.. ހީ ޝުޑް ހޭވް މޫވްޑް އޮން މިހާ ދުވަސް ވީއިރު.. ވީ ޑިޑް ނޮޓް އީވެން ކޮމިއުނިކޭޓް..” ނީޝަލްއަށް ބުނެވުނެވެ. “އަޅެ ދެން… އަނގަ ނުތަޅާ އަވަހަށް މައްޗަށް އަރަން ދޭ..! އިޒްކާން ޓެރެސްމަތިން ނުވެއްޓޭކަމެއްވެސް ނޭނގޭ..” ހޫރީން އަވަހަށް ނީޝަލްގެ ކޮނޑުގައި އަޅާ ކުޑަކޮށް ކޮއްޕާލިއެވެ. “އައި ޗޫޒް.. އިޒްކާން..” އަރައިގެން ހީލް ބާލާ އެއްލާލާފައި ނީޝަލް ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ބަދުނަސީބު

Next

ލޯބިވާ

Next
June 30, 2021

ލޯބިވާ

Previews
June 30, 2021

ބަދުނަސީބު

2 Comments!

  1. Rooya Xek says:
    June 30, 2021 at 9:06 am

    Nice , masha allah ?? dhn othy eh part dww ?? anyways waiting for it curiously ?? v ufa vehge izkaan diyaiiyma vex ?? hope to c u tommorow in next part or grand finale of ekujja s2 , lv u ??

    1. yooon yooon says:
      June 30, 2021 at 3:09 pm

      Thankiu so much Rooya Xek ? That means so much to me.. Labbs dhn othy final part.. The last part of Ekujja S2.. Hope to see you and all the readers too in tmrw’s part ? Lym dear ? Stay safe and tgc

Comments are closed.

Next Episodeއެކުއްޖާ 2 – 43 ( ފަހު ބައި )←


All Right Reserved!